Thursday, January 10, 2008

އާޖުކީ ތާޒާ ޚަބަރު... އެންމެން ރާނބާއަށް އާދޭ

ހާދަހާވާ މީރެވެ. ބަނޑު ފުރިއްޖެއެވެ. ބޔަކު މީހުން ރާނބާ ރެސްޓޯރަންޓުން ކާންދީފިއެވެ. ކިސަޑު މަރުމޯލުންތައް ވަރަށް ހެލިފެލިވެ އުޅެތެވެ. މީ މާލޭގައި އުޅޭ ނިލަންދޫ ހުރިހާ އެންމެންނަށް ދޭ ކެއުމެކޭ ކިޔާ އަނގައަރުވަ އެވެ.


އެކަމަކު އަޅުގަނޑުގެ ލޯ އަދި ކަނެއް ނުވެއެވެ. އެހެން ހިއްސުތައްވެސް ސަލާމަތުން އަދި އެބަ ހުއްޓެވެ. ހުރިހާ މީހުންނަށް ކާޑު ފޮނުވީމޭ ބުނާއިރު އެއީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ. އަދި އެތަނަށް ގޮސްތިބީ މަދު ބަޔެކެވެ.


ޑޯން ޖަމިއްޔާގެ ނަމުގައި މިއޮށްދެން ޖަހާ ސަކަރާތެއް ދޯއެވެ. އެއް ފަހަރު ރޯދަ މާ ހެފުމެކެވެ. ދެން ރޯދަ ވީއްލުމެކެވެ. އެއަށްފަހު ފާޑު ފާޑުގެ ނަން ކިޔާގެން އަންވަރު ޢަލީ ކާރިން ސަލާން ޖަހާގެން ހައި ސްޕީޑު ލޯންޗެއްގައި ދަތުރު އެޅުމެވެ. މިހާރު ރާނބާއިން ގިއްކިޔާފައި ކެއުމެވެ.


ހައިރާންވެ އަންތަރީސް ވެއްޖެ އެވެ. ތިޔަ އަނގަތަކުން ދެއިރު ދެދަޅައަށް ތިޔަ ދައްކަނީ ނިލަންދޫ މިވެނި ކަމެކޭ އެވެނި ކަމެކޭ، މިވެނި ކަމެއް ނުވެއޭ އެވެނި ކަމެއް ނުވެއޭ، ތަރައްޤީ ނުވެއޭ ކިޔާ ތިހެން އުޅޭއިރު ނިކަށް ވިސްނަ ބަލާށެވެ. ތިޔަ ދުއްވާލަނީ ބޭކާރު ގޮތުގައި ކިހާ ފައިސާއެއް ހެއްޔެވެ. އެއްބައިވަންތަކަން އާލާ ކުރުމަށް ތިޔަ ކަހަލަ ކަންތައްތައްވެސް ކުރަން ޖެހޭނެ އެވެ. އެކަމަކު އޭގެ ހައްދުން ނެއްޓުމުން އަހުރެންތިޔަށް ކިޔާނީ އެހެން ނަމެކެވެ. ތިޔަ ގޮތަށް ނާޗަރަންގީއަށް ފައިސާތައް ތަޅާ ބުރުވުމުގެ ބަދަލުގައި ތިޔަ ފައިސާއިން ނިލަންދޫގެ ތަރައްޤީއަށް ހޭދަކޮށްބަލާށެވެ. ނިލަންދޫއަށް ކޮންމެވެސް ކަމެއްކޮށްދީ ބަލާށެވެ. ގައިމު މުސްތަޤުބަލުގައި ފެންނަން އޮންނާނެއެވެ.


ނިލަންދޫދެކެ ތިހާ ލޯބިން ރައްޔިތުންނަށް ތިޔަހާ ހެޔޮ އެދިގެން އުޅޭނަމަ ތިޔަ ފައިސާ ހަމަ ޚަރަދު ކުރާނީ ރައްޔިތުންނަށްޓަކައި ނިލަންދޫއަށެވެ، ރައްޔިތުންނަށެވެ.


