Saturday, March 15, 2008

ކޮންމެ ޙާލެއްގައިވިޔަސް މައިންބަފައިންނަކާ ނުބެހޭނަން

މައިންބަފައިންނަކީ އެބަޔަކަށް ޢިއްޒަތާއި ޤަދަރު ދޭންޖެހޭ ބަޔެކެވެ. ހެޔޮކޮށްހިތަން ޖެހޭ ބެޔެކެވެ. ކީރިތި ޤުރުއާންގައި އަންގަވާފައިވަނީ ކީރިތި ﷲއަށް މެނުވީ އެހެން ފަރާތަކަށް އަޅުކަން ނުކުރުމާއެކު މައިންބަފައިންނަށް ކަމޭހިތާ އިޙުސާންތެރި ވުމަށެވެ. އަދި އެމީހުންނަށް އިހާނެތި ވެގެންވާ ކުޑަނަމަވެސް އެއްޗެއް ނުބުނުމަށެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޡްފުޅެއްގައިވަނީ ސުވަރުގެވަނީ މަންމައިންގެ ފައިތިލަ ދަށުގައެވެ. މީގެންވެސް މަތީފަރާތުން މައިންބަފައިންނަށް ދެއްވާފައިވާ އިޙުތިރާމާއި މަޤާމު އަންގައިދެއެވެ.


އަމުދުން އެމީހުން މުސްކުޅިވެ ގައިގާ ބާރުދޫވުން އަޅާލުން އިތުރުކޮށް ހިތްހަމަޖެހުމާއި އުފަލުގައި ބާކީ ދުވަސްތައް ހޭދަކުރެވޭތޯ މަސައްކަތްކޮށްދޭން ޖެހެއެވެ. އެމީހުންނަށް ގިނަގިނައިން ހެޔޮދުޢާ ކޮށްދޭންޖެހެއެވެ. އެޢުމުރުގައި ދެރަވެ ހިތުގައި ޖެހޭނެ އެއްވެސް އެއްޗެއް އެއްވެސް މީހަކުގެ ފަރާތުން އިވުނަ ނުދޭހުށިއެވެ.


މިބްލޮގް އުފެދުނީ އިޞްލާޙުގެ ނަމުގައި ބަޔަކު މީހުން ހިންގަންފެށި ކަންތައްގަނޑު ހައްދުފަހަނައަޅާ ދިއުމުނެވެ. އެމީހުންގެ ވެބްސައިޓްގައި ބޭއަދަބީ އަދި އަނެކުންނަށް މުޚާތަބު ކުރުމަށް އެކަށީގެންނުވާ ދަށުދަރަޖައިގެ ބަހުރުވައިން ލިޔަމުންދިޔަ ލިޔުންތަކަށް ހުއްޓުމެއް ގެނައުމަށެވެ. ފަތުރަމުން ގެނދާ ވާހަކަތަކުގެ ޙަޤީޤަތް ފާޅުކޮށް ދިނުމަށެވެ.


މިބްލޮގް އުފެދުމުގެ މަޤުޞަދު ކޮންމެވެސް ވަރަކަށް ޙާޞިލްވެއްޖެ ކަމުގައި ބުނަންޖެހެއެވެ. ބައެއްފަހަރު މީސްމީހުނަށް ވިސްނޭނީ އެމީހަކު މިނާ ނާޅިއަކުން މިނުމުންނެވެ. އޭރުން އެހެން މީހުންގެވެސް ޢަބުރާ ޢިއްޒަތެއް އޮންނާނެކަންވެސް އިނގޭނެއެވެ. އަދި އެހެން މީހުންނަށްވެސް އިޙުތިރާމް ކުރުމަކީ އޮތްކަމެއްކަން އިޙުސާސް ކުރެވޭނެއެވެ.


ދެރަކަމަކީ އޭގެތެރެއިން ބައެއް މީހުންގެ ކޮށިވިސްނުމާއިގެން ކުރިއަށްދާން މަސައްކަތްކުރުމެވެ. އިޞްލާޙުވެ ރަނގަޅުމަގު ޚިޔާރު ކުރުމަށް ލިބިފައިވާ ރަނުގެ ފުރުޞަތު ނަގާލައި އެމީހުންގެ ގަޓް ހުރިކަން ދައްކަން ފެށުމެވެ. އަމިއްލަ ނަފްސަށްވުރެ މޮޅު ބަޔަކު ނެތޭ ބުނާ ކަހަލައެވެ. އެމީހުންނަށް މިބްލޮގް މެދުވެރިކޮށް ސީދާގޮތުން ދޭންފެށި ރައްދުތައް ހަޖަމް ނުކުރެވުނީއެވެ. އަދި ތަޙައްމަލު ކުރަންވެސް އުނދަގޫވީއެވެ.


