Wednesday, January 30, 2008

ޚަލީލުއަށް ސާބަސް


ނ.މިލަދޫ ރަށު އޮފީހާއި ކޯޓް ބަންދުކޮށްފައި ހުންނަތާ އެއްމަސް ދުވަސްފަހުން އެދެތަން ހުޅުވައި އަންގާރަ ދުވަހުގެ ރެއިން ފެށިގެން އަލުން އެރަށު މީހުންނަށް ޚިދުމަތްދޭން ފަށައިފި އެވެ.


އާބާދީގެ ގޮތުން މާބޮޑުނޫން މިލަދޫގެ ރަށު އޮފީހާއި ކޯޓް އެރަށު ބަޔަކު ނުކުމެ ބަންދު ކުރަން ޖެހުނު ސަބަބެއް ކަމުގައިވަނީ ކަރަންޓާއި ބޯފެނާއި ނަރުދަމާގެ ނިޒާމާއި އަދި ފަޅުގެ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެރަށުން ލިބެން ނެތުމުންކަމަށް އެންޓި އެފް އޯ އަށް ޚަބަރު ލިބިފައިވެއެވެ.


އެވަގުތަކީ އަތޮޅުވެރިޔާ ޗުއްޓީގައި އަމިއްލަ ރަށަށް ވަޑައިގެން އުޅުއްވާ ދުވަސްވަރު ކަމަށް ވުމުން، އެކަން ޙައްލު ކުރެވޭތޯ އަތޮޅު އޮފީހުގެ އިސްވެރިންނާއި އެޓޯލްސް މިނިސްޓްރީ އަދި ކަމާބެހޭ އެހެން އިދާރާތަކުން ތަފާތު އެތައް ފަހަރެއްގެ މަތިން މަސައްކަތްތަކެއްކޮށް ވަނީ ނާކާމިޔާބު ވެފައެވެ.


ނަމަވެސް މިހާރު ޗުއްޓީ ނިއްމެވުމަށްފަހު ނ.އަތޮޅަށް ވަޑައިގެން އުޅުއްވާ އަތޮޅވެރިޔާ ބުދަ ދުވަހުގެރޭ ވަނީ މިލަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވާފައެވެ. ފ.ނިލަންދޫއަށް އުފަން ޒުވާން އަތޮޅުވެރިޔާގެ ވާހަކަފުޅުގައި ރަށު އޮފީހާއި ކޯޓް އަދި ރަށުގައި ހުންނަ ސަރުކާރުގެ އިދާރާތައް ބަންދުކޮށްފައި ބެހެއްޓުމީ މައްސަލަތަކަށް އޮތް ހައްލެއް ނޫންކަން ވިދާޅުވެ ޚަލީލުގެ މަޑުމައިތިރި މިޒާޖުން ރައްޔިތުންނަށް ވިސްނައި ދެއްވިއެވެ. އަދި ރައްޔިތުންވެސް ޚަލީލުގެ ބަސް ގަބޫލުކޮށް ސަރުކާރުގެ މަސައްކަތްތައް ކުރުމަށްވަނީ ޖާގަ ދީފައިކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު އެންޓި އެފް އޯ ކައިރީ ބުނެފައި ވެއެވެ.


ކުރިން އއ އަތޮޅުގައި ހުންނެވިއިރުވެސް އެއަތޮޅުގެ ރަށަކުން އެފަދަކަމަކާއި ދިމާވެ އެފަހަރުވެސް ވަރަށް ސާބިތުކަމާއެކު ރައްޔިތުންނާވަނީ ކުރިމަތި ލައްވާފައެވެ.


އަޅުގަނޑު މިލިޔުން މިތާ ޚާއްޞަ ކޮށްމިލީ ހަމަ އެންމެ ބޭނުމެއްގައެވެ. މުޅިއަތޮޅަށް ބަލާވެރި ކަމެއްގެ ގޮތުގައި ޖެހިފައިވާ ފޮޑި ޑަރޯގާތައް ފ.އަތޮޅުގައި ތިއްބެވި މިފަދަ ބޭބޭފުޅުންގެ ކިބައިން ޢިބުރަތް ލިބިގަނެ ދަރުސްތަކެއް ލިބިގަނޭތޯ އެވެ. އަމިއްލަ އެދުންވެރިކަމާ ތިމާގެ އަމިއްލަ ގޮތްތައް އެއްކިބާވެ ރައްޔިތުންގެ ޙައްގުގައި މަސައްކަތްކުރާ އެފަދަ ބޭބޭފުޅުން މިސާލެއްގެ ގޮތުގައި ދެކުމަށެވެ.


އަޅޭ ނިކަށް އެންމެ ފަހަރަކުވެސް ތިމާމެންނަށް މިކުރެވެނީ ކީއްތޯ ވިސްނާލައި އެހެން މީހުންގެ ފޫކޮޅުގައި ހިފާ ދަމާ ކޫތޭއިރު ތިމާގެ ފޫކޮޅުގައި އޮންނަކީ ކޮންއެއްޗެއްކަން އެނގި، ތިމާމެންގެ އުޅުން ހުންނަކީ ކިހިނެކުންކަން އިނގޭނެ ނަމައެވެ.


އެންޓި އެފް އޯ އަށް ޔަގީންވާ އެއްކަމެއް އެބައޮތެވެ. މިދިން ނަސޭހަތުގައިވެސް މިބައިގަނޑު ކޮޅުފައިން ޖަހާނެކަން ދުވާލުގެ އިރުފެންނަ ފަދައިން ކަށަވަރެވެ. އަދި ދެންކޮށްލާވަރު އިހުނަށްވުރެ ގަދަވާނެ އެވެ. ނުވީތާކަށް އަތޮޅުގައި ތިބި އެފަދަ ބޭބޭފުޅުންނާ ޒާތީ ގޮތުންވެސް ޖައްސާލާނެ އެވެ. އެންޓި އެފް އޯއަށް ތިޔަ ބަގަތަށް އޮޅިފައެއް ނތެވެ.

Tuesday, January 29, 2008

ފ.އަތޮޅު ރައްޔިތުންގެ ފެންވަރަކީ އެއްޗެއް ކަޅެއްތަ؟


ފ.އަތޮޅު ރައްޔިތުންގެ އަގަކީ އެއްޗެއް ކަޅެއް ކަމަށް ފާވެގެން މިއުޅޭ ފޮޑި ޓީމު ކަލެއް ކަމަށް ދެކިގެން އުޅޭ ޙަމްޒާ އަނެއްކާވެސް ބުނެފި އެވެ. ޚާއްޞަކޮށް މިކަލޭގެ މިބަސް ރައްދުކޮށްފައިވަނީ ނިލަންދޫ ރައްޔިތުންނަށް ކަމަށް އެންޓި އެފް އޯއަށް ޔަޤީން ކުރެވިފައި ވެއެވެ. ޙަމްޒާ މިވާހަކައެއް ދައްކާފައިވަނީ މީގެ ދެރެއެއް ކުރިން ބަޔަކާ ވާހަކަ ދައްކަމުން ފ.އަތޮޅު ރައްޔިތުންގެ ފެންވަރު އަންގާ ދިނުމުގެ ގޮތުންނެވެ. މިއީ މިކަލޭގެ މިހެން ބުނި ދެވަނަ ފަހަރެވެ.


އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖުލިސްގެ ގޮނޑި ކާމިޔާބު ކުރުމަށްފަހު، ދުވަސްކޮޅެއް ފަހުން ބުނެފައިވަނީ ފ.އަތޮޅު ރައްޔިތުންނަށް ކަޅު ސައިތައްޓެއް ދިނުމުން ބޭނުން ކޮންމެ ކަމެއް ފަސޭހަ ކަމާއެކު ކޮށްލެވޭނެ ކަމަށެވެ.


