Monday, November 24, 2008

ރައްޔިތުން މަޖުލީހުގެ ފ.އަތޮޅުގެ ގޮޑިއަށް ކުރިމަތިލާ މެންބަރުން؟؟؟؟؟؟؟؟؟؟؟؟

ރައްޔިތުން މަޖުލީހުގެ ފ.އަތޮޅު ގޮނޑިއަށް ކުރިމަތިލާނެ ކަމަށް އަޑުފެތުރިފައިވާ ބައެއް މެންބަރުން
އިބްރާހީމް ޖިހާދު -ވީއޭ
އިބްރާހީމް އަހުމަދު ބިއްދޮށުގެ ފ.ނިލަންދޫ
ޢަބުދުލް ޙަމީދު މުހައްމަދު ރާހި ފ.ނިލަންދޫ
ޢަބުދުލް މުޙުސިން ޙަމީދު ފިނިފެންމާގެ ފ.ނިލަންދޫ
ޢަލީ ނަޖީބު އެންދެރިމާގެ ފ.ނިލަންދޫ
ޢަބުދުއް ލަތީފް އަހުމަދު އަތިރީގެ ފ.ނިލަންދޫ
މިއީ މިހާތަނަށް އަޑުފެތުރިފައިވާ ބައެއް މެންބަރުންގެ ނަންތަކެވެ. މިމެންބަރުން ކުރިމަތިލަނީ ފ.އަތޮޅުގައި ނިލަންދޫ އަދި ދަރަބޫދޫ ހިމެނޭ ފަޅިއަށެވެ. މިމެންބަރުންނާމެދު ޚިޔާލު ފާޅުކުރުމަށް ސައިޓް ބައްލަވާ ފަރާތްތަކަށް ދޫކޮށްލަމެވެ

Monday, August 18, 2008

ފަތަފޮޅި ފާފު އޮބްޒާވަރ އަޕްޑޭޓް ނުވާތާ މަހެއްވެއްޖެ

ފަތަފޮޅި ފާފު އޮބްޒާވަރ އަޕްޑޭޓް ނުވާތާ މަހެއް ވެއްޖެއެވެ. އެންމެ ފަހުން ފޮޑި ގުރޫޕްގެ ފަތަފޮޅި އަޕްޑޭޓް ކޮށްފައިވަނީ 18 ޖުލައި ގައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ފަތަފޮޅި އަޕްޑޭޓް ނުވަނީ ފަތަފޮޅީގެ މަޝްހޫރު ލިޔުންތެރިޔާ ފ.ނިލަންދޫ ނޫރާނީގެ ޙުސައިން ކޯހެއްގައި މާލޭގައި ހުރުމުގެ ސަބަބުން ލިޔާނެ ވަގުތު ނުލިބިގެންނެވެ. ފަތަފޮޅީގެ ލިޔުންތެރިޔާ ޙުސައިން ދާދި ފަހުން ވަނީ ފަތަފޮޅި އާއި އަވަށްޓެރި ނިލަންދެ.ކޮމް ހެކްކުރުމަށް މީހެއްގެ ކިބައިން އެދިފައެވެ ކޮންމެ އަކަސް ފަތަފޮޅި އަޕްޑޭޓް ކުރަން ފަށާ ދުވަހަކުން އަނެއްކާ ވެސް ތިމަންނާމެންނަކީ ހުއްޓުމެއްނެތި މެދުކެނޑުމެއްނެތި ތާޒާ ޚަބަރު ފޯރުކޮށްދޭ ބަޔެކޭ ކިޔައިގެން ތިބެގެން ގެރިތަކެއް ހެން ފެލޭނެއެވެ. .

Tuesday, July 1, 2008

ފޮޑި ޓީމު ޓީޗަރުންގެ ހަޅުތާލުގައި ހޭބޯނާރާ.. ވާވާ... ތިޔަތިބީ ކިޔަވާދެވިފައި

ޓީޗަރުން އަޅުގަނޑުމެންގެ ޅަދަރީންނަށް ކިޔަވައިނުދީ ސްކޫލަށް ނުނުކުމެ ގޭގެ ޑަބަލް ބެޑްގައި ތިބެ ހަޅުތާލު ކުރަމުންދާ މީހުންގެ ތެރޭގައި ފ.އަތޮޅަށް އެބައެއްގެ ބަލާވެރިކަން ފުލުފުލުން ޖެހެމުންދާ އަދި ފ.އަތޮޅަށް މީގެ ކުރިން ލިބިފައިވާ ޤަދަރާއި ރީތި ނަން ހުތުރުކޮށް ޚަރާބު ކުރަމުންދާ މީހުންގެ ތެރޭގައި މިއުޅޭ ފޮޑިޓީމުގެ ބަގަތައް އިސް ރޯލެއް އަދާކުރަމުން އެބަދެއެވެ.


މުޒާހަރާ ކުރުމަކީ ޓީޗަރުންނަށްވެސް ލިބިފައިވާ ޙައްޤެއްކަމަށާއި ކުރާ މަސައްކަތާއި އަޅާބަލާއިރު ލިބޭ މުސާރައާއި އިނާޔަތްތައް ކުޑަކަމަށް ބުނެ ސްކޫލަށް ނުނުކުންނައިރު، މިދިވެހި ޤައުމުގެ މުޅި މުސްތަޤުބަލްކަމުގައިވާ ޅަދަރީންގެ ޙައްޤުތައް މަތިން މިބައިގަނޑު އެވަނީ ހަނދާން ނައްތާލާފައެވެ. އެކުދިންގެ ފިލާވަޅުތަކާއި އެކުދިންގެ ތަރުބިއްޔަތަށް އިހާނެތި ކޮށްލާފައެވެ. މައިންބަފައިންނާއި ބެލެނިވެރިންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާފައެވެ.


މިބައިގަނޑުގެ މަޤުޞަދަކީ އެހެން އިބިލީސް ހެދިގެން އެހެން ޓީޗަރުންގެ ބޮލަށް ސަވާރުވެ ކޮންމެވެސް އަމިއްލަ ފައިދާއެއް އަދި އަމިއްލަ އެދުމެއް ޙާޞިލް ކުރުން ކަމުގައި ރައްޔިތުންގެ މެދުގައި ވާހަކަދެކެވެއެވެ. މިބައިގަނޑު އުޅޭގޮތުން ހީވަނީ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން މަސައްކަތްކުރަނީ ހަމައެކަނި މިމީހުންނެވެ. ބުރައީވެސް ހަމައެކނި މިމީހުންނަށެވެ. ބިޒީވަނީވެސް ހަމައެކަނި މިމޫންނެވެ.


މިބައިގަނޑުގެ ސަބަބުން މުޅި ޤައުމަށް މިލިބުނީ އަގުކުރަން ދަތި ބޮޑު ގެއްލުމެކެވެ. ކިޔަވާކުދިންނަށް އެދެވުނީ ނުބައި މެސެޖެކެވެ. ނުބައި ނަމޫނާއެކެވެ. ވާނީވެސް ހަމަ އެހެންނެވެ. ފައިސާގެ ދަހިވެތިކަން ހިސާބަށްވުރެ ބޮޑަށް އެބައެއްގެ ހިތަށްވަދެ ބޫތުކައިފިއްޔާ މިޔަށްވުރެ ބޮޑެތި ކަންތައްވެސް ކުރާނެއެވެ. މިކަހަލަ ގޮތްކުޑަ ލަދުހަޔާތްނެތް ބަޔަކު ޅަދަރީންނަށް ކިޔަވާދޭން އުޅޭތީ އެންޓި އެފް އޯ ނުހަނު ހިތާމަ ކުރަމެވެ.


Thursday, May 29, 2008

ކަލޯމެން ކެމްޕެއިން ކޮށްދީގެން ހޮވުނު ރކ ކޮމެޓީ ފެއިލްވީތަ؟

ގޮތެއްފޮތެއް ހުރި މީހެއްވިއްޔާ ދެފަހަރު ދެއަނގައިން ވާހަކަ ދައްކަންވީމާ ލަދުގަންނާނެއެވެ. ޖެހިލުންވެސް ވާނެއެވެ. އެކަމަކު މިބައިގަނޑުގެ ތެރޭގައި ލަދުހަޔާތެއްހުރި ހަމައެކަކުވެސް ނެތޭބުނެވެނީ މިކަހަލަ ވާހަކަ ދައްކާތީއެވެ. ފަތަފޮޅީގައި އެކަހަލަ ވާހަކަތައް ޖަހަންކެރޭތީވެސް ދެރަވަމެވެ.


ރކ ކޮމެޓީ އޭއްޗެކޭ މެމްބަރުންނޭ ކިޔާ މިހާރު ވީދޭނިކަމެް ނެތެވެ. މިހާރު އެއްޗެހި ކިޔުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުންނަށް މިއަދު ދޮލޯ ދުއްމާރިއަށް ނުގޮވާ ވާނުވާ ނޭނގޭބައެކޭ ކިޔާނެކަމެއް ނެތެވެ. ރައްޔިތުން ދުނިޔެއަށް ހޭލައްވަނީއޭ ހައްޤުތައް ހޯދައިދެނީއޭ ހޭލުންތެރި ކުރުވަނީއޭ ކިޔައިގެން ރައްޔިތުން ރކ ކޮމެޓީގެ ވޯޓުގައި އަނދަވަޅަކަށް ވައްޓާލާ ގަންބުވާލީ ތިޔަބައިގަނޑެވެ.


ކަލޭމެން އެދުވަހު ކަންތައްކުރީ ކަލޯމެންގެ މައިސޯބު ކުޑަދަށު ޒަޢީމުގެ ވިސްނުމާ އެއްގޮތަށެވެ. ޒައީމު ބޭނުންވި ގޮތަށެވެ. ޒައީމު ނިލަންދޫ ކޮންމެ މީހަކަށ ހިލޭ މާލެ ދެކޮޅު ދަތުރެއްކޮށްދޭނެއޭ ކޔާގެން ރައްޔިތުންގެ ބޮލަށް ސަވާރުވެ ގުއިރީ ކެމްޕޭނު ކޮށްދިނީ އަތޮޅުވެރިޔާގެ މުޢާވިން ޖަލީލު ދޯއެވެ. ދެންތިބި ޒައީމުގެ ބޯއީންތައް ރކ ކޮމެޓީގެ މެމްބަރުކަމަށް ހޮވެންދެކަށް ދުވާލަކު އެއް ފަހަރު ސައިދީނަމޭ ބުނެގެން އެމީހުންނަށް ވޯޓް ހޯދައިދޭން ރައްޔިތުންގެ ފަހަތުން ތެޅިބޭލީ މޫސާ އަޙުމަދު ދޯއެވެ. ކޮންމެ ގެއަކުން ކުނި ބަރޮލެއް އުކާލަދޭނަމޭ ބުނެގެން ރައްޔިތުން ކައިރީ އާދޭސް ދެންނެވީ ނަސިމްބެ ދޯއެވެ. ވޯޓެއް ދީފިނަމަ ފިހާރައިން ޑިސްކައުންޓް ދޭނަމޭ ކިޔާ ބެނާތަކާއި ފޮތިތައް ދެމީ ކަރިމްބެ ދޯއެވެ. ނޫނީ ވިއްޔާ ކަލޯމެންގެ ޒައީމުއާއި ޒައީމުގެ ބޯއީސްތައް ހޮވުމަށް އެދި ކެމްޕެއިން ކޮށްދިނީ ޢަލީ މުޙައްމަދާއި ޝަރީފާއި މީސްމީހުންދޯއެވެ.


އެންޓި އެފް އޯއަށް ތިބައިގަނޑުގެ ގޮތްގަނޑު މާކުރިންވެސް އޮތީ އެނގި ދަސްވެ ނިމިފައެވެ. ރައްޔިތުންނަށް ކޮންމެ ގޮތެއްވިޔަސް ހެޔޮތާއެވެ. ކޮންމެ ޙާލެއްގައި އުޅެންޖެހުނަސް އެއީ ތިލުއްޗާތަކަށް މާބޮޑު ކަމަކަށް ނުވާނެއެވެ. ރައްޔިތުންނަށް ނުވިޔަސް ކަލޯމެންނަށް ސިރިޔާ ދެކޮޅު ދަތުރު ހިލޭ ކުރެވޭ ނޫންހެއްޔެވެ. ކުނިވެސް އުކާލެވޭ ނޫންހެއްޔެވެ. ހޮޓާހޮޓަލުން ސައިވެސް ލިބޭ ނޫންހެއްޔެވެ. ތީއަބަދުވެސް ތިގތަށް މީހުންދައްކާ ލާރީގެ ދަޅައަށް ހެއްލިގެން އުޅޭ ބައިގަނޑެކެވެ. ކޮންމެ ގޮތަކުންވިޔަސް ބައިރުފިޔާއެއް ނަމަވެސް ލިބެނިކޮށް ނިމުނީއެވެ.


ކޮންމެއަކަސް ކަލޯމެންގެ ވަސްވާހުގައި ރައްޔިތުންގެ ބަޔަކު އެދުވަހު ޖެހުމުގެ ނަތީޖާއަކީ މިއަދު ގިސްލާ ރޮވުމެވެ. އެކޮމެޓީގެ އެއްވެސް އޮއްޓަރެއް ނެތްކަން މިއަދު އެދަނީ ފެންނަމުންނެވެ. އެއީ ރައްޔިތުންނަށް ހެޔޮއެދޭ ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ އެދުމަށް މަސައްކަތްކުރާ ބައެއކަން އެދަނީ ފެންނަމުންނެވެ. ބަހާއި ޢަމަލާއި ދިމާނުވާ ރައްޔިތުންނަށް ފައިދާ ހޯދައިދިނުމުގެ ބަދަލުގައި ގެއްލުން ދެނިވިގޮތަށް މަސައްކަތްކުރާ ކޮމެޓީއެއްކަން އެވަނީ ސާބިތުވެފައެވެ.


މިކަންކަމާމެދު ދެންފަހަރަކުންވެސް ވިސްނުމަށް ރައްޔިތުންގެ ކިބައިން އެންޓި އެފް އޯ އިޚުލާޞްތެރިކަމާއެކު އެދެމެވެ. ބަޔަކު މީހުން ދައްކާ ދަޅަތަކާއި އަވާގައި ނުޖެހި މޫނަށް ކަނދުރާއަކަށް ބެލުމެއްނެތި ރަށަށް އެންމެ ފައިދާވަނިވި ގޮތަށް ކަންކަން ނިއްމައި، އެންމެހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ވިސްނައި ކުރިމަގުގައި ވޯޓް ދެއްވާށެވެ. ނިލަންދޫ ރައްޔިތުންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ ބައެއްކަމާމެދު އެންޓި އެފް އޯގެ ހިތުގައި އެއްވެސް ޝައްކެއް ވަހުމެއް ނުވެއެވެ.

Sunday, May 25, 2008

ޒުވާނަކަށް ކަތީބުކަން ދީފާނެތީ ބަނޑު ދިޔާވެފައި

ނިލަންދޫގެ ދެވަނަ ކަތީބަކު އައްޔަން ކުރުމަށް އިޢުލާން ކުރުމާއި ގުޅިގެން ކުރިމަތިލާފައިވާ ހަތަރު މީހުންގެ ތެރެއިން ހިތްނުރުހޭ މީހަކަށް ކަތީބުކަން ހަމަޖައްސަފާނެތީ އެއްކަލަ ގަބުޅި ކަތީބުންތައް ބަނޑުދިޔާވެގެން އުޅޭކަމަށް އަޑުއިވިއްޖެއެވެ.


ވަކިމީހަކަށް ކަތީބުކަން ހަމަޖައްސަން އަތޮޅުއޮފީހުން ލިޔެފައިވާކަމުގެ ޚަބަރުގައި ނުލާހިކު ހިތްހަމަޖެހިފައިވަނިކޮށް ފަހަރުގައި ޢަބްދުލް ޙަލީމުއަށް ކަތީބުކަން ހަމަޖައްސައިފާނެކަމުގެ ޚަބަރުތަކެއް މިހާރުވަނީ ލީކުވެފައެވެ. އަދި މިޚަބަރަކީ އޭގައި ކިހާވަރެއްގެ ތެދެއް އަދި ދޮގެއް އޮތް ޚަބަރެއްކަން ސާފުވެފައި ނުވިޔަސް މިބައިގަނޑު ހީވަނީ ރެވިތެޔޮ ބޮވިގެން އުޅޭހެންނެވެ. ތަންތަނުގައި މިނޫން ވާހަކައެއ ނުދެއްކެއެވެ. މިބައިގަނޑުގެ ވާހަކަތައް ހުރިގޮތުން މިބައިގަނޑު ބޭނުންވާ މީހާ ނޫން މީހަކަށް ނިލަންދޫ ކަތީބުކަން ދީގެއް ކަމަކުނުދާނެއެވެ. އަދި އެހެންމީހަކަށް ކަތީބުކަން ދެނިކޮށް ފަހަރުގައި ހައިޖާނު ގަނޑެއްވެސް ހިންގަފާނެކަމުގެ އިޝާރާތްތަކެއް ދަނީ ކުރަމުންނެވެ.


ވާނީވެސް އެހެންނެވެ. އުޑެއްބުޑެއް ނޭނގޭ ރޯނުއެދުރުތަކަކަށް އެނޫންވަރެއް ނުވާނެއެވެ. ހަކުރުދެންޏާ އަބަދުވެސް އޮންނާނީ ބޮޑުބޭބެވެފައެވެ. ހިތުން އެއުޅެނީ ލުއްޗާތައް ބޭނުންވާ މީހާ ވެރިކަމަށް އައުމުން ފިސާރި ނިލަންދޫއަށް އަތްގަދަކޮށްލާނަމޭ ހިތާއެވެ. އޭރުން މިބައިގަނޑުގެ ބާރު މުޅިރަށުގައި ގަދަވެދާނެ ކަމުގެ ހުވަފެނުގައެވެ. އެތިބީ މިހާރު ހިތުން އާސުމާނުގައެވެ.


އަދި ނިކަށް ވިސްނާލަބަލާށެވެ. ނިލަންދޫ ހުރިހާ މީހުން ކަހލަ ގޮތަކަށް ވާހަކަ މިދައްކަނީ ޒުވާނަކަށް ވެރިކަން ހަވާލުކުރާ ވާހަކައެވެ. ޒުވާނުންނަށް ތަންދޭ ވާހަކައެވެ. އެކަމަކު މިބަގަތައް ހިންގާ ފަތަފޮޅި އެކަމާ އަނގަހުޅުވާލަން ނުކެރިފައި އެތިބީ ހަތަރު އުދަރެހު މެދުގައި ތާށިވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ގައިމު ނިލަންދޫއަށް ހެޔޮއެދޭ ބަޔަކުނަމަ މިފަހަރު ޒުވާނަކަށް ތާއީދުކޮށް ކުޑަނަމަވެސް އެއްޗެއް ބުނާނެއެވެ. ހިތްއެދޭ މީހާއަށް ކަތީބުކަން ހަމަޖައްސައި ދިނުމަށް އަތޮޅު އޮފީހުން ލިޔެފައިވުމުން މިފަހަރު އއްކަލަ މުޢާވިން ޖަލީލުވެސް ގޯހެއްނުވި ދޯއެވެ.


Saturday, May 17, 2008

ގާނޫނާއި ގަވާޢިދު މާނަކުރަންވެސް ހާދަ މޮޅޭ... ވައިސަރީރީރީ

ތިމާމެންނަކީ ހަތަރެސްކަން ހަމަ ތެދު މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދޭ ބައެކޭ ކިޔާ ދެދުވަހުން އެއްދުވަހު ކޮންމެވެސް ހާސަރުތަކެއް ދަމާނެއެވެ. އެހެން ވިއްޔާ ނިކަށް ބުނެބަލާށެވެ. ފ.އަތޮޅު އޮފީސް މިވަގުތު ހިންގެވުމާ ޙަވާލުވެ ހުންނެވި މުޢާވިން ޖަލީލު ހިންގަވަމުން އެގެންދަވަނީ ދިވެހި ސިވިލް ސާރވިސްގެ ގާނޫނާއި ގަވައިދާ ޚިލާފަށްކަމަށް ސިވިލް ސަރވިސް ކަމިޝަނުން ހާމަކުރެއްވީ ކޮން އިރަކު ހެއްޔެވެ. އަދި ޖަލީލު ޚިލާފުވި ގޮތަކާއި، ޚިލާފުވިކަން ސިވިލް ސާރވިސްއިން ހާމަ ކުރެއްވީ އެތަނުން ނެރުނު ނޫސް ބަޔާނަކުން ނުވަތަ އިޢުލާނކުން ހެއްޔެވެ. ނޫންނަމަ ޚާއްޞަ ދެއްނެވުމަކުން ނޫނީ އެންގެވުމަކުން ހެއްޔެވެ.


ނޫނީވިއްޔާ އެކަން ހާމަ ކުރައްވާފައިވަނީ ދުނިޔޭގެ ކޮން ޓީވީ ރޭޑިއޯ ސްޓޭޝަނެއް މެދުވެރިކޮށް ހެއްޔެވެ. އަދި ނޫހެއް ނުވަތަ އިންޓަރނެޓް ވެބްސައިޓެއް މެދުވެރިކޮށް ވިއްޔާ އެނޫހެއްގެ ނުވަތަ ވެބްސައިޓް އެޑްރެސް ބުނެދީބަލާށެވެ. ސިވިލް ސަރވިސް ކަމިޝަނުން އެކަން ހާމަ ކުރެއްވީ ހަމައެކަނި ކަލޯމެންގެ 'ފަތަފޮޅި' މެދުވެރިކޮށް ކަމަށް ވެދާނެދޯއެވެ.


އަދި ގާނޫނު މާނަ ކުރަންވެސް ހާދަހާވާ މޮޅެވެ. ވާވާ... އެންޓި އެފް އޯގެ ސަލާމެވެ. މިހާރު ތައްޔާރު ކުރެވެމުންދާ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ މާނަ ކުރަންވެސް ގެންދަންވީ ތިޔަ ބަގަތަކެވެ. އެހެންޏާފަހެ ސިވިލް ސަރވިސްގެ ގާނޫނާއި ގަވާޢިދުތައް މާނަކުރިލެއް މޮޅުކަމާއިއެވެ.


ސިވިލް ސާރވިސްގެ ގާނޫނު ބުނާގޮތުން ރައީސްގެ ފަތްކޮޅަކުން ވަޒީފާ ދެއްވާ ހުވާކުރައްވާ އެއްވެސް މުވައްޒަފަކު ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ގޮތުގައި ނުހިމެނޭނެ ކަމަށާއި، ސިވިލް ސަރވިސްގެ މުވައްޒަފަކަށް އެއިން މަގާމެއް އަދާނުކުރެއްވޭނެކަން، މިވަރު އެނގިއްޖެ ދޯއެވެ. އެހެންވިއްޔާ ބުނެބަލާށެވެ. ޖަލީލުއަށް އަތޮޅުވެރިޔާކަމުގެ ލަގަބު ދީގެން ތިއުޅެނީ ކޮން އިރަކު ހެއްޔެވެ. ބަލަ މިތިބަ ބުރާންތިތަކާ ޖަލީލު އެއީ އަދިވެސް ހަމަ އަތޮޅުވެރިޔާގެ މުޢާވިންއެވެ. އަދި ރާއްޖޭގެ ޤާނޫނާއި ޤަވާޢިދު ބުނާގޮތުން ސަރުކާރުގެ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާ މަރުވެއްޖެނަމަ، ނުވަތަ ހާލަތު ނިޔާކުރާގޮތުން ވަޒީފާ އަދާ ކުރުމަށް ނުކުޅެދިއްޖެނަމަ އަދި ވެރިޔާ ޣައިރު ހާޒިރުވެއްޖެނަމަ އެމުއައްސަސާއެއްގެ ހުރިހާ ޒިއްމާއެއް 'އިސްތިސްނާ ޙާލަތެއްގައި މެނުވީ' އުފުލަން ޖެހޭނީ ދެންހުރި އިސްވެރިޔާއެވެ. "މިވަގުތު ފ.އަތޮޅު އޮފީސް ހިންގެމުވާ ޙަވާލުވެ ހުންނެވި" މި ޢިބާރާތްކޮޅު ޖަލީލުގެ ނަމުގެ ކުރިޔަށް ކަލޯމެންގެ ފަތަފޮޅީގައިވެސް ތިޔަގެނައީ އެހެންވީމަ އެވެ. އޭގެ މާނައަކީ އަތޮޅުވެރިއެއް ނެތުމުން، ވަގުތީގޮތުން އަތޮޅު އޮފީސް ހިންގެވުމާއި މުޢާވިން ޙަވާލުވެ ހުންނެވި ވާހަކައެވެ. ކޮންމެ މީހަކު އެތާނގައި ހުއްޓަސް ކަންހިގާނީ މިގޮތަށެވެ. ޚުދު މާމޮޅު ކަމަށް ހެދިގެން ތިޔަ ލިޔުންލިޔުނު ގަބުޅިކަތީބު ހުއްޓަސް މިނޫންގޮތަކަށް އެކަން ނުވާނެކަން ދަންނަން ޖެހޭނެއެވެ.


އަދި 'އެހެން ގާނޫނަކުން ހުއްދަކުރާ' ނުވަތަ 'އެހެން ޤާނޫނަކުން މަނާކުރާ' މިހެން ލިޔެފައިވާ މާއްދާތަކެއް ގާނޫނު އަސާސީގައި ހުރިކަން ކަލޯމެންނަށް ނޭނގޭދޯއެވެ. އެހެންވިއްޔާ އަދި ރަނގަޅަށް ގޮސް ދިރާސާ ކުރާށެވެ. އޭގެ ފަހުން ޤާނޫނޭ ޤަވާޢިދޭ ކިޔާ އަނގަ ކޮފާށެވެ.


ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ރުޅިވެރިކަން އުފައްދަން ބޭނުންވިޔަސް ތިޔަވަރު ތަންކޮޅެއް ބޮޑެވެ. އަދިވެސް ބުނަމެވެ. އަތޮޅުވެރިއެއް ހަމަޖައްސާފައި ނެތުމީ ޖަލީލުގެ މައްސަލައެއް ނޫނެވެ. ރައްޔިތުންނަށް މާހެޔޮއެދޭ ބަޔަކަށް ވެގެނޭކިޔާ ތިޔަކަހަލަ ފިތުނަވެރި ލިޔުން ނުލިޔެ ސަރުކާރުގައި އަތޮޅުވެރިއެއް ހަމަޖައްސަވާ ދެއްވުމށްއެދި ދަންނަވާށެވެ.

Wednesday, May 7, 2008

ވަގު ބުއްދިއަށް ވެރިކަން ދޭންޖެހޭ ސަބަބުތައް – އިޙްސާންތެރިކަމުގެ ބާބު

އޭ ވަގުބުއްދި އިބްރާހިމް ޚަލީލުއެވެ. ކަލޭ ތިޔާހުރީ މޫސާ އަޙްމަދު ވެރިކަމުން ވަކިކޮށްފައި ކަލެއަށް ވެރިކަން ދޭނެކަމަށް ހެވި ދިލިފައި ދޯއެވެ. އެކަމަކު އެހެން ހުއްޓައި އެއޮއްވީ ގޮތަކުން ތިޔާހުރީ މިހާރު ހިތަށް ތީރެއް ހެރިފައިތާއެވެ.

