މީހެއްކައިރީ އާދޭސްކޮށްގެން ބަޔަކަށް ލާރިގަނޑެއް ދީގެން ވެބްސައިޓްގަނޑެއް ވުޖޫދަށްގެނެސް މިނިވަން ނޫސްވެރިކަމޭ ކިޔާގެން ބަޔަކު އަނގަ ކޮފާތީ ދުށީމެވެ. ފ.އަތޮޅު ލޮބުވެތި ރައްޔިތުންނަށް ޙައްޤުތައް ހޯދައިދީ ހަމަހަމަކަމާއި އިންސާފު ހޯދައިދިނުމުގެ ނަމުގައެވެ. މިހާރު އަތޮޅުގެ ވެރިކަމުގައި ތިބި މީސްމީހުންގެ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގެ ނަމުގައެވެ. ރައްޔިތުން ސިޔާސީ ގޮތުން ހޭލުންތެރި ބަޔަކަށް ހެދުމުގެ ނަމުގައެވެ.
އެންޓި އެފް އޯއަކީ މިބައިގަނޑާއި ނުހަނު ކައިރީގައި އެއްތަށިން ކައިގެން ބޮއިގެން އުޅުނު މީހެއްކަމުގައިވާތީ މިމީހުންގެ އަޑ ިވަރަށް ރަނގަޅަށް އެނގެއެވެ. ބޭރުފުށުން ކިތަންމެ ރީތި ކުލައެއް ދައްކައިގެން އުޅުނަސް އެތެރެ ވަރަށް ހަޑިވާނެކަން އެނގެއެވެ. ނުބައި ރޭވުންތަކާއި ރުޅިވެރިކަމާއި ޙަސަދަ މީސްމީހުންނަށް ފިލުވާނެ މޮޅު ގޮތަކާއި ދަނޑިވަޅަކަށަ ތިބޭނީ އަބަދުމެ ބަލަބަލައެވެ. އެއީ ކުރާކަންތަކުގައި އިޚްލާޞްތެރި ކަމެއްނެތް ހަރުދަނާކަމެއްނެތް ޒިއްމާދާރުކަންކުޑަ ފައްކާ ވަޅޯތަކެއްކަން އެންޓި އެފް އޯއަށް އޮޅިފައެއްނެތެވެ.
މިދާކަށްދުވަހު މިބައިގަނޑުގެ ފަތަފޮޅީގައި ޖަހާލި ލިޔުމަކުން މިބައިގަނޑުގެ ޙަޤީޤީ މަޤުޞަދަކީ ވެރިންގެ ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތައް ރައްޔިތުންނަށް އޮޅުންފިލުވާދިނުން ނޫންކަން ވަރަށް ރަނގަޅަށް ދޭހަވެގެން ހިނގައްޖެއެވެ. އެމީހުންގެ ބޭނުމަކީ ވަކި ބަޔަކާއި ޖައްސާލާގެން ހަސަދަގަނޑެއް ފިލުވާލުންކަން އެއޮތީ އެނގިފައެވެ. މިބައިގަނޑަކީ އެއް ލޮލުންބަލާ ލުއްޗާތަކެކޭ ބުނެވެނީ އެހެންވެއެވެ.
ޖަލީލު މޫސާ އަޙުމަދު ނަސިމްބެ ކަރިމްބެ މިމީސްމީހުން ކުޑަނަމަވެސް ކަތިފިޔަވަޅެއް އަޅާފިއްޔާ ނިކަށް އަވަހަށް މިބައިގަނޑަށް އެނގޭނެއެވެ. އަދި ވަރަށްވެސް އަވަސްއަރުވާލާގެން ދެކޮޅުބެލުމެއްނެތި ފަތަފޮޅިގައި އެވާހަކައެއް ޖަހާލެވޭތޯ ތެޅިފޮޅިގަންނާނެއެވެ. އެވެސް ގޯސްގޮތެއް ނޫނެވެ. ޖަލީލުވިޔަސް މޫސާ އަޙުމަދު ވިޔަސް ނަސިމްބެ ވިޔަސް ކަރިމްބެ ވިޔަސް ޚިޔާނާތެއް ވެއްޖިއްޔާ ރައްޔިތުންނަށް އޮޅުން ފިލުވައިދޭންވާނެއެވެ. ދެކޮޅު ރަނގަޅަށް ބެލުމަށްފަހު ޙަޤީޤަތް އަންގައިދޭން ޖެހޭނެއެވެ.
