ނިލަންދޫ ރަށުތެރެއަށް މިހާރަކަށްއައިސް އަތޮޅު އޮފީހާއި ރަށުގެ ބައެއް އިސްވެރިން އަދިވެސް ބައެއް މީހުން ބަދުނާމުކޮށް އަޅަމުންދާ ލިޔުންތަކާއި ނޫސްތަކަކީ ސީދާ ރަށުގެ ބައެއް އިސްވެރިން އަޑީގައި ތިބެގެން ބަޔަކު ލައްވާ ކުރަމުންގެންދާ ކަމެއްކަމަށް އެންޓި އެފް އޯ ހޯދިހޯދުންތަކުން އެނގިއްޖެއެވެ. އެންޓި އެފް އޯއަށް މިމުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދީފައިވަނީ ރަށު އޮފީހާއި އަތޮޅު އޮފީހުގެ ބައެއް މުވައްޒަފުންނެވެ. އަދި މީގެ އިތުރުން މިކަމުގެ ޙަޤީޤަތް ދަންނަ ބައެއް ފަރާތްތަކުންނެވެ.
"މިހާރު މިހިނގާ ކަންތައްގަނޑުގެ އަޑީގައިހުރީ ކަތީބު އިސމާޢިލް ޢަބްދުﷲ. އިސްމާޢީލް ޢަބްދުﷲއަކީ ޖަލީލުގެ އެހީތެރިކަމާއެކު މިހިސާބަށް އައިސްހުރި މީހެއް ނަމަވެސް އެއީ ޖަލީލުއާ ވަރަށް ދެކޮޅު މީހެއް. އިސްމާޢިލް ޢަބްދުﷲވެސް ބޭނުމެއްނުވޭ މިހާރު ޖަލީލު ހުންނާކަށް. އިސްމާޢީލް ޢަބްދުﷲވަނީ ރަށު އޮފީހާއި ސަރުކާރުގެ ވަރަށް މުހިއްމު ސިއްރު މަޢުލޫމާތުތައްވެސް އެބަޔަކަށް ފޯރުކޮށްދީފައި. އެންމެ ލިޔުމެއްނޫން. ރަށު އޮފީހުގެ މުވައްޒަފަކު އޭނާގެ ލޮލަށް މިމަންޒަރު ފެނުނުކަމަށްބުނެ ޔަގީންކަމާއެކު އެންޓި އެފް އޯއަށް ކިޔާދިނެވެ.
"މިކަމުގައި އަދި ވަރަށް އިސްރޯލެއް ކުޅޭ ބައެއް އެހެން މީހުންވެސް އޮފީހުގައި އެބައުޅޭ. އެމީހުން އެފަދަ ލިޔުންތައް ލިޔެގެން ގެނައުމުން ރަށު އޮފީހުން އެމީހުން ބޭނުންވަރަކަށް ޕްރިންޓްކޮށްދީ ފޮޓޯކޮޕީ ހައްދާ ދީފައި. އޭއީ އެމީހުންގެ މައިގަނޑު މަސައްކަތަކީ. އަދި މިމީހުންނަކީވެސް އެމީހުންނާއި ގާތްގުޅުމެއް ބާއްވާ ބައެއްކަމުން އޮފީހުން ބޭރުކޮށްގެންނުވާނެ ބައެއް މުހިއްމު މަޢުލޫމާތުތަކާއި އޮފީސްތެރޭގައި ކަންތައްތައް ހިނގާނުހިނގާގޮތް އެމީހުންނަށް ފޯރުކޮށްދީފައި" ކަތީބަށް މިކަމާ ދެކޮޅުހަދަން ނުކެރޭނެއޭ ބުނަމުން ބުންޏެވެ.
