Wednesday, April 9, 2008

އެންމެ ފަހުން ކަރުޒާއީ ބޮލަށް

ދުނިޔެމީ ހެއްވާ މަޖާ ތަނެކޭ ބުނެވެނީ މިހެންވެގެންނެވެ. ދެދުވަހަކު އެއްގޮތަކަށް ކަންތައް ނުހިނގާ ފަދައިން ދެމީހަކު ދައްކާ ވާހަކަވެސް ގިނަފަހަރު ދިމާނުވާނެއެވެ. އަދި ޚުދު ތިމާ ދައްކާ ވާހަކަތައްވެސް ތަކުރާކުކުރަން ވެއްޖެނަމަ ދިމާނުވާނެއެވެ. ކިތަންމެ ދުވަހަކު ރަހުމަތްތެރިކަންމަތީ ދެމިހުރެވުނުނަމަވެސް އިސާހިތަކު ރުޅިވެރިކަމަށް ބަދަލުވެ ޙަސަދަވެރިންނަށް ވެގެންދެއެވެ. ދުވަހަކު ނުދަންނަ ބީރައްޓެހިންނަށް ވެގެންދެއެވެ. އެޔަށްވުރެ ގޯސްމީހަކު ނުހުރެދާނެއެވެ.


އެންޓި އެފް އޯއަށް ދައްކަން މިޖެހެނީ މުޅިންވެސް މިކަހަލަ ވާހަކަތަކެވެ. މުސްކުޅި ވުމުގެކުރިން ދަތްކޮޅު ނުވެރިއްޖެއްޔާ ވާރަނގަޅެވެ.


ކަރުޒާއީ މިބަޔަކާ އެކުގައިނުޅޭ ޒަމާނެއް އެންޓި އެފް އޯ ހަނދާނެއް ނުހުރެއެވެ. އެންމެ ކުޑައިރު ވެލިބަތްކައްކާ ކުޅެން އުޅުނު ޒަމާނުންފެށިގެންވެސްމެއެވެ. އެންމެ ލާނެއް ޢުމުރުގައިވެސް މިމީހުން ގަނެފައިވާ ހުރިހާ ގަނޑެއްގައި ކަރުޒާއީދިޔައީ ބައިވެރިވަމުންނެވެ. އަދި ރަށްފުށުގެ އުޅުންދޫކޮށް މާލެއަށް ބަދަލުވެފައިވެސް އެގަތް ގަނޑުތަކާއި މިހާރުވެސް ގަންނަމުންދާ ގަނޑެއްގައި ބަރާބަރަށް ޙިއްޞާވާނެއެވެ. ބަނދަރު މައްޗަށްގޮސް ބޮޑުތަކުރުފާނު ވާހަކަ ކިޔުމުގައި އަދި އެކިމީސްމީހުންނާއި ބެހޭގޮތުން ފާޑުފާޑުގެ ވާހަކަތައް ފެތުރުމުގައި ވިޔާނުދާ މޫސަގެ އެންމެ އަރިސް ޕާޓަކީ ކަރުޒާއީއެވެ. އެކަހަލަ ވާހަކަތައް އުފެދި ފޮނިތޮށި ކާފޫރުތޮޅިޔާއެކު ފެތުރިގެންދަނީ މިދެމީހުންގެ ކިބައިންނޭ ބުންޏަސް ދޮގަކަށްނުވާނެއެވެ.


އެކަމަކު ދޭތެރެދޭތެރެއިން ކަރުޒާއީގެ ވާހަކަތައް ފަތުއަޑުކިޔާފައި ފެތުރިގެންދެއެވެ. ކަރުޒާއީގެ ވިޔާނުދާކަމާއި މުނާފިޤުކަމާއި ޖާސޫސް ކުރާވާހަކައާއި މިހެންގޮސް ހުރިހާވާހަކައެއް ދެކެވެއެވެ. މިގޮތަށް ވާހަކަތައް އެހެން މީހުންގެ ކަންފަތާހަމައަށް އައިސްފައިވާނީ މުޅިންވެސް ކަރުޒާއީ އާއި އެއްކޮށް އުޅެބޮޑުވި ގަނޑުތައްގަންނަމުންދާ އަހުލު ބޭކަލުންގެ ކިބައިންނެވެ. އަދި ކޮންމެ ފަހަރަކުވެސް ކަރުޒާއީގެ ނަން މިގޮތަށް ގުގުމަންފަށާނީ އެމީހުންގެ ކޮންމެވެސް ޕްލޭނެއް ނުވަތަ ކުރަންއުޅޭ ކޮންމެވެސް ކަމެއް ފަނުފުލުން ދިޔުމުންނެވެ. މިހެންމިބުނީ އިސްދަރިވަރުންގެ ޖަމިއްޔާ ފަސްދަށަށްދާން ފެށުމުންވެސް އޭގެތެރެއިން ގިނަމީހުން އެކަމުގެ ބަދުނާމު ކަރުޒާއީގެ ބޮލުގައި އަޅުވަ ހަމަ މިމޭރުމުން ވާހަކަތައް ދައްކާފައިވުމުންނެވެ.


