Wednesday, January 2, 2008

މަސްތު ބުއްދީގެ ބުއްދިވެސް މަސްތުގައި

ނިލަންދޫގައި މާގަދަ ކަމަށް ހެދި އެއުޅޭ ދިއުޅިއެއްނުވާ މަސްތުބުއްދީ (އަހުމަދު ޝިޔާމު)ގެ ބުއްދިވެސް މަސްތުވެއްޖެއެވެ. މިކަމެއް ފަޅާއަރާއިގެން މިދިޔައީ އިއްޔެރޭގައި ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގައެވެ. އަދި މި ބައްދަލުވުމުގައި މަސްތުބުއްދީގެ ވާހަކަތަކުން އަމިއްލައަށް ބޭޒާރުވުން ނޫން އިތުރު އެއްވެސް ކަމެއް ނުވިއެވެ. އަމިއްލައަށް ފަލީހަތްވެ ހުރިތަނަށް ދެކަމު ހާޖަތަށް ނުދެވިހުރީ ހަމަކިރިޔަ ކިރިޔާއެވެ.
ވާނީވެސް އެހެންތާއެވެ. ވިސްނާވިސްނާފައި ޖަލްސާގައި ބަޣާވާތް އުފެއްދުމަށް ބަޔަކު އެއްކުރުމަށް ކުރިހާ މަސައްކަތެއް ވަރަށް ފޮނިވާނެކަމަށް ހުއްޓައި މަސްތުބުއްދީގެ މަސްތު ވިސްނުމާ ޚިލާފަށް އެކަންކަން ދިއުމެވެ. ބުނާކަށް އެސޮރު ދެރަފަށެއްވިއެވެ. ވީދެރައިން ހޯލުން ނިކުމެ މީސްމީހުނައި ގުޅައިގެން ގެންނަން މަސައްކަތްކުރި ކަމަށްވެސް ވެއެވެ. ގުޅާކޮންމެ މީހަކުވެސް ފަސްފޫޓުބައިގެ މި މިސްތުގަނޑު އިންޗިއެއްގެ ސައިޒަށް ތިރިކޮށްލައެވެ. އެންމެ ފަހުން ޖަލްސާ ނިމުމުން ރާޑިވެ ގޮތްހުސްވެފައި ހުރިކަހަލަ ގޮތަކަށް ކަ.ކަ.ކަތީބު އިސުތިއުފޭ އޭ ބުނިއަޑު އެހިކަމަށް ބައެއް މީހުން ބުނެލިއެވެ.
އަދި މި މަރުމޯލުގެ މަޢުލޫމާތުގެ ޚަޒާނާއިން ކަތީބު އިތުރުގަޑި ލިޔެ ފައިސާ ނަގާވާހަކަވެސް ރައްޔިތުންނަށް އިއްވާލިއެވެ. މަސްތުބުއްދިގެ ގަމާރުކަމުން ރަށުގެ އިސްވެރިޔަކީ ލިޔުނަސް ނުލިޔުނަސް އިތުރުގަޑި ފުލްކޮށް ލިބޭ މީހެއްކަން ނޭނގުނެވެ. އަދި ކަތީބު އެލިޔެފައިއެވަނީ ކަތީބުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރިޕޯޓު ކުރުމަށްކަން މި މަސްތޭއަކަށް ނުވިސްނުނެވެ. ވާނީވެސް އެހެންތާއެވެ. މަސްތު ބުއްދީގެ މުޅި ޢުމުރު އެހޭދަކުރަނީ ސަރުކާރުގެ އިސްވަޒީފާތަކުގައެވެ.