ބައްލަވާލައްވާށެވެ. އެންމެފަހުން އެފެށީ އެކިމީހުންގެ މައިންބަފައިންނާ ބެހި ހަޑިހުތުރު ބަހުން ލިޔުންތައްލިޔެ ކޮމެންޓްކުރާށެވެ. ޖަލީގެ މުސްކުޅި އަމައޭ، ޝަރީފްގެ ނިކަމެތި އަމައޭ އެވިމިވެނި މީހެއްގެ މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. ގައިމު ކިރިޔާވެސް ހިތުގައި އަގަލެއް ހުރިނަމަ ލަދެއް ޙަޔާތެއްވާނަމަ އެކަހަލަ އެއްޗެއްހި ބުނަން ޖެހިލުންވާނެއެވެ. އެހެން ބުނާމީހެއްގެވެސް މަންމަ އާއި ބައްޕަ ތިބޭނެއެވެ. އެހެން މީހުންގެ މައިންބަފައިން މުސްކުޅިވާ ފަދައިން ތިމާގެ މައިނބަފައިންވެސް މުސްކުޅިވާނެއެވެ. ގައިގެ ބާރުދޫވެ ނިކަމެތިވެސް ވާނެއެވެ.


ކުރާނެ ހަމައެއްވެސް ކަމެއްނެތެވެ. އެއީ އެމީހުންނަށް ދަސްވެފައިވާ ގޮތްކަމުގައި ވެދާނެއެވެ. އެކަހަލަ ބައެއް މީހުންގެ ކުރިމަތީގައި މައިންބަފައިންނަކީވެސް އެއްވެސް ބައެއްކަމުގައި ނުވެދާނެއެވެ. އެންޓި އެފް އޯ ސީދާ ގޮތުން ކަލޭމެންގެ ކުޅިގަނޑު ހުއްޓުވުމަށް ކަލޭމެންގެ އަނދިރި ފަރާތް އަލިކުރުމަށް ކޮންމެ އެއްޗެއް ލިޔުނަސް، ކަލޭމެންގެ މައިންބަފައިންނަކާ ނުބެހޭނަމެވެ. އަދި އެމީހުންނަށް ކުޑަނަމަވެސް ކުޑައިމީސް ބަހެއް ބުނުމީ އެންޓި އެފް އޯ ދުވަހަކުވެސް ނުކުރާނެ ކަމެކެވެ. ކަލޭމެންނަށް މައިންބަފައިންނަކީ އެއްޗަކަށް ނުވިޔަސް އެންޓި އެފް އޯއަށް އެއީ އަގުހުރި ޖަވާހިރެކެވެ. ބައިންބަފއިންނަކީ ދެވަނަ ފަހަރަށް ލިބޭނޭ ބައެއް ނޫނެވެ.

21 comments:

Anonymous said...

މައިން ބަފައިން މާތްކުރެއްވި ފަދައިން ކޮންމެ އިންސާނެއްވެސް މާތް ﷲ ވަނީ މާތްކުރައްވާފައި އެއްވެސް މީހަކަށް އަނެއް އިންސާނެއްގެ އިއްޒަތުން ނަފުސަށް އަރައިގަތުމުގެ ޙައްޤެއް ނޯންނާނެ އެއްވެސް ޙައްޤުންކަމަކައި ނުލައި އެއްބަޔަކު އަނެއްބަޔަކު ތިޔަދަނީ އެކިމީހުންގެ އަބުރާއި އިއްޒަތް ނަގާލަމުން ޤުރުއާނުގައިވެސް އަންގަވާފައިވޭ ކޮންމެ މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކޭ ނުވަތަ އުޚުތެކޭ ރަސޫލާގެ ހަދީސެއްގައިވޭ ތިމާގެ އަމިއްލަ ނަފުސަށްވުރެ ތިމާގެ އަނެއް މުސްލިމު އަޚާއަށް ރަނގަޅުގޮތްވުމަށް އެދިފުމަށް ދާންދެން ތިމާ އީމާނެއް ނުވެޔޭ ވީމާ، މައިން ބަފައިންނާ ބެހުމެކޭ މުސްލިމު އަނެއް އަޚާއާ ބެހުމެކޭ މާބޮޑު ތަފާތެއްނެތް އެހެންވެ އަހަރެން ދެފަރާތަށްވެސް މިގޮވާލަނީ ހުރުތުރު މަގު ދޫކޮށްލާ ރަނގަޅު މަގު އިޚުތިޔާރުކުރުމަށް: ނިލަންދޫ ދަރިއެއް

Anonymous said...

ވަރަށް ރަނގަޅު ލިޔުމެކެވެ. މިހާތަނަށް މިބްލޮގްގައި ޖަހާފައިވާ އެންމެ ރަނގަޅު ލިޔުމެވެ. އެއްވެސް މީހަކު އަނެކާގެ މައިންބަފައިންގެ ޙުރުމަތް ކަނޑާގެން ނުވާނެއެވެ. އެއީ ކުރެވޭ ވަރަށް ބޮޑު އިހާނާތެކެވެ. ވ ބޮޑު ކުށެކެވެ.
އަދި މަތީގައިވާ ކޮމެންޓްގައިވާ ފަދައިން އަނެއް އަޚާއަށްވެސް އިޙްތިރާމް ދޭން ޖެހެއެވެ. އެއީ ކޮންމެ މީހަކުނަމަވެސް މެއެވެ. ރަސޫލާ (ޞޢވ)ގެ ޙަދީޘެއްގައިވަނީ މުސްލިމަކީ ތިމާގެ އަތާއި ދުލުގެ ނުބައިކަމުން އަނެއް މުސްލިމަކު ސަލާމަތްކޮށްފި މީހާއެވެ.
އެކަންތައްތައް ކުރާ މީހުންނަށް ނަޞޭޙަތްދީ ރަނގަޅުކުރެވޭތޯ އަދި އިޞްލާހުކުރެވޭތޯ ބަލަން ޖެހެއެވެ. އެކުރެވެނީ ރަނގޅުކަމެއް ނޫންކަން ވިސްނައިދޭން ޖެހެއެވެ. އަދި އެކަނ ހުއްޓާނުލާ ތަކުރާރު ކުރަނީނަމަ އެމީހަކު ޢަމްލަކުރާގޮތަށް ކުރުންވެސް ދީނުގައި އޮވެއެވެ. އެއީ އެކަމު ވަކި ހައްދެއްގެ ތެރެއިންނެވެ. އެހެން މީހަކާ ނުވަތަ އެހެން ބަޔަކާ ނުބެހިއެވެ.

