Saturday, April 12, 2008

ބައެއް އިސްވެރިންގެ ޙިމާޔަތުގައި ފަތަފޮޅިއާއި ދަންވަރު ނޫސްތައް އާސްމާނުގައި

ނިލަންދޫ ރަށުތެރެއަށް މިހާރަކަށްއައިސް އަތޮޅު އޮފީހާއި ރަށުގެ ބައެއް އިސްވެރިން އަދިވެސް ބައެއް މީހުން ބަދުނާމުކޮށް އަޅަމުންދާ ލިޔުންތަކާއި ނޫސްތަކަކީ ސީދާ ރަށުގެ ބައެއް އިސްވެރިން އަޑީގައި ތިބެގެން ބަޔަކު ލައްވާ ކުރަމުންގެންދާ ކަމެއްކަމަށް އެންޓި އެފް އޯ ހޯދިހޯދުންތަކުން އެނގިއްޖެއެވެ. އެންޓި އެފް އޯއަށް މިމުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދީފައިވަނީ ރަށު އޮފީހާއި އަތޮޅު އޮފީހުގެ ބައެއް މުވައްޒަފުންނެވެ. އަދި މީގެ އިތުރުން މިކަމުގެ ޙަޤީޤަތް ދަންނަ ބައެއް ފަރާތްތަކުންނެވެ.


"މިހާރު މިހިނގާ ކަންތައްގަނޑުގެ އަޑީގައިހުރީ ކަތީބު އިސމާޢިލް ޢަބްދުﷲ. އިސްމާޢީލް ޢަބްދުﷲއަކީ ޖަލީލުގެ އެހީތެރިކަމާއެކު މިހިސާބަށް އައިސްހުރި މީހެއް ނަމަވެސް އެއީ ޖަލީލުއާ ވަރަށް ދެކޮޅު މީހެއް. އިސްމާޢިލް ޢަބްދުﷲވެސް ބޭނުމެއްނުވޭ މިހާރު ޖަލީލު ހުންނާކަށް. އިސްމާޢީލް ޢަބްދުﷲވަނީ ރަށު އޮފީހާއި ސަރުކާރުގެ ވަރަށް މުހިއްމު ސިއްރު މަޢުލޫމާތުތައްވެސް އެބަޔަކަށް ފޯރުކޮށްދީފައި. އެންމެ ލިޔުމެއްނޫން. ރަށު އޮފީހުގެ މުވައްޒަފަކު އޭނާގެ ލޮލަށް މިމަންޒަރު ފެނުނުކަމަށްބުނެ ޔަގީންކަމާއެކު އެންޓި އެފް އޯއަށް ކިޔާދިނެވެ.


"މިކަމުގައި އަދި ވަރަށް އިސްރޯލެއް ކުޅޭ ބައެއް އެހެން މީހުންވެސް އޮފީހުގައި އެބައުޅޭ. އެމީހުން އެފަދަ ލިޔުންތައް ލިޔެގެން ގެނައުމުން ރަށު އޮފީހުން އެމީހުން ބޭނުންވަރަކަށް ޕްރިންޓްކޮށްދީ ފޮޓޯކޮޕީ ހައްދާ ދީފައި. އޭއީ އެމީހުންގެ މައިގަނޑު މަސައްކަތަކީ. އަދި މިމީހުންނަކީވެސް އެމީހުންނާއި ގާތްގުޅުމެއް ބާއްވާ ބައެއްކަމުން އޮފީހުން ބޭރުކޮށްގެންނުވާނެ ބައެއް މުހިއްމު މަޢުލޫމާތުތަކާއި އޮފީސްތެރޭގައި ކަންތައްތައް ހިނގާނުހިނގާގޮތް އެމީހުންނަށް ފޯރުކޮށްދީފައި" ކަތީބަށް މިކަމާ ދެކޮޅުހަދަން ނުކެރޭނެއޭ ބުނަމުން ބުންޏެވެ.


އެންޓި އެފް އޯ ހޯދި ހޯދުންތަކުން ރަށު އޮފީހުގެ ބައެއް މުވައްޒަފުންނާއި އަތޮޅު އޮފީހުގައި މަސައްކަތްކުރިބައެއް މުވައްޒަފުންވެސް ޖަލީލުއާ ދެކޮޅަށް ފޮޅިތައް ނެރެފައިވެއެވެ. އިބްރާހީމް ފަރީދު ރަށު އޮފީހުގައި މަސައްކަތްކުރި ދުވަސްވަރު ޖަލީލުއާ ދެކޮޅަށް ލިޔުންތައްލިޔެ ރަށު ތެރެއަށް އަޅާފައިވެއެވެ. އަދި ކުރީގެ ކުޑަކަތީބު އަޙައްމަދު ވަކިކުރަން އުޅޭކަމުގެ ސިގްނަލް ލިބުމާއެކު އަތުންލިޔެ ޝާއިއުކޮށް ޖަލީލުއާ ބައެއް ވެރިންނާ ދެކޮޅަށް ލިޔުންއަޅާފައި ވެއެވެ. މީގެ އިތުރުން އިސްމާޢީލް ޢަބްދުﷲގެ ކުޑަކަތީބު ކަމުގައި އެސްޖެހި ރައްޒާޤުއާއި ގުޅިގެން ހިންގާފައިވާ ވަރަށްބޮޑު ކޮރަޕްޝަނާއި ޚިޔާނާތާއިބެހޭ މަޢުލޫމާތުތަކެއް ރަށުއޮފީހުގެ މުވައްޒަފެއްގެ އަތުގައި އެބަހުރިކަމަށް ބުނެފައިވެއެވެ. އަދި އެކަން އެންޓި އެފް އޯއަށް ތަންކޮޅެއްފަހުން ތަފްޞީލުކޮށްދޭނެކަމަށް ބުނެފައިވެއެވެ. އެމަޢުލޫމާތުވެސް ލިބޭތޯ އެންޓި އެފް އޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް މިވަގުތަށް އެމުވައްޒަފު ދެކޮޅު ހެދުމުން ކިޔުންތެރިންނަށް ގެނެސްދެވޭގޮތް ނުވީއެވެ. އެކަމަކު ލިބޭހާ އަވަހަކަށް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ ވާހަކަ ބުނަމެވެ.