އެކަމަކު ދެރަކަމަކީ ކުޑަމިނުން މިލުއްޗާތަކަށް އެވަރު ނޭނގޭތީއެވެ. އިބްރާހީމް ޚަލީލު ކޮށްފައިވާ ވައްކަންތައް މިބައިގަނޑުގެ ކުރިމަތީގައި ވައްކަމަކަށް ނުވެއެވެ. އެސްޖެހި ރައްޒާޤު ރައްޔިތުންގެ މުދަލުން ވިޔަފާރިކޮށް ރައްޔިތުންގެ މަސައްކަތަށް ގެންނަ މުދާކޮޅު ކަޓުވާލާއިރު އެއީކީ ކެޓުވުމަކަށް ނުވެއެވެ. ޖަލީލުގެ ބޮލަށް އެރިގެން ބޭރުފުށުން ހެޔޮއެދޭ މީހެއްކަމުގައި ވެގެން މިހާރުގެ ކަތީބު ކުޅެމުންދާ ކުޅިގަނޑުގެ ވާހަކަ ދައްކާކަށް ނުކެރެއެވެ. އަތޮޅު އޮފީސްތެރޭގައި އެންމެ ނުފޫޒު ގަދަމީހާ ކަމުގައި ހެދިގެން އޮޅުވާލުންތަކާއި މަކަރުން ފުރިފައިވާ ދޮމްބޭބެގެ ވާހަކަ އެންމެ ފަހަރަކުވެސް ފަތަފޮޅީގައި ޖަހާކަށް ނުކެރެއެވެ. ތިޔާގެތެރޭގައިތިބި ކުޑަކުދިން ބޮއްވާ މީހުންނާއި ފިތުނަފަސާދަ ފަތުރާ ރައްޔިތުން ބައިބައިކުރަން ތަފާތު ވާހަކަތައް ހަދަހަދައިގެން ދައްކާ މީހުންގެ ވާހަކައަކީ ބޮޑު ސިއްރެއްދޯއެވެ.
މިހިރަމިހިރަ ކަންތައްތައް މިގޮތަށް ހުރުމުން ތިޔައީ އިންސާފެއްނެތް ހަމަހަމަކަމެއްނެތް އިޞްލާހުއޭ މިކިޔާބަސްތަކަށް ހުތުރުއަރުވާ މީހުންނޭ ބުނުމުން މާރަނގަޅުވެފައި އަޢުލާކަން ބޮޑުވާނެއެވެ. ވާނީވެސް އެހެންތާއެވެ. ލަނޑަޔާވާނީ ހަމަ ލަނޑަޔާއެވެ. އެއްލަނޑާގެ ވާހަކަ އަނެއްލަނޑާ ދައްކާކަށް ބޭނުމެއް ނުވާނެއެވެ. ދެންއެހެންތިބެ ބަލާނީ ގުދޯގުދޯ ގޮވޭތޯއެވެ. އެވަރުވެސް ރަނގަޅުތާދޯއެވެ.
6 comments:
މިލިޔުންކިޔާފައި ވަރަށް ހައިރާންވެއްޖެ. އިބްރާހީމް ޚަލީލު ޚިޔާންތަވީތީ، ދޮންބޭބެ ޚިޔާނަތްވީތީ އަދަބުވެސް ދެއްވައިފި. އިބްރާހީމް ޚަލީލާއެކު ޚިޔާނާތުގައި ބައިވެރިވި މީހުން ޖަލީލުގެ ޙިމާޔަތަށް ގެނައިވާހަކަ ނުލިޔުމުންނާއި ފ. އަތޮޅު އޮފީހުގެ މުދަލާއި ތަކެތި ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލައި ޙަޤީޤަތް ފޮރުވުމަށް ކުރާ ޚިޔާނާތުގެ ވާހަކަ ނުލިޔުމުން އެން ޓި އެފް އޯ ގެ ލިޔުންތަކާއި މަޤްޞަދާއި ބޭނުން ކިތަންމެ ފުރިހަމައަކަށްވެސް ހާމަވޭ.