މިކަލޭގެ ވާހަކައިގާ އޭނާ އަށްޓަކައި ގުރުބާން ވާނެ ބަޔަކު މިހާރުވެސް ރަށްތަކުގައި ތިބޭނެ ކަމަށާއި އެއްވެސް ކަމަކާ ހާސްވާން ނުޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އަދި ޕަޕެޓްތަކަށްވެސް މާބޮޑު އެއްޗެއް ނުދޭ ކަމަށާއި ވީއޭ ހޮޓަލަށް ވައްދައި އެއްޗެއް ކަޅެއް ދިނުމުނ ތިބޭނީ ވަރަށް ހިނިއައިސްފައި ކަމަށް ބުނެފައިވއެވެ.


އަދި އިތުރަށް މިކަލޭގެ ބުނެފައިވަނީ ފ.އަތޮޅުގެ މީހަކު ލޮލުކޮޅުން ފެންނަ އިރަށް ސަލާން ގޮވާލުމީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާއި އެއީ އޭނާގެ ހިތް ހެޔޮކަން އަންގާދިނުމަށެވެ. އަދި އޭނާގެ އަތުގައި ފައިސާތަކާއި ޑޮލަރުތަކާއި ރިސޯޓްތަކާއި އެހެނިހެން ހަރު މުދާތައް ހުރިހާ ހިނދަކު ފ.އަތޮޅު ރައްޔިތުންނަށް އޭނާއާ ދިމާލަށް އެއްޗެއް ބުނަން ނުކެރޭނެ ކަމަށާއި ދެންވެސް މަޖުލީސްގެ ގޮނޑިއަކަށް ކުރިމަތި ލައިފިނަމަ ހޮވޭނެ ކަމަށް ބުނެފައިވެއެވެ.


Monday, January 28, 2008

ޑޯންގެ އެގްޒެކްޓިވް ކޮމެޓީއަށް ނަޞްރުއްނިސާ ގެނައުމުގެ ސިއްރަކީ ކޮބާ؟


ޑޯން އަކީ ހަމަ އެކަނި ނަމެއް ނޫނެވެ. ރައްޔިތުނގެ އިތުބާރާއި ރުހުން ހޯދޭވަރުގެ ކަމަށް ޤާބިލު ހަރުދަނާ ބަޔަކު ތިބި ޖަމްޢިއްޔާ އެކެވެ.


ހަމައެކަނި ފިރިހެން މެމްބަރުންނެއް ނޫނެވެ. ފަރީދާ އިސްމާޢީލް އަދި ނަސްރީނާ އަޙުމަދު ކަހަލަ ޒުވާން ކަންކަން ކުރެވޭ ރަނގަޅު ޖިންސުއްލަތީފު ކޮޅެއް އެބަ ތިއްބެވެ. އެކަމަކު ޑޯންގެ އިންތިޚާބު ދިޔަ ގޮތުން އެންޓި އެފް އޯ މިހުރީ ހަމަ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ބުނާނެ އެއްޗެއް ނޭނގުނަސް އެހެން ވާނެކަން މާކުރިންވެސް ސިކުނޑީގައި އޮތެވެ.


ފަރީދާ އަދި ނަސްރީނާ ކަހަލަ ކުދިން ތިއްބާ ނަޞްރުއްނިސާ އެދޭތެރެއަށް ކޮއްޕާލުމީ ކިހިނަކުން ދިޔަ ކަމެއްކަމާމެދު އެންޓި އެފް އޯ އެއްޗެއް ނުބުނާނަމެވެ. އަދި ނަޞްރުއްނިސާ އާ ބެހޭގޮތުންވެސް އެއްޗެއް ބުނާކަށް ނެތީމެވެ.


ފަހަރެއްގައި ނަޞްރުއްނިސާ ހުރުމުން މިވަޤުތު ޑޯން ހިންގުމާ ޙަވާލުވެތިބި ވަކި ބަޔަކަށް ކަންކަން ކުރުމަށް ފަސޭހަ ވެދާނެ އެވެ. ކޮންމެއަކަސް، މިބަހުސް އެންޓި އެފް އޯ ދޫކޮށްލާނީ ހަމަ ކިޔުންތެރިންނަށެވެ.

Saturday, January 26, 2008

ޑޯން ހަމަ ރަނގަޅަށް ވެސް 'ރިޔާ' ދަށު ވެއްޖެ


ޑޯންގެ އިންތިޚާބު ކޮށްފި ޔޯލައެވެ. އެކަން ވެގެންދިޔައީ އަހުރެންގެ ހިތުގައި އޮތް ގޮތަށް ހަމަ ކުޑަ ތަފާތެއް ނެތިއެވެ. އންތިޚާބުކޮށް ނިމޭއިރު މި'ޢިއްޒަތްތެރި' ބޭފުޅުންކޮޅުގެ އަތްދަށަށް ޑޯން ގެންގޮސް، ނަމުގައި ރަނގަޅު ބޭފުޅުންކޮޅެއް ފްރޮންޓް ލައިނަށް ގެންނާނެ ކަމަށް އެއްވެސް ޝައްކެއް ނުކުރަމެވެ.

ވެރިއަކަށް އަންނާނެ ކަމަށް އެންމެންވެސް ޔަޤީން ކުރެވުނު ފ.އަތޮޅުގެ ދެވަނައެއްނެތް ތެދުވެރިޔާ އަދި 'ފޮޑި' ޓީމުގެ ރައީސް ޗީފް އެގްޒެކްޓިވް އޮފިސަރަކަށް ހޮވިގެންދިޔައީ ނިކަށް ތަނަވަސް އަޣުލަބިއްޔަތަކުންނެވެ. މިކަލޭގެ އެހީތެރިޔަކަށް ހޮވާފައިވަނީ ނިލަންދޫ ރަނގަޅަށް ކިޔަން ނޭނގޭ އަދި މީގެ ކުރިން ނިލަންދޫއަކީ އޮންނަ ރަށެއް ކަމެއްވެސް ނޭނގި އުޅެނިކޮށް ބަޔަކު ގެނެސް މިގްރޫޕް ތެރެއަށް ވެއްދި މަޝްހޫރު 'ކުޑަ ދަޅޭ' އެވެ.


ކުޑަ ސޯބުތަކަށް ބަލާއިރު ހަމަތިބީ ފ.އަތޮޅުދެކެ ޚާއްޞަ ކޮށް ނިލަންދޫ ދެކެ އިންތިހާއަށް ލޯބިވާ ނަމޫނާ ބޭފުޅުން ކޮޅެކެވެ. މރ.ވިޔާނުދާ، ޙާމިދު ކަރަޒާއީ، ކަޅޭ، ބަގު ބިޓު ޢަބްދުލް މަޖީދު ބަނޑުއެޅި މަނިކުފާނު މީގެ ތެރޭގައި ހިމެނެއެވެ. މިއެންމެންނަށް އަހުރެން އެންޓި އެފް އޯގެ ސަލާމް ވަރަށް ގަދަ އަށް. އެކަމަކު ބުނަން ހެއްޔެވެ. ކަލޭމެން ތީގެ ތެރެއަށް ކޮފިގަންނަށް މަސައްކަތްކުރި މަންޒަރު ފެނިފައި އަހުރެންގެ ހިތަށް ސިފަވެގެން ދިޔައީ އެބުނާ މާލޭ ގޮފި އިންތިޚާބުކުރި ރޭގައި ތެޅުނު ވައްތަރެވެ. ހިތަށް އަރަނީ ތިޔައީ އަނެއްކާ މާލޭ ގޮފީގެ ފޮޓޯ ކޮޕީ އެއް ނޫނީ އޭގެ ތައްގަނޑެއް ނޫންބާވަ އެވެ.


ރައްޔިތުންގެ ލޯ ކުރިމަށްޗަށް ދަޅަ ދެއްކުމުގެ ގޮތުން ހޮވާފައިވާ ނިލަންދޫގެ ޙަޤީޤީ ލޭ އެހަށިގަނޑުތަކެއްގައި ދައުރުވާ ނިލަންދޫ ދެކެ ލޯބިވާ އިޚުލާޞްތެރި ބަޔަކު ހިމެނެއެވެ. މިއީ ހަމަ ސީދާ އެގްރޫޕުގެ ނުބައި ރޭވުމަކަށް ނޫނީ ނުވާނެއެވެ.


