Tuesday, April 1, 2008

ފުޅަށްބުޑުން ދަންޏާ ޙަސަނަށް އަބަދުވެސް ހީވާނީ ކެޔޮގަނޑު ކަނޑާނެހެން

މިއީ ފުން މާނައެއް އެކުލެވޭ ދިވެހި ބަހުގައި ބޭނުން ކުރަމުންއަންނަ ހަރުބަހެކެވެ. ތަފާތު ކަންކަމާއި ގުޅުވައިގެން ތަފާތު ޙާލަތްތަކެއްގައި މިބަސް އަނެކުންނަށް ރައްދުކުރުވައެވެ. ސާފު ޢިބާރާތުން ބުނަނީނަމަ ޢާއްމު ގޮތެއްގައި މިބަސް ރައްދުކުރެވެނީ ޝައްކުބަލި ޖެހިފައިވާ މީހުންނަށެވެ. އެމީހުން އުޅޭއުޅުމާއި ކުރާ ކަންތަކާއި ގުޅުވައިގެންނެވެ.


އަހަރުމެންނަށް މިއުޅެނީ އެކަހަލަ ތާވަޅު އައިނަކާ ދިމާވެގެންނެވެ. ޝައްކުބަލި ޖެހިފައިވާލެއް ބޮޑުކަމުން އެތިބެނީ ޚުދުތިމާއަކީ ކާކުކަންވެސް ނޭނގޭ ހިސާބަށްގޮސް ބުރާންތިކައިފައެވެ. އަތުންފައިން ގޯސްހެދެނީކީވެސް ވަކިވަރަކަށްނޫނެވެ. ދުލުން ހެޔޮއެއްޗެއް ދުވަހަކު ނުކިޔާތާ އަނގަމަޑުންލައިގެންވެސް ނުތިބެވެއެވެ. ކޮންމެވެސް އެއްޗެކޭ ކިޔާގައިން ކޮންމެވެސް މީހަކަށް ރަހަމީރު އެއްޗެއް ބޯންދީ ކާންދޭން ޖެހެއެވެ. ކާޅު ސޮއްގޮވިޔަސް އަނގަ ކޮފަންޖެހޭނެއެވެ.


އެމީހުންނަކީ ޝައްކުބަލީގެ ބަޔެކޭ އެންޓި އެފް އޯ މިބުނަނީ ހަމަމިހެން ހުރެލާފައެއްނޫނެވެ. ވަރަށް ޔަޤީންކަމާއި ސާބިތުކަމާއެކުގައެވެ. އެކަލޯމެންގެ ތެރޭގައި މިހާރު ޙިއްސުތައް ސަލާމަތުންހުރި އެކަކުވެސް ނެތެވެ. އަވަހަށް ޓެސްޓް ކުރަންވީއެވެ. ފަހަރެއްގައި ސިކުނޑި އުނިބަޔަކަށްވެސް އެކަލޯމެން ވެދާނެއެވެ. އެހެންވެއްޖެނަމަ އެންމެ ރަނގަޅު މަންޒިލަކަށްވާނީ ކ.ގުރައިދޫއެވެ. ހެހެހެ


