Sunday, May 25, 2008

ޒުވާނަކަށް ކަތީބުކަން ދީފާނެތީ ބަނޑު ދިޔާވެފައި

ނިލަންދޫގެ ދެވަނަ ކަތީބަކު އައްޔަން ކުރުމަށް އިޢުލާން ކުރުމާއި ގުޅިގެން ކުރިމަތިލާފައިވާ ހަތަރު މީހުންގެ ތެރެއިން ހިތްނުރުހޭ މީހަކަށް ކަތީބުކަން ހަމަޖައްސަފާނެތީ އެއްކަލަ ގަބުޅި ކަތީބުންތައް ބަނޑުދިޔާވެގެން އުޅޭކަމަށް އަޑުއިވިއްޖެއެވެ.


ވަކިމީހަކަށް ކަތީބުކަން ހަމަޖައްސަން އަތޮޅުއޮފީހުން ލިޔެފައިވާކަމުގެ ޚަބަރުގައި ނުލާހިކު ހިތްހަމަޖެހިފައިވަނިކޮށް ފަހަރުގައި ޢަބްދުލް ޙަލީމުއަށް ކަތީބުކަން ހަމަޖައްސައިފާނެކަމުގެ ޚަބަރުތަކެއް މިހާރުވަނީ ލީކުވެފައެވެ. އަދި މިޚަބަރަކީ އޭގައި ކިހާވަރެއްގެ ތެދެއް އަދި ދޮގެއް އޮތް ޚަބަރެއްކަން ސާފުވެފައި ނުވިޔަސް މިބައިގަނޑު ހީވަނީ ރެވިތެޔޮ ބޮވިގެން އުޅޭހެންނެވެ. ތަންތަނުގައި މިނޫން ވާހަކައެއ ނުދެއްކެއެވެ. މިބައިގަނޑުގެ ވާހަކަތައް ހުރިގޮތުން މިބައިގަނޑު ބޭނުންވާ މީހާ ނޫން މީހަކަށް ނިލަންދޫ ކަތީބުކަން ދީގެއް ކަމަކުނުދާނެއެވެ. އަދި އެހެންމީހަކަށް ކަތީބުކަން ދެނިކޮށް ފަހަރުގައި ހައިޖާނު ގަނޑެއްވެސް ހިންގަފާނެކަމުގެ އިޝާރާތްތަކެއް ދަނީ ކުރަމުންނެވެ.


ވާނީވެސް އެހެންނެވެ. އުޑެއްބުޑެއް ނޭނގޭ ރޯނުއެދުރުތަކަކަށް އެނޫންވަރެއް ނުވާނެއެވެ. ހަކުރުދެންޏާ އަބަދުވެސް އޮންނާނީ ބޮޑުބޭބެވެފައެވެ. ހިތުން އެއުޅެނީ ލުއްޗާތައް ބޭނުންވާ މީހާ ވެރިކަމަށް އައުމުން ފިސާރި ނިލަންދޫއަށް އަތްގަދަކޮށްލާނަމޭ ހިތާއެވެ. އޭރުން މިބައިގަނޑުގެ ބާރު މުޅިރަށުގައި ގަދަވެދާނެ ކަމުގެ ހުވަފެނުގައެވެ. އެތިބީ މިހާރު ހިތުން އާސުމާނުގައެވެ.


އަދި ނިކަށް ވިސްނާލަބަލާށެވެ. ނިލަންދޫ ހުރިހާ މީހުން ކަހލަ ގޮތަކަށް ވާހަކަ މިދައްކަނީ ޒުވާނަކަށް ވެރިކަން ހަވާލުކުރާ ވާހަކައެވެ. ޒުވާނުންނަށް ތަންދޭ ވާހަކައެވެ. އެކަމަކު މިބަގަތައް ހިންގާ ފަތަފޮޅި އެކަމާ އަނގަހުޅުވާލަން ނުކެރިފައި އެތިބީ ހަތަރު އުދަރެހު މެދުގައި ތާށިވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ގައިމު ނިލަންދޫއަށް ހެޔޮއެދޭ ބަޔަކުނަމަ މިފަހަރު ޒުވާނަކަށް ތާއީދުކޮށް ކުޑަނަމަވެސް އެއްޗެއް ބުނާނެއެވެ. ހިތްއެދޭ މީހާއަށް ކަތީބުކަން ހަމަޖައްސައި ދިނުމަށް އަތޮޅު އޮފީހުން ލިޔެފައިވުމުން މިފަހަރު އއްކަލަ މުޢާވިން ޖަލީލުވެސް ގޯހެއްނުވި ދޯއެވެ.