ކޮންމެ ޙާލެއްގައި ވިޔަސް، އިސްމާޢީލް ޢަލީ، އަޙުމަދު ޝަފީޢު އަދި ޢަބްދުﷲ ސަޢީދު ފަދަ ބޭފުޅުން އެގްޒެކްޓިވް ކޮމެޓީގައި ހިމެނުނު ކަމަށްޓަކައި ފަޚުރުވެރިވެ މަރުޙަބާ ކިޔަމެވެ. އަދި ކުރިންވެސް ރައްޔިތުންނަށް އިޚުލާޞްތެރިވި ފަދައިން މުސްތަޤުބަލްގައިވެސް އެގޮތުގައި ތިބޭނޭކަމަށް އުއްމީދު ކުރަމެވެ. އެދި ޑަރޯގާ ޓީމު ބޭނުންހާ ދިމަ ދިމާލަށް ޑޯންގެ މިސްރާބު ދީލާލިޔަ ނުދެއްޗެވެ.


ބުނަން ހެއްޔެވެ. ތީގެ ގޮތްޕެއް ނިލަންދޫގައިވެސް ހަދާށެވެ. އަދި އެސްޖެހި ރައްޒާގު އާއި ޝިޔާމުއަށް ސީ.އީ އަދި އ.ސީ.އީ ކަން ދޭށެވެ. އަދި ކަލޭމެންގް ދެތިން ޕަޕެޓް ވައްދައިގެން އުޅޭށެވެ. އޭރުން ވަރަށް ސަޅިވާނެއެވެ.


އާން.. އަދި މީނީ ހަނދާން ނެތިފަ އެވެ. ކަލޭމެންގެ އެއްކަލަ ކުޑަ ސޮރުވެސް އެންމެ ފަހުން ހަމަ ރަނގަޅަށްވެސް ތިޔައިގެ ތެރެއަށް ކޮށްޕާލީ ދޯ އެވެ. ކުޑަ ސޮރު ޑަރޯގާ ޓީމާއެކު ފުރަތަމަ ފަހަރަށް ރަސްމީކޮށް ފެނުމުން ވަރަށް އުފާވެއްޖެ އެވެ. އަދި ޑަރޯގާ ޓީމަށް އިތުރު ފުރިހަމަ ކަމެއް އަތުވެއްޖެހެން ވެސް ހީވެއެވެ. އެމީހުންނާ ގުޅިގެން ކުޑަ ސޮރު ކުރަމުން ތިޔަގެންދާ މަސައްތަކުގައި ފަސްނުޖެހި ކުރިއަށް ދާށެވެ. ހާސްކަނޑާލާށެވެ، ދެން ޑަރޯގާ ޓީމުގެ ފޮޑީ އޮބްޒާވަރ ވެސް ތަންކޮޅެއް ރަނގަޅު ވެދާނެ އެވެ. ހެހެހެ. ނިއްމާލުމުގެ ކުރިން ކުޑަ ސޮރަށްވެސް އެންޓި އެފް އޯގެ ސަލާމް ވަރަށް ގަދައަށް.

Wednesday, January 23, 2008

އަނެއްކާވެސް ގްރޫޕް ފަނިވީޔޯ

އުޑެއް ބުޑެއް ނޭނގުނަސް ރޯނު އެދުރު ހެދިގެން ތިމާމެން ވަރެއް ނެތިފައި އަދިވެސް ފުމެފުމެފައި އުޅެއްޗެވެ. ތިހެން އުޅެން ފެށީމާ މަންޒަރުވެސް ވަރަށް ސަޅިއެވެ. ބޮލަށް ފިތާލާފައިވާ ތާވަޅުތަކަކާ އެއްވެސް ތަފާތެއް ނުހުރެ އެވެ.


އަދިވެސް ބަޔަކު ކަމެއް ކުރާތީ ކުރައް އުޅެއްޗެވެ. އެހެން މީހުންހެން ހެދިގެން މާސިޔާސީ ވެގަނެގެން އުޅެއްޗެވެ. އިޞްލާޙާއި ރިފޯމާއި ދެންވެސް އޮތް އެއްޗެއް ގެނައުމަށް އަތުކުރި ކީއްކުރަން، ކަށިމަތި ފެންނަ ވަރަށް ފައިކުރިވެސް އޮޅާލާފައި ބަހައްޓާށެވެ.


މިތިބަ ދލޯ ދުންމާރިންތަކާ ނިކަން ނަޞޭޙަތެއް ދެން ހެއްޔެވެ. ވެބްސައިޓު ހިންގޭނީ ހިންގޭ ފެންވަރުގެ މީހުންނަށެވެ. ތިޔަހެން ގަބުޅި ކަތީބުން ހެދިފަ ތިއްބަސް އެކަމެއް ނުކުރެވޭނެ އެވެ.


މިހާރު ކަލޯމެންގެ ފޮޑި އޮބްޒާވާރ އަޕްޑޭޕް ނުވާތާ ދެހަފްތާ ވަނީ ދޯއެވެ. މިމަހު ސާދަ ވަނަ ދުވަހުގެ ފަހުން އަމިއްލަ ލިޔުމެއް ޖަހާލެވޭވަރު ނުވީތާ ދޯއެވެ. ލިޔާނެ އެއްޗެއް ނޭނގިގެން އެހެން މީހުން ލިޔެފައި ހުރި އެއްޗެހިތަކެއް އަޕްޑޭޓް ކުރުމުގެ ނަމުގައި މިދޭތެރެއަކުން ޖަހާފައި ހުއްޓެވެ. އަމިއްލައަށް އެކަން ކުރަން ނޭނގެންޔާ ހަޑިތަކެއް ނުހާވާ ހުއްޓާލިއްޔާ މާ ތާހިރު ވާނެއެވެ.


ނިއްމާލުމުގެ ކުރިން އެއްޗެއް އަހާލަން ހެއްޔެވެ. އަނެއްކާވެސް ތިގްރޫޕް ތެރޭގައި ޙާމިދު ކަރުޒާއީ ފަނި ހެދީހެއްޔެވެ. އެކަހަލަ އެއްޗެއް އަޑު އަހައިފީމުއެވެ. އަދި ބައެއް ލިޔުންތަކާމެދު ހިތްހަމަ ނުޖެހިގެން އެއްބަޔަކު އިސްތިއުފާ ދިނީ ޔޯލައެވެ. އަނެއްކާ ބުނެލާގެން އުޅޭށެވެ. އަހަރުމެންވެސް އެހީވާން އެބަ ތިބީމުއެވެ. ހަމަހިލާ ބަނޑަށް ޖެހުނަކަ ނުދޭނަމެވެ. އަދި ކަލޯމެން އަތްގާތްކުރަން ގެންގުޅޭ ކުޑަ ސޮރު ވެސް އެބަ ހުއްޓެއްނޫން ހެއްޔެވެ. އެސޮރުވެސް ޑިއުޓީ ނިއްމާލާފައި އައިސް ލިޔުންތައް ޓައިޕްކޮށްލަ ދޭނެ އެވެ.

Friday, January 18, 2008

ވަގުބުއްދިއަށް ވެރިކަން ދޭންޖެހޭ ސަބަބުތައް.. ތެދުވެރިކަމާއި އަމާނާތްތެރި ކަމުގެ ބާބު



ވަގުބުއްދި ކަތީބު ކަމެއްގެ ދަހިވެތި ކަމުގައި އަޗާތަޅަމުންދާކަން މިބްލޮގްގެ ކިޔުންތެރީންނާއި ހަމައަށް ވާނީ ގެނެސްދީފައެވެ.


މިލިޔުމުގައި މިބަލާލަނީ ވަގުބުއްދިއަށް ކަތީބުކަން ދޭންޖެހޭ ސަބަބުތައް ލިޔެފައިވާ ބާބުގެ މައްޗަށެވެ.