އެފްއޯއެކޭ، އެންޓި އެފްއޯއެކޭ ތަފާތުކުރެވޭނެ ހަމައެއް އޮޅިއްޖެ. އެންޓި އެފްއޯގަ ލަނޑުދަނޑިއަކީ ރައްޔިތުންނަށް އޮޅުވާލައި ރައްޔިތުން ބައިބައިކޮށް ފިތުނަ ފަސާދަކުރުންކަން ހާމަވެއްޖެ. އެސްޖެހި ރައްޒާޤު ކުރާ ވިޔަފާރިން ބައެއް ނުވަތަ ޙިއްސާއެއް ނަމަވެސް އެންޓި އެފްއޯ އަށް ލިބިގެން ނުދާތީ ޙަސަދަވެރި ވެފައިވާ މިންވަރު ހާމަވެއްޖެ. ރައްޔިތުންގެ ފައިސާއަށް އެއސްޖެހި ރައްޒާޤު ޚިޔާނަތްވެފައިވާނަމަ އެކަން ހާމަކުރަންވީނު. ހާމާނު ޖަލީލު ދެމިހުރުމަށް އެސްޖެހި ރައްޒާޤު މިހާރު ހުރަސްއަޅަނީތަ؟ އެހެންނޫންނަމަ ޖަލީލުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލިބިގެން ލިޔާ މިފަދަ ބްލޮގަރ އަކުން އެސްޖެހި ރައްޒާޤު ފަޟީޙަތެއް ނުކުރާނެ.
އެކަމަކު އަހަރެން ޔަޤީންކަމާއެކު ބުނަނާނީ މިއެންޓި އެފްއޯ ހަދައިގެން ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުން މިހާރަކު ރައްޔިތުންނަކަށް ނޯޅެޔޭ. ރަށުތެރެއާއި ރަށުން ބޭރަށް ނަޒަރު ހިންގާލައި ދިރާސާކޮށްލިޔަސް މިބްލޮގަރ އަށް މީހުންކުރާ ނަފްރަތު އެނގޭނެ.
ހެހެ. ސަޅި ލިޔުމެއް. ޖަލީލުގެ ޕްރޮމޯޝަނަށް ވަރަށް މުހިއްމު ލިޔުމެއް. މިފަދަ ލިޔުންތައް ލިޔުނުވަރަކަށް ޖަލީލުމެންގެ ޚަޞީލަތް ހާމަވާނެ. ޖަލީލު ޕްރޮމޯޓުކުރަން ތިޔަކުރާ މަސައްކަތަށް ހަމަސާބަސް.
އަހަރެންނަށް ހީވަނީ މިފަހަރު ޝަރީފް ރަށަށްދިޔުމުގެކުރިން މިހާރު ހުސްވެފައިވާ އަތޮޅުވެރިކަން ޙަވާލުކުރައްވާނެހެން. އޭރުން ޖަލީލުއާ ދެމީހުން ކުޅިގަނޑުކުޅެން ތިބެވޭނެ. އަދި ޢަލީ މުޙައްމަދަށް ފ. އަތޮޅު ތަޢުލީމީ މަރުކަޒު ޙަވާލުވެސް ކުރާނީ. މަޖީދުއަށް ފުލުންހެ މަރުކަޒުވެސް ދޭނީ. ހެހެހެހެ. ތިޔަބައިގަނޑު ދެކެނީ އެހެންކަމަށްދޯ. ކަލޯމެންނޭ ކަލޯމެން ރައްޔިތުންނަށް އޮޅުވާލަން ލިޔާ މިފަދަ ލިޔުންތައް މިހާރު ރައްޔިތުން ބަލައެއް ނުގަންނާނެ. މިހާރު ތިޔައުޅެނީ އިސްމާޢީލް ޢަބްދުﷲވެސް ގުއިވެގެން. ކީކޭދެން ބުނާނީ.
ބަލަ ދޮންބޭބެއާއި ވެރިކަމުގައިތިބި އެހެން މީހުން ޚިޔާނާތުން ފުރިފައި ތިބިނަމަ އިޚްލާޞްތެރި، ހެޔޮއެދޭ، ވަފާތެރި، ލޯބިވެތި ޖަލީލު އެމީހުން ވެރިކަމުން ދުރުނުކޮށް އެހުންނަނީ ކީއްވެ. އެމީހުންގެ ޚިޔާނާތުގެ ޒިންމާ ނަގާނީ ކާކު؟ ޖަލީލުނޫން ދެވަނަ މީހެއްނޫން. އަތޮޅުވެރިޔަކުނެތި އެތައް ދުވަހެއްވީ. ފުރިހަމަ ބާރާއި އާރު އޮތީ ޖަލީލުއަތުގައި އެމީހުން ބޭރުކުރަންވީނު. އެމީހުންގެ ޚިޔާނާތަށް އަދަބުދޭންވީނު.
މިހިރަ މިހިރަ ކަންތައް މިހެން ހުރިއިރު ޖަލީލުގެ އިޚްލާޞްތެރިކަމޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާނުލާ. މިފަހަރުވެސް ޖަލީލުގެ ބައްޕައަށް އެހެންނޫނީ ކޮންމެވެސް ޅިޔަނަކަށް ކަތީބުކަން ހަމަޖައްސަބަލަ. އޭރުން ޖަލީލިގެ ތެދުވެރިކަން އިތުރަށް ހާމަވާނެ.