އަތޮޅު އޮފީހުން މިކަމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ ތަފާތު ބަންދުތަކާއި ދިމާކޮށް ރަށަށް ނޫސްތައް އެޅުމުގައި މަޝްހޫރުކަން ހޯދާފައިވާ ބިއްދޮށުގޭ މޫސާ އަޙުމަދުގެ ކޮއްކޮ އަދި މިހާރު ރަށު ކޯޓްގެ ވަޒީފާއަށް ބަދަލު ވެފައިވާ ޙަބީބާ އަޙުމަދުއެވެ. ޙަބީބާވަނީ ޖަލީލުއާ ބެހޭގޮތުން ތަފާތުލިޔުންތައް ލިޔެ ރަށަށް އަޅާފައިވާކަމަށް އަތޮޅު އޮފީހުން ހަބީބާގެ އެމަސައްކަތުގައި ކޮންމެވެސ ސިފައެއްގައި އޭރު ބައިވެރިވިކަމަށްބުނާ މުވައްޒަފަކު ކިޔާދީފައެވެ. ޙަބީބާ ރުޅިއަންނަ ކަމުގައިވަނީ ޖަލީލު ރައުނާއާއި ކުޑަހައްވައާ މަސައްކަތުގެ މާޙައުލުގައި މާގާތް ގުޅުމެއް ބަހައްޓާތީއެވެ. އަދި ފޮޅިތައް ނެރެ ފަހުން ވަޒީފާވެސް ބަދަލުކުރީ އެކަމާ ޙަސަދަލައިގެން ކަމަށް އޭނާ ބުންޏެވެ.


ޙަބީބާގެ އިތުރުން ހަބީބާއާއިއެކު ކޯޓްގައި މަސައްކަތްކުރާ އެހެން ފިރިހެން މިވައްޒަފަކުވެސް ވެރިންނާއި ބެހޭގޮތުން ފާޑުފާޑުގެ ލިޔުން އަޅާކަމަށާއި އެމުވައްޒަފަކީ ޢާއްމުކޮށް ރަށުތެރެއަށް ލިޔުންތައްއަޅާ ފަރާތްތަކާއި ގާތްގުޅުމެއް އޮންނަ މީހެއްކަން އިތުބާރުހުރި ފަރާތަކުން ޔަޤީންކޮށްދިނެވެ. ނަމަވެސް އެފަރާތުގެ ނަން ހާމަކުރުމަށް އިންކާރުކޮށްފައިވާތީ އެއީ ކޯޓްގެ ކޮން މުވައްޒަފެއްކަން އެންޓި އެފް އޯއަށް ޔަޤީންވެފައިނުވެއެވެ.


ޗުއްޓީގައި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ޢާއްމުކޮށް ލިޔުންއަޅާކަމަށް މަޝްހުރުވެފައިވަނީ ވިލުދޮޅި މަޖީދު، އަޙުމަދު މުޙައްމަދު، މޫސަ، ޢަލީމު، މިގްރޫޕެވެ. މީގެއިތުރުން މިގްރޫޕްގެ ބައެއް މީހުން މިކަމުގައި ބައިވެރިވެއެވެ. މިއީ ޙަޤީޤަތުގައި ނިލަންދޫއަށް ދަންވަރު ނޫސްތަކާއި ފާރުގައި ހިއްޕާ ޕޯސްޓަރުތައް ޢާއްމުކުރި ފަރާތްތައްކަން ގިނަބަޔަކު ފާހަގަކުރެއެވެ. އިސްލާޙުކުރުމުގެ ނަމުގައި މިމީހުންވަނީ ނިލަންދޫ ގިނަބައެއްގެ ޢަބުރާއި ޢިއްޒަތަށް ހުތުރުވާ ޒާތަށް ހަޑިހުތުރު ބަހުރުވައިން ބަސްތައް ފޮޅިތަކުގައި އަދި ލިޔުންތަކުގައި ރައްދުކޮށްފައެވެ. އަދި އެހެންމީހުންނަށް މިފަދަ ޢަމަލުތައް ކުރުމަށް ހިއްވަރުދީފައެވެ. މިކަމުގައި ރައްޔިތުންގެ ރުހުން ލިބި ގިނަބަޔަކު ގަދަރުކުރާ ބައެއް މީހުންވެސް މިމީހުންގެ މިޢަމަލުތަކުގެ އަޑީގައި ތިބޭކަމަށް އެންޓި އެފް އޯއަށް އެނގިފައިވެއެވެ. މީގެ އިތުރުން ރަށުގައިތބޭ ހަލީމުމެންފަދަ ބައެއްކުދިން މާލޭގައި ދިރިއުޅޭ ކުދިން ޗުއްޓީގައި ރަށަށްދާ ދުވަސްވަރާ ދިމާކޮށް އެކުދިންގެ ބޮލުގައި އެއިލްޒާމު އެޅުވުމުގެ ގޮތުންވެސް ނޫސްތައްނެރެފައިވެއެވެ.


