މިދުވަސްކޮޅު އެންމެ ބާރުމިނުގައި ދެކެވެމުން ސައްލާކުރެވެމުންދާ ވާހަކައަކީ ނިލަންދޫއަށް ނިސްބަތްކޮށް މާލޭގައި ރަޖިސްޓްރީކޮށްފައިވާ ޑޯން ޖަމްޢިއްޔާއަށް ބަދަލުތަކެއް އަންނަމުންދާ ވާޙަކަތަކެވެ. ޖަމްޢިއްޔާ އުފެދިގެންއައި ދުވަސްވަރު މެމްބަރުންގެ ކިބައިން ފެނިގެންދިޔަ ރޫހުނެތިގޮސް މޯޅިވަމުންދާ ވާހަކައެވެ. ދެއިރު ދެދަޅައަށް ބާއްވަމުންދިޔަ ބައްދަލުމުންތަކާއި ޖަލްސާތަކުގެ އަޑުކެނޑި ޚަބަރެއް ދަބަރެއްނުވާ ވާހަކައެވެ. އެޖަމްޢިއްޔާ ހިންގުމުގެ ނަމުގައި ކުރީސަފުގައިތިބި ބައެއްގެ ސަބަބުން އެތެރެއިން ރެނދުލައި ބޮޑުންގެ ގުޅުމަށް އަސަރުކޮށް ދޭތެރެދުރުވެފައިވާ ވާހަކައެވެ.
އެންޓި އެފް އޯއަށް މިހެންވެދާނެކަން މާކުރިންވެސް އޮތީ އެނގި ނިމިފައެވެ. އަދި ހޭބުއްދި ސަލާމަތުންހުރި މީހަކަށްވިއްޔާ މިކަން އޮޅިފައި އޮންނާނެކަމަކަށް ލަފައެއް ނުކުރެވެއެވެ. މިދައްކަނީކީ ޑޯންގެ އިސްސަފުގައި ތިބި އެންމެންގެ ވާހަކައެއް ނޫނެވެ. ޖަމްޢިއްޔާގެ ތެރޭގައި ބޮޑުންގެ ނަމުގައި ފަނިއަޅުމުންދާ ކަތުރުފަނިތަކެއްގެ ވާހަކައެވެ. އެމީހުންގެ ސަބަބުން ކޮންމެވެސް ހިސާބަކުން ޑޯންއަށްވެސް ސުނާމީއެއް އަންނާނެކަން މާކުރިންވެސް މިއަންނަނީ ބުނަމުންނެވެ. ރައްކާވެތިބިއްޔާ ދަތުރޭބުނާހެން އެމީހުންގެ އަތްދަށުން ޑޯން އަވަސް މުއްދަތެއްގެތެރޭގައި ސަލާމަތް ނުކޮށްފިނަމަ މިދުވަސްޖެހޭނެކަން އެތައްފަހަރަކު ތަކުރާރުކޮށްފީމެވެ.
މާޒީގެ ޞަފްޙާތަކަށް ރިޢާޔަތްކޮށް އެމީހުން ލައިގެން ތިކަންނުވާނެކަން ކިތައްފަހަރު ބުނެފިންހެއްޔެވެ. ޒުވާނުންގެ ޖަމްޢިއްޔާއާއި އިސްދަރިވަރުންގެ ޖަމްޢިއްޔާގެ މާލޭގޮފިއަށް ވީގޮތުން ޖަމްޢިއްޔާ ހިންގުމުގައި އެމީހުންގެހުރި ތަޖުރިބާ ވަރަށް ރަނގަޅަށް ދޭހަކޮށްދެއެވެ.
ޖަމްޢިއްޔާ ކީއްކުރަން، އެހެންކަމެއްވެސް ކާމިޔާބުވާނީ އެމީހުންނީ އަމިއްލަ ދިރިއުޅުމުގައި ކާމިޔާބު ބަޔަކަށް ވެވިގެންތާއެވެ. އޭގެތެރޭން ގިނަ މީހުން އެތިބެނީ ތަނަކުން ލޯލާރިގަނޑެއްވިޔަސް ނުފެނިގެންނެވެ. އަންހެނުންގެ ހިތިކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އަމިއްލަ އަނބިމީހާއަށް އަޅާލުމެތް ލޯތްބެއް ކުލުނެތް ނުހުރެއެވެ. އުފަންދަރިން އުޅޭނޫޅޭއެއް ނޭނގެއެވެ. މީހަކު މައިންބަފަޔަކަށް ހަރާންކޯރު ވިޔަސް އެވަރެއްނުވާނެއެވެ. ތިމާގެ މީހުންނާއި ރައްޓެހިންނަށް ގިނަފަހަރަށްދޭނީ ކޮޅުކެއްސެވެ.
