Monday, April 21, 2008

ތަޙުގީގު ރިޕޯޓް: ރައްޔިތުންގެ މަސައްކަތަށް ދަފީނާއިން ގަތް ސުތުލި ގޯނީގެ އަގު އޮޅުވާލާފައި

މިއަހަރުގެ ކުރީކޮޅު ރައްޔިތުން ތޮށިޖެހަން އެސްޖެހި ރައްޒާގުއާއި ޙަވާލުކުރި ދެލައްކަ ރުފިޔާއިން ތަކެތި ގެނައ ގޮތުގެ ބައެއް މަޢުލޫމާތު ކިޔުންތެރިންނާއި ހަމައަށް ވާނީ ގެނެސްދީފައެވެ. މި ލިޔުމުގައި މިވަނީ ސުތުލި ގޯނި ގަތުމަން އޭނާ ހިންގި ގަނޑުތަކެވެ.


ތޮށި ޖަހަން ބޭނުންވާ 11000 ގޯނި ރައްޔިތުންގެ ފައިސާއިން ހޯދިގޮތް އެނގޭތޯއެވެ. ގޯނި ގަނެފައިވަނީ ދަފީނާ ކިޔާ މާލޭގެ ފިހާރައަކުންނެވެ. އެފިހާރައިގެ ސޭޓަކު ހާމަކުރި ގޮތުގައި އޭރު -/7ރ އަށް ވިއްކި ގޯނި 5000 ގޯނި ނަގާ ފަރާތަކަށް 50/6ރ ގޯއްޏެއްގެ މަގުން ދޫކުރެއެވެ. އަދި 10000 ގޯނި ނަގާ ފަރާތަކަށް -/6ރ އަށް ދޫކުރެއެވެ. މުދާ ގަންނަންދާ މީހާ އެދުނަސް ނޭދުނަސް ކަންކުރަނީ އެގޮތަށް ކަމަށް އޭނާ ކިޔައިދިނެވެ. ދުވަހަކުވެސް ވަކިން އެންމެ ގޯންޏެއް ގަތްކަމުގައި ވިޔަސް 50/7ރ. ގޯއްޏެއްގެ މަގުން ވިއްކާފައި ނުވާކަމަށް އޭނާ ބުނެއެވެ. އަދި ވިއްކާ ކޮންމެ އެއްޗަކާއިއެކު ކޮންޕިއުޓަރައިޒްޑް ބިލެއް ދޫކުރެވެމުންދާކަމަށް ވެސް ވެއެވެ. އެއީ އެސްޖެހި ރައްޒާގުއަށް އަށް ގޯނި ވިއްކިފަރާތެވެ.


ދަފީނާއިން ގޯނި ވިއްކާ އެމިންގަނޑަށް ބަލާއިރު 11000 ގޯނި ރައްޔިތުންނަށް ވިއްކާފައިވާނީ -/6ރ އަށެވެ. ނަމަވެސް ރަށު އޮފީހަށް އެތަނުން ބިލެއް ނުދެޔޭކިޔާ ފޮނުވާފައިވަނީ އެސްޖެހި ސްޓޯރުގެ ބިލެކެވެ. އެވެސް 50/7ރ. ގޯންޏެއްގެ ރޭޓުންނެވެ. އެހެންކަމަށްވާނަމަ ކޮންމެ ގޯންޏަކުން ދޮޅުރުފިޔާގެ ކަޓެއް އަމިއްލަ ޖީބަށް އެއޮތީ ލާފައެވެ. 11000 ގޯނިން ޖުމްލަ 16500ރ އެއޮތީ ކައްވާލާފައެވެ. ރަށާހަމައަށް ގެނައީ އޭނާގެ ދޯނީގައި ކަމުން އެއަށް ނާލުވެސް ނަގާފައިވެއެވެ. އެއީ ވެސް ގޯންޏަކަށް 50/- ރުފިޔާގެ ރޭޓުން ނޫންކަމެއްވެސް ނޭނގެއެވެ.