ދެން އެންމެ ރަނގަޅެވެ. ކަލޭގެ އިޙްސާންތެރިކަމުގެ ބާބުން ތަންކޮޅެއް މިތާނގައި ލިޔެލާނަމެވެ. ފ. ފީއަލީގައި ހުރި އަތޮޅު މަދަރުސާގައި ކިޔަވައިދޭން އުޅުނުއިރު އެ މަދަރުސާގެ އަންހެން ކުއްޖަކު ކަލޭގެ އެދުންވެރިކަން ފުއްދައިނުދީގެން ކަނައަތްމަތީ ޖެހިޖެހީނުން އަދިއަދަށްދާންދެންވެސް އެކުއްޖާ އެއަތަށް ބޭސްކުރަން ޖެހޭކަން އެނގޭ ހެއްޔެވެ؟ އަދި ކަލޭ ސ.އަތޮޅުގެ ސްކޫލަކަށް ބަދަލުކުރުމުން އެރަށުގައި ހުރީ ވަރަށް ގާތްރައްޓެއްސެއް ގާތުގައި ދޯއެވެ. އެ ރައްޓެހި މީހާއަށް ދިންކޮޅުކެހީގެ ވާހަކަ ދައްކާލަން ކެރިދާނެ ހެއްޔެވެ. އެހާގާތްކޮށް ކަމޭ ހިތުމުން އޭނާގެ ކުޑަ އަންހެން ދަރިފުޅާއި ބެހެމުން ދިޔަކަން އެންޓި އެފްއޯއެއް ނުބުނާނަމެވެ. އެންމެ ފަހުން ފަޅާއަރައިގެން ރައްޓެހި މީހާ ވަރެއްކޮއްލި ދޯއެވެ.

އޭކަލޭ ނުއިނދެ އަންބެން (ނިލަންދޫގެ އަންހެނެއް) ގެންގުޅެން ދޯއެވެ. ހަފުތާއަކު ކިތައްރޭ އޭނާގެ ކައިރިއަށް ޖައްސަމު ހެއްޔެވެ. އަދި އެ ކަމުގެ ސަބަބުން ކަލޭގެ ޙަލާލު އަނބިމީހާ ރޯ ރުއިން ކަލެއަށް އިޙްސާސްވޭ ހެއްޔެވެ؟ ކަލޭތީ ހާދަހާ ގަދަ ވެސް މީހެކެވެ. ދަރިންކޮޅު ތިހާ މޮޅަށް ތަރުބިއްޔަތުކުރަން ދަސްކުރީ ކާކުގެ ކައިރިންކަން ބުނެދޭށެވެ. އެކުދިން އެއުޅެނީ ކަލޭ ދައްކާމަގުންކަން އަހަރުމެންނަށް އެނގެއެވެ. ދަރިންކޮޅު ލައްވައި ބްލޫ ފިލްމު ތިޔަކުޅުވަނީ އާމްދަނީ ހޯދުމަށް ހެއްޔެވެ؟ ނުދައްކައި އޮތް މަސްމަހުގެ ގޭގެކުލި ދައްކާނެ ފައްކާމަގެއް ހޯދަނީ ދޯއެވެ. ދެވަނަ ދަރިފުޅުވެސް އެފަދަ ކަމެއް ކޮށްގެން އުޅޭވާހަކަ އަޑުއިވެއެވެ. އެއީ ތެދެއް ބާއެވެ؟ ކަލޭގެ ދަރިންކޮޅު ވިއްކައިގެން އެއްފަހަރާ 50،000ރ މީހަކު އަތުން ނެގިވާހަކަވެސް އަޑުއިވުނެވެ. މިކަމުގެ ޙަޤީޤަތް އެފްއޯގައި ޖަހާލަ ދެއްޗެވެ. އަދި އެމީހަކުގާތުގައި ބައްޕަ ފައިސާ ނެގިޔޭ ދަރިފުޅުކައިރީ ނުބުނާށޭވެސް ބުނެވުނު ހަނދާން ހުރިނަމަ އެވާހަކަވެސް ޖަހާލައްޗެވެ.

ތިޔަހާ ތަރުބިއްޔަތު ރަނގަޅު ތެދުވެރިޔަކު ނިލަންދޫގެ ވެރިކަމަށް ކޮންމެހެންވެސް އަންނަންވާނެއެވެ. ވެރިކަމަށް އަންނަން ތިއުޅޭ މައިގަނޑު ސަބަބަކީ ރައްޔިތުންގެ އެކައުންޓުގައި ދެމިލިޔަނާ ގާތަށް ފައިސާހުރުމުން އެކައްވާލާނެ ގޮތެއް ރާވަންދޯއެވެ.

އަޅޭ ބުރި ހޯދަން އުޅޭށެވެ. ނިލަންދޫގެ ވެރިކަން ކައިގެން ހުންނާށެވެ.

ބުނަންހެއްޔެވެ. ބިތުފަންގި ނެތް މީހެއްގެ ނަގާނެ ބިތުފަންގިއެއް ނޯންނާނެއެވެ. ވަގުބުއްދީގެ މިކަހަލަ އެތައް ފަންގިއެއް އަހަރުމެން ނަގައިދީފާނަމެވެ.

Thursday, May 1, 2008

އެފްއޯއިން ޚިޔާނާތްތެރިންނަށް ސަޕޯޓުކުރާކަމަށް އިއުތިރާފުވެއްޖެ

ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ހަމަހަމަކަމާއި، އަދިވެސް އޮތްހާ ރީތިވި ސިފަތަކެއްގެ ނަމުގައި ތެދުވެ ރައްޔިތުންގެ ޙައްޤުތައް ދިފާޢުކުރުމުގެ ނަމުގައި ވާހަކަ ދައްކާ ޚާއިނުންގެ ސޫރަ އަމިއްލައަށް ރައްޔިތުންނަށް ދައްކުވައިފިއެވެ. މިކަން އޮޅިގެންނަމަވެސް ދެއްކިފައިވަނީ ފ. ފީއަލީގެ ކުރީގެ ކަތީބަށް ކޯޓުން ޙުކުމްކުރި ވާހަކަ ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމަށް ލިޔެފައިވާ ލިޔުމެއްގައެވެ.


މަހާ ޗޯރުންގެ ލިޔުމުގައި ޒާހިރުގެ މައްޗަށް ޖިނާޢީކޯޓުން ޚިޔާނާތުގެ ޙުކުމެއް އިއްވާފައިވެއެވެ. ހަމަ އޭގެ ފަހަތުން ޒާހިރުގެ މާތްކަމާއި ޚުލްގު ހެޔޮކަމާއި ރައްޔިތުންނާއި ގުޅޭކަމުގެ ވާހަކަވެސް ދައްކާފައިވެއެވެ. ކޯޓުން އެކުރި ޙުކުމަކީ ޒާތީގޮތުން ބަޔަކު ޖައްސާލި ޖައްސާލުމެއް ކަމަށްވެސް ލިޔެ ރައްޔިތުންގެ މިފަދަ ބަތޮލެއްގެ ސަލާމަތަށް ރޮއިހޭރި އާދޭސް ކޮށްފައިވެއެވެ. އަދި ޒާހިރު ކޮށްފައިވާ ޢަމަލަކީ ރައްޔިތުންގެ ހެވާއި ލާބަޔަށް ކޮށްފައިވާ ކަމެއްކަމަށް ބުނެ މުޢާވިން ޖަލީލު ކުއްވެރިކޮށް އަމިއްލައަށް ކޮމެންޓުކޮށްފައިވެސް ވެއެވެ. އަދި ކޯޓުގެ އެޙުކުމަކީ ސީދާ ޖަލީލުކުރި ޙުކުމެއްކަމަށް ލިޔެފައިވެއެވެ.


މި ލިޔުންކިޔާފައި ބުނާކަށް މިބައިގަނޑުގެ ގަމާރުކަން ހިތަންއަންނަވަރުން މި އިނދެވެނީކީ ނޫނެވެ. އަދިވެސް އެތިބީ މީގެ މީގެ މިލިޔަން އަހަރުކުރީގެ ޖާހިލުންގެ ޒަމާނުގައި ވިއްޔާއެވެ. ސަރުކާރާއި އިނދިކޮޅަށް މިއަދުގެ ކޯޓުތަކުން ޙުކުމް އިއްވާކަން މި އާލާތުންނަށް ފަހެ އަޑުއިވިފައި ނުވަނީ ތޯއްޗެކެވެ. އިންފޮމޭޝަން މިނިސްޓްރީ އެޓޯލްސް މިނިސްޓްރީ ހެލްތް މިނިސްޓްރީއާއި އިނދިކޮޅަށް ކޯޓުތަކުން ޙުކުމް އިއްވާފައިވާކަން އިވިފައިވިޔަސް ތިބަގައަށް ވާނުވާ ނޭނގިދާނެކަން އެންޓިއެފްއޯއަށް އެނގެއެވެ. ޖަލީލު ބޭނުން ގޮތަކަށް ޒާހިރުގެ މައްސަލަ އެނިމުނީ އެތަންތަނުގައި ތިބި މީހުންވެސް ޖަލީލުއަށްވުރެ ބާރު ދަށީތާއެވެ. ޖަލީލުގެ އަންބޮޑިއަށް އެވަރަކުން ކަލޭމެން ވަންނަން ތިއުޅޭ ސަބަބު މިހާރު ވިސްނިއްޖެއެވެ.


އަދި މަޖާކަމަކީ އެޒާހިރު ސަރުކާރުގެ ވަޒީފާގައި ހުރިއިރު ބެވި ބެވުންތައް ހަނދާންނެތުނީމައެވެ. އޭރުގައި ޒާހިރުއަށްވުރެ ނުލަފާ ރައްޔިތުންނާއި ނުގުޅޭ، ޚިޔާނާތްތެރި މުޅި ފ.އަތޮޅުގައިވެސް ނެތޯލައެވެ. ޚިޔާނާތްވެގެން ކޯޓުން ޙުކުމް ކުރާއިރަށް ޒާހިރުގެ ޖީބަށް ވަތްލެއް ކިހާ އަވަސް ހެއްޔެވެ؟ ރައްޔިތުންގެ ފައިސާކައި ހުސްކުރުމަށް ހިތްވަރުދޭކަން އެއޮތީ ސާބިތުވެފައެވެ. ކަލޭމެންގެ އައުވާނުންނަށް ބެލިޔަސް އެކަން އެއޮތީ ފެންނާށެވެ. އިބްރާހީމް ޚަލީލު، އެސްޖެހި ރައްޒާގު ފަދަ މީހުންނަކީ އޭރުވެސް މިހާރުވެސް ރައްޔިތުންގެ މުދަލުން ކައިއުޅުނު ބަޔެކެވެ. ދެން އަލީމު، ކުޑަދަޅޭ މި މީސްމީހުން އެކިމީސްމީހުންގެ ފައިސާކެއިވަރެއް ނުވެސް އެނގެއެވެ. ލަނޑަޔާ ހަމަވާނީ ލަނޑަޔާއެވެ.


ޚިޔާތުން ފުރިފައިވާ މަކަރުވެރިޔަކު ހުރިއްޔާ އަވަހަށް ޓީމަށް ވައްދާނެކަން ތިއޮތީ ސާބިތުވާށެވެ. ދެން ގޮސް އަންނި ފުލުގައި ދޫލާށެވެ. އެއީ ނިލަންދޫ ރައްޔިތުންގެ އިންޖީނެއް ކައްވާލަން މަސައްކަތްކުރީތީއެވެ. ގުއިއެދުރުންނަށް ތިޔަހެން ތިބެ ކިޔޭނުކިޔޭ އެއްޗެއް އެނގޭ ހެއްޔެވެ.

Monday, April 21, 2008

ތަޙުގީގު ރިޕޯޓް: ރައްޔިތުންގެ މަސައްކަތަށް ދަފީނާއިން ގަތް ސުތުލި ގޯނީގެ އަގު އޮޅުވާލާފައި

މިއަހަރުގެ ކުރީކޮޅު ރައްޔިތުން ތޮށިޖެހަން އެސްޖެހި ރައްޒާގުއާއި ޙަވާލުކުރި ދެލައްކަ ރުފިޔާއިން ތަކެތި ގެނައ ގޮތުގެ ބައެއް މަޢުލޫމާތު ކިޔުންތެރިންނާއި ހަމައަށް ވާނީ ގެނެސްދީފައެވެ. މި ލިޔުމުގައި މިވަނީ ސުތުލި ގޯނި ގަތުމަން އޭނާ ހިންގި ގަނޑުތަކެވެ.


ތޮށި ޖަހަން ބޭނުންވާ 11000 ގޯނި ރައްޔިތުންގެ ފައިސާއިން ހޯދިގޮތް އެނގޭތޯއެވެ. ގޯނި ގަނެފައިވަނީ ދަފީނާ ކިޔާ މާލޭގެ ފިހާރައަކުންނެވެ. އެފިހާރައިގެ ސޭޓަކު ހާމަކުރި ގޮތުގައި އޭރު -/7ރ އަށް ވިއްކި ގޯނި 5000 ގޯނި ނަގާ ފަރާތަކަށް 50/6ރ ގޯއްޏެއްގެ މަގުން ދޫކުރެއެވެ. އަދި 10000 ގޯނި ނަގާ ފަރާތަކަށް -/6ރ އަށް ދޫކުރެއެވެ. މުދާ ގަންނަންދާ މީހާ އެދުނަސް ނޭދުނަސް ކަންކުރަނީ އެގޮތަށް ކަމަށް އޭނާ ކިޔައިދިނެވެ. ދުވަހަކުވެސް ވަކިން އެންމެ ގޯންޏެއް ގަތްކަމުގައި ވިޔަސް 50/7ރ. ގޯއްޏެއްގެ މަގުން ވިއްކާފައި ނުވާކަމަށް އޭނާ ބުނެއެވެ. އަދި ވިއްކާ ކޮންމެ އެއްޗަކާއިއެކު ކޮންޕިއުޓަރައިޒްޑް ބިލެއް ދޫކުރެވެމުންދާކަމަށް ވެސް ވެއެވެ. އެއީ އެސްޖެހި ރައްޒާގުއަށް އަށް ގޯނި ވިއްކިފަރާތެވެ.


ދަފީނާއިން ގޯނި ވިއްކާ އެމިންގަނޑަށް ބަލާއިރު 11000 ގޯނި ރައްޔިތުންނަށް ވިއްކާފައިވާނީ -/6ރ އަށެވެ. ނަމަވެސް ރަށު އޮފީހަށް އެތަނުން ބިލެއް ނުދެޔޭކިޔާ ފޮނުވާފައިވަނީ އެސްޖެހި ސްޓޯރުގެ ބިލެކެވެ. އެވެސް 50/7ރ. ގޯންޏެއްގެ ރޭޓުންނެވެ. އެހެންކަމަށްވާނަމަ ކޮންމެ ގޯންޏަކުން ދޮޅުރުފިޔާގެ ކަޓެއް އަމިއްލަ ޖީބަށް އެއޮތީ ލާފައެވެ. 11000 ގޯނިން ޖުމްލަ 16500ރ އެއޮތީ ކައްވާލާފައެވެ. ރަށާހަމައަށް ގެނައީ އޭނާގެ ދޯނީގައި ކަމުން އެއަށް ނާލުވެސް ނަގާފައިވެއެވެ. އެއީ ވެސް ގޯންޏަކަށް 50/- ރުފިޔާގެ ރޭޓުން ނޫންކަމެއްވެސް ނޭނގެއެވެ.


ވެރިންގެ ޚިޔާނާތޭ މަކަރޭ ކިޔާ އަޑުނެތްތަނަށް ހަޅޭލަވާ ފަހަތުން ދުވާ ކުޑަދަށު ލީޑަރުގެ ޙާލުހުރިގޮތް މިހުރީއެވެ. ރައްޔިތުންގެ ފައިސާ ކައްވަމުން ދުވަނީއެވެ. އަގު ހެޔޮކުރުމަށް މިކަލޭގެއާއި 200000 ރުފިޔާ ޙަވާލުކުރުމުން ރައްޔިތުންނަށް ކޮޅުކެހިދީ އެދަނީ ގެއްލުން ދެމުންނެވެ. އެ ފައިސާގެ ހިސާބު އަދިވެސް ނުނިއްމާކަމަށް ރަށު އޮފީހުގެ މުވައްޒަފަކު ނަންހާމަ ނުކުރުމަށް އެދި އެންޓިއެފްއޯއަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އެފައިސާގެ ހިސާބުތައް ނިންމުމަށްޓަކައި ކުޑަދަށުގައި ކެއްކުންތަކުން ފޮނު އަރުވައި ސައްލާތައް ކުރިޔަށް ދާކަމުގައިވެސް އެފަރާތުން މަޢުލޫމާތު ލިބެއެވެ.

Thursday, April 17, 2008

ހަމަހަމަ ކަމާއި އިންސާފާއި އަދި އިޞްލާޙަކީ ޑިކްޝަނަރީގައި އޮތް ބަސްތަކެއް ނޫން

މީހެއްކައިރީ އާދޭސްކޮށްގެން ބަޔަކަށް ލާރިގަނޑެއް ދީގެން ވެބްސައިޓްގަނޑެއް ވުޖޫދަށްގެނެސް މިނިވަން ނޫސްވެރިކަމޭ ކިޔާގެން ބަޔަކު އަނގަ ކޮފާތީ ދުށީމެވެ. ފ.އަތޮޅު ލޮބުވެތި ރައްޔިތުންނަށް ޙައްޤުތައް ހޯދައިދީ ހަމަހަމަކަމާއި އިންސާފު ހޯދައިދިނުމުގެ ނަމުގައެވެ. މިހާރު އަތޮޅުގެ ވެރިކަމުގައި ތިބި މީސްމީހުންގެ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގެ ނަމުގައެވެ. ރައްޔިތުން ސިޔާސީ ގޮތުން ހޭލުންތެރި ބަޔަކަށް ހެދުމުގެ ނަމުގައެވެ.


އެންޓި އެފް އޯއަކީ މިބައިގަނޑާއި ނުހަނު ކައިރީގައި އެއްތަށިން ކައިގެން ބޮއިގެން އުޅުނު މީހެއްކަމުގައިވާތީ މިމީހުންގެ އަޑ ިވަރަށް ރަނގަޅަށް އެނގެއެވެ. ބޭރުފުށުން ކިތަންމެ ރީތި ކުލައެއް ދައްކައިގެން އުޅުނަސް އެތެރެ ވަރަށް ހަޑިވާނެކަން އެނގެއެވެ. ނުބައި ރޭވުންތަކާއި ރުޅިވެރިކަމާއި ޙަސަދަ މީސްމީހުންނަށް ފިލުވާނެ މޮޅު ގޮތަކާއި ދަނޑިވަޅަކަށަ ތިބޭނީ އަބަދުމެ ބަލަބަލައެވެ. އެއީ ކުރާކަންތަކުގައި އިޚްލާޞްތެރި ކަމެއްނެތް ހަރުދަނާކަމެއްނެތް ޒިއްމާދާރުކަންކުޑަ ފައްކާ ވަޅޯތަކެއްކަން އެންޓި އެފް އޯއަށް އޮޅިފައެއްނެތެވެ.


މިދާކަށްދުވަހު މިބައިގަނޑުގެ ފަތަފޮޅީގައި ޖަހާލި ލިޔުމަކުން މިބައިގަނޑުގެ ޙަޤީޤީ މަޤުޞަދަކީ ވެރިންގެ ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތައް ރައްޔިތުންނަށް އޮޅުންފިލުވާދިނުން ނޫންކަން ވަރަށް ރަނގަޅަށް ދޭހަވެގެން ހިނގައްޖެއެވެ. އެމީހުންގެ ބޭނުމަކީ ވަކި ބަޔަކާއި ޖައްސާލާގެން ހަސަދަގަނޑެއް ފިލުވާލުންކަން އެއޮތީ އެނގިފައެވެ. މިބައިގަނޑަކީ އެއް ލޮލުންބަލާ ލުއްޗާތަކެކޭ ބުނެވެނީ އެހެންވެއެވެ.


ޖަލީލު މޫސާ އަޙުމަދު ނަސިމްބެ ކަރިމްބެ މިމީސްމީހުން ކުޑަނަމަވެސް ކަތިފިޔަވަޅެއް އަޅާފިއްޔާ ނިކަށް އަވަހަށް މިބައިގަނޑަށް އެނގޭނެއެވެ. އަދި ވަރަށްވެސް އަވަސްއަރުވާލާގެން ދެކޮޅުބެލުމެއްނެތި ފަތަފޮޅިގައި އެވާހަކައެއް ޖަހާލެވޭތޯ ތެޅިފޮޅިގަންނާނެއެވެ. އެވެސް ގޯސްގޮތެއް ނޫނެވެ. ޖަލީލުވިޔަސް މޫސާ އަޙުމަދު ވިޔަސް ނަސިމްބެ ވިޔަސް ކަރިމްބެ ވިޔަސް ޚިޔާނާތެއް ވެއްޖިއްޔާ ރައްޔިތުންނަށް އޮޅުން ފިލުވައިދޭންވާނެއެވެ. ދެކޮޅު ރަނގަޅަށް ބެލުމަށްފަހު ޙަޤީޤަތް އަންގައިދޭން ޖެހޭނެއެވެ.


އެކަމަކު ދެރަކަމަކީ ކުޑަމިނުން މިލުއްޗާތަކަށް އެވަރު ނޭނގޭތީއެވެ. އިބްރާހީމް ޚަލީލު ކޮށްފައިވާ ވައްކަންތައް މިބައިގަނޑުގެ ކުރިމަތީގައި ވައްކަމަކަށް ނުވެއެވެ. އެސްޖެހި ރައްޒާޤު ރައްޔިތުންގެ މުދަލުން ވިޔަފާރިކޮށް ރައްޔިތުންގެ މަސައްކަތަށް ގެންނަ މުދާކޮޅު ކަޓުވާލާއިރު އެއީކީ ކެޓުވުމަކަށް ނުވެއެވެ. ޖަލީލުގެ ބޮލަށް އެރިގެން ބޭރުފުށުން ހެޔޮއެދޭ މީހެއްކަމުގައި ވެގެން މިހާރުގެ ކަތީބު ކުޅެމުންދާ ކުޅިގަނޑުގެ ވާހަކަ ދައްކާކަށް ނުކެރެއެވެ. އަތޮޅު އޮފީސްތެރޭގައި އެންމެ ނުފޫޒު ގަދަމީހާ ކަމުގައި ހެދިގެން އޮޅުވާލުންތަކާއި މަކަރުން ފުރިފައިވާ ދޮމްބޭބެގެ ވާހަކަ އެންމެ ފަހަރަކުވެސް ފަތަފޮޅީގައި ޖަހާކަށް ނުކެރެއެވެ. ތިޔާގެތެރޭގައިތިބި ކުޑަކުދިން ބޮއްވާ މީހުންނާއި ފިތުނަފަސާދަ ފަތުރާ ރައްޔިތުން ބައިބައިކުރަން ތަފާތު ވާހަކަތައް ހަދަހަދައިގެން ދައްކާ މީހުންގެ ވާހަކައަކީ ބޮޑު ސިއްރެއްދޯއެވެ.


މިހިރަމިހިރަ ކަންތައްތައް މިގޮތަށް ހުރުމުން ތިޔައީ އިންސާފެއްނެތް ހަމަހަމަކަމެއްނެތް އިޞްލާހުއޭ މިކިޔާބަސްތަކަށް ހުތުރުއަރުވާ މީހުންނޭ ބުނުމުން މާރަނގަޅުވެފައި އަޢުލާކަން ބޮޑުވާނެއެވެ. ވާނީވެސް އެހެންތާއެވެ. ލަނޑަޔާވާނީ ހަމަ ލަނޑަޔާއެވެ. އެއްލަނޑާގެ ވާހަކަ އަނެއްލަނޑާ ދައްކާކަށް ބޭނުމެއް ނުވާނެއެވެ. ދެންއެހެންތިބެ ބަލާނީ ގުދޯގުދޯ ގޮވޭތޯއެވެ. އެވަރުވެސް ރަނގަޅުތާދޯއެވެ.

Saturday, April 12, 2008

ބައެއް އިސްވެރިންގެ ޙިމާޔަތުގައި ފަތަފޮޅިއާއި ދަންވަރު ނޫސްތައް އާސްމާނުގައި

ނިލަންދޫ ރަށުތެރެއަށް މިހާރަކަށްއައިސް އަތޮޅު އޮފީހާއި ރަށުގެ ބައެއް އިސްވެރިން އަދިވެސް ބައެއް މީހުން ބަދުނާމުކޮށް އަޅަމުންދާ ލިޔުންތަކާއި ނޫސްތަކަކީ ސީދާ ރަށުގެ ބައެއް އިސްވެރިން އަޑީގައި ތިބެގެން ބަޔަކު ލައްވާ ކުރަމުންގެންދާ ކަމެއްކަމަށް އެންޓި އެފް އޯ ހޯދިހޯދުންތަކުން އެނގިއްޖެއެވެ. އެންޓި އެފް އޯއަށް މިމުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދީފައިވަނީ ރަށު އޮފީހާއި އަތޮޅު އޮފީހުގެ ބައެއް މުވައްޒަފުންނެވެ. އަދި މީގެ އިތުރުން މިކަމުގެ ޙަޤީޤަތް ދަންނަ ބައެއް ފަރާތްތަކުންނެވެ.


"މިހާރު މިހިނގާ ކަންތައްގަނޑުގެ އަޑީގައިހުރީ ކަތީބު އިސމާޢިލް ޢަބްދުﷲ. އިސްމާޢީލް ޢަބްދުﷲއަކީ ޖަލީލުގެ އެހީތެރިކަމާއެކު މިހިސާބަށް އައިސްހުރި މީހެއް ނަމަވެސް އެއީ ޖަލީލުއާ ވަރަށް ދެކޮޅު މީހެއް. އިސްމާޢިލް ޢަބްދުﷲވެސް ބޭނުމެއްނުވޭ މިހާރު ޖަލީލު ހުންނާކަށް. އިސްމާޢީލް ޢަބްދުﷲވަނީ ރަށު އޮފީހާއި ސަރުކާރުގެ ވަރަށް މުހިއްމު ސިއްރު މަޢުލޫމާތުތައްވެސް އެބަޔަކަށް ފޯރުކޮށްދީފައި. އެންމެ ލިޔުމެއްނޫން. ރަށު އޮފީހުގެ މުވައްޒަފަކު އޭނާގެ ލޮލަށް މިމަންޒަރު ފެނުނުކަމަށްބުނެ ޔަގީންކަމާއެކު އެންޓި އެފް އޯއަށް ކިޔާދިނެވެ.