އެންޓި އެފް އޯ ހޯދި ހޯދުންތަކުން ރަށު އޮފީހުގެ ބައެއް މުވައްޒަފުންނާއި އަތޮޅު އޮފީހުގައި މަސައްކަތްކުރިބައެއް މުވައްޒަފުންވެސް ޖަލީލުއާ ދެކޮޅަށް ފޮޅިތައް ނެރެފައިވެއެވެ. އިބްރާހީމް ފަރީދު ރަށު އޮފީހުގައި މަސައްކަތްކުރި ދުވަސްވަރު ޖަލީލުއާ ދެކޮޅަށް ލިޔުންތައްލިޔެ ރަށު ތެރެއަށް އަޅާފައިވެއެވެ. އަދި ކުރީގެ ކުޑަކަތީބު އަޙައްމަދު ވަކިކުރަން އުޅޭކަމުގެ ސިގްނަލް ލިބުމާއެކު އަތުންލިޔެ ޝާއިއުކޮށް ޖަލީލުއާ ބައެއް ވެރިންނާ ދެކޮޅަށް ލިޔުންއަޅާފައި ވެއެވެ. މީގެ އިތުރުން އިސްމާޢީލް ޢަބްދުﷲގެ ކުޑަކަތީބު ކަމުގައި އެސްޖެހި ރައްޒާޤުއާއި ގުޅިގެން ހިންގާފައިވާ ވަރަށްބޮޑު ކޮރަޕްޝަނާއި ޚިޔާނާތާއިބެހޭ މަޢުލޫމާތުތަކެއް ރަށުއޮފީހުގެ މުވައްޒަފެއްގެ އަތުގައި އެބަހުރިކަމަށް ބުނެފައިވެއެވެ. އަދި އެކަން އެންޓި އެފް އޯއަށް ތަންކޮޅެއްފަހުން ތަފްޞީލުކޮށްދޭނެކަމަށް ބުނެފައިވެއެވެ. އެމަޢުލޫމާތުވެސް ލިބޭތޯ އެންޓި އެފް އޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް މިވަގުތަށް އެމުވައްޒަފު ދެކޮޅު ހެދުމުން ކިޔުންތެރިންނަށް ގެނެސްދެވޭގޮތް ނުވީއެވެ. އެކަމަކު ލިބޭހާ އަވަހަކަށް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ ވާހަކަ ބުނަމެވެ.
އަތޮޅު އޮފީހުން މިކަމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ ތަފާތު ބަންދުތަކާއި ދިމާކޮށް ރަށަށް ނޫސްތައް އެޅުމުގައި މަޝްހޫރުކަން ހޯދާފައިވާ ބިއްދޮށުގޭ މޫސާ އަޙުމަދުގެ ކޮއްކޮ އަދި މިހާރު ރަށު ކޯޓްގެ ވަޒީފާއަށް ބަދަލު ވެފައިވާ ޙަބީބާ އަޙުމަދުއެވެ. ޙަބީބާވަނީ ޖަލީލުއާ ބެހޭގޮތުން ތަފާތުލިޔުންތައް ލިޔެ ރަށަށް އަޅާފައިވާކަމަށް އަތޮޅު އޮފީހުން ހަބީބާގެ އެމަސައްކަތުގައި ކޮންމެވެސ ސިފައެއްގައި އޭރު ބައިވެރިވިކަމަށްބުނާ މުވައްޒަފަކު ކިޔާދީފައެވެ. ޙަބީބާ ރުޅިއަންނަ ކަމުގައިވަނީ ޖަލީލު ރައުނާއާއި ކުޑަހައްވައާ މަސައްކަތުގެ މާޙައުލުގައި މާގާތް ގުޅުމެއް ބަހައްޓާތީއެވެ. އަދި ފޮޅިތައް ނެރެ ފަހުން ވަޒީފާވެސް ބަދަލުކުރީ އެކަމާ ޙަސަދަލައިގެން ކަމަށް އޭނާ ބުންޏެވެ.
ޙަބީބާގެ އިތުރުން ހަބީބާއާއިއެކު ކޯޓްގައި މަސައްކަތްކުރާ އެހެން ފިރިހެން މިވައްޒަފަކުވެސް ވެރިންނާއި ބެހޭގޮތުން ފާޑުފާޑުގެ ލިޔުން އަޅާކަމަށާއި އެމުވައްޒަފަކީ ޢާއްމުކޮށް ރަށުތެރެއަށް ލިޔުންތައްއަޅާ ފަރާތްތަކާއި ގާތްގުޅުމެއް އޮންނަ މީހެއްކަން އިތުބާރުހުރި ފަރާތަކުން ޔަޤީންކޮށްދިނެވެ. ނަމަވެސް އެފަރާތުގެ ނަން ހާމަކުރުމަށް އިންކާރުކޮށްފައިވާތީ އެއީ ކޯޓްގެ ކޮން މުވައްޒަފެއްކަން އެންޓި އެފް އޯއަށް ޔަޤީންވެފައިނުވެއެވެ.
