ގޮތެއްފޮތެއް ހުރި މީހެއްވިއްޔާ ދެފަހަރު ދެއަނގައިން ވާހަކަ ދައްކަންވީމާ ލަދުގަންނާނެއެވެ. ޖެހިލުންވެސް ވާނެއެވެ. އެކަމަކު މިބައިގަނޑުގެ ތެރޭގައި ލަދުހަޔާތެއްހުރި ހަމައެކަކުވެސް ނެތޭބުނެވެނީ މިކަހަލަ ވާހަކަ ދައްކާތީއެވެ. ފަތަފޮޅީގައި އެކަހަލަ ވާހަކަތައް ޖަހަންކެރޭތީވެސް ދެރަވަމެވެ.
ރކ ކޮމެޓީ އޭއްޗެކޭ މެމްބަރުންނޭ ކިޔާ މިހާރު ވީދޭނިކަމެް ނެތެވެ. މިހާރު އެއްޗެހި ކިޔުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުންނަށް މިއަދު ދޮލޯ ދުއްމާރިއަށް ނުގޮވާ ވާނުވާ ނޭނގޭބައެކޭ ކިޔާނެކަމެއް ނެތެވެ. ރައްޔިތުން ދުނިޔެއަށް ހޭލައްވަނީއޭ ހައްޤުތައް ހޯދައިދެނީއޭ ހޭލުންތެރި ކުރުވަނީއޭ ކިޔައިގެން ރައްޔިތުން ރކ ކޮމެޓީގެ ވޯޓުގައި އަނދަވަޅަކަށް ވައްޓާލާ ގަންބުވާލީ ތިޔަބައިގަނޑެވެ.
ކަލޭމެން އެދުވަހު ކަންތައްކުރީ ކަލޯމެންގެ މައިސޯބު ކުޑަދަށު ޒަޢީމުގެ ވިސްނުމާ އެއްގޮތަށެވެ. ޒައީމު ބޭނުންވި ގޮތަށެވެ. ޒައީމު ނިލަންދޫ ކޮންމެ މީހަކަށ ހިލޭ މާލެ ދެކޮޅު ދަތުރެއްކޮށްދޭނެއޭ ކޔާގެން ރައްޔިތުންގެ ބޮލަށް ސަވާރުވެ ގުއިރީ ކެމްޕޭނު ކޮށްދިނީ އަތޮޅުވެރިޔާގެ މުޢާވިން ޖަލީލު ދޯއެވެ. ދެންތިބި ޒައީމުގެ ބޯއީންތައް ރކ ކޮމެޓީގެ މެމްބަރުކަމަށް ހޮވެންދެކަށް ދުވާލަކު އެއް ފަހަރު ސައިދީނަމޭ ބުނެގެން އެމީހުންނަށް ވޯޓް ހޯދައިދޭން ރައްޔިތުންގެ ފަހަތުން ތެޅިބޭލީ މޫސާ އަޙުމަދު ދޯއެވެ. ކޮންމެ ގެއަކުން ކުނި ބަރޮލެއް އުކާލަދޭނަމޭ ބުނެގެން ރައްޔިތުން ކައިރީ އާދޭސް ދެންނެވީ ނަސިމްބެ ދޯއެވެ. ވޯޓެއް ދީފިނަމަ ފިހާރައިން ޑިސްކައުންޓް ދޭނަމޭ ކިޔާ ބެނާތަކާއި ފޮތިތައް ދެމީ ކަރިމްބެ ދޯއެވެ. ނޫނީ ވިއްޔާ ކަލޯމެންގެ ޒައީމުއާއި ޒައީމުގެ ބޯއީސްތައް ހޮވުމަށް އެދި ކެމްޕެއިން ކޮށްދިނީ ޢަލީ މުޙައްމަދާއި ޝަރީފާއި މީސްމީހުންދޯއެވެ.