މިފަދަ އުޅުމެއްނެތް ބަޔަކަށް އެކަންނުވާނެތީ މާކުރިންވެސް އެންޓި އެފް އޯ މިއަންނަނީ އެމީހުންގެ ކިބައިން މިންޖުވުމަށް އަބަދުމެ އިލްތިމާސް ކުރަމުންނެވެ. އަދިވެސް ޑޯންއީ ހަރުދަނާ އެހެން ޖަމްޢިއްޔާތަކަށް ގޮންޖަހާލެވޭ ވަރުގެ ބަޔަކަށްވުމަށް އެމީހުންނާއި އަވަހަށް ދުރަށްޖެހުމަށް އެދެމެވެ. ޑޯންއަކީ ނިލަންދޫގެ އެންމެހާ ރައްޔިތުންގެ ވިންދާގުޅި ލާމެހިފައިވާ ޖަމްޢިއްޔާއެއް ކަމުން ޑޯންއާބެހޭގޮތުން ދެރަ ޚަބަރެއް ލިބުމަށް އެކަކުވެސް ނޭދޭނެއެވެ.

16 comments:
ބުނަންތަ ވާހަކައެއް. ތިޔައާލާތުން ތިޔަހެން ކިޔާފަ ކިތަންމެ ވަރަކަށް ވީދުނަސް ޑޯން ޑޯންގެގޮތުގައި ދެމިއޮންނާނެ. މިޖަމްއިއްޔާއަކަށް އެއްވެސް ފަރާތަކަށް ނުފޫޒެއްނުފޯރުވޭނެ. މިހާރު އަހަރެމެން ކުރަން ރާވާފައި ހުރި ގިނަކަންތަށްތަށް ނޭނގޭތީ ފަހަރެއްގައި ތިޔަހެން ކިޔައިފާނެ. މައްސަލައެއްނޫން ތިޔަކީއެއް. ޖަލީލުއަށް ސަލާމްބުނެފައިބުނޭ މީގެހުރި ކޮމެންޓްތަށް ނަގައިގެން ޢަލީ މުޙައްމަދަށް ޖަލީލުގެ ފޯނުން ލިޔެފަ މެސެޖްކުރާށޭ.
އާނ، އެބައިނގެއޭ. ބަލަ އެހެން މީހުންނެއްނޫނޭ ފާދުފާދުގެ އެއްޗެހި ލިޔެ ވީދެނީ. ކަލޭމެން ތިހެން ތިބެ އަމިއްލައަށް ފަތަފޮޅީގައި ޑޯންއޭ ކިޔާގެން އެއްޗެހިލިޔެ ތިހެންތިބެ ވީދެނީވެސް. ފަތަފޮޅި ބަލާލީމާއެބަ އެނގޭ އެކަން ކުރަނީ ކޮންބައެއްކަންް. އަދި އޭގައިހުރި ކޮމެންޓްތަކުން އެމީހުންގެ ސަބަބުން ޑޯންގޮސްފައިވާ ޙާލު ވަރަށް ރަނގަޅަށް އެބައިނގޭ.
ކުރިން އެހާވަރު ދައްކާފައި އަޑުންއަޑު ކިޔާފައ ހިންގަމުންއަސްފަ ޓަސްލާފަ ތިހެންވީމަ ވާނީވެސް އެހެން. އެކަމަކު އެވާހަކަތައް އެހެނބަޔަކު ދެއްކުމުގެ ކުރިން ކަލޭމެން އަމިއްލައަށް ތިހެންތިބެ ޑޯން އޭއްޗެކޭ މީއްޗެކޭވެސްކިޔާ ތިވީދެނީ.
