Thursday, May 1, 2008

އެފްއޯއިން ޚިޔާނާތްތެރިންނަށް ސަޕޯޓުކުރާކަމަށް އިއުތިރާފުވެއްޖެ

ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ހަމަހަމަކަމާއި، އަދިވެސް އޮތްހާ ރީތިވި ސިފަތަކެއްގެ ނަމުގައި ތެދުވެ ރައްޔިތުންގެ ޙައްޤުތައް ދިފާޢުކުރުމުގެ ނަމުގައި ވާހަކަ ދައްކާ ޚާއިނުންގެ ސޫރަ އަމިއްލައަށް ރައްޔިތުންނަށް ދައްކުވައިފިއެވެ. މިކަން އޮޅިގެންނަމަވެސް ދެއްކިފައިވަނީ ފ. ފީއަލީގެ ކުރީގެ ކަތީބަށް ކޯޓުން ޙުކުމްކުރި ވާހަކަ ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމަށް ލިޔެފައިވާ ލިޔުމެއްގައެވެ.


މަހާ ޗޯރުންގެ ލިޔުމުގައި ޒާހިރުގެ މައްޗަށް ޖިނާޢީކޯޓުން ޚިޔާނާތުގެ ޙުކުމެއް އިއްވާފައިވެއެވެ. ހަމަ އޭގެ ފަހަތުން ޒާހިރުގެ މާތްކަމާއި ޚުލްގު ހެޔޮކަމާއި ރައްޔިތުންނާއި ގުޅޭކަމުގެ ވާހަކަވެސް ދައްކާފައިވެއެވެ. ކޯޓުން އެކުރި ޙުކުމަކީ ޒާތީގޮތުން ބަޔަކު ޖައްސާލި ޖައްސާލުމެއް ކަމަށްވެސް ލިޔެ ރައްޔިތުންގެ މިފަދަ ބަތޮލެއްގެ ސަލާމަތަށް ރޮއިހޭރި އާދޭސް ކޮށްފައިވެއެވެ. އަދި ޒާހިރު ކޮށްފައިވާ ޢަމަލަކީ ރައްޔިތުންގެ ހެވާއި ލާބަޔަށް ކޮށްފައިވާ ކަމެއްކަމަށް ބުނެ މުޢާވިން ޖަލީލު ކުއްވެރިކޮށް އަމިއްލައަށް ކޮމެންޓުކޮށްފައިވެސް ވެއެވެ. އަދި ކޯޓުގެ އެޙުކުމަކީ ސީދާ ޖަލީލުކުރި ޙުކުމެއްކަމަށް ލިޔެފައިވެއެވެ.


މި ލިޔުންކިޔާފައި ބުނާކަށް މިބައިގަނޑުގެ ގަމާރުކަން ހިތަންއަންނަވަރުން މި އިނދެވެނީކީ ނޫނެވެ. އަދިވެސް އެތިބީ މީގެ މީގެ މިލިޔަން އަހަރުކުރީގެ ޖާހިލުންގެ ޒަމާނުގައި ވިއްޔާއެވެ. ސަރުކާރާއި އިނދިކޮޅަށް މިއަދުގެ ކޯޓުތަކުން ޙުކުމް އިއްވާކަން މި އާލާތުންނަށް ފަހެ އަޑުއިވިފައި ނުވަނީ ތޯއްޗެކެވެ. އިންފޮމޭޝަން މިނިސްޓްރީ އެޓޯލްސް މިނިސްޓްރީ ހެލްތް މިނިސްޓްރީއާއި އިނދިކޮޅަށް ކޯޓުތަކުން ޙުކުމް އިއްވާފައިވާކަން އިވިފައިވިޔަސް ތިބަގައަށް ވާނުވާ ނޭނގިދާނެކަން އެންޓިއެފްއޯއަށް އެނގެއެވެ. ޖަލީލު ބޭނުން ގޮތަކަށް ޒާހިރުގެ މައްސަލަ އެނިމުނީ އެތަންތަނުގައި ތިބި މީހުންވެސް ޖަލީލުއަށްވުރެ ބާރު ދަށީތާއެވެ. ޖަލީލުގެ އަންބޮޑިއަށް އެވަރަކުން ކަލޭމެން ވަންނަން ތިއުޅޭ ސަބަބު މިހާރު ވިސްނިއްޖެއެވެ.