ޔަޤީންތާ މިފަހަރުވެސް ކަތީބުކަން ދޭނީ ޖަލީލުމެން ގަންނަ ގަނޑު ފަސްއަޅާ ފޮރުވާ މީހަކަށް. ޖަލީލުއަކީ ފައްކާ މުނާފިގެއް. ޖަލީލުއަށް ޒަކަރިއްޔާ ހުންނާނީ ބަރާބަރަށް ޓްރެއިނިންގ ދީފަ. އެހެންވީމަ އެކަހަލަ މަކަރުވެރިކަމާއި ޚިޔާނާތަކީ ޖަލީލުއަށް އެހާ ބޮޑެތިކަންކަމެއްނޫން. ޖަލީލު ފަޑަބޮއިބަލަ.
އެންޓި އެއްފޯއްބޮނޑިތަށް ރާޑި އެރީތަ؟ މިހާރު ލިޔެވޭ ނުލިޔެވޭއެއްވެސް ނަގޫބަޅުންތަކަކަށް ނޭނގޭ ދޯ. އާލާތްވަރުގަނޑު ފަޑަބޯންވީނުން. އަދި ޖަލީލު ލައިގެން އިނދިމައްޗަށް ހަލަންވީނުން.
ފޮޑީ ޓީމުގެ މެންބަރުންގެ ގޮތަކީ ތިއީއެވެ. އެއްވެސް މީހަކާއި ކުރިމަތިލުމުގެ ހިތްވަރެއްނެތި އަނގައިން ނެރެވޭނީ ހުސް ނުބައި އެއްޗިއްސެވެ. ރަނގަޅެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަނގަވެސް ކޮފެންވާނެތާއެވެ. ތިމާގެ ބައިވެރިން ބޭޒާރުވާތީ ތެއުބޮލަށް އެރީތާއެވެ. އެކަމަކު ބުނަންހެއްޔެވެ. ކޮންމެ ގޮތަކަސް ބޭޒާރުވާނެއެވެ. މިހާރު އެއްވެސް ކަމެއް ސިއްރު ނުކުރެވޭނެކަން ކަލޭމެންގެ ފަތަފޮޅީގައި ޖަހާފައި އޮވޭތާއެވެ.
އެސްޖެހި ރައްޒާގު ރައްޔިތުންގެ ފައިސާއިން ވިޔަފާރިކުރާ ވާހަކަ ބުނީމާ ތިވަރު ވާނެކަން އެނގެއެވެ. އެއީ ކަލޭމެންނަށް އަޅާބައިކުޑަވާނެތީއެވެ.
ޒަކަރިއްޔާ ހަމީދުގެ ހިންގުންތެރިކަމުގެ ވާހަކަ އާއި ލީޑަރޝިޕުގެ މޮޅުކަމުގެ ވާހަކަ ހޯމު މިނިސްޓްރީގެ ނައިބު ޢަބުދުﷲ ވަޙީދު ވަނީ ނިލަންދޫގެ ރައްޔިތުންނަށް ހާމަކޮށްދީފައެވެ. ނިލަންދޫ ރައްޔިތުންގެ ކަރަންޓާއި ނިލަންދުއަށް ލިބިފައިވާ ތަރައްޤީގެ ކުރިއެރުމަކީ ޒަކަރިއްޔާ ޙަމީދުގެ ލީޑަރ ޝިޕުގެ ވަރުގަދަ ކަމުން ލިބުނު ކުރިއެރުމެއްކަމަށް ނައިބު ވަނީ ހަމަކޮށްފައެވެ
ނިލަންދޫ ރައްޔިތުންގެ ކުރިމަތީގައި ޒަކަރިއްޔާ ހަމީދު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ނައިބު ކުރެއްވީ މި ބުހުތާން ދޮގު މައުލޫމާތު ނައިބަށް ތެދުވެރި ޖަލީލު ދީގެންނެވެ
ޖަލީލުގެ އޮޅުވާލުމާއި މަކަރާއި ހީލަތް ހުރިވަރު ވިސްނާލާށެވެ. ރައްޔިތުނަ ކަރަންޓްލާން އުޅުމުން އެއްގަލި ރައްޒާގާއި، މޫސާއަހުމަދާއި، ވެރިޔަކަށްހުރެ ޙަސަން ޙަމީދާއި، ޖަލީލުގެ އާއިލާ މީހުން މިކަންކުރިޔަ ނުދިނުމަށް، މިކަމަށް ހުރަސް އަޅަން ކުރިމަސައްކަތް ނިލަންދޫގެ ކިރުބޯ ކުއްޖާވެސް ދަންނާނެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ކަރަންޓުލުމަށް ކޮންމެ ބޮލަކުން ނެގި ދުއިސައްތަ ރުފިޔާ ނުދައްކާ އެއް އާއިލާއަކީ ޖަލީލުގެ އާއިލާއެވެ. ( ކަރަންޓްލީފަހުން ދެއްކި ) އޭރު ތިބުނާ ޒަކަރިއްޔާ ޙަމީދެއް ފ. އަތޮޅުގެ ވެރިކަމަށްވެސް ނާދެއެވެ