"މިކަމުގައި އަދި ވަރަށް އިސްރޯލެއް ކުޅޭ ބައެއް އެހެން މީހުންވެސް އޮފީހުގައި އެބައުޅޭ. އެމީހުން އެފަދަ ލިޔުންތައް ލިޔެގެން ގެނައުމުން ރަށު އޮފީހުން އެމީހުން ބޭނުންވަރަކަށް ޕްރިންޓްކޮށްދީ ފޮޓޯކޮޕީ ހައްދާ ދީފައި. އޭއީ އެމީހުންގެ މައިގަނޑު މަސައްކަތަކީ. އަދި މިމީހުންނަކީވެސް އެމީހުންނާއި ގާތްގުޅުމެއް ބާއްވާ ބައެއްކަމުން އޮފީހުން ބޭރުކޮށްގެންނުވާނެ ބައެއް މުހިއްމު މަޢުލޫމާތުތަކާއި އޮފީސްތެރޭގައި ކަންތައްތައް ހިނގާނުހިނގާގޮތް އެމީހުންނަށް ފޯރުކޮށްދީފައި" ކަތީބަށް މިކަމާ ދެކޮޅުހަދަން ނުކެރޭނެއޭ ބުނަމުން ބުންޏެވެ.


އެންޓި އެފް އޯ ހޯދި ހޯދުންތަކުން ރަށު އޮފީހުގެ ބައެއް މުވައްޒަފުންނާއި އަތޮޅު އޮފީހުގައި މަސައްކަތްކުރިބައެއް މުވައްޒަފުންވެސް ޖަލީލުއާ ދެކޮޅަށް ފޮޅިތައް ނެރެފައިވެއެވެ. އިބްރާހީމް ފަރީދު ރަށު އޮފީހުގައި މަސައްކަތްކުރި ދުވަސްވަރު ޖަލީލުއާ ދެކޮޅަށް ލިޔުންތައްލިޔެ ރަށު ތެރެއަށް އަޅާފައިވެއެވެ. އަދި ކުރީގެ ކުޑަކަތީބު އަޙައްމަދު ވަކިކުރަން އުޅޭކަމުގެ ސިގްނަލް ލިބުމާއެކު އަތުންލިޔެ ޝާއިއުކޮށް ޖަލީލުއާ ބައެއް ވެރިންނާ ދެކޮޅަށް ލިޔުންއަޅާފައި ވެއެވެ. މީގެ އިތުރުން އިސްމާޢީލް ޢަބްދުﷲގެ ކުޑަކަތީބު ކަމުގައި އެސްޖެހި ރައްޒާޤުއާއި ގުޅިގެން ހިންގާފައިވާ ވަރަށްބޮޑު ކޮރަޕްޝަނާއި ޚިޔާނާތާއިބެހޭ މަޢުލޫމާތުތަކެއް ރަށުއޮފީހުގެ މުވައްޒަފެއްގެ އަތުގައި އެބަހުރިކަމަށް ބުނެފައިވެއެވެ. އަދި އެކަން އެންޓި އެފް އޯއަށް ތަންކޮޅެއްފަހުން ތަފްޞީލުކޮށްދޭނެކަމަށް ބުނެފައިވެއެވެ. އެމަޢުލޫމާތުވެސް ލިބޭތޯ އެންޓި އެފް އޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް މިވަގުތަށް އެމުވައްޒަފު ދެކޮޅު ހެދުމުން ކިޔުންތެރިންނަށް ގެނެސްދެވޭގޮތް ނުވީއެވެ. އެކަމަކު ލިބޭހާ އަވަހަކަށް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ ވާހަކަ ބުނަމެވެ.


އަތޮޅު އޮފީހުން މިކަމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ ތަފާތު ބަންދުތަކާއި ދިމާކޮށް ރަށަށް ނޫސްތައް އެޅުމުގައި މަޝްހޫރުކަން ހޯދާފައިވާ ބިއްދޮށުގޭ މޫސާ އަޙުމަދުގެ ކޮއްކޮ އަދި މިހާރު ރަށު ކޯޓްގެ ވަޒީފާއަށް ބަދަލު ވެފައިވާ ޙަބީބާ އަޙުމަދުއެވެ. ޙަބީބާވަނީ ޖަލީލުއާ ބެހޭގޮތުން ތަފާތުލިޔުންތައް ލިޔެ ރަށަށް އަޅާފައިވާކަމަށް އަތޮޅު އޮފީހުން ހަބީބާގެ އެމަސައްކަތުގައި ކޮންމެވެސ ސިފައެއްގައި އޭރު ބައިވެރިވިކަމަށްބުނާ މުވައްޒަފަކު ކިޔާދީފައެވެ. ޙަބީބާ ރުޅިއަންނަ ކަމުގައިވަނީ ޖަލީލު ރައުނާއާއި ކުޑަހައްވައާ މަސައްކަތުގެ މާޙައުލުގައި މާގާތް ގުޅުމެއް ބަހައްޓާތީއެވެ. އަދި ފޮޅިތައް ނެރެ ފަހުން ވަޒީފާވެސް ބަދަލުކުރީ އެކަމާ ޙަސަދަލައިގެން ކަމަށް އޭނާ ބުންޏެވެ.


ޙަބީބާގެ އިތުރުން ހަބީބާއާއިއެކު ކޯޓްގައި މަސައްކަތްކުރާ އެހެން ފިރިހެން މިވައްޒަފަކުވެސް ވެރިންނާއި ބެހޭގޮތުން ފާޑުފާޑުގެ ލިޔުން އަޅާކަމަށާއި އެމުވައްޒަފަކީ ޢާއްމުކޮށް ރަށުތެރެއަށް ލިޔުންތައްއަޅާ ފަރާތްތަކާއި ގާތްގުޅުމެއް އޮންނަ މީހެއްކަން އިތުބާރުހުރި ފަރާތަކުން ޔަޤީންކޮށްދިނެވެ. ނަމަވެސް އެފަރާތުގެ ނަން ހާމަކުރުމަށް އިންކާރުކޮށްފައިވާތީ އެއީ ކޯޓްގެ ކޮން މުވައްޒަފެއްކަން އެންޓި އެފް އޯއަށް ޔަޤީންވެފައިނުވެއެވެ.


ޗުއްޓީގައި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ޢާއްމުކޮށް ލިޔުންއަޅާކަމަށް މަޝްހުރުވެފައިވަނީ ވިލުދޮޅި މަޖީދު، އަޙުމަދު މުޙައްމަދު، މޫސަ، ޢަލީމު، މިގްރޫޕެވެ. މީގެއިތުރުން މިގްރޫޕްގެ ބައެއް މީހުން މިކަމުގައި ބައިވެރިވެއެވެ. މިއީ ޙަޤީޤަތުގައި ނިލަންދޫއަށް ދަންވަރު ނޫސްތަކާއި ފާރުގައި ހިއްޕާ ޕޯސްޓަރުތައް ޢާއްމުކުރި ފަރާތްތައްކަން ގިނަބަޔަކު ފާހަގަކުރެއެވެ. އިސްލާޙުކުރުމުގެ ނަމުގައި މިމީހުންވަނީ ނިލަންދޫ ގިނަބައެއްގެ ޢަބުރާއި ޢިއްޒަތަށް ހުތުރުވާ ޒާތަށް ހަޑިހުތުރު ބަހުރުވައިން ބަސްތައް ފޮޅިތަކުގައި އަދި ލިޔުންތަކުގައި ރައްދުކޮށްފައެވެ. އަދި އެހެންމީހުންނަށް މިފަދަ ޢަމަލުތައް ކުރުމަށް ހިއްވަރުދީފައެވެ. މިކަމުގައި ރައްޔިތުންގެ ރުހުން ލިބި ގިނަބަޔަކު ގަދަރުކުރާ ބައެއް މީހުންވެސް މިމީހުންގެ މިޢަމަލުތަކުގެ އަޑީގައި ތިބޭކަމަށް އެންޓި އެފް އޯއަށް އެނގިފައިވެއެވެ. މީގެ އިތުރުން ރަށުގައިތބޭ ހަލީމުމެންފަދަ ބައެއްކުދިން މާލޭގައި ދިރިއުޅޭ ކުދިން ޗުއްޓީގައި ރަށަށްދާ ދުވަސްވަރާ ދިމާކޮށް އެކުދިންގެ ބޮލުގައި އެއިލްޒާމު އެޅުވުމުގެ ގޮތުންވެސް ނޫސްތައްނެރެފައިވެއެވެ.


އެފްއޯ ހިންގާ ފަރާތްތައް މީގައި ޝާމިލުވާކަން މިއޮތީ ސާބިތުވެފައެވެ. މަސްލަހަތޭކިޔާ އަނގަ ހުޅުވާއިރު ހާލުހުރިގޮތް މިއޮތީ ފެންނާށެވެ. ކިތަންމެ ވަރަކަށް ތިހެން އުޅެ ވީދުނަސް ޖަލީލުގެ ނަން ދުވަހެއް ދުވަހަކަށް ދާނީ މުޅި ފ.އަތޮޅުގައިވެސް ވިދަމުންނެވެ. އަސަރެއް ކޮއްލަ ކޮއްލާ ތިބުންނޫންގޮތެއް ތިބައިގަނޑަކަށް ނެތެވެ.


ނޯޓް: ރަށުތެރެއަށް ފާޑުފާޑުގެ ލިޔުންއަޅާ މީހުންނާއި ބެހޭގޮތުން އެންޓި އެފް އޯ އަށް މަޢުލޫމާތު ދެއްވި ބޭފުޅުންގެ ނަންތައް އެބޭފުޅުންގެ ރައްކާތެރިކަމަށްޓަކައި ސިއްރުކުރީމެވެ.

Wednesday, April 9, 2008

އެންމެ ފަހުން ކަރުޒާއީ ބޮލަށް

ދުނިޔެމީ ހެއްވާ މަޖާ ތަނެކޭ ބުނެވެނީ މިހެންވެގެންނެވެ. ދެދުވަހަކު އެއްގޮތަކަށް ކަންތައް ނުހިނގާ ފަދައިން ދެމީހަކު ދައްކާ ވާހަކަވެސް ގިނަފަހަރު ދިމާނުވާނެއެވެ. އަދި ޚުދު ތިމާ ދައްކާ ވާހަކަތައްވެސް ތަކުރާކުކުރަން ވެއްޖެނަމަ ދިމާނުވާނެއެވެ. ކިތަންމެ ދުވަހަކު ރަހުމަތްތެރިކަންމަތީ ދެމިހުރެވުނުނަމަވެސް އިސާހިތަކު ރުޅިވެރިކަމަށް ބަދަލުވެ ޙަސަދަވެރިންނަށް ވެގެންދެއެވެ. ދުވަހަކު ނުދަންނަ ބީރައްޓެހިންނަށް ވެގެންދެއެވެ. އެޔަށްވުރެ ގޯސްމީހަކު ނުހުރެދާނެއެވެ.


އެންޓި އެފް އޯއަށް ދައްކަން މިޖެހެނީ މުޅިންވެސް މިކަހަލަ ވާހަކަތަކެވެ. މުސްކުޅި ވުމުގެކުރިން ދަތްކޮޅު ނުވެރިއްޖެއްޔާ ވާރަނގަޅެވެ.


ކަރުޒާއީ މިބަޔަކާ އެކުގައިނުޅޭ ޒަމާނެއް އެންޓި އެފް އޯ ހަނދާނެއް ނުހުރެއެވެ. އެންމެ ކުޑައިރު ވެލިބަތްކައްކާ ކުޅެން އުޅުނު ޒަމާނުންފެށިގެންވެސްމެއެވެ. އެންމެ ލާނެއް ޢުމުރުގައިވެސް މިމީހުން ގަނެފައިވާ ހުރިހާ ގަނޑެއްގައި ކަރުޒާއީދިޔައީ ބައިވެރިވަމުންނެވެ. އަދި ރަށްފުށުގެ އުޅުންދޫކޮށް މާލެއަށް ބަދަލުވެފައިވެސް އެގަތް ގަނޑުތަކާއި މިހާރުވެސް ގަންނަމުންދާ ގަނޑެއްގައި ބަރާބަރަށް ޙިއްޞާވާނެއެވެ. ބަނދަރު މައްޗަށްގޮސް ބޮޑުތަކުރުފާނު ވާހަކަ ކިޔުމުގައި އަދި އެކިމީސްމީހުންނާއި ބެހޭގޮތުން ފާޑުފާޑުގެ ވާހަކަތައް ފެތުރުމުގައި ވިޔާނުދާ މޫސަގެ އެންމެ އަރިސް ޕާޓަކީ ކަރުޒާއީއެވެ. އެކަހަލަ ވާހަކަތައް އުފެދި ފޮނިތޮށި ކާފޫރުތޮޅިޔާއެކު ފެތުރިގެންދަނީ މިދެމީހުންގެ ކިބައިންނޭ ބުންޏަސް ދޮގަކަށްނުވާނެއެވެ.


އެކަމަކު ދޭތެރެދޭތެރެއިން ކަރުޒާއީގެ ވާހަކަތައް ފަތުއަޑުކިޔާފައި ފެތުރިގެންދެއެވެ. ކަރުޒާއީގެ ވިޔާނުދާކަމާއި މުނާފިޤުކަމާއި ޖާސޫސް ކުރާވާހަކައާއި މިހެންގޮސް ހުރިހާވާހަކައެއް ދެކެވެއެވެ. މިގޮތަށް ވާހަކަތައް އެހެން މީހުންގެ ކަންފަތާހަމައަށް އައިސްފައިވާނީ މުޅިންވެސް ކަރުޒާއީ އާއި އެއްކޮށް އުޅެބޮޑުވި ގަނޑުތައްގަންނަމުންދާ އަހުލު ބޭކަލުންގެ ކިބައިންނެވެ. އަދި ކޮންމެ ފަހަރަކުވެސް ކަރުޒާއީގެ ނަން މިގޮތަށް ގުގުމަންފަށާނީ އެމީހުންގެ ކޮންމެވެސް ޕްލޭނެއް ނުވަތަ ކުރަންއުޅޭ ކޮންމެވެސް ކަމެއް ފަނުފުލުން ދިޔުމުންނެވެ. މިހެންމިބުނީ އިސްދަރިވަރުންގެ ޖަމިއްޔާ ފަސްދަށަށްދާން ފެށުމުންވެސް އޭގެތެރެއިން ގިނަމީހުން އެކަމުގެ ބަދުނާމު ކަރުޒާއީގެ ބޮލުގައި އަޅުވަ ހަމަ މިމޭރުމުން ވާހަކަތައް ދައްކާފައިވުމުންނެވެ.


"ޑޯން ޖަމްޢިއްޔާ އިތުރަށް ކުރިއަށް ގެންދަން ބޭނުން ހެއްޔެވެ؟؟؟؟ ކުރިއަށް ގެންދަން ބޭނުންކަމުގައި ވަނީނަމަ މިހާރުން މިހާރަށް ކަރުޒާއީ ޖަމްޢިއްޔާއިން ބޭރުކުރާށެވެ. މިހާރު ކަރުއިލޮޅިއަކީ ޖަމްޢިއްޔާއަށް ހެޔޮއެދިގެން މަސައްކަތްކުރާ މީހެއް ނޫނެވެ. އެޔަކީ މުއްލާ ޖަލީލުގެ އެޖެންޓެކެވެ. މިހާރު ކަރުއިލޮޅިއަކީ ޖާސޫސީ މުއްކުރެކެވެ. ޖަމްޢިއްޔާގެ ބައްދަލުވުންތަކަށް ދަނީވެސް ޖާސޫސު ކުރާށެވެ. ކަރުއިލޮޅީގެ ވަބާ ޖަމްޢިއްޔާއަށް ޖެހިފައޮތީ. މިހާރުން މިހާރަށް ކަރުއިލޮޅި ޖަމްޢިއްޔާގެ ހިންގާކޮމެޓީންވެސް ބޭރުކުރުމަށް ގޮވާލަން.." މިއީ އެންޓި އެފް އޯގެ ބަހެއް ނޫނެވެ. މިއީ ހަމައެއިގެ ތެރެއިން އެހެން ކަރުއިލޮޅިއަކު 'ޑޯން އޮއްސެނީ' އޭކިޔާ ފަތަފޮޅީގައި ޖަހާފައިވާ ލިޔުމަށް ކޮށްފައިވާ ކޮމެންޓެކެވެ. ކަރުއިލޮޅިތަކައް ވާގޮތެއް ބަލަން ތިބެމާ ހިނގާށެވެ.

Monday, April 7, 2008

ޑޯންވެސް އެމީހުންގެ މަޅީގައި ޖެހުނީބާ؟


މިދުވަސްކޮޅު އެންމެ ބާރުމިނުގައި ދެކެވެމުން ސައްލާކުރެވެމުންދާ ވާހަކައަކީ ނިލަންދޫއަށް ނިސްބަތްކޮށް މާލޭގައި ރަޖިސްޓްރީކޮށްފައިވާ ޑޯން ޖަމްޢިއްޔާއަށް ބަދަލުތަކެއް އަންނަމުންދާ ވާޙަކަތަކެވެ. ޖަމްޢިއްޔާ އުފެދިގެންއައި ދުވަސްވަރު މެމްބަރުންގެ ކިބައިން ފެނިގެންދިޔަ ރޫހުނެތިގޮސް މޯޅިވަމުންދާ ވާހަކައެވެ. ދެއިރު ދެދަޅައަށް ބާއްވަމުންދިޔަ ބައްދަލުމުންތަކާއި ޖަލްސާތަކުގެ އަޑުކެނޑި ޚަބަރެއް ދަބަރެއްނުވާ ވާހަކައެވެ. އެޖަމްޢިއްޔާ ހިންގުމުގެ ނަމުގައި ކުރީސަފުގައިތިބި ބައެއްގެ ސަބަބުން އެތެރެއިން ރެނދުލައި ބޮޑުންގެ ގުޅުމަށް އަސަރުކޮށް ދޭތެރެދުރުވެފައިވާ ވާހަކައެވެ.


އެންޓި އެފް އޯއަށް މިހެންވެދާނެކަން މާކުރިންވެސް އޮތީ އެނގި ނިމިފައެވެ. އަދި ހޭބުއްދި ސަލާމަތުންހުރި މީހަކަށްވިއްޔާ މިކަން އޮޅިފައި އޮންނާނެކަމަކަށް ލަފައެއް ނުކުރެވެއެވެ. މިދައްކަނީކީ ޑޯންގެ އިސްސަފުގައި ތިބި އެންމެންގެ ވާހަކައެއް ނޫނެވެ. ޖަމްޢިއްޔާގެ ތެރޭގައި ބޮޑުންގެ ނަމުގައި ފަނިއަޅުމުންދާ ކަތުރުފަނިތަކެއްގެ ވާހަކައެވެ. އެމީހުންގެ ސަބަބުން ކޮންމެވެސް ހިސާބަކުން ޑޯންއަށްވެސް ސުނާމީއެއް އަންނާނެކަން މާކުރިންވެސް މިއަންނަނީ ބުނަމުންނެވެ. ރައްކާވެތިބިއްޔާ ދަތުރޭބުނާހެން އެމީހުންގެ އަތްދަށުން ޑޯން އަވަސް މުއްދަތެއްގެތެރޭގައި ސަލާމަތް ނުކޮށްފިނަމަ މިދުވަސްޖެހޭނެކަން އެތައްފަހަރަކު ތަކުރާރުކޮށްފީމެވެ.


މާޒީގެ ޞަފްޙާތަކަށް ރިޢާޔަތްކޮށް އެމީހުން ލައިގެން ތިކަންނުވާނެކަން ކިތައްފަހަރު ބުނެފިންހެއްޔެވެ. ޒުވާނުންގެ ޖަމްޢިއްޔާއާއި އިސްދަރިވަރުންގެ ޖަމްޢިއްޔާގެ މާލޭގޮފިއަށް ވީގޮތުން ޖަމްޢިއްޔާ ހިންގުމުގައި އެމީހުންގެހުރި ތަޖުރިބާ ވަރަށް ރަނގަޅަށް ދޭހަކޮށްދެއެވެ.


ޖަމްޢިއްޔާ ކީއްކުރަން، އެހެންކަމެއްވެސް ކާމިޔާބުވާނީ އެމީހުންނީ އަމިއްލަ ދިރިއުޅުމުގައި ކާމިޔާބު ބަޔަކަށް ވެވިގެންތާއެވެ. އޭގެތެރޭން ގިނަ މީހުން އެތިބެނީ ތަނަކުން ލޯލާރިގަނޑެއްވިޔަސް ނުފެނިގެންނެވެ. އަންހެނުންގެ ހިތިކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އަމިއްލަ އަނބިމީހާއަށް އަޅާލުމެތް ލޯތްބެއް ކުލުނެތް ނުހުރެއެވެ. އުފަންދަރިން އުޅޭނޫޅޭއެއް ނޭނގެއެވެ. މީހަކު މައިންބަފަޔަކަށް ހަރާންކޯރު ވިޔަސް އެވަރެއްނުވާނެއެވެ. ތިމާގެ މީހުންނާއި ރައްޓެހިންނަށް ގިނަފަހަރަށްދޭނީ ކޮޅުކެއްސެވެ.


މިފަދަ އުޅުމެއްނެތް ބަޔަކަށް އެކަންނުވާނެތީ މާކުރިންވެސް އެންޓި އެފް އޯ މިއަންނަނީ އެމީހުންގެ ކިބައިން މިންޖުވުމަށް އަބަދުމެ އިލްތިމާސް ކުރަމުންނެވެ. އަދިވެސް ޑޯންއީ ހަރުދަނާ އެހެން ޖަމްޢިއްޔާތަކަށް ގޮންޖަހާލެވޭ ވަރުގެ ބަޔަކަށްވުމަށް އެމީހުންނާއި އަވަހަށް ދުރަށްޖެހުމަށް އެދެމެވެ. ޑޯންއަކީ ނިލަންދޫގެ އެންމެހާ ރައްޔިތުންގެ ވިންދާގުޅި ލާމެހިފައިވާ ޖަމްޢިއްޔާއެއް ކަމުން ޑޯންއާބެހޭގޮތުން ދެރަ ޚަބަރެއް ލިބުމަށް އެކަކުވެސް ނޭދޭނެއެވެ.

Friday, April 4, 2008

ޑޯން އޮއްސުނަނުދީ ހިފެހެއްޓޭތޯ ބަލާތި

"ޑޯން ޖަމްޢިއްޔާއަކީ މުޅި ރާއްޖެއަށް ގޮންޖަހާލެވޭ ފެންވަރުގެ ޖަމްޢިއްޔާ އެކެވެ. ސަބަބަކީ ކޮބައިތޯއެވެ. އެޖަމްޢިއްޔާގައި މަސައްކަތްކުރަންތިބި މީހުންގެ ސަބަބުންނެވެ. ތަޢުލީމީ ޒުވާނުން އެވަރެއް ނެތެވެ. ހިންގުންތެރި ވެރިން އެވަރެއް ނެތެވެ. ކަމުގެ ތަޖުރިބާކާރު މޭސްތިރިން އެވަރެއް ނެތެވެ"


މީ ޑޯން ޖަމްޢިއްޔާ އޮއްސިއްޖެ ކަމަށް ފަތަފޮޅީގައި އަމިއްލައަށް ޝާއިއުކޮށް އެމީހުން އަމިއްލައަށް ފަތަފޮޅިގައި ކޮށްފައިވާ ކޮމެންޓެއްގެ މުހިއްމު ތަންކޮޅެކެވެ. އެކި މީސްމީހުންގެ ނަންނަމުގައި ކޮމެންތް ކޮށްފައިއޮތަސް އެކަން ނޭނގެނީ ކަލޭމެން ކަހަލަ ގަބުޅި ސިކުނޑީ ހުންނަ މީހުންނަށެވެ. އެދުވަސް ހިނގައްޖެއެވެ.


އެންޓި އެފް އޯގެ ބޭނުކަމީ އެވާހަކަ ދެއްކުމެއް ނޫނެވެ. ޝައްކެއްނެތެވެ. ޑޯންއަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެހެންހުރިހާ ޖަމްޢިއްޔާތަކަށް ގޮންޖަހާލެވިދާނެއެވެ. އަދި ގޮންޖަހާލެވޭ ވަރުގެ ޖަމްޢިއްޔާއެކޭ ކިޔާ ސަޅިބައިސާ ކަނޑާވަރެއް ނުވެއެވެ. އެކަމަކު އެކަން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ތިމާމެންގެ ޢަމަލުން އެކަން ޖެހޭނީ މުސްތަޤުބަލްގައި ދައްކާށެވެ. އެކޮމެންޓުން އެންޓި އެފް އޯއަށް ފާހަގަވި ދެތިން ނުކުތާއެއް ފާހަގަކޮށްލާނަމެވެ.


މަސައްކަތްކުރަން ތިބި މީހުން


ޑޯން ޖަމްޢިއްޔާގައި މަސައްކަތްތެރި، މަސައްކަތްކުރަން ދަންނަ، މަސައްކަތް ކުރެވޭ ފެންވަރުގެ މީހުން އެބަތިއްބެވެ. މިސާލަކަށް އިސްމާޢީލް ޢަލީ (ހިކިހުވަނދުމާގެ) ފަދަ ބޭފުޅުންގެ ނަން އުފަލާއެކު ފާހަގަކޮށްލަން ޖެހެއެވެ. އެއީ އެފަދަ ދެވަނައެއްނެތް މިސާލީ ނިލަންދޫ ދަރިއެކެވެ. މިނޫންވެސް ބައެއް ބޭފުޅުން މުއައްސިސުންގެ ގޮތުގަޔާއި ހިންގާކޮމެޓީގައި އަދި ޢާއްމު މެމްބަރުންގެ ގޮތުގައި އބަތިއްބެވެ.


ތަޢުލީމީ ޒުވާނުން


މިވަޤުތު މާސްޓަރސް ފެންވަރަށް ތަޢުލީމް ޙާޞިލްކޮށްފައިވާ ނިލަންދޫ ފަސްގަނޑަށް އުފަން 3 ޒުވާނަކު އެބަތިއްބެވެ. 3 ޑޮކްޓަރުން އެބަތިއްބެވެ. ފުރަތަމަ ޑިގްރީ ފާސް ހޯދައިފާވާ މަދުވެގެން 10 ޒުވާނުން އެބަތިއްބެވެ. ޑިޕްލޮމާއާއި އޭލެވެލް ފެންވަރަށް ކިޔަވާފައިވާ ޒުވާނުންގެ ޢަދަދު ތިންއަކުރުން ގުނާލެވޭ ވަރަށް ގިނަވަމުންދާއިރު، ޑޯން ޖަމްޢިއްޔާގައި ތަޢުލީމީ ޒުވާނުން އެވަރެއްނެތޭ ބުނަން އަހަރެން ހަމަގައިމުވެސް ޖެހިލުންވެއެވެ. ޕޯސްޓް ގްރަގުއޭޓް ޙާޞިލްކޮށްފައިވާ މީހަކު ނެތްއިރު، އަންޑަރ ގްރަޖުއޭޓް ފެންވަރުގެ ހުރީ ޤާދިރު ސަރ އެކަންޏެވެ. ދެން ޑިޕްލޮމާ އަދި އޭލެވެލް ފެންވަރުގެ ކުދިން ނެތެކޭ ނުބުނެވޭނެއެވެ.