Anonymous said...

އެމީހުންގެ ޢަމަލުތައް ރަނގަޅު މަގަށް އެޅުވޭތޯ ލައްކަ ގިނަ މަސައްކަތް ވަނީ ކޮށްފައި. ތަފާތު ބައްދަލުވުންތަކުގައި އަދި ވަކިވަކި މީހުންނާ ބައްދަލު ކޮށްގެންވެސް. އެކަމަކު ވީއެއްވެސް ކަމެއް ހަތްހަރާމުން ހަރާން. އޭގެ ސަބަބުން އެމީހުން ކޮށްލަނީ އަދި ބޮޑު. އެކަމަށް ޖޯކުޖަހާ ވެރިން ތިމަންނާމެންގެ ފައި ބުޑަށް ވެއްޓެނީއޭ އާދޭސް ކުރަނީއޭ. އެމީހުން ބޭނުމެއް ނުވޭ ވިސްނާކަށް. އަދި ގޮތް ދޫކުރާކަށްވެސް. އެމީހުންގެ ގޮތުގައި ތިބެން ބޭނުންވަނީ.
އެހެންވީމާ މިބްލޮގްވެސް އުފެދިފައި މިވަނީ. އެމީހުންވެސް ރަނގަޅު މަޤުޞަދެއްގައި ނުކުތްނަމަ މިބްލޮގްވެސް އަދި އެހެން ބަޔަކުވެސް ނުނުކުންނާނެ.

Anonymous said...

ރަނގަޅު މަގަށް އެޅުވޭތޯ މަސައްކަތްކުރީއޭ ބުނަން، ލިޔަން ވަރަށް ފަސޭހަ. ތިޔަބުނާ ވެރިން އެމީހުންނާ މެދު އަމަލު ކުރަމުން ދިޔައީ ކިހިނެއްބާ؟ މީ އެމީހުންގެ ޢަމަލުތައް ރަނގަޅުކުރަން މަސައްކަތް ކުރީމޭ ކިޔައިގެން ދޮގުވާހަކަތަކެއް ލިޔާއިރު ވިސްނާލަން ޖެހޭނެ ކަމެއް
ވަރަށް ރަނގަޅު ލިޔުމެއް ލިޔެފައި އެއަށް ތިމާމެން މިކޮމެންޓު ކުރަނީ އެލިޔުމުގެ ރޫޙާ މުޅިން ޚިލާފަށް ދެބައި މީހުންގެ މެދުގައި އިތުރަށް މައްސަލަޖެހި ހޫނުވާގޮތަށް ވީމާ ވަރަށް ރަނގަޅަށް އެބައެގޭ މިބުލޮގުގެ ލިޔުންތެރިންނަކީ މިމައްސަލަ ހައްލުކުރަން ބޭނުންވާ ބައެއްނޫންކަން ހައްލުކުރަން ބޭނުންނަމަ އަލުންބަލުން ފަށައިގެން މިކަންތައްގަނޑުގެ ހުރިހާ ނުބައަކީ އެމީހުންކަން ދޭހަވާގޮތަށް ލިޔުންލިޔާކަށެއް މިގޮތަށް ލިޔުމުގެ ބޭނުމަކީ އެމީހުންގާތަށް އިތުރަށް ރުޅިއެރުވުން

Anonymous said...

ތިޔަމީހުންނަށް މިހާރުދޯ ﷲ ސުބުޙާނަޙޫ ވަތަޢާލާ ޙަދާންވަނީ. މީހުންގެ އަބުރާއި އިއްޒަތް ނަގާލެވޭ ކޮންމެފަހަރަކު ﷲ މަތިހަނދާނެއްނުވޭ ދޯ؟

Anonymous said...