"ޑޯން ޖަމްޢިއްޔާ އިތުރަށް ކުރިއަށް ގެންދަން ބޭނުން ހެއްޔެވެ؟؟؟؟ ކުރިއަށް ގެންދަން ބޭނުންކަމުގައި ވަނީނަމަ މިހާރުން މިހާރަށް ކަރުޒާއީ ޖަމްޢިއްޔާއިން ބޭރުކުރާށެވެ. މިހާރު ކަރުއިލޮޅިއަކީ ޖަމްޢިއްޔާއަށް ހެޔޮއެދިގެން މަސައްކަތްކުރާ މީހެއް ނޫނެވެ. އެޔަކީ މުއްލާ ޖަލީލުގެ އެޖެންޓެކެވެ. މިހާރު ކަރުއިލޮޅިއަކީ ޖާސޫސީ މުއްކުރެކެވެ. ޖަމްޢިއްޔާގެ ބައްދަލުވުންތަކަށް ދަނީވެސް ޖާސޫސު ކުރާށެވެ. ކަރުއިލޮޅީގެ ވަބާ ޖަމްޢިއްޔާއަށް ޖެހިފައޮތީ. މިހާރުން މިހާރަށް ކަރުއިލޮޅި ޖަމްޢިއްޔާގެ ހިންގާކޮމެޓީންވެސް ބޭރުކުރުމަށް ގޮވާލަން.." މިއީ އެންޓި އެފް އޯގެ ބަހެއް ނޫނެވެ. މިއީ ހަމައެއިގެ ތެރެއިން އެހެން ކަރުއިލޮޅިއަކު 'ޑޯން އޮއްސެނީ' އޭކިޔާ ފަތަފޮޅީގައި ޖަހާފައިވާ ލިޔުމަށް ކޮށްފައިވާ ކޮމެންޓެކެވެ. ކަރުއިލޮޅިތަކައް ވާގޮތެއް ބަލަން ތިބެމާ ހިނގާށެވެ.

20 comments:

Anonymous said...

ތިޔައީ ހަމަރަނގަޅު ވާހަކައެއް. ކަރުޒާއީއަކީ ޖަލީލުއަށް ޖާސޫސްކޮށްދޭން ފޮނުވާފައި ހުންނަ މީހެއް. އަހަންނަށް އެކަން އެނގެނީ ޖަލީލު ކިތަންމެ ފަހަރަކު އެބަހުރި އަހަރެން ކައިރީގައި ބުނެފައި.

Anonymous said...

އެކަކު އަނެކަކާ ޖެއްސުމަށް ވަރަށް މަސައްކަތް ކުރަމުދޯ؟ ހާސްކަނޑާލާ އެންޓި އެފުއޯ އަކަށް އެކަމެއް ނުވާނެ. ކަރުޒާއީއޭ. ވިޔާނުދާ މޫސައޭ. އަނެކެކޭ ކިޔައިގެން ކިތައްމެވަރަކަށް ވީދުނަސް މިގުރޫޕު ބައިބައިކޮށެއް ނުލެވޭނެ. މިކަމާ ކިތައްމެ ދެރަވިޔަސް އަސަރުކުރިޔަސް ކުރާނެކަމެއްނެތް. ތިހެން ފޫނެތްފަޔަށް ފެން ފުރަފުރާ ތިބެންޖެހޭނީ. އޯކޭ

Anonymous said...