ހިންގުންތެރި ވެރިންނާއި ތަޖުރިބާކާރު މޭސްތިރިން


އިސްވެ ބުނެވުނުހެން ޑޯންގައި ހިންގުންތެރި މީހުންނާއި މަސައްކަތް ކުރެވޭވަރުގެ މީހުންނާއި ތަޖރިބާކާރު މީހުން ހިމެނޭކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. ތިން މުއައްސިސުން، އިސްމާޢީލް ޢަލީ، ފަރީދާ އިސްމާޢީލް، ޤާދިރު ސަރގެ ނަން ބުނެލުމުން ފުދޭނެއެވެ. އެކަމަކު ޑޯން އެބައެއްގެ އަތްދަށުގައި ކަސްތޮޅުއެޅުވިފައިވާ "ބައިގަނޑު"ގެ ތެރޭގައި މިކެޓަގރީގައި ހިމެނޭ މީހަކު ނެތެވެ. މުޅިންވެސް ތިބީ ނާކާމިޔާބީންނެވެ. އަމިއްލަ ދިރިއުޅުމުގަޔާއި އެހެނިހެން ގޮތްގޮތުންނެވެ. ވެރިންގެ ގޮތުގައި ތިބެ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކުގައި ބެދި ފިތިބާރުވެފައިވާ މީހުންނެވެ. އެމީހުންނަށް ތަޖުރިބާ ތަކެއް ލިބިފައިވާނަމަ އެއީ އަންހެން ކުދިންގެ ތަޖުރިބާއާއި މުދަލާއި ފައިސާ ކެޓުވުމުގެ ތަޖުރިބާއެވެ. އަދި ދޮގާއި މަކަރާއި ޙީލަތް ހެދުމުގެ ތަޖުރިބާއެވެ. މިނޫންތަޖުރިބާއެއް ތިޔަ ކޮމެންޓްގައި ނިސްބަތްކޮށްފައިވާ މީހުންނަށް ލިބިފައިވާކަމަށް ކުޑަކޮށްވެސް އެންޓި އެފް އޯ އަކަށް އެއްބަސްވެވެންނެތްކަމަށް މާފާއެކު ބުނެލަމެވެ.


ނިއްމާލުމުގެ ކުރިން ޑޯން ޖަމްޢިއްޔާއަށާއި ނިލަންދޫގެ ހުރިހާ ޖަމްޢިއްޔާތަކަށް އަދަށްވުރެ ފެހި މާދަމައެއް އަބަދުވެސް ދެއްވުމަށްއެދި ދުޢާކުރަމެވެ.

Tuesday, April 1, 2008

ފުޅަށްބުޑުން ދަންޏާ ޙަސަނަށް އަބަދުވެސް ހީވާނީ ކެޔޮގަނޑު ކަނޑާނެހެން

މިއީ ފުން މާނައެއް އެކުލެވޭ ދިވެހި ބަހުގައި ބޭނުން ކުރަމުންއަންނަ ހަރުބަހެކެވެ. ތަފާތު ކަންކަމާއި ގުޅުވައިގެން ތަފާތު ޙާލަތްތަކެއްގައި މިބަސް އަނެކުންނަށް ރައްދުކުރުވައެވެ. ސާފު ޢިބާރާތުން ބުނަނީނަމަ ޢާއްމު ގޮތެއްގައި މިބަސް ރައްދުކުރެވެނީ ޝައްކުބަލި ޖެހިފައިވާ މީހުންނަށެވެ. އެމީހުން އުޅޭއުޅުމާއި ކުރާ ކަންތަކާއި ގުޅުވައިގެންނެވެ.


އަހަރުމެންނަށް މިއުޅެނީ އެކަހަލަ ތާވަޅު އައިނަކާ ދިމާވެގެންނެވެ. ޝައްކުބަލި ޖެހިފައިވާލެއް ބޮޑުކަމުން އެތިބެނީ ޚުދުތިމާއަކީ ކާކުކަންވެސް ނޭނގޭ ހިސާބަށްގޮސް ބުރާންތިކައިފައެވެ. އަތުންފައިން ގޯސްހެދެނީކީވެސް ވަކިވަރަކަށްނޫނެވެ. ދުލުން ހެޔޮއެއްޗެއް ދުވަހަކު ނުކިޔާތާ އަނގަމަޑުންލައިގެންވެސް ނުތިބެވެއެވެ. ކޮންމެވެސް އެއްޗެކޭ ކިޔާގައިން ކޮންމެވެސް މީހަކަށް ރަހަމީރު އެއްޗެއް ބޯންދީ ކާންދޭން ޖެހެއެވެ. ކާޅު ސޮއްގޮވިޔަސް އަނގަ ކޮފަންޖެހޭނެއެވެ.


އެމީހުންނަކީ ޝައްކުބަލީގެ ބަޔެކޭ އެންޓި އެފް އޯ މިބުނަނީ ހަމަމިހެން ހުރެލާފައެއްނޫނެވެ. ވަރަށް ޔަޤީންކަމާއި ސާބިތުކަމާއެކުގައެވެ. އެކަލޯމެންގެ ތެރޭގައި މިހާރު ޙިއްސުތައް ސަލާމަތުންހުރި އެކަކުވެސް ނެތެވެ. އަވަހަށް ޓެސްޓް ކުރަންވީއެވެ. ފަހަރެއްގައި ސިކުނޑި އުނިބަޔަކަށްވެސް އެކަލޯމެން ވެދާނެއެވެ. އެހެންވެއްޖެނަމަ އެންމެ ރަނގަޅު މަންޒިލަކަށްވާނީ ކ.ގުރައިދޫއެވެ. ހެހެހެ


ދެންވާނީވެސް އެހެންތާއެވެ. ތަނަކުން ލޯލާރިގަނޑެ ފެންނައިރަށް ކަޓުވާލާ މީހަކަށް ހީވާނީ އެހެން މީހުންވެސް ވައްކަންކުރާނެއޭއެވެ. ކަންފުޅެއް ނުވާއިރުވެސް ވަގަށް މީސްމީހުންގެ އަނބިން ކާރިއަށް ވަންނަ މީހުންނަށް ހީވާނީ އެހެންމީހުންވެސް ތިމާއުޅޭގޮތަށް އުޅޭނެއޭއެވެ. ލަދެއްޙަޔާތެއްނެތި ޖެހުނު ކުއްޖެއްކާރީ އިންނަން އަހަމުން ދުވާއިރު އެހެން މީހުން ތިމާމެންފަދަ ދަށުދަރަޖައިގެ ބައެއްކަމަށް ކަލޯމެންނަށް ހީވާނެއެވެ. ކިޔެވުމުގެ ނަމުގައި ބަކަތަޅާފައިއައިސް ތިމަންނާމެން އަތުގައި މޮޅުފާހެއް އޮންނާނެއޭކިޔާ ހޭރޭއިރު އެހެންމީހުންވެސް ތިމާމެންގޮތަށް ބަކަތަޅާނެއޭ ހީވާނެއެވެ. އަދަބެއް ސަދަބެއް އަޚުލާޤެއްނެތި އަނެކުންނަށް ހތުހުރިއެއްޗެއްގޮވާ ލެއްވިހާ އެއްޗެއް ކާންދީ ބޯންދޭ މީހުންނަށް އެންމީހުންނަކީވެސް ބަހުރުވަދަށް ވަކަރުގޭ ކުދިންނޭ ހީވާނެއެވެ.


މިހުރިހާ ކަމެއް އެހެން ހުރުމުން ބުނަންމިޖެހެނީ ތިޔާތިބީ ހަމަރަނގަޅަށްވެސް ޝައްކުބަލިން ފޯވަފައިކަމުގައެވެ. ކަލޯމެން އެހުރިހާކަމެއް ފަސްވަޤުތު ފަރުޟުހެން އެއްކަމެއްވެސް ވައްޓާނުލާ ބަރާބަރަށް ކުރަމުންދާއިރު، އެހެންމީހުންވެސް އެހުރިހާކަމެއް ކުރާނެއޭ ހީވަނީއެވެ. ނިކަށް މިދުނިޔެއަށް ރަނގަޅަށް ދެލޯހުޅުވާލާށެވެ. އެހެންމީހުންގެ އުޅޭއުޅުން ކައިރިންބަލާ ޢިބުރަތް ޙާޞިލްކުރާށެވެ.


ވައްވައްޖަހާ ކުއްތާވެސް ކަލޯމެންނަށްވުރެ ރަނގަޅުވާނެއެވެ. އަދި އަޑުތަކުގެ ތެރެއިން އެންމެ ހުތުރުއަޑު އޮންނަ ޙިމާރުގެ އަޑަށްވުރެ ކަލޯމެންގެ އަޑު ހުތުރުކަން ބޮޑެވެ. އެކަމަކު ތިޔައީ ޙިމާރުތަކެކޭ އެންޓި އެފް އޯއެއް ނުބުނާނަމެވެ.


Saturday, March 29, 2008

ކަލޭމެންގެ އަނބިންނާއި ޢާއިލާގެ ސަލާމަތް މިތާނގައި ހޯދާށެވެ

އެންޓި އެފް އޯ މިމައުޟޫއާ ގުޅޭގޮތުން ދޭންއޮތީ ކުޑަކުޑަ ނަޞޭޙަތެކެވެ. މިލިޔުން ކިތަންމެ ކުރުވިޔަސް ކަލޭމެންނަށް މިލިޔުން މިދޫކުރަނީ އަގުހުރި ފުންމާނައެއް އެކުލެވޭ ގޮތަށެވެ. ކަލޭމެންނަށް މިލިޔުމުގައި ބުނާއެއްޗެއް ރަނގަޅަށް ވިސްނިއްޖެނަމަ އޭގެ ހުރިހާ ލާބައެއް އަދި މަންފާއެއްވެސް ކުރާނީ ހަމަ ކަލޭމެންނަށެވެ. ބޯހަރުކަން ދައްކައި އިތުރަށް ދަމަން ހަދައިފިނަމަ ހުރިހާ ގެއްލުމެއްވެސް އޮންނާނީ ހަމަ ކަލޭމެންނަށެވެ.


ކަލޭމެންގެ އަނބިންނާއި ދަރިންނާއި ގާތްތިމާގެ މީހުންގެ ސަލާމަތްކަން ކަލޭމެން މިތަނުގައި ހޯދާށެވެ. އެއީ ކަލޭމެންގެ ޒިއްމާއެއްކަމުގައި އެންޓި އެފް އޯ ދެކެމެވެ. ކަލޭމެން މިތަނުގައި ލިޔާ ލިޔުމަކުން އަދި ކުރާ ކޮމެންޓަކުން ކަލޭމެންގެ އަނބިންނާއި ދަރިންނާއި ތިމާގެމީހުންނަށް ބަދުބަސް ރައްދުވާނަމަ އެކަމުގެ ޒިއްމާވެސް ނަގަންޖެހޭނީ ޚުދު ކަލޭމެންނެވެ. އެއީ އެންޓި އެފް އޯ ބޭނުންވާ ގޮތެއްނޫނެވެ.


ކަލޭމެން އަމިއްލައަށް ކުރާކަމަކުން ބޭޒާރުވާނީ ކަލޭމެންކަން އަބަދުވެސް ސިކުނޑީގައި ބަހައްޓާށެވެ. ކުރިންނުވި ރައްކަލެއް ފަހުން ނުވެވޭނެކަން ހަދާންކުރާށެވެ.

Thursday, March 27, 2008

ތިޔަ ދިމާކުރާ މީހުންކާރީވެސް ކަލޯމެން ޖެހޭނީ ކަނބަން

ދުނިޔޭގެ އާދަކާދައިގެ މަތިން ކޮންމެ ޙާލެއްގައިނަމަވެސް މީހަކު ކާމިޔާބެއް ހޯދައިފިނަމަ ނޫނީ ކުރިއެރުމެއް ނުވަތަ މަތީ މަޤާމެއް ހޯދައިފިނަމަ ޙަސަދަވެރިވާނެ މީހުން އުޅޭނެއެވެ. އެމީހަކަށް ބަދު ދުޢާކޮށް ޖައްސާލާ ފުރައްސާރު ކުރާ މީހުން އުޅޭނެއެވެ. ޒާތީގޮތުންނާއި އެހެނިހެން ގޮތްގޮތުން ޖައްސާލާގެން ބުހުތާނު ވާހަކަވެސް ފަތުރާނެއެވެ.


މިއުޅޭ ގްރޫޕްގަނޑަށް ވިސްނާލުމުން އެމީހުންނަށް ވެގެން އުޅޭގޮތަކީ މިއީކަމުގައި ވެދާނެއެވެ. ތިމާމެން ތިބިގޮތަށް ތިއްބާ އެހެން ބަޔަކު މަޑުޖެހިލުމެއްވެސްނެތި ބޮންތިއާ ދިމާލަށް ދާކަމުގައިވަނީނަމަ ވައްޓާލަން ޖެހޭނެތާއެވެ. ބަލާލަބަލާށެވެ. ޚަލީލުއާ ނަސިމްބެ އެއްކުގައި މަސައްކަތް ކުރަމުންގޮސް މިއަދު ޚަލީލު އެހެރީ ބޭރުކޮށްލާފައެވެ. ނަސިމްބެ އިރާދަކުރެއްވިއްޔާ ތެދުވެރިކަމާ ހަރުދަނާކަމާއެކު އަދިވެސް ހަމަހުރީއެވެ. ދެނތިބި ކެނައަކަށް ރަށުން ކީއްކުރަން އަތޮޅަށްވެސް ވަޔެއް ނޭޅެވުނެވެ. ފެންވަރެއް އަދަބެއް އަޚުލާޤެއް ނެތްބަޔަކަށް ދޭނެ ވަޒީފާއެއް ނިލަންދޫ ފަސްގަނޑުގައި ނޯންނާނެއެވެ. އަދި ފ.އަތޮޅަކުންވެސް ނުލިބޭނެއެވެ. މާލެއަންނަން ޖެހުނީވެސް އިތުރު ކަމެއް ވެގެނެއް ނޫނެވެ. މާލެގައިވެސް ތިތިބޭ ވަޒީފާތަކުގައި ތިޔަތިބެވެނީ ޙަޤީޤަތް ނޭނގޭތީއެވެ. އެމީހުންނަށްވެސް ކަލޯމެންގެ ޙަޤީޤަތް އިނގޭ ދުވަހަކަން ކްރިކެޓް ބެޓަކުން ތަޅާ ބޭރުކޮށްލާނެކަން އެންޓި އެފް އޯއަށް ހަމަކަށަވަރެވެ.


ދެން ކަލޯމެން މިހާރު އެންމެ ބިރުގަންނަ ލިސްޓަށް ބަލާލާށެވެ. ޢަލީ މުޙައްމަދު، ޢަލީ ވަޙީދު، މަޖީދު އަދި ޝަރީފު މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. ކަލޯމެން ޖެހޭނީ މިމީހުންކާރީވެސް ކަނބާށެވެ. މަސައްކަތެއް ކުރަން ޖެހުނަސް އަނގަތަޅަން ޖެހުނަސް އަދި އެހެން ކަމެއް ކުރަން ޖެހުނަސްވެސް ކަލޯމެންނަށް މިމީހުން އަތުނުޖެހޭނެއެވެ. ހޯދާ ނުފެންނާނެއެވެ.


އެހެންވީމާ ކަލޯމެން ތިޔަހަދަނީ ހަމަ ހެޔޮކޮންނެވެ. އެމީހުންގައި ހުރިފެންވަރު ތިމާމެންގައި ނެތުމުންވާނީވެސް ތިހެނެވެ. އެމީހުންގެ މައިންބަފައިންނާ ދަރިންނާއި އަނބިންނާ ބެހިލާގެންވެސް ހިތްހަމަ ޖައްސާލާށެވެ. އެމީހުންނޭ ކިޔާ މީރު އެއްޗެއް ބޯންދީގެންވިޔަސް ތިޔަހިތްތަކަށް ފިނިކަމެއް ގެނެސްދެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ. ތިމަންނާ މެންނަކީ ހަތަރުކަށިމަތި ނިލަންދޫ މީހުންނޭ ކިޔާ ފުއްޕާލެވުނަސް ބޮޑުވަރެކެވެ. އެވަރުންވެސް ތިޔަ ހިތްތަކަށް އުފަލެއް ލިބޭކަމުގައިވަނީނަމަ އެންޓި އެފް އޯއަށް އޯކޭއެވެ.


ނިއްމާލުމުގެ ކުރިން ތިޔަކުރާ ހިއްވަރަށް ފަށްފަށުން އެންޓި އެފް އޯގެ ސަލާމް ބުނަމެވެ.

Tuesday, March 25, 2008

މިހާރު ދެންމިވީ ގޮތެއްދޯ

މިދުނިޔެއަކީ ވަރަށް އެހެންކަހަލަ ތަނެކެވެ. ބައެއްފަހަރު ސިފަޔާއި ރޫފަ އަދި ކުލަޔާއި އަޑުން ވައްތަރުވިޔަސް ހަގީގަތުގައި އެއްގޮތް ދެއިންސާނަކު މިދުނިޔޭގައި ލައްވަވާފައި ނުވެއެވެ. ދެން ތަފާތު ޚިޔާލުތަކުގެ މީހުން އުޅޭއިރު އެމީހުންބަލާނީ އެމީހުންގެ ޚިޔާލުތަކާއި ވީހާވެސް އެއްގޮތް ގާތްކުރާ ބަޔަކު ރައްޓަހިންގެ ގޮތުގައި ނުވަތަ ގާތް މީހުންގެ ގޮތުގައި ބައިތިއްބުމަށެވެ. އެކަމަކު ބޭނުންވާ ލަނޑުދަނޑިއަށް އެންމެން އެކުގައި ވާޞިލްވެވޭނީ ކެތްތެރި މަދުބަޔަކަށެވެ. ގިނަ ފަހަރަށް ވަކި ހިސާބަކުން އެކަކު އަނެކަކުގެ ހަގީގަތް ރަނގަޅަށް ދަސްވުމާއެކު ދުރުވެ ބައިބައިވެ ވިއްސިވިހާލި ވެގެންދެއެވެ.


އަހަރުމެންގެ ކުރިމަތިން ފެނިގެންމިދަނީ އެކަހަލަ މަންޒަރެކެވެ. ފާޑެއްގެ ގްރޫޕެއް ހަދައިގެން އުޅޭތާ ޒަމާންތަކެއް ވެއްޖެއެވެ. ދުވަސްދުވަސް ކޮޅުން ނަން ބަދަލުވެދެއެވެ. ކަންކަން ކުރުމަށް ނުހަނު ފޯރިހުންނާނެއެވެ. ބައްދަލުވުންތައް ބާއްވައި ފޮނި އަނގަތެޅުމަށް އެވަރެއް ނޯންނާނެއެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް ދަނީ ފަނުފުލުންނެވެ. އަދި ދުވަސް ދުވަސްކޮޅެއް ބައިބައިވެ އެކަކު އަނެކަކާ ޖެހި ހަޅޭއްފަޅޭލަވާއަޑު ދާދި ކައިރިން އިވޭނެއެވެ. މިކަންކަމަކީ ޙައިރާންވާންޖެހޭ ކަންތައްތަކެއް ނޫނެވެ. ދުނިޔޭގެ އާދަ އެހެންނޫންތޯއެވެ.


އަދި މިކަހަލަ މީހުން ވަރަށް މޮޅުވާނެއެވެ. މީހުންގެ ޒާތީ ކަންތައްތަކާބެހި ޖައްސާލާ މަލާމާތްކޮށް ރުޅިއެރުވުމަށް މަސައްކަތްކުރާނެއެވެ. އެހެން މީހުން ވައްޓާލާ އުސޫލު އެމީހުންގެ ތެރޭގައި ވަރަށް ޢާއްމުވާނެއެވެ.


އެކަމަކު ފަހު ވަގުތު ވާގޮތް އިނގޭހެއްޔެވެ. މީހުންގެ ޒާތީކަންތަކާބެހި ޖައްސާލާ ޙަސަދަ ފިލުވާލަން އުޅުމުން އެންމެފަހުން ރައްޔިތުންގެ ކުރިމަތީގައި ފަލީހަތްވެ ބޭޒާރުވަނީ ތިމާމީހުންނެވެ. އެހެން މީހުން ރުޅިއަރުވާލަން ހަދައިގެން ރުޅިއައިސް އަތުން ފައިން ގޯސްހެދޭ ދަރަޖައަށްދަނީވެސް ތިމާމީހުންނެވެ. އެހެން މީހުން ރަކިސްކޮށް ރާޑިކޮށްލަން އުޅެގެން އަމިއްލައަށް ރަކިސްވެ ރާޑިވުންނޫން އެއްވެސް ގޮތެއް ނޯންނާނެއެވެ.


ނިލަންދޫގައި އުފެދިގެން މިއުޅޭ ގްރޫޕްގަނޑަށް ވިސްނާލުމުން އެމީހުންނަށް ޖެހިފައިވާ ޙާލުން މީދޮގު ނޫންކަން އެނގޭނެއެވެ. މިއޮށްހުރިހާ ދުވަހު ރަށުތެރެއަށް ފާޑުފާޑުގެ ލިޔުންއަޅާ ހެއްދެވިހާ ދޮގުވާހަކަތައް ދައްކައި ނޫވީތާކަށް ހިތަށްއެރިއެއްޗެއް ނެޓްގައި ޖަހަމުން ދިޔައިރު ތިބީ ނިކަށް ހެވިދިލިފައެވެ. އެކަމަކު ކުއްލިއަކަށް މިވީ ގޮތެއްނޭނގެއެވެ. މިކުޑަކުޑަ ބްލޮގުގެ ސަބަބުން އެތިބީ ފާޑެއްގެ ނަފުސާނީ ބަލިބަޔަކަށް ވެފައެވެ. އަތުންފައިން ހެދޭނުހެދޭއެއް ނޭނގިފައެވެ. ދެއްކޭނުދެއްކޭ ވާހަކައެއް ނޭނގޭ ހިސާބަށް ގޮސްފައެވެ.


މިހާރުދެން ދުލުން ހެޔޮއެއްޗެއްވެސް ކިޔެނީކީ ނޫނެވެ. ޝައްކުބަލި ޖެހިފައިވާވަރުން އެހެން މީހަކަށް ރަނގަޅު ނަޒަރަކުން ބަލާލެވެނީކީވެސް ނޫނެވެ. ތެދު ދޮގުވެސް ވަކިވަނީކީނޫނެވެ.

Sunday, March 23, 2008

ރައްޔިތުން ބައިބައިވުމަށް ހިއްވަރުދިނީ އެފް އޯ ޓީމު

ނިލަންދޫ ލޮބުވެތި ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން އަދި އަޚުވަންތަކަން ނަގާލާ ބައިބައިވުމަށް ހިއްވަރުދިނީ އެފް އޯ ޓީމުކަމުގައި އެންޓި އެފް އޯގެ ޕޯލުން ދައްކައިފިއެވެ. ރައްޔިތުން ބައިބައިވުމަށް ހިއްވަރުދެނީ އެފް އޯ ކަމުގައިބުނެ 33 މީހަކު ވޯޓްލާފައިވެއެވެ. އެންޓި އެފް އޯއަށް ލާފައިވަނީ 7 ވޯޓެވެ. ފ.އަތޮޅުގެ ޚަބަރާއި މަޢުލޫމާތު ގެނެސްދޭ ނިލަންދެ.ކޮމްގެ ބޮލުގައި އެއިލްޒާމު އެއްވެސް ފަރާތަކުން އަޅުވާފައިނުވެއެވެ.


އެފް އޯ އުފެދުނުތާ ތިން އަހަރުވުމަށް ގާތްވެފައިވާއިރު ވޭތުވެދިޔަ ތަނުގައި އެޓީމުގެ އިސްވެރިން ދައްކާފައިވާ ވާހަކަތަކުން ފެނިގެން ގޮސްފައިވަނީ އަތޮޅުގެ ލާބަޔާއިމަންފާއަށްވުރެ ބޮޑަށް ޒާތީ ޙަސަދައެއްގެ ކުލަވަރެވެ. އެއްބަޔަކު އަނެއްބަޔަކާ ދިމާކުރުމާއި ފުރައްސާރަކުރުމާއި އެކަށީގެންނުވާ ވަނަންތަކުން މުޚާތަބުކޮށް ހަޑިހުތުރު އެއްޗެތި ކިޔުމެވެ. ބަޔަކު މީހުންގެ ނުރަނގަޅު މަޅިއެއްގައި ޖެހި އަވާމެންދުރަށް ހެއްލިތިބެ ކޮށްފައިވާ ކަންތަކުން މިއަދު ފ.އަތޮޅަށާއި ނިލަންދޫއަށް އެމީހުންގެ ކިބައިން ލިބުނު ފައިދާއަށްވުރެ ލިބުނު ގެއްލުމުގެ ބުރަދަން ބޮޑެވެ.


އެންޓި އެއް ފޯއަށް ޔަޤީންވާ ކަމަކީ މިއަދު މިކުޑަކުޑަ މަޖުތަމަޢުން ކުރިން ނުފެންނަ އެތައް ހުތުރުކަމެއް ފެނި ބައެއް މީހުންގެ ކަށީގައި އެކަން ހިފައިފި ކަމެވެ. އެފް އޯ އުފެދުމާއެކު ވަރަށް ފޯރިއާ ޖޯޝާއެކު އެމީހުންނާ ނުގުޅޭ ބަޔަކާ ވަރަށް ބޮޑަށް ދިމާކުރުން އޮތެވެ. އެކި މީހުންގެ އަބުރާ ބެހުމާއި ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަފަތުރައި ފާޑުފާޑުގެ އިލްޒާމު އެކިމީހުންގެ ބޮލުގައި އެޅުވުން އާދައަކަށް ހެދިއެވެ. އެއްވެސް ޖެހިލުމެއް ފިކުރެއްނެތި ދުލުންއައިހާ އެއްޗެއް ހުތުރު ޢިބާރާތްތަކުން ބޭނުންކުރަން ފެށިއެވެ. ލަދުން މަރުވާވަރުގެ ވާހަކަތައް އެމީހުން ލިޔެހަދާ އަދި ތަންތަނުގައި ދައްކާފައިވެއެވެ.


އިޞްލާހުކުރުމުގެ ނަމުގައި ދައްކާފައިވާ އެކަހަލަ ވާހަކަތަކުން އަޅުގަނޑުމެންގެ ކުޑަ މުޖުތަމަޢުއަށް ޚާއްޞަގޮތެއްގައި ޅަދަރީންނަށް ނުރަނގަޅު އެތައް އަސަރުތަކެއް ކޮށްފައިވާކަމީ މިއަދު އެއްވެސް މީހަކު ދެބަސްވާނެ ކަމެއްނޫނެވެ. ރައްޔިތުން ހޭލުންތެރިކުރުމުގައި ނަމުގައި ބޭނުންކުރެވުނު ނުބައި އުކުޅުތަކުން މިކުޑަ މުޖުތަމަޢުގެ ތެރޭގައި ނުރައްކާތެރި ވައިރަސްތަކެއް މިވަނީ ފެތުރިފައެވެ.


