ހައިރާންވެ އަންތަރީސް ވެއްޖައީމުއެވެ. އަޚުލާޤުގެ ކަންފުޅެއްވެސް ހަމަނެތީހެއްޔެވެ. އަދަބެއް ސުލޫކެއްގެ ކަންފުޅެއްވެސް ގައިގާ ލައްވާފައި ނުވަނީހެއްޔެވެ. ޔަޤީނުންވެސް ކަލޭމެންގެ މައިންބަފައިން ކަލޭމެންނަށް ތިހާދަށު ދަރަޖައިގެ ތަރުބިއްޔަތެއް ނުދޭނެއެވެ. ކަލޭމެންގެ ފެންވަރު އެމީހުންނަށް އިނގޭ ދުވަހަކުން އެމީހުންވެސް ކަލޭމެންނަށްޓަކައި ކަރުނައަޅާ ރޯނެއެވެ.
ކަލޭމެންގެ ބަސްމަގު ތިޔަހުރި ގޮތުން ކޮސްވެއްޖައީމެވެ. އެފް އޯ ޓީމުގެ މެމްބަރުންނާއި އެފް އޯއަށް ސަޕޯޓްކުރާ މީހުންގެ ކޮމެންޓްތައް ކިޔާލާފައި އިތުރަށްދެން އެންޓި އެފް އޯ ބުނާނެ އެއްޗެއްނެތެވެ. މީސްމީހުންގެ ކަރާމާތް ނަގާލުމަށް ތިޔަވަރެއް ނެތެވެ. ޖަލީލާއި ބެހޭގޮތުން އަދި އެންޓި އެފް އޯ ހަދާކަމށް ތިޔަ ޝައްކުކުރާ މީހުންނާ އަޅުވާފައި ދެންއިތުރަށް ކިޔާނެ ހަޑިއެއްޗެއް ނެތްހެއްޔެވެ. ހިއްވަރުކޮށްލާށެވެ. ކުރިއަށް ގެންދާށެވެ. އެއްވެސް މީހަކަށް ދުލުގައެއް ނުހިފޭއްޓޭނެއެވެ. އެކަމާމެދު އިތުރަށް ގޮތެއް ނިއްމާނީ ކިޔުންތެރިންނެވެ.
އެކަމަކު ވާހަކައެއް ބުނަންހެއްޔެވެ. ކަލޭމެން މިބްލޮގް ހަދަނީ ޖަލީލުއޭ ބުންޏަސް އަދި މިބްލޮގުގައި ކަލޭމެންނާ ދެކޮޅަށް ކިތަންމެ ބައިވަރު ލިޔެފައި ހުއްޓަސް މިކަމާ ޖަލީލާއި އެއްވެސް ގުޅުމެއް ނޯންނާނެއެވެ. އަދި މިބްލޮގް ހަދަނީ ޢަލީ މުޙައްމަދޭކިޔަސް އޭނާޔާވެސް އެއްވެސް ގުޅުމެއް ނޯންނާނެއެވެ. ތިޔަކުރެވެނީ ވަރަށް ބޮޑު ކުށްހީއެކެވެ. އަދި އެމީހުންގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި ތިޔަކުރަނީ ހަޑިހުތުރުވެގެންވާ ބޮޑު ޢަމަލެކެވެ. ބޮޑު ކުށެކެވެ. ތިޔަކުރާ ހަޑިހުތުރު ކޮމެންޓްތަކުގެ ސަބަބުން ގެއްލުންވާނީ ހަމަތިމީހުންނަށެވެ. ރައްޔިތުންގެ ކުރިމަތީގައި ވެއްޓޭނީ ތިމީހުންގެ އަގެވެ.