އެފްއޯ ހިންގާ ފަރާތްތައް މީގައި ޝާމިލުވާކަން މިއޮތީ ސާބިތުވެފައެވެ. މަސްލަހަތޭކިޔާ އަނގަ ހުޅުވާއިރު ހާލުހުރިގޮތް މިއޮތީ ފެންނާށެވެ. ކިތަންމެ ވަރަކަށް ތިހެން އުޅެ ވީދުނަސް ޖަލީލުގެ ނަން ދުވަހެއް ދުވަހަކަށް ދާނީ މުޅި ފ.އަތޮޅުގައިވެސް ވިދަމުންނެވެ. އަސަރެއް ކޮއްލަ ކޮއްލާ ތިބުންނޫންގޮތެއް ތިބައިގަނޑަކަށް ނެތެވެ.


ނޯޓް: ރަށުތެރެއަށް ފާޑުފާޑުގެ ލިޔުންއަޅާ މީހުންނާއި ބެހޭގޮތުން އެންޓި އެފް އޯ އަށް މަޢުލޫމާތު ދެއްވި ބޭފުޅުންގެ ނަންތައް އެބޭފުޅުންގެ ރައްކާތެރިކަމަށްޓަކައި ސިއްރުކުރީމެވެ.

17 comments:

Anonymous said...

މީސީދާ ޖަލީލު ކިޔައިދީގެން ލިޔެފައިވާ ލިޔުމެއް. އިސްމައިލު އަބުދުﷲ އަކީ ޖަލީލު ބުނިއްޔާ ބުނިގޮތެއް ހަދާމީހެއް.ރޭގަނދަށް މީ ދުވާލޭ ޖަލީލުބުނެފިނަމަ އެކަންވެސް ޤަބޫލު ކުރާ މީހެއް. ވީއިރު އިސްމައިލު އަބުދުﷲ ޖަލީލުއާއި ބެހޭގޮތުން އެފަދަކަމެއް ކޮށްފާނެކަމަށް ޤަބޫލެއް ނުކުރަން

މިޚަބަރުން މިހާރު ވިސްނެނީ ޖަލީލު އާއިލާގެ މީހަކު ރަށުގެ ވެރިކަމުގައި ނެތީމާ އިސްމައިލު އަބުދުﷲ ބޭރުކޮށްފައި އެފަދަ މީހަކު ވެރިކަމަށް ގެންނަން ޖަލީލު ވިސްނާކަން. ކޮންމެވެސް ބަހަނާއެއް ދައްކާފަތާ ވަޒީފާއިން ވަކިކުރެވޭނީ

ލިޔުމުގައި ބުނާގޮތުން އިސްމައިލު އަބުދުﷲ އެކަން ކުރާކަން ސާބިތުވޭ. ކީއްވެ މައްސަލަ ނުބެލެންވީ. ސަރުކާރުގެ ރަސްމީ ސިއްރެއް ބޭރުކޮށްފިނަމަ ޤާނޫނީ ފިޔަވަޅު އެމީހަކާއިދޭތެރޭ އެޅެންޖެހޭނެ. މިކަންނުކުރާނަމަ އެއިން ދޭހަވަނީ ލިޔުމުގައި އެވަނީ ބުހުތާން ދޮގުކަން

ޙަޤީޤަގުގައި މިލިޔުމަކީ މޫސާއަހުމަދު ވެރިކަމުން ދުރުކުރީމާ މީހާ ބުއްދިގޯސްވެ އަތުން ފައިން ކޮސްހެދި އެއްގަލި ރައްޒާގާއި، ފައިޒާގެ ނައީމު އާއި ދެމީހުންގެ ވާގީގައި ނިލަންދޫގެ ވެރިން ބަދުނާމުކުރަން ހަޑިހުތުރު އެއްޗިހި ލިޔެ ކުޑަކުދިންގެ އަތަށްދީގެން ބަހާ ފާރުގައި ތަތްކޮށް މަގުމައްޗަށް އަޅާ މިކަން ކޮށްފައި ވާތީ އެކަން ސިއްރުކޮށް މިކަން އެކަމާ ނުވެސް ބެހޭ ބައެއގެ ބޮލުގައި އެޅުވުން. މޫސާއަހުމަދު މިކަންކުރިކަން ނިލަންދޫގެ މުޅިރައްޔިތުންނަށް އެގޭ. މޫސާ އަހުމަދު މިކަންކުރީ ސިއްރަކުންނޫން. ފާޅުގައި. ބުނަން ތިހެން ލިޔާހައިއެއްޗެއް މީހަކު ޤަބޫލެއް ނުކުރާނެ

ފ. އަތޮޅުގެ ރައްޔިތުންގެ ކުރިމަތީގައި ޖަލީލުގެ އަގު އެއްދުވަހުން އަނެއްދުވަހަށް އަރައިގެން ދާވާހަކަ ބުނެފައިވާއިރު އެކަން ފ. އަތޮޅުގެ ރަށަކަށް އަރާލީމާ އެނގޭ. އަތޮޅުގެ މީހަކާ ބައްދަލުވީމާ އެނގޭ. މުޅިނިލަންދޫގައިވެސް ޖަލީލުގެ ތައްޕާހުން ކައިގެން މީހަކު ފިޔަވައި ޖަލީލަށް ތާއީދުކުރާ މީހަކުނެތް. ކުރިން ޖަލީލަށް ކުރި ޤަދަރެއް، ކުރި އިޙުތިރާމެއް މިހާރަކު އެއްވެސް މީހަކު ނުކުރޭ. ވީމާ، ޖަލީލު ޕްރޮމޯޓްކުރަން ތިކުރާމަސައްކަތަކީ ބޭކާރު މަސައްކަތެއް. އެއީ މިހާރު އަތޮޅާއި ނިލަންދޫގެ ރައްޔިތުންގެ ކުރިމަތީގައި އެއްވެސް އަގެއްހުރި މީހެއްނޫން

Anonymous said...