ވީމާ މިކަމުން އެމީހުންނަށް ރެކެވޭނެ އެއްވެސްގޮތެއް މިހާރަކު ނެތެވެ. މީރައްޔިތުންގެ ނިއްމުމެވެ. އެންޓި އެފް އޯގެ ޕޯލްގެ މަޤުބޫލުކަން އިތުރުވަމުންދާއިރު ތިޔަދެއްވާ ތަރުޙީބަށް ޝުކުރައަދާކުރަމެވެ.


ނޯޓް: ފ.އަތޮޅާއި ނިލަންދޫގެ ހިންގުމުގެ ދާއިރާތަކަށް ބޮޑެތި ބަދަލުތަކެއް އަންނަނީ.... އަދި އެއްވެސް ފަރާތަކަށް އެނގިފައިނުވާ ސިއްރު މަޢުލޫމާތުތަކެއް... އިތުރު ތަފްޞީލު ތަޒާކަމާއެކު، އިންތިޒާރުކޮށްލައްވާ!

Saturday, March 22, 2008

ޙަޤީޤަތެއް ބެލުމެއްނެތި ކަމާނުބެހޭ ބައެއްގެ ޢިއްޒަތް ވެއްޔާ މޮޑެ ފުނޑުފުނޑުކޮށްފި

ހައިރާންވެ އަންތަރީސް ވެއްޖައީމުއެވެ. އަޚުލާޤުގެ ކަންފުޅެއްވެސް ހަމަނެތީހެއްޔެވެ. އަދަބެއް ސުލޫކެއްގެ ކަންފުޅެއްވެސް ގައިގާ ލައްވާފައި ނުވަނީހެއްޔެވެ. ޔަޤީނުންވެސް ކަލޭމެންގެ މައިންބަފައިން ކަލޭމެންނަށް ތިހާދަށު ދަރަޖައިގެ ތަރުބިއްޔަތެއް ނުދޭނެއެވެ. ކަލޭމެންގެ ފެންވަރު އެމީހުންނަށް އިނގޭ ދުވަހަކުން އެމީހުންވެސް ކަލޭމެންނަށްޓަކައި ކަރުނައަޅާ ރޯނެއެވެ.


ކަލޭމެންގެ ބަސްމަގު ތިޔަހުރި ގޮތުން ކޮސްވެއްޖައީމެވެ. އެފް އޯ ޓީމުގެ މެމްބަރުންނާއި އެފް އޯއަށް ސަޕޯޓްކުރާ މީހުންގެ ކޮމެންޓްތައް ކިޔާލާފައި އިތުރަށްދެން އެންޓި އެފް އޯ ބުނާނެ އެއްޗެއްނެތެވެ. މީސްމީހުންގެ ކަރާމާތް ނަގާލުމަށް ތިޔަވަރެއް ނެތެވެ. ޖަލީލާއި ބެހޭގޮތުން އަދި އެންޓި އެފް އޯ ހަދާކަމށް ތިޔަ ޝައްކުކުރާ މީހުންނާ އަޅުވާފައި ދެންއިތުރަށް ކިޔާނެ ހަޑިއެއްޗެއް ނެތްހެއްޔެވެ. ހިއްވަރުކޮށްލާށެވެ. ކުރިއަށް ގެންދާށެވެ. އެއްވެސް މީހަކަށް ދުލުގައެއް ނުހިފޭއްޓޭނެއެވެ. އެކަމާމެދު އިތުރަށް ގޮތެއް ނިއްމާނީ ކިޔުންތެރިންނެވެ.


އެކަމަކު ވާހަކައެއް ބުނަންހެއްޔެވެ. ކަލޭމެން މިބްލޮގް ހަދަނީ ޖަލީލުއޭ ބުންޏަސް އަދި މިބްލޮގުގައި ކަލޭމެންނާ ދެކޮޅަށް ކިތަންމެ ބައިވަރު ލިޔެފައި ހުއްޓަސް މިކަމާ ޖަލީލާއި އެއްވެސް ގުޅުމެއް ނޯންނާނެއެވެ. އަދި މިބްލޮގް ހަދަނީ ޢަލީ މުޙައްމަދޭކިޔަސް އޭނާޔާވެސް އެއްވެސް ގުޅުމެއް ނޯންނާނެއެވެ. ތިޔަކުރެވެނީ ވަރަށް ބޮޑު ކުށްހީއެކެވެ. އަދި އެމީހުންގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި ތިޔަކުރަނީ ހަޑިހުތުރުވެގެންވާ ބޮޑު ޢަމަލެކެވެ. ބޮޑު ކުށެކެވެ. ތިޔަކުރާ ހަޑިހުތުރު ކޮމެންޓްތަކުގެ ސަބަބުން ގެއްލުންވާނީ ހަމަތިމީހުންނަށެވެ. ރައްޔިތުންގެ ކުރިމަތީގައި ވެއްޓޭނީ ތިމީހުންގެ އަގެވެ.


ތިޔައަރާގަނެވެނީ އެއްވެސް ގުޅުމެއްނެތް ބައެއްގެ ޙައްޤަކަށެވެ. އެއްވެސް ޙަޤީޤަތެއް ބެލުމެއްނެތި ކުރެވޭ ޝައްކު ކުށްހީތަކެއްގެ މައްޗަށްބުރަވެ ތިޔަކިލަންބު ކުރެވެނީ ކަމާނުބެހޭ ބައެއްގެ ނަންތަކެވެ. އިޞްލާހު ކުރުމުގެ ނަމުގައި އިތުރަށް ތިޔަކުރެވެނީ ގޯހެވެ. ހަލާކެވެ. ނިލަންދޫގެ ފަސްގަނޑުގައި ތިޔަ ރޯކުރަނީ ޒަމާންތަކަކަށް ދެމިގެންދާނެ ހުޅުގަނޑެއްކަން ދަންނައްޗެވެ. އިންސާނާގެ ހިތުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ނިއްވާލާކަށް ފަސޭހައެއް ނުވާނެއެވެ. ވަޅިންނާއި ކަނޑިން އަދި ބަޑިން ޖިސްމަށްކުރާ އަނިޔާއަށްވުރެ ދުލާއި ގަލަމުން ހިތަށްކުރާ އަނިޔާގެ އަސަރު ބޮޑުވާނެކަން ދަންނައްޗެވެ.


ތިޔަކުރި އަދި މިހާރުވެސް ތިޔަކުރަމުން ގެންދާ ދަށުދަރަޖައިގެ ނޭއްގާނީ ކަންތައްތަކުގެ އަގު ތިމީހުން އަދާކުރަންޖެހޭނެކަން ދަންނައްޗެވެ. އެދުވަސް އެންޓި އެފް އޯ ހިތުން މާކަދުރަކުނެތެވ.

Wednesday, March 19, 2008

ފ.އަތޮޅުގެ ރައްޔިތުން ބައިބައިވެފައިވާނަމަ އޭގެ ފުރިހަމަ ޒިއްމާ ނަގަންޖެހޭނީ އެފް އޯ ޓީމު

މިނިވަން ނޫސްވެރިކަމުގެ މާނަ ރަނގަޅަށް ނޭނގި އޭގެ ތެރެއަށް ފުއްމާލާފިނަމަ އޭގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑެވެ. އިންސާފާއި ތިލަފަތް ހަމަނޫން ނޫސްވެރިކަމެއް އާލާކޮށްފިނަމަ މުޖުތަމަޢުގެ އަފުރާދުންގެ ހިތްތަކަށް ގެނުވައިދޭ އުފާވެރިކަމާއި ހިތްހަމަ ޖެހުމަށްވުރެ ހިތް ނުތަނަވެސްކަން އިތުރުވާނެއެވެ. ފަހަރެއްގައި ޢުމުރަށް ކަރުނަ އޮހޮރާންވެސް ޖެހިދާނެއެވެ.


ފ.އަތޮޅު، ޚާއްޞަކޮށް ނިލަންދޫ ފެނިގެން މިދިޔައީ އޭގެ ރަނގަޅު މިސާލެކެވެ. ޒަމާންތަކަކަށްފަހު އަނގަމަތީގައި އަޅާފައިވާ ބާ ޓޭޕްގަނޑު ކުއްލިއަކަށް ނައްޓާލުމުން މިރިނުވެ ގޮބޮޅި ކާށިވުމުގެ ހިތިނަތީޖާ މިއޮތީފެނިފައެވެ. ގައިގާ ކިތަންމެ ބާރެއް ހުއްޓަސް ދުއްވައިގަނެވޭނީ އޭގެ ކުރީގެ ހަރުފަތްތައް ގިރާކޮށްފައެވެ.


އެފް އޯ އުފެދުމަށްފަހު އަދި އޭގެ ކުރިންވެސް އޭގައި ސީދާ ގޮތުންނާއި ނުސީދާގޮތުން ޝާމިލްވާ އެންމެންވެސް ލޭބަލް ކުރެވިފައިވަނީ ވެރިކަމާއި ތޮޅޭ ބައެއްގެ ގޮތުގައެވެ. ބޯހަރު ގޮތްދޫނުކުރާ ކޮންމެ ޙާލެއްގައިނަމަވެސް އަމިއްލަވަންތަކަން ދެމެހެއްޓުމަށް އުޅޭބައެއްގެ ގޮތުގައެވެ. މީހަކު އެމީހުންނާއި މުޚާތަބުކޮށް ރަނގަޅަކަށް އެއްޗެކޭ ބުނެފިނަމަ އަދި ނަޞޭހަތެއްގެ ގޮތުން ވާހަކައެއް ދައްކައިފިނަމަ ފުރަގަސްދޭ ހިސާބުން އެމީހަކަށް ނުޖަހާކަށް ޖޯކެއް ނޯންނާނެއެވެ. އިންތިހާއަށް މަލާމާތް ކުރާނެއެވެ. އެމީހުންގެ ބޭނުކަމީ ކޮންމެވެސް ބަހަނާއެއް ދެއްކުމާއެކު ވަކިބަޔަކަށް ނިސްބަތްކޮށް ޒާތީ ޙަސަދައެއް ފިލުވާލުންކަން އެފް އޯގައި ޖަހަމުންދާ ލިޔުންތަކުން ދޭހަވެއެވެ. އެފް އޯ އުފެދުމަށްފަހު މިއަދާ ހަމައަށްވެސް އެގޮތް ބަދަލުވެފައެއް ނެތެވެ. ހަމަހަމަ ކަމަށް ދަޢުވާ ކުރެވުނަސް ނޭނގިނަމަވެސް އެކަމުންވަނީ އެއްކިބާ ވެވިފައެވެ. ހަމަހަމަ އިންސާފުވެރި ނޫސްވެރިކަމެއްނަމަ އޭގައި ޖަހާނީ ހަމައެކަނި ޖަލީލުގެ ޣައްދާރުކަމާއި ވަގުކަމާއި ޚިޔާނާތްތެރިކަމާއި ވަޙުޝީކަމެއް ނޫނެވެ. ހޮސްޕިޓަލް ކަރީމް އަންހެން ކުދިންނާއި ދޯޅު ވާހަކައާއި މޫސާ އަޙުމަދު ޚިޔާނާތްތެރި ވާހަކައެއްނޫނެވެ. އަދި ދެމަޖުލީހުގެ މެމްބަރުންގެ ތެރެއިން ހަމައެކަނި އަންވަރުގެ ކިބައިން ފ.އަތޮޅަށް ފައިދާނުވާ ވާހަކައެކަންޏެއް ނޫނެވެ. ރައްޔިތުންގެ ލާބަޔާއި މަންފާއަށްކުރާ ނޫސްވރިކަމެއްނަމަ ކޮންމެވެސް ޙަޤީޤަތެއްވެސް އޮންނަން ޖެހޭނެތާއެވެ. މީހަކު ހަމައެއްޗެއް ބުނާއިރަށް ނުވަތަ މަގަކުން ހިނގާފައިދަނިކޮށް ބަޔަކު ދައްކާވާހަކައެއްގެ އެއްބައި އަޑުއިވި ރިޕޯޓެއްގެ ސިފާގައި ގެނެސްދިނަސް އެޔަކަށް ނޫސްވެރިކަމެކޭ ނުކިޔާނެއެވެ.


ރައްޔިތުންނަށް ހެވެއް އެދޭނަމަ އެއްލޮލުން ބަލައިގެން ފަރުޖައްސާނުލެވޭނެއެވެ. ދެލޮލުންވެސް ބަލަން ޖެހޭނެއެވެ. އެންޓި އެފް އޯއަށް ޔަޤީންވާ ކަމަކީ އެފް އޯ އިން ރުޅިވެރިކަމާއެކު ސީދާގޮތުން ޖައްސާލާފައިވާ މީހުންނަށްވުރެ މާގިނަ ލާރިކާފައިތިބި މީހުން ހަމައެކަނި ނިލަންދޫގެ ފަސްގަނޑުގައި އެބަތިއްބެވެ. ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނަތްތެރިވެ ޣައްދާރުވެފައިވާ މީހުން އެބަތިއްބެވެ. ރައްޔިތުންނަށް އޮޅުވާލާ މަކަރުހަދާފައިވާ މީހުން އެބަތިއްބެވެ. މަޖުލީސްގެ ހަތަރު މެމްބަރުން ތިބިއިރު އެކަކަށް ޙަމަލާ ދީފައި އަނެއް ތިންމީހުން މެދުއުޑުގައި ބައިންދަންވީ އެމީހުންގެ ކިބައިން ރައްޔިތުންނަށް ލިބޭ ފައިދާތައް ގިނަކަމުންބާއޭ ހިތަށްއަރައެވެ.


އެއްތަނެއްގައި އަބަދު ތަޅާކަމުގައިވަނީނަމަ އެތަން ފާވާނެއެވެ. އެއްބަޔަކު ހުއްޓުމެއްނެތި އަނެއްބައެއްގެ ޒާތަށް އަރާގަނެ އަބުރާ ޢިއްޒަތް ކަފުން ކުރުމަށް މަސައްކަތްކުރާނަމަ އަބަދަކު އެމީހުންވެސް ނުތިބޭނެއެވެ. ކަމެއް ފަށަން ޖެހޭނީ ދެކޮޅަށްވެސް ބަޔަކު މަސައްކަތްކުރާނެކަން ދަނެތިބެ އެކަން ހަޖަމްކުރެވޭނެ ކަމުގައިވަނީ ނަމައެވެ. އެހެން ނޫންނަމަ އެކަމެއް ނުކުރުން ބުއްދިވެރިއެވެ. ރީތިގޮތަކީވެސް އެއީއެވެ.


މިބްލޮގް އުފެދުމުގެ ނަތީޖާގެ ހިތިކަން މިހާރު އިޙްސާސް ކުރެވޭނެކަމަށް އުއްމީދު ކުރަމެވެ. ނުރުހޭ ބަހުރުވައަކުން މުޚާތަބުކޮށް ތިމާއަށާއި ގާތް މީހުންނާއި ބެހޭގޮތުން ލިޔަންފެށުމުން ހިތްދަތިވާ މިންވަރު އެނގިއްޖެ ދޯއެވެ. މިބްލޮގްވެސް ވުޖޫދަށް އައިސް މަސައްކަތް ކުރެވިފައިމިވަނީ އެފް އޯއެކޭ އެއްބީދައިން ވަކިފަރާތަކަށްޖެހިއޭ ބުނާކަށް ޖެހިލުމެއް ނުވެއެވެ. އެއީ އެފް އޯގައި ޖަހަމުންދާ ދޮގު ވާހަކަތައް ރައްޔިތުންނަށް ރަނގަޅުގޮތުގައި އޮޅުންފިލުވައިދީ ރައްޔިތުންގެ ހޭލުންތެރިކަމަށް ބޮޅެއް އިތުރުކޮށްލުމަށެވެ. ހަމަހަމަ ކޮށްލުމަށެވެ. ހަމަހަމަ ނޫސްވެރިކަމޭ ބުންޏަސް އިންސާފުވެރި ނުވާކަމުގައިވަނީނަމަ އެހެން ފަރާތަކުން މީގެތެރެއަށް ވަދެނަމަވެސް ހަމަހަމަކޮށްދޭން ޖެހޭނެތާއެވެ.


އެފް އޯ ޓީމުން ޢަދުލުވެރި ނޫސްވެރިކަމެއް ފުރަތަމަ ދުވަހުވެސް ފެށިނަމައޭ ހިތަށްއަރައެވެ. އޭރުން މިދުވަސް ދެކޭކަށް ނުޖެހޭނެއެވެ. މިބްލޮގްވެސް ވުޖޫދަށް އަންނާކަށް ނުޖެހުނީހެއެވެ. އެކަމަކު މިހާރު ވަޤުތު މިވަނީ ފާއިތުވެފައެވެ. މިއަދު ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ފިތުނަވެރިކަން އުފެދިފައިވާނަމަ އޭގެ ފެށުމަކީ ޔަޤީނުންވެސް އެފް އޯއެވެ. އެއީ ޝައްކެއްއޮތް ކަމެއްނޫނެވެ. އެކަމުގެ ފުރިހަމަ ޒިއްމާ އެފް އޯ ޓީމުން އުފުލަން ޖެހޭނެއެވެ.


Monday, March 17, 2008

ޢިއްޒަތްތެރިންނަށް ސަލާމް

ދިވެހި ބަހުގެ ރަދީފުން "ޢިއްޒަތްތެރިން"ނާއި "ޑިމޮކްރަސީ"އާއި "މިނިވަން"ކަމާއި އަދި "ހަމަހަމަ"ކަމުގެ މާނަ ބަދަލުކުރީ ކޮންއިރަކު ކޮން ދުވަހަކު ބާއެވެ. ޔަޤީނުންވެސް އެންޓި އެފް އޯ އެކަމެއް އަދި ނުދެނަހުރީމެވެ. ނޫނިއްޔާ ހަމަ އެހާ ގަމާރީ ހެއްޔެވެ. އަމިއްލައަށް ނޫސްވެރިންނޭ ކިޔާއިރު ލިޔެވޭ ނުލިޔެވޭ އެއްޗެއްވެސް ނޭނގޭވަރަށް އެތިބެނީ ބީތާވެފައެވެ.


ރަށުގައި ފަސްމީރު ކުރިރުކެއް ހުރިނަމަ އެމީހަކީ އަހައްމަދަނިކު ދޮންބެއޭ ނިލަންދޫގެ ގިނަ މީހުން ބުނާނެއެވެ. މިހާރު ބޮލަށް ލާގެން އުޅުނެއްކަމަކު އަހައްމަދަނިކު ދޮންބެއަށް ހާމާނު ކަތީބުގެ ލަޤަބު ދިނީ ތިޔަ ބައިގަނޑެވެ. އަންހެނުންގެ ކަންތަކުގައި އެވަރު މީހަކު ނުހުންނާނެއޭ ފޫޅުމާއަކަށްވެސް ވެގެންއުޅެނީ ވަޙުޝީ ކަމުންނޭ ކިޔާ ޖެހުނުހާތަނަކު ކިޔަމުން ދުވީ ތިޔަ ބައިގަނޑެވެ.


ޖަލީލު އަތޮޅުގައި ނެތްވަރުގެ ވަގަކަށް ހަދައި ކޮރަޕްޝަނާއި ޚިޔާނާތުން ފުރިގެންވާ މީހެއްކަމުގެ ސިއްކަ ޖަހައިގެން ދެކޮޅަށް ދުވެދުވެފައި ފުމެފުމެފައި ތިޔައުޅެނީ ތިޔަ ބައިގަނޑެވެ. ޖަލީލުއަށް ބަޅަށް ހިމާރަށް ގޮވާ ޢާއިލާއަށް ބެހުނީ ދެވަނަ ބައެއް ނޫނެވެ. އަތޮޅު ހޮސްޕިޓަލްގެ ހެޑް ޢަބްދުލް ކަރީމްގެ ހަރުދަނާ ކަމުން ހޮސްޕިޓަލް ކުރިއަށްދާން ފެށުމުން ހިރުވާގަނެގެން ނުތިބެވިގެން ކަރީމްއާ ބެހޭގޮތުން ހިތުހުރި އެއްޗެއް ނުކިޔަން ހެއްޔެވެ. ކަރީމްއަކީ އެއްވެސް ތަޢުލީމެއް ލިބިފައިނެތް މީހެކޭ ހިންގާކަށް ނޭނގެއޭ އަދި އެތަނުގެ އަންހެން މުވައްޒަފުންގެ ގަޔަށް އަރަނީއޭ ކިޔާ ވާހަކަތައް ހަދަހަދާގެން ދައްކާއުޅުނީ ދިޔަބައިގަނޑެވެ. މޫސާ އަޙުމަދު އޭއްޗެކޭ މީއްޗެކޭ ކިޔާ ނަގަމުންދުވީ ޒާތީ ރުޅިވެރިކަންނޫން އިތުރު ކަމެއް އޮވެގެނެއް ނޫނެވެ.


މިނޫންވެސް އެތައް ބަޔެއްގެ ބޮލުގައި ވަގުތުހުމަތު އަޅުވައި ޚިޔާނާތުގެ ތާކިހާ އަޅުވައި ފާޑުފާޑުގެ ހުތުރުވިހާ ވަނަމުން މުޚާތަބު ކުރަނީ ހަމަތިޔަ ބައިގަނޑެވެ. އަދި މިހާރަކަށް އައިސް ޢަލީ މުޙައްމަދު ޝަރީފް ރައުނާ ކުޑަ ހައްވަ އަދި އިސްމާޢީލް ޢުމަރުގެ އޭއްޗެކޭ މީއްޗެކޭ ކިޔާގެން ތިޔަހެންތިބެ ތިޔަ ވީދެނޭ ކޮން އަޞްލަކަށްބުރަވެހުރެ ކޮންއެއްޗެއް ބޮވިގެން ހެއްޔެވެ. ރައީސް މައުމޫނަށް ގޮޅާބޯއޭ ކިޔާ ފާޑުފާޑުގެ ޕޯލްތަކާ އެއްޗެހި ހަދާގެން ރެވިތެޔޮ ބޮއެގެންވެސް ތެޅިބޭލީ ހަމަ ތިޔަބައިގަނޑެވެ.


މިވާހަކަތަކަކީ މީހަކު ބުންޏޭ ބުންޏޭ ކިޔާފައި ނިލަންދޫގެ ރައްޔިތުންގެ ކަންފަތުގައި ޖެހުނު ވާހަކަތަކެއް ނޫނެވެ. ކަލޯމެންތިކިޔާ އިންސާފުވެރި ވަކިފަރާތަކަށް ނުޖެހޭ ހަމަހަމަ ނޫސްވެރިކަމުގެ ނަމޫނާ ކަމުގައިވާ ކަލޯމެންގެ ފަތަފޮޅީގައި ޖަހާފައިވާ ވާޙަކަތަކެވެ. އަދި ކަލޯމެންގެ ދަންވަރު ނޫސްތަކުގައި ލިޔެ ޝާޢިއުކޮށް ނެރެފައިވާ ވާހަކަތަކެވެ.


މިހާރު ތިޔަ އުޅެނީ އެކަންކަމުން ސަލާމަތް ނުވެވިގެން ރެކިގަނެވޭނެ ގޮތެއް ފެނޭތޯއެވެ. ތިމަމެން ފޭހުނު އިލޮށި ތިމާމެންގެ ލޮލަށް އެންމެ ފަހުން ހެރުނީދޯއެވެ. ހާސްނުވާށެވެ. އަވަހަށް ބުނެލާށެވެ. އަސްތަޣްފިރުﷲއެވެ. އަހަރުމެން އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކަމުއެވެ. އެކަހަލަ ލިޔުމެއް ފަތަފޮޅީގައިވެސް އަދި އެހެން އެއްޗެއްގައިވެސް ނުލިޔަމުއެވެ. ނޫސްބަޔާން ގަނޑެއް ނަމަވެސް ނެރިލާށެވެ. އޭރުން ހުރިހާކަމެއް ހަމަޖެހޭނއެވެ. އެއީ ދުވަހަކުވެސް ނުކުރާ ކަމަކަށް ވެގެންދާނެއެވެ. އަދި ރައްޔިތުން ހޭލުންތެރިވެސް ވާނެއެވެ.


ކަލޯމެންގެ ތެރޭގައި ތިޔަތެޅިނަގާ މީހުންގެތެރޭގައި ކުނިފުކެއް ޖެހިފައިވާ މީހަކުވެސް ނެތެވެ. ފަސްބައި ކިލަނބުވެ ހުތުރުވެފައިވާ ހަމައެކަކުވެސް ނެތެވެ. ވައްކަމެއްކުރި މީހަކުވެސް ނެތެވެ. ކޮރަޕްޝަންގެ ވަބާގައި ޖެހި ޚިޔާނަތްތެރިކަން އަށަގެންފާވާ މީހަކުވެސް ނެތެވެ. އަދި އަންހެނުން ހިތި ބަޔަކު ނެތްތާނގައި ކުޑަކުދިންނާއި ބެހިހަދާ މީހަކުވެސް ނެތެވެ.


ތިޔައީ ހަމަ އޮލަނބުތަކެކެވެ. އަލިފުގައިވެސް ގުދެއް އިނދޭތާއެވެ. ތިޔަވަރުގެ ބަޔަކު ހަމަނެތެވެ. މިއޮށްހުރިހާ ދުވަހަކު އަޞްލެއްނެތް ޙަޤީޤަތާ ޚިލާފު އެފަދަ ވާހަކަތައް ފަތުރަމުން ތިޔަދަނީ އެއްވެސް ބަޔަކަށް ޢިއްޒަތެއް ޢަބުރެއް ލިބިފައި ނެތީމަތާއެވެ. ތިޔަނޫން ބަޔަކަށް ނަފްސުގެ ކަރާމާތެއް ލިބިގެން ނުވޭތާއެވެ.


ތިޔައީ ހަމަ ޢިއްޒަތްތެރިންނެވެ. ތިޔަވަރުގެ ޢަދުލުވެރި އިންސާފަށް ލޯބިކުރާ ހަމަހަމަ ނޫސްވެރިކަމެއް ނެތެވެ. ނިއްމާލުމުގެ ކުރިން ނަމޫނާ ނޫސްވެރިކަމެއް ނިލަންދޫގައި އަށަގެންނެވުމަށް ކުރަމުންތިޔަގެންދާ ބުރަ އަދި އުނދަގޫ މަސައްކަތް ފާހަގަކޮށް އެންޓި އެފް އޯގެ ފަރާތުން ޙުސައިންނަށް ވަރަށް ސަލާމެވެ.


Saturday, March 15, 2008

ކޮންމެ ޙާލެއްގައިވިޔަސް މައިންބަފައިންނަކާ ނުބެހޭނަން

މައިންބަފައިންނަކީ އެބަޔަކަށް ޢިއްޒަތާއި ޤަދަރު ދޭންޖެހޭ ބަޔެކެވެ. ހެޔޮކޮށްހިތަން ޖެހޭ ބެޔެކެވެ. ކީރިތި ޤުރުއާންގައި އަންގަވާފައިވަނީ ކީރިތި ﷲއަށް މެނުވީ އެހެން ފަރާތަކަށް އަޅުކަން ނުކުރުމާއެކު މައިންބަފައިންނަށް ކަމޭހިތާ އިޙުސާންތެރި ވުމަށެވެ. އަދި އެމީހުންނަށް އިހާނެތި ވެގެންވާ ކުޑަނަމަވެސް އެއްޗެއް ނުބުނުމަށެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޡްފުޅެއްގައިވަނީ ސުވަރުގެވަނީ މަންމައިންގެ ފައިތިލަ ދަށުގައެވެ. މީގެންވެސް މަތީފަރާތުން މައިންބަފައިންނަށް ދެއްވާފައިވާ އިޙުތިރާމާއި މަޤާމު އަންގައިދެއެވެ.