ތިޔައަރާގަނެވެނީ އެއްވެސް ގުޅުމެއްނެތް ބައެއްގެ ޙައްޤަކަށެވެ. އެއްވެސް ޙަޤީޤަތެއް ބެލުމެއްނެތި ކުރެވޭ ޝައްކު ކުށްހީތަކެއްގެ މައްޗަށްބުރަވެ ތިޔަކިލަންބު ކުރެވެނީ ކަމާނުބެހޭ ބައެއްގެ ނަންތަކެވެ. އިޞްލާހު ކުރުމުގެ ނަމުގައި އިތުރަށް ތިޔަކުރެވެނީ ގޯހެވެ. ހަލާކެވެ. ނިލަންދޫގެ ފަސްގަނޑުގައި ތިޔަ ރޯކުރަނީ ޒަމާންތަކަކަށް ދެމިގެންދާނެ ހުޅުގަނޑެއްކަން ދަންނައްޗެވެ. އިންސާނާގެ ހިތުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ނިއްވާލާކަށް ފަސޭހައެއް ނުވާނެއެވެ. ވަޅިންނާއި ކަނޑިން އަދި ބަޑިން ޖިސްމަށްކުރާ އަނިޔާއަށްވުރެ ދުލާއި ގަލަމުން ހިތަށްކުރާ އަނިޔާގެ އަސަރު ބޮޑުވާނެކަން ދަންނައްޗެވެ.
ތިޔަކުރި އަދި މިހާރުވެސް ތިޔަކުރަމުން ގެންދާ ދަށުދަރަޖައިގެ ނޭއްގާނީ ކަންތައްތަކުގެ އަގު ތިމީހުން އަދާކުރަންޖެހޭނެކަން ދަންނައްޗެވެ. އެދުވަސް އެންޓި އެފް އޯ ހިތުން މާކަދުރަކުނެތެވ.
18 comments:
rashugai hulhuroavefai vaanama thi dhebaimeehunves ekamugai zimmaa vaan jehey. dhebaimeehunves vanee dhefaraathun dharujassai hulhuroakohfa. bayehge izzaiy modevifai vaanama ekamugaives antiFO meehun konmes varakah hissaaeh vaanjehey.
vvvv asaru kohffi dhoa? hadhaa insaaffai hagygathah lobikuraa blogaekeythy! jalylu kohffaai huri baeh kanthah thakuge vaahaka jehi irah ,rayyithun baibai vejje,raiyithunah aniyaa ves vejje. fadabo vaahaka nuliye thiaalaathun jalylu kohfai hurikanthahthah sirrukrey.
meega mihaaru jahaa gina comment tha mihaaru kiyanves ladhuganey. meehaku fonuvaa konme commenteh jehun mihaaru huttaalan vejjehen heevany. konme niyathehga e liyaabayaku e ekahal eche liyunas eyeky meehunah gaboolu kureveyne eche kamuga vegen nuvaane. meehunaa muaamalaathu kureveyne nulaahiku reethi goiytha ebahuri. meehun dhakka vaahakayaa dhekolha nooney kuraakanthakaa dhekolha faadukiyumugaves reethi adhabuthake ebahuri.
veema konme meehakavves thimaa beynun eche bunumuge minivankan oiy kamugaiviyas eminivankan rangalhugothuga beynun kuran ebajehey. hamagaimuves meega hunna ekahala comment tha kiyaafa hitha eba araa mee hama nilandhoo meehun liyefa hunna comment tha baaey. mikalala faadukiyumaai coment thakah eves gothaka tharuheebu dhevigen nuvaane
ކެރިހުރެ ސާބިތުކަމާއެކު ބުނަންކެރޭ މީގައިލިޔެފައި ހުންނަ ގިނަކޮމެންޓް ތަކަކީ ޚާއްޞަކޮށް ހުތުރުބަހުން ލިޔެފައިހުންނަ ކޮމެންޓްތަކަކީ އެފްއޯ އާ އެއްވެސް ގުޅުމެއްހުރި އަދި އެމީހުންކުރާ ކޮމެންޓްތަކެއްނޫން. އެއީ ކޮންމެވެސް ބަޔަކު އެމީހުންގެ އަގުވައްޓާލާ އެމީހުން ބަދުނާމުކުރަން ކުރާކަމެއް. މިބުލޮގުގައި އަމިއްލައަށް ލިޔެ ގިނަކޮމެންޓްތައް ކުރަނީވެސް އަމިއްލައަށް. މިކަމުގެ ސާބިތުހެކި ކުރީގެ ލިޔުންތަކަށް ކޮށްފައިވާ ކޮމެންޓްތަކުން ލިބޭނެ. މ
ތިޔައީ ކޮންމެ މީހަކުވެސް ބުނާނެ ވާހަކަ. ތިޔަ ފަރާތަކީ އެފްއޯއަށް ތާއީދު ކުރާ މީހަކަށްވުމުން ތިހާކެރިހުރެގެން އެވާހަކަ ބުނަން ކެރުނުއިރު އެހެންބައެއް އެކަންކޮށްފާނެކަމަށް ހާދަޔަގީންކަށް ބޮޑޭދޯ.