ޗުއްޓީގައި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ޢާއްމުކޮށް ލިޔުންއަޅާކަމަށް މަޝްހުރުވެފައިވަނީ ވިލުދޮޅި މަޖީދު، އަޙުމަދު މުޙައްމަދު، މޫސަ، ޢަލީމު، މިގްރޫޕެވެ. މީގެއިތުރުން މިގްރޫޕްގެ ބައެއް މީހުން މިކަމުގައި ބައިވެރިވެއެވެ. މިއީ ޙަޤީޤަތުގައި ނިލަންދޫއަށް ދަންވަރު ނޫސްތަކާއި ފާރުގައި ހިއްޕާ ޕޯސްޓަރުތައް ޢާއްމުކުރި ފަރާތްތައްކަން ގިނަބަޔަކު ފާހަގަކުރެއެވެ. އިސްލާޙުކުރުމުގެ ނަމުގައި މިމީހުންވަނީ ނިލަންދޫ ގިނަބައެއްގެ ޢަބުރާއި ޢިއްޒަތަށް ހުތުރުވާ ޒާތަށް ހަޑިހުތުރު ބަހުރުވައިން ބަސްތައް ފޮޅިތަކުގައި އަދި ލިޔުންތަކުގައި ރައްދުކޮށްފައެވެ. އަދި އެހެންމީހުންނަށް މިފަދަ ޢަމަލުތައް ކުރުމަށް ހިއްވަރުދީފައެވެ. މިކަމުގައި ރައްޔިތުންގެ ރުހުން ލިބި ގިނަބަޔަކު ގަދަރުކުރާ ބައެއް މީހުންވެސް މިމީހުންގެ މިޢަމަލުތަކުގެ އަޑީގައި ތިބޭކަމަށް އެންޓި އެފް އޯއަށް އެނގިފައިވެއެވެ. މީގެ އިތުރުން ރަށުގައިތބޭ ހަލީމުމެންފަދަ ބައެއްކުދިން މާލޭގައި ދިރިއުޅޭ ކުދިން ޗުއްޓީގައި ރަށަށްދާ ދުވަސްވަރާ ދިމާކޮށް އެކުދިންގެ ބޮލުގައި އެއިލްޒާމު އެޅުވުމުގެ ގޮތުންވެސް ނޫސްތައްނެރެފައިވެއެވެ.
އެފްއޯ ހިންގާ ފަރާތްތައް މީގައި ޝާމިލުވާކަން މިއޮތީ ސާބިތުވެފައެވެ. މަސްލަހަތޭކިޔާ އަނގަ ހުޅުވާއިރު ހާލުހުރިގޮތް މިއޮތީ ފެންނާށެވެ. ކިތަންމެ ވަރަކަށް ތިހެން އުޅެ ވީދުނަސް ޖަލީލުގެ ނަން ދުވަހެއް ދުވަހަކަށް ދާނީ މުޅި ފ.އަތޮޅުގައިވެސް ވިދަމުންނެވެ. އަސަރެއް ކޮއްލަ ކޮއްލާ ތިބުންނޫންގޮތެއް ތިބައިގަނޑަކަށް ނެތެވެ.
ނޯޓް: ރަށުތެރެއަށް ފާޑުފާޑުގެ ލިޔުންއަޅާ މީހުންނާއި ބެހޭގޮތުން އެންޓި އެފް އޯ އަށް މަޢުލޫމާތު ދެއްވި ބޭފުޅުންގެ ނަންތައް އެބޭފުޅުންގެ ރައްކާތެރިކަމަށްޓަކައި ސިއްރުކުރީމެވެ.