ނިލަންދޫގެ ވަގުބުއްދި (އިބްރާހީމް ޚަލީލު) ކަތީބުކަމެއް ޝިކާރަކުރުމުގައި އަވަދިނެތި އުޅެންފަށައިފިއެވެ. މިކަމެއް ފަޅާއެރީ މިކަލޭގެ ދާދި ފަހުން ޗުއްޓީއަށް ރަށަށް އައިސް އުޅުނު އުޅުމުގައެވެ. މިކަމުގެ ރޭވުން މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން ހިނގަމުން އަންނަކަމަށްވެއެވެ. ނިލަނދޫގެ ޢިއްޒަތްތެރިންކަމަށްވާ އެސްޖެހި ރައްޒާގުއާއި އަޙްމަދު ޝިޔާމުފަދަ ބޭބޭފުޅުންނާއި އަދި މިކަލޭގެއާއި އެއްފަދަ މާތް އަޚްލާގެއްގެ އެހެންވެރިންނާއިއެކު ބޭއްވި ސިއްރު ބައްދުލުވުމެއްގައި މިކަމުގެ ރޭވުންތައް ވަރަށް ފުރިހަމައަށް ރާވައި ކާށިޖެހިކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ވަގުބުއްދީގެ ސިކުނޑިއަށް ކަތީބުކަމުގެ ބުއްދި ވަނީ ޗޫކިދަމައިގެން ލިބޭއެއްޗަކުން މާލޭގައި ގެއެއް ކުއްޔަށް ހިފައިގެން ދެކޮޅު ނުޖެހޭތާނގައި ވައްކަންކޮށްގެންވެސް މިކަލޭގެ ބޭނުންވާ ވަރަށް އަޗާތަޅަން ލާރި ނުލިބޭތީއެވެ.
މި މާތްކަލޭގެ ވެރިކަމަށް ގެނައުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ދާދިފަހުން ރައްޔިތުން ކުރި ބުރަ މަސައްކަތުގެ އިސްވެރިޔާއަށް ހެދުމަށް ރޭވުނެވެ. އެހެނަސް ރައްޔިތުންގެ ތާއީދެއް ނެތުމުގެ ސަބަބުން މިކަލޭގެ އަށް އިސްވެރިކަމެއް ނުލިބުނަސް ރާވާ ހިންގާ ކޮމެޓީގެ މެންބަރެއްގެ ގޮތުގައި ކޮފިގަނެވުނެވެ. އެވެސް ފިސާރި އާދޭހެއްކޮށްގެންނެވެ. މިވަރުންވެސް ކަތީބުކަން މިކަލޭގެއަށް ފެނުނު ކަހަލައެވެ.
ރައްޔިތުންގެ މަސައްކަތްކުރިއިރު އެތަނުގައި ބޭރަށްހިންގުންޖެހި އަބަދު ދެކަމުއެކީ ރެވިފައިހުންނަ މީހެންހެން ދެކޮޅަށް ދެކޮޅަށް ދުވާތީ ފެންނަކަމަށް މަސައްކަތުގައި އުޅުނު ބައެއްފަރާތްތަކުން ހާމަކުރެއެވެ. އަދި ޚާއްސަކޮއް ދެއްކުންތެރިކަމެއް ދެއްކޭނެ ކޮންމެ ކަމެއް ކުރިމަތީވާއިރަށް މިކަލޭގެއަށް އެއޮށްވާ ގޮތެއްތާއެވެ. ހީވާނީ ނުކައި ބަނޑަށްއޮތް މޮޔަ ގެރިޔެއް ބުމަރެއްހެން އެނބުރޭހެންނެވެ. އަވަހަށް އެކަން އަތުލައިގަނނަންށެވެ. އޮފީހުގެ އަޑުގަދަ ކުރާ ހިފައިގެން މާ ކަންކަން ވާމީހަކަށް ހެދިގެން ދެކޮޅަށް ކެނޑޭތަން ފެނުމުން ބުނާކަށް ހީހީ ހަލާކުވާވަރުވެއެވެ. އެތާތިބި ބައެއް މީހުންވެސް އެކަމާ ހަޖޫޖަހާވަރުން ބަނޑަށް ހިނދޭކަމަށް ވެއެވެ.