އެންމެ ފުރަތަމަ އެއޮތް ދެ ކޮމެންޓަށް ވަރަށް ބޮޑަށް ތާއީދުކުރަމެވެ. ޙައްޤަކާއި ނުލައި އެއްވެސް މީހަކު އަނެއްމީހަކަށް އެއްޗިހިގޮވާހަދައިގެން ނުވާނެއެވެ. އަދި އެކަންކަން ވާހަކަ ދައްކައިގެން ޙައްލުކުރެވޭތޯ ބަލަންޖެހޭނެއެވެ. ނޫނީ ފަސާދައިގެ ތެރެއަށް މުޅި މުޖުތަމަޢު ވެއްޓިގެން ދާނެއެވެ. ބައެއްފަރާތްތަކުން ބުނާފަދައިން މި ބްލޮގުން މިފަތުރާ ވާހަކަތަކުގެ ސަބަބުން އެކަން ފެތުރިގެން ހިނގައިދާނެއެވެ. އެކަމަކު މި ބްލޮގު ފެންނަންފެށީ ކީއްވެގެން ކަމާމެދުވެސް ވިސްނާލަން އެބަޖެހެއެވެ.
އެފްއޯއޭ މިކިޔާ ގުރޫޕާއި އަތޮޅު އޮފީހުގެ ވެރިންނާއި ރަށުއޮފީހުގެ ވެރިން އެތައްފަހަރެއްގެ މަތީން ބައްދަލުކޮށް އެމީހުންގެ ވާހަކަތައް އަޑު އަހައި ކަންކަން ޙައްލުކުރެވޭތޯ ބަލާފައިވެއެވެ. އަދި މީގެ ގިނަ ބައްދަލުކުރުމަކީވެސް އަތޮޅު އޮފީހުގެ ވެރިންނާއި ރަށުއޮފީހުގެ ވެރިންގެ އިސްނެގުމުގެ މަތީން ބޭއްވުނު ބައްދަލުކުރުންތަކެއް ކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް މިއިން ކޮންމެ ފަހަރަކުވެސް މި އެފްއޯގުރޫޕުގެ ނޭއްގާނީކަމާއި ޖާހިލުކަން އިތުރުވެ ތިމާމެން ވަރުގެ ބަޔަކުނެތްކަން ދެއްކުމުގެ ގޮތުން "އެންމެ ފަހުން ގޮތްހުސްވެގެން ތިމަންނާމެންނާއި ބައްދަލުކުރަންޖެހުނީއޭކިޔާ" މިބައިމީހުންގެ ޙަރަކާތްތައް އިތުރަށް ދިޔައީ ފުޅާކުރަމުންނެވެ. އަދި ރަށަށް އަރައިފިއްޔާ ފާޑުފާޑުގެ ލިޔުންތައް ރަށުތެރެއަށް އަޅާއި މުޅިރަށުގައި ނުތަނަވަސްކަން އުފައްދަމުން ދިޔަކަން ނިލަންދޫގެ ރައްޔިތުން ފާހަގަކުރެއެވެ. މިކަންތައްގަނޑު ބޮޑުވެގެން އަތޮޅާއި ރަށުގެ ވެރިން މިބައި މީހުންނާއި ބައްދަލުނުކުރާ ފަހަރު ފަހަރުވެސް އާދެއެވެ.
އެންޓީއެފް އޯ އުފެދެންޖެހުނީ މިބައިމީހުންގެ ނޭއްގާނީކަން އެކިގޮތްގޮތަށް ވާހަކަދައްކައިގެންވެސް ބަދަލު ނުވުމުގެ ސަބަބުންނެވެ. ދޮގުވާހަކަތަކާއި ބުހުތާނުތަކުން ހައްދުން ނައްޓައި ދިއުމުގެ ސަބަބުންނެވެ.
އެމީހުންގެ ފަސާދަކުރުންތައް ހައްދެއްނެތިގެން ދިއުމުންނެވެ.
އެމީހުން ފޭހިއިލޮށި އެމީހުންގެ ލޮލަށް ހެރުމުން މިފަދަ ކަންކަމުގެ ހިތިކަން މިހާރު އިޙްސާސްކުރެވޭނެއެވެ.
މިފަދަކަންކަން ތަކުރާރުވުމަށް އެންޓީއެފްއޯއިން ނޭދޭނެކަން ޔަޤީންކުރަމެވެ.
އެހެންކަމުން އެންމެންގެ ލާބަޔަށް އެފްއޯގެ އަހުލުވެރިންނާއި އެންޓިއެފް އޯއަށް މިކަން ހުއްޓާލުމަށް ގޮވާލަމެވެ. އެފްއޯ މީހުންނަށް މިހާރު ވިސްނިއްޖެކަމަށް ފެނެއެވެ. އެކަމަކު ދެވަނަ ވައިފޮޑިއެއް ޖަހަން އެފްއޯއިން ވިސްނައިފިނަމަ ދެންވާނެ ގޮތަކާއިމެދުވެސް ވިސްނާލުން ބުއްދިވެރިއެވެ.... ނިލަކޮއި

Anonymous said...

ނިލަކޮއި ކަލޭ ފަޑަބޮއި.

Anonymous said...