ވެރިންގެ ޚިޔާނާތޭ މަކަރޭ ކިޔާ އަޑުނެތްތަނަށް ހަޅޭލަވާ ފަހަތުން ދުވާ ކުޑަދަށު ލީޑަރުގެ ޙާލުހުރިގޮތް މިހުރީއެވެ. ރައްޔިތުންގެ ފައިސާ ކައްވަމުން ދުވަނީއެވެ. އަގު ހެޔޮކުރުމަށް މިކަލޭގެއާއި 200000 ރުފިޔާ ޙަވާލުކުރުމުން ރައްޔިތުންނަށް ކޮޅުކެހިދީ އެދަނީ ގެއްލުން ދެމުންނެވެ. އެ ފައިސާގެ ހިސާބު އަދިވެސް ނުނިއްމާކަމަށް ރަށު އޮފީހުގެ މުވައްޒަފަކު ނަންހާމަ ނުކުރުމަށް އެދި އެންޓިއެފްއޯއަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އެފައިސާގެ ހިސާބުތައް ނިންމުމަށްޓަކައި ކުޑަދަށުގައި ކެއްކުންތަކުން ފޮނު އަރުވައި ސައްލާތައް ކުރިޔަށް ދާކަމުގައިވެސް އެފަރާތުން މަޢުލޫމާތު ލިބެއެވެ.

22 comments:

Anonymous said...

ރައްޒާގުއަކީ ރައްޔިތުންގެ މަސައްކަތުގައި ކިތަންމެ އިސްކޮށް އުޅޭ މީހަކަސްއޮޅުވާލައިގެން ތިގޮތަށް ރައްޔިތުންގެ ފައިސާ ބޭނުންކުރުމުގެ އެއްވެސް ޙައްގެއް ނޯންނާނެއެވެ.
ރައްޔިތުންގެ ތަކެތި ގަތުމަށް ދިނުމުން ރައްޒާގުއަށް އެއްބަސްވެފައިވާ ގޮތަށް އެއޮތީ އުޖޫރަ ދެވިފައެވެ. ދޯނީގެ ނާލެވެ. އޭގައި ބޭރު ތިޔަ ގޮތަށް ބޭނުން ކުރާ އެއްޗަކީ ނުޙައްގުން ކެވޭ ލާރިތަކެކެވެ. އެފައިސާ އަވަހައް ދެއްކުމަށް ގޮވާލަމެވެ. އަދި ދެލައްކަ ރުފިޔާގެ ހިސާބުތައް އޮފީހާއި ޙަވާލުކުރުމަށްވެސް ގޮވާލަމެވެ.

Anonymous said...

balaaeh noon frathama jaleelu kei laarigadu hoadha bala dhen ehenmeehunge vaahaka dhahkabala ancheedi thioh dhen ki hadivaahakaeh

Anonymous said...

ކޮންމެ މެހެން އެއި ހަދިވާހަކަ އެކޭ ނުކިޔާ
އެގޮލާ ޖެހޭނެ ކޮންމެސް ގޮތަކަށް އެހަމަކުރާން

Anonymous said...

އެނޫން އެހެން ވައްކަންތައްވެސް ރައްޒާގު ކުރަމުން އެބަދޭ މިހާރުގެ ކަތީބުއާއި ބައިވެރިވެގެން. ބޯޅަދަނޑުގެ ވަށާފާރުގެ ކަންތައް ދިޔައީ ކިހިނެތް. މުއްދަތުން ނުނިމުނަސް ފައިސާ ހަމައަށް ލިބުނު.
މަސައްކަތުގެ ކޮލިޓީއަށް ބެލުމެއް ނެތް. ބައެއް މީހުން ބުނޭ ރާނަންޖެހޭ ވަރަށްވުރެ ކުޑަކޮށޭ ރާނާފައިވަނީ. އެކަމަކުވެސް ހަމައަށް ލާރިތައް ލިބުނު.
އަނެއްކާ ހެއްވާކަމަކީ އެފަހަރު ގިނަބަޔަކު ލާފައިވުމުން ރކ. ކޮމެޓީއަށް ރައްޒާގު ހުށަހަޅައި އޭނާގެ އައުވާނުން ނިންމީ ގުރުއަތުލާށޯ އޭނާއަށް ވުރެ ދައްކޮށް ބައެއް މީހުން ހުށަހަޅާފައި ވުމުންވެސް. އަމިއްލަ އެދުން ބޮޑަސް މީ ބޮޑުވަރެއްނު.

Anonymous said...

ރައްޒާގުއަކީ ހަމަ ވަރަށް ބޮޑު ބަޚީލެއް

Anonymous said...