އަދި މިކަލޭގެ ކަރާސިބުގެ މޮޅުކަން އެނގޭ ތޯއެވެ؟ ރައްޔިތުންގެ މަސައްކަތުގައި މީހުންތެރޭގައި ހަމަނުޖެހުން އުފެދޭ ދަނޑިވަޅުތަކުގައި ފީ ރާބޮންޖެއް ފިލާރައްކާވެއެވެ. އެކަން ހަމަނުޖެހެނީސް އެތަނުން ދެން ނުވެސް ފެނެޔޭ ބުނެއުޅެތެވެ. މަސައްކަތުގެ އިސްވެރިޔާ ރަފީޢު، ނުވަތަ މޫސާ އަޙްމަދު ނުވަތަ ޖަލީލުގެ މަސައްކަތުން ހަމަ ހަމަޖެހޭއިރަށް އެންމެންގެ މެދަށް އައިސް އަނގަ އަރުވަން ފަށައެވެ. "އަހަރުމެން ރައްޔިތުންގެ ޙައްގުގަ" އޭ ކިޔާ އަޑުގަދަ ކުރެވެ. ތަންތަނުގައި މާމޮޅުކަމަކަށް ހަދައިގެން މިވާހަކަވެސް ދައްކާކަމަށް މަގުބުއްދިއާއި ގާތް ޑަރޯގާއެއް ބުންޏެވެ. މަނިއްކޮޅާއެވެ. ވެރިކަމަށް އަންނަން ތިޔައީ ރަނގަޅު ވަގުޑޭލާއެކެވެ.
ކޮންމެ އަކަސް މަސައްކަތް ނިމި މިކަލޭގެއާއި މިކަލޭގެ އައުވާނުންގެ ފުރިހަމަ ރޭވުމުގެ ދަށުން މެޑަލް ޖަހަން މަސައްކަތް ކޮއްފައިވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހުނު ޖަލްސާގައެވެ. ބުނާކަށް ނިކައްވަރުގަދަ އެޖެންޑަރއެއް ތައްޔާރުކުރިއެވެ. މަޝްހޫރު "ކުޑަދަށު އެޖެންޑާ" އެވެ. އޭގައި މިކަލޭގެ އަށް ބައިއަތު ހިފައިގެން ތިބި ޢިއްޒަތްތެރިންނާއި ޚުދު މިކަލޭގެ ވެސް ވާހަކަދައްކަން ހަމަ ޖައްސާފައި އޮތެވެ. މަސްތު ބުއްދި ވާހަކަ ދެއްކުމަށް ހަމަޖެހިފައި އޮތީ ކަތީބު އާއި ބެހޭގޮތުންކަމަށްވެއެވެ. މަސްތުބުއްދިއަށް ކަތީބުގެ އިތުރުގަޑި ޖައްސައިގެން، އެކަމުގެ ވާހަކަވެސް މާމޮޅުކަމަކަށް ހަދައިގެން ދެއްކުމަށް ފީޑުކުރީ މި ވަގުބުއްދިއެވެ. ކަތީބުގެ އިތުރު ގަޑި އޮންނަގޮތް ނެއިގުނަސް މި ކަލޭގެއަކީވެސް ކުރިން ކުޑަ ކަތީބުކަމެއް ކުރި ގޮލަޔެކޯލައެވެ. ވަގުބުއްދިއަށް އެޖެންޑާގައިވާ ގޮތުން އޮތީ މަސައްކަތުގެ ރިޕޯޓު އިއްވުން ކަމުގައި ވިޔަސް ޖަލީލުއާއި ބެހޭ ސިއްރު ވާހަކަ ކޮޅެއް ދެއްކުމަށް ރާވާފައިވާކަމުގެ މަޢުލޫމާތު ލިބެއެވެ. ސަޓަނިގަނޑު މޮޑެވޭނެކަމަށް ހިތާ މި އެޖެންޑާ ހަދައިގެން މި އާލާތްގަނޑުގެ ހައްޓަކު ހެޔެއް ކައްޓަކު މަހެއް ނާރަކު ލެޔެއް ނެތެވެ. ގުއިތަފާމަތީ ދަނޑިން ތަޅަން ނިކަން ގޮސްބަލާށެވެ. ގައިމު އެއްކަމެއް ނުވިޔަސް އަމިއްލަ ގަޔަށް ތިކި ބުރާނެއެވެ.