އެންޓި އެފް އޯއަށް ތިބައިގަނޑުގެ ގޮތްގަނޑު މާކުރިންވެސް އޮތީ އެނގި ދަސްވެ ނިމިފައެވެ. ރައްޔިތުންނަށް ކޮންމެ ގޮތެއްވިޔަސް ހެޔޮތާއެވެ. ކޮންމެ ޙާލެއްގައި އުޅެންޖެހުނަސް އެއީ ތިލުއްޗާތަކަށް މާބޮޑު ކަމަކަށް ނުވާނެއެވެ. ރައްޔިތުންނަށް ނުވިޔަސް ކަލޯމެންނަށް ސިރިޔާ ދެކޮޅު ދަތުރު ހިލޭ ކުރެވޭ ނޫންހެއްޔެވެ. ކުނިވެސް އުކާލެވޭ ނޫންހެއްޔެވެ. ހޮޓާހޮޓަލުން ސައިވެސް ލިބޭ ނޫންހެއްޔެވެ. ތީއަބަދުވެސް ތިގތަށް މީހުންދައްކާ ލާރީގެ ދަޅައަށް ހެއްލިގެން އުޅޭ ބައިގަނޑެކެވެ. ކޮންމެ ގޮތަކުންވިޔަސް ބައިރުފިޔާއެއް ނަމަވެސް ލިބެނިކޮށް ނިމުނީއެވެ.
ކޮންމެއަކަސް ކަލޯމެންގެ ވަސްވާހުގައި ރައްޔިތުންގެ ބަޔަކު އެދުވަހު ޖެހުމުގެ ނަތީޖާއަކީ މިއަދު ގިސްލާ ރޮވުމެވެ. އެކޮމެޓީގެ އެއްވެސް އޮއްޓަރެއް ނެތްކަން މިއަދު އެދަނީ ފެންނަމުންނެވެ. އެއީ ރައްޔިތުންނަށް ހެޔޮއެދޭ ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ އެދުމަށް މަސައްކަތްކުރާ ބައެއކަން އެދަނީ ފެންނަމުންނެވެ. ބަހާއި ޢަމަލާއި ދިމާނުވާ ރައްޔިތުންނަށް ފައިދާ ހޯދައިދިނުމުގެ ބަދަލުގައި ގެއްލުން ދެނިވިގޮތަށް މަސައްކަތްކުރާ ކޮމެޓީއެއްކަން އެވަނީ ސާބިތުވެފައެވެ.
މިކަންކަމާމެދު ދެންފަހަރަކުންވެސް ވިސްނުމަށް ރައްޔިތުންގެ ކިބައިން އެންޓި އެފް އޯ އިޚުލާޞްތެރިކަމާއެކު އެދެމެވެ. ބަޔަކު މީހުން ދައްކާ ދަޅަތަކާއި އަވާގައި ނުޖެހި މޫނަށް ކަނދުރާއަކަށް ބެލުމެއްނެތި ރަށަށް އެންމެ ފައިދާވަނިވި ގޮތަށް ކަންކަން ނިއްމައި، އެންމެހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ވިސްނައި ކުރިމަގުގައި ވޯޓް ދެއްވާށެވެ. ނިލަންދޫ ރައްޔިތުންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ ބައެއްކަމާމެދު އެންޓި އެފް އޯގެ ހިތުގައި އެއްވެސް ޝައްކެއް ވަހުމެއް ނުވެއެވެ.
12 comments:
thilhaage jaleeluge baaru eah nufoaruvunee dho mihaaru thilhaa amaa fuyey kiyaabala.dhen liyebala thilhaage amillahaalathu hurigoy eyrun eheevaane meehakuves vaanee dhen kaloage saahibaa eulhenee kalo dhookohlaan
ހާދަހާވާ ރުޅިއެކޭދޯ ތިއަންނަނީ އެއްޗެކޭ ބުނެލާއިރަށް. ތިހަމަދެން ވާ ވަރުތަ؟ ތަންކޮޅެއް ރީތި ބަހުންވެސް ކޮމެންޓެއް ކޮށްލަން ނޭނގޭދޯ. ތީހަމަ ފެންވަރު ފޮޑިންގެ.