ދެލޯކޮޅާ ރަންކޮޅާ އެކަކު އަނެކަކު ޖެއްސުމަށާއި އެހެން ކަމަކުވިޔަސް މަސައްކަތްކުރަނީ އެންޓި އެފް އޯއެއް ނޫން. ކަރުޒާއީއާ ބެހޭގޮތުން ޖާސޫސެކޭ ބަހުލޫލެކޭ މުއްކުރެކޭ މުނާފިޤޭ ކިޔާފައި އޮތީ ކަލޭމެންގެ ފަތަފޮޅީގައި. އެތަން ނުފެންނަންޏާ ތާފަނާފެނުން ގޮސް ލޯ ސާފުކޮށްލާ. އެވަރުން ނުވަންޏާމުން މާސކެއް އަޅާގެންވިޔަސް ބަލާ. ފޫނެއް ފަޔަށާއި ފޫ ފުރިބާރުވެފައިވާ ފަޔަށް ފެންފުރަނީ ކޮންއެއްޗެއްގައިތޯ.
ފަތަފޮޅީގައި ޖަހާފަ އޮތުމުން ހާހެއްނުވޭދޯ. އިނގޭވިއްޔާ އޭގައި މުޅިންވެސް ޖަހާނީ އެކަހަލަ ދޭދޭ މީހުންގެ ވާހަކަކަން. މީހުން ބައިބައިކޮށް މީހންގެ ހައިބަތާއި ޤަދަރު ކުޑަކޮށް އުނިކުރުމަށް ކޮންމެފަދަ އެއްޗެއްވެސް ޖަހާފާނެވިއްޔާދޯ. އެހެންވީމަ އެއްގޮތަކަށްވެސް ހާސްވާނެ ކަމެއްނެތޭ.
އެންޓި އެފް އޯގަ ޖެހީމަ އިނގޭދޯ އަސަރު ކުރާނެކަން. ގޮތްގޮތްވެސް ވާނެކަން. އެހެންވެދޯ ތިހާ ހާސްތިވަނީ.

Anonymous said...

konme bayakahves heevany thimaamenaa ulhemun insaafa vaahaka dhakaameehaky goas meehaaey. eynaey hurihaa kameh fani kurany. ekamu etha baivaru meehun ulhey iruga kihiney enme meehaka mulhienmen fanikohleveyny

Anonymous said...

އެއީ އަހަރެމެންގެ ފަތަފޮޅިއެއް ނޫން އެއީ ކަލޭމެންގެވެސް ފަތަފޮޅި. ހޫނުފެނުން ލޯސާފުކުރާކަށްވެސް ނުޖެހޭ. ސަބަބަކީ އަހަރެމެން ބައިބައި ކުރަން ތިގޮތަށް އަމިއްލައަށް ލިޔެ އަމިއްލައަށް ކޮމެންޓްކޮށް ލައްކަ ގަނޑުގަނެވިއްޖެއެއްނުން. ތިބުނާ ފަތަފޮޅީގައިވެސް އެފާޑަށް ކޮމެންޓްކުރަނީ ތިމީހުން. ތިހެންޖަހާ އެއްވެސް ދަންތުރައެއްގައި އަހަރުމެންނެއް އިރާދަ ކުރެއްވިއްޔާ ނުޖެހޭނެ. އެދަންތުރާތަކުގައި ޖެހޭނީ ތިމީހުން. ބުނަން ވަހަކައެއް މައިކްރޮސްކޯޕް އަޅައިގެން ބެލިޔަސް މިބައިމީހުން ބައިބައި ކުރާނެ، ފަނިކުރާނެ ވިދެއް، ލޯވަޅެއް ތިމީނުންނަކަށް ނުފެންނާނެ. ޖެހޭނީ ފެންނެތްތާ ބަކަތަޅަތަޅައި ތިހެންއޮވެ ނިމިދާން. ވަރަށް އަސަރުކުރޭދޯ؟

Anonymous said...