މި ގޮލަޔަކު މިފަދަގަނޑު ގަންނައިރުވެސް ހާދަ ފަރުވާލެއް ނެތޭ ދޯ
މިގޮލަޔެއް މިހުރިހާ ކަމެއްވެސް ކުރަނީ ރ.ކ ކޮމެޓީގެވެސް ދޯދިޔާކަމުން ކަންޔަގީން
ރައްޒާގުގެ އައުވާނުން ތަކެއް މީގަވެސް ގިނަވީމަ މިހެން މިވަނީ، ރ.ކ ކޮމެޓީން ކީއްވާނީ އެސްޖެހި ސްޓޯރ 60% ނެގިއްޔާ، އޭރުން ކޮންމެސް ވަރެއް ލިބޭނެ ކެއްވި ލާރި ތަކުގެ ލާރި ލިބިދާނެތާ، މިގޮލާ ހޭއަރާނީ މިގޮލާގެ ވިއަފާރިއަށް ގޮތެއްވީމަ

Anonymous said...

މައިސޯބު އެނބުރޭގޮތަށް ކުދި ސޯބުތައްވެސް އެނބުރޭނީ. ކޮބާ މައްސަލައަކީ؟

Anonymous said...

ހަތަދިހަ ރުފިޔާއަށް ގަމީސްގަނެ ނުވަދިހަ ރުފިޔާއަށް ބިލްހަދާ ގަމީހަކުން ވިހި ރުފިޔާ ޖަލީލުވަނީ ކައިފައި، ސައުވީސްހާރުފިޔާގެ ފެންކުލަ ވާދީންނަގާ އޭގެ ދިހަޕަސެންޓް ޑިސްކައުންޓަށްވާ ފައިސާ ޖަލީލުވަނީ ކައިފައި. ލިލީ ސްޓޯރުން މުދާނެގުމުން ޑިސްކައުންޓްގެ ގޮތުގައިދިން ހަތް ދޮންނަމެސިނުގެ ފައިސާ ޖަލީލުވަނީ ކައިފައި. މިނޫނަސް އަތޮޅުސްޓޯރުގެ ވިޔަފާރިދަތުރުގައި މިގޮތައް އެތައްހާސް ރުފިޔައެއް ޖަލީލުވަނީ ކައިފައި، ރައްޒާގުއެއީ ނިލަންދޫ ރައްޔިތުންގެ ފައިސާ. ޖަލިލުއެއީ އަތޮޅު ރައްޔިތުންގެ ފައިސާ ދެމީހުންކެއިފައިސާވެސް ދައަކަން ޖެހޭނެ

Anonymous said...

ވަހުދާ މިސްކިތް މަރާމާތުކުރުމުގެ މަސައްކަތުގެ އަގު ތިރީސް ފަސްހާސް ރުފިޔާއަށް އެސްޓިމޭޓްކޮށް މަސައްކަތް ނިމުމުން މުސްޠަފާޔާއި ގުޅިގެން ބިލްކޮށް ނިލަންދޫ ރ.ކ ކޮމެޓީން މަކަރާއި ހީލަތުން ޖަލީލު ޕަކަޅާކޮށްލި އެއްލައްކަ ހަތާވީސްހާސް ރުފިޔާކޮބާ؟ މިއަދަދާ މެދުވެސް ޚިޔާލުތަފާތުވޭ ވެރިއަކު ބުނީ އެއްލައްކަ ތިރީސް ހަތްހާހޭ، މެންބަރަކުބުނީ އެއްލައްކަ ތިރީސް ފަސްހާހޭ، ނެގިއަދަދެއް އެނގެނީ ޖަލީލުއާއި ހެއްދެވިފަރާތަށް. އެންމެފުރަތަމަ މިފައިސާ ދައްކަންވީނުން

Anonymous said...

fadabokah angagalhaathi adhives.

Anonymous said...

ތިބުނާ ފައިސާ އަހަންނަށް އެނގިފައިވާގޮތުން އެއީ ދޮންބޭބެއަށް ބައިއެޅިގެން ދިޔަ ފައިސާތަކެއް، ޖަލީލުއަކަށް ނޫން.

Anonymous said...

