Friday, April 4, 2008

ޑޯން އޮއްސުނަނުދީ ހިފެހެއްޓޭތޯ ބަލާތި

"ޑޯން ޖަމްޢިއްޔާއަކީ މުޅި ރާއްޖެއަށް ގޮންޖަހާލެވޭ ފެންވަރުގެ ޖަމްޢިއްޔާ އެކެވެ. ސަބަބަކީ ކޮބައިތޯއެވެ. އެޖަމްޢިއްޔާގައި މަސައްކަތްކުރަންތިބި މީހުންގެ ސަބަބުންނެވެ. ތަޢުލީމީ ޒުވާނުން އެވަރެއް ނެތެވެ. ހިންގުންތެރި ވެރިން އެވަރެއް ނެތެވެ. ކަމުގެ ތަޖުރިބާކާރު މޭސްތިރިން އެވަރެއް ނެތެވެ"


މީ ޑޯން ޖަމްޢިއްޔާ އޮއްސިއްޖެ ކަމަށް ފަތަފޮޅީގައި އަމިއްލައަށް ޝާއިއުކޮށް އެމީހުން އަމިއްލައަށް ފަތަފޮޅިގައި ކޮށްފައިވާ ކޮމެންޓެއްގެ މުހިއްމު ތަންކޮޅެކެވެ. އެކި މީސްމީހުންގެ ނަންނަމުގައި ކޮމެންތް ކޮށްފައިއޮތަސް އެކަން ނޭނގެނީ ކަލޭމެން ކަހަލަ ގަބުޅި ސިކުނޑީ ހުންނަ މީހުންނަށެވެ. އެދުވަސް ހިނގައްޖެއެވެ.


އެންޓި އެފް އޯގެ ބޭނުކަމީ އެވާހަކަ ދެއްކުމެއް ނޫނެވެ. ޝައްކެއްނެތެވެ. ޑޯންއަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެހެންހުރިހާ ޖަމްޢިއްޔާތަކަށް ގޮންޖަހާލެވިދާނެއެވެ. އަދި ގޮންޖަހާލެވޭ ވަރުގެ ޖަމްޢިއްޔާއެކޭ ކިޔާ ސަޅިބައިސާ ކަނޑާވަރެއް ނުވެއެވެ. އެކަމަކު އެކަން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ތިމާމެންގެ ޢަމަލުން އެކަން ޖެހޭނީ މުސްތަޤުބަލްގައި ދައްކާށެވެ. އެކޮމެންޓުން އެންޓި އެފް އޯއަށް ފާހަގަވި ދެތިން ނުކުތާއެއް ފާހަގަކޮށްލާނަމެވެ.


މަސައްކަތްކުރަން ތިބި މީހުން


ޑޯން ޖަމްޢިއްޔާގައި މަސައްކަތްތެރި، މަސައްކަތްކުރަން ދަންނަ، މަސައްކަތް ކުރެވޭ ފެންވަރުގެ މީހުން އެބަތިއްބެވެ. މިސާލަކަށް އިސްމާޢީލް ޢަލީ (ހިކިހުވަނދުމާގެ) ފަދަ ބޭފުޅުންގެ ނަން އުފަލާއެކު ފާހަގަކޮށްލަން ޖެހެއެވެ. އެއީ އެފަދަ ދެވަނައެއްނެތް މިސާލީ ނިލަންދޫ ދަރިއެކެވެ. މިނޫންވެސް ބައެއް ބޭފުޅުން މުއައްސިސުންގެ ގޮތުގަޔާއި ހިންގާކޮމެޓީގައި އަދި ޢާއްމު މެމްބަރުންގެ ގޮތުގައި އބަތިއްބެވެ.