މިއާލާތްގަނޑު ސްޓޭޖުމައްޗަށް އެރުވުމުން ފެންނާނެ މަންޒަރުތައް ސިފަކޮއްލާށެވެ. ރަށު އޮފީހުގެ އެޖެންޑާއެއްގެ ދަށުން ޖަލްސާ ކުރިޔަށް ދާގޮތަށް ހަމަޖެހުމުން ރަތް އަނގުރުގަނޑަކަށް މިކަލޭގެވެސް ވެއްޖެއެވެ. ކަތިވަޅި ގެއްލި މަރިޔަނބުވެސް ގެއްލުނު ކަހަލައެވެ. ކަތީބުކަން ލިބިލިބި އޮއްވައި އެ ފުރުސަތު ގެއްލިގެން ދިޔައީމައެވެ. މިކަލޭގެއާއި އަދި މިކަލޭގެއަށް ބައިއަތު ހިފައިގެން ތިބި ފަރާތްތަކުގެ ރޭވުމުގެ މަތިން ޖަލްސާ ގަޑުބަޑުކުރަން މަސައްކަތްކޮށް އެކަންވެސް ޗޮކަކުން ދިއުމުން އެއޮއްއައި ރުޅިޔެކޯލައެވެ. މިކަލޭގެ ޖެހި ގުއިރޯނުގައި ނިލަންދޫގެ ރައްޔިތުން ނުޖެހުމުން ޖަލްސާ ނިމިގެން ރަށްމެދަށްގޮސް ނުފެލޭކަށް ހަޅޭކެއް ނެތެވެ. "މިފަހަރު ވަރަށް ގިނަ މަޢުލޫމާތު ލިބިއްޖެކަމާއި ނެޓަށް ލާނަން" ކަމުގައި ކަރުބުޑުން ފެލިއުޅެތެވެ. އަޅޭ މީދެ މަރުކޮހާއެވެ. ކަލޭ ކޮންމެ އެއްޗެއް ނެޓައްލިޔަސް ބައިޑަރޭވެސް ހީވާނެ މީހަކު ނިލަންދޫގައި އުޅޭ ހެއްޔެވެ؟
ކަތީބުކަން ނުލިބިގެން ތިހާ މޮޔަބޮޑޫވަންޏާއި ތިޔައުޅޭ، ފާފު އޮބްޒާވާގެ ޑަރޯގާ އިމާމުން (ފޮޑި) ޓީމުގެ ބޮޑު ކަތީބުކަން ކަލެޔަށް ދީފީމެވެ. މިހެން ބުނީމާވެސް ތިޔައައީ ހާދަހާ ހިންޏެކެވެ. ގޮމަޔާ ކޮލުދަތަށް ދާންދެން ތިހިރީ ފެންނާށެވެ.
ކަލޭގެ ޕާޓޭއިން ބުނާހެން . .... ދެން ލަލަލާ އަދިވެސް ލަލަލާ
ނުނިމޭ – ދެން އޮތްބައި ....... ކަތީބުކައް ވަގުބުއްދިއަށް ލިބިދޭންޖެހޭ ސަބަބުތައް ........