އަދި މަޖާކަމަކީ އެޒާހިރު ސަރުކާރުގެ ވަޒީފާގައި ހުރިއިރު ބެވި ބެވުންތައް ހަނދާންނެތުނީމައެވެ. އޭރުގައި ޒާހިރުއަށްވުރެ ނުލަފާ ރައްޔިތުންނާއި ނުގުޅޭ، ޚިޔާނާތްތެރި މުޅި ފ.އަތޮޅުގައިވެސް ނެތޯލައެވެ. ޚިޔާނާތްވެގެން ކޯޓުން ޙުކުމް ކުރާއިރަށް ޒާހިރުގެ ޖީބަށް ވަތްލެއް ކިހާ އަވަސް ހެއްޔެވެ؟ ރައްޔިތުންގެ ފައިސާކައި ހުސްކުރުމަށް ހިތްވަރުދޭކަން އެއޮތީ ސާބިތުވެފައެވެ. ކަލޭމެންގެ އައުވާނުންނަށް ބެލިޔަސް އެކަން އެއޮތީ ފެންނާށެވެ. އިބްރާހީމް ޚަލީލު، އެސްޖެހި ރައްޒާގު ފަދަ މީހުންނަކީ އޭރުވެސް މިހާރުވެސް ރައްޔިތުންގެ މުދަލުން ކައިއުޅުނު ބަޔެކެވެ. ދެން އަލީމު، ކުޑަދަޅޭ މި މީސްމީހުން އެކިމީސްމީހުންގެ ފައިސާކެއިވަރެއް ނުވެސް އެނގެއެވެ. ލަނޑަޔާ ހަމަވާނީ ލަނޑަޔާއެވެ.


ޚިޔާތުން ފުރިފައިވާ މަކަރުވެރިޔަކު ހުރިއްޔާ އަވަހަށް ޓީމަށް ވައްދާނެކަން ތިއޮތީ ސާބިތުވާށެވެ. ދެން ގޮސް އަންނި ފުލުގައި ދޫލާށެވެ. އެއީ ނިލަންދޫ ރައްޔިތުންގެ އިންޖީނެއް ކައްވާލަން މަސައްކަތްކުރީތީއެވެ. ގުއިއެދުރުންނަށް ތިޔަހެން ތިބެ ކިޔޭނުކިޔޭ އެއްޗެއް އެނގޭ ހެއްޔެވެ.

12 comments:

Anonymous said...

ehenveeru dhen thilhaa jaleeluge ohbodeega agajahaigen boalaboala boalaa ovey thivaru nuhvas egey thee firihen kulhee lhaaeh kah .

Anonymous said...

meedhe hudhukuhthaa yaa mihaaruves jaleelu e ulhenee nilahdhuah libey hurihaa enchen badualhaigen ranyithunge laarigadu kahvailagen elhaa hithun elhaa vareh neh thiaa laathun nah meehakah viyas aee lhohen nukiyavaa huri jaahileh hurihaa enmmen ves ehbas vaane dhen eynayah verikamuga hureveynee thiya baigadu bunihaikameh kon dheegen ehennoonee thiaalaathun dhen nukunnaanee eynaa faleehay kurah mihaaru jaleeluathaku rasheedhaa athaku noannaae thiaalaathun nah nufenna enchen nukuraakameh mikah nulahdhoo hurihaa ranyithunnah egi saabithuve higanjje

Anonymous said...