ތަޢުލީމީ ޒުވާނުން


މިވަޤުތު މާސްޓަރސް ފެންވަރަށް ތަޢުލީމް ޙާޞިލްކޮށްފައިވާ ނިލަންދޫ ފަސްގަނޑަށް އުފަން 3 ޒުވާނަކު އެބަތިއްބެވެ. 3 ޑޮކްޓަރުން އެބަތިއްބެވެ. ފުރަތަމަ ޑިގްރީ ފާސް ހޯދައިފާވާ މަދުވެގެން 10 ޒުވާނުން އެބަތިއްބެވެ. ޑިޕްލޮމާއާއި އޭލެވެލް ފެންވަރަށް ކިޔަވާފައިވާ ޒުވާނުންގެ ޢަދަދު ތިންއަކުރުން ގުނާލެވޭ ވަރަށް ގިނަވަމުންދާއިރު، ޑޯން ޖަމްޢިއްޔާގައި ތަޢުލީމީ ޒުވާނުން އެވަރެއްނެތޭ ބުނަން އަހަރެން ހަމަގައިމުވެސް ޖެހިލުންވެއެވެ. ޕޯސްޓް ގްރަގުއޭޓް ޙާޞިލްކޮށްފައިވާ މީހަކު ނެތްއިރު، އަންޑަރ ގްރަޖުއޭޓް ފެންވަރުގެ ހުރީ ޤާދިރު ސަރ އެކަންޏެވެ. ދެން ޑިޕްލޮމާ އަދި އޭލެވެލް ފެންވަރުގެ ކުދިން ނެތެކޭ ނުބުނެވޭނެއެވެ.


ހިންގުންތެރި ވެރިންނާއި ތަޖުރިބާކާރު މޭސްތިރިން


އިސްވެ ބުނެވުނުހެން ޑޯންގައި ހިންގުންތެރި މީހުންނާއި މަސައްކަތް ކުރެވޭވަރުގެ މީހުންނާއި ތަޖރިބާކާރު މީހުން ހިމެނޭކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. ތިން މުއައްސިސުން، އިސްމާޢީލް ޢަލީ، ފަރީދާ އިސްމާޢީލް، ޤާދިރު ސަރގެ ނަން ބުނެލުމުން ފުދޭނެއެވެ. އެކަމަކު ޑޯން އެބައެއްގެ އަތްދަށުގައި ކަސްތޮޅުއެޅުވިފައިވާ "ބައިގަނޑު"ގެ ތެރޭގައި މިކެޓަގރީގައި ހިމެނޭ މީހަކު ނެތެވެ. މުޅިންވެސް ތިބީ ނާކާމިޔާބީންނެވެ. އަމިއްލަ ދިރިއުޅުމުގަޔާއި އެހެނިހެން ގޮތްގޮތުންނެވެ. ވެރިންގެ ގޮތުގައި ތިބެ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކުގައި ބެދި ފިތިބާރުވެފައިވާ މީހުންނެވެ. އެމީހުންނަށް ތަޖުރިބާ ތަކެއް ލިބިފައިވާނަމަ އެއީ އަންހެން ކުދިންގެ ތަޖުރިބާއާއި މުދަލާއި ފައިސާ ކެޓުވުމުގެ ތަޖުރިބާއެވެ. އަދި ދޮގާއި މަކަރާއި ޙީލަތް ހެދުމުގެ ތަޖުރިބާއެވެ. މިނޫންތަޖުރިބާއެއް ތިޔަ ކޮމެންޓްގައި ނިސްބަތްކޮށްފައިވާ މީހުންނަށް ލިބިފައިވާކަމަށް ކުޑަކޮށްވެސް އެންޓި އެފް އޯ އަކަށް އެއްބަސްވެވެންނެތްކަމަށް މާފާއެކު ބުނެލަމެވެ.


ނިއްމާލުމުގެ ކުރިން ޑޯން ޖަމްޢިއްޔާއަށާއި ނިލަންދޫގެ ހުރިހާ ޖަމްޢިއްޔާތަކަށް އަދަށްވުރެ ފެހި މާދަމައެއް އަބަދުވެސް ދެއްވުމަށްއެދި ދުޢާކުރަމެވެ.

26 comments:

Anonymous said...