އޭ މިހަރަ ވަގުބޫ އެވެ. ކަލޭގެ ކުޑަކަތީބު ކަމުގެ ދުވަސްވަރު މުވައްޒަފުންގެ ވަތްގަނޑުން ވަރަށް ގިނައިން ފައިސާ ގެއްލޭ ދޯއެވެ. އެއީ ކިހިނެތް ވީކަމެއްކަން މިބްލޮގަށް ކޮމެންޓެއްގެ ގޮތުގައި ވިޔަސް ކިޔާދީބަލާށެވެ. ކަލެއަށް ބުރައެއް ނުޖައްސާ އަހަރުމުން ކިޔާލަދީފާނަމެވެ. ކަލޭގެ ކުޑަކަތީބު ކަމުގައި މާސްޓަރ ކީ (ހުރިހާ ތަޅެއް ހުޅުވޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ތޅުދަނޑިއެއް) އަކުން ޕަކަޅާ ކުރަމުން ދުވުނީތާއެވެ. އޮފީހު މުވައްޒަފުންގެ މޭޒުތަކުގެ ވަތްގަނޑުތަކުން އެދުވަސްވަރު ފައިސާ ގެއްލޭވަރުން ނުކުޅަދާނަ ވެގެން އޭރުގެ އަތޮޅުވެރިޔާ ޒަކަރިއްޔާ ޙަމީދު ސީދާ ގޮތުން މިކަން ބެއްލެވުމުން ފަޅާއެރިކަން ހަނދާނުގައި އެބަހުރި ދޯއެވެ. ކަލޭ ޙަމީދު ދެކެ ރުޅިއަންނަނީ މިހެންވެގެންކަން އަހަރުމެން ދެނަހުރީމެވެ.


ކަލޭގެ ކުޑަކަތީބު ދުވަސްވަރު އެސްޖހި ރައްޒާގުއާއި ބައިއަތު ހިފައިގެން ރައްޔިތުންގެ ދެޢިމާރާތެއް ހެދުމަށް ތަކެތި ގެނެސް ނާލޭކިޔާ ޕަކަޅާކޮށްލި ރުފިޔާތަކުގެ މަތީން ހަނދާން އެބަހުރި ހެއްޔެވެ. އެފަހަރު ޕަކަޅާކޮށްލި ފައިސާއިން 75،000 ރުފިޔާއިންވެސް ކަލޭ މިންޖުވެފައި ތިހިރީ ކޮންގޮތަކަށްކަން ނިކަށް ކިޔާދީ ބަލާށެވެ.


ކަލޭގެ ކުޑަކަތީބު ކަމުގައި ރައްޔިތުންނަށް ގެނެސްފައިހުރި ކަޅުހަންތަކުގެ ތެރެއިން ޕަކަޅާކޮށްލި ދެހަން އަދިވެސް ބޭނުން އެބަކުރަން ދޯއެވެ. އަދި ރަށު އޮފީހުން މިފަހަރުވެސް ކޮށްފައި ތިދިޔަ 'ސިއްރު ޢަމަލު'ގެ ބައިވެރިޔަކީ ކާކުކަން ދެނަހުރީމެވެ. ވަޤުތު ޖެހުން އެކަން ފަޅާއަރުވާލާނަމެވެ.


ޝަބާބު ކުދީންގެ ފުރަތަމަ އަޟްޙާ ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ޙަމްޒާ ކަލޭ އަތަށް ދީފައި އެކުދީންނާ ޙަވާލު ކުރުމަށް ދިން 1000 ގެ ޗެކަށް ހެދީ ކިހިނެއް ހެއްޔެވެ. ކަލޭ އިސްވެހުރެ ޢަލީމު އާއި އަޙުމަދު މުޙައްމަދު އަދިވެސް ކަލޭ ގެންގުޅޭ ޕަޕެޓް އައިނުން ދެތިން ކެނަ ވެގެން އެމްޑީޕީގެ ހަންފަތުރަން ވެގެން އޮރެންޖު ޓީޝާޓްތަކެއް ގަނެ ރަށުގެ ޒުވާނުންނަށް 'ހިލޭ' ބަހާލީއެވެ. ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމަށެވެ. އެކަން ފަޅާ އަރާ ދެންކަންތައް ވެގެންދިޔައީ މަޖާ ގޮތަކަށް ދޯއެވެ. ޝަބާބު ކުދީންގެ ކުރިމަތީގައި ޙަމްޒާގެ ކޮއްކޮ ކަލެއަށް ގިއްކިޔާފައި ބަވާލީދޯއެވެ. ތިއޮށް ބޮޑު މީހާ އެކުދީންގެ ކުރިމަތީގައި ކުޑަވެގެންދިޔަ އިރު މަވަރަށް ޙަމްދަރުދީ ވީމެވެ. އޭގެ ފަހުން އެފަހަރުގެ މުބާތުގައި ކަލޭ ހުރީ ސެކިއުރިޓީ ބޮޑު މީހަކަށް ބަހައްޓާފައެވެ. އެކަމަކު ޙަމްޒާގެ ކޮއްކޮ ބަވާލި ދުވަހުން ފެށިގެން ޝަބާބު ކުދިންގެކުރިމައްޗަށްވެސް އަރަން ނުކެރި އުޅެން ޖެހުނީ ފިލައިގެނެވެ. ލާރިޔާހެދި ތިވަރަށް ދަކު ޖެހުނަސް ތިޔައީ ފުކެއް ބޮޑު ވަރެކެވެ. އެންމެ 1000 ރުފިޔާ ވިއްޔާއެވެ.


ފ.އ.ތ.މ އިން ބޭރުކޮށްލުމުން ފީއަލީގައި ހުންނަ އަތޮޅު މަދަރުސާގައި ކިޔަވާ ދެމުން ޖެހިހާ ސަކަރާތް އަދި ސިކުނޑީގައި ހުންނާނެއެވެ. އެމަދަރުސާގެ އަންހެން ދަރިވަރެއްގެ އަތުގައި ދަގަނޑު ފަތިގަނޑަކުން ޖެހިޖެހީނުން އަތްވަނީ ބޭނުން ނުކުރެވޭވަރު ހަދާފައެވެ. އެމަންޖެ އަހަރަކު ދެކޮޅު އންޑިއާއަށް ގޮސް ބޭސްކުރާއިރުވެސް އަދިވެސްވަނީ ރަނގަޅު ނުވެފައެވެ. ދެން ކަލޭ އެތަނުން ކާލި 27،000 ރުފިޔާ މިހާރު ދައްކައި ނިމިއްޖެ ހެއްޔެވެ. އެންމެ ފަހުން ކަލޭގެ ބަލާވެރިކަން ބޮޑުވެގެން ރައްޔިތުން ރަށުން ބޭރުކޮށްލީ ދޯއެވެ. މީ ދޮގެކޭ ކިޔާ ފީއަލީ ރައްޔިތުންގެ ކުރިމައްޗަށް އަރާފިއްޔާ ކަލޭގެ ދަތްކޮޅު ސަލާމަތް ނުވާނެކަން ކަށަވަރެވެ.


އަޅޭ މިހިރަ މަރުކޮހާ އެވެ. ކަލެޔާ އެއްގަލަކަށް އަރާނެ އެއްބަނޑު އެއްބަފާ ކުއްޖަކުވެސް ނެތެވެ. އެކުދީން ކަލެޔާ ވަކިން މާލޭގައި ގެދޮރު ކުއްޔަށް ހިފައިގެން އުޅޭ ސަބަބު ނިލަންދޫ އާއި ފ.އަތޮޅުގެ ރައްޔިތުންނަށް ހާމަކޮށްދީބަލާށެވެ. ކަލޭތީ ގޭގައި ހުރި އެއްމެ ބޮޑު މީހާ ވިއްޔާއެވެ. ކަލޭތީ އެއްބަނޑު އެއްބަފާ ކުދީންނަށް އެއްވެސް ރަޙުމެއް ޙަމްދަރުދީއެއް ހުންނަ އިންސާނެއް ނޫނެވެ. ކޮއްކޮ އަޙުމަދު ޚަލީލުއަށް ޖެއްސި ޙާލު ނިކަށް ދެކެބަލާށެވެ. އަޙުމަދުގެ ހުރިހާ ފައިސާތަކަށާއި މުދާތަކަށް އަދި ފިހާރައަށް ކަލޭ ވެރިވެގަނެ އަޙުމަދު އެތަނުންބޭރުކޮށް އެއްލާލާ ބިކަޙާލު ޖެއްސީ މަދު ދުވަސްކޮޅެއް ކުރީން ދޯއެވެ. އަޙުމަދުގެ މުދާގަނޑު ފޭރިގަތުމުން އަޙުމަދު ރަށުގައި ހަދަމުންދިޔަ ފިހާރަ ހަދާ ނިމިނިމި އޮއްވާ އެކަންވެސް އެއޮތީ ނުވެފަ އެވެ. އެމިޝަން ހިންގާލިގޮތް ތންކޮޅެއް ތަފްޞީލުކޮށް ބުނެލަދީބަލާށެވެ.