ތިމާގެ ހިތްނޭދޭއަޑެއް އިވޭއިރަށް ތިޔައީ ވާވަރަކީ... ހައްތާވެސް ޖާހިލުވަނީ

Anonymous said...

konme haalehgaives meehunge mainbafainnaa nubeheynamey bunaa iruga miveethana mi blog ga liyefa huri liyun thakaky konmes kudhinthake mainbafain. anekka mainbafainna ikhthiraamu kurumaa heyokoh hithumaa mikanthahtha mee vaki umurufuraavarakah dhiumuh onna kamehbaa??? nooney vaki bayaka onna echehbaa???
hamagaimuves ahanna engifa othy ehene nun

Anonymous said...

main bafainna kamey hithun ekanyeh noon allah angavaafai vanee. meehunge aburaa izzathakee kihaa vareh ge echcheh kan ves angaavafai vey. ekan FO ah ves ANTIFO ah ves neygenee baa?? adhi fithuna akee ves kihaa vareh ege echcheh kan angavaafai vey... ekan ves thi in evves bayakah neygenee baaa?? nethi moshumaa gheeba bunumake ekiha avareheg kameh kan neygenee baa??? FO ah ves ANTIFO ah ves.. adhi gaia thimaage kamuge gulhumuge hurumai therikan ves neygeneebaa!! kaley emnnakee quruaan ge ebbayah eeman vefa aneh bayah eemman nuvaa bayeh kan mi fadha liyun thakun angaa dheneee. Allah subuhaanahu va tha aalaa ge vahee bas fulhu ei.
ekan neygenee baaa..
anti fo ves fo ves thee kee rangalhu bayeh noon

Anonymous said...

thiya commentgai "kommeves baehge mainbafain" ney. ehenveema dhefaraathehge vaahaka mi dhehkenee. ranhdhuvaa meehaa ai rahdhuvaameeha ai gulhun huri faraithah. darin nakee thiya bunaa mainbafainnai gulhun huri faraithah.
ehenveema bunelan othee dharin nakai mi blogakun nubeheyey. thiyabunaa main bafaige main bafainnakaives miblogakun nubeheyey. behifa huree hama ekani seedhaakoh ekan kuraa faraithakai. Emeehakai gulhun huri faraithakai behumeh ney. mi blog gai huri liyun thah kiyumuh ahannah dheyhavee migothah.
matheegavaa comment liyunu faraathah thiothee inthihaa ah olhifa kamah mashah fennanee. =antifo kiyaameeheh=

Anonymous said...

Antifoge maqsadhakee thiya buni fadha liyunthakakee kihaavarehge ehchehkan ekan kuraa faraithakah visnaidhinun. ekan vejjiyya e nimunee. antifoge maqsadheh noon kanneyge mifadha kankan kuriyah gendhiyumakee. ehenveema bayaku rangalhu noon kan nimmun adhi maa avas hen heevanee.

Anonymous said...