އަސްތާ. ޑޯން އަށް ތިޔަ ދިމާވީ ހާދަހާ ދެރަގޮތެކޭ. އަހަރެން ވަރަށް ދެރަވެއްޖައިން ތިވާހަކަ އަޑުއަހާފަ. އަހަރެން އުއްމީދުކޮށްގެން ހުރީ ހަގީގަތުގައި ވެސް ޑޯން އަކީ ޑޯން އެއްގެ ގޮތުގައި ދެމިއޮންނާނެ ޖަމްޢިއްޔާ އެއްކަމަށް. އެކަމަކު މިހާރު ފެންނަމުންދާ މަންޒަރުތަކުން ޑޯން ޑޮން އަކަށް ބަދަލުވާން އުޅޭހެން ވެސް އެބަހީވޭ. ކޮންމެ ގޮތެއްގައި ނަމަވެސް ޑޯންގެ ރަޖިސްޓްރީގައި އަންޑަރ ގްރެޖުއޭޓް ފެންވަރުގެ ތިބީ ދެތިން މީހެއް. އިގިލިން ގުނާލެވޭހާ މަދު. ކޮންމެ ޙާލެއްގައި ވިޔަސް އަހަރެންގެ އުއްމީދަކީ ޑޯން ދިރިހުރެ ނިލަންދޫގެ ތަރައްގީއަށްޓަކައި އެހެން ޖަމްޢިއްޔާތަކާއި ގުޅިގެން މަސައްކަތް ކުރުން

Anonymous said...

އަހަރެންނަށް ހީވަނީ ޑޯންގެ އިސް މެންބަރުންގެ ސަފުން އަހަރެން މިލިސްޓްކުރާ މީހުން ވަކިކުރަންވީ ވީހެން. އޭރުން ފަހަރުގައި ރަގަޅުވެދާނެ.
އިބްރާހީމް ހުސައިން އަލވާގެ
ޢަބުދުލް ޢަލީމް ހުސައިން އަލިވާގެ
އަހުމަދު މުހައްމަދު ހަޒާރުމާގެ
ހާމިދު އަހުމަދު ކަރަންކާގެ
އިބްރާހީމް ޚަލީލު އަޒުމު
އަހުމަދު ޚަލީލު އެޑްރެހެއް ނެތް
މިލިސްޓަށް އަޅެ އިތުރުކޮށްލަބަލަ އަދިވެސް ފެންނަ މީހަކު

Anonymous said...

ޑޯން ޑޯން ޒިންދާ ބާދު. ޑޯން ޑޯން ޒިންދާ ބާދު
ބުނަން ބަޔަކު ޖަމްޢިއްޔާ އެއް ހިންގަން އުޅުނަސް މިއެފްއޯ އާއި ގުޅުންހުރި ބައިގަނޑު ލައިގެން އެއްކަމެއްވެސް ނުވާނެ. ވަރަށް ތަންހަޅި ބަޔެއް. އަދި އެހާމެ ދޯހަޅި ގުރޫޕެއް. ކަލޭމެން ރަގަޅުވާނީ ބޮބި ފާލަން ގޮސް ބޮބި އަޅައި ވެއްޔަށް ގޮސް ވެލި ނަގަން. ޖަމްއިއްޔާ ހިންގާކަން ތިބައިގަނޑަކަށް ނޭގޭނެ. ދެން ފަހަރެއްގައި ބޭކާރު ހުސް އަނގަ ތަޅައި ހޮޓާ ހޮޓަލަށް އަރައި ކަޅު ސައި ދަމަން އެގިނދާނެ ތޯއްޗެ. ދެން ލަލަލާ ދެން ލަލަލާ

Anonymous said...

އަހަރެންވެސް ބުނެލަން އޮތީހަމަތިހެން. ޑޯން ހިންގާށޭ ކިޔާފައި މާވަރަކަށް އެތެޅޭ މީހުންތަކާލައިގެން ދުވަހަކުވެސް ނުވާނެއެކަމެއް. އެމީހުން ލައިގެން އެއްކަމެއްވެސް ނުވާނެކަން އެމީހުންވަނީ ސާބިތުކޮށްދީފައި. އޭގެން އެއްބަޔަކީ ކުރިން ޒިވާނުންގެ ޖަމިއްޔާ ޚަރާބު ކޮށްލި މީހުން. ދެންތިބީ ޑޭލައިޓުން ފެއިލްވެގެން އައިސްތިބި މީހުން. ދެންތިބީ އިސްދަރިވަރުންގެ ޖަމްޢިއްޔާ ހިންގށޭ ކިޔާފައިއ ެޖަމްޢިއްޔާ ގަޑުބަޑު ކޮށްލީ މީހުން. ވީމާ މިމީސްމީހުންގެ ކިބައިން ޑޯން ސަލާމަތްކުރުން ވަރަށް މުހިއްމު. ޑޯންގައި ތިބި ހަރުދަނާ ކިޔަވައިގެންތިބި ޒުވާނުންނަށް އެމީހުންގެ އަތްދަށުން ޖަމްޢިއްޔާ ސަލާމަތްކޮށް ރަނގަޅު މިސްރާބަކަށް ގެންދިއުން ވަރަށް ބޮޑަށް އެދެ. އެމީހުންގެ ސަބަބުން ޑޯންގެ ނަން ޚަރާބު ނުކުރުމަށް އާދޭހާއެކު ބުނަން.