ދެންވާނީވެސް އެހެންތާއެވެ. ތަނަކުން ލޯލާރިގަނޑެ ފެންނައިރަށް ކަޓުވާލާ މީހަކަށް ހީވާނީ އެހެން މީހުންވެސް ވައްކަންކުރާނެއޭއެވެ. ކަންފުޅެއް ނުވާއިރުވެސް ވަގަށް މީސްމީހުންގެ އަނބިން ކާރިއަށް ވަންނަ މީހުންނަށް ހީވާނީ އެހެންމީހުންވެސް ތިމާއުޅޭގޮތަށް އުޅޭނެއޭއެވެ. ލަދެއްޙަޔާތެއްނެތި ޖެހުނު ކުއްޖެއްކާރީ އިންނަން އަހަމުން ދުވާއިރު އެހެން މީހުން ތިމާމެންފަދަ ދަށުދަރަޖައިގެ ބައެއްކަމަށް ކަލޯމެންނަށް ހީވާނެއެވެ. ކިޔެވުމުގެ ނަމުގައި ބަކަތަޅާފައިއައިސް ތިމަންނާމެން އަތުގައި މޮޅުފާހެއް އޮންނާނެއޭކިޔާ ހޭރޭއިރު އެހެންމީހުންވެސް ތިމާމެންގޮތަށް ބަކަތަޅާނެއޭ ހީވާނެއެވެ. އަދަބެއް ސަދަބެއް އަޚުލާޤެއްނެތި އަނެކުންނަށް ހތުހުރިއެއްޗެއްގޮވާ ލެއްވިހާ އެއްޗެއް ކާންދީ ބޯންދޭ މީހުންނަށް އެންމީހުންނަކީވެސް ބަހުރުވަދަށް ވަކަރުގޭ ކުދިންނޭ ހީވާނެއެވެ.


މިހުރިހާ ކަމެއް އެހެން ހުރުމުން ބުނަންމިޖެހެނީ ތިޔާތިބީ ހަމަރަނގަޅަށްވެސް ޝައްކުބަލިން ފޯވަފައިކަމުގައެވެ. ކަލޯމެން އެހުރިހާކަމެއް ފަސްވަޤުތު ފަރުޟުހެން އެއްކަމެއްވެސް ވައްޓާނުލާ ބަރާބަރަށް ކުރަމުންދާއިރު، އެހެންމީހުންވެސް އެހުރިހާކަމެއް ކުރާނެއޭ ހީވަނީއެވެ. ނިކަށް މިދުނިޔެއަށް ރަނގަޅަށް ދެލޯހުޅުވާލާށެވެ. އެހެންމީހުންގެ އުޅޭއުޅުން ކައިރިންބަލާ ޢިބުރަތް ޙާޞިލްކުރާށެވެ.


ވައްވައްޖަހާ ކުއްތާވެސް ކަލޯމެންނަށްވުރެ ރަނގަޅުވާނެއެވެ. އަދި އަޑުތަކުގެ ތެރެއިން އެންމެ ހުތުރުއަޑު އޮންނަ ޙިމާރުގެ އަޑަށްވުރެ ކަލޯމެންގެ އަޑު ހުތުރުކަން ބޮޑެވެ. އެކަމަކު ތިޔައީ ޙިމާރުތަކެކޭ އެންޓި އެފް އޯއެއް ނުބުނާނަމެވެ.


21 comments:

Anonymous said...

kalomen myge jahaa kommeliyumeh ves raddhu vany hama kalomenah,thibuni gathah ginafaharah hyvefai onnaay egothah ulhey myhunnah dhoa?

Anonymous said...

subhaanallaahi!quraanugai sarykhakoh angavaafaivaa engevumakaa inkaaru thikury. avahah thaubaavey,

Anonymous said...

zakarinyyaa hameedhu muruthandhu veegothan kaloves muruthandhuvee dho eve. vaanee ves ehenneve. kihaadhera dhoa eve. kurin guraadhuah dhaan mijehunee kalo ah dhoeve. meedhe kalo eve. avahan thaubaa vaasheve. quraanai hilaafu enves vaahaka eh kaloakah nubuneveyne eve. dhen kuraane kameh netheve. jaleelu kaley salaamay kuraanedhoeve.nukureveyne eve.

Anonymous said...

ބަހުރުވަދަށް
ތިޔާތިބީ
ފޯވަފައިކަމުގައެވެ
ބުރާންތިކައިފައެވެ
ފޯވަފައިކަމުގައެވެ
hithun thiyaulhenee varah molhu liyun theriakah vegendho bala ragalhah liyan dhas kon balaasheve. mathee gai thilhaa liyefaivaa basthakakee thilhaa amillayan ufendhi basthaken dho eragalhukongen radheefu kaireega baan vaigen liyeveytho balaabala thilhaaves thiya meehunge thereah faleehay ve beyzaaru ithurah vanee eve. matheega oy dhe commentugai thaubaavaan ves liyefa eboy dhoeve.