އެންޓި އެފް އޯ އުފެއްދި މަޤްޞަދާއި އުފައްދައި ކުރިޔަސް ގެންދަނީ ކޮންބައެއްކަން މީގައިހުރި ކޮމެންޓުތައް ކިޔާލުމުން އެނގިއްޖެއެވެ. ފ. އަތޮޅު އޮފީހާއި ނިލަންދޫގެ ވެރިންގެ އެހީތެރިކަމާއެކު ހަދަމުންދާ ބްލޮގަރ އެއްކަން އެނގި ޔަޤީންވެ ކަށަވަރު ވެއްޖެއެވެ. އެފް އޯ ގެ ބައިގަނޑަށްދޭ ޙަމަލާއޭކިޔައި ނިލަންދޫގެ ދަރިންތަކެއް މިބްލޮގަރ އިން ފަޟީޙަތް ކުރަމުންދާއިރު އެފްއޯ ބައިގަނޑުގެ ނަމުގައި މިބްލޮގައިގައިގައި ފަޟީޙަތް ކޮށްފައިވަނީ ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ ބައެއްހެއްޔެވެ. ޚަލީލުއާއި ބިއދޮށުގޭ މޫސާ އަޙްމަދާއި ރީތި ގަސްދޮށުގޭ ޖަލީލުއާއި ޙާމިދު އާއި އިބްރާހީމް ޙުސައިން ފަދަ މީހުންނަކީ މިމަސައްކަތް ކުރުމުގައި ކިހާވަރެއްގެ ޢިލްމެއް ލިބިހުރި ބައެއްކަން މިބްލޮގަރ ހަދާ މީހުންނަށް އެނގިފައިނެތުމުން ތަންދޮރު ދަންނަ މީހުންނާއި ނުދަންނަ މީހުންނަކީ ނުވަތަ ނިލަންދޫގެ މީހުންގެ މަޢުލޫމާތާއި ގޮތްފޮތް އެނގެނީ ކޮންބަޔަކަށްކަން އެނގޭވަރު ހާމަވެއްޖެ.
މިއަދު މިބްލޮގަރ އިން ނިލަންދޫގެ އެތައް ދަރިންތަކެއް ފަޟިޙަތްކޮށް ބަދުނާމުކޮށް ޙައްޤުނޫން އިލްޒާމުތައް ބޮލުގައި އަޅުވައި ދޮގުތުހުމަތުކޮށް ލާއިންސާނީ ޢަމަލުތަކުން ބޮޑެތި ޖަރީމާތައް މިބްލޮގަރ މެދުވެރިކޮށް ހިންގާފައި ތިމާމީހުންނަށް ކުރެވުނު ކަންތައް އަނެއް އަތަށްޖަހަން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތެވެ.
ތެދެއް ބުނަންހެއްޔެވެ. މިބްލޮގައިގައި ކޮށްފައި ހުންނަ ކޮމެންޓްތަކަކީ އެފްއޯގެ ބައިގަނޑު ކުރާ ކޮމެންޓްތަކެއްކަމަށް ހީނުކުރާށެވެ. ނުބައި ބަސްތަކުން ހުތުރު ގޮގްގޮތަށް ރަށުގެ ދަރިން ފަޟިޙަތްކޮށް ބަދުނާމުކޮށް އެކަންކަމަށް ހުތުރު ބަސްތަކުން ކޮމެންޓު ކުރަނީވެސް މީގައި ލިޔާ މީހުންނެވެ. އެކަންކަން ނޭނގޭބަޔަކު ނޫޅެއެވެ. ނަމަވެސް ތިޔަފަދަ ދަށުދަރަޖައަށް ބަޔަކު ނުވެއްޓި ތިބެނީއެވެ.
މިބްލޮގަރ އުފައްދައި މަޤްޞަދޭކިޔައިގެން ޢާއްމުންގެ މޫނުމަތީގައި އަނދުންއަޅުވައި ބަދުނާމު ކުރަމުންދަނީ ނިލަންދޫގެ ރައްޔިތުން އެމީހަކަށްޓަކައި ފަޚުރުވެރިވާ އަދި މުޅި ފ. އަތޮޅު އެދަރިއަކަށް އެންމެ އިޙްތިރާމުކޮށް ޤަދަރުކުރާ ފ. ނިލަންދޫ އަތިރީގޭ މުޙައްމަދު ޖަލީލުއެވެ. އެ އަޚާގެ ޢާއިލާއެވެ. އެކަމަށް ކޮމެންޓު ލިޔަނީވެސް ހަމަ އެންޓި އެފްއޯގެ ޓީމުންނެވެ. މިކަން މިހާމަކުރަނީ ފިސާރި އެނގިހުރެއެވެ. ބޭނުމަކީ ޖަލީލު ބޭރޮކޮށް ފައްސާލުމަށް އަތޮޅު އޮފީހުގައި ހިންގާ ކެމްޕޭން ސިއްރުގޮތުގައި ހިންގުމެވެ. ޖަލީލުފަދަ އަގުހުރި ދަރިއެއްގެ އަގުވއްޓާލައި ސަރުކާރު ކުރިމަތީ ޖަލީލު ބަދުނާމު ކުރުމެވެ. އެކަން މިބްލޮގަރ އިން ވަރަށް ފުރިހަމައަށް އެބަ ކޮށްދެއެވެ. ޖަލީލުއަށް ހެޔޮއެދޭކަމަށް ބޭރުފުށުން ދައްކަމުން ޖަލީލު އޮރިޔާންކުރަން ތިޔަކުރާ މަސައްކަތް ދެނެވޮޑިގެންވާ ފަރާތެއް ވާކަން ބިރުވެތިނުވާ ބަޔަކު މައިންބަފައިންގެ ޙައްޤޭ، ދަރިންގެ ހައްޤޭ ކިޔުމުގެ ބޭނުމެއް ނެތެވެ. ތިޔަ އެންޓި އެފްއޯގެ ބައިގަނޑު އިޞްލާޙްވެ ކާންދޭ މީހާ އަތުގައި ދަތްނާޅައި ތައުބާވާން ގޮވާލަމެވެ. ޖަލީލުގަ އަގުވައްޓާލަން ކުރާ މި ވިޔާނުދާ މަސައްކަތް ވަގުތުން ހުއްޓާލަން ގޮވާލަމެވެ.

Anonymous said...

antifo ge maqusadhakee jaleelu faleehaykurah ekah varah ragalhah furihama vamundhey mifaharuves jahaafa thioy liumakee jaleeluge amayaa behumun jahaafa oyyliumeh thimaniteemah heevanee ehen meehunge thebenee mainbafainnehnoon hamaekani mainbafain thibenee jaleeluge ehenmeehunge main bafainnaa kithame varah behunas heydho thiaa laathun mihaaru jaleeluge muskulhi amaa kairiyahves jassanee dho.thibeyfulhun antifo ufedhunu maqusadhu badhalu kuarah vejjeeh noon mihaaru thiblogah kiyanvee jaleelu maniteem blog spot.com konmehen maadheenee vegen ulheyne kameh neh thiaalaathunge thereyga noolheyne enchaku alhaafaves hulhagah venttey lhaa yaku . ehen veemaa meehun abadhuves dhankkaane nilandhooga namaadhukurah araameehun madhuvaahaka miskihthan namaadhuvaguthu huskon hunnavaahaka holhuasheega meehun ginavaahaka thi maniteamuga ves thibee mikahala aalaathun thimeehun furathama hurihaa holhuahteh islaahukon labala. thihaajaahilukah mathee thibeykah nuvaane jaahilun nakee kon baeh kah varah ragalhah egeyne namaadhu vaguthah miskih dhoshah dhey bala balaalah. eahfahu thivaahaka dhahkabala.

Anonymous said...