Anonymous said...

ދެން މިފަހަރު ވެސް ބުނޭ ޖަލީލުއޭ ޑޯން ހަލާކު ކޮށްލީ. ބަޔަކު ހަލާކު ކުރަން އުޅުނަސް ސާބިތު ތެދުވެރި ހަރުދަނާ ވަފާތެރި ބަޔަކު ނަމަ އެބައެއްގެ ތެރޭގައި ރެނދެއް ނާޅާނެ. މިހާރު ގަބޫލުކޮށްފިން ދޯ ރެނދުތަކެއް ތިބާމެންގެ ތެރޭގައި ވެސް އަޅައިފި ކަމާއި މައްސަލަތަކެއް ހުރިކަން. އަދިވެސް ބަލާތި ދެން އޮތް ޖަމްޢިއްޔާތަކުގެ ކަނޑަވާހަކަ ދެއްކޭތޯ. ކަލޭމެންނަށް އެގޭނީ ބޮޑެތި އަގު ބޮޑު ރެސްޓޯރަންޓް ތަކުގައި ޕާޓީ ބާއްވައިގެން ފޮނިކަނޑަން އެކަނި. މަހަށް ދިޔަސް މާރަގަޅު ވާނެ ތިޔަށްވުރެ ކަލޯމެން. ނިލަންދޫގެ ދަރިއެއް

Anonymous said...

dhen fada boy dawn vanee varugadha meedhi rudiaan thee heevaagothen dheravey dho mijamuinyyaa higaathi bunah kithenme vareh viyas dawn akaa nukulhe veyne
bunelah oyhaaves vaahaka akee dawn akah thiaalaathunnakah baareh nufoaruvey ney ok kaloah baaru foruveynee jaleeluah ok adhives ehfaharu bunah dhen fadaboa.

Anonymous said...

varah jehilun vey dhoa kalomehn liyefa eoy listuga thibi meehun dheke ehennoon vaanee thilhhaa ves buruvaalafaanah visnaigen hurey raglahu lagaaeh dheefaanah ok

Anonymous said...

ﷲ ގެ ހެޔޮރަޙްމަތްފުޅުން އަޅުގަނޑުމެން މިޖަމްޢިއްޔާ ތިޔަހީކުރާ ކަހަލަ ކަމެއް އަދި ދިމައެއްނުވޭ. އެހެންވެ ހަގީގަތާއި ޚިލާފު ވާހަކަތަށް ކޮންމެފަރާތަކުން ދެއްކިކަމުގައި ވިޔަސް އަޅުގަނޑުމެންގެ އަޒުމަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑުމެން ދިރިތިބިހާ ދުވަހަކު ޑޯން ފަސްދަށަކަށް ދިޔަކަނުދޭނަން.

Anonymous said...

ﷲ ހެޔޮރަޙްމަތްފުޅުން

Anonymous said...

ކުރިން މިޖަހަނީ ﷲ ގެ އިސްމުފުޅު އެކަމަކު ކީއްވެތަ ނުލިޔެވެނީ

Anonymous said...

kaiomeney fadaboy. dwan aky nerefai evaa listugai ethiba myhun thibihaa hindheh gai jalyluge baareh emyhunge machakah nufoaraane. ehenve thiaalaathun ekamaa kan boduvany dhoa? fadaboiy.

Anonymous said...

feil v dwan neh nooooooh.!feil v thiaalaathunge ohbodi jalylu. veithuvi15 aharu therey elhaa aai gulhigen membaru kamah anna ulhunu ekakuves hovifai ebaoiytha? elhaa kempeynu kohdhey komme myhakuves vany feil vefai. bunebala mydhogekey. adhives fadabo vaahakathah liyaathi!

Anonymous said...

majydhu gaathu bunelan othy dwan vaahakathah saitu thakugaa nuliye adhives saikaleh hodhaafai dhethin myhun nah vikkaa laasheve. koodu salaam buni.

Anonymous said...