Anonymous said...

basbahee bala insaanun ufahdha ehchehkan dhivehi lhenveriyaku bunaathee thiqamaaru adeh naahan tha?

Anonymous said...

balaga meedhe gamaaraa eheneh noon onnanee basbahee meehun hadhaa ehchen balaga nooney thedhey mihen lhen verin ves liyefa onnaanee dhen fadaboy ragalhah foy kiyaabala theedhee hama moyavefa adhives ehfaharu fadaboy

Anonymous said...

އޭ މީދަ ޅޮހާ. ކަލޭ ހާދަމޮޅުވީއޭ ދޯ ދިވެހި ބަހަށް. "ފަސްވަޤުތު ފަރުޟު" އާއި "ފަސްވަޤުތު ފަރުޟުހެން" މި ދެބަހުގެ ތަފާތު ކަލެއަށް ނުފެނޭދޯއެވެ. "ފަސްވަޤުތު ފަރުޟުހެން" މިހެން ބުނުމުން ދިވެހި ބަހުގައި އެބުނެވެނީ ވަކިކަމަކަށް އިޝާރާތްކޮށް މަޖާޒީބަހެއްގެ ގޮތުގައެވެ. އެތާނގާއި އެއޮތީ ފަސްވަޤުތު ފަރުޟު އެކޭނޫނެވެ. މާނައަކީ ތިރުނޑިންތައް ފަސްވަގުތު ނަމާދުކުރާ ގޮތަށް އެކަންތައްތައްވެސް ބާރާބަރަށް ކުރާވާހަކަ.
މީގެންވެސް އެނގިއްޖެއެނެނު ބުރާތިކައިފާވާވަރު. ވާނުވާނޭނގޭވަރު.
ދެން ހިތުން ތީނީ ވަރަށް ހެވިދިލިފައި ދޯއެވެ. "ބަހުރުވަދަށް" މީދިވެހި ބަހުގައި ބޭނުންކުރާ ދެބަހެވެ. "ބަހުރުވަ" އަދި "ދަށް" މިގޮތަށެވެ. ބައެއްފަހަރު ޖުމްލަ އެތުރުމުގައި ދެވަސް އެކުވާ ނުވަތަ އެއްކުރާ ފަހަރުވެސް އަންނަކަން ނޭނގުނު ދޯއެވެ.
ދެން "ތިޔާތިބީ" މިވެސް ދިވެހި ބަހުގައި ބޭނުން ކުރަމުންއަންނަ ބަހެކެވެ. ދިވެހި ބަހަކަށްވަނީ ހަމައެކަނި މާލޭބަހެއް ނޫނެވެ. ރާއްޖޭގެ ކޮންމެ ކަންކޮޅަކުން ވާހަކަ ކޮންމެ ރާގަކަށް ކޮންމެ ގޮތަކަށް ވާހަކަ ދެއކިޔަސް އެވާނީ ހަމަ ދިވެހި ބަހަށެވެ.
ދެން "ފޯވެފައިކަމުގައި" އަދި "ބުރާންތި ކައިފައި" މިވެސް ހަމަ ދިވެހި ބހުގައި ނޯންނަ ބަހަކީ ހެއްޔެވެ.

ކަލޭ ދިވެހި ބަހަށް ތިހުރީ މާބޮޑަށްވެސް މޮޅުވެފައެވެ. އަހަރެންނަށް ފެންނަނީ ދިވެހި ބަހުން މާސްޓރސް ކޯހެއް ހިންގަން. ރާއްޖޭގައި މިހާރުތިބި ދިވެހި ބަހަށް މަޝްހޫރު މީހުންނަށްވުރެވެސް މޮޅުވީ ވިއްޔާ.
އެހެންވީމާ ރަދީފު ކައިރީ ބާއްވައިގެން ކޮނޑަށް ލައިގެން އުނގަށް ލައިގެން އުޅެނވީ ކާކުކަން އެނގިއްޖެދޯ. މިކަމުގައި އިތުރު ޝައްކެއް އޮތިއްޔާ އަނެއްކާ ކޮމެންތ ކުރޭ. ހެހެހެ އަޅޭ ދެންތިހެން ތިބޭ ގުއިކަ.