ނޭގޭ ވާހަކަ ތަކަށްވެސް މި އާލާތުން އަނގަ ބާނާނެ، ކޮންމެ ގޮތެއްވިޔަސް ރައްޒާގު އެލާރިތައް ބަނޑު ނާޅާކަމަކަށް ނުވާނެ، އެގޮލާ ޖެހޭނެ އެލާރިތަށް ދައްކަން. ރ.ކ ކޮމެޓީގެ އެހެން ބެޑުން ޖެހޭނެ މިގޮލާ ކުޅުނު ކުޅިގަނޑު ރަނގަޅަށް ބަލަން، ދެން މިގޮލާ ކެޓުވި ލާރި އެއް ހޯދަން ވާނެ،،،،ނ

Anonymous said...

ބައިއެޅީ ދޮންބޭބެއަކަށްނޫން. އެފައިސާ އިން ޖަލީލުގެ ދޮށީ އަންހެން ދަރިފުޅު ކިޔަވަން ބަނގުލަދޭސްއަށް ފޮނުވީ. ޖަލީލު މުސްޠަފާއާއި ގުޅިގެން މިކުޅިގަނޑު ކުޅުނީ ދޮށީދަރިފުޅު ބަގުލަދޭސްއަށް ފޮނުވަންވެގެން ފައިސާ ހޯދަން މާލެއައިސް ފައިސާ ނުލިބުމުގެ ސަބަބުން އެކަމަށް ފައިސާ ލިބޭނެ ގޮތެއް ރޭވީ އެވެ. މީ ނޭގި ލިޔާލިޔުމެއްނޫނެ. ޙަޤީގަތް އެނގިހުރެ ލިޔާލިޔުން. ތިމީހުންހެން އެހުމުން ވައްކަންކޮށް ތިމާއަށް ނޭގޭޙާލުގައި ވާހަކައެއް ނުދައްކަމެވެ

Anonymous said...

ރައްޒާގު ނަމަވެސް ފައިސާއަށް ޚިޔާނަތްތެރިވެފައިވާނަ އެފައިސާ ވާނީ ދައްކަން

Anonymous said...

razzagakee hama bakheeleh mihaarukuraakanthah nikah balaabala atholhu ofeehugai mihaarusalaamathun huri rafeeu govaigen ais minivan dhuvahah faisaa hoadhaa namugai kuraakanthah bala mihaaru thibenee moyain baa liyekiumen nethi mee rashu ofeehun fonuveemaey buneema gabool kuranee kaak

Anonymous said...

mashakee razzaguge varah gaiy meeheh ekamaku bunan nilandhooge halaakakee razzag eige hekkakee ahmadh ali noon meehaku katheebakah hurejje nama razzag emeehakah varah udhagookuraane ekamaku ahed ali akee nilandhooge ijuthimaaee rooh halaaku kolli mulla

Anonymous said...

މަމީ ތިބުނާ އަހުމަދު އަލީއަކާ ގުޅުމެއްވެސް ހުރިމީހެއްނޫން. އިޖުތިމާޢީ ރޫޙު ހަލާކުކޮށްލީ އަޙުމަދު އަލީއޭ ބުނާއިރު އަޙުމަދު އަލީ ކަތީބުކަމު ހުރި ދުވަސްވަރަށްވުރެ ފޯރިއާއި ޖޯޝާއެކީ ރައްޔިތުންގެ މަސައްކަތްހިނގި ދުވަސްވަރެއް ފަހުގެ ތާރީޚުގައި ހިނގާފައެއްނުވޭ. ބަޚީލު އަޙުމަދު އަލީ ކަތީބުކަމާއި ހަވާލުވިއިރު ނިލަންދޫ ރައްޔިތުންގެ ގާތްގަނޑަކަށް ހަތްލައްކަ ރުފިޔާގެ ދަރަނިއޮތް. ތިމީހުންގެ ބަހުން އެހިޔާނަތްތެރިޔާ މޫސާ އަހުމަދަށް ކެމްޕެއިން ކޮށް ނުދީގެން ވަޒީފާއިން ވަކިކުރިއިރު ރައްޔިތުންގެ ހުރިހާ ދަރަންޏެއް އަދާކޮށް ފައިދާގެ ގޮތުގައި ގާތްގަނޑަކަށް ތޭރަލައްކަ ރުފިޔާ ނިލަންދޫ ރައްޔިތުންގެ ޖަމާގައިހުރި. ތެދުވެރި އަމާނަތްތެރިން ވެރިކަމަށްލީފަހުން އެފައިސާއަށް ވީގޮތެއްނޭގޭ. އަދިވެސް ތިމާއަށް ނޭގޭހާލުގައި ފާޑުފާޑުގެ އެއްޗިހިލިޔާތި

Anonymous said...