ﷲ ގެ އިރާދަ ކުރެއްވިއްޔާ ޑޯން ޑޯންގެ ގޮތުގައި މިހާރުވެސް ކުރިއަށް ދޭ. ޑޯން ކުރަމުން އަންނަ މަސައްކަތަކަށް އެއްވެސް ބަދަލެއް ނާދޭ. ޑޯން އިން މިއަހަރު ކުރަން ނިންމާފައިވާ ކަންތައް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދަނީ. މިކަންކަމަކީ އިސްތިހާރުކޮށް އެންމެންނަށް އަންގަން ޖެހޭ ކަމެއްކަމަކަށް ނުދެކެން. އިރާދަކުރެއްވިއްޔާ މިޖަމިއްޔާ މިޖަމިއްޔާގެ ގޮތުގައި ކުރިޔަށް ދާނެ

Anonymous said...

އެބުނާހެން އެލިސްޓުކޮށްފައި އޮތްމީހުންދެކެ ބިރުން އެންޓިއެފްއޯއިން ތިއުޅެނީ. ޑޯންއިން ބޭރުކުރުމަށް ލިސްޓުކޮށްފައިއެވާ މީހުންނަކީ ހައުދަހައިގަދަފަދަ ބައެކޭ. އެމީހުންނަކީ ތަޢުލީމީ ގޮތުންވެސް އެވަރެއްނެތްބައެއް. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ލާމަސީލުން. އަޅެ އެންޓިއެފްއޯ ބިރެއް ނުގަނޭތަ އެމީހުން ލިސްޓުކުރަންވެސް؟ މަ މީނީ ބުނާކަށް ވަރަށް ބިރުން އެކަހަލަ ގަދަބައެއްގެ ނަން ފެނުމުންވެސް.

Anonymous said...

ޑޯން ޖަމްޢިއްޔާއާއި ބެހޭގޮތުން މިލިޔުންތެރިޔާއަށް އެއްވެސް މަޢުލޫމާތެއް ލިބިފައި ނެތްކަން ކަށަވަރު. ޖަމްޢިއްޔާ ތަކަކީ ސަރުކާރުގެ އޮފީހެއް ނުވަތަ ސްކޫލެއް ހިނގާ ގޮތަށް ހިންގަންޖެހޭ ތަންތަނެއްނޫން. އެހެންވީމާ ޑެއިލީކޮށް ކުރާ ކަންތައްތަކެއް ނުކުރާނެ. މިއުޞޫލުން ޑޯން ޖަމްޢިއްޔާގެ ކަންތައްތައްވެސް ދިރުވައި އާލާކުރާއިރު ކޮންމެ ކޮންމެ ދުވަހަކު ހިނގާ އިވެންޓްތަކެއް ނުހުންނާނެ. އޮކޭޝަނަލީ ހިނގާ އިވެންޓުތަކެއް ހުންނާނެ. ޖަމްޢިއްޔާއެއް އަރާ އަރަފޯދިގަންނަން ދުވަސްތަކެއް ނަގާނެ. އިރާދަކުރެއްވިއްޔާ ޑޯން ޖަމްޢިއްޔާއަކީ ނިލަންދުއަށާއި ފ. އަތޮޅަށް އަދި މުޅި ރާއްޖެއަށް ލާބަޔާއި މަންފާ ކުރަނިވި ޖަމްޢިއްޔާއެއް ކަމުގައި ވެގެންދާނެ. އެދުވަސް މިބްލޮގަރގެ މީހުންނަށް ދެއްކުމަކީ ޖަމްޢިއްޔާގެ ވިންދު، ޖަމްޢިއްޔާގެ ޝުޢޫރު، ޖަމްޢިއްޔާގެ ޢަޒުމް. ޑޯން ޖަމްޢިއްޔާ ހިނގަނީކީ ނޫނީ ހިންގަނީކީ އެންމެ ފަރުދަކު ނޫން. އަނެއްކާ ޖަމްޢިއްޔާގައި ތަޢުލިމީ ޤާބިލް މީހުން ނިލަންދޫގެ ނިސްބަތުން ގިނަވާނެ. މަސްއޫލު މުއައްސިސުންފެށިގެން އެގްޒެކެޓިވް ކޮމިޓީގެ ކޮންމެ މެމްބަރަކަށް ވިސްނާލިޔަސް ނިލަންދު ސިއްސުވާނުލާނެ ހަމައެކަކުވެސް ނުހުންނާނެ. ކޮންމެ މީހަކީ ފަންނުވެރިއެއް، ތަޢުލީމީ ދަރުސްގާހެއް، ޤައުމީ ލޯބީގެ ނަމޫނާއެއް، ނިލަންދުއާއި ފަ. އަތޮޅަށް އަދި މުޅި ރާއްޖެއަށް ހެވާއި ލާބައަށް މަސައްކަތްކުރާ ދިވެހި ދަރިއެއް. އެކަން މިބްލޮގަރގެ މީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ.