އަދިބުނަން. އެންޓި އެފް އޯ ބުނާހެން ކަލޭމެން ތިތާނގައި ތިބިހާ ދުވަހަކު ޑޯން ޑޯންގެ ގޮތުގައި ކުރިއަކަށް ނދާނެ. ކެރިގެން މބުނަނީ. އަދި އެކަން ބަޔަކަށް ނުވިސްނުނަސް އަހަރެންނަށް ވިސްނޭ. ކަލޭމެންނަނީ ޖަމްޢިއްޔާއެއް ހިންގޭފެންވަރުހުރި ބައެއްނޫން. ކަލޭމެންނަށް ކުރެވޭނެ ކަންތައް ކަލޭމެންތިޔަ އަންނަނީ ކުރަމުން. އެކަން ވަރަށް ރަނގަޅަށް އެބަކުރެއޭ ބުނެވޭނީ.
thiliyun liyunulhaa amilla amayaa moshifaa bunebala mee ey mashan hurigothakee meedhe kuthaayaa thilhaa amaafuyaa behifaa buney dawn jamuiyyaage hurihaa meehun thimannage amayaa behifiyey egoy maa ragalhuvaane ok
kalo laari fenuneemaa moyavanee kaakutha balaalabala mihaaruves atholhu ofeehan libeylaari atholhu storah libeylaari injeenugeyah libey laari kaigen badualhaigen thibenee kon baehtho kalomehge thiya saahibaa jaleelu noon dhevana faraathen nuvaane dhen huree nasibbe ulhenee schooluga kuranee amilla masankay kanee vagulaari mee thiaalaathun ge fenvaru dhen thiliyun liunulhaage haalakee mee aibeh nuhurey kuranee ziney badulhanee vaguenchis mainbafain eyneh baeh dhuvanee firihen kulhi kulhemun mulhi magumatheega kerigen mibunanee meehageegai dhen fadaboy
Ey. kaleythee kaleyge amayaa elhey golayehtha. haadha heeve ey eba. then konmeves ehen meehunge bolugai thikan naalhuvaa amilla amayaa elhenya elheyvaahaka bunefa madun indhey. thi vaahaka maaginain meehunge thereygai nukiyaaa. eyrun ekanves nuvaane.
hehehe
ޖަމިއްޔާ ހިންގޭ ފަރާތާއި ނުހިންގޭ ފަރާތް އެންމެ ރަނގަޅަށް އެނގޭނީ ތިޔަފަރާތަށް. މިހާރުވެސް ނިލަންދޫގައި މުޅިރާއްޖެއަށް ގޮންޖަހާލާފައި ހިންގަމުންގެންދަނީ " އެޓޮލްސް ޑިވަލޮޕްމެންޓް ސޮސައިޓީ " އޭ. ޑީ. އެސް އެވެ. މިޖަމިއްޔާއަކީ ހިންގުންތެރި ތަޢުލީމީ ޒުވާނާ ނިލަންދޫގައި އެފަދަ ދެވަނައެއްނެތް " ނަމޫނާ " ޖަލީލުގެ މަސްއޫލުވެރިކަމުގެ ދަށުގައި ރަޖިސްޓްރީކޮށްގެ ހިންގާ ޖަމިއްޔާއެއް. މިޖަމިއްޔާގެ އަޑު ރަށުގައި ކިހާގަދަ. ނިލަނދު އާއި އަތޮޅުގެ ތަރައްޤީއަށް ކިހާކަންތައްތަކެއް ކޮށްދީފައިވޭ އަދި މިހާރުވެސް ކޮށްދެމުންދޭ. ޖަމިއްޔާ ހިނގައި ނުހިނގައި ކިޔައިގެން ވާހަކަ ދައްކާކަށް ލަދެއްވެސް ނުގަނޭވިއްޔާ. ލަދެއް ނުގަންނާނެތާ ތިމާގެ ފޫކޮޅުން ފައިބާ ސީފޯލީގެ ވަހެއް ތިމާއަކަށް ނުދުވާނެ ވިއްޔާ. އެހެން ޖަމިއްޔާތަކޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ނުދައްކާ އޭ. ޑީ. އެސް ގެ އުވާލިއިރު ވެފައިވާ ދަރަނި އަދާކުރެވޭތޯބަލާ
ekkala hadi vaahaka dhakkan feshee ey dho. kithah faharu bunefin thikahala hadi vaahakathah nudhakkaa thibeyshey. amilla ah raadi vaanee ey.