ހުދު ކުއްތާއޭ. ކެކެކެ އަދި އާވައްތަރެއްގެ ކުއްތާއެއް ތިޔަބުނީ. ތިހެންތިޔަބުނީ ކޮން ކުލައެއްގެ ކުއްތާއެއްބާ؟ ރަތްތަ؟ ރީނދޫތަ؟ ނޫނާ ކަޅު ނުވަތަ ނޫ ކުއްތާއެއްތަ.... ހެހެހެ ނިކަށް ބުނެލައިގެން އުޅެލަބަލަ.
އާނ ތިދބުނީ ދޮގެއްނޫނޭ. ޖަލީލުއަކީ މާމޮޅަށް ކިޔަވައިގެންހުރި މީހެއްނޫން. އަދި މާގިނަ ފާސްތަކެއްވެސްނެތް. ދެން އެކަމަކު އެހެން މީހުންނާ ދިމާލަށް އެހެން ކިޔަންވާނީ ތިމާއަކީ އެހެންމީހުންނަށް އެއްޗެކޭ ބުނެވޭ ފެންވަރުހުރި މީހެއްނަމަ. އަނެއްކާ ތީނލަންދޫގައި ހުރި މާސްޓަރސް ހޯލްޑަރ އެއްބާ؟ ނޫނީ ޑިގްރީވިޔަސް ނުވަތަ ޑިޕްލޮމަ ގަނޑެއްވިޔަސް ހަދައިގެންހުރި ކަލޯއެއްބާ؟ ވެދާނެ ވަރަށް މޮޅު ސޮރަކަށްވެސް ދޯ.

Anonymous said...

ކުލަކުލައިގެ ކުއްތާގެ ނަންތި ގޮވަނީ ތިޔައީ ކުއްތާއަކަށް ވީމާކަން ޔަގީނެވެ. ޖަލީލުގެ ފާހެއް ނެތްތާނގައި ތިޔައުޅެނީ މަހިތުން މުޅިގައިވަށައިގެން ސެޓްފިކެޓްތައް އެލުވައިގެން ދޯއެވެ.
އަޅޭ ބުރިޔޭކިޔަން އުޅެ. ކަލޭމެން އަތުގައި އޮންނާނީ މުޅިންވެސް ވައްކަމާއި ޚިޔާނާތުގެ ސެޓްފިކެޓް، ކުޑަކުދިން ފެޅުމުގެ ސެޓްފިކެޓް، އެންމެ ގިނަ އަންހެނުންގެ ފަހަތުން ދުވުމުގެ ސެޓްފިކެޓް ކަހަލަ ތަކެވެ.
އެކަމަކު އެވަރުންވެސް އަދިވެސް ފިރިހެންކުޅި ކުޅޭނެ މީހަކު ނުވެގެން ތިޔަ ތެޅިބައިލަނީތާއެވެ. ހިތްރުހުމުން އަންހެނަކުވެސް ނުވަނީ ކަލޯމެންގެ ތިޔަހުރި މޫރިތި ސިފައަކާއި އަޚުލާގެއްގެ ސަބަބުންނެވެ. އަދި ފިރިހެނަކުވާނެ ހެއްޔެވެ.

Anonymous said...

ޚިޔާނާތްތެރިންނަށް ސަޕޯޓް ކުރާވާހަކަ ލިޔާއިރު ޒާހިރު އެމަގުން ހިނގުމަށް މަގުފަހިކޮށް ދިނީކާކު؟ ދެވަނަ މީހެއްނޫން ޖަލީލު. އަތޮޅު އިސްޓޯރާއި ފީއަލީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާކަން ޖަލީލުއަށް އެނގިހުރެ ހިހާ އިޚުތިޔާރަކާއި ބާރެއް ޒާހިރަށް ދީގެން އެކަން ކުރުވީ ޖަލީލު

މިހުރިހާ ގަނޑެއްގަނެ ޒާހިރު ގޮޅިއަކަށް ފައްތާފައި އަތޮޅު އޮފީހުން މައްސަލަ ބަލާ އެޓަނީއަށް ފޮނުވާ ސަރީއަތްކޮށް ޒާހިރަށް ހުކުމް ކުރުމުން ތީ ތިމަންނަ ދެނަހުރި ކަމެއްނޫނޭ ބުނެ ފީއަލީމީހުންގެ ލޮލުގައި އަނދުން އަޅުވަން މަސައްކަތް ކުރިޔަސް އެކަން ޤަބޫލުކުރާނީ މިހާރުކާކު؟ މިހާރުތިބެނީ ގަމާރުންނެއް ނޫނިއްޔާ