އަމުދުން އެމީހުން މުސްކުޅިވެ ގައިގާ ބާރުދޫވުން އަޅާލުން އިތުރުކޮށް ހިތްހަމަޖެހުމާއި އުފަލުގައި ބާކީ ދުވަސްތައް ހޭދަކުރެވޭތޯ މަސައްކަތްކޮށްދޭން ޖެހެއެވެ. އެމީހުންނަށް ގިނަގިނައިން ހެޔޮދުޢާ ކޮށްދޭންޖެހެއެވެ. އެޢުމުރުގައި ދެރަވެ ހިތުގައި ޖެހޭނެ އެއްވެސް އެއްޗެއް އެއްވެސް މީހަކުގެ ފަރާތުން އިވުނަ ނުދޭހުށިއެވެ.


މިބްލޮގް އުފެދުނީ އިޞްލާޙުގެ ނަމުގައި ބަޔަކު މީހުން ހިންގަންފެށި ކަންތައްގަނޑު ހައްދުފަހަނައަޅާ ދިއުމުނެވެ. އެމީހުންގެ ވެބްސައިޓްގައި ބޭއަދަބީ އަދި އަނެކުންނަށް މުޚާތަބު ކުރުމަށް އެކަށީގެންނުވާ ދަށުދަރަޖައިގެ ބަހުރުވައިން ލިޔަމުންދިޔަ ލިޔުންތަކަށް ހުއްޓުމެއް ގެނައުމަށެވެ. ފަތުރަމުން ގެނދާ ވާހަކަތަކުގެ ޙަޤީޤަތް ފާޅުކޮށް ދިނުމަށެވެ.


މިބްލޮގް އުފެދުމުގެ މަޤުޞަދު ކޮންމެވެސް ވަރަކަށް ޙާޞިލްވެއްޖެ ކަމުގައި ބުނަންޖެހެއެވެ. ބައެއްފަހަރު މީސްމީހުނަށް ވިސްނޭނީ އެމީހަކު މިނާ ނާޅިއަކުން މިނުމުންނެވެ. އޭރުން އެހެން މީހުންގެވެސް ޢަބުރާ ޢިއްޒަތެއް އޮންނާނެކަންވެސް އިނގޭނެއެވެ. އަދި އެހެން މީހުންނަށްވެސް އިޙުތިރާމް ކުރުމަކީ އޮތްކަމެއްކަން އިޙުސާސް ކުރެވޭނެއެވެ.


ދެރަކަމަކީ އޭގެތެރެއިން ބައެއް މީހުންގެ ކޮށިވިސްނުމާއިގެން ކުރިއަށްދާން މަސައްކަތްކުރުމެވެ. އިޞްލާޙުވެ ރަނގަޅުމަގު ޚިޔާރު ކުރުމަށް ލިބިފައިވާ ރަނުގެ ފުރުޞަތު ނަގާލައި އެމީހުންގެ ގަޓް ހުރިކަން ދައްކަން ފެށުމެވެ. އަމިއްލަ ނަފްސަށްވުރެ މޮޅު ބަޔަކު ނެތޭ ބުނާ ކަހަލައެވެ. އެމީހުންނަށް މިބްލޮގް މެދުވެރިކޮށް ސީދާގޮތުން ދޭންފެށި ރައްދުތައް ހަޖަމް ނުކުރެވުނީއެވެ. އަދި ތަޙައްމަލު ކުރަންވެސް އުނދަގޫވީއެވެ.


ބައްލަވާލައްވާށެވެ. އެންމެފަހުން އެފެށީ އެކިމީހުންގެ މައިންބަފައިންނާ ބެހި ހަޑިހުތުރު ބަހުން ލިޔުންތައްލިޔެ ކޮމެންޓްކުރާށެވެ. ޖަލީގެ މުސްކުޅި އަމައޭ، ޝަރީފްގެ ނިކަމެތި އަމައޭ އެވިމިވެނި މީހެއްގެ މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. ގައިމު ކިރިޔާވެސް ހިތުގައި އަގަލެއް ހުރިނަމަ ލަދެއް ޙަޔާތެއްވާނަމަ އެކަހަލަ އެއްޗެއްހި ބުނަން ޖެހިލުންވާނެއެވެ. އެހެން ބުނާމީހެއްގެވެސް މަންމަ އާއި ބައްޕަ ތިބޭނެއެވެ. އެހެން މީހުންގެ މައިންބަފައިން މުސްކުޅިވާ ފަދައިން ތިމާގެ މައިނބަފައިންވެސް މުސްކުޅިވާނެއެވެ. ގައިގެ ބާރުދޫވެ ނިކަމެތިވެސް ވާނެއެވެ.


ކުރާނެ ހަމައެއްވެސް ކަމެއްނެތެވެ. އެއީ އެމީހުންނަށް ދަސްވެފައިވާ ގޮތްކަމުގައި ވެދާނެއެވެ. އެކަހަލަ ބައެއް މީހުންގެ ކުރިމަތީގައި މައިންބަފައިންނަކީވެސް އެއްވެސް ބައެއްކަމުގައި ނުވެދާނެއެވެ. އެންޓި އެފް އޯ ސީދާ ގޮތުން ކަލޭމެންގެ ކުޅިގަނޑު ހުއްޓުވުމަށް ކަލޭމެންގެ އަނދިރި ފަރާތް އަލިކުރުމަށް ކޮންމެ އެއްޗެއް ލިޔުނަސް، ކަލޭމެންގެ މައިންބަފައިންނަކާ ނުބެހޭނަމެވެ. އަދި އެމީހުންނަށް ކުޑަނަމަވެސް ކުޑައިމީސް ބަހެއް ބުނުމީ އެންޓި އެފް އޯ ދުވަހަކުވެސް ނުކުރާނެ ކަމެކެވެ. ކަލޭމެންނަށް މައިންބަފައިންނަކީ އެއްޗަކަށް ނުވިޔަސް އެންޓި އެފް އޯއަށް އެއީ އަގުހުރި ޖަވާހިރެކެވެ. ބައިންބަފއިންނަކީ ދެވަނަ ފަހަރަށް ލިބޭނޭ ބައެއް ނޫނެވެ.

Tuesday, March 11, 2008

އެފް އޯ އަދި އެބައިގަނޑުގެ ފިކުރިއްޔާތުގެ މީހުންގެ ޙާލަކީވެސް މީ

Anonymous said...
ތިޅާމެން ހީކުރާކަހަލަ ބައެއްނޫން މިއީ. މީ މަދު މީސްކޮޅެއްނޫން. ފަޑަބޯކަށް މިއީވެސް ނިލަންދޫ ގެ ލޭ. ޖަލީލު ކުއްތާ ބުނެގެން ކޮންމެ ރުޑިއަކަށް ލިޔަސް އަހަރެމެން ހަމަ ނިލަންދޫގަ ގަންނާނީ ގަންނަ ގަނޑެއް. ވީދި ވީދި ތިބެންޖެހޭނީ. މިހާރު ވަގު ޖަލީލު ވަރަށް އުފާވާނެ. އެޅާ ލޮލަށް ނިދިވެސް ނާންނާނެ.
March 7, 2008 7:40 PM


Anonymous said...
bala mihaaruves thiaalaathun thiulhenee ranyithunge haqqakah araigen aminlla mudhalah hadhaigen TRC akee jaleeluge bafaage mudhaa dho noonee amaage fatha folhi dho noonee sharee aai ali mohamed ge onbodidho hama yageenuh ves thi antifo hingan jeheynee sarukaaruge mudhalakun kah yageen mihaaru jahaafa theedhe liumugai jahaafa theedhe foto baraabaru hama heevanee thiliumah enmme munaasabathu foto hen fennanee kaleymehge killaa viyya evaru ok keep it up. balaameehakah heevaanee kaleymeh nah olhigen jehifaahurihen dhen jaleeluaa thi team fadaboy
March 7, 2008 10:43 PM


Anonymous said...
ދޮންކަލޯ އަހަރެމެން ރަށަށް އެރިޔަ ނުދެވޭނީ ކޮންބަޔަކަށް .ބޭނުންއިރަކު ބޭނުން ވަގުތަކު ރަށަށް އަރާނީ. އަސަރެއްކުރާނީ އަނގަ އަރުވާލާ އަރުވާލަ ތިބެންޖެހޭނީ. އަދިވެސް މިބުނަނީ މާލޭގަތިބެފަ ނިލަންދުއަށް ގޮސް ނިލަންދޫގަ ގަންނާނީ ގަންނަގަނޑެއް. ހިތްތެޅޭދޯ؟ އަސަރުކުރޭދޯ؟ ޖަލީލު ކަލޭ ޚަރަދުކޮށްގެން ބްލޮގުތަށް ނުހިންގާ ކަލޭގެ މުސްކުޅި އަމަޔާއި އެޅިބަލަ.
March 9, 2008 12:54 AM


Anonymous said...
މިބުލޮގް ހިންގަނީ މުއާވިން ޖަލީލު ކުއްތާކަން ޔަޤީން. އެހިމާރު މީހުންނަށް ފައިސާ ދީގެން ކުރުވާކަމެއް މިއީ. މިކަހަލަ ކޮމެންތުކިޔާލާފަ އެބަޅު ވަރަށް އަސަރުކުރާނެ. އަތި އެންޓި އެއްފޯއްބޮނޑިވެސް ވަރަށް އަސަރު ކުރާނެ.
March 5, 2008 7:23 AM


މަތީގައިވާ ކޮމެންޓްތަކަށް ބައްލަވާލައްވާށެވެ. މިއުޅޭ އެފް އޯ ބައިގަނޑަށް އަދި އެބައިގަނޑުގެ ފިކުރިއްޔާތުގެ މީހުންގެވެސް ޙާލަކީ މިއެވެ. މީހުންނާއި މުޚާތަބު ކުރުމުގައި ގެންގުޅޭ ބަހުރުވައިގެ ރީތިކަމާއިއެވެ. އެއީ އެފް އޯ ބައިގަނޑާއި އެބައިގަނޑަށް ތާއީދުކުރާ ބަޔަކު އެންޓި އެފް އޯގައި ޖަހާފައިވާ ތަފާތު ލިޔުންތަކަށް ކޮށްފައިވާ މަދު ކޮމެންޓްތަކެކެވެ.


ވާނީވެސް ހަމައެހެންނެވެ. އޭގެ ތެރޭގައި އުޑެއް ބުޑެއް ދަންނަ އެންމެ ކެނައެއްވެސް ނެތްކަން ނިލަންދޫގެ އިރުތުން މުޅި ފ. އަތޮޅުގެ ރައްޔިތުންވެސް ހެކިވެއެވެ. ވީމާ އެކަމާ ހައިރާންވާކަން ނުޖެހޭތާއެވެ. އެކަމަކު އެމީހުންނަށް ސަޕޯޓްކޮށް ލިޔާ ލިޔުންތަކުގައި އަދި ކޮމެންޓްތަކުގެ އެފަދަ ދަށު ދަރަޖައިގެ ބަހުރުވައިން ލިޔުމުން ރައްޔިތުންގެ ކުރިމަތީގައި ތިމާމެންގެ އަގު އަދިވެސް އިތުރަށް ވެއޓިގެންދާކަމެއް ނޭނގޭތީއެވެ.


ކުރާނެ ކަމެއްނެތެވެ. ޒަމާނުއްސުރެ އެންޓި އެފް އޯ އަޑުއަހާ ބޯދާ ބައެއް އޮވެއެވެ. މީހެއްގެ އަޞްލު ސޫރަ ފެންނާނީ އެމީހަކު ރުޅިއެރުމުންނެވެ. ނުވަތަ ރުޅިއަރުވާލުމުންނެވެ.


Thursday, March 6, 2008

ފާފު އޮބްޒާވަރު ސަރުކާރުގެ މުދާ ބޭނުންކޮށްގެން އަޕްޑޭޓް ކުރަމުންދަނީ

ސަރުކާރުގެ މުދާ ބޭނުންކޮށްގެން ފޮޑި އޮބްޒާވަރު އަޕްޑޭޓް ކުރަމުން ގެންދާކަމުގެ މަޢުލޫމާތު ވަރަށް މުޢުތަބަރު ގޮތަކަށް އެންޓިއެފްއޯއަށް ލިބިއްޖެއެވެ. މިކަމެއް ކުރަމުން މިގެންދަނީ އިސްކަންދަރު ސްކޫލުގެ ލެބްގައި ހުންނަ ކޮންޕިއުޓަރުތައް ބޭނުންކޮށްގެން ކަމަށް މިސައިޓަށް މަޢުލޫމާތު ފޯރުކޮށްދިން ފަރާތުން ބުނެފައިވެއެވެ. ކިވައިދޭގަޑީގައި ލިބޭ ހުސްވަގުތުތަކުގައި މިކަން ވަރަށް ބޮޑަށް ހިންގާކަމަށް އެފަރާތުން ހާމަކުރިއެވެ. އަދި އިތުރުގަޑި ފުރަން ދަރިވަރުން ފޮތްމާކުކުރަން ސްކޫލަށް ގޮސް ފޮތް މާކު ކުރުމުގެ ބަދަލުގައިވެސް މިކަން ކުރަމުން ގެންދާކަމަށްވެއެވެ. މިކަން ކުރުމުގެ އެދުރެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އަހްމަދު މުޙަންމަދު، އާދެ، އެފްއޯގެ ޖާންދޭނީ ޖަނާދަން، ކަމަށްވެސް ވެއެވެ.
ކޮންމެ އަކަސް މިހުރީ ސަރުކާރުގެ މުދަލާއިފައިސާ އެހެން ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުން ކުރެޔޭކިޔައިގެން އަޑުގެ ނެތްތަނަށް ރަށަށް ގޮސްފިއްޔާއި ހޮޅު އަށީގައާއި އަދި މާލެއަށް ދޯންޏެއް އައިސްފިއްޔާ އެދޯންޏެއް ދޮށުގައި އަޑުގެ ނެތްތަނަށް ވީދެމުން ދުވާ މީހުންގެ ފެންވަރު ހުރިވަރެވެ. މިހާރު ތިމާހުރިވަރުގައިވެސް ސަރުކާރުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރަންފެށީއެވެ. ކޮން ޕިއުޓަރު ބޭނުން ކުރަނީއެވެ. އަމިއްލަ މަސައްކަތްކޮށްފައި އިތުރުގަޑި ޖައްސައިގެން ފައިސާވެސް ނަގަނީއެވެ. ދަރިވަރުންނަށް ދޭ ސަމާލުކަން ކުޑަކޮށްފައެވެ. ކިޔަވައިދޭ މާއްދާގެ ލެސަން ޕްލޭން އަމިއްލަ މަސައްކަތް ކުރުމުގެ ސަބަބުން ގަވައިދުން ސްޕަވައިޒަރަށް ދައްކަމުން ނުދާކަމަށްވެސް ވެއެވެ. އަދި މާކުކުރަން ކުދިންގެ ފޮތްތައް ގެންގޮސްފައި ހަފްތާ ދެހަފްތާ ވާއިރުވެސް ފުނިޖަހާފައި ބަހައްޓަނީއެވެ.
ތިމާއަށް މަތީ މަގާމެއް ލިބި ފައިސާތަކެއް އަތުޖެހޭ ހިސާބެއްގައި ހުރެއްޖެނަމަ ކިހާވަރެއް އަރުވާލާނެބާއޭ ހިތަށް އަރައެވެ. ފެން ވަރު ހުރިވަރު މިހިރީ ފެންނާށެވެ. އަދިވެސް އެހެން މީހުންގެ ގައިގެ މަސްކައިގެން ދިރިއުޅުން ބައްޓަން ކުރެވޭތޯ ބަލާށެވެ. ހަތްގުދު އޮއްވައި އެއްގުދު އޮންނަ މީހާއާއި ދިމާއަށްވެސް ގުދޯގުދޯ ގޮވާލެވުނީމާ ނިމުނީ ވިއްޔާއެވެ.
ބޭބެ ކޮއިފުޅަށް ދޭން އޮތް ނަސޭހަތަކީ އެހެން މީހުންނޭ ކިޔައިގެން ދެއަތްފުޅާކޮށްގެން ވީދެމުން މަގުންމެދުން ފުމެނެގުމުގެކުރިން ތިމާގެ ވަޒީފާގެ ޒިންމާތަށް ފުރިހަމައަށް އަދާކުރެވޭތޯ ނިކަން ބަލާބަލާށެވެ.

Tuesday, March 4, 2008

ވަހުޝީ މޫސަގެ ދެބަންދިހާރަ ޚިޔާލުތައް


ވަހުޝީ މޫސައޭ ބުނުމުން ނިލަންދޫގެ ރައްޔިތުންނަށް ނޭނގުނަސް އޭނާ ދަންނަ އެހެން ރަ ށްރަށުގެ މީހުންނަށް އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. އަންހެންކުދިންނާއި ފޮށޭވަރުންނެވެ. އަންހެން ކުދިންނާއި ބެހި ހެދުމަކީ މިކަލޭގެ އެންމެ ކުރާހިތުން އަދާކުރާ ނުރަސްމީ ވަޒީފާކަމަށް މިކަލޭގެއާއި އެއްތަށިން ކާ ޑަރޯގާއަކު އެންޓި އެފް އޯ ހުރިތަނެއްގައި ވަނީ ބުނެފައެވެ. ކޮންމެ ވެސް ކާފަރު އެއްޗެއް ގޮވައިނުލައި ހަމަ ނުހުރެވެއެވެ. ގައި ހިރުވާވަރުން އެކުދިންގެ ގުނަވަންތަކާއި ކޮންމެވެސް އެއްޗެކޭ ކިޔައިގެން ބެހި ހަދައެވެ. ނޫނީ ކޮންމެވެސް ވަހުށީ ވާހަކައެއް ގޮވާލައެވެ. ޢާންމު ވާހަކަތަކުގަވެސް ކޮންމެވެސް ވަޙުޝީކަމެއް ނެތި ވާހަކަ ދެއްކުމަކީ މިކަލޭގެއަށް ހަމަ ހަރާންކަމެކެވެ. މިއީ މިކަލޭގެ ކަށީގައި ހިފާފައި ހުރިކަމެއްތޯ މިކަލޭގެއާއި އަލަށް ދިމާވާ މީހުން އަހާ އުޅެތެވެ.


ކޮންމެއަކަސް މިގޮލާގެ ތައާރަފް ރަނގަޅަށް އެނގިއްޖެނަމަ މިދެންނެވި ކަންކަމާއި އަޖައިބުވާނެ އެއްވެސް އިންސާނަކު ނުވާނެއެވެ. ނިލަންދޫގެ ރައްޔިތުން މިކަލޭގެ ދަންނަނީ ކުޑަކުދިންފަޅާ، ކުޑަކުދިންނާއި ބެހޭ، ކުޑަކުދިންނާއިމށ މޫސަގެ ގޮތުގައެވެ.


މިކަލޭގެ އެންމެ ކުޑަ އިރުއްސުރެ ވަހުޝީ ޚިޔާލުތައް ހިތައް ވަދެފައިވާ މިންވަރު ނިކަން ވަޒަންކޮއްލަ ބަލާށެވެ. މިގޮލާގެ ޢުމުރުން އެންމެ 12 ވަރަކަށް އަހަރުގައި ޢުމުރުން 4 އަހަރު ނުވާ އަންހެން ކުއްޖަކާއި ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގައި އެކުއްޖާގެ މުޅި ކުރިމަތިފަރާތް ޗިސްޗިސް ކޮއްލިއެވެ. އެކުއްޖާގެ މުޅި ޙަޔާތުގައި ނުފިލާނެ ލައްގަނޑެއް ކަލޭ، ވަހުޝީ މޫސަ ތިހިރީ ޖައްސާލާފައެވެ. މިކަލޭގެ މައިންބަފައިން ކާއިރިއަށް ޤުރުއާން ކިޔަވަންދާ ކުދިންނަކާއި ބެހޭތީ އެހެރީ ރަށުންވެސް ބޭރުކޮށްލާފައެވެ. އަމިއްލަ ފަސްގަނޑުގައި ނޫޅެވޭ ދަރަޖައަށް ތިމާގެ ވަހުޝީކަން ދިޔުމުންނެވެ. ކޮންމެ އަކަސް އެވަރުންވެސް އިސްލާޙެއް ނުވެއެވެ. ވީ ހައްތާވެސް ނުބައެވެ. އެހެން އުޅެން ހަދައިގެން ނިލަންދޫއިން އިންނާނެ މީހަކުވެސް ނުވިއެވެ. މިހާރު އިނދެގެން އުޅޭ ޒަމީއަށް އެ އުޅެނީ މިކަލޭގެ މިކަންކަން ވަރަށް ސިއްރުކޮށްގެންނެވެ.


އެނގޭހެއްޔެވެ. މިކަލޭގެ ހުރި ނުބައިކަން ނިކަން ވިސްނާލަބަލާށެވެ. މިސްކިތަށް އަރާ އިންނައިރު މިވަރުގެ ތަގުވާވެރި މީހަކު މިދުނިޔޭގައިވެސް ނޫޅޭނެޔޭ ހިތައް އަރާވަރުވާނެއެވެ. މިބުއްޅަ ނުދަންނަ މީހުންނަށް މާބޮޑު ޝެއިޚަކަށްވެގެން އެއޮށް އުޅޭ އުޅުމެއްތާއެވެ. ހަމަ ފައިބާ ގޮތަށް ފޮށުމުގެ ޗެޕްޓަރު އެހުޅުވާލީއެވެ.


އަޅޭ، ކަލެޔަށް ޑިމްސް ސޯލިހު މަހަކު 5000ރ. ދޭވާހަކައެއް އަޑު އެހީމެވެ. އެއީ ކީއްވެގެންކަން ބުނެލަން ކެރޭނެ ހެއްޔެވެ؟ ގުނޫތު ވިއްކާލައިގެންނޭ އެންޓި އެފްއޯއެއް ނުބުނާނަމެވެ. އެ 5000 ރުފިޔާ ދިނުން ހަމަ ހުއްޓާލާއިރަށް ގުނޫތުކިޔަން ފަށާނަން ދޯއެވެ. މެންދުރު ނަމާދުގައި ރުކޫ ނުކުރާމަތިން 10000 ރުފިޔާ މީހަކު ދޭނަމޭ ބުނެފިނަމަ ނަމާދުގައި ރުކޫވެސް ދޫކޮށްލާނަން ދޯއެވެ. ބުނަން ހެއްޔެވެ. ނަމާދަކީ ކީރިތި ﷲ އަށް ކުރާއެއްޗެކެވެ. ފައިސާއަކަށް ނުވަތަ އެހެން އިންސާނަކަށް ނޫނެވެ. އަމިއްލަ އެދުން ބޮޑުވެ ފައިސާއަށް މަރުދިނަސް ތީދެން ތަންފުކެއް ބޮޑުވަރެވެ.


އޭ ކަލޯ، އެންޓި އެފް އޯ ތިޔަ ޑަރޯގާކައިރީގާ އަހާލަން ބޭނުންވާ ވާހަކައެއް ވެސް އެބައޮތެވެ. ޖަލީލު މާލޭގައި ބޮޑެތި މަގާމުތަކުގައި އަދި ފ.އަތޮޅުގެ އިސްވަޒީފާތަކުގައި އުޅޭތާ އެތައް އަހަރެއްފަހުން ރަނގަޅުފެންވަރުގެ ގެއެއް އަޅާލީމާ، އެއީ ޖަލީލުއަށް ލިބޭ އާމްދަނީއިން ނުކުރެވޭނެ ކަމެއްކަމަށް ކަލޭފަދަ ޑަރޯގާއިން ގޮވާ ހޭރޭއިރު ޖަލީލުއަށްވުރެ ވަޒީފާގެ ޢުމުރު އެތައް އަހަރެއް ހަގު އަދި މުސާރާއިގެ ގޮތުން މާދަށުގައި ކަލޭ އުޅޭއިރު ދެބުރިއަށް ކަލޭގެގެ ހިއްލާލި ގޮތް ކިޔާލަދޭން ކެރިދާނެހެއްޔެވެ؟ އަޅޭ ތިޔަހެން ތިބެގެން ބުއްދި ހަމަޖެހޭ ވާހަކަ ދައްކާށެވެ. ކަލޭގެ މާޒީ އެއޮތްގޮތުން ކަލޭގެ ސިކުނޑީގައި އުނިކަމެއް ހުރިކަން ވަރަށް ބޮޑަށް ހީވެއެވެ.


Thursday, February 28, 2008

އެންޓި އެފް އޯ އަކީ ކާކުކަން ނޭނގިގެން ޖަލީލު އަތްފުނާ އަޅަނީ


މީހަކު ހީހީ ހަލާކު ނުވާނެ ހެއްޔެވެ. އެކަމަކުދެން ޖަލީލުވެސް ތިޔައުޅޭ ވައްތަރެއް ދޯއެވެ. އެންޓި އެފް އޯއަކީ އެވެނި މީހެކޭ މިވެނި މީހެކޭ ކިޔަމުން ތިޔަދަނީ ހަމަ އެނގި ކަށަވަރުވެގެން ތާއެވެ. ތިޔަހުރީ ހާދަވަރެއް ވެފައިތާ ދޯއެވެ.


ޖަލީލުއަކީ ފޮޑި ގްރޫޕްގެ މީހެއް ވިޔަސް ޖަލީލުއާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުޖަހަންތާއެވެ. ދެންތިޔަހެން ފުމެފުމެފައި އުޅެންޖެހޭ އެއްވެސް ސަބަބެއް އެންޓި އެފް އޯ އަކަށް ނުވިސްނުނެވެ. ފަހަރެއްގައި ލަނޑައިންގެ ތެރެއިން ލަނޑައެއްވީމާ އަސަރުކުރަނީ ކަމަށްވެދާނެތާއެވެ.


އެހެން ނޫނަސް އެންޓި އެފް އޯ އަކީ ކާކުކަން ނޭނގިގެން ތިހެން ރެވިތެޔޮ ބޮވިގެން ތެޅޭވަރެއް ނުވޭތާއެވެ. ކަލޯމެންގެ އަޙުމަދު މުޙައްމަދު ވެސް އަންގަނީ އެންޓި އެފް އޯއަކީ ކުރަން ނޭނގި ކުރަންއުޅޭ، ޖަހާފައިއޮތް ސަކަރާތްގަނޑެއް ވިއްޔާއެވެ. އެހެންވީމާ މިވަރުގެ ބްލޮގެއް ހަދައިގެން މީހަކު އުޅުމުން ތިޔާހާވަރަށް އޮށްދާ ނުހިއްލާށެވެ.