އިސްމާޢީލް ޢަބުދުﷲ އަކީ ބޭރުފުށުން ޖަލީލު ބުނިއްޔާއި ބުނިހައިގޮތެއް ހަދާ މީހެއް. އެކަމަކު ދެން ގޮސް އެސްޖެހި ރައްޒާގުއާއިއެކު ކުޑަދަށު ގުރޫޕުގައި މަޝްވަރާތައް ބާއްވާނީ އެކަންކަން ފޫދުއްވާލާނެ ގޮތަކާއިދޭތެރޭ. ކާކުތަ މިކަން ނުދަންނަނީ. އަސްދު އިސްމާޢީލުއަކީ އެޅިހައިބަތަކަށް ރިހަ ވައްތަރުގެ ހަރުދަނާކަން ކުޑަ ލީޑަރެއް. އެސްޖެހިރައްޒާގު ފަދަ ނުފޫޒު ފޯރުވަން މަސައްކަތްކުރާ މީހުންގެ ނުފޫޒުގައި ވަރަށް ބޮޑަށް ޖެހިފައިވާ މީހެއް. އަދި ރެކެވޭކަށްވެސް ނެތް ރައްޒާގުއާއި ބައިވެގެން ރައްޔިތުންގެ ފައިސާ ބޭނުން ކުރެވިފައިހުރި ވަރުން.

ދެން މޫސާ އަޙްމަދޭ ކިޔާ ވާހަކަ ދައްކާއިރު، މޫސާ އަޙްމަދު އެކަން ކުރީ ފާޅުގައި. ކަލޭމެން ކުރާހެން ސިއްރުގައި ބޮޑުފޮށީ އަޑިޔަށްއެރި ފިލައިގެނެއްނޫން. އެކަމަކުވެސް ތިޔަތިބީ އެކަންވެސް ފަޅާއަރާ އެންމެ ފެންމަތީގާ މިހާރު. ވަރަށް ރަނޑު ގޮތަކަށް ކަލޭމެންގެ ޢަމަލުތައް ތިހުންނަނީ.

ބުނަން ޖަލީލުއަށް ތާއީދު ނުކުރާ ބަޔަކު ނޫޅެޔޭ ބުނުމަކީ ދޮގެއް. އެއިގެ މިސާލެއ އެފްއޯ ބައިގަނޑަކީވެސް. އެކަމަކު އަދިވެސް ޖަލީލުއަށް ތާއީދުކުރާ މީހުން ގިނަކަން އެއީ ތެދުވެސް މެ. އެހެންވީމާ ތިކިޔޭ އެއްޗެއް ކޮއިފުޅާ ދެކޮޅުޖެހޭތަ؟

ދެން ޖަލީލުގެ އާއިލާގެ މީހަކު ވެރިކަމަށް ގެންނަން ބޭނުންވިނަމަ ކީއްކުރަން އިސްމާޢީލު ޢަބުދުﷲ ކަތީބުކަމު ގެންނަންވީ. ޖަލީލުގެ ޢާއިލާގައި އިސްމާޢީލު ޢަބުދުﷲ އަށްވުރެ ފެންވަރުގެ ގޮތުންނާއި ތަޖުރިބާގެ ގޮތުން ފުންނާބު އުސްމީހުން ނެތީބާ؟ ކުޑަކުދިން ދައްކާކަހަލަ ވާހަކަ ތިކަހަލަ ބޮޑެތި ފިރިހެނުން ދެއްކީމާ މީސްމީހުން ވަރަށް މަލާމާތްކުރާނެ އިނގޭ. ހިހިހިހިހިހިހި

Anonymous said...

މިފަހަރު އެންޓިއެފްއޯ ގަ ލިޔެފައި ތިޔައޮތީ ސައްތައިންސައްތަ ތެދުކަން މަ ޤަބޫލްކުރަން. އެކަމަކު ތިޔަ ލިސްޓަށް ޙަމީދޮންބެގެ އައިސްތު ، މީދޫ އަހައްމަދު ، ތަރިވިދާ އަޙްމަދު ޚަލީލުގެ ނަން ގެނައިނަމަ ވަރަށް ފުރިހަމަވީސް. އެމީހުން ގަނެލާގަނޑު ތިޔަމީހުންނަށް ކިޔާދީފިއްޔާމު ކަލޭމެން ކޮސްވާނެ. ރަށުއޮފީހުގެ ކިތަންމެ ސިއްރެއް އަހަރެމެންނަށް ދައްކާ ބުނެފައެބަހުރި އިސްމާޢީލް ޢަބްދުﷲ އާއި އޭނާގެ އަނބި އައިސްތު. މަގޭ އަތުގަމިހާރުވެސް އެބަހުރި. އިސްމާޢީލް ޢަބްދުﷲ އަކީ ޖަލީލު ބޮލަށްއެރިގެން ބުނިހާ ކަމެއްކޮށްގެން ވެރިކަމުގައި ހުންނަން ބޭނުންވާ މީހެއް. އެކަމަކުވެސް މުޅިންޖަލީލަށް ދޭނީ ލަނޑު. ބޭރުފުށުން ޖަލީލު ނަމަވެސް އެތެރެ އެސްޖެހިއަށް ދީގެންއުޅޭނީ. ނުވިތާކަށް ޚަލީލުސޯވެސް ބުނިހާގޮތެއް އިސްމާޢީލް ޢަބްދުﷲ ހަދާނެ. ޖަލީލުއަކަށް ނޭނގޭނެ ވާނުވާއެއް.