ނިއްމާލަމުން ބުނެލަން ވާޙަކައެއް އެބައޮތެވެ. ތިޔަ ދަސްކޮށްގެންހުރި ތެދުވެރިކަން ކިޔަވައި ދިނުމަށް ނިކަށް 'އަމާނާތްތެރި ޓިއުޝަން ކްލާސް' ގެ ނަމުގައި ކިޔަވައިދޭތަނެއް ހުޅުވާލަދޭންވީނޫން ހެއްޔެވެ. ކަލޭގެ ވަށައިގެން ތޔައުޅޭ ހުރިހާާ ޑަރޯގާއިން ވަރަށް ޝަޢުޤުވެރިވާނެއެވެ.


ވަގުބުއްދިއަށް ވެރިކަން ދޭންޖެހޭ ސަބަބުތައް .... އިޙުސާންތެރިކަމުގެ ބާބު އަންނަނީ...





Monday, January 14, 2008

މި އޮއް ޖެއްސޭ މަރަކުން ހީ ހީ ބަނޑަށް ހިނދިއްޖެ


އަޅޭ މިތިބަ ޑަރޯގާއިން ތަކާއެވެ. އަމިއްލައަށް ބޮޑުވާން މަސައްކަތް ކުރިޔަސް ތިޔައީ ބޮޑު ވަރެކެވެ. އެންމެ ފަހުން ކަލޭމެންގެ އަޑު ފަތުރާގައި ޖަހާފައި އިން ފޮޓޯ ނިކަން ބަލާލަ ބަލާށެވެ. އޭގައި ޖަލީލު އާއި ތިޔަ އުޅޭ ވަގުބުއްދިއާއި އެއް ގޮޅިއަކަށް ލާފައިނުމުން ހީހީ ހަލާކު ވެއްޖެއެވެ.

އަޅެ އެއޮއްކަމެއް ނިކަން ބަލާބަލާށެވެ. ބުނާކަން މިލިޔަމުން ދާއިރުވެސް ހަލާކުވާ ވަރަށް ހިނި އެބައާދެއެވެ. ސައިޒު އޮޅުނަސް އަޅޭ ތީ ބޮޑުވަރެކެވެ. ވަގު ބުއްދީގެ ފޮޓޯވެސް އެހެރީ ރައީސް މައުމޫނުގެ ފޮޓޯފުޅަށް ހުއްޓޭ ގޮތަށް ހުއްޓިގެން ނޯލައެވެ. ފޮޓޯގެ ފަހަތް ބަދަލުކޮށްލިނަމަ ހަމަ ރައީސަކާއި ވަރަށް ވައްތަރުވީސްއެވެ. ފޮޓޯއެއްގައިވެސް ޖަލީލުއާއި އެއްހަމައަކަށް އައުމުން ތިހިރީ މިހާރު ހިތް އާސްމާނަށް އަރާފައިދޯއެވެ. ތިޔަހަރީ ހިތުން ހައުދަހައި ފޮންޏެއްވެފައިތާއެވެ.


ހައް ހައް ހައް ހައް


ކަލޭގެ ޑަރޯގާއިން ކަލޭ ކިތަންމެ އުހަށް ލިޔަސް ތިޔައީ ހަމަ ފައްކާ ގުއިރޮއްޖެކެވެ. މުޖުތަމަޢު ކަލެއާއި ޖަލީލުގެ ދައްކައިދޭ ގޮތަކީ މިއީއެވެ. ކަލޭގެ ފޮޓޯ އާއި ޖަލީލުގެ ފޮޓޯ އެއިދެ ސައިޒެވެ. ފޮޓޯގެ ވަށައިގެން އެހެރަ ރޮނގު ދައްކައިދެނީ އަޚްލާގެވެ. ކަލޭގެ މާތް އަޚްލާގު އެހެރީ ހުރި ގޮތެވެ.


ކަލޭގެ ފޮޓޯގެ ވަށައިގެން އެހެރަ ގޮތެއްފޮތެއްނެތް ރޮނގުބުރިތަކަކީ ހަމަ ކަލޭގެ ގޮތެއް ފޮތެއްނެތް، އެކަމަކު ކަލޭ އަމިއްލަ އަމިއްލައަށް ހީކުރާ މާތް އަޚްލާގެވެ.

ދެންފަހަރަކުން ކަލޭގެ ޑަރޯގާއިން ކައިރީ ބުނެގެން ރައީސްގެ ފޮޓޯފުޅާއިއެކުގައި ޖަހާލައްޗެވެ. އަދި ނިކަން މޮޅު ހެޑިންއެއްވެސް ލިޔެލާއްޗެވެ. ތިޔައީ ހަމަ ރަނގަޅު ލަނޑަޔެކެވެ.

ބުނާކަށް ހެވޭ ވަރުން މަށަށް މީދެ އިނދެވެނީކީއެއްނޫނެވެ. ގަމާރަސް މިއުޅޭ އެފްއޯގެ އާލާތްގަނޑުގެ މިހިރަ ވިސްނުން ތެރިކަމުންނެވެ.


Saturday, January 12, 2008

ވަގުބުއްދި ކަތީބުކަމެއް ޝިކާރަ ކުރުމުގައި – ފުރަތަމަ ބައި.

















ނިލަންދޫގެ ވަގުބުއްދި (އިބްރާހީމް ޚަލީލު) ކަތީބުކަމެއް ޝިކާރަކުރުމުގައި އަވަދިނެތި އުޅެންފަށައިފިއެވެ. މިކަމެއް ފަޅާއެރީ މިކަލޭގެ ދާދި ފަހުން ޗުއްޓީއަށް ރަށަށް އައިސް އުޅުނު އުޅުމުގައެވެ. މިކަމުގެ ރޭވުން މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން ހިނގަމުން އަންނަކަމަށްވެއެވެ. ނިލަނދޫގެ ޢިއްޒަތްތެރިންކަމަށްވާ އެސްޖެހި ރައްޒާގުއާއި އަޙްމަދު ޝިޔާމުފަދަ ބޭބޭފުޅުންނާއި އަދި މިކަލޭގެއާއި އެއްފަދަ މާތް އަޚްލާގެއްގެ އެހެންވެރިންނާއިއެކު ބޭއްވި ސިއްރު ބައްދުލުވުމެއްގައި މިކަމުގެ ރޭވުންތައް ވަރަށް ފުރިހަމައަށް ރާވައި ކާށިޖެހިކަމަށްވެސް މަޢުލޫމާތު ލިބެއެވެ.


ވަގުބުއްދީގެ ސިކުނޑިއަށް ކަތީބުކަމުގެ ބުއްދި ވަނީ ޗޫކިދަމައިގެން ލިބޭއެއްޗަކުން މާލޭގައި ގެއެއް ކުއްޔަށް ހިފައިގެން ދެކޮޅު ނުޖެހޭތާނގައި ވައްކަންކޮށްގެންވެސް މިކަލޭގެ ބޭނުންވާ ވަރަށް އަޗާތަޅަން ލާރި ނުލިބޭތީއެވެ.