ފާފު އޮބްޒަރވަރ ގައި ކުރަހަފާއިވާ ކާޓޫނެއް ފެނިފައި އަޅުގަނޑު ހަމަ ޙައިރާންވެއްޖެ. އެއްކަލަ ގްރޫޕްގަނޑު ބައިބައިވެއްޖެކަން ހަމަ ރަނގަޅަށްވެސް އެނގިއްޖެ. އެހެންޏާފަހެ ކާޓޫނުގައި ގަޅިޖެހި ޓީޝާޓްލައިގެން އެހުރީ ދޮންމަނިކުބޭގެ ޙަސަން. ކަރުދާސްގަނޑެއް ހިފައިގެން ވައްކަޅީން ބަލަން އެހުރީ އެސްޖެހި ރައްޒާޤު. އަޅެ އެފްއޯ ހަމަ ރަނގަޅަށް ބައިބައިވީތަ؟ ނޫނީ އެކާޓޫނު ޖެހިއިރު ގަމާރުކަމުން އެވަރު ނޭނގުނީބާ. ހާދަ ވައްތަރޭ. ކާޓޫނުކުރެހި މީހަކަށް ސަލާމް
ކާޓޫން ބައްލަވަން ބޭނުންފުޅުނަމަ ތިރީގައި އެވާ ލިންކް ބައްލަވާ!
http://www.faafuobserver.com/v3/index.php?news=116
ބުނަންތަ؟ އަދިވެސް ހަމަ ހަދާނީ ހަދާނެ ގޮތެއް. އަދިވެސް އޮތީ ޖަލީލުގެ ބާރު. ކަލޭމެންނަށް ނޭނގޭތަ؟ ޖަލީލު ބޭނުމިއްޔާ ތިޔަ ރކ. ކޮމެޓީ އިނދަ ޖައްސާލާކަށް އެއްވެސް ކަމެއްނޫން. އެކަމަކު ޖަލީލުއަކީ އެއްވެސް އިރެއްގައި ނުފޫޒުގެ ބޭނުން ކުރަންބޭނުންވާ މީހަކަށް ނުވާތީ ބާރުގެ ބޭނުން ނުކުރަނީ.
އެކަމަކު ތިހެން ދޮންބޭބެއާއި ދިމާއަށް ބުނެފިނަމަ ގަބޫލުކުރާނެ ބަޔަކު އުޅެދާނެ.
Jaleel ei vahee dhaleeleh dho. Miharuves corruptionge beynunkoggen dharin Male' gennan Faafu atholhu launch e beynun kuranee ei Jaleelu viheyrey Hameedha dhefai dheytherein vettunu echcheh kamah hitha dho. Jaleelah sajidha jahan veenu thiha mai meehaku viyya. Rangalhla verendhen hedhiyas ma rangalhu vaane, mithiba rofanbe thaka!
hehehehe.... FODI baigandu haadha reyrekey mivanee dhoa.... alhey kalomen guika... islaahey kiyaafa.. thiyaee fisaari islaahu bandunvaavarah furaa alhaafahuri jaadi thakeh...
ޖަލީލު ނުފޫޒުގެ ބޭނުމެއް ނުކުރޭތާ. ނިލަންދޫ ރައްޔިތުންނާ އެއްވެސް ބެހުމެއްނެތް، މަތީމަޖްލީހުން ކުރުވި ވަހުދާ މިސްކިތުގެ މަސައްކަތުގެ އަގަށް އެއްލައްކަ ތިރީސް ފަސްހާސް ރުފިޔާ ރައްޔިތުންގެ މާލިއްޔާއިން މުސްޠަފާއަށް ދިނުމަށް ރ.ކ. ކޮމެޓީއަށް ތިން ހަތަރުފަހަރު ހުށަހަޅައިގެންވެސް ފާސްނުވުމުން އެކަމަށް ދެކޮޅުހަދާ މެމްބަރުން ރަށުގައި ނެތް ދަނޑިވަޅުބަލާ ކޮމެޓީއަށް ހުށަހަޅާ ޖަލީލު ބޭނުންވާ ގޮތަށް ފާސްކޮށް އެފައިސާ މާލިއްޔާއިންނަގާ މުސްޠަފާ އެސްޓިމޭޓްކުރި އަގު، ތިރީސްފަސްހާ ރުފިޔާ މުސްޠަފާއަށް ދީ ބާކީބައި ޖަލީލުގެ ދަރިން ބަނގުލަދޭސަށް ކިޔަވަން ފޮނުވުމަށް ބޭނުންކުރީ އެއީ ނުފޫޒުގެ ބޭނުން ނުކޮށްދޯ؟ މިއާލަތްވަރަކީ ލަދެއް ހަޔާތެއްވެސް ހުރިބައެއް ނޫނިއްޔާ