14 comments:
Shukuriyya.. migothah viyas mashah katheebukameh libenikoh emme rangalhu.
kaleymen nah neygunas mashakee raeesul jamiyya evves me ehnu. ethanuge laari gandu mihaaru kommes varakah athu eba jehey. adhi rangalhah meehunge bo kaanulevigen miulhenee.
kekeke haadha fakkaa katheebekey dho. konmehen ves kathyb kamah gennan jeheyne. keke
meedhe fadageriyaa kaleythi hiree manikushi araafadho noonee jaleeluge heesi bovifadho thiahaa alhuvethi vaakah nuvaane meedhe lunchaa kaley thivarun noolhunas jaleelu kaireega rey kurevidhaane kaleyge heesi jaleeluah boan dhevidhaane reaku dhefaharu thiliumah dheyn oy khiyaalekee mee
aharumen mikiyaa ehchehi eothy fennan. emeehunge fenvaraa akhulaagu ge reethi kan mi comment in eba ingey. meehaku ehchekey bunaa irah redve 2loa nikkuri ah thi araneee.
antiFO ga liyanee hama rangalhah. theega noolhey sahalu ekaku ves. thimaamen jaleel aa ehen meehunnaa kiyaafa kihaa ehchisseh liyamu thua, kihaa ehcheh liyamu tha. ekamaku thiyakahala ehcheh nukiyaa emeehunneh.
then thimeehunney kiyaafa ehchekey buneema thee vaa varakeee. konme ehchehche bovigen ulhunas adhi kevigen ulhunas antiFO ga eothy hama rangalhah bunefa.
thee hama Soholun thakeh.
aslu ves mee haadha gotheh fotheh ves neiy baekey. avaguraana govaa hisaabakah dhaakah nuje ennu. emeehunge aslu soora e ingenee. bune ulhe ennu baegge aslu soora ingeynee rulhi aruvaaleema ey. mi meehun kihaa dhuvaheh vejjebaa mees meehunge mas kaigen ulhey thaa. meehunnah balhah himaarah kuthaa ah janavaarah govaagen ulhey thaaaa. meehunnah vagah govaathaaa. ehen meehaku ehchekey buni irah ethibee vaa varu.
vagu buhdhi ah haadhavarekey thivee dhoa. kaley heekuree kaley kuraa adhi koffai huri sirru kanthah thah ehen meehun nah neygeyne kamahtha? bunan ekanthah neygey baivaru meehun ebathibi. ekamaku aharumen ummeedhu kuran misituge eheega f. atoll ge hurihaa emmenah ekankan engigen dhaane kamah.
antifo ge hinguntherin nah hama saabas. thiulhey hurihaa alaathun beyzaaru kollaathi.
aharumen nah engey ehchehves mi sitah fonuvaanan. mi ulhey FODI teamun dhahkaakahala dhogu vaahaka thakeh noon mi situga miothee. adhives shukuriyya
avaguraana amilla akah liyefa eyaa idhikolhaves coment thi dhenee ehbaeh. thiyaee thi meehunge faadu. tiya ulhey hurihaa alaathunnakee defuhkeherin dheboagerin. Tiya jaleelu hama Maumoonah sana kiyaafa DAWN ge jalasaaehga Maumoonasha DRP ah ehchihi keee. ekahala munaafigu dhefukkeheri dhebo gerieh aeee.
keke, ey balaga meendha vaanuvaa neyngey hikanjaa. DAWN jamiyya akee kaleymen thi heekuraa kahala jamiyyaa eh noon. kaleymen thi ulhenee kaleymenge goi gandu ejamiyyaa thereyga ves fathuran. hama hilaa ehen viyaka nudheynan.
anekkaa ves gos konmeves meeheh athun olhuvaalaagen laari gandeh kaalevey tho balaa. kaleymennah vaanee hama evaru. thi ulhenee hama nilanhoo ge verikan nulibigen. ekameh nuvaane dhuvahaku ves. then lalalaaaaaaa
DAWN jamiyya akee rashuge ehen jamiyya thaka thafaathu rayyithunnatakai ragalhu kanthah thakeh kurevidhaanefadha layaagathaa gaabiliyyathu libigenvaa jamiyya ehkamun ekamuge hasadhu jaleelu aa jaleeuge auvaanun edhanee filuvamun. DAWN jamiyya badhunaamukoh aguvattaalumah jaleelu adegaihure bayakah faisaa dheegen baaraa nufoozun mikan kuramun dhaakan neygey meehaku heeehnuvey ulhey hene. THiyabeyfulhun kithame varakah thiya masaiykai kuriyas nikuiy konme maidhaanehggai kuran kurimathili konme kamakun DAWN dhaaneee kaamiyaabu hoadhamun.