ހަމަގައިމުވެސް ނިލަންދޫގެ ރައްޔިތުންގެ ތެރެއިން އެންމެ ފުރަތަމަ އެފަދަ ލިޔުންތަކާއި ކޮމެންޓުތައް ރައްޔިތުންނަށް ކުރަން ދަސްވީ އެފްއޯ އިން. މީސް މީހުންނަށް ހުތުރުވިހާ ވަނަމަކާއި (މިސާލަކަށް، ދާމިސް، ވެލާޖަމީލު، ވަގު ޖަލީލު) ހުތުރު ލިޔުންތައް ލިޔެނަގާފައިވަނީ އެފްއޯއިން. އެމީހުން އެކަމެއް ކުރާތާ ދޮޅު އަހަރެއްހާ ދުވަސްފަހުން އެހެން ބަޔަގު އެމީހުންގެ ރާގަށް ފައްތާލީ. އެހެންވީމާ ތިހާ ޔަގީންކަމާއެކު ކެރިހުރެ މި ބްލޮގުގައި ހުންނަ ވިޔާނުދާ ކޮންމެންޓުތަކަކީ އެމީހުން ކުރި ކަމެއް ނޫނޭ ބުންޏަސް އެކަން ގަބޫލު ކުރާނީ ކިތައް މީހުންބާ؟ މުސްކުޅިން ބުނެ އުޅޭ ބަހެއް އެއްފުޅަންމަތިން ފުއްމާލިބަކަރި އަނެއް ފުޅައްމަތިން ފުންމާލާނެޔޭ. މި ބަހުގައި އެވަނީ ބަކަރިއެއްގެ ވާހަކައެއްނޫންކަން އެނގެންވާނެ.
ދެން އަލީ މުޙަންމަދޭ، ރައުނާއޭ، ކުޑަހައްވައޭ، ޝަރީފުއޭ، އިސްމާޢީލު ޢުމަރޭ، ކިޔާ ވީދޭއިރު އެއީ ކިހާ ބޮޑު ތެދު ޙަގީގަތެއްބާ؟
މީގަ ލިޔެފައިހުރި ކޮމެންޓުތަކާއި ލިޔުންތަކަށް ބަލާއރު ވަރަށް ބޮޑަށް ހީވޭ މިއީ ހަމަ އެފްއޯ ހިންގާ މީހުން ކޮންމެވެސް އަމިއްލަ މަގުޞަދެއް ޙާސިލްކުރުމަށް ކުރާކަމެކޭ. އެމީހުން ބޭނުންވާ ކަންކަން ޙާޞިލްނުވުމުން ޖަލީލުއާއި ބައިވުމަށް ކޮންމެވެސް މަގެއް ކޮށޭތޯ ބަލަނީކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ. އަދި އޭގެ ތެރެއިން ބައެއ މީހުން ދައްކާފައި ހުންނަ ވާހަކައަށް ނިސްބަތްކުރާއިރު މިކަން ވަރަށް ބޮޑަށް ޔަގީން ކުރެވޭ. ވެދާނެ އެފްއޯގެ އެއްބަޔަކު އަނެއް ބަޔަކަށް ވަގަށްކުރާ ކަމަކަށްވެސް؟