ވަރަށް އަސަރުކުރާނެތާ!! ކަލޭމެންނަކީ ބައިބައިނުވެ ތިހާ އެކުވެރިކަންމަތީ އުޅެގެން ނިލަންދޫ މާލެއަށްވުރެވެސް ކުރިޔަށް ބައިސާއިން ޖައްސާފައިވާ ބައެއް. ނިލަންދުއަށް ތިޔަކޮށްދެނީ ހާދަހާވާ ގިނަކަންތައްތަކެކޭ
އަނެއްކޮޅުން މުޅިގައުމުގެ މީހުން ލާމަސީލު މިސާލެއްގެ ގޮތުގައި ކަލޭމެން ނަގަންވާނެ. ހާދަ ރަނގަޅު ދިރިއުޅުމެކޭ ތިޔައުޅެމުން ގެންދަނީ. ދަރިންކޮޅު ތަރުބިއްޔަތުކޮށްފައިވަނީ އެހާ ރަނގަޅަށް. މައިންބަފައިނަށް ކަމޭހިތާ އިންތިހާއަށް. ލިބޭ މަދު ފައިސާކޮޅުން ކްރެޑިޓަށް އަގުބޮޑެތި ފޯނާއި ސައިކަލް ނުގަނެ ތިޔަ ފޮނުވަނި އެއްކޮށް މައިންބަފައިންނަށް. އެމީހުން ޙާލުގައި ޖެހިދާނެތީ އެހީވުމަށް. ވާވާ، އެހެންވީމާ ކިހާ އަސަރުކުރާނެ، ދޯ

Anonymous said...

އަބަދުވެސް ދަރިންނަށް އަޅާނުލާވާހަކަ އާއި މައިން ބަފައިންނަށް ހަރާންކޯރުވާ ވަހަކަ އާއި އަނބިމީހާއަށް ނިކަމެތިކޮށް ކަންތައް ކުރާވާހަކަ ލިޔާއިރު އެވާހަކަ ލިޔަން އެންމެ ރަނގަޅި ތިޔަ ލިޔާފަރާތެވެ. ދުވަހަކުވެސް މައިންބަފައިންނަށް ދުވަހަކުވެސް އެއްޗެއް ދިނުން އެއކިބާކޮށް ހިތްހެޔޮކަމާ އެކު ކަމެއްކޮށް ދިނިންތަ؟ ދަރިން ތަރުބިއްޔަތު ކުރާވާހަކަ ދައްކާއިރު ގަހަށް ނެތް ކުލުނެއް ފަތަށް ހުރޭތަ؟ އަނބިމީހާ އެބައިންދަނީ އަބަދު ރޮއްވާފައި. އެހާ އަނިޔާކުރޭ އެހާވަރަށް ބަވާ ވީމާ، އެހެން މީހުން މައިންބަފައިންނަށް އަޅާނުލާ ވާހަކަ އާއި ދަރިންތަރުބިއްޔަތު ނުކުރާވާހަކައާއި އަނބިންނަށް ހަރާންކޯރުވާ ވާހަކަ ނުދައްކައި އަނގަމަޑުން ލައިގެން ހުރެވޭތޯބަލާ

Anonymous said...

thiya buny kaku ge vahaka en? ei kakuba?

Anonymous said...

މައިން ބަފައިންނަށް ހަރާންކޯރުވެގެން ދަރިން ތަރުބިއްޔަތު ނުކުރެވިގެން އަނބިމީހާއާ އަޅާނުލައިގެން އަބަދު އެވާހަކަ ލިޔެ ކޮމެންޓްކުރާ މީހާ. ފަހަރެއްގައިވެދާނެ ކަލެޔަށްވެސް

Anonymous said...

އެއީ އިބްރާހީމް ޚަލީލު. އޭނާގެ މަންމަ މަރުވެގެންދިޔައިރުވެސް އޭނައަކަށް ނޭނގުނު. އަދި ކަމެއްވީހެނެއްވެސް ހިޔެއްނުވޭ. ދެން ކޮމެންޓްކުރި ފަރާތުން ބުނެފައިވާ ގޮތަށް އޭނާއަކީ އަނބި އައިސްތުގައި ތޅާ އަނިޔާކޮށް ވަރަށް އިހާނެތިކޮށްހިތާ މީހެއް. ދަރިންނާއި އެއްބަނޑު އެއްބަފާ މީހުންނަށްވެސް އެއްވެސް ރަހުމެއް ހަމްދަރުދީއެއް ލޯތްބެއް ކުލުނެއް ހުންނަ މީހެއްނޫން އެއީކީ. ދެރަކަމަކީ އެހާލުގައިވެސް އހެންމީހުންނޭކިޔާ އަނގަ އަރުވާތީ.