11 comments:

Anonymous said...

thilhaa fadaboy bala dhen nilahdhoo katheebukamu araanee mibaigaduge meehen enmezuvaankoh kurimathi laifaaves onnaanee mibaigaduge meehen dhen lalalalalalal dhen jaleelukaireebuney fada boashey thidhelhaa enkon dhen hadhaanee hama hama hadhaane ehchen thihen thelhithelhi thibeh jeheynee adhives enfaharu bunah dhen nilahdhooga verikah kuraanee mibaigadah furihama baaru oy meehen haleem verikan kuraanee

Anonymous said...

ހަލީމަކީ ތިބައިގަނޑުގެ ތެރެއަށް ދާނެ މީހެއްކަމަށް ހުވަފެނުން ފެންނަން ފެށީ ދޯއެވެ. ބުނަން ހެއްޔެވެ؟ އެއީ ތިޔަކަހަލަ ވިޔާނުދާ މީހެއްނޫނެވެ. ޒުވާންދައުރުގައި ވެރިކަމާ އެކުރިމަތިލީ ތިމާގެ ބޮލުގައި ޒިންމާތަކެއް އޮތްކަން ހަނދާން ހުރެގެންނެވެ. ތިއާލާތްވަރުހެން ހަރެއްގައި އިނދެ ފާޑުފާދުގެ ހަޅޭއްފަޅޭއް ޖެހުމަކީ ހަލީމުމެންކަހަލަ ކުދިންގެ އަޚްލާގެއް ނޫނެވެ.
ހަލީމު ތިބައިގަނޑުގެ ތެރެއަށް ވައްދަން ކިތަންމެ މަސައްކަތެއް ކުރިޔަސް ތިޔައީ ބޭކާރު އެއްވެސް ތާކުންތާކު ނުޖެހޭ މަސައްކަތެއްކަން ހަނދާންކުރައްޗެވެ.

Anonymous said...

އަދި ބަލަން ހުރޭ ހަލީމަށް ތިމަގާމެއް ލިބިއްޖެއްޔާ އެންމެ ފުރަތަމަ ހަލީމަށް ނަފުރަތުގެ ބަހާ މަލާމާތުގެ ލަފުޒުތައް ރައްދުކުރާނެ ބަޔަކީ ތިބައިގަނޑު. އެވާހަކަތައް ލިޔާނީ ވެސް ތިބައިގަނޑުގެ ފަތަފޮޅީގައި . އަހަރެންނަށް ރަގަޅީ ހަލީމުއަށް އެމަގާމް ނުލިބުނިއްޔާ. ހަލީމް ގެއްލިގެންދާން ތިޔަ އުޅެނީ. ވާނެގޮތަކީ ދީފައި ދުވަސްކޮޅަކުން ވަކިކުރާނެ.އެހެންވީމާ ތިކަމާ ދުރަށްދިއުން ރަގަޅީ. ހަލީމު އަށް ހެޔޮ އެދޭ އިންސާނެއް.

Anonymous said...

ރަނގަޅު ވާހަކައެއް. ޙަލީމަކީ އަހަރުމެންގެ މީހެކޭ ވަރަށް އަވހެއްނު ބުނެލިލެއް.
ޙަލިމު ވެރިކަމަށް އެރުމުން އެންމެ އަވަހަށް ތެޅިފޮޅިގަންނާނީ ތިބައިގަނޑުހަމަ. ހަލީމާ ދިމާލަށް އެއްޗެހި ގޮވާ އުނދަގޫކޮށް ދުއްތުރާ ކުރާނީވެސް ތިބައިގަނޑު. އަހަރުމެން ތިބޭނަމޭ ބަލަން. ކަލޭމެންނަކަށް ނުވާނެ އިތުރު އެއްވެސް ވަރެއް. ދުނިޔެ ނިމެންދެކަށްވެސް ތިޔަގޮތަށް އަނގަތަޅާލަ ތަޅާލާ ތިބޭނީ. ޙަލީމުވާ އެމަޤާމަށް ކުރިމަތިލާފި އެންނު. ތީގެތެރޭގައި އެކަހަލަ ކަމަކަށް ކުރިމަތިލާން ކެރޭ ކެނަޔަކުވެސް ނެތް. ފަރުދާވެގެން ފޮރުވިގެންތިބެ އެހެން މީހުންނަށް ފަޑަބޯންދޭން އިނގޭނީ. ލަދުގަނޭ ތިކަހަލަ ބަޔަކު ނިލަންދޫއަށް އުފަންވެފަ ތިބީމަވެސް. ދެރަވޭ އެކަމާ.

