Tuesday, January 29, 2008

ފ.އަތޮޅު ރައްޔިތުންގެ ފެންވަރަކީ އެއްޗެއް ކަޅެއްތަ؟


ފ.އަތޮޅު ރައްޔިތުންގެ އަގަކީ އެއްޗެއް ކަޅެއް ކަމަށް ފާވެގެން މިއުޅޭ ފޮޑި ޓީމު ކަލެއް ކަމަށް ދެކިގެން އުޅޭ ޙަމްޒާ އަނެއްކާވެސް ބުނެފި އެވެ. ޚާއްޞަކޮށް މިކަލޭގެ މިބަސް ރައްދުކޮށްފައިވަނީ ނިލަންދޫ ރައްޔިތުންނަށް ކަމަށް އެންޓި އެފް އޯއަށް ޔަޤީން ކުރެވިފައި ވެއެވެ. ޙަމްޒާ މިވާހަކައެއް ދައްކާފައިވަނީ މީގެ ދެރެއެއް ކުރިން ބަޔަކާ ވާހަކަ ދައްކަމުން ފ.އަތޮޅު ރައްޔިތުންގެ ފެންވަރު އަންގާ ދިނުމުގެ ގޮތުންނެވެ. މިއީ މިކަލޭގެ މިހެން ބުނި ދެވަނަ ފަހަރެވެ.


އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖުލިސްގެ ގޮނޑި ކާމިޔާބު ކުރުމަށްފަހު، ދުވަސްކޮޅެއް ފަހުން ބުނެފައިވަނީ ފ.އަތޮޅު ރައްޔިތުންނަށް ކަޅު ސައިތައްޓެއް ދިނުމުން ބޭނުން ކޮންމެ ކަމެއް ފަސޭހަ ކަމާއެކު ކޮށްލެވޭނެ ކަމަށެވެ.


މިކަލޭގެ ވާހަކައިގާ އޭނާ އަށްޓަކައި ގުރުބާން ވާނެ ބަޔަކު މިހާރުވެސް ރަށްތަކުގައި ތިބޭނެ ކަމަށާއި އެއްވެސް ކަމަކާ ހާސްވާން ނުޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އަދި ޕަޕެޓްތަކަށްވެސް މާބޮޑު އެއްޗެއް ނުދޭ ކަމަށާއި ވީއޭ ހޮޓަލަށް ވައްދައި އެއްޗެއް ކަޅެއް ދިނުމުނ ތިބޭނީ ވަރަށް ހިނިއައިސްފައި ކަމަށް ބުނެފައިވއެވެ.


އަދި އިތުރަށް މިކަލޭގެ ބުނެފައިވަނީ ފ.އަތޮޅުގެ މީހަކު ލޮލުކޮޅުން ފެންނަ އިރަށް ސަލާން ގޮވާލުމީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާއި އެއީ އޭނާގެ ހިތް ހެޔޮކަން އަންގާދިނުމަށެވެ. އަދި އޭނާގެ އަތުގައި ފައިސާތަކާއި ޑޮލަރުތަކާއި ރިސޯޓްތަކާއި އެހެނިހެން ހަރު މުދާތައް ހުރިހާ ހިނދަކު ފ.އަތޮޅު ރައްޔިތުންނަށް އޭނާއާ ދިމާލަށް އެއްޗެއް ބުނަން ނުކެރޭނެ ކަމަށާއި ދެންވެސް މަޖުލީސްގެ ގޮނޑިއަކަށް ކުރިމަތި ލައިފިނަމަ ހޮވޭނެ ކަމަށް ބުނެފައިވެއެވެ.


3 comments:

Anonymous said...

aslu ves hamza hiyheyo kamu hedhigen ulhey boda meehen. rayyitun beinunva kanthan kondhinuga jehilunvaa beifulhen. hamza ge mudhaa gandaky rayyithunge enchen noon, ekamaku majlis memberakan hunna iru rayyithunnan konmeves sifa enga eheetheri vedheyn jeheyne. mulhin ehee therei nuve ey nudhenneveyne. ekamaku hamza kaarin ehee en hoadhumee lakka undhagoo kamen.

Anonymous said...

nooney, ehee dhey faraithakah ekeedhey. misaalakah nilandhoo in abdul razzaq ah eheevey. ekamaku ehen meehun nah vanee happudu ehee. evves rashehge rayyithakah kohdhin kameh mihaa hisaabakah ney. liyumugai vaahen varah hevifa salaam kurey. salaam goveema e ee manaaveganegen nuvaanekamakah vaathee ginabayaku salaam kuranee.

Rayyithun nah eheevumuge badhalugai vaki vaki farudhunnah hamzage eheevumuge policy akee hamzaa ah f.atollgai support gellemun dhaakameh.

Anonymous said...

hamza ah heevanee f.atoll ga thibeee eulhey Daroga team ekani kamah. adhi f.atoll ge mihaaru hingamundhaa gina hamanujehun thakuga hamza ge atheh vey. emeehun konme kameh kurumuga ves hamza ge lafaa hoadhaagen hamaza bunaa gothakah ekameh kuanee. hamza akah nukereyne mee dhogekey bunaakah.