Anonymous said...

aharen guikaifaanah!aharen dhen dhivehibahun handhaan jeheyny maasters.kalojeheny fadabon. rashugai huregen dhevana furusothun faas v maa hih thihury haadhahaa machehga a dhoa?

Anonymous said...

ދިވެހި ބަހުގެ މާމޮޅު އަދީބަކަށްވެގެން ދިވެހި ބަހުގެ ޤަވައިދާއި ހަމަ އޮޅުން ފިލުވައިދޭއިރު ތިމާގެ ބަހުގެ ފެންވަރާ ދޭތެރޭ ވިސްނާލިންބާ؟ " ބަހުރުވަ ދަށް " ބަހުރުވަ އެއީ ދަށްވާ އެއްޗެއް ނޫނެވެ. ބަހުރުވަ އެއީ ހުތުރުވާ އެއްޗެކެވެ. " ދެވަސް އެކުވާ " ، " ދެވަސް އެއްކުރާ " މީ ތަފާތު ދެމާނައެއް ދޭހަވާ ދެބަހެވެ. އެކުވާ، މީ އޭގެ އަމިއްލަ ޒާތުގައިވާ، މިމާނަ ދޭހަވާ ލަފުޒެކެވެ. އެއްކުރާ، މީ އެހެންފަރާތެއްގެ ބާރުގައިވާ، މިމާނަދޭހަވާ ލަފުޒެކެވެ. " ފޯވެފައި ކަމުގައި " މީ ކުށް ގޮތެކެވެ. ފޯވެފައި ހުންނާނީ ނުވަތަ އޮންނާނީ އެވެ. " ބުރާންތި ކައިފައި " ބުރާންތި އެއީ ކާއެއްޗެއް ނޫނެވެ. ބުރާންތި ވާނީ އެވެ. ތާވަޅު އައިނެއް ނުހުންނާނެއެވެ. ހުންނާނީ ތާވަޅު ގަނޑެވެ. " އަނބިންގެ ކާރިއަށް " ، " ކުއްޖެއްގެ ކާރިއަށް " މީދިވެހި ބަހުގައި އޮންނަ ގޮތެއް ނޫނެވެ. ދިވެހި ބަހުގައި އޮންނާނީ އަނބިންގެ ގާތަށް، ކުދިންގެ ގާތަށް މިގޮތަށެވެ. އެއްޗިހި ކައިރީ، ތަންތަން ކައިރީ މިގޮތަށެވެ. އިންސާނުންނަށް ނިސްބަތް ކުރެވޭ ކޮންމެތަނެއްގައި ބޭނުން ކުރާނީ ގާތުގައެވެ. އަދި " ކާރި " މީ ދިވެހި ބަހުގައި އޮންނަ ލަފުޒެއް ނޫނެވެ. ދިވެހި ބަހުގައި އޮންނާނީ " ކައިރި " މިލަފުޒެވެ. " އެހުރިހާ " މިލަފުޒުގައިވާ " ހައި " މީ މިންވަރު ބަޔާންކޮށްދޭ އަކުރެކެވެ. ވީމާ ރަނގަޅު ގޮތަކީ " އެހުރިހައި " މިއެވެ. މިނޫންވެސް ކިތައްމެ ކުށެއް ލިޔާ ލިޔުންތަކުގައި ހުންނަ އިރު ބަހުގެ މާމޮޅު އެދުރަކަށް ވެގެން ބަހުގެ ފަތުވާ ދޭން އެބައުޅެއެއްނުން. ލަދެއްވެސް ނުގަނޭ ވިއްޔާ

Anonymous said...