ތީތިމަންނާއަށް އެނގިގެންވީ ކަމެއްނޫނޭ ޒާހިރު ސަލާމަތްކުރަން ކުރެވެން އޮތްހާ މަސައްކަތެއް ކުރާނަމޭބުނެ ފީއަލީމީހުންގެ ރުހުންހޯދަން މަސައްކަތް ކުރިޔަސް އެކަން ޤަބޫލުކުރާމީހަކު މިހާރަކު ނެތެވެ

އަތޮޅު އޮފީހުން މައްސަލައެއް އެޓަނީއަށް ފޮނުވާއިރު ޖަލީލުއަށް އެކަން ނޭގިއޮންނާނެކަމަ ޤަބޫލުކުރަނީކާކު؟ މިހާރަކު އެމީހަކުނެތް. އެކަން މިހާރުއޮތީ ރަފީޢުކުރިކަމަކަށް ހަދާ ރަފީއުގެ ބޮލަށް ބިންދާލާފައި. ޖަލީލު މިގޮތަށް ފީއަލީމީހުންގެ ގާތުގައި އެވާހަކަ ދެއްކުމުން ރަފީއު ފީއައްޔަށް އަރައިފިނަމަ ދުވަސް ދުއްވާލާނެކަމަށް ވަނީ އަންގާފައި

ފީއަލީ ރައްޔިތުންނަށް ބުނެލަން އޮތްވާހަކައަކީ ތިހުރިހާ ރޭވުމެއްރާވާ ޒާހިރަށް ތިޔަލަނޑު ދީނީ ދެވަނަކަ ދެމީހެއްނޫނޭ އެއީ ހަމަ ޖަލީލޭ. މިހާރު ޒާހިރު ސަލާމަތްކުރާށޭ ކިޔައިގެން ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނަކީ ހީލަތްތެރި ރޭވުމެއް. އަތޮޅުއޮފީހުން އެއްވެސް މައްސަލައެއް ޖަލީލަށް ނޭގި ބޭރެއް ނުވާނެ. މައްސަލަ ދާންވީ ހިސާބަށް ދިޔައީމާ ތިމަންނާ މިއުޅެނީ ޒާހިރު ސަލާމއތްކުރެވޭތޯ ބުންޏަސް އެކަން ޤަބޫލު ނުކުރާތި އެއީ ހަމަ ފީއަލީ ރައްޔިތުންގެ ލޮލުގައި އަޅުވާ ކަޅުކުލަ ގަދަ އަނދުނެއް. ފީއަލީ ރައްޔިތުން ހޭއަރާތިބޭތި

Anonymous said...

ޒާހިރުއާއި ތިޔަބުނާ ފިހާރައިގެ ތަކެތި ޙަވާޅުކުރީ ޖަލީލު ކަމަށްވެދާނެ. އެކަމަކު ޒާހިރު ޚިޔާނާތްތެރިވުން އެއީ ޖަލީލުގެ މައްސަލައެއްބާ؟ އެއީ ޖަލީލުގެ މައްސަލައެއްކަމުގައި ވާނަމަ އެއްވެސް މުވައްޒަފަކު އެމުވައްޒަފު ކުރާ ވިޔާނުދާ ޢަމަލުތަކުގެ ޒިންމާ ނަގާކަށް ނުޖެހޭނެ. ނަގަންޖެހޭނީ އެމީހަކާއި މަސައްކަތް ޙަވާލުކުރި ފަރާތުން. އެއީ ތި ބުނެވޭ އެއްޗަކީ...