އަދި ހެއްވާކަމެއް އެނގޭ ހެއްޔެވެ. މިކަލޭގެ އެންމެ ބޮޑަށް ރުޅިއައީ މަސްތު ވާހަކަކޮޅެއްދައްކަން މީނާގެ އައުވާނުން ރާވައިގެން ޕޯޑިއަމް ދޮށުގައި މޮޔަ ގޮވަން ވިޔަސް އެރޭގައި ލިބެން އޮތް ފުރުޞަތު ކަޓުވާލީމައެވެ. ވާހަކަ ދައްކަން އެރިނަމަ ގޮވާނެ މޮޔައިން މުޅިރައްޔިތުން ލަދުން މެރިސްތާއެވެ. މިކަލޭގެ މިއޮތް މާތް އަޚުލާގެއްވެސް ފެނިފައި ހީހީ ހަލާކެވެ.
އޭ މަސްތޫއެވެ. ކަލޭ މީހަކު އިސްލާޙުކުރަން ބޭނުންނަމަ އެންމެ ފުރަތަމަވެސް ބޮސް އިސްލާޙު ކުރާށެވެ. އަދި ކަލޭ އަމިއްލައަށް އިސްލާޙުވާށެވެ. ކަލޭ ކަތީބުދެކެ، ޖަލީލުދެކެ ރުޅި ތިއަންނަނީ ރައްޔިތުންގެ ސިމެންތިތަކަކަށް ވައްކަންކުރުމުން އެކަން ޝަރީޢަތަށް ފޮނުވާފައިވާތީކަން އަހަރުމެންނަށް ނެއްއިގެނީ އެއްނޫނެވެ. ކަލޭގެ ބޮސް ކަލޭ އަޅަކަށް ހަދައި ގަނެލާފައި ތިހިރީ ޑްރައިވަރެއްގެ ފެންވަރުގައެވެ.
އަދި ބޮސްކައިރީ ބުނެލާށެވެ. ރައްޔިތުންގެ ތެއުގެއަށް ވެފައިވާ ޚިޔާނާތްތައް ތިހެން އުޅެންޏާއި ފަޅާއަރުވާލާނަމެވެ. އަދި ޢީދުކުޅިވަރަށް ބޭނުންވާ ތަކެތި ހަދަންށޭ ކިޔައިގެން ރައްޔިތުންގެ މުދާ ގޯތިގެދޮރު ހެދަން ބޭނުން ކުރުމަށް މިހާރުވެސް ގެންގޮސްފައި އެބަހުރިކަން އަހަރުމެންނަށްވެސް އެނގެއެވެ. އަހަރުމެން ކަލެއާއި ކަލޭގެ ބޮސް މަޅިދަށުލާނެނަމަ މިހާރު އެކަންކޮށް ނިންމައިފީމުސްއެވެ. އެހެންމީހުންނާއި ބެހެންވާނީ ތިމާގެ ފަރާތުން މިކަހަލަ ޚިޔާނާތް ނުވެހުރިނަމައެވެ.
މެކުނު ފުމުނަސް ގާހަކަޔަކަށް ނުފުމެވޭނެކަން ކަލޭގެ އައުވާނުން، އެފްއޯގެ ލަޓޯފަޓޯއިންވެސް ބުނޭތާއެވެ. އެކަން ތިޔަ މަސްތު ބުއްދީގެ ހަނދާނުގައި ބަހައްޓާށެވެ. ކަލެޔަކީ ޗާބީދީފައިހުރި ބުދެއްފަދަ އިން މީހަކު ފީޑު ކުރިއެއްޗެއް އަނގައިން ނިކުންނަ ބޮޑު މޮޔައެއްކަން މިހާރު ނިލަންދޫގެ ކުދިބޮޑު އެންމެންނަށް ހާމަވެގެން ހިނގައްޖެއެވެ. ހަމަ ފައްކާ މަސްތުބުއްދިއެކެވެ.
މަސްތުބުއްދިއަށް މަގޭފަރާތުން ސަލާމެވެ.
ނޯޓް: މިއީ ކިޔުންތެރިއެއްގެ ފަރާތުން ލިބިފައިވާ އީމެއިލްއެއް އޭގެ އަސްލަށް އެއްވެސް ބަދަލެއްނުގެނެސް ޝާއިރުކޮށްގައިވާ ލިޔުމެކެވެ.