E AALAATHUN NUGAN NAANE LADHEH. A EE JALYLUBUNEGEN KURAA KAMEH VIYYAA. E AALAAIYVARUGNDU SALAAMAIY KOH DHEYNE.DHEN VISNAALABALA EAALAATHUN KIYAVAIDHEY KUDHINGE FENVARU HUNNAANEGOIY. FADABOIY.

Anonymous said...

dhivehi bahuge gavaidhu hunnaanee egifa lhohekee kaakukah mihaaru eginje dho dhen evarun fundhaalaa mihaaru thiothee dhen beyzaaru ragalhah vefaa thilhaa dhannna meehunnah ves mihaaru thilhaage fenvaru hunnaanee egifa dhen fadaboy hehehehehehehehe

Anonymous said...

thitihbeee ehenveema qavaaidhu nagaa kondah laagen. thivareh nuves neiy
adhi ehen meehunnaa dhimaalah ladhu hayaathey eba govayennu. thi aalaaigandah heevaneee thi rundinge ladhu hayaai netheema ehen meehungeves ladhu hayaai nuhunnaane ey.
ehenvethaa abadhu 2 bahun 1 bahakah NAGOOBALHU, FADABOi, AMAA FUI thi kiyaneee. mivarakah baehge ladhu hayaai hunnaaneee.

Anonymous said...

enmefahun comment liunu lhaage amaa fui ok meedhe nagoobalhaa thilhaa ge foanbodi meedhe nagoobalhaa haadha dhashu vefaahuri lhaaekey thee dho

Anonymous said...

މިއެންޓި އެފުއޯގެ މީހުން ތައުލީމީ މަރުކަޒުގައި ތިބެއްޖެ ނަމަ އެ ތަންވެސް ވާނީ ހަލާކު. މިމީހުންގެ ބަހުގެ ފެންވަރުވެސް އެނގެއެއްނުން. މި ސެމީސްޓާގެ އިމްތިޙާނުގައިވެސް އުޅެނީ މޮޅު ގޮތެއް ހަދާލާށެ. 10،9،8 ގެ ޓެސްޓް ޕޭޕަރ ހަދަނީ ގްރޭޑް 5 ގެ ޓީޗަރުން ލައްވައި. 5 އިން ދަށުގެ ޕޭޕަރ ހަދަނީ 10 ގެ ޓީޗަރުން ލައްވައި. ކިހާ ނަތީޖާ ރަނގަޅުވާނެ. 10 ގައި ކިޔަވައި ދިނުމުގެ ތަޖުރިބާއެއް ނެތް، އެސް. އެސް. އީ މާކިންގެ ތަޖުރިބާއެއް ނެތް ބަޔަކު ލައްވައި 10 ގެ ޕޭޕަރ ތައްޔާރު ކުރީމާ ޕޭޕަރ ކިހާ ކޮލެޓީވާނެ. ޕްރައިމަރީގައި ކިޔަވައި ދިނުމުގެ ތަޖުރިބާއެއްނެތް ބަޔަކު ލައްވައި ޕްރައިމަރީ ކުލާސްތަކުގެ ޕޭޕަރތައްޔާރުކުރާއިރު ސުވާލުތައް ހުންނާނީ މުޅިންވެސް 10 ގެ ކުދިންގެ ފެންވަރަށް. ބަޔާންކުރުމުގެ ސުވާލުތައް. މަތީދަރަޖައިގެ ސުވާލުތައް. އެކުދިންގެ ނަތީޖާ ކިހާ ރަނގަޅުވާނެ. މިފަހަރު މަތީ ސާނަވީ ފެށޭތީ އާގޮތެއް ހަދާލަނީވިއްޔާ. އިބިލީސްވެސް ބުނެއެއްނުން އާގޮތެއް ހަދާނުލެވުނިއްޔާ މޮޅުމީހަކަށް ނުވާނެއޭ އާގޮތެއް ހަދާލީމާ ނުކުންނަ ނަތީޖާވެސް ފެންނާނެއެއްނުން

Anonymous said...