ތިކަހަލަ ހަމަނުޖެހޭ ވާހަކަ ނުދައްކައި މަޑުންތިބެ. މި އިންވެސް ދޭހަވަނީ ކަލޭމެންގެ ފަލްސަފާއާއި އެއްގޮތަށް މަސައްކަތްކުރާ ފަރާތްތައް ކަލޭމެން ދިފާޢުކުރުމަށް ދެއްކުނުހައިވާހަކައެއް ދައްކާނެކަން. ތި ލިޔުނު ކޮމެންޓުންވެސް ދޭހަވަނީ ޚިޔާނާތްތެރިންނަށް ކުރަމުންދާ ސަޕޯޓް

Anonymous said...

ޚިޔާނަތްތެރިންނަށް ސަޕޯޓްކޮށް އެހީތެރިވަނީ ކާކުބާ؟

އިބުރާހީމް ޚަލީލު އަތޮޅު މަދަރުސާއިން ހަތާވީސްހާ ރުފިޔާ އަށް ޚިޔާނަތްތެރި ވީމާ ނިލަންދޫ ކުޑަކަތީބުކަން، އަލީއަޙުމަދު އެސް. ޓީ. އޯ އިން އެތައްލައްކަ ރުފިޔާއަށް ޚިޔާނަތްތެރިވެ ބާވީސް އަހަރަށް އަރުވާލައި އަބުދުﷲ ޙަމީދުގެ ޝިފާރިސް ލިބިގެން ސަލާމަތްވުމާ އެކު އަތޮޅުވެރިޔާގެ އެހީތެރިކަން، ދަރަބޫދޫ ކަތީބު އިބުރާހީމް މުހައްމަދު (މިހާރު ނިޔާވެފައި)އެރަށު މިސްކިތް އަޅަންދިން ފައިސާއަށް ޚިޔާނަތްވީމާ އަތޮޅުގެ ޖަލީލުއާ އެންމެ ގާތްވެރިއަކަށް ބެހެއްޓުން، މަގޫދޫ ސައުދު ޓްއަރިޒަމް މިނިސްޓްރީން އެތައްލައްކަ ރުފިޔާގެ ޚިޔާނަތްވީމާ އަތޮޅު އޮފީހުގެ ސެކްރެޓަރީކަން. ފަހުން މަގޫދޫ ކުޑަކަތީބުކަން، ބިލެއްދޫ ކަތީބު އަބުދުލްޤަނީ ދޮޅުލައްކަ ރުފިޔާއަށް ޚިޔާނަތްވީމާ ބޮޑުކަތީބު ކަމަށް، މިހާރު ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާ، ފީއަލީ ޒާހިރު އަތޮޅުސްޓޯރުގެ އެތައްހާސް ރުފިޔާގެ ސިމެންތިއާއި ލަކުޑި ކަޅާކޮށްލީމައި ކުޑަކަތީބުކަމުން ކަތީބުކަމަށް، މިނޫންވެސް އަތޮޅުގައިތިބި ޚިޔާނަތްތެރިން ގާތްކޮށްގެން ގެންގުޅެނީ ޖަލީލު. ނިލަންދޫ ކަތީބުކަންކުރި މޫސާއަހުމަދަކީ އެފަދަ ދެވަނައެއްނެތް މަކަރާއި އޮޅުވާލުމާއި ޚިޔާނާތުގެ ލާމަސީލު ނަމޫނާއެއް، ފައިސާފޮއްޗެއް ޖީބަށް ނުވަންނަގޮތަށް އެންމެ ފިޔަވަޅެއްވެސް ނާޅާނެ. ވަގަށް ނަމަވެސް ފަރުވާލެއްނެތް، މިހާރުކަތީބު އިސްމައިލް އަބުދުﷲ އަކީ ރައްޔިތުންގެ ފައިސާއަށް ޚިޔާނަތްވެގެން އައްސޭރި އަލިމަނިކާއެކު ގޭގައި މުޑުކުރުވި މީހެއް

