މިޔޮއް އުޅޭ ބޭކަލުންތަކެއް އެއުޅޭ ފާޑަކުން ބަޔަކު މީހުން ހީހީ ހަލާކު ނުވާނެ ހެއްޔެވެ. އެންމެ ފަހުން ޝައްކު ބަލިވެސް ޖެހުނީތާ ދޯއެވެ. އެހެންވީމާ މިހާރު ދެން ތިތިބީ ހުރިހާ ބައްޔެއް ޖެހި ފުރިހަމަވެފައެވެ
ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ. ނޭނގޭ ޙާލު މީސްމީހުންގެ ބޮލުގައި ތުހުމަތު ނާޅުވާށެވެ. ރައްޔިތުންގެ ތެރޭގައި ތިމާމެން ފަޟީޙަތްވެ ރާޑި ވުމުން އެންޓީ އެފް އޯ ހިންގަނީ މިވެނި ބައެކޭ ކިޔާ އަނގަ ނާރުވައި ތިބޭށެވެ. ތިޔަ ޝައްކު ބަލީގައި ތިބެގެން އެހެން މީހުންގެ ބޮލުގައި ތުހުމަތު އެޅުވުމީ އޭގެ ނަތީޖާ ވަރަށް ހިތި ގޮތަކަށް ފެންނާނެ ކަމެކެވެ
ދެން ރަށުގެ ބަޔަކު ކިޔަވާތީވެސް ހާދަހާ ކަންބޮޑުވޭތާއެވެ. ރަށުގެ ކުދިން ކިޔަވާތީ އެހެން މީހުން ވަނީ އުފަލެވެ. އެކަމަކު ތިޔަ ދަންނަ ބޭކަލުންތައް ތިޔަ އުޅެނީ އެކަމާހުރެ ފޫ ކަހާވަރުންތާއެވެ. ވާނީވެސް އެހެންތާއެވެ. ރޯނު އެދުރުންތަކެއް ވިއްޔާއެވެ. ތިޔަވަރަށް ދެން ޖެލަސް ވާކަށް ނުވާނެއެވެ
އެކަމަކު މިކަހަލަ ކަޑަކަޑަ ބްލޮގް ގަނޑެއް މީހަކު ހަދައިގެން އުޅުމުން ތިޔޮށް ގަންނަ ބިރެއްތާއެވެ. ވަރަށް ޖެހިލުންވޭ ދޯއެވެ. ތިޔަ އުޅެނީ މިކުޑަ ކުޑަ ބްލޮގް ގަނޑާހެދި ހަމަ ނިދި ނުނިދިދެން ދޯއެވެ. ހެހެހެ
އަދި ކުރިއަށް އޮތީއެވެ. މީހުން ދައްކާ ވާހަކަތަކާއި ޚިޔާލުތައް ހަޖަމް ނުކުރެވިގެން އުޅެނީ ކޮން ބައެއްކަން އަންގާލާނަމެވެ. ރައްޔިތުންގެ ލާރިން ކައިގެން ބޮއެގެން ރައްޔިތުންނަށް ހަރާންކޯރުވަނީ ކޮންބައެއްގަން ތިޔަ ބީތާތަކަށް ސާފު ކޮށްދޭނަމެވެ. ސަރުކާރުގެ ވަޒީފާތަކުގައި ތިބެ ޕަކަޅާކޮށް ބަނޑުއެޅީ ކޮން ބައެއްކަން ނިކަން ރަނގަޅަށް ބުނެލަދޭނަމެވެ
ރައްޔިތުންގެ ފައިސާއިން ގޭގައި ތަށި މުށި ޖަހައި ރައްޔިތުންގެ މަސައްކަތަށް ގެންދާ ސިމެންތިއާއި ދަގަނޑާއި ހޮޅި އަދި ފެން ހަންތައް ކަޓުވާލާފައިވަނީ ކޮންބައެއްކަން އަންގާލާނަމެވެ. މީހުންގެ އަތުން ލޭންދޭން ނަގާފައިވާ ލާރިތައް ނުދީ ދަރަނިބޯ ހެދިގެން އުޅެނީ ކޮންބައެއްކަން ތަފްޞީލު ކޮށްދޭނަމެވެ
މިކަހަލަ އެތައް ބައިވަރު އެބަ ހުއްޓެވެ. އިންތިޒާރު ކޮށްގެން ތިބޭށެވެ. މިހާރުވެސް ގައިން ހީބިހި ނަގައިފި ދޯއެވެ
6 comments:
mihaaru genesdheynamey kiyaafa kitha vaahaka genesdhevijjebaa. keevethoa thi laskurany. ehvaanaka dhamaa ninmaaleema thikudhinnahves faseyha noonthoa. aharumen kiyaa meehunavves thankolhe bodu hiyhama jehumeh libeyne
nooney ehfaharaa genaeema kamaku nudhaane. ahannakee ves mi blog balaa adhi kiyaa meeheh. ehfaharaa genesdhineema then kiyaane adhi balaane ehchehves noannaane. hama baibayah bahaigen ganeema rangalhuvaaneee.
hehehehe..... cakeh hen baibayah bahaigen. Alfalil Mandela Ibrahim Khaleel ah pageh, Darani Saudagaru Abdul Razzaqah Pageh, Kaandhey athugai dhaialhaa Ahemed Mohd ah pageh...adhives adhives... genesdhee. antifo hadhaa meehun neygeythee FO alaathun ethibenee rakis vefai. e aalaathun nah hama nidhi nunidhigen e ulhenee. fisaari raadhi kohla dheythi. mashah engey mauloomaath thi antifo ah fonuvaanan
aaan. ulheyleh reethi kamun viyyaa efaadah thelhi baalanee e. heevaneee emeehun ekani kamah niandhoo fasmatheega thibeee. balaga thee mulheen kuh hee eh. balaga mioh hurihaa dhuvahu aharemenves thibee madunney. then nuthibeynan. antio FO aa baiverivegen thi aalaathun raadi kollumuga aharumenves baiverivaanan. rangalhu ehcheh kaan dheefa dhookollaanee mifaharu.
FO ah mihaaathana meehak dhin eneme reethi eneme enme ekasheyne namakee Faafu observer ge Daroga Imaamun FODI .. meee vvv salhi nameh
keke ya. salhi dho ename. ethibee mihaaru raadi vefa. mivaruge kuda blog gandakun ehcheh buni irah. thimaamen beyzaaru vathee v birun. hehe. evaruge meeehunney meehunge fookolhey kiyaafa eulheneee. mi kaleyge thakuge fookolhu ga oiy vasnubai bodu gui foali nufennaathee. fenna dhuvahakun haadha hodeh laane eyy.
Post a Comment