މީސް މީހުންގެ ބޮލަށް ތިޔަ ގޮތަށް އިބިލީސް ސަވާރުވެގެން ޑޯން ޖަމްޢިއްޔާގެ ނަން ހުތުރު ކުރުން ނޫން އެއްވެސް ކަމެއް ނުވެއެވެ. ތިޔަ ޖަމިއްޔާގެ ނަމުގައި ތިޔަ ގޮތަށް ހަޑި ނުހާވާށެވެ. ތިޔައީ ޑޯން ޖަމިއްޔާގެ ހަލާކެވެ. ތިޔައީ އެޖަމިއްޔާ އާއި ނިލަންދޫގެ ފަނާކުރުވަނިވި ވިހަ ޖަރާސީމެކެވެ. ތިޔަ ޖަމިއްޔާގެ ނަން ހުތުރު ކުރުން ހުއްޓާލާށެވެ. ނޫނީ ޢުމުރު ދުވަހު ހަނދާން ނުފިލާ ކަހަލަ ބޮނޑިއެއް ދޭނަމެވެ.


ވާނީ ހަމަ ތިވަރެވެ. މުޅި ޢުމުރު ތިޔަ ހޭދަކުރަނީ ތިޔަ ގޮތުގައެވެ. މީހުން ކައިރީ ސަލާންޖަހާ އާދޭސް ކުރާކަށް ލަދެއް ނުގަނޭ ދޯއެވެ. ދިމަ ދިމާލުން ކެވިފައިހުރިވަރު އަދިވެސް މަދީ ދޯއެވެ.

8 comments:

Anonymous said...

asluves. egothah beykaaru gothuga faisaathah thalhaa buruvumuge badhalugai nilandhoo ah kameh kohdhiniyyaa maa rangalhu vaane. aharumen konmehen miulhenee kaan nulibigeneh noon. balan v rashah khidhumatheh kohdheve tho.

Anonymous said...

ކަލޯމެން ތިއާދައްކަނީ ވަރަށް މޮޅުވާހަކައެއްތާ... ރަށަށް ވަންނަހައި ލާރިއެއް ތިމާމެން ބަނޑު އަލާފަ ، އެލާރިއަށް ކުރަން ހަމަޖެހިފަ ހުންނަ ކަންތައްތައް އެހެން މީހުން ކުރަންޖެހުނީތާއެވެ. ބަޔަކު ކަމެއް ކުރިޔަސް ތިމާމެން ކުރި ކަމަކަށް ނޫނީ ވާކަމަކަށް ނުވާނެއެވެ. ބަޔަކު އެއްބައިވަންތަކަން އާލާކޮށްލަން ކެއުމެއް ބާއްވާލީމަވެސް ހަސަދަވީތާއެވެ. އެއީ މީހުނަށް ކާންނުލިބޭތީ ބޭއްވި ކެއުމެއް ކަމުގައި ހީކުރީތާއެވެ. ކަލޯމެންވެސް ހާދަހާ ގަމާރޭ ދޯ.... ތިއާގޮތަށް މާނަ ކުރާނަމަ، މީހުން ކައިވެނި ކޮށްގެން ޕާޓީ ބާއްވާފަ މީހުނަށް ކިޔަނީވެސް ކާން ނުލިބޭތީތާ.. ޖަމިއްޔަތުލް ޝަބާބުން ފުޓހުބޯލަ މުބާރާތޭ ކިޔާފަ މިބާއްވަނީވެސް ކުލެންދާނެ ބަޔަކު ނުވާތީ ނޫނެއްނު، ކުލޭނެ ބޯލައެއް ކުދިންނަށް ނުލިބިގެނެއް ނޫން. މިއީ އެކުވެރިކަން ބަދަލުކުރަން ކުރެވިދާނެ ކަންތައަތަކެއް. ހަމަ އެކަނި ތަލާތު މިވަނީ އެކަން ކުރާގޮތް

Anonymous said...

ރަށަށް ވަންނަހާ ލާރިތަކާ މުދާތަކާ ކާވާހަކަ އެހެން މީހުންގެ ބޮލުގައި އަޅުވާއިތު ތިމާމެން ކައިފަ ހުރީ ކިހާވަރަކަށް ބާއޭ ހިތައް އަރާ.. ކޮބާ ޒުވާނުންގެ ޖަމއްޔާގެ ލާރިގަނޑު. ކޮބާ އިސްދަރިވަރުންގެ ޖަމިއްޔާގެ ލާރިގަންޑު. ކޮބާ ސުކޫލުގެ ލާރިގަނޑު. ކޮބާ ރަށުއޮފީހުގެ ލާރިގަނޑު. މިކަންތައްތައް ރަނގަޅަ ތަހުޤީޤު ކޮށްލާފިއްޔާ އެނގޭނެ ކޮން ބައެއްކަން ކައިފަ އޮތީ. އެންމެ ރަނގަޅުވާނީ އިބްރާހީމް ޚަލީލު ކާރީ މިވާހަކަތައް އަހާލިއްޔާ. އޭރުން ހިސާހިތަކު ފުރިހަމަ ޖަވާބު ލިބިދާނެ.