Jaleel ge balaaveri kamun enme jamiyyaa ehthaa nethi dhiyaee dho.
kaleymenge sababun kithah jamiyyaa baa?? Zuvaanunge Jamiyya, Isdharivarunge Jamiyya. mijamiyyaa nethey fennan ves mihaaru. Alhi kiyas hoadhaa hoadhaanufennaane. then mihaaru thiya thibeee DAWN ah kofi ganegen. ejamiyyaa halaaku kuran. DAWN vegendhaanee kaleymenge sababun banguroot vegendhaa 3 vana jamiyyaa ah.
then ehenveema adhi ves hadi vaahaka nudhakkaa thibevey tho balaa. adhi eba kiya ennu jaleel ADS ge laari gandi dhakkaashey.
thiyavaahakathah nudhakkaaa zuvaanunge jamiyyaa in kaalaafaivaa 17,000 rufiyaa, 12,000 rufiyaa adhi 3,000 rufiyaa dhekkiyyaa maa rangalhu vaane. e ee kaleymenge therein 3 meehaku kaalaafaivaa varu. liyekiyumun fennan huri adhadhuthah. ejamiyyaa nimigen dhiya iru. adhi koba then thibi KUNA MEHI thakuge haalakeee.
ehenveema ehen meehunnaa dhimaalah dharani boley laari dhakkaashey kiyumuge kurin thimaamenge dharanithah adhaa kobbala. then ves Raadi vaan beynumiyyaa thikahala vaahaka dhakkaathi.
ޒުވާނުންގެ ޖަމިއްޔާ އާއި ބެހޭގޮތުން ކޮމެންޓް ކުރާއިރު އެޖަމިއްޔާ އާއި ބެހޭ ޞައްޙަ މައުލޫމާތު ނޭގޭކަން ސާބިތުވެއެވެ. ޒުވާނުންގެ ޖަމިއްޔާ އެންމެ ފުރަތަމަ އޮޑިޓު ކުރީ ޚަލީލުގެ ރައީސްކަމުގަ އެވެ. އެފަހަރު ޚަލީލު އާއި ހަޒާންދާރު ސުވައިދާ 17000 ރ ( ސަތާރަހާސްރުފިޔާ ) ދައްކަން ޖެހުނެވެ. މީގެތެރެއިން ބޮޑުބައެއް ދައްކަން ޖެހުނީ ޚަލީލަށެވެ. މިފައިސާ އެމީހުން ޖަމިއްޔާއަށް ދެއްކި އެވެ. އޭގެ ފަހުން އިސްމާޢީލް އަލީގެ ރައީސްކަމަށް ފަހު ރައީސްކަމާ ޙަވާލުވީ ނަސިމްބެއެވެ. ޖަމިއްޔާ އުވިގެން ދިޔައީ ނަސިމްބެގެ ރައީސްކަމުގައެވެ. ޖަމިއްޔާ އުވާލިއިރު ފައިޒާގެ ނައީމު އަތު ޖަމިއްޔާގެ 6000ރ ( ހަހާސްރުފިޔާ ) ހުއްޓެވެ. އެފައިސާ ހޯދަން ހިންގާކޮމެޓީން ވަރަށް މަސައްކަތްކުރިއެވެ. ސަރީއަތަށް ދާންވެސް ނިންމިއެވެ. ނަމަވެސް ނަޢީމު އެފައިސާއެއް ނުދިނެވެ. ބޭނުންކޮށްލީ އެވެ. އެދައުރުގެ ހަޒާންދަރު ފަރީޝާ އިބުރާހިމް އަތު ގާތްގަނޑަކަށް 10000ރ ( ދިހަހާސްރުފިޔާ ) ހުއްޓެވެ. އެފައިސާ ހުރީ ފަރީސާ މަނިކު އަތުގައެވެ. އެފައިސާ ނުދީ ހިފެހެއްޓީ ފަރީޝާމަނިކެވެ. ސަބަބަކަށް ދެއްކީ ނަޢީމު އަތުގައި ހުރި ފައިސާ ނުދެއްކުމެވެ. ނަސިމްބެގެ ރައީސްކަމުގައި ގެރާނާފައި ހުޅުދެލީ މީހުންނަށް މުސާރަދޭށޭ ިޔާފައި ފަރީޝާ އަތުން 2000ރ ( ދެހާސްރުފިޔާ ) ފަހުން ދޭގޮތަށް ޖަމިއްޔާގެ ފައިސާއިން ނެގިއެވެ. އެފައިސާ އެއް ނުދައްކައެވެ. ވީމާ، ޒުވާނުންގެ ޖަމިއްޔާއިން ފައިސާ ކައިފައިވަނީ ފައިޒާގެ ނަޢީމާޢި، ފަރީޝާމަނިކާއި، ނަސިމްބެ އެވެ. ފައިސާ ދައްކަން