އެކަމަކުވާއެވެ. އެންމެފަހުން ޖަލީލު އައިސް ޚުދު އެންޓި އެފް އޯ ގާތުގައި ވާހަކަދެއްކި އިރުވެސް ނޭނގުނު ވިއްޔާއެވެ. މިބްލޮގް ހަދަނީ މިވެނި މީހެކޭކިޔާ ފާޑުފާޑުގެ ވާހަތައް ދެއްކިއިރު އެންޓި އެފް އޯ ހުރީ އެތެރެން ކިރިޔާ ހިނިއައިސްގެން ފަޅާނުގޮސްއެވެ. މިގޮތަށް ކިތައް މީހުންކައިރީ ފާޑުފާޑުގެ ވާހަކަދައްކާނެ ބާއެވެ. ގައިމު ޔަޤީންނުވާ ޙާލު މީހުންގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުމީ ކޮންކަހަލަ ކަމެއްކަން ޤްރުއާން ޓީޗަރަކަށްވިއްޔާ އިނގޭނެކަމަށް ހީކުރަމެވެ.


ކަލޯ ޖަލީލުއެވެ. މަޑުން ހަމަހިމޭންކަންމަތީ ހުރެވޭތޯ ބަލާށެވެ. ވާނުވާ ނޭނގިގެން އެހެން ފޮޑިންތައް ތެޅޭގޮތަށް ތެޅެންޏާ ކަލޯ ކޮށްލާފައިހުރި ކަންތައްވެސް ފަޅާއަރުވާލާނަމެވެ. ނުބެހޭކަންތަކާ ނުބެހުން ބުއްދިވެރިވާނެއެވެ. ކާޅު ކެޔަސް 'ސޮށް' ގޮވަންވާނީ ތިމާޔާ އެކަމަކާ ގުޅުން އޮތިއްޔާއެވެ. އެންޓި އެފް އޯ ވެސް ހަމަތިހެން ތަނަކު މީހަކު ހުއްޓަސް ނުބެހޭނަމެވެ.


Monday, February 25, 2008

އެފްއޯގެ ޑަރޯގާއިން އަމިއްލައަށްޖެހި ގުއިރޯނުގައި ޖެހިއްޖެ

ފއތމ ގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން ފެށި ހިސާބުން ފެށިގެން އެކަން ފާފު އޮބްޒާވާގެ ޑަރޯގާ އިމާމުންނަކަށް ހަޖަމެއް ނުކުރެވުނެވެ. ތިމާމެން އެތާގައި އުޅެއުޅެ އެއްވެސް ކާމިޔާބީއެއް ލިބިފައި ނެތުމާއެކު އެހެން ބަޔަކު ކުރާ މަސައްކަތުންވެސް އެ ސްކޫލަށް ކުރިއެރުމެއް އައުމަކީ މިބައިގަނޑަށް ބަލައިގަންނަން އެހާ ފަސޭހަކަމެއް ނޫނެވެ. އެންމެ ފަހުން އޭލެވެލް ވެސް އުފެދިގެން މިދިޔައީ މިބައިގަނޑުގައި ހިމެނޭ ބައެއް ޑަރޯގާއިން އެތަން ދޫކޮށް ދިއުމަށް ފަހުގައެވެ.

ކޮންމެ އަކަސް ފއތމގައި އޭލެވެލް އުފެދޭތީ މިބައިގަނޑު ކަންބޮޑުވެފައި ތިބިވަރު އެފްއޯގެ 12 ފެބުރުއަރީގެ އާޓިކަލް ކިޔާލުމުން އެނގެއެވެ. މިއާލާތްގަނޑުގެ ބަހުންނަމަ ފއތމގައި އޭލެވެލް ހެދުމަށް ފަށަންވާނީ ހަމައެކަނި ނިލަންދޫގެ ފަސްގަނޑުން އުފެދޭކުދިން ހިމަނައިގެންނެވެ. ރަށުން ބޭރުން އެއްވެސް ކުއްޖަކު ހިމަނައިގެން ނުވާނެއެވެ. ވިސްނުމުގައި އެއްވެސް އުރައްޕެއްނެތްކަން މިއޮތީ ފެންނާށެވެ. އަދި އެހެން ރައްރަށާއި ނިލަންދޫއާއި ދެމެދު ވަރުގަދަކުރުމަށް ރަށުގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތަށް މިއާލާތުން ހުރަސް އެޅުމަށް ކުރަމުންގެންދާ މަސައްކަތް މިލިޔުމުން ވަރަށް ރަނގަޅަށް ދޭހަވެއެވެ. ތިޔަހާ އެކަމަކު ނަސްލީ އިމްތިޔާޒު ގެންގުޅޭކަށް ނުވާނެތާއެވެ. ތަންތަން ކުރިއަރައިދަނީ އެންމެންނާއި ގުޅިގެން ކުރެވޭ މަސައްކަތުންނެވެ. މަރުޙަބާ ގިނަބަޔަކަށް ކިޔައިގެންނެވެ.
މާލޭގައި ހުރި ސްކޫލުތަކަށް ބެލިޔަސް ގިނަވާނީ ރައްފުށުގެ ކުދިންނެވެ. އަދި އެސްކޫލުތަކަކީ އެންމެ ފުރަތަމައިނުން އެންމެ މޮޅު ނަތީޖާ ލިބުނު ތަންތަނެއްވެސް ނޫނެވެ. އުޅެފައިހުރި ސްކޫލުތައް ގިނަކަމުން ކޮއިފުޅުންނަށް މިވަރު ނޭނގިދާނެއެވެ. އެހެންވީމާ މިއިންވެސް ދޭހަވަނި ތިޔައުޅެނީ ކޮންމެ ވެސް އެއްޗެކޭ ކިޔައިގެން އޭލެވެލް އުފެއްދިޔަނުދިނުމަށް މަސައްކަތްކުރާށެވެ. އެންމެ ފުރަތަމަ ފިރުކޭނީއެވެ. ދެން ހިނގައިގަންނާނީއެވެ. އެދުވަސް ފއތމގެ ޢުމުރުން 20 އަހަރުވެގެން ދާއިރުއެވަނީ ގޮސްފައެވެ. މިއަދު އެބަލަނީ ދުއްވައިގަންނާށެވެ. އެފްއޯ އާލާތުންގެ ވިސްނުންކޮށިކަމުން މިވަރުވެސް ނޭނގިދާނެތީ މިބުނެލަ ދިނީއެވެ.

އަދި މަޖާކަމެއް އެނގޭ ހެއްޔެވެ. ނިލަންދެ.ކޮމް ގައި އޭލެވެލް އުފެދޭ ޚަބަރު ހަމަޖެހުމާއެކު މުޢުތަބަރު ފަރާތަކުން ލިބުނު ޚަބަރެކޭ ކިޔާ ސައިޓުގައި ޖަހާ އެއީ ފއތމ ގައި ކުރެވިދާނެކަމެއްކަމަށް ދޭހަވާގޮތަށް ލިޔެފައިވެއެވެ. ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެ، އޭލެވެލް އުފެއްދިޔަ ނުދިނުމަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވިދޯއެވެ.

ނިންމާލަމުން ބުނެލަން އޮތީ، އެ އޮތީ އޭލެވެލް ވެސް އުފައްދާފައެވެ. ތިޔަ ތިޔަ ބައިގަނޑު ތިޔަހެން ތެޅިލަ ތެޅިލަ ތިއްބާ ޑިޕްލޮމާ ވެސް އެތަނުގައި ކިޔަވައިދޭ ފެންވަރަށް ގެންނާނަމެވެ. ތިޔަބީތާއިން ނަށް ތިޔަގޮތަށް ފަހުން ވިސްނުނަސް އެންޓިއެފްއޯއަށް އެންމެ ރަނގަޅެވެ. ތިޔަހެން އުޅެންޏާ އަމިއްލައަށް ޖަހާ ގުއިރޯނުގައިވެސް ޖެހޭނެއެވެ.

Saturday, February 23, 2008

އެންޓި އެފް އޯ އަޕްޑޭޓް ނުވުމުން ރޮވެނީ

އެންޓި އެފް އޯ އަޕްޑޭޓް ނުވާތީ ހާދަހާ އަސަރެއް އެބަ ކުރޭތާއެވެ. ވަރަށް ދެރަވޭ ދޯއެވެ. ރަނގަޅަށް ނުވެސް ނިދޭދޯއެވެ. ކިޔަވަދޭން ކްލާހަށް ވަދެފަވެސް ބޮލުގައި ހުންނަނީ ހަމަ އެންޓި އެފް އޯ ދޯއެވެ. އޮފީހަށް ދިޔަސް މި އެންޓި އެފް އޯއަކުން ސަލާމަތެއް ނުވޭ ދޯއެވެ.


އެންޓި އެފް އޯގެ ތައުޒިޔާ ހިތުގެ އެންމެ ފުންމިނުން ފޮނުވަމެވެ. ކެއްކޮށްލާށެވެ. މިކަހަލަ ދުވަސް ދުވަސްވެސް އަންނާނެއެވެ. ހަޔާތުގައި އުސްގަނޑާއި އަޑިގަނޑުވެސް އާދޭތާއެވެ.


އެންޓި އެފް އޯއަށް ތިޔަ ހުންނަ ޝައުޤުވެރިކަމަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. އަބަދުވެސް ތިގޮތުގައި ހިފަހައްޓާލާތި އިނގޭއެވެ. އަޕްޑޭޓް ވޭތޯ އަބަދު ބަލަބަލާ ތިބޭށެވެ.


އަސްލުވެސް ކަލޯމެންނަށް އަހުރެން އެންޓި އެފް އޯ ވަރަށް އިންޓަރެސްޓް ދޯއެވެ. އެކަމަކު ދެރަކަމަކީ އެންޓި އެފް އޯ ޖަހާވާހަކަތައް ދޯއެވެ. އެކަމާ ކުރާނެ ހަމަ އެއްވެސް ކަމެއްނެތެވެ. މުޅިންވެސް ހުންނާނީ ތެދު ޙަޤީޤަތެވެ. ކަލޯމެން ކޮށްފައިވާ ކަންކަމުގެ ވާހަކައެވެ. ސިއްރުން ތަންތަނުން ނަގާފައިވާ ތަކެތީގެ ވާހަކައާއި ސިއްރުން ކޮށްފައިވާ ކަންތައްތަކުގެ ވާހަކައެވެ. އަދި ކަލޯމެންގެ ކޮރަޕްޝަނާއި ޚިޔާނަތްތަކުގެ ވާހަކަތަކެވެ.


Saturday, February 16, 2008

ލެޔާއި ޢާއިލީ ގުޅުން

އެންޓި އެފް އޯ ހަމަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ބުނާނެ އެއްޗެއްވެސް ނޭނގެއެވެ. އެކަމަކު މައްސަލައެއް ނެތްތާއެވެ. ކަށީގައި ހިފާފައިހުރި ކަމެއް ނުފިލާނެއޭ ބުނާއަޑު އިވެއެވެ. އަދި ތިމާގެ ފޫކޮޅުގައި އޮތް ފޯލި ފޮރުވާގެންތިބެ ގުދޯގުދޯ ގޮވާ މީހުންވެސް މަދެއް ނޫންވިއްޔާއެވެ.


އެކަމަކު އެންޓި އެފް އޯއަށް ދެރައީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީމައެވެ. މީހުންގެ ތެރެއަށް ނުކުމެ އަނގަ ހުޅުވަން ކެރޭކަމެވެ.


އާއިލާއޭ، މައިންބަފައިންނޭ، އަނބިދަރިންނޭ އަދި އެއްބަނޑު އެއްބަފާ މީހުންނާއި ތިމާގެ މީހުންނޭ ކިޔާ އަނގައަރުވަން ފެށީމާ ތިބައިގަނޑު ލަދު ނުގަތަސް އަހުރެން ލަދު ގަނެއެވެ. ތިކަހަލަ ހަޑި ވާހަކަ ދައްކަން އެންމެ ރަނގަޅީ ހަމަ ތިބަގަތަކެވެ.


ކަލޯމެންގެ ބޮއްޅަހޮއްކޮ ޚަލީލު އަކީ ހަމަ އެފަދަ ދެވަނައެއް ނެތް މައިންބަފައިންނަށް ކަމޭހިތުމާއި އަނބިދަރިންނަށް އަޅާލުމާއި އޯގާތެރިވުމުގެ ރިވެތި ނަމޫނާ އެކެވެ. އެއްބަނޑު އެއްބަފާ ކުދިންނަށް އެހީތެރިވުމާއި ލޯތްބާއި ކުލުނު ދެމެހެއްޓުމުގެ ލާމަސީލެކެވެ.


ރކ ކޮމެޓީގެ ދާދާ ހެދިގެން އުޅޭ ދަރަނިބޯ ފުއްޕި ހަކުރަށް ބަލާލާށެވެ. އެކަލޭގެއާ ދެބެންދެދަރި ޙުސައިން ރަޝީދުއަށް ޖެއްސި ހާލު ދެނަހުރީމު ހެއްޔެވެ. އިންޖީނަކާހެދި މަރުކުއްތައްހިފުނަސް ފުކެއް ބޮޑުވަރެކެވެ. އަޑީގައި ހުރެގެން ހުރިހާ ކަމެއްކޮށްފައި ފުލުހުންނާ ހަމައަށް މައްސަލަ ދިއުމުން ކަނޑާލީ ހުސައިންގެ ބޮލަށެވެ. ދާދާގެ އޯގާތެރިކަމުން ހުސޭނު ފުލުހުންގެ ބެލުމުގެ ދަށުގައި ކިތައް ރޭ ކިތައް ދުވަހު ހަމަނިދި ނިދާނުލެވި އާދައިގެ ގޮނޑިއެއްގައި އިށީނދެގެން އިންކަން އިނގޭހެއްޔެވެ. ނޭނގެންޏާ ގޮސް ހުސޭނު ކައިރިން އަހާށެވެ. އެދުވަހު ހުސޭނުގެ ހާލު ފެނިފައި ލޭގެ ގުޅުމެއް ނެތަސް ޔަޤީނުންވެސް އެންޓީ އެފް އޯ ހަމްދަރުދީވީމެވެ. ލޭގެ ގުޅުންހުރި ބޭފުޅާހުރީ މެދުއުޑުގައެވެ.


ދެން ކަލޯމެންގެ އަލްޤާރީ އިބްރާހީމް ހުސައިންކާރީ އަހާލަބަލާށެވެ. މަންމައާއި ބައްޕަ އަދި އެއްބަނޑު އެއްބަފާ ކުދިންނާ ވާހަކަ ނުދައްކާ ހުރީ ކިތައް ދުވަހުތޯއެވެ. އަދި ކިޔެވުމުގެ ނަމުގައި ބޭރު ޤައުމެއްގައި ތެޅުނު ޙާލުގެ އަޑު އެހީމެވެ. އަނބި ދަށުވިޔަސް ތަންކޮލެއް ބޮޑު ވަރެކެވެ.


ދެންވެސް ކަލޯމެންގެ ގްރޫޕުގައި ތިބި ޤާރީ މޫސާ އަޙުމަދު، ޤާރީ ޢަބްދުލް ޖަލީލު، ޙާމިދު ކަރުޒާއީ، އަޙުމަދު މުޙައްމަދު އަދި މިނޫންވެސް ޢިއްޒަތްތެރީންނަށް ނަޒަރު ހިންގާލާށެވެ. މިވާހަކަ ދައްކާދައްކާ ކޮޅުން ނުލާނެއެވެ.


މާތްކަލާކޮށްޓަކައި ދެން އެހެންވީމާ ލޭގެ ގުޅުމޭ އޭއްޗެކޭ މީއްޗެކޭ ކިޔާ އަނގަ ނުހުޅުވާށެވެ. ހަމަ ދުވަނީ ކުނި ވަހެވެ.


ނިއްމާލުމުގެ ކުރިން ލޭގެ ގުޅުން ދެމެހެއްޓުމަށް އަދި ޢާއިލީ ގުޅުން ހަރުދަނާކުރުމަށް ތިޔަކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އެންޓި އެފް އޯގެ ސަލާމް ވަރަށް ގަދައަށް.


Friday, February 15, 2008

ހަނދާނާއި ތާރީޚުގެ ތެރެއިން

ރައްޔިތުން މަޖުލިސްގެ ފ.އަތޮޅު މެމްބަރު ޙަމްޒާ ފ.އަތޮޅުން ގޮނޑިއެއް ހޯދުމަށް އުޅުނު އިރު އަދި ގޮނޑި ހޯދުމަށްފަހުވެސް އެންމެ އަރިސް އެންމެ ގާތް މީހަކަށް ވެފައިވނީ މުޅި ފ.އަތޮޅުގައިވެސް ހުންނެވި އެންމެ ތެދުވެރި ސާފު ސީދާ ކަމަށް ދެވަނައެއް ނެތް އިބުރާހީމް ޚަލީލުއެވެ.


ކުރުގޮތަކަށް ބުނަނީނަމަ ބުނެވޭނީ ޙަމްޒާ ޚަލީލު ހަމަޖައްސާފައިވަނީ އޭނާގެ 'ޤާރޫނު' ގެ ގޮތުގައެވެ. އެހެނީ ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން ޚަޒާނާގެ ތަޅުދަނޑިވެސް ޚަލީލުއާ ޙަވާލު ކޮށްއުޅެއެވެ. އަދި ގެއަށް ކުރަންޖެހޭ ޚަރަދުތަކާއި އެހެނިހެން ޚަރަދުތައް ބަލަހައްތައި ފައިސާގެ މުޢާމަލާތްތައް ސީދާ ޚަލީލުގެ ބެލުމުގެ ދަށުން ކުރިއަށް ދެއެވެ.


އެގޮތަށް އުޅެމުން މިކަލޭގެ ޙަމްޒާއަށް ލަނޑެއް ދިންކަން ދެނަހުރީ ކިތައް ބޭފުޅުން ތޯއެވެ. ޔަޤީނުންވެސް ނިލަންދޫގެ ބެއެއް ބޭފުޅުންގެ ކަންފަތަށް މިއަޑު ވާޞިލްވެފައިވާނޭކަން ކަށަވަރެވެ.


އަޑުއަހާށެވެ. ޙަމްޒާ ދިރިއުޅޭ ގެއާއި ޢާއިލާގެ އެހެން މީހުން އުޅެމުންދާ ގެތަކަށް ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ޚަރަދުތައް ކޮށް ހޯދަންޖެހޭ ކެއިން ބުއިމުގެ ސާމާނާއި އެހެނިހެން ސާމާނު ހޯދުމަށް މިކަލޭގެ އަތަށް ހާހުން ރުފިޔާ ދެއެވެ. ފުރަތަމަ ދުވަސްކޮޅު ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އެކަންކޮށް އުޅެއެވެ. އެކަމަކު ވާނޭގޮތް ތިޔަބޭފުޅުންނަށް އެނގިލައްވާނެ އެވެ. މިކަލޭގެއީ ބޮޑު ލާރިއެއް މާގިނައިން ފެންނައިރަށް އެއަށް ދަމާބާރެއް ހުންނަ ސޮރެކެވެ.


ދުވަސްކޮޅަކުން ޙަމްޒާ ޢާއިލާގެ މެމްބަރުންނަށް ފާހަގަވެގެން ދިޔައީ ގެއަށް ގެންނަ ސާމާނުތަކުގެ ޢަދަދު މަދުވުމާއި ކޮލިޓީދަށް ސާމާނު ގެތަކަށް ސަޕްލައި ކުރާ ކަމެވެ. ގިނަ ދުވަސްދުވަހު ގެންނަނީ ހަލާކުވާން ކައިރިވެފައިވާ އެއްޗިއްސެވެ.


މިކަން ގޭމީހުންނަށް ފާހަގަވެގެން މިކަލޭގެ ކައިރީ އެހުމުން ބުނިކަމަށްވަނީ ތަކެތީގެ އަގުބޮޑުވަނީ ކަމަށާއި ޙަމްޒާދޭ ލާރިކޮޅުން ހަމަޖެއްސުމަށް އެނޫންގޮތެއް ނެތްކަމެވެ. މިގޮތަށް ދެތިން ފަހަރަކު ވުމުން ޙަމްޒާވަނީ ދެތިން ފަހަރަކު ގެތަކަށް ކުރަންޖެހޭ ޚަރަދުތައް ބެލެހެއްޓުމަށް މީނާއަތަށް ދޭ ލާރިބޮނޑި ބޮޑުކޮށްދީފައެވެ.


އެކަމަކު ވީއޭ ގެ ދެވަނައަށް އެއްމެ އިސްމީހެއްގެ ގޮތުން މަސައްކަތްކުރާ ޙަމްޒާގެ އަންހެން ކޮއްކޮއަށް މިކަންތަން ގޯސްކޮށް ދާކަމަށް ހީވެ، ޔަޤީން ކުރުމަށް ބޭނުން ވެއްޖެއެވެ. ޙަމްޒާގެ ކޮއްކޮއަށް ޝަބާބުއަށް ދިން ލާރިކޮޅު ކާލި ދުވަހުން ފެށިގެން މިކަލޭގެގެ ގޮތް ރަނގަޅަށް އެނގެއެވެ. އެހެންވެ މިކަންތައް ދާނުދާއެއް ބެލުމަށް މިކަލޭގެއާއި އެންމެ އެއްކޮށް އުޅޭ މީހުންގެ ތެރެއިން ސިއްރު ކޮމެޓީއެއް ނަގައި ވާނުވާ ބަލަން އެންގިއެވެ.


ހުރިހާ ކަމެއް ފަޅާއެރިއިރު މިވާގޮތަކީ މިކަލޭގެ އަތަށް ދޭ ހާސް ރުފިޔާގެ ތެރެއިން ދުއިސައްތަ ރުފިޔާގެ ސާމާނު ކޮންމެ ދުވަހަކު ގަނެފައި ބާކީ ލާރިކޮޅު މިކަލޭގެ ޖީބަށްލައި ފޮރުވަނީ އެވެ. މިކަލޭގެ މިގޮތަށް ކަންތައް ކުރަން ޖެހުނީ ލިބޭ އެތިކޮޅުން ދެކޮޅު ނުޖެހި ގެކުލި ނުދެއްކޭ ހިސާބަށް ދިއުމުން ކަމަށް، ޙަމްޒާގެ ކޮއްކޮ އެކުލަވާލި ސިއްރު ކޮމެޓިގެ އިސް މެމްބަރުގެ ހައިސުއްޔަތުން ޙަރަކާތްތެރިވި ޢަބްދުލްޢަލީމު ޙުސައި އެންޓި އެފް އޯ ކައިރީ ބުންޏެވެ.


ކަލޯ އިބްރާހީމް ޚަލީލު މީވެސް އަޅެފަހެ ދޮގެއްތަ؟ ޝަބާބުގެ ލާރިކޮޅު ކާލުމުން ޙަމްޒާގެ ކޮއްކޮ ކަލެއަށް ހަބޭހަށް ދިންގޮތަށް މިފަހަރުވެސް ނުދެއޭ ނިކަށް ބުނެބަލަ!


Monday, February 11, 2008

އަޅޭ ޖަލީލުގެ ނަން ރީތިކަމުން.... އަބަދު ގޮވެނީ ޖަލީލު، ޖަލީލު، ޖަލީލު

އަޅޭ ފޮޑި ބަގަޔަށް ތިޔާތިބީ ފިސާރި ވަރެއް ވެފައިތާއެވެ. ހުރިހައި ކަމެއްގައި ވެސް ތިޔަތިބީ ޖަލީލު ވެފައިތާއެވެ. މި މޮޔައިންނަށް ވެފައިތިބިވަރު މިސައިޓުގެ ކިޔުންތެރިޔަކު "ޚަލީލުއަށް ސާބަސް" މިލިޔުމަށް ފޮނުވާފައިވާ ބައެއް ޚިޔާލުން ވަރަށް ރަނގަޅަށް އެނގެއެވެ. ބައެއް ޚިޔާލުތައް މިތާގައި އެ ފޮނުވި ފަރާތްތަކުގެ އިޒުނައާއިއެކު މިތާގައި ނަކަލުކޮށްލާނަމެވެ.

" އޭ ތިއާލާތުންގެ ކަމަކީ ޖަލީލު، ޖަލީލު، ޖަލީލު، ޖަލީލު ދޯ. އެހެންވީމާ މަށަށް ފެންނަނީ ތިބަގަ ބޯބުއިމަށް ޖަލީލު، ބަތަށްވެސް ޖަލީލު، ގޭގެ ނަމަކަށްވެސް ޖަލީލު، ރަށަށް ދާންވިޔަސް ޖަލީލު ކައިރިއަށް ދާން، ކުލާހުގައި ކިޔަވައިދެމުން ދާއިރުވެސް ކުދިންނަށް ޖަލީލު، ޖަލީލު، ޖަލީލު، ހަމްޒާގެ ނަންވެސް ޖަލީލު، އޭއޭއޭ އަށްވެސް ޖަލީލު."

އަނެއް ޚިޔާލުގައި ވަނީ "އެހެންވީމާ މީގެ ފަހުން ކިޔާނީ އިބުރާހީމް ޚަލީލު ޖަލީލު، މޫސާ އަޙްމަދު ޖަލީލު، ކުޑަ ދަޅޭ ޖަލީލު، އަޙްމަދު މުޙަންމަދު ޖަލީލު، ޢަބުދުލް އަލީމު ޖަލީލު، ހާމިދު ކަރުޒާއީ ޖަލީލު، ޢަބުދުލް މަޖީދު ޖަލީލު، ކުޑަ ސޮރު ޖަލީލު ... މިގޮތް ކިހިނެތް ވާނެ. ސަޅި ދޯ. އެހެންވީމަ މީގެ ފަހުން ފޮޑި ޓީމުގެ އެންމެންގެ ފަހަތަށް ޖަލީލު. ފޮޑި ޓީމުގެ ފަތަފޮޅިއަށް ވެސް ކިޔާނީ މީގެފަހުން އެފްއޯ ޖަލީލު... ހިހިހިހި"

ކިޔުންތެރިން ބުނެފައިވާހެން ކަލޯމެންނަށް ވެފައި ތިޔަތިބީ ހާދަވަރެއްތާއެވެ. މުޅި ދިރި އުޅުމުގައި ޖަލީލުއެވެ. މޮޔަގެރި ބަލިޖެހުނީމާ މީސްމީހުންގެ ގައިގާ ތިޔާހެން އަޅައިގަނެޔޯ ކިޔާތީ އަޑުއިވެއެވެ. ދެން ހެވެވެ. މަށަށް ފެންނަނީ ފާފުއޮބްޒާވަރުގެ ނަންވެސް ޖަލީލު އޮބްޒާވަރަށް ބަދަލުކޮށްލާށެވެ. އަނެއްކާ އަމިއްލަ ނަމުގެ ފަހަތަށް ޖަލީލުގެ ނަން އިތުރުކުރަންޏާއި އަންގާލައްޗެވެ. ތިޔައީ ދަރަނި ބޯތަކެއްވީމާ އެއިގެ ޙައްގުވެރިންނަށް އޮޅިދާނެތީއެވެ.