ވީމާ، ޚިޔާނަތްތެރިންނަށް ސަޕޯޓްކުރާ މީހުންނާއި ތާއީދުކުރާ މީހުންނާއި، އެހީތެރިވާ މީހުނަނާއި ވާގިވެރިވާ މީހުން އެބަ އެނގެއެއްނުން. ފާޑުފާޑުގެ ބުލޮގު ހަދައިގެން އެއްޗިހި ލިޔާއިރު ލަދެއް ހަޔާތެއް ނުހުރެއެއްނުން. މިކަހަލަ އާލާތުން ލަދެއްވެސް ނުގަންނާނެ. މައުމޫނާއި ޑީ. އާރު. ޕީ ގެ އާލަތްވަރުގެވެސް ލަދެއް ހަޔާތެއް ނުހުރެއެއްނުން. ތިމާމެން އަމިއްލައަށް ފާސްކުރި ޤާނޫނަށް އަމަލުކުރަން ފެށީމާ އެޤާނޫނު މުގުރާލަން މަސައްކަތް ކުރަނީވިއްޔާ. ތިމާގެ ޅިޔަނުންނާއި އެކުވެރިންގެ މަޤާމުގެއްލޭތީ ސީނިޔަރ މިނިސްޓަރ ކަމާއި އަނެއްކަމެއްދީ ހުރިހާ ނިކަމެއތިން މަޤާމުން ވަކިކުރީ. ލަދުހަޔާތްކުޑަޔަސް މިވަރު ތަނފުކެއް ބޮޑެއްނުން. ޖަލީލަކީވެސް މީގެ މީހެއްވިއްޔާ ލަދެއް ހަޔާތެއް ނުހުންނާނެއެއްނުން

Anonymous said...

ގަމާރުވެގެން ނޭގުނަސް މިބުނާ ވާހަކަ އަކީ ޒާހިރު ޚިޔާނަތްތެރިވާކަން ޖަލީލުއަށް އެނގެއޭ. އެކަން އެގިހުރެ އިތުރަށް ޚިޔާނަތްތެރިވުމަށް މަގުފަހިވާގޮތަށް ވެރިކަމުގައި ބެހެއްޓީ ކީއްވެހޭ؟ އެކަމަށް ފިޔަވަޅުނޭޅީ ކީއްވެހޭ؟ މިގޮތަށް މިހާރުވެސް އަތޮޅުގައި ތަފާތު މަގާމުތަކުގައި މިފަދަ ޚިޔާނަތްތެރިން އެބަތިއްބޭ. އެކަން ޖަލީލަށް ރަނގަޅަށް އެނގެއޭ. ވީއިރު އެމީސްމީހުންނާދޭތެރޭ ފިޔަވަޅު ނާޅަނީކީއްވެހޭ؟ ފިޔަވަޅުނާޅާ މަޤާމުގައި ބައިތިއްބަނީ އިތުރަށް ޚިޔާނަތްތެރިވުމަށް މަގުފަހިކޮށްދޭކަށް ނޫންހޭ؟ މީ ދޮގެއްހޭ؟ ޚިޔާނަތްތެރިންނަށް ސަޕޯޓްކޮށް އެހީތެރިވަނީ އަހަރުމެންތަ؟ މިކޮމެންޓަށްވެސް ކޮންމެވެސް އެއްޗެކޭ ކިޔާފައި ވީދޭތި

Anonymous said...

ރަނގަޅު ވާހަކައެއް. ޖަލީލު އެމީހުންނަށް މަގުފަހިކޮށްދިނީއޭ ބުނާއިރު ބަލަ އެއީ މަގާމުގެ ނާޖާއިޒު ފައިދާ ނެގުމެއް ނޫންބާ؟ ދެން އެވާ ޚިޔާނާތްތަކަށް ކޯތުން ޙުކުމްކޮށްލާއިރަށް ކަލޭމެންގެ ބޮލަށް އެމީހަކު ތިލަނީ އެއީވެސް ޖަލީލު ކުރުވާކަމެއް ބާ؟ މިހަރުވެސް ބަލާބަލަ ކަލޭމެންގެ ކަންކަން ޕްރޮމޯޓުކުރަން އެންމެ ގާތް އައުވާނުންގެ ގޮތުގައި ތިބީ ކޮން ބައެއްތޯ؟
އިބްރާހީމް ޚަލީލު، އެސްޖެހި ރައްޒާގު، މިހާރުގެ ކަތީބު ކަލޭމެން ބޮލަށްލައިގެން އުޅޭ މީހުންތަކެއް މީ. ގައިވަށައިގެން ދޫލަމުންދާ ބައެއް. ދޮންބޭބެއާއިވެސް ކަލޭމެން ގުޅުން ބަދަހިކުރަމުން ދާކަމަށްވޭ... އެހެންވީމާ މިއިން ދޭހަވަނީ ކޯއްޗެއް؟؟؟؟؟