މި މާތްކަލޭގެ ވެރިކަމަށް ގެނައުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ދާދިފަހުން ރައްޔިތުން ކުރި ބުރަ މަސައްކަތުގެ އިސްވެރިޔާއަށް ހެދުމަށް ރޭވުނެވެ. އެހެނަސް ރައްޔިތުންގެ ތާއީދެއް ނެތުމުގެ ސަބަބުން މިކަލޭގެ އަށް އިސްވެރިކަމެއް ނުލިބުނަސް ރާވާ ހިންގާ ކޮމެޓީގެ މެންބަރެއްގެ ގޮތުގައި ކޮފިގަނެވުނެވެ. އެވެސް ފިސާރި އާދޭހެއްކޮށްގެންނެވެ. މިވަރުންވެސް ކަތީބުކަން މިކަލޭގެއަށް ފެނުނު ކަހަލައެވެ.


ރައްޔިތުންގެ މަސައްކަތްކުރިއިރު އެތަނުގައި ބޭރަށްހިންގުންޖެހި އަބަދު ދެކަމުއެކީ ރެވިފައިހުންނަ މީހެންހެން ދެކޮޅަށް ދެކޮޅަށް ދުވާތީ ފެންނަކަމަށް މަސައްކަތުގައި އުޅުނު ބައެއްފަރާތްތަކުން ހާމަކުރެއެވެ. އަދި ޚާއްސަކޮއް ދެއްކުންތެރިކަމެއް ދެއްކޭނެ ކޮންމެ ކަމެއް ކުރިމަތީވާއިރަށް މިކަލޭގެއަށް އެއޮށްވާ ގޮތެއްތާއެވެ. ހީވާނީ ނުކައި ބަނޑަށްއޮތް މޮޔަ ގެރިޔެއް ބުމަރެއްހެން އެނބުރޭހެންނެވެ. އަވަހަށް އެކަން އަތުލައިގަނނަންށެވެ. އޮފީހުގެ އަޑުގަދަ ކުރާ ހިފައިގެން މާ ކަންކަން ވާމީހަކަށް ހެދިގެން ދެކޮޅަށް ކެނޑޭތަން ފެނުމުން ބުނާކަށް ހީހީ ހަލާކުވާވަރުވެއެވެ. އެތާތިބި ބައެއް މީހުންވެސް އެކަމާ ހަޖޫޖަހާވަރުން ބަނޑަށް ހިނދޭކަމަށް ވެއެވެ.


އަދި މިކަލޭގެ ކަރާސިބުގެ މޮޅުކަން އެނގޭ ތޯއެވެ؟ ރައްޔިތުންގެ މަސައްކަތުގައި މީހުންތެރޭގައި ހަމަނުޖެހުން އުފެދޭ ދަނޑިވަޅުތަކުގައި ފީ ރާބޮންޖެއް ފިލާރައްކާވެއެވެ. އެކަން ހަމަނުޖެހެނީސް އެތަނުން ދެން ނުވެސް ފެނެޔޭ ބުނެއުޅެތެވެ. މަސައްކަތުގެ އިސްވެރިޔާ ރަފީޢު، ނުވަތަ މޫސާ އަޙްމަދު ނުވަތަ ޖަލީލުގެ މަސައްކަތުން ހަމަ ހަމަޖެހޭއިރަށް އެންމެންގެ މެދަށް އައިސް އަނގަ އަރުވަން ފަށައެވެ. "އަހަރުމެން ރައްޔިތުންގެ ޙައްގުގަ" އޭ ކިޔާ އަޑުގަދަ ކުރެވެ. ތަންތަނުގައި މާމޮޅުކަމަކަށް ހަދައިގެން މިވާހަކަވެސް ދައްކާކަމަށް މަގުބުއްދިއާއި ގާތް ޑަރޯގާއެއް ބުންޏެވެ. މަނިއްކޮޅާއެވެ. ވެރިކަމަށް އަންނަން ތިޔައީ ރަނގަޅު ވަގުޑޭލާއެކެވެ.


ކޮންމެ އަކަސް މަސައްކަތް ނިމި މިކަލޭގެއާއި މިކަލޭގެ އައުވާނުންގެ ފުރިހަމަ ރޭވުމުގެ ދަށުން މެޑަލް ޖަހަން މަސައްކަތް ކޮއްފައިވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހުނު ޖަލްސާގައެވެ. ބުނާކަށް ނިކައްވަރުގަދަ އެޖެންޑަރއެއް ތައްޔާރުކުރިއެވެ. މަޝްހޫރު "ކުޑަދަށު އެޖެންޑާ" އެވެ. އޭގައި މިކަލޭގެ އަށް ބައިއަތު ހިފައިގެން ތިބި ޢިއްޒަތްތެރިންނާއި ޚުދު މިކަލޭގެ ވެސް ވާހަކަދައްކަން ހަމަ ޖައްސާފައި އޮތެވެ. މަސްތު ބުއްދި ވާހަކަ ދެއްކުމަށް ހަމަޖެހިފައި އޮތީ ކަތީބު އާއި ބެހޭގޮތުންކަމަށްވެއެވެ. މަސްތުބުއްދިއަށް ކަތީބުގެ އިތުރުގަޑި ޖައްސައިގެން، އެކަމުގެ ވާހަކަވެސް މާމޮޅުކަމަކަށް ހަދައިގެން ދެއްކުމަށް ފީޑުކުރީ މި ވަގުބުއްދިއެވެ. ކަތީބުގެ އިތުރު ގަޑި އޮންނަގޮތް ނެއިގުނަސް މި ކަލޭގެއަކީވެސް ކުރިން ކުޑަ ކަތީބުކަމެއް ކުރި ގޮލަޔެކޯލައެވެ. ވަގުބުއްދިއަށް އެޖެންޑާގައިވާ ގޮތުން އޮތީ މަސައްކަތުގެ ރިޕޯޓު އިއްވުން ކަމުގައި ވިޔަސް ޖަލީލުއާއި ބެހޭ ސިއްރު ވާހަކަ ކޮޅެއް ދެއްކުމަށް ރާވާފައިވާކަމުގެ މަޢުލޫމާތު ލިބެއެވެ. ސަޓަނިގަނޑު މޮޑެވޭނެކަމަށް ހިތާ މި އެޖެންޑާ ހަދައިގެން މި އާލާތްގަނޑުގެ ހައްޓަކު ހެޔެއް ކައްޓަކު މަހެއް ނާރަކު ލެޔެއް ނެތެވެ. ގުއިތަފާމަތީ ދަނޑިން ތަޅަން ނިކަން ގޮސްބަލާށެވެ. ގައިމު އެއްކަމެއް ނުވިޔަސް އަމިއްލަ ގަޔަށް ތިކި ބުރާނެއެވެ.


މިއާލާތްގަނޑު ސްޓޭޖުމައްޗަށް އެރުވުމުން ފެންނާނެ މަންޒަރުތައް ސިފަކޮއްލާށެވެ. ރަށު އޮފީހުގެ އެޖެންޑާއެއްގެ ދަށުން ޖަލްސާ ކުރިޔަށް ދާގޮތަށް ހަމަޖެހުމުން ރަތް އަނގުރުގަނޑަކަށް މިކަލޭގެވެސް ވެއްޖެއެވެ. ކަތިވަޅި ގެއްލި މަރިޔަނބުވެސް ގެއްލުނު ކަހަލައެވެ. ކަތީބުކަން ލިބިލިބި އޮއްވައި އެ ފުރުސަތު ގެއްލިގެން ދިޔައީމައެވެ. މިކަލޭގެއާއި އަދި މިކަލޭގެއަށް ބައިއަތު ހިފައިގެން ތިބި ފަރާތްތަކުގެ ރޭވުމުގެ މަތިން ޖަލްސާ ގަޑުބަޑުކުރަން މަސައްކަތްކޮށް އެކަންވެސް ޗޮކަކުން ދިއުމުން އެއޮއްއައި ރުޅިޔެކޯލައެވެ. މިކަލޭގެ ޖެހި ގުއިރޯނުގައި ނިލަންދޫގެ ރައްޔިތުން ނުޖެހުމުން ޖަލްސާ ނިމިގެން ރަށްމެދަށްގޮސް ނުފެލޭކަށް ހަޅޭކެއް ނެތެވެ. "މިފަހަރު ވަރަށް ގިނަ މަޢުލޫމާތު ލިބިއްޖެކަމާއި ނެޓަށް ލާނަން" ކަމުގައި ކަރުބުޑުން ފެލިއުޅެތެވެ. އަޅޭ މީދެ މަރުކޮހާއެވެ. ކަލޭ ކޮންމެ އެއްޗެއް ނެޓައްލިޔަސް ބައިޑަރޭވެސް ހީވާނެ މީހަކު ނިލަންދޫގައި އުޅޭ ހެއްޔެވެ؟