މަރުކަޒަށްދާ ކޮންމެ ހެޑްމާސް ޓަރަކުވެސް ދުވަސްކޮޅެއްވާއިރަށް އެފަދަ ދެވަނައެއްނެތް ޝަހުސިއްޔަތު ރުގިއްޔާ އަޙުމަދުގެ ކުޅޭކުޅޭ ބުދަކަށް ވާނެއެވެ. މިހާރު އަސްލަމުވެސް އެހުރީ ރުގިއްޔާގެ ބުމަރަކަށް ވެފައެވެ. ރުގިއްޔާ އެނބުރިގޮތަކަށް މިހާރު އަސްލަމު އެނބުރޭނެއެވެ. މަރުކަޒަށްދާ ރަނގަޅު ހެޑުމާސްޓަރަކަށް އަމިއްލަ އިޚުތިޔާރުގައި ކަމެއްކުރުމުގެ ބާރެއް ނޯވެއެވެ. ޖެހޭނީ ރުގިއްޔާ ހެލުވިގޮތަކަށް ހެލޭށެވެ. މީ ދެން ކިހާބޮޑު ބަލާވެރިކަމެއް

Anonymous said...

ގްރޭޑް 10 ގެ އިސްލާމާއި ދިވެހި ޓެސްޓް ޕޭޕަރ ހަދަނީ އަލީމު ހައްމަދު، އިނގިރޭސި މާއްދާތަކުގެ ޓެސްޓް ޕޭޕަރ ތައްޔާރު ކުރަނީ އެފަދަ ދެވަނައެއްނެތް ޝަހުސިއްޔަތު އިސްމައިލު ނަޞީރުގެ ވަގު ތުންފުހި ރުގިއްޔާ. ހެހެހެހެހެހެ

Anonymous said...

ތިޔަބުނާގޮތަށް ޓެސްޓް ޕޭޕަރު ހަދާކަށް މަށެއްވެސް ގަބޫލެއްނޫން. ސްކޫލް ޓެސްޓްތަކަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިގެންނުވާނެ. އެއީ ވ ސީރިއަސްކޮށް ނަގަންޖެހޭ ކަމެއް. އެއީ ކުދިންގެ މުސްތަގުބަލް.

Anonymous said...

އެހެންވީމާ ފއތމ ގެ ޓެސްޓް ޕޭޕަރ ހަދަން ގެންދަންވީ ޚިލީލު ސަރ، އަޙުމަދު މުޙައްމަދު، ޢަބްދުލްޢަލީމު، ކަރުޒާއީ، ވަގުބިޓު މަޖީދު އަދި އެސްޖެހި ރައްޒާގު. މިއީ އެކަމަށް އެންމެ އެކަށޭނެ މީހުން. މިމީހުން ހަދާ ޕޭޕަރ ވަރަށް ގައްޑާވާނެ. ހެހެހެހެހެހެ

Anonymous said...

hama gaimuves thimeehun thikiyaafa oiy listga ebathibi ali mohamed menahvure rangalha paper hedheyne meehun

Anonymous said...