ޖެހެނީވެސް އެތިންމީހުންނެވެ. އެހެން އެއްވެސް މީހަކު ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެއެވެ. ޒުވާނުންގެ ޖަމިއްޔާގެ ރަންދައުރުގައި ރައީސަކަށް ހުރީ، ޚިޔާނއތްތެރިއެއް ނަމަވެސް ޚަލީލެވެ. އެހެންވީމާ، ޒުވާނުންގެ ޖަމިއްޔާއޭ ފައިސާއަށް ޚިޔާނަތްތެރިވެފައޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ލިޔާއިރު ކަމުގެ ޙަޤީޤަތް ރަނގަޅަށް ބަލައިފައި ލިޔާށެވެ. ނޫންނަމަ ތިމާއިތުރަށް ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ނުވާނެ
mee haahda hoonu maalamekey dho. aharumena neygey vara gina kantha eba ingay eki meehunge. bayaku faleehaiy kuran vejjiya mivaru kameh neiy
emmega dhayan higanee shabaa dhen daylight mee raanjjeyga oy emme heevaagi dhejamuinyyaa bala mifaharuves shabaabun beynvi football mubaaraay nimigen dhiyaee dhuniyeyge envesthaaku fainal mechen nimigen dhiyagothakahnoon saahibu meehaa beynun teamah thahi dheegen ladhen nuganeytha ehennoon vaanee fainal mechu kulhen oy rey noon kuree rey jaleelu othee kudahawwa kairee erey dhenki vaahaka akee aee kon mebaeh molhuvias thashidheyn vaanee kud hawwaah kan ehenve loavalhu midhen kee ehenkah thanvegen dhiyaeeves akurakah finyakah badhalehves nais meehageegain jehigen airey shukuru dhennevun oyy ladhen nuganeytha meehunnaai beheyiri mee thiaalaathunge haalathu
dhen balaa deylight kulabu hee en nuvey dhuvahakuves aharee riportugaduves fonuvan vaafaraathakah fonuvihen ehenve mihaaru ejamuinyyaa onnaanee uvifa enves liyekiymehga noannaane mihaaaraku ey oyjamuinyaaekey nubuneveyne dhen lalalalalalala meehaalakee bayaku kameh kuriyas thiaalaathunnakah kameh nukureveyne ehaa gaabilkameh nuhunnaaneh
ފ. އަތޮޅު އޮފީސް އޮޑިޓް ކުރަންދިޔަ އެޓޮލްސްގެ ޓީމުން އެޓޮލްސް އަށް ހުށަހެޅި ރިޕޯޓުން ކުޑަކުޑަ ތަންކޮޅެއް ނަކަލު ކޮށްލަމެވެ. " އޭ. ޑީ. އެސް ގެ ހަޒާނާގައި އެއްވެސް ފައިސާއެއް ނެތެވެ. އަދި އެޖަމިއްޔާއަށް ފައިސާއެއް ލިބިފައިވާކަން އެނގޭކަށް ވެސް ނެތެވެ. އެކަމަކު ފައިސާ ޙަވާލުކުރާފޮތުގައި ލިޔެ ބޮޑެތި ޚަރަދުތަކެއް ކޮށްފައިވެއެވެ. މިޖަމިއްޔާގެ ފައިސާއާއި ބެހޭ ހުރިހާ ފޮތްތަކެއްވެސް ހުރީ އަތޮޅު އޮފީހުގެ ފައިސާ އާއި ބެހޭ ފޮތްތަކާއެކު އެވެ. މިމައްސަލަ އަކީ އިތުރަށް ބަލަންޖެހޭ މައްސަލައެއް ކަމަށް ފެނެއެވެ." މިވެސް ޙަޤީޤަތެކެވެ. ހަނދާނާއި ތާރީޚަށްޓަކައި ނޯޓް ކޮށްލާށެވެ
ރަނގަޅަށް ތިބުނީ. އެންޓި އެފް އޯގެ ސަބަބުން ރައްޔިތުންނަށް ނޭނގޭ އެތައް ސިއްރެއް މިދަނީ ފަޅާއަރަމުން. މިމާލަން މެދުވެރިކޮށް.