ކަތީބުކަން ނުލިބިގެން ތިހާ މޮޔަބޮޑޫވަންޏާއި ތިޔައުޅޭ، ފާފު އޮބްޒާވާގެ ޑަރޯގާ އިމާމުން (ފޮޑި) ޓީމުގެ ބޮޑު ކަތީބުކަން ކަލެޔަށް ދީފީމެވެ. މިހެން ބުނީމާވެސް ތިޔައައީ ހާދަހާ ހިންޏެކެވެ. ގޮމަޔާ ކޮލުދަތަށް ދާންދެން ތިހިރީ ފެންނާށެވެ.


ކަލޭގެ ޕާޓޭއިން ބުނާހެން . .... ދެން ލަލަލާ އަދިވެސް ލަލަލާ


ނުނިމޭ – ދެން އޮތްބައި ....... ކަތީބުކައް ވަގުބުއްދިއަށް ލިބިދޭންޖެހޭ ސަބަބުތައް ........

Thursday, January 10, 2008

އާޖުކީ ތާޒާ ޚަބަރު... އެންމެން ރާނބާއަށް އާދޭ

ހާދަހާވާ މީރެވެ. ބަނޑު ފުރިއްޖެއެވެ. ބޔަކު މީހުން ރާނބާ ރެސްޓޯރަންޓުން ކާންދީފިއެވެ. ކިސަޑު މަރުމޯލުންތައް ވަރަށް ހެލިފެލިވެ އުޅެތެވެ. މީ މާލޭގައި އުޅޭ ނިލަންދޫ ހުރިހާ އެންމެންނަށް ދޭ ކެއުމެކޭ ކިޔާ އަނގައަރުވަ އެވެ.


އެކަމަކު އަޅުގަނޑުގެ ލޯ އަދި ކަނެއް ނުވެއެވެ. އެހެން ހިއްސުތައްވެސް ސަލާމަތުން އަދި އެބަ ހުއްޓެވެ. ހުރިހާ މީހުންނަށް ކާޑު ފޮނުވީމޭ ބުނާއިރު އެއީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ. އަދި އެތަނަށް ގޮސްތިބީ މަދު ބަޔެކެވެ.


ޑޯން ޖަމިއްޔާގެ ނަމުގައި މިއޮށްދެން ޖަހާ ސަކަރާތެއް ދޯއެވެ. އެއް ފަހަރު ރޯދަ މާ ހެފުމެކެވެ. ދެން ރޯދަ ވީއްލުމެކެވެ. އެއަށްފަހު ފާޑު ފާޑުގެ ނަން ކިޔާގެން އަންވަރު ޢަލީ ކާރިން ސަލާން ޖަހާގެން ހައި ސްޕީޑު ލޯންޗެއްގައި ދަތުރު އެޅުމެވެ. މިހާރު ރާނބާއިން ގިއްކިޔާފައި ކެއުމެވެ.


ހައިރާންވެ އަންތަރީސް ވެއްޖެ އެވެ. ތިޔަ އަނގަތަކުން ދެއިރު ދެދަޅައަށް ތިޔަ ދައްކަނީ ނިލަންދޫ މިވެނި ކަމެކޭ އެވެނި ކަމެކޭ، މިވެނި ކަމެއް ނުވެއޭ އެވެނި ކަމެއް ނުވެއޭ، ތަރައްޤީ ނުވެއޭ ކިޔާ ތިހެން އުޅޭއިރު ނިކަށް ވިސްނަ ބަލާށެވެ. ތިޔަ ދުއްވާލަނީ ބޭކާރު ގޮތުގައި ކިހާ ފައިސާއެއް ހެއްޔެވެ. އެއްބައިވަންތަކަން އާލާ ކުރުމަށް ތިޔަ ކަހަލަ ކަންތައްތައްވެސް ކުރަން ޖެހޭނެ އެވެ. އެކަމަކު އޭގެ ހައްދުން ނެއްޓުމުން އަހުރެންތިޔަށް ކިޔާނީ އެހެން ނަމެކެވެ. ތިޔަ ގޮތަށް ނާޗަރަންގީއަށް ފައިސާތައް ތަޅާ ބުރުވުމުގެ ބަދަލުގައި ތިޔަ ފައިސާއިން ނިލަންދޫގެ ތަރައްޤީއަށް ހޭދަކޮށްބަލާށެވެ. ނިލަންދޫއަށް ކޮންމެވެސް ކަމެއްކޮށްދީ ބަލާށެވެ. ގައިމު މުސްތަޤުބަލުގައި ފެންނަން އޮންނާނެއެވެ.


ނިލަންދޫދެކެ ތިހާ ލޯބިން ރައްޔިތުންނަށް ތިޔަހާ ހެޔޮ އެދިގެން އުޅޭނަމަ ތިޔަ ފައިސާ ހަމަ ޚަރަދު ކުރާނީ ރައްޔިތުންނަށްޓަކައި ނިލަންދޫއަށެވެ، ރައްޔިތުންނަށެވެ.


މީސް މީހުންގެ ބޮލަށް ތިޔަ ގޮތަށް އިބިލީސް ސަވާރުވެގެން ޑޯން ޖަމްޢިއްޔާގެ ނަން ހުތުރު ކުރުން ނޫން އެއްވެސް ކަމެއް ނުވެއެވެ. ތިޔަ ޖަމިއްޔާގެ ނަމުގައި ތިޔަ ގޮތަށް ހަޑި ނުހާވާށެވެ. ތިޔައީ ޑޯން ޖަމިއްޔާގެ ހަލާކެވެ. ތިޔައީ އެޖަމިއްޔާ އާއި ނިލަންދޫގެ ފަނާކުރުވަނިވި ވިހަ ޖަރާސީމެކެވެ. ތިޔަ ޖަމިއްޔާގެ ނަން ހުތުރު ކުރުން ހުއްޓާލާށެވެ. ނޫނީ ޢުމުރު ދުވަހު ހަނދާން ނުފިލާ ކަހަލަ ބޮނޑިއެއް ދޭނަމެވެ.


ވާނީ ހަމަ ތިވަރެވެ. މުޅި ޢުމުރު ތިޔަ ހޭދަކުރަނީ ތިޔަ ގޮތުގައެވެ. މީހުން ކައިރީ ސަލާންޖަހާ އާދޭސް ކުރާކަށް ލަދެއް ނުގަނޭ ދޯއެވެ. ދިމަ ދިމާލުން ކެވިފައިހުރިވަރު އަދިވެސް މަދީ ދޯއެވެ.