ޚަލީލުގެ މޫސުން ގޮސް މިހާރު މިއޮތީ އެސްޖެހި ރައްޒާޤުގެ މޫސުންފެށިފައި ހިތްވަރުކޮށްލާތި

Anonymous said...

haadha updateh nuveyey dhoa. anekka jaleelu landeh dhinytha? thibagayah. anti fo alaathun fada boibala.

Anonymous said...

tirIsc awhwruvwncdenc awniyWverikwmWai hwrukwSikwmWai aeku hudumuhutWru
verikwmeac kurwmunc awaisc mirWacjEge rwacyituncge leainc twtcteLifwaivW
awtctilwainc rwacyituncnwSc hwnWawLuacvwmunc aegencdwvwnI awmiaclwverikwnc
demeheacTumwScTwkwai awmiaclw aedumunc fOve bwrujehifwaivW hitwkwaigenc
awlunc konckwhwlw verikwmeac mirWacjEgwai qWaimckurwncbWaE hitwac awrWmeaeve.

rwacyituncge leainc twtcteLifwaivW awtctilwainc rwacyituncnwSc
birudwackwvwnI tOaeve? rwacyituncge kibwainc aWdEsc kurwacvwnI tOaeve?
rwacyituncge kibwainc mwAWfwSc aedivwDwaigwncnwvwnI tOaeve? mifwdw kitwacme
suvWleac aufedEmeaeve.

nwmwvesc divehi jwacvugwai, divehi fwzWgwai mwnikufWnuge awtcpuLu
vihuruvwaigenc, velWnWgE aibcrWhImc nWBiruge verikwnc nimumwkwSc
awaiduvwhu tWaIdu hOacdevumwSc mwnikufWnuge verikwmuge mwsctugwai divehinc
jeacsihenc deneac divehincneac nujeacsEneaeve. miawdu ti awtctilwawSc
hwnW awLwaifinwmw mWdwmW tiywawtunc kwrugwai hifWnekwmI miawdu divehinc
twjuribW koacfwaivW hwqIgwtekeve. aehencnuvWnwmw aeduvwhu kurimwlWmWtc miawdu
timWawkwSC rwacdeacnuvWneaeve.

divwhirWacjEge devwnw jumuhUriacyW nuvwtw divehi aencme dwriaeacge
hwSigwDunc aencme lEtiackeacvesc mi fwscgwnDwSc vwacTWnulW bwndevifwaivi
awLuverikwmunc minivwnckwnc hOacdwvwaideacvi velWnWgE aibcrWhImc nWBiru
verikwnc dUkurwacvAW rWacjeaobW vwDwaigencnevumunc awtctilWgeveri
ma.kinbigwscdoSugE mwAumUnu awbcdulc qwacyUmc divehincnwSc
augwncnwvwaideacvi LencbwaitutwkwkI miawdu hudu aemwnikufWnwSc rwacduvW
bwsctwkekeve.

hwrWmI bwnDu hindEnI fwnWve nimigenckwmWai, buacdiaeacnuvA aunduLi
deauLiawkwScve, velWnW aunduLiawkwSc veacjekwmwSc bune aibcrWhImc nWsirWai
muhWtwbukoSc vwScvwSc jwacswmunc aingili diackuri awtctilw miawdu fenumunc
divehincge hwndWnwSc genuvwnI hwmw aemWzIaeve. nWsirulc KWainc divehIncge
bWGIawkwSc veacjekwmwSc bune aeduvwhu awtchUruviywsc, miawdu awtctilWge
veriyW huncnevI hwmw aebIdwainc aEge tincdwrwjw kuriywSc jehilWfwaeve.
dwauruvwmuncawai divehi tWrIhu duSc muluvwgwkI nWsirukwmwSc bune aeawtc
aeduvwhu aufulikwmugwai viywsc, miawdu divehIncge mWliacywtu bwnDu
awLWlwaigenc huncnevI hwmw aeawtctilwaige veri ma.kinbigwscdoSugE
mwaumUnu awbcdulcqwacyUmeve.