Anonymous said...

ޖަލީލުގެ ޙަޤީޤަތް އެންމެ ރަނގަޅަށް އެނގޭނީ އަތޮޅު އޮފީހާއި ރަށު އޮފީހުގެ މުއައްޒަފުންނަށް. އެމިހުން ޖަލީލުދެކެ ހިތްހަމަ ނުޖެހޭނީ ގައިމު ކަމެއްވެގެންތާ؟ އެފަދަ ވާހަކަތައް ދައްކާ ލިޔުން ލިޔެ ހަދާނީ ޙަޤީޤަތްތަކެއް އެނގޭތީތާ؟

ނިލަންދޫގެ އެއްކޮޅުން ފެށިގެން މީހުންގާތު އަހަމުން ދޭބަލަ ޖަލީލަށް ތާއީދު ކުރަންތޯ؟ ޤަދަރު ކުރަންތޯ؟ އިޙުތިރާމު ކުރަންތޯ؟ ރަށުގެ ތިންބައިކޮށްފައި އެއްބައިމީހުންގެ ތާއީދު ޖަލީލަށް އޮތަސް މުޅި އުމުރުގައި ފ.އަތޮޅުގެ ވެރިކަމުގައި ޖަލީލު ބެހެއްތުމަށް ތާއީދު ކުރާނަން. އެކަމަކު އެނގޭ އެއްޗަކީ މުޅި ނިލަންދޫގައިވެސް ޖަލީލުގެ ބަތައި ކައިގެން އުޅޭ މަދު މީސްކޮޅެއް ނޫނީ ޖަލީލަށް ތާއީދުކުރާ މީހަކު ނެތްކަން. ޖަލީލަށް ތާއީދު އެބައޮތޭ ކިޔައިގެން ކިތައްމެ ވާހަކައެއް ދެއްކިޔަސް ހަޤީޤަތް ވާނީ ޙަޤީޤަތަށް

ދެން ހަބީބާ އަހުމަދުގެ ވާހަކަ ދެއްކީ. ހަބީބާ އާ މެދު މައްސަލަ ޖެހެންފެށީ ޖަލީލު ބުނާހާ ގޮތަކަށް ހަބީބާ ކަންތައްތައް ނުކުރާތީ. ކުޑަހައްވައާއި ރައުނާއަކީ ޖަލީލު ކުޅެ މޮޑެން ގެންގުޅޭ ބުދެއްކަހަލަ ދެމީހުން ވިއްޔާ. އެ ގޮތަށް ހަބީބާ ނޫޅޭތީ ހަބީބާ އަތޮޅުއޮފީހުން ބޭރުކުރުމުގެ މަސައްކަތް ފެށީ. ޝާހިދާ ހަމީދަށްވެސް ދިމާވީ މިމައްސަލަ. ވިސްނާލާ ރައުނާ މީހަކައި ނުއިދެ މުޅި ޙަޔާތް އެ ބޭކާރުކޮށްލަނީ ޖަލީލަށް ހޭހަން ކޮށް ދިނުމުގައި. ކުޑަ ހައްވަވެސް ނަމުގައި މީހަކައި އިނދެގެން. ހުރިހާ އުފަލަކާއި ހިތް ހަމަޖެހުމެއް ޖަލީލަށް. ވީމާ، ޖަލީލު ކުޑަތާ މަލާއިކަތަކަށް ހަދައިގެން ޖަލިލުވަރުގެ މީހަކު ނެތްކަމަށް ހަދައިގެން ޖަލީލު ޕްރޮމޯތް ކުރަން ކިތައްމެ ވަރަކަށް މަސައްކަތް ކުރިޔަސް ޙަޤީޤަތްމައްޗަށް ފަސްއަޅާ ފޮރުވައެއް ނުލެވޭނެ

Anonymous said...

ތިޔަކަހަލަ ދޮގުވާހަކަ ދައްކާމީހުން އުޅޭނެކަން އެންމެންވެސް ދަނޭ. އެކަމަކު ކާކު ތިކަންތައް ގަބޫލުކުރަނީ. ރަނގަޅަކަށްވިއްޔާ ރައުނާއާއި ކުޑަހައްވަގެ ފަރާތުން ކަންފުޅެއްގެ ވަރުވެސް ނުވެގެން މިހާރު ތިޔަބަޑި ބައިލަންފެށީ އެމީހުންނަށް. ތިޔަކަލަ އެދުން ބޮޑު ބައެއް އެއުޅެނީ އެފްއޯ ހަދައިގެންވެސް. ރަށުތެރެއަށް ލިޔުންތައް ލިޔެ އަޅަމުން އެގެންދަނީވެސް. ބަހަނާއެއް ދެއްކުމަށް ކޮންމެވެސް އެއްޗެއް ކިޔަންވާނެތާ؟ ދެއް އަވަހަށް ލައްކައެއް ހީވޭހޭ ކިޔާ މެސެޖެއް މިތާގައި ލިޔެލައިގެން ހިތްހަމަ ޖައްސާލާ އިނގޭ.