balaga thiya bunaa dawn jamiyyaga ginain thibee jaleeluge meehuneh noontha? beyfulhaa kaley haadha marukohey. jaleelu dawn akai nujehey adhi nuves jeheyne. dawnge madhubayaku jaleelu ai jassalaigen thi ulhenee. verikan nulibigen vaanuvaa neygigen.
thihenves vaane. thigothugaives dhuniyeyga ulheveytho balaathi, ingey.
Rayyithunge masahkathuvaahaka dhakkaairu mifaharuge masakkathugai rashuge rayyithun jaleelu aa moosaa ahumadhaa dhemeehunnah oih thaaeedhu haamavey. ekan enme bodah haamavanee maskkaih nimumun rashu ofeehun ejendaakohgen beyhvi tiyabunaa furihama jalsaain.rashuge verinnah isthiufaaah govaa finihippevun nuhippavaa rayyithun dhiumun oih thaaeedh dheyhavey. bunan nikamethi rafeeah oivvaruge thaaeedhehvesneth. ethaaeedheh jaleelumennah dhuvahakuves dhen nulibeyne. jeheynee gommushuge beynunkuran. kureveynee hudhumuhuthaaru verikan.
Jaleeluvaruge BODAA KIBURUVERI meeheh masheh nudheken. jaleelunooniyyaa ehcheh en'gey meehaku thaneh dhoreh olhunfilaameehaku neth. jaleelah fennagoth e ee enme ran'galhugoth. jaleelu gaboolukuraagothugai enme rn'galhah visnenee jaleelah. ehenmeehunge visnumakee uni visnumeh. atholhu ofeesves, rashu ofeesves, atholhustoaruves, thauleemee marukazuves, sihhee marukazuves, koatves hingan en'genee hamaekani jaleelah. adhi ethanthan hingan jeheyneeves jaleelu bunaagothah. MIHURIHAA KAMAKAA DHAULAKI LAAN HADHAIGEN RASHUGE HURIHAA KAMEH MIHAARUVANEE BOSSUNLAIGEN GOSFAI. MIKAMUGAI NILANDHU HALAAKUVEGENCDHAAIRUVES BEYNUNVANEE JALEELUGE BAARUGE DHASHUGAI HURIHAA KAMEH BAAVVAN. DHOONUKOH BAGUDI BADDHAIGEN ONNAN. VEEIRU RASHUGE VERIKAMAH DHAHIVEGEN, VERIKAMAAHEDHI MOYAVEGEN ULHENEE KONBAEHKAN EBA EN'GE ENNUN. ( nilandhoodharieh )
aan thibunaa rayyithunge bahdhaluvumugai valho raagakah masthu buhdhi katheebu isthiufaa ey govali. ekahala meehunge govun thah aduahaa meehaku nilandhoo fasmatheegai ulheytha?
dhen thibunaa reyga finihippevumah genai thakethi husvikan neygey dho? gaimu moosa ahmed ai jaleelu kaigenneh noon.
bunan angahulhuvaigen vaahaka dhahkaanee dhehken oi nama.
isthiufaa ah nugovaakamakah nuvaane. finibuimah vanee jaleelumennaaeku 12 firihenun. thankolheh ginain anhenunvain. meedho thiyabunaa nilandhooge rayyithunnakee? vagah gendhiyaimaa baakee ehcheh nuhunnanedhoa? neelan kiyaigen libunu faisaaves ehves liyumehgai nuliye lee amilla jeebah viyyaa.
Post a Comment