Saturday, February 16, 2008

ލެޔާއި ޢާއިލީ ގުޅުން

އެންޓި އެފް އޯ ހަމަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ބުނާނެ އެއްޗެއްވެސް ނޭނގެއެވެ. އެކަމަކު މައްސަލައެއް ނެތްތާއެވެ. ކަށީގައި ހިފާފައިހުރި ކަމެއް ނުފިލާނެއޭ ބުނާއަޑު އިވެއެވެ. އަދި ތިމާގެ ފޫކޮޅުގައި އޮތް ފޯލި ފޮރުވާގެންތިބެ ގުދޯގުދޯ ގޮވާ މީހުންވެސް މަދެއް ނޫންވިއްޔާއެވެ.


އެކަމަކު އެންޓި އެފް އޯއަށް ދެރައީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީމައެވެ. މީހުންގެ ތެރެއަށް ނުކުމެ އަނގަ ހުޅުވަން ކެރޭކަމެވެ.


އާއިލާއޭ، މައިންބަފައިންނޭ، އަނބިދަރިންނޭ އަދި އެއްބަނޑު އެއްބަފާ މީހުންނާއި ތިމާގެ މީހުންނޭ ކިޔާ އަނގައަރުވަން ފެށީމާ ތިބައިގަނޑު ލަދު ނުގަތަސް އަހުރެން ލަދު ގަނެއެވެ. ތިކަހަލަ ހަޑި ވާހަކަ ދައްކަން އެންމެ ރަނގަޅީ ހަމަ ތިބަގަތަކެވެ.


ކަލޯމެންގެ ބޮއްޅަހޮއްކޮ ޚަލީލު އަކީ ހަމަ އެފަދަ ދެވަނައެއް ނެތް މައިންބަފައިންނަށް ކަމޭހިތުމާއި އަނބިދަރިންނަށް އަޅާލުމާއި އޯގާތެރިވުމުގެ ރިވެތި ނަމޫނާ އެކެވެ. އެއްބަނޑު އެއްބަފާ ކުދިންނަށް އެހީތެރިވުމާއި ލޯތްބާއި ކުލުނު ދެމެހެއްޓުމުގެ ލާމަސީލެކެވެ.


ރކ ކޮމެޓީގެ ދާދާ ހެދިގެން އުޅޭ ދަރަނިބޯ ފުއްޕި ހަކުރަށް ބަލާލާށެވެ. އެކަލޭގެއާ ދެބެންދެދަރި ޙުސައިން ރަޝީދުއަށް ޖެއްސި ހާލު ދެނަހުރީމު ހެއްޔެވެ. އިންޖީނަކާހެދި މަރުކުއްތައްހިފުނަސް ފުކެއް ބޮޑުވަރެކެވެ. އަޑީގައި ހުރެގެން ހުރިހާ ކަމެއްކޮށްފައި ފުލުހުންނާ ހަމައަށް މައްސަލަ ދިއުމުން ކަނޑާލީ ހުސައިންގެ ބޮލަށެވެ. ދާދާގެ އޯގާތެރިކަމުން ހުސޭނު ފުލުހުންގެ ބެލުމުގެ ދަށުގައި ކިތައް ރޭ ކިތައް ދުވަހު ހަމަނިދި ނިދާނުލެވި އާދައިގެ ގޮނޑިއެއްގައި އިށީނދެގެން އިންކަން އިނގޭހެއްޔެވެ. ނޭނގެންޏާ ގޮސް ހުސޭނު ކައިރިން އަހާށެވެ. އެދުވަހު ހުސޭނުގެ ހާލު ފެނިފައި ލޭގެ ގުޅުމެއް ނެތަސް ޔަޤީނުންވެސް އެންޓީ އެފް އޯ ހަމްދަރުދީވީމެވެ. ލޭގެ ގުޅުންހުރި ބޭފުޅާހުރީ މެދުއުޑުގައެވެ.


ދެން ކަލޯމެންގެ އަލްޤާރީ އިބްރާހީމް ހުސައިންކާރީ އަހާލަބަލާށެވެ. މަންމައާއި ބައްޕަ އަދި އެއްބަނޑު އެއްބަފާ ކުދިންނާ ވާހަކަ ނުދައްކާ ހުރީ ކިތައް ދުވަހުތޯއެވެ. އަދި ކިޔެވުމުގެ ނަމުގައި ބޭރު ޤައުމެއްގައި ތެޅުނު ޙާލުގެ އަޑު އެހީމެވެ. އަނބި ދަށުވިޔަސް ތަންކޮލެއް ބޮޑު ވަރެކެވެ.