Anonymous said...

ހާމައަށް ފެންނަން ހުންނަ ކަންތައްތަކަކީވެސް ހުސްދޮގު. ތިޔަކަހަލަ އަމިއްލަ އެދުންބޮޑު ދުނިޔެއަށް ދަހިވެތި މީހުންނަށް ޙަޤީޤަތަކީ ވަރަށް ހިތި އެއްޗެއް. އެކަން އެންމެންވެސް ދަނޭ. ނޭގެނީ ހަމައެކަނި ތިމީހުންނަށް

ޚަލީލު ވަޒީފާއިން ވަކިކުރި ޙަޤީޤީ ސަބަބަކީ ޖަލީލު އާއި ހަސީބާ އަތޮޅުއިސްޓޯރު ގުދަނުގައި " ލޮލީބޯން " ތިބިވާހަކަ އޮޅިގެން ދެއްކިގެން. ރޭގަނޑު ދަނވަރު އެކެއްގެ ފަހުން ހަސީބާ ކޮޓަރީ ހަސީބާގާތު ޖަލީލު އޮތްވާހަކަ މުޙައްމަދު ރަމީޒު ބޯމަތީގާ އަތްއަޅާ ގޮވަމުންދާއިރުވެސް އެއީ ދޮގު. ކުޑަހައްވަގެ ކުޅިގަނޑު ފަޅާއަރައިގެން ރަޝީދާ ހޭނެތި ހޮސްޕިޓަލުގައި އެޑުމިޓް ކުރިކަން ރަށުގެ އެންމެންދަނޭ. އެކަމަކު އެއީވެސް ހުސްދޮގު. ރައުނާ ޖަލީލަށް ކޮށްފައިވާ ލޯބީގެ މެސެޖު އެޓޮލްސްގެ ވެރިނަގެ ފޯނުތަކުގައި މިހާރުވެސް ޕާސްކުރެވެމުންދަނީ. އެއީވެސް ހުސްދޮގު. ތިމީހުނަށް ތިމިހުންގެ މަސްލަހަތާ ނުގުޅޭ ކޮންމެ ކަމަކީ ހުސްދޮގު. ތިމީހުންނަށް ޙަޤީޤަތް ޤަބުލުކުރަން ވަރަށް ދަތިވާނެ

Anonymous said...

ފާއިޒާގެ ނަޢީމަކީ ރަށުގައި ވަރަށް ނުފޫޒުގަދަ މީހެއްދޯ؟ މީހަކުބުނާ ބަހެއްނާހާނެ؟ އޭނާ ހިތުހުރިގޮތަކަށް ދޯ ކަންކަން ކުރަނީވެސް. ނަޢިމަކީ މަދެކޭގޮތުގައި ވަރަށް ގަދަ މީހެއް.

Anonymous said...

ކުޑަ ހައްވައާއި ރައުނާ ގާތަށް ކަންފުޅެއްހޯދަން ދާނީ އިނެގެން އުޅޭ މީހާ ހުތުރުވެފައި ކަންނެއްނަމައެއްނުން. މުރާލި ގެވެހި އަނތްބަކު ލިބިފައި އިންދައި އެފަދަ ކޫޑިންގާތަށް ދާނެތަ؟ ތިހީކުރަނީ އެންމެންނަކީ ޖަލީލުކަމަށްދޯ؟ ހަނދާން ކުރާތި އެންމެންނަކީ ޖަލީލުކަހަލަ ގިތެލުންނެއް ނޫން. ތިމާގެ ހަލާލު އަނބިމީހާ އިންދައި ހިލޭ އަންހެނުން ގޮވައިގެން އެގޮތަށް ވަގަށް އޮފީހުގެ ތެރޭގައި އެކަހަލަ ހަޑިމުޑުދާރު އަމަލުތައް ހިނަގަނީ ޖަލީލުމެން ކަހަލަ ގިތެލުން. އެކަހަލަ ދެވަނަގިތެލަކަށް އުޅޭނީ ފީއަލީ ސަކިއްބެ

Anonymous said...

ތިހާ ގަދައަށް ބުނުމުން ތިޔައީ ހަމަ ކަލޭގެ ވަހުރުވައިން ތިޔަ ބުނާކަހަލަ ގިތެލެއްކަން ދޭހަވެއެވެ. ތިމާގެ އަންހެނުންނަށްވުރެ ރީތި އަންހެނެއްކައިރިއަށް ދިއުމުގެ ނިޔަތުގައި ގިތެލަކަށް ވާނަމަ ތިޔަކުރެވެނީ ކުން ހީއެކެވެ. ޚަލީލު ޖަމީލާއާއި މޮށެނީ އައިސްތު ހުތުރުވީމާ ހެއްޔެވެ. ނޫނީ ޖަމީލާއަށްވުރެ ކަންނެތްވީމާ ހެއްޔެވެ؟
ޖަލީލުގެ އަންހެނުންނަކީ ރީތިކަމުގެ ގޮތުން ބެލިކަމުގައި ވިޔަސް އެވަރެއް ނެތް މީހެކެވެ. މުރާލިކަމުގެ ގޮތުން ބެލިކަމުގައިވިޔަސް ހަމަ އެއްވަނައެވެ. އެހެންވީމާ، ކަލޭގެ އަމިއްލަ ފަލްސަފާއިންވެސް ކަލޭ އަމިއްލައަށް ބުނަން ބޭނުންނުވިޔަސް ބުނެވިފައިއެވަނީ ޖަލީލުއަކީ ކަލޭކަހަލަ ގިތެލެއް ނޫންކަމެވެ.
ކަލޭގެ ފަލްސަފާގައި ކަލެއާއި ބެހޭ ގޮތުން ބުނަން އެނގޭނީ ކަލޭއަކީ ކާކުކަން މިތާގައި ހާމަ ކޮއްފި ނަމައެވެ. ތިޔައީ ކާކުކަން ބުނުމުގެ ހިތްވަރެއް ނެތްތާނގާއި ފިނޑިންގެ އުސޫލުން ފިލާއިނދެ ބައިސާ ކެނޑުންނޫން ގޮތެއް ތިފަދަ މަރުމޯލަކަށް ނޯންނާނެއެވ.