koncmeawkwsc tirIsc awhwruvwncdenc aWailI twrikwaeackwmwSc deki verikwmuge
bWrutwac aWailWbEfuLuncnwSc bwacswvwmunc miawdu rwacyituncnW dimWlwSc
awtcdiackoaclWairu, aeawtctilWge awniyWverikwmugwai duniyeawLW goscfwaivwnI
kitwac divehifurWnwtO bwlWlumwkI netckwmeacnUneve.

divehi jwlutwkuge awniyWverikwmI zwmWnuacsure twjuribWkurwncjehifwaivW
kwmekeve. mi fwhwkwSc awaisc ainyWveri awmwlutwac hwacdufwhwnwLwai gosc
aincsWnuncge xikWrwveri mwrukwzwkwSc aetwnc bwdwluvihencvesc hIviaeve.
mIge kurInc divehirWacjEge tWrIhu duSc twfWtu rwscrwsckwlunc
rwsckwmugwaWai mifwhuge jumchUrI verikwnctwkugwai jwlugwai bwaeac
mIhuncnwSc boDeti awniyWdI mwrWlWfwaivWkwmwSc buneveaeve. awdi bwaeacmIhunc
vInuvIaeac nEngi geaclifwaivWkwmwScvesc buneveaeve.

mWduru tWrIhwkwSc awliawLuvWnuli kwmugwaiviywsc, mihWru rWacjEgwai
hudumuhutWru verikwnckurwmuncdW mwaumUnu awbcdulcgwacyUmuge verikwmugwai
rwacyituncge himWywtwScTwkwai awmwncbwlwhwacTwnc mwswackwtckurW
aihclWscteri fuluhuncge awtunc rwacyitunc mwrWfwaivWkwmuge tuhumwtuvwnI
aetwacgotwkwSc aetwacfwhwru kurevifwaeve. aefwdw hWdisWtwkeac hingWfwaeve.
aegotuncmidiyw awhwru aEpcrIlcmwhu mWlE dekunufwrWtu fwLuterE
zwhwmctwkwkWaeku mwruvefwai aoacvW fenunu s.hitwdU nWzukIgE huswainc
solWhwkI fuluhuncge twhugIgwSc mWlE awtoLuvehIgwai bwncdukoacfwaivW
zuvWnekeve. solWhuge mwrWguLigenc ginwbwywku tuhumwtuge aingili
diackurwmuncdiywaI fuluhuncnwSeeve. aegotunc mi mwacswlWgwai aekwSigencvW
gotugwai fuluhuncnwSc jwvWbudWrI vevifwainuvWtI solWhuge mwruge
qWtiluncnwkI fuluhunckwmWai swrukWruge aencmemwtI mwqWmugwai huncnevi
ma.kinbigwscdoSugE mwaumUnu awbcdulcgwacyUmu aekwmuge zincmW nwncgwvwnc
jehivwDwaigwncnwvWnekwmwSc ginw bwywku gwbUlukureaeve. ''mwaumUniacyw
verikwmuge nizWmwkI awtoLuvehinc, hwnifwLunc, kwScvwLwSc gencdW
nizWmeackwmwSc'' vWhwkw dekevunI mihWdisWawSc fwhugwaeve.

3002 vwnw awhwruge sepcTemcbwru mwhuge 02 vwnw duvwhuge hwndWnctwac
aWkoaclumunc hiyWlwSc awncnwnI boDuvegencvW jwrImWaeac mirWacjEge
jwlutwkugwai hincgW divehi dwrinctwkeac rwhumckuDwgotwkwSc awniyWverikwmWaeku
mwrWlikwmuge hwndWneve. sepcTemcbwru 91 vwnw duvwhuge rE m.aExiyW
hwswnc aIvWnc nwsImcge gwaigwai twLW vwrwSc rwhumckuDw gotwkwSc
mwrWlumwScfwhu hingi hwmwnujehunctwkugwai bolwSc bwDijwhW tinc mIhwku
mwrWliaeve. awdi mIge aiturunc aetwac bwywkwSc boDeti awniyWtwac libi
bwaeac mIhuncge hwSigwnDWai gunwvwnctwac vwkiviaeve. miaotc boDu jwrIMW
hincgW divehi dwrinctwac viacsi viHWlikoaclI ma.kinbigwscdoSugE mwaumUnu
awbcdulcgwacyUmuge verikwmugwai aemwnikufWnu sifwaincge veriyWge mwgWmugwai
huncnwvwnikoSeve. verikwmwSc aWdEsckoac awtcaufulumwScvure, jwluge
tEritwkugwai awtc awLuvWlwaigenc huncnevunc mw hwacqukwnc boDu nUnctOaeve?