ދެންވެސް ކަލޯމެންގެ ގްރޫޕުގައި ތިބި ޤާރީ މޫސާ އަޙުމަދު، ޤާރީ ޢަބްދުލް ޖަލީލު، ޙާމިދު ކަރުޒާއީ، އަޙުމަދު މުޙައްމަދު އަދި މިނޫންވެސް ޢިއްޒަތްތެރީންނަށް ނަޒަރު ހިންގާލާށެވެ. މިވާހަކަ ދައްކާދައްކާ ކޮޅުން ނުލާނެއެވެ.


މާތްކަލާކޮށްޓަކައި ދެން އެހެންވީމާ ލޭގެ ގުޅުމޭ އޭއްޗެކޭ މީއްޗެކޭ ކިޔާ އަނގަ ނުހުޅުވާށެވެ. ހަމަ ދުވަނީ ކުނި ވަހެވެ.


ނިއްމާލުމުގެ ކުރިން ލޭގެ ގުޅުން ދެމެހެއްޓުމަށް އަދި ޢާއިލީ ގުޅުން ހަރުދަނާކުރުމަށް ތިޔަކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އެންޓި އެފް އޯގެ ސަލާމް ވަރަށް ގަދައަށް.


9 comments:

Anonymous said...

dhen kaloyge haalu bunedheebalaasheve. thiulhenee thanaku huri moyaehge dhashuvegennedhoa eve. kaloage aailaage ekakuves kaloa aa again buneyhenyeve. misuvaalah javaabu dheebalaashevev. thi ulhenee firihenakaa hedhieve kalo thihiree aailaameehun thalhaa beyru konllaa fadhoeve. mikan gaboolu kon balaasheve. adhives antifo liyeveythoa balaasheve.

Anonymous said...

Mikahala liyun liyan enme ran'galhuvaanee shareefu kahala meehunneve. bappa niyaavi iru ulhenee greyd 7 gaeve. edhuvahun feshigen faathaaniku meehunanah gulaanu kohgen balai bodukoh kiyavaidhee meehaka hedheemaa, vazeefaa libumaffahu faathaanikah ehcheh nudheythaa abadhu innanee rovvaalaafaeve. efakeeru rahdhookoh maale dhaan ethaffaharaku ulhefi eve. e ee shareefu faathanikah hadhaa gothun hithah kehnuvegen neve. efakeeru mihaaruves dhiri ulhenee thelhi miruhaai sanaamugu vikkaigen libey ehchakunneve. bunaathee adu ahameve. shareefah kiyevumai eheetherivi beybeyge qaadhirahves mihaaraku balaanula ey. ran'galhuthaa eve! keyogan'du kan'daaleema dhen gahuge beynumeh noannaane viyyaa eve. mikahala gotheh fotheh ladheh hayaatheh alaathun mikahala liyunthah liyuneemaa enme ran'galhuvaanee.

Anonymous said...

mi blog hadhanee shareef tha? noonee ismail umar tha?
ehen nooniyyaa mee FO meehun amilla ah ehen meehunge hamdharudhee hoadhan amilla ah hadhaagen ulhey blog entha

Anonymous said...

thi liyuman dhalhubeyge hassanu ge nan genainama adhi ithuran furihama vegendhaane.

Anonymous said...

Mee jaleelu kharadhukohgen shareefu aai ismail umaru hingaa saiteh.

Anonymous said...

mi ee ehen meehunge hamdharudhee thimaa menge mahchah hoadhan vegen FO meehun hinga siteh

Anonymous said...

keenvetha thi anti fo update nuvanee hulhubu dhiyaee dho vaanee ves ehen thiulhenee bodulaaree ga hunijahaigen viyyaa mihaaruves thiulhenee magoodhoo meehaku dhinee maa kaigen boaigen ekan hadhuma nethuneetho noonee jaleeluathun enchen nulibi giadhuvas vee dho

Anonymous said...

Bappa feealee, manma nilandhoo, an'bigoyye bilehdhoo, dhari dharaboodhoo, kaiboi hadhanee magoodhoo siraaju dhineemaa, evarunves BLOG hadhaigen ehen meehunge fathifuh kiyeythoa balaathi. thimaage fookolhun faibaa guifoaleege vaheh thimaa akah nudhuvaane viyyaa.

Anonymous said...

Mikahala blog hadhan enme ran'galhu vaanee shareefu aai ali mohamed aa dhemeehun. ali mohamed vesc ma varu meehaku nethigen jaleelu aa ehthashimathee atholhugeygai kaigen jaleelu faleekhath kureveyne haagothah liyunthah battankuranee. haraankoaru viyas mivaru dhen thanfukeh bodu viyyaa.