އިއްޒަތޭ،ކަރާމަތޭ،ފޯކޭ،ބައިންގަޑޭ ނުކިޔާ މަޑުން ތިބޭ!މީ ސީދާ ނަސިމްބެގެ ދިން ޚިޔާލަކަށް ޢަލީ މުޙައްމަދު ހެދި ބްލޮގާއެއް. މިބްލޮގާއަށް ލިޔަމުން ދަނީ ޝަރީފް،ޢަލީ މުޙައްމަދު، ސޮމަދު، ރުގޭ މިސް،އިސްމާޢީލް ޢުމަރު ،ފަޒީލާ . މިކަން މިހާރު ހުރިހާ އެންމެނަށް ފާޅުވެ އިނގިއްޖެ. ކިތަންމެ ވަރަކަށް ސިއްރުކުރަން އުޅުނަސް ދެން ސިއްރެއްނުކުރެވޭނެ. އެކަމަކު އެފް.އޯ ހަދަނީ ކޮންބައެއްކަން ނެނގޭނެ. ނުވެސް ހޯދޭނެ. ދެން ލަލަލަލަލަލަ
ވަރަށް އަސަރުކުރޭތާ؟ މިހާރު ތިރުނޑިންވެސް އެއްޗެކޭ ހިތަށް އެބައަރާ ދޯ؟ މީގަ ހުންނަ ކޮމެންޓްތަށް ކިޔާ ލީމަ. އައްޔާ ކަލޭ ފަޑަބޮއި.
ޙަޤީޤަތުގައި މިބްލޮގަރ އަކީ ޖަލީލުއާއި އެއްވެސް ގުޅުމެއް ހުރި ބްލޮގަރއެއް ނޫނޭ ބުނާއިރު ކިހިނެއް އެކަން ޤަބޫލުކުރާނީ. މިބްލޮގަރގައި ބުނެފައި އެވަނީ ޖަލީލު ނޫނީ ޢަލީ މުޙައްމަދު ނޫނީ އެހެން ނަންތަކެއް ލިޔެފައި އެނަންތަކަށް ނިސްބަތްވާ ބައެއް ނޫންކަމުގައި.
އެފްއޯ ލިޔާ މީހުންނޭ ކިޔައިގެން މިބްލޮގަރ އިން ފަޟިޙަތްކުރި އިބްރާހީމް ކަލީލު، ބިއްދޮށުގޭ މޫސާ އަޙްމަދު، ރީތި ޖަލީލު، ކުޑަޙުސޭނުގެ އިބްރާހީމް، ހަޒާރުމާގޭ އަޙްމަދު، ކުޑަހުސޭނުގޭ ޢަލީމު، ކަރަންކާގެ ޙާމިދު، އެސްޖެހި ރައްޒާޤު، ވިލުދޮޅި މަޖީދުއަކީ އެފް އޯ ހެދުމާއި އެއްވެސް ގުޅުމެއްހުރި ބައެއްނޫންކަން ސާބިތު ހެކި ހުރެގެން މިބުނަނީ. އެކަން ކޯޓުގައި ސާބިތުވެސް ކޮށްދީފާނަން. އެކަމަކު މިބްލޮގަރ ލިޔާ ޢިލްމުވެރި ޖާހިލުންނަށް އެކަން ޔަޤީންވާތީ ނިލަންދޫގައި ތިމާމެންވަރުގެ ތަންދޮރު ދަންނަ މޮޅުޔަކު ނެތިގެންކަމަށްބުނެ ފަޟީޙަތްކުރީ. މިހާރުދެން ލިޔާ ކޮމްނެޓްތައްވެސް ގޯސްވާނެ. ޖަލީލު ފަޟީޙަތްކުރަން