ވަރަށްބޮޑު ތެދެއް. މިބްލޮގައިގައި ޖަހާ ލިޔުންތަކަށް ކޮށްފައިހުންނަ ކޮންމެ ކޮމެއްޓެއް ޖަލީ ދޮންބެއަށް އަމާޒުކުރޭ. އަހަރެން ހިތަށް އަރާ ޖަލީ ދޮންބެއަށް މިކަން ނުވިސްނެނީ ބާއޭ. ނޫންނަމަ އެގޮތް ހެޔޮކަމަށް ހުންނަނީ ބާއޭ. ކޮންމެއަކަސް އެންޓި އެފްއޯގެ ޓީމުގެ މެމްބަރުންކަމަށް ފ. އަތޮޅު އޮފީހުގެ ލިސްޓުގައިވާ ނަންތަކުގެތެރެއިން ތިޔަ ހާމަކުރި ނަންތަކަކީ ކޮމްޕިއުޓަރ އިން މިފަދަ މަސައްކަތެއް ނުކުރެވޭ ބައެއްކަން އަހުރެން ހަމަ ރަނގަޅަށް ދަންނަން. ދެން އޮތީ އެކިޔާ އަޙްމަދަކާއި ޢަލީމެއްގެ ވާހަކަ. ދާދިފަހުން ލިޔުނު ލިޔުމެއްގައި އިސްކަންދަރު ސްކޫލުގެ ކޮމްޕިއުޓަރ ލެބް ބޭނުންކުރާ ވާހަކަ ލިޔުމުން އެމީހުންގެ އަތެއް މިކަމުގައި ނުވާކަން ހާމަވެއްޖެ. ސްކޫލުތަކުގެ ކޮމްޕިއުޓަރ ލެބަކީ އަމިއްލަ ފަރާތްތަކަކުން ހިންގާ ތަންތަން. އެތަންތަން ބޭނުންކުރުމުގެ ހުއްދަ ސްކޫލުގެ ސްޓާފުންނަށް ޢާއްމުކޮށް ހުޅުވާލެވިފައެއް ނޯންނާނެ. އަދި ކުދިން ނެތްވަގުތުތަކުގައި އެއްގޮތަކަށްވެސް ސްޓާފުންނަށް ނުވަތަ ޓީޗަރުންނަށް ލެބްތައް ބޭނުމެއް ނުކުރެވޭނެ. ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ލެބާއި ޓީ އާރް ސީ ރޫމް ފަދަ ތަންތަނާ މިތަންތަން ވަރަށް ތަފާތު ވާނެ.

Anonymous said...

އެފް އޯ ޓީމު އެނގޭ ދުވަހަކުން އެންޓި އެފްއޯ މީހުން މިބްލޮގައިގައި ފަޟީޙަތްކޮށް އޮރިޔާންކުރި މީހުންގެ ފައިބުޑުގައި ކުޑަކަކޫޖަހައި މާފަށް އެދެންޖެހޭނެ. އެއްވެސް ކުށެއްނެތި ފަޟީޙަތްކުރި ދަރިންގެ ކިބައިން އާދޭސް ގޮވަންޖެހޭނެ. ނޫންނަމަ އާޚިރުގައި ދޭނީ ކޮންޖަވާބެއް. ބައެއްގެ އަބުރު ޙައްޤަކާނުލައި ނަގާލީ މި އެންޓި އެފްއޯގެ ޓީމު. މިބްލޮގަރ އަށް ހަލާކު ހުރި. މިއީ ނިލަންދުއާއި ޖަލީލުގެ ހަލާކަށް އުފައްދައި އޮޕަރޭޓްކުރާ ބްލޮގަރ އެއް. އެންޓި އެފް އޯ އިސްތިޢުފާ. ކަލޭމެން ބޭޒާރުވެ ފަޟިޙަތްވަނީ. ހުއްޓާލާ. މިމަސައްކަތުގައި ދެނެއް ގިނަ ދުވަހަކު ދެމިއެއް ނުތިބެވޭނެ. މިކަމުން ސަލާމަތްވޭ. އަވަސްކުރޭ. ދަރިންނޭ ތައުބާވޭ. ﷲ އަށް ބިރުވެތިވޭ.

Anonymous said...

ބުނީމެންނު މި އެފްއޯ ހިންގާ ބައިގަނޑުގެ އަޚްލާގަކީ މިއްޔޭ... މިތާނގާވެސް އެމީހުންގެ ހަންފެތުރުމުގެ މަސައްކަތް ކުރަމުން އެގެންދަނީ. މަތީގައިއެވާ ކޮމެންޓު ތަކުން ތިމާމެންގެ ކަޅުފަރާތް އެނގި ހާމަވެގެންދާތީ ދިފާޢަށް ނިކުމެފައިވާ ވަރު އެބަ އެނގެއެއްނު.. ކަލޭންނޭ ބުނަން... ނިލަންދޫގެ ދަރިންނަށް ދެން އޮޅުވައެއް ނުލެވޭނެ. ކަލޭމެން ލިޔުނު އެއްޗަކަށް ދޭތި ލިޔާނެ މީހުން އެބަތިބި ކަން ހަނދާންކުރާތި..
ޖަލީލުއާއި ބެހޭ ގޮތުން ކަލޭމެން ލިޔާކޮމެންޓުތައް އެންމެ ދުވަހަކު ބްލޮކްކޮއްލިއިރަށް އެނގުނެއްނު ދޯވީގޮތް. ހީވަނީ ހުސްބަޑައިތިބި މޮޔަގެރިތަކެއް ބުމަރެންހެން އެނބުރޭހެން ވިއްޔަ.. ޖަލީލުއާއިމެދު ކަލޭމެން ތިޔަދައްކާ ބުހުތާނުގެ ސަބަބުން ކަލޭމެންގެ ވިޔާނުދާކަން މިތާގައި ހާމަވުންނޫން އެހެން އެއްވެސް ކަމެއް ޙާޞިލެއް ނުވާނެ. މާ ޞޯލިޙުބަޔަކަށް ވެގަނެގެން ދެން ތެޅިބައިލާނެ ކަމެއް ނެތް. ތިޔާތިބީ ހަމަ ރަނގަޅަށްވެސް އަމިއްލައަށްޖެހި ގުއިރޯނުގައި ޖައްސާފައި. އެއިގެން ނެއްޓެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. ތިޔަހެން އަނގަ ކޮފަކޮފަ ތިބެން ހަމަޖެހޭނީ

Anonymous said...