Anonymous said...

varah ragalhu vaahakaeh nilandhoo meehun sissuvaalaane raees ibrahim khaleel ge vaahaka buniya ladhuves nuganey dho thivaahaka dhakkaairu

Anonymous said...

މޮޔަވޭ ނިލަންދޫ ސިއްސުވާލާ ވަރުގެ ތިބީ އެންމެ ދެމީހުން ތިންމީހުން. މިތާގައި ލިސްޓް ކުރެވިފައި އެތިބި މީހުންނަކީ ތިޔަ ބުނާ ފެންވަރުގެ ބައެއް ނޫން. މޮޔަވޭ

Anonymous said...

nilandhoo myhun biru gan naany,nuvatha sissaigen dhaany PHD jalylu fenunymaa. fadaboy thiaalaathunge thereygai thiby hus PHD faas nangavaafaithibi rudin. dhoa?

Anonymous said...

GCE gai baiveri v maanimunytha? U thi in kome rudieh athu onnaany U seteh. fadaboiy.

Anonymous said...

thi aalaathunge ohbodi jalylu gaathu buney raadhaalu moosa athun storah dhahkan negi faisaa dhakkaashey.adhives khalyluge vaahathah myhunlavvaa saitu thakugaa jahaathi! fadaboiy

Anonymous said...

އެއްކަލަ ފަޑަބޮވައިގެން އުޅޭ ސޮރު ރެވިތެޔޮ ބޮއިގެން މިއުޅެނީތާދޯ. ކަލޭ އެހެން މީހުންގެ ވާހަކަދައްކަން ރަނގަޅޭ. އެހެން މީހުން ޖީސީ އޯލެވެލް އިން ޔޫސެޓް ހޯދަނީ. ދެން ކަލޭއަތުގަ އޮތީ ކޮންއެއްޗއްބާ. އަލެނިކަށް މިތާނގާ ލިޔެލަބަލަ ކަލޭއަތުގަ ތިއޮށް މޮޅެތި ފާސްތައް. އެނގިދާނެތާ.
އދި އެބަ ކިޔައެންނު އެހެން މީހުން ލާރިކާވާހަކަ. ކަލޭކާފަ ހުރިވަރު މަދީތަ. ކަލޭ ކިތައްމީހުންގެ އަތުންބާ އޮޅުވާލާގެންނާއި މަކަރު ހަދާގެން އަދި ދޮގު ހަދާގެން ލާރިތައް ކައިފަ ހުރީ. ކަލެއަކީ ޚުދު ކަލޭގެ އައްމަ އައްޕައަށްވެސް ހަރާންކޯރުވެފައިހުރި ބީތާއެއް. އެހެންވީމާ އެހެން މީހުންގެ ވާހަކަތައް ނުދައްކާ މަޑުން އިނދެވޭތޯބަލާ. އަމިއްލަ ތިހެންތިނދެ ތިރާޑިތަކެއް ނުވެ.

Anonymous said...