Anonymous said...

ރަޝީދާއަކީ ރީތިކަމުގެ ދެވަނައެއްނެތް މީހެއް. މުރާލިކަމާއި ގެވެހި ކަމުގެ ގޮތުން ލާމަސީލު ނަމޫނާއެއް. އެފަދަ ރަނގަޅު މީހަކު ލިބިފައި ހުއްޓައެއްނުން ގިތެލެއްހެން ޖަލީލު އެ ތެޅި ބައިލަނީ

މީ ހިތްވަރެއް ހުރިމީހެއްނޫނެ. ފިނޑިއެއް. މުޅިންވެސް ބައިސާ ކަނޑާނީ ފިލާއިނދެ. މިކަހަލަ މަރުމޯލުންނަށް އޮތީވެސް ފިލާއިނދެގެން ބައިސާ ކެނޑުން. ވީމާ، ނަން ހާމަކުރާކަށް ނުކެރޭނެ. ގަންނަ ބިރެއްގެ ސަބަބުން

ތިހިތްވަރު ހުރި މީހާ. ކުޅަދާނަ މީހާ. ކެރޭ މީހާ. ކީއްވެ ނަން ހާމަކޮށްލާފައި ކޮމެންޓުނުކުރީ؟ މިހިތްވަރުގަދަ ކަލޭގެ މިބުލޮގުގައި ލިޔަނީވެސް ކޮމެންޓްކުރަނީވެސް ފިލާ އިނދެ ވަގަށް. ތިބުނާފަދަ ހިތްވަރަކާއި ބާރަކާއި ކުޅަދާނަ ކަމެއް ހުރިއްޔާ ދެން ލިޔާ ކޮމެންޓެއގައި ތިޔަ ބަޠަލުގެ އިސްޤީ ނަން ހާމަކޮށްލަބަލަ. އޭރުން އަހަރެންވެސް ޤަބޫލުކުރާނަން ތިޔަފަހުލަވާނުގެ ކެރޭކަން. އަދި އެއަށްފަހު މިއަށް ކޮމެންޓްކުރުން ހުއްޓާވެސްލާނަން.ކަލޭގެ ނަން ހާމަނުކުރާނަމަ އަހަރެންނަށް ވުރެ ފިނޑީވެސް، ހިތްވަރެއް ނެތީވެސް، ތިޔަފަރާތް. އޭރުން ތިޔައީ މި މަރުމޯލަށްވުރެ މަރުމޯލުކަން ގަދަ ބޮޑު މަރުމޯލެއް. ބުނަން ތިޔަފަދަ ގަމާރުންނަށް އަމިއްލަ ނަމެއް ހާމަކުރާކަށް ނުކެރޭނެ. ކެރިގެން މިބުނީ. ހިތްވަރެއް ހުރިއްޔާ ނިކަން ނަން ހާމަކޮށްބަލަ

Anonymous said...

އޭ ކަލޭތީ އެފްއޯ އާލާތުން ހެން ގުރައެއްދޯ؟ މީހަކު ދައްކާ ވާހަކައެއް އަޑުއިވުމުން ހަމަ އެކަނި ކޮޕީކޮއްލަން އެނގޭނީ... ހިހިހިހިހި.. ނޫނޭ. ފިޑިޔެކޭ ބުނުމުން ދެރަވާ އާލާތުންވެސް އެބަފެނޭ... ހައްހައްހައް.. ކިކިކިކިކި... މިހާރު ތިއޮތީ އަމިއްލައަށް ފިނޑިއެއްކަމުގެ އިޙްސާސްވެ އެހެން ބުނަންވެސް ބުނެވިފައި. ބައިސާ ކަނޑައިގެން އުޅޭކަންވެސް ނުބުނާން އުޅެނިކޮށް ތިއޮތީ ބުނެވިފައި. އަނެއްކާ ގިތެލެއްވެސް މެދޯ؟ ހިހިހިހިހިހި... އަނެއްކާވެސް ބައިސާއެއް ކަނޑާލައިގެން ހިތްހަމަ ޖައްސާލާ.

Anonymous said...