Anonymous said...

ދޮންބޭބެ އަކީ ޚިޔާނާތްތެރިއެއް. އަޑުއެހިން ވަރަށް ބުލޫ ފިލްމް ވެސް ބަލަޔޭ. އަދި ވަރަށް ގިނަ އަންހެނުން ކައިރިއަށް ވެސް ޖައްސަޔޭ. މިކަހަލަ މީހަކު އެކަހަލަ މަތީ މަގާމެއްގައި ބައިތިއްބާކަންނުފެނޭ. އޭނާ ބޭރުކުރޭ

Anonymous said...

މަޤާމުގެ ނާޖާއިޒު ފައިދާނަގާ ޚިޔާނަތްވުމަށް މަގުފަހިކޮށްދެނީ ކާކު؟ ޚިޔާނަތްވުމަށް ފުރުޞަތުދީ މަޤާމުން ވަކިނުކޮށް އެމީހުން ބޮލަށް ލައިގެން ގެންގުޅެނީ ކާކު؟ މަޤާމުގެ ނާޖާއިޒު ފައިދާ ނަގާ ޚިޔާނަތްވާކަން ޖަލީލަށް ރަނގަޅަށް އެނގޭއިރު އެމީހުން ވަޒީފާއިންވަކި ނުކޮށް މަޤާމުގައި ބައިތިއްބަނީ އެމީހުން އެކަން ކުރުމަށް މއގުފަހިކޮށްދޭކަށް ނޫންބާ؟ ކީއްވެ ފިޔަވަޅުނޭޅިގެން އެއުޅެނީ؟ އަތޮޅުގެ ހުރިހާ އޮފީހެއް ކްރޮޕްޓް ވެފައިވާއިރު ވޭތުވެދިޔަ މާޒީގައި މިހާތަނަށް ބެލިފިޔަވަޅެއް އެޅިފައިވަނީ ފީއަލީ ޒާހިރަށް. ފީއަލީ ރައްޔިތުންގެ ރުހުން ހޯދުމަށްޓަކައި އެކަން ހިނގައިފައިވާ ގޮތެއް ތިމަންނައަށް ނޭގޭ ކަމަށް ފީއަލީ ރައްޔިތުންގާތު ޖަލީލު ދަނީ ބުނަމުން. މަޤާމުގެ ނާޖާއިޒު ފައިދާ ނަގާ ޚިޔާނަތްތެރިވާކަން ޖަލީލުއަށް ރަނގަޅަށް އެނގޭއިރު އެކަމަށް ފިޔަވަޅެއް ނާޅާ، މައްސަލަ ނުބަލާ މަޤާމުގައި ބޭތިއްބުމުން ދޭހަވަނީ އެޚިޔާނާތްތަކުގައި ފުރިހަމައަށް ޖަލީލު ބައިވެރިވާކަން. އެހެންނޫންނަމަ މޫނަކަށް ކަނދުރާ އަކަށް ބެލުމެއްނެތި ފިޔަވަޅުއަޅާ މަޤާމުން ދުރުކުރާނެ. މިކޮމެންޓަށްވެސް ކޮންމެވެސް އެއްޗެކޭ ކިޔައި ވޭދޭތި

Anonymous said...

thiya commentah veedheykan nujeheyne.. Veedhifa mi thibiee ... dhen la la la la