ހެހެހެ އެންޓި އެފް އޯ މީހުން މިހާރު ތިބޭނީ ބިރުން ފިތްކަނޑާގެން ގޮސްފައި. ތިކޮށްލި ވަރަކުން. އެފް އޯ ޓީމު އެނގޭ ދުވަހަކުން ހަމަ އެކަނި އެމީހުންގެ ފައިބުޑުގަ އެކންޏެއްވެސްނޫން އާދޭސް ކުރަންޖެހޭނީ. ދޫލާންވެސް ޖެހޭނެ. އަދި ކީއްކުރަން އެކަމަށްތަކައި ފުރާނަވެސް ދުއްވާލަން ޖެހޭނެ. އެހެންނުނީ މިކަމުން ސަލާމަތްވާނެ ހަމައެއްގތެއްވެސް ނެތް.
އަޅޭ ތިހެންތިބެ ގުއިކަ. ތިޔަނޫނީ ޞާލިޙް އަޅުވެރި ބަޔަކުނެތް. އެންމެ ދީންވެރީ ޚަލީލު. ހެހެހެ.
މި އެންޓި އެފް އަކާހެދި މިހާރު ފާޑެއްގެ ނުބި ބައްޔެއް ތިމީހުންނަށް ޖެހިއްޖެދޯ. އަޅޭދެން އެހެން ހަދާކަށް ނުވާނެއެންނު. ތީވެސް ނިލަންދޫގެ ތަޤުވާވެރި ކުށްތަކުން ބަރީޢަވެފައިވާ ތޯހިރު އަޅުވެރިން ދަރިންކޮޅެއްވިއްޔާދޯ. ހެޔޮނުވާނެ މިއެންޓި އެފް އޯވެސް.

Anonymous said...

anekka ves.. nilandhoo dharinney thi kiyanee keeve tha?
mi kamakee kaley men dhabi meehun ekani kuraakameh. mi ah nilandhoo ehen meehun nuvadhdhaa. thi in evves bayakee rangalhu bayeh noon. komme bayaku fettiyas mi kamakee rangalhu kameh noon. ebbayaku fetteema mi ah theyo alhaa roakuranee eyge indhikolhu meehun . komme gotheh viyas thi 2 bai meehun ves hama eh goi. thi yaku nei va ki thafaathu bayeh. dhebai meehunge fenvaraa magusadhaa hurihaa echcheh ves hama eggoi. kaley men 2 baimeehun vegen rah thi haalaaku kuranee. eyge furihama zimma nagan jeheyne thi 2 group in...
mi article ga allah mathin handhaan vefa hurikan ves ei bodu vareh... allah engevi bayeh kan kan kuramun aneh bai kanthakaa dhimaa indhikolhu hedhun ei kon kahala kameh??? mifaharu maibafainnakaa nubehey. ekamu meege article thakuga meehunge izathaa aburah kuda ves balaalumeh nethi liyun liyefa eba huri.. meehunnah huthuru veehaa namakun kiyaafa. dhen indhikolhah comment dhey meehun ves eah vure quality koh avagugraana govaalaafa kommes meeheh ge mukulhi amayaa...........
varah gadda bayeh theee.
kuraane kameh nei....
mihen ves buni meehaa emme fahun varah goas vefa onnanee. mee ge fahah anna comment thah balan thibeey...
ya allah
mibai meehunnah heyo visnun dhevvaan dheyve!!!!

Anonymous said...

އެންޓި އެފްއޯ ހަދައިގެން ތިޔަ ތެޅިބާލަނީ ޖަލީލުމެން ކޮންއެއްޗެއް ދީގެންބާއޭ ހިތަށްއަރާ. ނޫސްވެރިކަމަކީ ޖަލީލު އެންމެ ބިރުގަންނަ ކަންތަށް. ދެން ކަލޭމެން ތިޔަގަންނަނީ ޖަލީލުބުނެގެން ކޮންގަނޑެއް.

Anonymous said...

ޖަލީލުގެ ޖެހިލުން ކުޑަކަމާއި ޖަލީލުގެ ކެރުމަކީ ތިބައިގަނޑު އެނމެ ބިރުގަންނަ ކަންތައް. ތިކަހަލަ އެއްޗެކޭ ބުނެގެންވިޔަސް ހިތްހަމަޖައްސާލާ... ދެމިޔަކަނިންވެސް ފޮލާ ބޭލުންނޫން އެހެންކަމެއް ތިބަގައަށް މިއޮއްހާދުވަހު ކުރެވިފާ އެބައޮތްތަ؟