ފ. އ. ތ މަރުކަޒުގެ މިއަހަރުގެ ފުރަތަމަ ސެމީސްޓާގެ ޓެސްޓް ޕޭޕަރ ތައްޔާރުރަން މިހާރު ހަމަޖައްސައިފައިވާ ގޮތަކީ އަޅުގަނޑުވެސް ކަންބޮޑުވާކަމެއް. ސަބަބަކީ ދިހައަކަށް ކިޔަވައިދޭ ޓީޗަރަކަށް ނޫނީ ދިހައެއްގެ ޕޭޕަރ ތައްޔާރު ކުރަން ނޭގޭނެތީ. ކޮންމެ ޓީޗަރަކަށްވެސް ޕޭޕަރެއް ތައްޔާރުކުރެވިދާނެ. އެކަމަކު އެއިން ކުދިންނަށް ވާ ފައިދާއަށް ވުރެ އެކުދިންނަށް ލިބޭ ގެއްލުން ބޮޑުވާނެ. ހަމައެގޮތަށް ދަށް ގްރޭޑުތަކުގެވެސް މިމައްސަލަ ދިމާވާނެ. މަތީ ގްރޭޑުތަކަށް ކިޔަވައިދޭ ޓީޗަރުންނަށް ދަށް ގްރޭޑުތަކުގައި ކިޔަވައިދޭ ހުރިހާ އެއްޗެއް އެގޭނެ. އެކަމަކު އެއްގޮތަކަށްވެސް ދަށް ގްރޭޑުތަކަށް ކިޔަވައި ނުދީ ޓެސްޓް ޕޭޕަރ ތައްޔާރުކުރާނަމަ އެދަރިވަރުންނަށް އޭގެ ނުބައި އަސަރުކުރާނެ. މިކަމާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ. ކުޅޭ ކުޅިވަރެއްނޫން. މީ ދަރިވަރުން ތަކެއްގެ މުސްތަޤުބަލް. މީ ހިތަށް އެރީމާ ހިތަށް އެރިހާ ގޮތަކަށް ކުރަން ޖެހޭ ކަމެއްނޫން. އަޅުގަނޑު އަސްލަމަށް ގޮވާލަން. ރުގިއްޔާމެން ޖަހާމަޅިޔަކު ނުބެދުމަށް. އެމީހުން ޖަހާހައި ބެރަކަށް ނުނެށުމަށް. ތީ މަރުކަޒުގެ މިހާރުގެ ވެރިޔަކީ. އަމިއްލައަށް ނިންމަންޖެހޭ ކަންތައްތައްވެސް ހުންނާނެ. އެގްރޭޑެއްގެ އެ މާއްދާއެއް ކިޔަވައި ދެއްވާ ޓީޗަރެއް ލައަވާ އެމާއްދާއެއްގެ ޓެސްޓް ޕޭޕަރ ތައްޔާރު ކުރުވުމަށް މަރުކަޒުގެ ދިއެއްގެ ދަރިވަރެއްގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު އަސްލަމަށް އިލްތިމާކުރަން

Anonymous said...

އަހުމަދު މުހައްމަދު އަލީމު އެމީހުންކިޔަވައިދޭ ގްރޭޑުތަކަށް އެންމެ ކޮލެޓީ ޓެސްޓް ޕޭޕަރ ތައްޔާރުކުރާނެ. ރުގިއްޔާ އާއި އަލީމުހައްމަދަށްވުރެ ކޮންމެ މާއްދާއަކުންވިޔަސް ޚަލީލު ޕޭޕަރެއް ތައްޔާރުކޮށްފިނަމަ މޮޅުވާނެ. އެރޮގުން އެދެމީހުން ޖެހޭނީ ޚަލީލުގާތުގައި މަހަށްދާން. މަރުކަޒުގައި ތިމީހުން ތައްޔާރުކޮށްފައި ހުންނަ ޕޭޕަރ އަހަރުމެން ދެކެމު. މުޅިންވެސް ހުންނަނީ ތިމާމެން ބަލަފަސޭހަވާގޮތަށް ޕޭޕަރ ތައްޔާރުކޮށްފައި. އެއްގޮތަކަށްވެސް ދަރިވަރުންނަށް، ދަރިވަރުންގެ ފެންވަރަކަށް ބަލާލާފައެއް ނުހުރޭ. ފަސޭހައިން ބޮލުން ނައްޓާލެވޭގޮތަށް ޕޭޕަރ ތައްޔާރުކޮށްފައި ހުންނަނީ. އޭގެ ސަބަބުން ދަރިވަރުންގެ ފެންވަރެއް ރަނގަޅަށް ވަޒަންކުރާކަށް ނޭގޭ. މިމީހުންހަދާ ޕޭޕަރ ރަނގަޅަށް ޗެކްކުރުމަށް މަރުކަޒުގެ ވެރިންނަށް ގޮވާލަން