ނިލަންދޫގައިހުރި ރަށުކޯޓާއި ސިއްޙީމަރުކަޒު ނޫނީ ދެންހުރި ސަރުކާރުގެ ހުރިހާ ދާއިރާއަކަށް ޖަލީލުގެ ފުރިހަމަ ބާރާއި ނުފޫޒު ފޯރުވާ. އެނުފޫޒާއި ބާރުކެނޑިގެން ނޫނީ ނިލަންދުއަށް ފުރިހަމަ ކުރިއެރުމެއް ނުލިބޭނެ. ތިއާލާތުން ކިތައްމެވަރަކަށް ފެލުނަސް ޖަލީލުގެ ބަލާވެރިކަން ފިލިލައިގެން ނޫނީ ނިލަންދުއަކަށް ހަމަޖެހުމެއްނެތް
އަހަރުމެންވެސް މިހާރު ބޭނން ޖަލީލު މަޤާމުން ދުރުވާން. މިނޫން ރަނގަޅު އެހެން ދުވަހެއް ދެކެން. ރަނގަޅު ކިޔަވާގެން ހުރި ޒުވާނަކު ހިންގުމަށް އަންނަން. އެކަމަކު މީހަކު މަޤާމުން ދުރުކުރުމަށް ތިކިޔާގޮތް ކަމަކުނުދޭ. އެއަށްވުރެ ރީތި ގޮތްތަކެއް އޮންނާނެހެން ހީވަނީ. މިހާރުދެން ޖަލީލުދެކެ އަންނަ ރުޅީގައި ޒިނޭގެ ތުހުމަތުވެސް އަޅުވަނީ. ވައްކަމުގެ ތުހުމަތުވެސް އަޅުވަނީ. އެތުހުމަތުތައް މީހަކާމެދު ކުރާއިރު ސާބިތު ކޮށްދެވޭނެބާ. ސާބިތުވާވަރަށް ހެކި ހުރިނަމަ މައްސަލް ކޯޓަށް ހުށައަޅައިގެން ކުރިއަށް ނުގެންދަންވީ ކީއްވެބާ. ތިގޮތަށް ވާހަކަދައްކަންޏާ ހައްތަހާވެސް ވާހަކަ ދައްކާހާވާނީ. އޭގެ ބަދަލުގައި ހަރުދަނާ އުޞޫލެއް ގެންގުޅުން ރަނގަޅުވާނެ. ކޯޓަށް ހުށައަޅައިފިނަމަ ގައިމުވެސް ކޮންމެވެސް އެއްކޮޅެއްގައި ޖެހޭނެ. ޖަލީލު މިވނި މީހަކާ ޒިނޭ ކުރިއްޔާ ކުރިކަން ނޫނީ ނުކުރާކަން، ޖަލީލު ވައްކަންކުރިއްޔާ ކުރިކަން ނޫނީ ނުކުރާކަން ހެކި ހުށަހެޅުމުން ކޯޓުން ނިއްމާނެ.
ސާބިތު ނުކުރެވޭ ކަންކަމުގައި ޖަލީލު ވިޔަސް އަދި އެހެން މީހެއްގެ މައްޗަށްވިޔަސް އެކަހަލ ތުހުމަތުތަކެއް އެޅުވުމީ އެވާހަކަތައް ދައްކާ މީހާގެ މައްޗަށް ބޮޑެތި ހައްދުތަކެއް ކަނޑައެޅިފައިވާ ކަމެއްކަން ނޭނގޭބާ؟
tiyahen thuhumathuves FODI teamuge meehunah Elhuveyne. hadha natta ey vvv fuppafa ulhey gabulhi katheebun thakeh e gropga mulhin ves thibiee kada va bayeh.. thibaigaduge gina meehunannakee magey class matun FAEC ga .. ma haaadha ldheh ganeyey kalo men ulhey dheulhieh nuvaa Style fenifa... Kalomenge class Matu
raadi veetha alathun. fail vee konbaehkan engeydhoa.
މިކަން މިހާރު ދެން ނިމުނީތަ؟؟؟؟؟
Post a Comment