މިބްލޮގަރ ހަދަނީ. ކަލޭޜމެންގެ ހުރިހާ ރޭވުމެއް ފިސާރިއ ެނގިހުރެ މިބުނަނީ. ކުރާނެކަމެއްނެތް. ނިލަންދޫގެ ތިޔަ ޢިއްޒަތްތެރި ޢިލްމުވެރިން ތިޔަކުރައްވާ މަސައްކަތް ހުޓާނުލައްވާ. ކުރިޔަށްގެންދޭ. ހަމައެކަނި އަދަުލިބެންޖެހނީ އެފްއޯ ޓީމޭ ތިޔަކިޔާ ޓީމަށް. އެންޓި އެފްއޯ ހަދަނީ ތެދުމަގު ދައްކަން. ނިލަންދޫގެ އެއްބައިވަންތަކަމަށް. މޮޔަގޮވާ ވާހަކަ ނުދައްކާ ކުދިންނޭ. ކަލޭމެން އެކަކަށްވެސް ތިޔަ ބޭނުންވާ އެދުން ޙާޞިލެއް ނުކުރެވޭނެ. ޖަލީލުގެ އަގުވއްޓާލަން މިފަދަ ކިތަންމެ ބްލޮގަރ އެއް ލިޔުނަސް އެކަންވެސް ކާމިޔާބެއްނުވާނެ. ޝަރީފަށް އެހީތެރިޔާކަމެއްވެސް ނުލިބޭނެ. ޢަލީ މުޙައްމަދަށް ޕްރިންސިޕަލް ކަމެއްވެސް ނުލިބޭނެ. ޙަބީބާގެ ޢަލީއަށް ބެންކު މެނޭޖަރުކަމެއްވެސް ނުލިބޭނެ. އެސްޖެހި މަޖީދަށް ޕޮލިސް ކޮމިޝަނަރުކަމެއްވެސް ނުލިބޭނެ. ހަމަ މިކަހަލަ ބްލޮގަރ ހަދައިގެން ތެޅިތެޅި ތިބެންޖެހޭނީ. ހެހެހެހެހެހެ
މުޅިން އާ ނަންތަކެއް ފްރެންޑް ތިޔަ ހާމަކުރީ. އެއީވެސް މިބްލޮގަރ ލިޔުމާއި ގުޅުންހުރި މީޙުންތަ؟ ޙަބީބާގެ ޢަލީ އާއި އެސްޖެހި މަޖީދުވެސް މިބައިގަނޑުގައި ހިމެނެނީތަ. ރާއްޖޭގެ އަމްނު ބަލަހައްޓަން ހުވައިކޮށްގެންތިބި މަދަނީންވެސް ރައްޔިތުންގެ މިފަދަ ނޭދެވޭ ކަންތައްތަކަށް ތަރުޙީބުދީ މަގުފަހިކޮށްދެނީތަ؟ ތިޔައީ ވަރަށް ދެރަކަމެއް. މީހަމަ ޖަލީލުމެން ޖަހާ މަޅިތާ! އެވެރިންގެ ވަރަށް ބޯބޮޑުދޯ. ވަރަށް ފިލައިތިބެގެން އެކަންކަން ކުރަމުން މިގެންދަނ.
މީހުންނަށް އޮޅުވާލަން ކުރާ މަސައްކަތް. އަހުރެން ތިޔަ އެފްއޯ އަކާއި އެންޓި އެފްއޯ އަކާއި ނިލަންދެ ޑޮޓްކޮމްވެސް ވަރަށް ކިޔަން.