އަޅޭ ޖަލީލުގެ ނަން ރީތިވެގެން އުޅުނަސް ތިޔައީ ބޮޑުވަރެއްތާއެވެ. ޖަލީލުގެ ދަރިޔަކާއި ތީގެ ހިޔަޅެއް އިންނާން މަރުދިނީވެސް ޖަލީލުގެ ނަމުންވެސް ޝަޚްޞިއްޔަތު ދައްކުވައިދޭތީ ކޭކުން ބައެއް ކައިލާންކަން އަދިކިރިޔާ ފަޅާމިއެރީތާއެވެ. މަކަރާއިޖަހައިގެން ނޫނީ އެއްވެސް އެއްޗެއް ކެއުމުގެ ގާބިލްކަމެއް ނެތްތާއެވެ.

Friday, February 8, 2008

ބައިކޮޅަށް ޖެހުނު ގޯލުގެ ސަބަބުން ފޮޑިބަގަ ތެރޭގައި ގަޑުބަޑު އުފެދިއްޖެ

ބުނާކަށް މިއޮތީ ކަމެކެވެ. މިއުޅޭ ފޮޑިޓީމަށް ބައިކޮޅަށް ޖެހުނު ގޯލުގެ ސަބަބުން އެއިގެ އެއްގޮލާ އަނެއް ގޮލަޔާއި މޫނާއި މޫނު ދިމާކުރަން ނުކެރޭ ދަރަޖައަށް ކަންކަން ހިނގައްޖެ ކަމަށް އެތެރެކޮއިލުން ލީކުވެގެން އަންނަ ޚަބަރުތައް ބުނެއެވެ. މިކަމެއް ދިމާވީ ވަރަށް ވަރުގަދަ ތަހުގީގަކަށްފަހު، މިގުރޫޕަށް ވާގިވެރިވާ ފަރާތްތަކުން ރައްޔިތުންގެ ފައިސާއަށް ވި 3000 ރުފިޔާގެ ޚިޔާނާތް ކަތީބުގެ ބޮލުގައި އަވަސްއަވަހަށް އެޅުވި އެޅުވުން މިބްލޮގުން ފަޅާއަރުވާލުމުންނެވެ.



އަދި މިކަމުގެ ސަބަބުން މިބައިގަނޑުގެ ފޮޑި އޮބްޒާވަރުގެ އަގު އިންތިހާއަށް ރައްޔިތުންގެ ކުރިމަތީގައި ވެއްޓިގެން ދިއުމަކީ އެސައިޓުގެ "ޖާންދޭނީ ޖަނާދަން" އަޙުމަދު މުޙައްމަދު ފަދަ ބުއްޅަހޮކުންނަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. މިކަމުގެ ސަބަބުން ވަގުބުއްދި އިބްރާހީމް ޚަލީލު އާއި އިންތިހާއަށް މައްސަލަޖެހި ފޮޑި އޮބުޒާވަރަށް މަޢުލޫމާތު ދިނުމުގެ ސަބަބުން ކޮއިލުތެރޭގައި ވަސްގަދަ ޒުވާބު ގަނޑެއްވެސް ހިނގިކަމަށް ވެއެވ. ވަގުބުއްދިއަކީ ކަތީބުކަމުގެ ދަހިވެތި ކަމުގައި އޮފީހުގެ ލިޔުމެއްކަމަށް ބުނާ ލިޔުމެއް ވަގަށް ނެގުމުގެ ފިކުރު ނެރުނު ބަޚީލެވެ. އޮފީހުގެ ލިޔުން ވަގަށްނެގި ފަރާތް ސެކިއުރިޓީ ސަބަބުތަކަށްޓަކައި އަދި އެންޓި އެފް އޯ އިން މިވަޤުތަށް ސިއްރުކޮށްލާނަމެވެ.


އަޙުމަދު މުޙައްމަދެއްކަމަކު ރުޅިއަންނާނެތާއެވެ. މިކަލޭގެއަކީ އެލިޔުން ތައްޔާރު ކުރަން އިންއިރު ގުއިލަވައިގަތުމުން ހިތަށް އަރާހާ އެއްޗެހި ހަންދާންނެތިދާނެތީ ބުރި ފިއްތައިގެން އިންނަން ހަދައިގެން ގޮނޑިމަށްޗަށް ރެވުނު އެދުރެވެ. ލިޔުނު އެއްޗެހި ދެކޮޅު ނުޖެހުމުން ރުޅިވެސް އަންނާނެތާއެވެ.


އެކަމަކު ވަގުބުއްދި ކަލޭވެސް ރަނގަޅުތާއެވެ. ކަލޭގެ އެންމެ ގާތްކަމު ހަދައިގެން ތިޔަ ގެންގުޅޭ ޑަރޯގާއިންނަށްވެސް ފަހުވަގުތުގައި ތިޔަ އޮޅުވާލީ ހާދަހާވާ މޮޅަށެވެ. އެސޮރުމެންނަށް އެހެން ހަދާކަށްވެސް ނުވާނެތާއެވެ. ކަލޯ ޕްރޮމޯޓް ކުރަން ރެޔާދުވާލު މަސައްކަތްކުރާއިރުވެސް، ކަލޭގެ ގައިގާ މަކަރާއި ހީލަތް ހެދުން ކަށީގައި ހިފާފައި ހުރުމުން އެހެން ހެދުނީ ދޯއެވެ.


އެންމެފަހުން ރައްޔިތުންގެ ކުރިމަތީގައި އިރުބާރުގެއްލި ގަތްލަދެއްގެ ބޮޑުކަމުން އެކަކު އަނެކަކާ ހިފާ ޝަހީދުވާން ޖެހުމުން އެއްކަލަ ފޮޑީ އޮބުޒާވަރުގަނޑުވެސް އަޕްޑޭޓް ކުރާނެ މީހަކު ނުވިއެވެ.


އަދިވެސް މާއެނގޭ ބަޔަކަށް ހެދިގެން ތަންތަނަށް ނޭނގޭހާލުވެސް އަނގަ ކޮފަން އެޅެއްޗެވެ. ނިއްމާލަމުން ތިބައިގަނޑަށް އެންޓި އެފް އޯގެ ސަލާމް. ހެހެހެ


Friday, February 1, 2008

ޚިޔާނާތްވެ، މަކަރާއި ޙީލަތްހަދާ މީހުން ފާފު އޮބްޒާވާގެ ޑަރޯގާ އިމާމުން (ފޮޑިން) ނަށް އެނގޭތަ؟


ކުއްލި ޚަބަރު


ފޮޑި ޓީމުގެ ފަތަފޮޅި އާއި ރކ ކޮމެޓީއަށް ޣައްދާރުވާ ބައެއް ކަންޖޫސް މެމްބަރުން ގުޅިގެން، ރކ ކޮމެޓީގެ ސިއްރުތަކާއި ލިޔުންތައް ބޭނުންކޮށްގެން، ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލުމުގެ ގޮތުން ރޭވި ރޭވުންގަނޑު އެންޓި އެފް އޯ އިން ބޭޒާރުކޮށް އަދި އެބައިގަނޑު ހީކުރި ގޮތާއި ޚިލާފަށް ބަރަހަނާކޮށް މިޝަން ޗޮކުން ދުއްވާލުމުން، މުޅިން ރާޑިވެފައިވާ ކަމަށް ދާދި ދެންމެއަކު އެންޓި އެފް އޯއަށް ޚަބަރު ލިބިއްޖެ އެވެ.


މިމައްސަލާގައި އެންމެން ރޭރުވެ ފޮޑިންތަކުގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ، ފަތަފޮޅިއަށް މަޢުލޫމާތު ފޯރުކޮށްދިން ރކ ކޮމެޓީގެ މެމްބަރުގެ ސަބަބުން ފަތަފޮޅީގެ އަގުވެސް ވެއްޓިފައިވާ ކަމަށް ބުނެ އެކަކު އަނެކަކުގެ ބޮލުގައި އަޅުވަމުން ދާކަމަށް އެނގިފައި ވެއެވެ. އަދި ފޮޑިންތަކުގެ މެދުގައި އަރާރުން ބޮޑުވުމުގެ ސަބަބުން ފަތަފޮޅިވެސް މިދުވަސްކޮޅުވަނީ ހުއްޓިފައިކަމަށް އެތެރެ ކޮއިލުން އެންޓި އެފް އޯ އަށް މަޢުލޫމާތު ލިބިފައި ވެއެވެ.


އަވަސް ޚަބަރު ނިއްމާލުމުގެ ކުރިން ރކ ކޮމެޓީގެ ސިއްރުތަކާއި ލިޔުންތައް ބޭރުކޮށް ފަތަފޮޅިއަށާއި އެހެނިހެން ފަރާތްތަކަށް ބޭރުކޮށްދޭ މެމްބަރުންނަކީ ކޮބައިކަނ ދާދި އަވަހަށް އެންޓީ އެފް އޯގެ ކިޔުންތެރިންނަށް ބުނެލަދޭނަމެވެ.



ޚިޔާނާތްވެ، މަކަރާއި ޙީލަތްހަދާ މީހުން ފާފު އޮބްޒާވާގެ ޑަރޯގާ އިމާމުން (ފޮޑިން) ނަށް އެނގޭތަ؟


އެންމެ ފަހުން މިހަޤީޤަތްވެސް އޮޅުން ފިލުވައިދޭން ޖެހުނީތާއެވެ. ފޮޑި ޓީމުގެ އަހުލުވެރިން މިވަރަށް ދުލުގައި ހިފާ ދަމަންޏާ ބޭޒާރުކޮށްލުން ނޫން އެހެން ގޮތެއް ނޯންނާނެތާއެވެ. ރައްޔިތުންގެ ފައިސާއިން ކަތީބު ޚިޔާނަތްތެރި ވެފައިވާ ލިޔުމާ ބެހޭގޮތުން ބުނެއަންގަމެވެ.


ބަނދަރު ކޮންނަން އައިސްތިބި މީހުންނަށް 3000 ރުފިޔާ ދިންކަން އެނގިއްޖެ ދޯއެވެ. މިތިބަ ފާސިދުންތަކާއެވެ. 3000 ރުފިޔާ އެއީ އެންމެ މީހަކަށް ދިނުމަށް ރކ ކޮމެޓީން ކަނޑައަޅާފައިވާ ޢަދަދެވެ. އިތުރު ހަތަރު މީހުންނަށް 5000 ރުފިޔާ ވެސް ދީފައިވާކަން ސާބިތު ހެއްކާއެކު ރކ ކޮމެޓީގެ ލިޔުންތަކުން ފެންނަން އެބަ ހުއްޓެވެ.


މިކަންތައްގަނޑު ހިނގާދިޔަ ގޮތް ރަނގަޅަށް ކިޔާދޭނަމެވެ. ކަނުލައި އަޑުއަހައިގެން ތިބޭށެވެ. ނަހަމަ ގޮތެއްގައި ރައްޔިތުންގެ ފައިސާ ބަނދަރު ކޮންނަ މީހުންނަށް ދިނުމަށް، ރަށްމެދު ހޮޓަލުގެ ކުޑަދޮށު ގްރޫޕުން ފާސްކޮށް ކަތީބު ގާތުގައި އެވާހަކަ ބުނުމުން، ރައްޔިތުންގެ ފައިސާ ތިޔަބުނާ ގޮތަށް ހޭދަ ނުކުރެވޭނެ ކަމަށް ބުނެ ކަތީބު ކުޑަދޮށު ގްރޫޕަށް ޖަވާބު ދިނެވެ. އޭގެ ފަހުން ކުޑަދޮށު ގްރޫޕަށް ކަންކަން ފަހިކޮށްދޭ ކުޑަ ކަތީބުގެ ޚުޝިޔާރުކަމާއެކު، ރކ ކޮމެޓީގެ ޖަލްސާއެއް އޮތް ރެޔަކު ކުއްލި މައްސަލައެއްގެ ގޮތުގައި، ބަނދަރު ކޮމެޓީގެ ފަރާތުންނޭ ކިޔާފައި، މިބައިގަނޑު އެމައްސަލަ ރކ ކޮމެޓީއަށް ހުށައެޅިއެވި. އަދި ކޮމެޓީގެ އަޣުލަބިއްޔަތުން ކުޑަދޮށު ގްރޫޕު އެދުނު ގޮތަށް އެމީހުންނަށް އެފައިސާ ދިނުމަށް ފާސްވިއެވެ.


ދެން ކަންތައް ވެގެން ދިޔަގޮތްވެސް ދެލޯ ބޮޑުކޮށްގެން ތިބެ ކިޔާށެވެ. އެމީހުން ބޭނުންވާ ގޮތަށް އެފައިސާ ހޭދަ ކުރުމަށް ފާސްވުމުން، ކަތީބަށް އެންގުމަކާނުލައި، އަދި މިކަމުގައި އަތޮޅު އޮފީހުގެ ބަހެއްވެސް ހޯދުމަކާ ނުލައި، ކުޑަކަތީބު އެބުނާ 3000 ރުފިޔާ ޝަރީފްއަށް ދޭން އުޅުނެވެ. މިހުރިހާ ކަމެއް ކުރުމުގައި އިސްވެ ހަރަކާތްތެރިވީ ކަލޭމެންގެ ފޮޑި ޓީމުގެ އަދި ރކ ކޮމެޓީގައި ދާދާ ހެދިގެން އުޅޭ އެސްޖެހި ރައްޒާޤު އެވެ. އެންޓި އެފް އޯ ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެފައިސާ ހޯދަން އުޅުނީ، މިފަހަރުގެ ޢީދު ކުޅިވަރުތަކަށް އެހެން ފަހަރުތަކާ ޚިލާފަށް ރަށު އޮފީހުން ރައްޔިތުންގެ ފައިސާތައް މިފަހަރު އެމީހުން ހިތުހުރި ގޮތަކަށް ހޭދަ ނުކުރުމުން ކަމަށް އެނގިފައި ވެއެވެ. ކަލޯ ރައްޒާޤާ މީދޮގެކޭ ބުނެ ނިކަށް އަނގަ ހުޅުވާލަ ބަލާށެވެ. ވާގޮތް އެނގިދާނެތާއެވެ.


ޝަރީފުއަށް ހަމަ ސާބަސްދޭ ވަރުވެއެވެ. ރކ ކޮމެޓީ އެގޮތަށް ނިއްމުމާއެކު ހަތަރު މީހަކަށް 5000 ރުފިޔާ ދީ އެފައިސާތައް އެހަތަރު މީހުންވަނީ ބޭނުންވެސް ކޮށްފައެވެ. އެކަމަކު ކުޑަކަތީބު 3000 ރުފިޔާ ޝަރީފަށް ދޭން އުޅުމުން، އެފައިސާތަކަކީ ރައްޔިތުންގެ ފައިސާ ކަމަށާއި އޭނާއަށް އެފައިސާ ޙައްޤުނޫން ކަމަށްބުނެ އެފައިސާއާ ހަވާލުވުމަށް އުޒުރުވެރި ވީއެވެ. އަދިވެސް އެއްފަހަރު ޝަރީފަށް ސާބަހެވެ. ކުޑަދަށުގައި ޝަރީފު ނުވިކަން ތިޔައީ ޝަރީފުގެ ސަލާމަތެވެ.


ކަލޯމެންގެ ފަތަފޮޅީގައި ޖަހާފައި އިން ޗިޓަށް ނިކަށް ރަނގަޅަށް ދެލޯތާފަނާ ފެންފޮދަކުން ފޮހުލާފައި ބޮޑުވާ ބިއްލޫރިގަނޑެއްވެސް އަޅައިގެން އިނދެ ކިޔާށެވެ. ފަތަފޮޅީގައި ލިޔެފައިވާ ގޮތަށް އެޗިޓަކީ ރކ ކޮމެޓީން އެފައިސާ ދިނުމަށް ނިއްމައިފާ ވުމުން، ރކ ކޮމެޓީގެ ފައިސާ ޚަރަދު ކުރާ ފޮތުގައި ލިޔެ ޗިޓް ނަމްބަރު ޖަހާފައިވާ ޞައްޙަ ލިޔުމެއްކަން ސާބިތުވޭ ދޯއެވެ. އެކަމަކީ ކަތީބަށް ނޭނގި އެސްޖެހި ރައްޒާގުގެ ރޭވުމުގެ މަތިން ޝަރީފުއަށް ފައިސާ ދިނުމުގެ ނަމުގައި ތައްޔާރުކޮށްފައިވާ ޗިޓެކެވެ. އަދި އެޗިޓުގައި "ސޮއި" މިހެން ޖަހާފައި އިންތަން އެބަ ފެނޭދޯއެވެ. އެއީ ކީއްކުރަންކަން ކަލޯމެންގެ ގަމާރުކަމާހުރެ ނޭނގުނު ދޯއެވެ. "ސޮއި" މިހެން ޖަހާފައި އިންތަނުގެ މަތީގައިވާ ޖުމްލައަށް ބަލާލުމުން އެއީ އެފައިސާ ލިބުނު ކަމަށް ޝަރީފު ސޮއިކުރަން އިންތަންކަން އެނގެއެވެ. އެކަމަކު އޭނާގެ ސޮޔެއް އެތާނގާއި ނެތް ދޯއެވެ. ދެބަންދިހާރަ ވެފައިތިބި ވަރުން އެވީގޮތެއްވެސް ނޭނގުނު ދޯއެވެ. ދޭހަވާ ވަރަށް ބުނެދޭނަމެވެ. އެއޮތީ ޝަރީފު އެފައިސާ ބަލައި ނުގެންފައެވެ. އެހެންވީމާ އޭނާގެ ސޮޔެއްވެސް ނޯންނާނެ ދޯއެވެ. ކަތީބަށް އެންގުމަކާނުލައި ޤަވައިދާ ޚިލާފަށް އެފައިސާ ޚަރަދު ކުރަން ނިއްމުމުން ޝަރީފު އެފައިސާއާ ޙަވާލުނުވެ ސޮއިވެސް ނުކުރީއެވެ. މިތިބަ ބީތާތަކާ މިހާރު އިނގިއްޖެ ހެއްޔެވެ. މިވަރުންވެސް ނޭނގެންޏާ އަލުން ގޮސް ޝަރީފް ކައިރީ އަހާ އޮޅުން ފޮލުވާށެވެ. ކަލޭމެންގެ ފަތަފޮޅީގައި އަމިއްލައަށް ކޮމެންޓްކޮށްފައި އެއީ ޝަރީފު ކުރި މެއިލެކޭ ކިޔާ ރއްޔިތުންނަށް އޮޅުވާލާ ވައިވެއްދޭނެ ކަމަށް ހީނުކުރާށެވެ. އެންމެންނަކީ ތިޔަ ހީކުރާކަހަލަ ގަމާރުންނެއް ނޫނެވެ. އަމިއްލައަށް ކޮމެންޓް ކޮށްފައި އެއީ ޝަރީފުކުރި މެއިލެކޭ ކިޔާ ތިޔަޖެހި ސަކަރާތްގަނޑުވެސް އެންޓި އެފް އޯ ރަނގަޅަށް ދެނަހުރީމެވެ.


ޝަރީފު އެފައިސާ ބަލައިނުގަނެ އަދި ޗިޓުގައި ސޮއިވެސް ނުކުރުމުން ކަތީބު ޚިޔާނާތްތެރިވީއޭ، ޗިޓުގައި ސޮޔެއް ނެތޭ ނަމެއް ނެތޭ، އެކަމަކީ ރކ ކޮމެޓީގެ މެމްބަރުންނާ ދެކޮޅަ ކަތީބު ކުރި ކަމެކޭ ބުނެ އަނގައަރުވަން ފެށީމާ ވަރަށް ތާހިރެވެ. އަމިއްލައަށް އޮރިޔާންވެ ބަރަހަނާ ވާއިރުވެސް ނޭނގޭތާއެވެ. އެކަމަކީ ރކ ކޮމެޓީގެ ބައެއް މެންބަރުން އިސްވެތިބެ ރކ ކޮމެޓީއެއްގެ ޖަލްސާއެއްގައި ކުއްލި މައްސަލައެއްގެ ގޮތުގައި ނަގައިގެން، ކޮމެޓީގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ކޮށްފައިވާ ކަމެއްކަން ރކ ކޮމެޓީގެ ޖަލްސާގެ ޔައުމިއްޔާއިން ރަނގަޅަށް ފެންނަން އެބަ އޮތެވެ. ކަތީބު ރކ ކޮމެޓިގެ މެމްބަރުންނާ ދެކޮޅަށް ކުރި ކަމެއްނަމަ އެޖަލްސާގެ އަޣުލަބިއްޔަތުން ފާސްވާންވީ ކީއްވެ ހެއްޔެވެ. އަދި އެޖަލްސާގެ ޔައުމިއްޔާގައި އެގޮތަށް އޮންނަންވީ ކީއްވެކަން އެންޓި އެފް އޯގެ ކިޔުންތެރިންނަށް އަލުން އިތުރު ތަޙުޤީޤެއް ކޮށްފައި އަންގާލަ ދީބަލާށެވެ.



އަޅޭ ކަންކަން ތަހުގީގު ކުރނީއޭ ކިޔާފައި މަރުކުއްތަން ހިފޭކަށް ނުކެރޭނެ ހެއްޔެވެ. މިހާ ކުދިކުދި ކަންކަންވެސް ނޭނގޭހާ ގަމާރީތާއެވެ. ނޫނީ ދޭހަ ވުމުގައި މައްސަލަ އުޅެނީތާއެވެ. ޓީޗަރުންގެ ގޮތުގައި އުޅޭ ތީގެތެރޭގެ ރޯނު އެދުރުން ފއތމ ގައި ނޫޅޭކަން ހަމަ ނަސީބެކެވެ. ނިލަންދޫ މުޅި މުސްތަޤުބަލް ޚަރާބު ކުރީހެވެ. އަދި ތީގައިތިބި އެހެން ޑަރޯގާއިންގެ ހާލަކީ ކޮބައިބާއެވެ. ޗީޗީޗީ....


ކަތީބަކީ ކަލޯމެން ފަދައިން ކުޑަދަށު ގުރޫޕުން އުފައްދާ ހިޔާނާތާއި މަކަރުވެރިކަމުގެ ދަލުގައި ނުޖެހޭނެ މީހަކަށްވާތީ ކުޑަކަތީބުގެ ސިކުނޑި ބޯލައިގެން ކަންކަން ކޮށްލާފައި ކަތީބު ބަދުނާމު ކޮށްލުމަކީ ތި ގުންޑާއިންގެ އަސާސްކަން ނޭނޭ ކުޑަކުއްޖަކުވެސް ނިލަންދޫއަކު ނެތެވެ.


އެންމެ ރަނގަޅެވެ. ބަނދަރުގެ ތޮށި ޖެހުމުގެ މަސައްކަތަށް ބޭނުންވާ ސިމެންތި ފިޔަވައި އެހެންތަކެތި ގަތުމަށް ކަލޭމެންގެ ރޫހާނީ ލީޑަރުގެ އެހީތެރިޔާ އެސްޖެހި ރައްޒާޤު އާއި ހަވާލުކުރި ފައިސާ ކޮބާތޯ ނިކަން އެގޮލާ ކުރެން އަހާލަން ކެރޭނެ ހެއްޔެވެ. ނިކަން ރީތި ނަލަނަލަ ލަވައެއް އޭރުންވެސް އިވޭނެއެވެ. ރައްޔިތުންގެ މަސައްކަތް ކުރުމަށް އެސްޖެހި ރައްޒާޤާއި ފައިސާ ހަވާލުކުރަނީ ރައްޔިތުންނަށް ޚަރަދު ކުޑަކުރަން މާލެއިން ތަކެތި ގަތުމަށެވެ. އެކަމަކު އެފައިސާއިން އެސްޖެހި ސްޓޯރަށް އެތަނުގައި ވިއްކަންނެތް ގޯންޏާއި ދަގަނޑާއި ދަނގަޑު ހޮޅި ކަހަލަ ތަކެތި ގެނެސް ދެގުނަ ފައިދާ ލައިގެން އެތަކެތި ވިއްކީ ރައްޔިތުންގެ މަސައްކަތަށް ރައްޔިތުންނަށެވެ. ގެނައި ގިނަތަކެތި ހުރީ ހަލާކު ވެފައެވެ. ބާކީ ފައިސާއިން އަމިއްލަ ވިޔަފާރި މުދާ ގަނެގެން ރައްޔިތުންގެ ފައިސާއިން ހިންގީ އަމިއްލަ ވިޔަފާރިއެވެ. އަދި އެތާގައި ނެތްތަކެތި އެހެން ފިހާރަތަކުން ޖެހުނީ އެންމެ ފަހުވަގުތު ގަންނާށެވެ. ކަލޯމެންގެ ބަހުންނަމަ މިގޮތަށް ރައްޔިތުންގެ ފައިސާ ބަޑުއަޅާ ބައިގަނޑު (ވަގުބުއްދި ފަދަ) އެއީ އިޚުލާލާލާލާސްތެރިންނެވެ. (ލ އަށް ފިސާރި ދަމާލާފައި). ކޮންމެއަކަސް އެއްކަލަ ދެލައްކަ ރުފިޔާއަށް ގެނައި ތަކެތީގެ ތަފްސީލް އަދިވެސް އޮފީހަށް ނުދީ އެހުންނަނީ ތިއާލާތުން ފަދައިން ނޫރުލް އަމީނަށް ވީމަދޯއެވެ.


ބުނަން ހެއްޔެވެ. ކަތީބު ދުވަހަކުވެސް މިކަންކަމަށް މަރުޙަބާއެއް ނުކިޔާކަން ކަލޯންނަށްވެސް އެނގޭނެއެވެ. މިކަންކަން ބަލައި ކަލޯމެން ފިސާރި ރާޑި ކޮށްލާނެތީ މިހާރުވެސް ތުރުތުރު އަޅަން ފަށާފި ދޯއެވެ. މިއީ އަދި ކަލޯމެންގެ ކުޑަދަށު ގްރޫޕުގެ ޚިޔާނާތުގެ ކުޑަ މިންވަރެކެވެ. ތިބައިގަނޑު ރާޑިވެ ދެމިޔަ ކަނުން ލޮނދިގަނޑެއް ދެމޭހެން ސޮނިފައިބާވަރަށް އަމާނާތްތެރިންނާއި ޚިޔާނާތްތެރިން ވަކިކޮށްދޭނަމެވެ.


ވީނުވީގޮތެއް ނޭނގިގެން ތިޔައުޅޭ 3000 ރުފިޔާއަށް ވީގޮތް މީހާރު އިނގިއްޖެ ދޯއެވެ. އެފައިސާ ކާންއުޅުނީ ކޮން ބައެއްކަމާއި ކިހިނެތްކަން އެނގިއްޖެ ދޯއެވެ. އަދި ނިލަންދޫ ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ ހަރާންކޯރުވަނީ ކޮންބައެއްކަން އިނގިއްޖެ ދޯއެވެ. ދެން ކުޑަވާ އިނގިލީގައި ދަތް އަޅާގެން ލަލަލާ ކިޔާލަ ކިޔާލާ ތިބޭށެވެ.