ތި މާމީރުއެއްޗެއް ބޯންދޭ ސޮރަކީ ކާކު ކަމެއް ތިމީހުންނަކަށް ނުވެސް އެނގޭނެ. މިސޮރަށް މުޚާޠަބުކޮށް ކުރާކޮމެންޓް އެކަން ރަނގަޅަށް އެނގޭ. އެސޮރަކީ ތިމީހުން ތި ހީކުރާމީހެއްނޫން. ތިމީހުން ނަށް އެސޮރަކީ ކާކުކަން ޚިޔާލަށްވެސް ގެންނަން ނޭގޭނެ. އެސޮރުކަމަށް ތިރައްދުދެނީ މުޅިންވެސް އެހެން މީހަކަށް. އެސޮރާއި މުޚާޠަބުކޮށް ތިކުރާކޮމެންޓް ތަކުގައި އެވަނީ އެސޮރާ އެއްގޮތަކަށްވެސް ގުޅުން ހުރި ކަންތައްތަކެއް ނޫން. ދެރައީ އެސޮރު ހުތުރު ބަހުން ކޮމެންޓްކުރާތީ. އެއީ ކާކުކަން ވެސް ތިމީހުންގެ ޚިޔާލަށްވެސް ނުގެނެވޭނެ. އެއީ ކާކުކަން ދެނެގަތުމަށްޓަކައި ކުޑަ ހިންޓެއް ދެވިދާނެ. އެއީ ޔުނީފޯމުއެޅި ސިވިލް ސާވަންޓްގައި ނުހިމެނޭ މަޤާމުގެ ކުރިއެރުން ލިބެމުންދާ ނިލަނދޫގެ މެދުފަނތީގެ އާއިލާއެއްގެ ދަރިއެއް

Anonymous said...

އޭ ކަލޭ ހާދަ މޮޅޭދޯ. މީހުންގެ ހިތުގައި އޮންނަ އެއްޗެހިވެސް މިހާރު އިނގޭތަ. ނަން ނުބުންޏަސް ކަލެއަށް އިނގޭދީ. މިހާރު އިނގިއްޖެތާ ކޮމެންޓް ކޮށްފައިވާ މީހާ ކޮމެންޓްކޮށްފައި އެވަނީ ހަމަ ކަލެއަށްކަން. އެހެން މީހަކަށް ނޭނގުނަސް ކަލެއަށް އެވަރު އެނގިއްޖެތާ.
ހިތުން ވަރަށް މޮޅުވެފަދޯ ތިހުރީ. މީސް މީހުންނަށް ފަޑަބޯންދެވޭތީ. ކަލޭމެންނަށްވާނީ ތިވަރު. މީހުންގެ ކުރިމަށްޗަށް އަރާފަ ބޯން ދޭނެ ހިއްވަރު ނެތިއްޔާ އޯކޭ ދެން މިތަނުގައިވެސް މީސްމީހުންނަށް ބޯންދޭން. ގަޓެއް ނުހުރޭވިއްޔާ. މަށަށް ޔަގީންހަމަ ކަލޭތިޔަ ބޯންދޭ މީހުންގެ ކުރިމަށްޗަށް އަރާފަ ކަލޭހުންނާނީ ހަމ ކުޑަވެފަ. އެއްޗެކޭ ބުނަންވެސް ނުކެރޭނެ.
ދެންދޭ ކަލޭ ތިޔަ ހަރާންކޯރުވާ ކަލޭގެ އައްމައާ އައްޕަ ކާރިއަށް. ގޮސް ބޭނުންވެގެންތިޔަ އުޅޭ އެއްޗެއ ހިތްފުރެންދެކަށް ބޮއި. ހެހެހެ

Anonymous said...

setufiketuthah onnaane jagiyaathiri koffaabalaalabala.jalylu dhyfavaa listu gai aharemenge faasthah hunnaane.adhives ehfaharu fadaboiy

Anonymous said...

މިހާތަނަށް ބުނަން ބޭނުންވި އެއްޗެއް އޮނާނީ ކުރިމަތީގައި ބުނެފައި. ކުރިމަގުގައިވެސް ބުނަން ބޭނުންވާ އެއްޗެއް ބުނާނީ ކުރިމަތީގައި. ކުރިމަތީގައި ބުނަން ނުކެރޭނީ ތިއިން މީހެއްގެ ދަށުވެފައިވާނަމަތާ. ދުވަހަކުވެސް އަހަރެންގެ މައިން ބަފައިންނަކަށް ހަރާންކޯރުވެފައެއް ނޯންނާނެ. އެކަން ތިފަރާތަށް ނޭގުނަސް އަހަރެންގެ މައިން ބަފައިންނަށް އެނގޭނެ. މިބުލޮގުގައި ކޮންމެވެސް ވަރަކަށް އަހަރެންވެސް ކޮމެންޓް ކުރަން. އެކަމަކު ދުވަހަކުވެސް ހުތުރު ބަހުރުވައަކުން ކޮމެންޓެއް ނުކުރަން. އަދި ނުވެސް ކުރާނަން