11 comments:

Anonymous said...

shiyaam ah salaam. shiyaam ge boss ah ves salaam. thivaru baeh nethey ingey

Anonymous said...

thibuny hama rangalhu vaahakaye. mekunu fumunakas gaahakayaka nufumeveyne. bodethimeehun kuraa kantha aadhaige meehuna nukurevidhaane. emeehun kaa vara aadhaige meehuna nukevives dhaane. aadhaige meehun kuraa aadhaige kantha faseyhain falhaaves aruvaalevidhaane. bodethimeehun kuraa kantha falhaa aruvaalan undhagoovedhaane. bodethi kantha gina dhuvahun bura masakkathun vaany. ekamu konmes dhuvahakun edhuvasves jeheyne. meehun gabooluves kuraane. mihaaru madhubayaku kiyas fahun..........

Anonymous said...

anti-FO ge parent site kamugaivaa www.nilandhe.com ga mihaaru commenteh jeheneeves memberakah vegen. mi noon gothe vaaka noanaanethoa. ei eyga register kuraa iruga register kuraa meehaage evves security eh neiy. mulhin site hingaa meehunge faidhaa ah iny. password trace kurumugeves iny kiha bodu furusatheh kamevves neygey

Anonymous said...

އަމިއްލައަށް ބޭޒާރުވާ އިރުވެސް ތިކަން ހުއްޓާނުލާ ކުރިޔަށް ދެވޭތޯ ބަލާށެވެ. ބަޔަކަށް އާދޭސްކޮށްގެންވިޔަސް އެފްއޯ ހިންގާށެވެ. ކުރަން ކޮންމެހެންވެސް މުހިންމު ކަމެކެވެ. ބޭޒާރުކޮއްނުލާތީ ފޮނިވަނީތާއެވެ. ކޮންމެ ކަމެއްގައިވެސް އޮންނަނީ އޮޅުވާލުމާއި މަކަރުކަން މިހާރުވެސް އަހަރުމެންނަށް މިއޮއް އެނގިގެންދަނީއެވެ. ކަލޭމެންތައްޔާރުކުރި ކަލޭމެންގެ ރަޙުމަތްތެރިޔާ "އަވައްޓެރިޔާގެ ޕަޕެޓު" އަށްވެސް ތިޔަވެވުނީ ޚިޔާނާތެވެ. ކޮންމެ ކަމެއްގައިވެސް ކަލޭމެންގެ އުސޫލުތަކަކީ އެއީތާއެވެ. ތިމާމެންގެ އެފަދަ އެންމެ ގާތްމީހުންވެސް ތިމާ ހިތްހަމަ ނުޖެހުމުން ޑަސްބިންނަށް އެއްލާލާ އުސޫލެވެ.

ތިހެންވާނެކަން އަހަރުމެންނަށް މާކުރިންވެސް އެނގެއެވެ. ބޮޑުކަނޑަށް ލިބުނު ވަގުތުގައި އެކަންނުވުމުން ބައްދަލުވުމުގައި ހޯބޯލަވަން ރޭވިރޭވުން ނާކާމިޔާބުވީމާ ތިގޮތަށްވެސް ހިތްހަމަ ޖައްސާލާށެވެ. "އަވައްޓެރިޔާގެ ޕަޕެޓު" އަށް ފީޑުކޮށްފައި ފޮނުވި ގޮތަށް އޭނާއަށް ކަންތައް ކުރަންނުކެރި ފިނިހަކައެއްހެން ބޮނދައި ފިލުމުން އެކަމުގެ ރުޅިގަނޑު މިހާރު ތިބާލަން ފެށީ ދޯއެވެ. ރަނގަޅެވެ.

ތިގޮތުގައިވެސް ދުނިޔޭގައި އުޅެވޭތޯ ބަލާށެވެ.

Anonymous said...

thiya liyumugai eothee anekka esjehi razzaquge vaahakatha? ehenvejjiyya ma aduehi vaahaeh bunan. ee dhukulhivarashey kiyaigen kudakatheebu ismail abdullah ai gulhigen rashugai fenholhi alhan genesfai huri holhithakuge therein dheholhiburi gengos, ekathi buriburi koh alhaalaafai anekathi goatheege masakkathehkuran beynunkurumah egothyga ebotho razzaquge muvazzafaku buni nubunaashey kiyaafa. adhi gotheega e oi holhiburi gothee valhuge fen nubaivegen fenrangalhu thanehga hedhi valhakun fen fonuvumah dhevalhudheythere gulhumah beynun kuran vegenno baavaafa othee.

thimanna bunyey nubunaashey kiyaafa mivaahaka buni.

mihiree rayyithunge haqqu gayey kiyaa rayyithun nah vamun dhaa khiyaanai.

Anonymous said...

maadham anti fo hingaa meehun faadehge liyumeh jaleeluge lhiyanu garey lavva alhaafavs FO bolaha kadaalaa eyrun e nimunee nu dho. mulhi rah fasaaadhakuramun tiya dhanee thiya nilandhe aa anti Fo aaa jaleeeluge auvaanun mikan neygey bayaku mihaaru noohey kithame varakah foruvan ulhunas

Anonymous said...

kihaa rangalhu. thimaamen kuraakanthahthah ehen meehunge bolugai alhuvan masakkai nukurey. evves garey eh barey eh noannane. thihurihaa viyaanudha amaleh hinga meehun nakee thiya ee. adhi maafonivegen eba ulheyehnu.

Anonymous said...

Asluves tha? thi esjehi akee ekahala meehehtha? mashah ves haadha heeviyey ulhey vahtharun. maabodah kankan engiganegen ulheynee.

adhi magey salaam ves masthubuhdhi ah

Anonymous said...

hehe majaa ingey

Anonymous said...

sorry . Antifo akaa thibunaa evves meehaka gulhumeh nei. Anti fo akee minivan musthagillu meeeheh! antifo beynun gothakah masaikai kurumuge haggu ebaoi. Anti fo .. akee kaaak baa

Anonymous said...

antifo akee mi ulhey munaafiqu buhuthaanu FOge siteh. amilla amilla ah mikan kureema meehunge sympathy FO ah libeytho kuraakameh