ކަލޭހީކުރީ މީ ޖަލީލުހެން އެހުމުން ވައްކަން ކުރާ މީހެއްކަމަށް. ޢިލްމުވެރިޔަކު ބުނާތީ އަހަމޭ، ބުނެ ޤުރުއާނުގައި ހިތް ސާފުޠާހިރު ކުރުމަށް އަންގަވާފައިވާ އާޔަތެއްގެ މާނަ ގޯތިގެދޮރާއި ލައިއުޅޭ ހެދުން ސާފުކުރުމުގެ މާނައަށް ބަދަލުކޮށް ތިމާއަށް ނޭގޭ ޙާލު ދީނީ ވާހަކަ ޖަލީލު ދައްކާފަދައިން ދައްކާނެކަމަށްތަ؟

ބުނަންތަ. ބުނިބުންޏަށް ހީއަކަށް ދުވަހަކުވެސް ކޮމެންޓެއް ނުލިޔަން. ނުވެސް ލިޔާނަށް. ލިޔާނީ ކަނޑައެޅިގެން ޙަޤީޤަތް އެނގޭ ވާހަކަ. ކުޑަހައްވަގެ މައްސަލައިގައި ރަޝީދާ ހޭނެތި ހޮސްޕިޓަލުގައި އެޑުމިޓް ކުރިދުވަހު އިސްމައިލު ރަޝީދު (ގަރަޑަ) ޖަލީލަށް ހެޓަކަށްދީ ފުކަކަށް ވަންދެން ބަވާލިކަންވެސް ދެނަހުރިން. އިސްމައިލު ރަޝީދު އެހުރީ ރަށުގައި ގޮސް އަހާލަބަލަ މީދޮގެއްތޯ؟

ފިނޑިވެ ގޮތްހުސްވާނީ މީ ތިގޮތަށް ޖަލީލުގެ ބަތާކައިގެން އުޅޭ މީހެއްނަމައެއްނުން. ތިހެން ލިޔާއެއްޗަކުން ޑަރެކޭވެސް ހިތަށް ނާރާނެ. އެއަށްވުރެން ފުދިގެން އުޅެނީ. އުޅެނީ ތިހެން މީހުންގެ ތައްޕާހަކުންނޫން

މިއަށްވެސް ކޮންމެވެސް އެއްޗެކޭލިޔެ ހަހަހަހަހާ ހިހިހިހިހީ އެއެއެއޭ އިއިއިއިއީ އޭ ކިޔައިފައި ވީދޭތި. އެއްޗެއްވެސް ލިޔާނީ ވެސް ފެންވަރެއް ހުރިނަމައެއްނުން. މިކަހަލަ ފެންވަރެއްނެތް އަނދޮޅު ސޮހޮލުންނަށް ޖެހޭނީ ކޮންމެވެސް އެއްޗެކޭ ކިޔާފައި ވީދޭކަށްނުން. އޭރުންނެއްނުން ޖަލިލުއަތުންވެސް އެއްޗެއް ޗޫކިދަމައިގަނެވޭނީ

naabe said...

ހަގީގަތުގައި ޖަލީލަކީވެސް އެހާ ގޯސްމީހެއްނޫން. އެބޭފުލެއްގެ ހިޔާލު ފާލުކުރމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިފައިވޭ.އަޅުގަނޑަޚި އެއްވެސް ވަރަކށް ޖަލީލަށް ވިކި އަދި ޖަލީލުދެކް އެއްގޮތަކަށްވެސް ހިތްހަމަޖެހޭ މީހެއްނޫން. އަސްލު މިވިގެން އުޅެ ގޮތަކީ ޖަލީލަކީ ތަޖުރިބާ ވަރަށް ބޮޑަށް ލިބިފައި ހުރި ބޭފުޅެއްކަން އެންމެންނަށްވެސް އެގޭނެ އަދި ގަބޫލު ކުރަންވެސް ޖެނޭ. ހަމަ އެކަނި މައްސަލަ އަކީ ޒަމާނީ ތައުލީމު ނެތްކަން. އަދި އޮފީސ ްހިންގުނަ ހަރުދަނާ ކުރުމަށް ޒުވާނުންނަށް ފުރުސަތު ނުދޭކަން.

Anonymous said...

ޖަލީލު އަކީ ރަނގަޅު މީހެކެވެ. މީހުން ޤަދަރުކުރި، އިޙުތިރާމު ކުރި މީހެކެވެ. ނަމަވެސް ޖަލީލުގެ މިރަނގަޅުކަމާއި، މީހުން ޖަލީލަށް ކުރި ޤަދަރާއި، އިޙުތިރާމް ގެއްލިގެން ދިޔައީ ފ. އަތޮޅު އޮފީސް ނިލަންދުއަށް ބަދަލުވުމާއި ގުޅިގެން ޖަލިލު އަށް އެޅުނު ކަތިފިޔަވަޅުތަކެއްގެ ސަބަބުން. މީ ޖަލީލު ވިސްނާ ރަނގަޅު ކުރަނޖެހޭނެ ކަމެއް. އަދިވެސް ޖަލީލުއަށް ނިލަނދޫ ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިދާނެ! އެކަމަކު އެއިތުބާރާއި، ޤަދަރާއި، އިޙުތިރާމު ލިބޭނީ ކުރިން އެޅިފައިހުރި ކަތިފިޔަވަޅު ތަކަކީ ކޮބާތޯ ބަލާ ދިރާސާކޮށް އެކަންކަން ރަނގަޅުކޮށްގެން. އަހަރެން އުއްމިދުކުރަން މިކަމާ ދޭތެރޭ ޖަލިލު ވިސްނާނެކަމަށް

Anonymous said...

haadha update nuveyey dhoa.

Anonymous said...

Raadiveetha alaathunthah.

Anonymous said...

mi blog update nuvaatheeves varah dhera vey dho