އަހަރުމެން ކުރިން ހީކޮށްގެންތިބީ ޒުވާނުންގެ ޖަމިއްޔާ އުވިގެންދިޔައިރ އޭގެ ލާރިތައް ކާފައިވަނީ ޚަލީލުއާއި އޭނާގެ ދެތިން އައުވާނުންކަން. އެކަމަކު މިހާރު އެނގިއްޖެ އިތުރު ބަޔަކުވެސް އެޖަމިއްޔާގެ ލާރިތައް ކާފައިވާކަމާއި އަނބުރާ އުފައިސާ ދައްކާފައިނުވާކަން.
އަހަރެންގެ ހިތައް އަރަނީ އެފައިސާތައް ކައިފާވާ މީހުން ބިރު ނުގަންނަނީބާއޭ. އަމާނާތައް ޚިޔާނާތްތެރިވާން. އަދި ދަރަންޏެއް ބޮލުގައި އަޅައިގެން އުޅެން. ކިހާވަރެއްގެ ކަމެއްކަން ހަމަ ނޭނގެނީބާއޭ.
މަތީގައި ކޮމެންޓެއް ކޮށްފައިވާ މީހާ ޚަލީލުގެ ދިފާޢުގައި ކިތަންމެ ވަރަކަށް ވާހަކަދައްކާފައި އޮތަސް އޭނާއަށވެސް މިކަމުން ރެކެވޭނެ ގޮތެއްގޮތް ކަމަކަށް ނުފެނޭ. އެޖަމިއްޔާ ހިނގިގޮތާއި، އުވިގެންދިޔަ ގޮތާއި، އުވިގެންދިރޔުމަށްފަހު ފައިސާތަކަށް ވެގެންދިޔަ ގޮތުގެ ވާހަކަ ޚަލީލުގ ދުލުން ޙަމްޒާ އޮފީސް ކުރިމަތީގައިހުރެ ދެއްކި އަޑު އަހަރެންގެ ދެކަންފަތުން އެހިކަމަށް ﷲ ގަންދީ ހުވާވެސް ކޮށްފާނަން. އަދި އެފައިސާތަކުގައި ޚަލީލުގެ ހިއްސާވެސް ވާކަމަށް ބުނި. އެކަމަކު ޚަލީލުތައުގައި ހުރި ފައިސާތައްވެސް އަދި އެހެން މީހުންގެ އަތުގައިހުރި ފައިސާތައްވެސް އެއްވެސަ ފަރާތަކަށް ރައްދުކޮށް ޙަވާލުކޮށްފައިވާކަމަށް ޚަލީލެއް ނުބުނޭ. ޚަލީލު ބުނިގޮތުން އެފައިސާތައް އަދިވެސްހުރީ އެބައެއްގެ އަތުގައި.
އެހެންވީމާ ޚަލީލުއާ ސުވައިދާ ދައްކަން ޖެހޭ 17،000 ރުފިޔާގެ ތެރެއިން ޚަލީލު ދައްކަންޖެހޭ ބައި ދައްކާފިޔޭ ބުންޏަސް އެއީ އެއްވެސް ބުރަދަނެއް ނެތް ވާހަކައެއްކަމަށް ޤަބޫލު ކުރެވެނީ. ކޮމެންޓްކުރި ފަރާތުން އެފައިސާތައް ޚަލީލު ދެއްކިއޭ ބުނެވުނު ގިތަށް، އެފައިސާތައް ޙަވާލުކުރީ ކާކާތޯ ނުވަތަ ކޮންފަރާތަކަށްތޯ ރައްޔިތުން އަދި ޚާއްޞަކޮށް އެޖަމްޢިއްޔާގެ މެމްބަރުންގެ ތުގައި ތިބި މީހުން ބޭނުންވާނެ އޮޅުން ފިލުވަން. ދައްކާފިޔޭ ބުންޏަކަސް ނުފުދޭނެ.. އެހެން ނޫންތޯ
އަދި ބުނަންތޯ ވާހަކައެއް. ފަރީޝާ ދައްކަންޖެހޭ ފައިސާ ފަރީޝާގެ ބައްޕައަށް ހިފެހެއްޓޭނެ އެއްވެސް ގޮތެއް އޮތްކަމަކަށް ނުފެނޭ. އެހެނީ ފަރީޝާއަކީ ބަރާބަރަށް މުސާރަލިބޭ ސަރުކާރުގެ ވަޒީފާގައި ހުރި މީހެއް. ބައްޕަ ރުހުނަސް ނުރުހުނަސް ތިމާގެ ދަރަނި އަދާކުރުމީ ވާޖިބެއް. ބައްޕަ ބުންޏަސް އަދި މަންމަ ބުންޏަސް ތިމާގެ ދަރަނި ތިމާއަދާކުރަން ޖެހޭނެ. އެހެންވީމާ ފަރީޝާވެސ ފައިޒާގެ ނަޢީމުވެސް އަދި ނަސިމްބެ ވެސް ދެންވެސް މިކަމުގައި ބައިވެރިވާކަމަށް ބުނެވޭ އެއްމެންވެސް އަމިއްލަ ނަފުސަށް ތެދުވެރިވެ އެހެން ދުވަހެއް އަދި އޮތްކަމަށް ދެކިގެން ދަރަނިތައް އަދާކުރުން އެދެން.