Anonymous said...

ތިފަރާތުގެ ހުރިހާ ކޮމެއްޓެއް ތި އަމާޒުކުރަނީ ޚަލީލަށް. ކޮއިފުޅާ ބުނަން މީގައި މި ކޮމެންޓް ކުރަނީ ޚަލީލެއްނޫން. ކިތައްމެވަރަކަށް ޚަލީލުކަމަށް ޝައްކުކުރިޔަސް މީގައި މިކޮމެންޓްކުރަރީ ޚަލީލެއްނޫން. ތެދުތެދަށް ބުނާނަމަ ކަލޭމެން ހީވެސް ނުކުރާކަހަލަ މީހަކު މީގައި މިކޮމެންޓްކުރަނީ. ޝައްކުކޮށްގެން އެވެނި މީހެކޭ މިވެނި މީހެކޭ ބުނެވިދާނެ. އެކަމަކު މިކޮމެންޓް ކުރާމީހެއް ނޭގޭނެ

Anonymous said...

hehe. kaakutha bunee meega comment kuranee khaleel ey. enves meehaku ehen nukiya ey. dheravee dho khaleel ge nan nukiyaathaa gina iruveema.
kurin komment koffai oiy meehaa dhkkaaa eheree khaleel ge dhiriulhumuge vaahaka ey mi kiyanee. ingey tho. neyngenyaa adhi 1 faharu ahaalaa.

Anonymous said...

ނޭގެނީކީ ނޫން އެނގޭ. މިބުލޮގުގެ ހުރިހާލިޔުމެއްވެސް އަމާޒުކުރަނީ ޚަލީލަށް. ތި ލިޔާލިޔުމަކުން ޚަލީލަށް ވާނެއެއްވެސް ކަމެއްނެތް. ތިޔަހެން ބޭކާރު އަނގަތަޅާލަ ތަޅާލައި ޖެހޭނީތިބެން. ކުރެވޭނެ އެއްވެސް ކަމެއްނެތް. ޙަޤީގަތުގައި މިބުލޮގަށް ކިޔަންވީ އެންޓި އެފުއޯ އެއްނޫން. ކިޔަންވީ އެންޓިޚަލީލު. އޭރުން މިބުލޮގުގައި ލިޔާ އެއްޗަކާއި ބުލޮގުގެ ނަމާއި ދިމާވާނީ. ނޭގިގެން މިއުޅެނީ އަހަރުމެންނަކަށް ނޫން. ތިމީހުންނަށް. އެއް ފަހަރުވެސް ހަތަރުފަހަރުވެސް އަހަން ޖެހޭނީ ތިމީހުން

Anonymous said...

kobaa avas khabaruge thafseelaky. thankolheh avaskolladhyba. nidhinaisfa miny.

Anonymous said...

kehkurey adhi eves fennaane. FO baiganduhen kehtherikan kolhunleemaa kamaku nudhaane ehnu dhoa

Anonymous said...

e ee thedhen. hama ehcheh kanfathuga jehey irah FO meehun hadhaa gothan eki meehunge bolugai naalhuvaathi. lahun viyas beynunvanee thedhu mauloomaathu. sahha mauloomaathu.

Anonymous said...

Qaboolukuran thiyavaahakathah

Anonymous said...

މިބުލޮގުގައި މުޅިންވެސް ލިޔަނީ ހުސްތެދު. ﷲ ގެ ވަހީ ބަސްފުޅުފިޔަވައި މިބުލޮގުގައިލިޔާ ލިޔުމަށްވުރެ ތެދު ލިޔުމެއް ނުހުންނާނެ. ލައްކައެކޭ ހިތަށްއަރާދޯ؟ ބުނަން މިބުލޮގުދައި ވަރަށް މަދުން ނޫނީ ތެދެއްނެތް. މިބުލޮގުގައި މުޅިން ވެސް ލިޔެފައިވަނީ ރަށް ބައިބައި ކުރުމާއި މީހުންގެ ބޮލުގައި ދޮގުއިލަޒާމު އެޅުވުމާއި ބުހުތާން ދޮގުހެދުން. ތިމީހުން ތިކުރާ އެއްވެސްކަމަކުން ކުރާނެ ފައިދާއެއް ލިބޭނެ ކުރިއެރުމެއް ނޯންނާނެ. ތިހެން ތެޅިތެޅި ޖެހޭނީ ތިބެން

Anonymous said...