މިބްލޮގަރ އިން ކުރިވަރުގެ ފަޟީޙަތެއް އެހެން ސައިޓަކުން ކޮށްފައިވާތީ ނުފެފުނު. ބަލަ ނިލަންދެ ކޮމްގައި ވަކިބަޔަކު ޕްރޮމޯޓްކުރަން ކޮށްފައިހުރި މަސައްކަތަށް މިބްލޮގަރ މީހުން ތަރުޙީބު ދިންއިރު ނިލަންދުއާއި ރަށުގެ ކުރިއެރުމަށްޓަކައި އެފް އޯގައި ލިޔެފައިހުރި ލިޔުންތައް މިބްލޮގަރ ހަދާ ކުދިންނަށް ނުފެނުނުކަމުން ދޭހަވަނީ މިބްލޮގަރ އަކީ ނިލަންދޫގެ ހަލާކާއި ފަސާދައަށް ވަކިބަޔަކު ހިތްވަރުދީގެން ލިޔަމުންދާ އެއްޗެއްކަން. މިކަން އިންސާނުންގެ ވިސްނުންހުރި ކޮންމެ މީހަކުމެ ޤަބޫލުކުރާނެ..
thiaa laathun liyanee hama thedu haqeeqaidho ehenmeehun liyanee dhogu bakahttaa thiaalaathun thi ulhenee aminlayan foakah fain erigen dhen kuraane kameh neh. dhen fadaboy jaleelugovaigen goss.
ތިޔަކުރަމުންދާ ކޮމެންޓްތަކަށް ހަމަސާބަހެވެ. ހާދަހާވާ ރީއްޗޭ. ތީތަ ނިލަންދޫއަށް ހެޔޮއެދިގެން އުޅޭމީހުންގެ ބަހުރުވަ ހުންނަންވާނެ ގޮތަކީ. ތީތަ ނިލަންދޫ އިސްލާހުކުރަން ނުކުމެ އުޅޭމީހުންގެ ފެންވަރަކީ.
ކަލޭމެންގެ ފަތިފުށް ކަލޭމެން އަމިއްލައަށް ތިޔަ ހުޅުވާލަނީ. މިބްލޮގައި ކަލޭމެންތިޔަ ކުރާ ކޮމެންޓްތައް ކިޔާފިއްޔާ ކަލޭމެންގެ މަގުސަދު އެނގޭނެ. ހެޔޮއެދޭ ބަޔަކު އުޅޭނީ ތިފާޑަކަށް ނޫން. ބަޔަކުއަދި އެއްޗެއް ލިޔުނަސް ކޮންމެ ވާހަކައެއް ދެއްކިޔަސް ބޯންދީ އަމަޔާ ބަފަޔާ އަނބިމީހާޔާ އަޅުވާ އަވަގުރާނަ ގޮވާކަށް ނުޖެހޭނެ.
thiaalaathun dhakkaa vaahakayaa dhimaeh nuve ennooooooh! kurin dhuvahehga thi rudin liyefai othy mygaajahaa hurihaa liumeh jalyluah egeyne a.miadhu eothy konfokekey kiyaafai v dhifai.enti fo hurihaa aalaathun fadaboy
Bala FO hadhanee evenibaeh nooney kiyaa karubudun adunereyiru antifo aieku Ahmed Mohd koffaivaa chat logeh mi blog gai onnaane kiyaalaa. eyrun engeyne FO hadhanee kon baigandehkan. FO ai behumeh nethey kiyaafa liyefa thivaa emmennakee mulhinves Faafu Observerge Daroaga Imaamun (FODI) ge teamuge memberun.
Kaakah olhuvaalan thiulhenee. nilandhooge islaahah masakkai kuraa izzaitheringe Akhalaaqu thihuree mulhinves foolhai kakulai dheythere akunu. adhives govaaa ISLAAHEY.
ehenve nilandhe.comgai e othee nilandhooge failiarunney. e ee thedhehkan mihaaru egey. dhulun heu ehcheh nunikunnathaa kuraa hurihaakameh chokun dhaathee thigothah viyaanudhaa basthah beyruvumuge ithurun viyaadhaa amalehves nukureveyne.
Kithamme varehviyas ANTIFO akeeves vaki maqsaduthakeh haasil kurumah FOge baigandu hinga siteh. Nilandhooge rayyithun nah olhuvaeh nuleveyne. ANTIFO hadhanee eveni bayekey kiyaa mausoomu baehge bolugai ilzaamu elhuviyas kaleymen mikamun salaamatheh nuvaane. thiyaee amilla faidhaa ah 9 mahai 9 dhuvahu bandu alhai vihey maimeehaa handhaanun nahthaalaafaivaa groupehnu. ehenveemaa thimaage amilla rahmaitherin qurubaan kurun e ee adhi kamakah thi in evves lhaa akah vaane tha?