Anonymous said...

kalo. thiya liyun ma ves kiyaafeemeve. theega ekuverikan aalaa kurumah thiyakahala kanthah nukurumah bunefa eh netheve. adhi li liyun e ee thikamaa hasadha laigen liyefa oi ehcheh kamakah nufene eve. aharenge visnumun miliyumugai bunefai eothy hama rangalhu vaahaka ekeve. rangalhu khiyaalekeve. rangalhu faadu kiyumekeve. miohfadha democratic zamaanugai ekan hajam nukurevuneethee dhera vameve.
then bunelan othy. mi liyumugai bunefai oiy ehchakaa thi comment gai bunaa ehcheh dhima eh nuve eh.
rangalhu vaahaka ekeve. kaaveni party baavvanee kaan nulibigeneh nooneve. ekamaku e ee 2 iru 2 dhalla ah thi gothah kuraa ehchh ves noon kan handhaan nathaa nulaasheve.
then shabaabuge football mubaaraathu ge vaahaka dhakkaa iru e ee ves thiya gothah abadhu abdhu koh ulhey kameh nooneve.
aharennah visney gothuga thiyaee konmeves beynumeh ovegen konmeves kameh haasilu kurumah kuraa kanthakeve.
mi liyumugai bunaa gothah2iru 2dhalha ah thiya gothah beykaaru kharadhu thakeh nukuriyas rangalhu gothugai heyo niyathakaai gen ulheynama rayyithunge support libeyne eve. DAWN jamiyyaa akee mihaaru ves rayyithunge medhugai maguboolu jamiyyaa ekeve. ekamaku thiya jamiyyaa ga ulhey vaki baehge sababun nan huthuru vanee eve. emeehun beynunvanee emeehunge ulhun hunna gothah jamiyyaa ves Hindumasheve.

nimmaalamun ves naseyhatheh dheynameve. liyumugai bunaahen thenves thigothah beykaaru kharadhu thakeh nukoh nilandhoo ah faidhaa kuraane kamo balaasheve. maa rangalhu vaane eve.

Anonymous said...

Faadu kiyunthah hajamu kurevumaa nukurevun mi blog ge heading balaaleemaaves ege eve.

Anonymous said...

rangalhu gothugai heyo niyathakaaigen kameh kurevey kama mivany kihineyveemabaa. ekuverikan aalakohlumuge gothun, haasa dhuvahe faahaga kurumuge gothun kuraa kantha mi rangalhu kanthaka mihaaru nuvaneethaa dho ehbayehge kaireega.

thanehga laariyehge massalaeh ovejjiya ibrahim khaleel ah ingayne dho. ekamu thimeehun ehaa bodu mujurimehge gothugai, hiyaanaiytheriyehge gothugai sifakuraa meehehge massala thahugeegu kuran beynun nuvanee keevebaa?????? konmes nubayeh konmes hisaabehga ebavey dho...

Anonymous said...

vara ottaru huri, binaakuranivi, dhekolhu jehigen buru hamavaa liyumeh hen heevey. bayaku kantha kuraagoiy thimaamena kamu nudhaniyyo. beykaaru haradhu nukuranviyyo. ekamu ei beykaaru, thimaa hiyhama nujehey kamakah viyasves thimaa eygen bayeh alhan dhaan ebajehey. engihureves beykaaru kankama hiyvaru dheveny. ekaku kuraa iruga anekaku hiyvaru dheny.... dhebaimeehunge gulhun ehenveema goahe nun

Anonymous said...

dheeneee dhuvaheh faahaga kurumuge gothun ehveaa gulhun badhahikohlla ehthasheemathee kaalumunves mivanee mibaimeehun kaireega goas. mibaimeehunaves ragalhuvaane kanneyge chrimasday kahala dhuvaheh faahaga kurinama. thiyaee hama zaathee hasadhain furigenvaa hiyaalu faalhukurumuge hadhhaa hudhoodhun beyruvefai oiy liyumeh. Dawn in faahagakuree hijree aa aharudhuvas feshumuge munaasabathu kanves mi beethainah neygunu viyya.