އެހެންވީމަ ތިޔަކުރާ މަސައްކަތުން ހާދަ ކުރިއެރުމެކޭދޯ ނިލަންދޫއަށް ގެނެސްދެނީ. ނިލަންދޫއަށް ހާދަ ތަރައްޤީއަކާއި ތަހުޒީބެކޭ ތިގެނެސްދެނީ. އަޅޭދެން ހުއްޓާލަންވީނުދޯ. ތިޔަވަރަށްދެން ރަށާހެދި އުޅޭކަށް ނުވާނެ. އަމިއްލަ ދިރިއުޅުމާއި މުދަލާއި ފައިސާތައްވެސް ތިޔަހޭދަކުރަނީ މުޅިންވެސް ނިލަންދޫއަށާއި ރަށުގެ ރައްޔިތުންނަށް ނިކަށްބަލާބަލަ. ނިލަންދޫ މިހާރު ހީވަނީ ހމަ ޑުބާއީހެން. ޑޫބާއީވެސް ތަންކޮޅެއް ފެންވަރުދަށް. އެހާވެސް ތަރައްޤީތިކޮއްލަދިނީ.
ރައްޔިތުންގެ މެދުގައިވެސް ހާދަހާ އެކުވެރިކަމެކޭ ތިޤާއިމު ކޮށްލަދިނީ. ނިލަންދޫގައި ނެތެންނު އެއްގޮތަކަށްވެސް ދެކޮޅުވެރިކަމެއް. ރުޅިވެރިކަމެއް. ހަސަދައެއް. އަނެއްކާފަހެ އެއީ ރާއްޖޭގެ ސުވަރުގެތަ. ހަމަ ސަހާދެއް މިބުނީ ތެންވަރަށް ނިލަންދޫއާހެދި ނޫޅެވބަލަ. އަމިއްލަ ދިރިއުޅުންވެސް ހޯދަން ޖެހޭނެއެންނު.

އަޅޭތިޔަގޮތަށ ފެލޭއިރު އަނގައިން ގުއިރަހަ ނުލާތީ ދެރައީ. ނިލަންދޫއަށް ޖެއްސި ހުރިހާ ބަލާވެރިކަމެއްގެ އަސްލަކީތީ. ނިލަންދޫގައި ފިތުނަ ފަސާދަ ފަތުރައި ރުޅިވެރިކަން ފަތުރައި އެކަކު އަނެކަކާ ޖެއސި އާލާތްގަނޑަކީތީ. އަދި ލަދެއް ޙަޔާތެއްނެތިގެން އަނގައެބަ ކޮފައެންނު. ތިޔަކަހަލަ މީހުން ލަދެއްވެސް ނުގަންނާނެއޭ. ނިމިދާއިރުވެސް އަނގަ ކޮފާލަކޮފާލާ ތިބޭނީ.

ބުނަން ރަނގަޅުވާހަކައެއް. މިއާލާތުން ތެޅިތެޅިތިބޭގޮތަށް ތިއާލާތުންވެސް ތެޅިތެޅި ތިބެން ޖެހޭނީ. ފެންނެތްތާނގައި ބަކަތަޅާލަތަޅާލާ ތިބެން ޖެހޭނީ. ތިއާލާތްގަނޑަކަށް ދުވަހަކުވެސް ނުކެރޭނެ ނިލަންދޫއަށް އަތްގަދަ ކުރާކަށް. ޗެލެންޖް ކުރަން ކޮންމެ ދިމާލަކިން ނުކުތަސް ތަޅާ ރޯނާ ކޮށްލާނަން. ދެފައިކޭޓަށް ހީސްލައްވާލާފައި ދޫކޮށްލާނީ. ހީކުރާގޮތްދޯ. މިހެން މަޑުންތިބޭތީ ތިއާލާތްވަރަށް ހީވަނީ ތިއާލާތުން އެކަނިއޭ ނިލަންދޫގައި ތިބެނީ. އެހެން ހީނުކުރަށްޗޭދެން އިނގޭ. މިއޮށްހުރިހާ ދުވަހަކު ތިއުޅީ ހުވަފެނީ ދުނިޔެއެއްގައިކަން އަންގާލަދޭނަން. ހަޑިއެއްޗެހި ކިޔަން ޖެހުނަސް ތިއާލާތްގަނޑަށް ދުލެއް ނުކުރާނަން.
ތއާލާތގަނޑަށް ކުރެވޭނެ ކަންތައްމިހާރު ތިކުރަނީ. އަބަދުވެސް ކޮނެމްވެސް މީހެއްގެ މަސްކެވޭނީ. ދެން ދޮގު މަޢުލޫމާތު ފެތުރޭނީ. ކަންފަތުގަ އެއްޗެއް ޖެހޭއިރަށް ކޮންމެވެސް މީހެއްގެ ބޮލުގައި އަޅުވާފައި ފަތަފޮޅީގައި ޖެހީމަ ހުންނާނީ އެންމެ ރަނގަޅަށް. ދެން ދަންވަރު ނޫސްނެރޭ.