5002 vwnw awhwru jwlugwai hincgWfwaivW awniyWveri awmwleackwmwSc bunW
vWhwkwawSc vwzwreac diackoaclwmWhingWSeve. 5002 vwnw awhwru mWCc 4 vwnw
duvwhu m.rwtcvinw muaWviywtu mwhumUdu mwsctuvWtwketIge mwacswlwaeacgwai
dUnidU jwlugwai bwncdukurevuneve. muaWviywtu bwncdukurI twhugIgwSeve.
koncmeawkwsc twhugIgwSc bwncdukoacfwaivW mIheackwmunc aenWaWmedu twhugIgu
hingwmuncdWneaeve. nwmwvesc aEge hwduvwsc aivunI auvWnc muaWviywtu
mwhumUdu jwlugwai niyWvi hwbwreve. hwmw aEge duvwsckoLeacfwhunc
muaWviywtwac jwlugwai awniyWkoacfwaivWkwmwSc bunW foTOtwkeac hWmwviaeve.
aefoTOtwkunc aeaI muaWviywtukwmWai aEnWawSc awniyWkoacfwaivWkwnc vwrwSc
sWfukoac fencnWnchuacTeve. hwSigwDuge bwaeac twnctwnc nUfwaigwne nEfwtunc
lEawaisc hurikwnc bwaeac foTOtwkunc aegeaeve. mi mwacswlw hiyumwnc
rwaiTcsc komixwnunc beaclevumwScfwhu fuluhuncnW dekoLwSc aekomixwnunc
52 sepcTemcbwru 7002 gwai dwauvWkuriaeve. nwmwvesc rWacjEge tincbWru
aekeacge muSuterEgwai aotckwmunc aEge nwtIjWaeacge gotunc hiyumwncrwaiTcsc
awSc vwnI nWkWmiyWbu libifwaeve.

mWzIgetereawSc tirIsc awhwru fWaituvegenc dwnIaeve. tincmineTc vwncdenc
rihWkuru runbwaeacge tereawSc awtcbWnwaigenc hure kuacliawkwSc awtc
hiaclWlWairu muLiawtc aoncnWnI rihWkurunc twacteLifwaeve. vIairu tirIsc
awhwru vwncdenc ainyWverikwmWaeku rwacyituncge gwainc lE aohoruvwaigenc
verikwnc kurumwScfwhu miawdu ae awtctilw rwacyituncnwSc dwackWlWairu aEgwai
rwacyituncge lE nuhuncnWncvI hwmw aeacvesc swbwbeacneteve. ae awtctilWge
vwriyWawSc ''nUnekE'' bunwncvI mihencveaeve.

nOTc: miliyumwkI awLugwDumencge awHc vwaikwrwdUlwaivc(DoTc)komc ainc mi
swaiTwSc meailckurwacvWfwaivW ae vebcswaiTcgwai 72 aEpcrIlc 8002 gwai
xWaiAu koacfwaivW ripOTekeve.


WvcawrukuLWf ulWyih egWLufEbwyit cSwmuyil WviawgItwm

Anonymous said...

dhen gayan guireebala thiaothee blog hingifa dhen huttaalaa kurimathee othee minivanh dhuvasdho aminllaakah neygeyne enkameh ves kurah egeyeh noon mifaharu salaan jahan aiteemu ulhunugoy e aalaathun jehunee mikolhuga thibey kudhin kaireega salaan jahan ehme kudaminuh neygey thanakah vadhe hadhan jehey gothen vs adhives jaleelukaireebuney neh hinvarun kahthah than nukuraashey

Anonymous said...

މިބުލޮގު ހިންގަން ޖަލީލުދިން ލާރިގަނޑު ހުސްވީކަން ނޭގެއެއްނުން. އެހެންވެ އަޕްޑޭޓްނުވަނީ. ހެހެހެ