Anonymous said...

thakolheh thaahiru gothakah ves comment eh kolan ingey insaanaku ves nolhey dho?? mi fennanee nilandhoo meehun ge fenvaru. mee ga abadhu ves kommes baingadekey dhen ekahala mi kahala thaakun thaaku nujehey meehuna jessun kuraa faadah comment koffa hunnanee. comment kuran dheefa e onnanee binaa kuranivi gothah faadu kiyaan. evves haalegga ekau anekakuge mas kai aburah arai avaguraanan govaakah noon. nilandhoo ge destiny thi 2 group ge amilla thun thi liyanee. nilandhoo fasaadha kurumuge zimma thi 2 group (FO & ANTIFO) in nagan jeheyne kamah gabool kuran. mikan dhookollai dhebai meehun ves ehbai vegen nilandhoo ah ithuru kuri erumaa faagathi kan gensdheyn masakkai kurumah govaalan. varah dheravey mi blog ga hunna liyunthakaa liyunthakah dheefa huna comment tha kiyaaleema. ekamu keeh kuraanee dho? echchekey bunefiyya dhuniyey ga ina ves nudheynennu.. ehen ve aslu alhaanulanee.. beynumeh noon mihen bunegen ves magey maibafainnaa behi magey aburaa meehaku beheykah.
ehen veema emmenah ves govaalan reethi goi hiyaaru kuran. thi kuranee adhi mulhin rangalhu kameh noon
heekuran mi bunevunee rangalhu echchi kolheh kamah. adhi meege javaabugai avaguraanan naannane kamh heekuran
-nilandhoo ah ufan nilandhoo dhek loabivaa nilandhoo ge dhariyeh-

Anonymous said...

Mi blog ufedhdhheee kaaaku? Miblog ge fahathugai huree kaaku? miblogah liyanee kon bayeh? mihiree javaab beynun vaa suvaal thah Dhoa. ekam mi suvaalakah javaab dheyne meehak ebahuriba .. huriyya alhe dheebala

Anonymous said...

މިބުލޮގު އުފެއްދީ ޖަލީލު ބުނެގެން ޝަރީފު އާއި އަލީ މުޙައްމަދާއި އިސްމައިލް އުމަރު. ލިޔުންތައް ލިޔަނީ އިސްވެދިޔަ މީހުން ނާއި ތަޢުލީމީ މަރުކަޒުގެ މީހުންނާއި އަތޮޅު އޮފީހުގެ މުއައްޒަފުން. ހުރިހާ ޚަރަދެއް ކުރަނީ ޖަލީލު

Anonymous said...

Dheefa thiothy ragalhu javaabeh nooon ... Thikuraneee hus thuthumath. koba hekkakee thiya bunaa meehun mikameh kuraa kamuge. kiha varegge yageen kameh othee... javaab dheebala

Anonymous said...

ހެޔޮނުވާނެ މީހުންނަށް ތިޔަހާ ޝައްކުކުރަން. އިސްމާޢީލް ޢުމަރާއި ޖަލީލުއާ ދިމާ ނުވާތާ އެއްވެސް ސިފައެއްގައި ވާހަކަވެސް ނުދައްކާތާ މިހާރު 8 މަހަށްވުރެވެސް ގިނަވެދާނެކަން ހަމަ ޔަޤީން. މީހުނަށް ޝައްކުކުރަން ވާނީވެސް ކޮންމެވެސް ވަރެއްގެ ހެއްކެއް ލިބިގެން. ހަމަހިތަށް އަރާ ކޮންމެ އެއްޗެއް ނުވާނެ ޙަޤީޤަތަކަށް.

Anonymous said...

ކިތައްމެ ވަރެއް ވިޔަސް މިބްލޮގް ހަދަނީ ކާކު ކަމެއް ތިބައިގަނޑަކަށް ނޭގޭނެ. ކިރިކިރިޖެހޭނީ ތިބެން. އެގިއްޖެތަ؟ ބުނަން ވާހަކަ އެއް. ކަލޯމެންނަށް ނިލަންދޫ ފަސްގަނޑުން ރަގަޅު ޖޮބެއްވެސް ނުލިބޭނެ. ތީ އެއަށްވުރެ މާފީކަޅާ ގުރޫޕެއް. ބްލޮގް ހަދާމީހާ ހޯދަން ފޭސް ބުކްގައި ގުރޫޕެއް ހަދަންވީނު.

Anonymous said...

ައަހަރެމެންނަށް އެނގިހުރި ކަންކަމުގައި ކޮން ޝައްކެއްކުރާނީ.ޔަޤީންތާ މިއީ ޖަލީލުކުރާ ކަމެއްކަން.