ފ. އަތޮޅު އޮފީސް ނިލަންދުއަށް ބަދަލުވުމުން ނިލަންދޫގެ ތަރައްޤީއަށް ރައްޔިތުން ކުރަމުންއައި މަސައްކަތް، ޒަކަރިއްޔާ ހަމީދުގެ ލީޑަރޝިޕުގެ ވަރުގަދަކަމުން ވަނީ ހުއްޓިފައެވެ. ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ވަނީ ގެއްލިފައެވެ. ޒަކަރިއްޔާ ހަމީދުގެ އިންސާފުވެރި އަމަލުތަކުގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން ޖޯޝާއި ފޯރިއާއެކު ނިލަންދޫގެ ތަރައްޤީއަށްޓަކައި އަހަރަކު ދެބުރަށް ނިލަންދޫގެ ރައްޔިތުން ފާހަގަކުރަމުންއައި މަސައްކަތު ހަފުތާގެ މަސައްކަތްވެސް ވަނީ ހުއްޓިފައެވެ
ޖަލިލުއަށް ހަނދާންކޮށްދެމެވެ. މިޒަމާނަކީ ތިހެން ކަންކަން އޮޅުވާލެވޭނެ ޒަމާނެއް ނޫނެވެ. މިހާރު ނައިބަށްވެސް ޖަލިލުގެ ފަތިފުށާއި، ވަނަވަރު ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ނައިބަށް މިކަން އޮޅުންފިލުވައިދިން ސަރުކާރުގެ އިސްވެރިޔަކު ވިދާޅުވީ ވަހީދު ކަމަކަށް ޙުކުމެއް ކަނޑައަޅަން ވާނީ ދެފަރާތުގެ ވާހަކަ އަޑުއަހާފައި ކަމަށެވެ. ހަމައެކަނި ޖަލީލުގެ ވާހަކަ އަޑު އަހާފައި ޒަކަރިއްޔާ ހަމީދުގެ ލީޑަރޝިޕުގެ ވަރުގަދަކަމަށް ހުކުމް ކުރުމަކީ ވަހީދު ހެއްދެވި ގޯހެއްކަމަށެވެ. އެގޮތަށް ހުކުމް ނުކުރެވޭނެ ކަމަށެވެ. ވީމާ، މިހާރު ހޯމުމިނިސްޓްރީގެ ނައިބު ޢަބުދުﷲ ވަހީދަށްވެސް ޖަލީލުގެ ޙަޤީޤީ ސޫރަ ވަރަށް ރަނގަޅަށް އެނގޭނެ އެވެ. މިގޮތަށް ދޮގުހަދާ އޮޅުވާލާ ކޮންމެމީހެއްވެސް މީހުންގެ ކުރިމަތީ ފަލީހަތްވެ އަގުވެއްޓޭކަށް މާގިނަ ދުވަހެއް ނުނަގާނެވެ
ނަސޭހަތުގެ ގޮތުން ޖަލީލުގާތު ބުނަމެވެ. މީގެ ފަހުންވެސް ނިލަންދުއަށް ވަޑައިގަންނަވާ ސަރުކާގެ އިސްވެރިންގެގާތު ހަޤީޤަތާ ޚިލާފު ދޮގުވާހަކަ ނުދައްކާށެވެ. ސަރުކާރުގެ ގިނައޮފީސްތަކުގެ ވެރިނަނަށް ޖަލިލާއި ޒަކަރިއްޔާ ޙަމީދަކީ ކޮންބައެއްކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންވެ ތިގޮތަށް އޮޅުވާލާ ދޮގުހެދުމުން ސަރުކާރުގެ އިސްވެރިންގެ ކުރިމަތީ ތިމާބޭޒާރުވެ ފަލީހަތްވުން ނޫން ކަމެއްނުވާނެއެވެ
Post a Comment