މީ ޓެކްނޮލެޖީގެ ޒަމާން އެއަށްވުރެ މާފުރިހަމަ ޗެޓް ލޮގެއް ގެނެވިދާނެ. ފާފުއޮބްޒާވަރުން ރައްޔިތުންނަށް އޮޅުވާނުލެވޭނެޔޭ ބުނާއިރު ތިމީހުންނަށް ރަށުގެއިސްވެރިން ވާ ޚިޔާނާތާއި ހަދާދޮގާއި ޖަހާމަކަރާއި ކުރާވައްކަން ސިއްރުކުރެވޭނެބާ؟ ހަމަހިލާ އެހެންވާކަށް ލާހިކެއްނޫން. ކިތައްމެވަރަކަށް މަތިއަޅާ ފޮރުވަން އުޅުނަސް އެކަމެއް ސިއްރުކުރާކަށް ނުކެރޭނެ. ފަޅާއރުވާލާނަން. މިހާރު ތިމާމެން ފަލީހަތްވެ ބަދުނާމުވެ މުޅިރަށަށް ބޭޒާރުވެ އަގުވެއްޓުމުން މީތިމާމެން ހިންގާ ބުލޮގަކަށް ނުވި. މިކަންވެސް އެހެންބައެއްގެ ބޮލުގައި އެޅުވީ. ރަކިސްވެ ކިސަޑަވިޔަސް ތިވަރު ތަންފުކެއްބޮޑު. އަދިވެސް ބުނާތި މަމޮޅޭ
ތިޔަ ބުނާ ވެރިން ބަދުނާމުނުވެ އެންމެ ފަހުންވެސް ބަދުނާމުވެ ރަކިސްވެ ކިސަޑުބޮވިފައިވަނީ ތިއާލާތުންގެ ވެރިޔަކަށްވެގަނެގެން މުޅި ނިލަންދޫއަށާއި ފ.އަތޮޅަށް ޣައްދާރުވެފައިވާ މީހެއް. އެހެންވީމާ ތިޔަބުނާ ވެރިންނެއް މިކަހަލަ ބުލޮގެން ހިންގުމުގެ ބޭނުމަކީކޮބާ؟
ހީކުރަނީ ދޯ ތިކަހަލަ މަކަރައިޖަހައިގެން ކައިގެން އުޅޭ މީހުންނޭ ދެންވެސް އުޅެނީ. އަހުމަދަކީ ހަމަ ތީގެ ރަކިސްއެއް ވީމަ އެއްބަހެއް ނުވާނެ އެއީ ދެއްކި ވާހަކަތަކެއް ކަމަކަށް.
ތިއާލާތުން ޖެހޭނީ ވީދިވީދިފާވެސް ފެންނެތްތާގައި ބަކައަޅަން.
އެންޓިއެއްފޯއްބޮޑިއަކީ އެފްއޯ ހިންގާ މީހުން ހިންގާ ސައިޓެއްކަން އަހަރެން ހެކިވަން. ވަރަށް ސިއްރުން އެމީހުންގެ ތެރެއިން ބަޔަކު ރާވައިގެން ހަމަ އެއިގެ ތެރެއިން އެމީހުން ހިތްހަމަ ނުޖެހޭ ބަޔަކު ބޭރުކޮށްލުމަށް ރާވާ ރޭވުންގަނޑެއް މީ. ޖަލީލު ރަނގަޅުކޮށްފައި އެލިޔަނީ މިހަދާ މީހުން ނޫން އެހެންބަޔަކަށް ޝައްކު ކުރުވަންވެގެން. ހަސަނު
dhen fadaboy antifo hingaashey kiyaafa
Post a Comment