ޚަލީލުއާއި ސުވައިދާ އެފައިސާ ދެއްކީ ހިންގާ ކޮމެޓީއަށް. އޭރުރައީސަކީ އިސްމާއީލު އަލީ. ހިންގާކޮމެޓީން އެފައިސާ ހަވާލުކުރީ އެދައުރުގެ ހަޒާންދާރާ. ޚަލީލަށް އެފައިސާ ދެއްކެން ނެތިގެން ޚަލީލުގެ ފައިސާ ދެއްކީ ކައްޕޭގެ ރައްޒާގު. ފަރީސާ އެފައިސާ ދައްކަން ބޭނުންވޭ. ނަމަވެސަ ފަރީޝާމަނިކުގެ ބާރުގައި ނުދައްކައިހުރީ. ހަޒާންދާރަކީ ފަރީޝާނަމަވެސް ފައިސާ ރައްކާކުރަން ދެނީ މަނިކުއަތަށް. ފަރީޝާއަށް މަނިކުބުނާގޮތް ނޫންގޮތެއް ހެދޭކަށް އޭރަކުނޯވޭ. މިހާރު ފަރީޝާ ބޭނުންވާގޮތަށް ކަންކުރުމުގެ އިޚުތިޔާރު އޮންނަނީކަންނޭގޭ
އެހެންވީމާތާ، ޚަލީލު ކައްޕޭގެ ރައްޒާގުއާއި އެހާފަސޭހައިން ޖޯޑުވަނީ. ޝުކުރިއްޔާ ފަޅާއަރުވާލީތީ. ލަނޑަޔާވާނީ ލަނޑަޔާކަން ތިޔަކޮމެންޓުން ވަރަށް ރަނގަޅަށް އެބަދޭހަވޭ!! އަދިވެސް އެއްފަހަރު ޝުކުރިއްޔާ
ޖަލީލު އަތޮޅު އިސްޓޯރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ރދ މޫސަ ފަނސާސްހާސްރުފިޔާ ޑޭލައިޓް މާލިއްޔާއިން ފަސްދޮޅަސް ހާސްރުފިޔާ ކުޑައިސުމައިލު ތިރީސްހާސްރުފިޔާ ދެއްކީ ޖަލީލު ރދ މޫސައާއި އިބުރާހީމް ހަސަނާއި ކުޑައިސްމައިލާ މިތިންމީހުންނާ އަބަދު ދެބަނޑަށް ޖޯޑުވާތީތާ؟ ހެހެހެހެ
މީހަކު މާނަތައް ކިޔައިދިނީމާ ދޯ ތިޅާޔަށް ވިސްނެނީ. ހެހެހެހެ.. އެހެންވެގެންނޭ ބުނަނީ ތިޔާތިބީ ހެއްދިގޮތަކަށް ހެއްދޭ މަރުކޮހުންތަކެކޭ.. ދެން ކޮއްކޮ އަވަހަށްދޭ ފައިސާ ފޮއްޗެއް އަތުގައި ޖެހޭތޯ ހަމްޒާގައިގަ ދޫލަން އިނގޭ..
Post a Comment