Anonymous said...

ވޭތުވެދިޔަ މާޒީއަށް ބަލާލީމާ ނިލަންދުއަށް އަތްގަދަ ކުރަނީ، އަތްގަދަކޮށްފައި ވަނީ ކޮންބައެއްކަން ރަނގަޅަށް އެނގޭނެ. ޗެލެންޖެއްނޫން އެހެން އެއްޗެއް ކުރިޔަސް އެއްދިމާއަކުން ވެސް އެއްފަރާތަކުންވެސް ކުރެވޭނެ އެއްކަމެއް ވެސް ނޯންނާނެ. އަހަރުމެން ކުރަން ބޭނުން ކަމެއް ނިލަންދޫގައި ކުރާނެ. ހެދޭނެ އެއްގޮތެއްވެސް ނޯންނާނެ. އެއްކަމެއްވެސް ނުކުރެވޭނެ. މަޑުން ނުތިބެ ކިތައްމެވަރަކަށް ތެޅުނަސް، ނޫނީ މަޑުން ނުތިބެވިގެން އަބަދު ތެޅިތެޅި ތިއްބަސް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. ތިހެން ބަހުން މެޓާހިލާހިލާ އަނގައިންޗޯބައިލަ ބައިލާ ޖެހޭނީ ތިބޭށެވެ

ލިބޭނެ ކުރިއެރުމެއް ކުރާނެ ފައިދާއެއް ނެތޭ ލިޔެފައި އެވަނީ ނިލަންދުއަށް ކުރިއެރުމާއި ފައިދާ ލިބޭ ވާހަކައެއްނޫން. ވާނީވެސް އެހެން. ހިސާބަށް ވުރެ ބޮޑަށް މީހާ ގަމާރުވެއްޖެއްޔާ ހީވާނީ އަބަދުވެސް ފުޅައްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާހެން ވިއްޔާ. އެތަނުގައި ބުނެފައިއެވަނީ ތިމީހުންގެ ލިޔުންތައް އަމާޒުކުރާ ފަރާތްތަކަށް ލިޔުންތައް އަމާޒުކުރުމުގެ ބޭނުމަކީ އެފަރާތްތައް ދިވެހި މުޖުތަމައުން ބާކީކޮށް އެކަހެރިކޮށް އެތިކޮށްލުން. އެލިޔުމުގައި ބުނެފައިއެވަނީ ތިމިހުންނަށް އެކަމެއް ނުކުރެވޭނެ ވާހަކަ.އެކަމަށް ލިބޭނެ ކުރިއެރުމެއް ވެސް ކުރާނެފައިދާއެއްވެސް ނެތްވާހަކަ

ތިމީހުންނަކަށް ކޮމެއްވެސް ނުޖަހަން. ޗެލެންޖެއްވެސް ނުކުރަން. އެކަމަކު މިމީހުން ނިލަންދުއަށް ދާންވެސް ދާނެ ކުރަން ބޭނުންވާ ކަމެއްވެސް ކުރާނެ. ހެދޭނެގޮތެއްވެސް ކުރެވޭނެ ކަމެއްވެސް ނޯންނާނެ. މަޑުން ނުތިބެވެންޏާ ތެޅިތެޅި އަމިއްލައަށް ދެފައިކޭޓަށް ގުޔާއި ގޮރާލައި ޖަލީލަށް ވަސްދުއްވާ