Wednesday, January 9, 2008

އެންމެ ފަހުން ޝައްކު ބަލި ވެސް ޖެހުނީ

މިޔޮއް އުޅޭ ބޭކަލުންތަކެއް އެއުޅޭ ފާޑަކުން ބަޔަކު މީހުން ހީހީ ހަލާކު ނުވާނެ ހެއްޔެވެ. އެންމެ ފަހުން ޝައްކު ބަލިވެސް ޖެހުނީތާ ދޯއެވެ. އެހެންވީމާ މިހާރު ދެން ތިތިބީ ހުރިހާ ބައްޔެއް ޖެހި ފުރިހަމަވެފައެވެ

ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ. ނޭނގޭ ޙާލު މީސްމީހުންގެ ބޮލުގައި ތުހުމަތު ނާޅުވާށެވެ. ރައްޔިތުންގެ ތެރޭގައި ތިމާމެން ފަޟީޙަތްވެ ރާޑި ވުމުން އެންޓީ އެފް އޯ ހިންގަނީ މިވެނި ބައެކޭ ކިޔާ އަނގަ ނާރުވައި ތިބޭށެވެ. ތިޔަ ޝައްކު ބަލީގައި ތިބެގެން އެހެން މީހުންގެ ބޮލުގައި ތުހުމަތު އެޅުވުމީ އޭގެ ނަތީޖާ ވަރަށް ހިތި ގޮތަކަށް ފެންނާނެ ކަމެކެވެ

ދެން ރަށުގެ ބަޔަކު ކިޔަވާތީވެސް ހާދަހާ ކަންބޮޑުވޭތާއެވެ. ރަށުގެ ކުދިން ކިޔަވާތީ އެހެން މީހުން ވަނީ އުފަލެވެ. އެކަމަކު ތިޔަ ދަންނަ ބޭކަލުންތައް ތިޔަ އުޅެނީ އެކަމާހުރެ ފޫ ކަހާވަރުންތާއެވެ. ވާނީވެސް އެހެންތާއެވެ. ރޯނު އެދުރުންތަކެއް ވިއްޔާއެވެ. ތިޔަވަރަށް ދެން ޖެލަސް ވާކަށް ނުވާނެއެވެ

އެކަމަކު މިކަހަލަ ކަޑަކަޑަ ބްލޮގް ގަނޑެއް މީހަކު ހަދައިގެން އުޅުމުން ތިޔޮށް ގަންނަ ބިރެއްތާއެވެ. ވަރަށް ޖެހިލުންވޭ ދޯއެވެ. ތިޔަ އުޅެނީ މިކުޑަ ކުޑަ ބްލޮގް ގަނޑާހެދި ހަމަ ނިދި ނުނިދިދެން ދޯއެވެ. ހެހެހެ

އަދި ކުރިއަށް އޮތީއެވެ. މީހުން ދައްކާ ވާހަކަތަކާއި ޚިޔާލުތައް ހަޖަމް ނުކުރެވިގެން އުޅެނީ ކޮން ބައެއްކަން އަންގާލާނަމެވެ. ރައްޔިތުންގެ ލާރިން ކައިގެން ބޮއެގެން ރައްޔިތުންނަށް ހަރާންކޯރުވަނީ ކޮންބައެއްގަން ތިޔަ ބީތާތަކަށް ސާފު ކޮށްދޭނަމެވެ. ސަރުކާރުގެ ވަޒީފާތަކުގައި ތިބެ ޕަކަޅާކޮށް ބަނޑުއެޅީ ކޮން ބައެއްކަން ނިކަން ރަނގަޅަށް ބުނެލަދޭނަމެވެ

ރައްޔިތުންގެ ފައިސާއިން ގޭގައި ތަށި މުށި ޖަހައި ރައްޔިތުންގެ މަސައްކަތަށް ގެންދާ ސިމެންތިއާއި ދަގަނޑާއި ހޮޅި އަދި ފެން ހަންތައް ކަޓުވާލާފައިވަނީ ކޮންބައެއްކަން އަންގާލާނަމެވެ. މީހުންގެ އަތުން ލޭންދޭން ނަގާފައިވާ ލާރިތައް ނުދީ ދަރަނިބޯ ހެދިގެން އުޅެނީ ކޮންބައެއްކަން ތަފްޞީލު ކޮށްދޭނަމެވެ

މިކަހަލަ އެތައް ބައިވަރު އެބަ ހުއްޓެވެ. އިންތިޒާރު ކޮށްގެން ތިބޭށެވެ. މިހާރުވެސް ގައިން ހީބިހި ނަގައިފި ދޯއެވެ

Sunday, January 6, 2008

ޢަބުދުލް މަޖީދު ރައްނަމާރި ބަނޑުއެޅި ކިއްލިގެފާނުގެ މާތްކަން

ފާފު އޮބްޒާވާއޭ މިކިޔާ ސައިޓުގެ އިސްބެންބަރެއްކަމުގައިވާ ޢަބުދުލް މަޖީދު ރަންނަމާރި ބަނޑުއެޅި ކިއްލިގެފާނަކީ ދިވެހި ތާރީޚު ނުދެކޭފަދަ މުހިންމު ޚިދުމަތްތަކެއް ދިވެހި ޤައުމަށާއި އަދި އޭނާ ނިސްބަތްވާ އަތޮޅުގެ ދަރިންނަށް ކޮއްދެއްވަމުން އަންނަ ބޭފުޅިއެކެވެ.
މިކަލޭގެ ހުރި ގަދަ ކަން ނިކަން ދެކެބަލާށެވެ. ސިފައިންގެ ވަޒީފާގައި ހުރެ ދިވެހި ދައުލަތައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް ވަފާތެރި ވުމަށާއި ދިވެހިރާއްޖޭގެ އަމަން އަމާންކަން ދެމެހެއްޓުމަށް މާތް ﷲ ގަންދީ ހުވައިކޮއްގެން ހުރެ އެދަނީ ފާޅުގައި އެހުވަޔާ ޚިލާފު ވަމުންނެވެ. އެގޮތުން ރައީސުލް ޖުމްހޫރިއްޔާ މަރާލުމަށް ހިތްވަރުދޭފަދަ ޕޯލެއް ހަދައި ސިއްރު ވޯޓުތަކެއް އެފްއޯ މެދުވެރިކޮށް ނަގާފައިވެއެވެ. އަދި ދިވެހި ޖުމްހޫރިއްޔާއަށް ހުތުރު އަރާފަދަ އެތައް ވާހަކަތަކެއް މިކަލޭގެ ގަލަމުން ލިޔެ އެސައިޓުގައި އެދަނީ ޝާޢިރު ކުރަމުންނެވެ. ފ. އަތޮޅުގައި އޮތް ސުލްޙަ މަސަލަސްކަން ގެއްލޭފަދަ ކަންކަން ކުރުމަކީ މިކަލޭގެ ކުރާ އެންމެ ޢާންމު ކަމަކަށް ވެއްޖެއެވެ.
ވާނީވެސް އެހެންތާއެވެ. ދިވެހި ސިފައިންގެ ވަޒީފާގައިހުރެ މިހާރުވެސް އެދަނީ ސަރުކާރަށް ހަޖޫކިޔާ ރައީސުލް ޖުމްހޫރިއްޔާ އަށް އިހާނެތިކޮށްހިތާ ފަރާތްތަކާ އެކުގައި އުޅެމުންނެވެ.
މިކަލޭގެ ހިތް އާސްމާނަށް އަރައިގެން ދިޔައީ ސިފައިގެ ޚަރަދުގައި ކޮލެޖުން ކޯހެއް ހެދުމުގެ ފުރުޞަތު ލިބުމުންނެވެ. އެކަމަކު އެތަނަށްވެސް ވަފާތެރިކަމެއް ނެތެވެ. ސިފައިންގޭގައި ކަންކަން ހުންނަނީ އެހެންނޭ މިހެންނޭ ކިޔާ އަޑު އެރުވުމުމަކީ އާދައެކެވެ. ސިފައިގެ އިސްބޭފުޅުންގެ ފަތިފުށޭ ކިޔާ ދޮގު މަޢުލޫމާތު ފެތުރުން ޢާންމު ވެއްޖެއެވ.
ތިހާ އީމާންތެރި ސޯލިޙު އަދި ތެދުވެރި އަޅެއް ކައިރިން އަހަން ބޭނުންވާ ސުވާލެއް އެބައޮތެވެ. ތިހެންޏާ އަޙްމަދު ޝަފީޢުގެ ސައިކަލް ދެފަހަރަށް ވިއްކާލީ ކޮންކަހަލަ ބުއްދިއެއްގެ ދަށުން ތޯއެވެ؟ ވަގު ބޮލައްވަދެގެން ބަނޑުއަޅާނެ ބުއްދިއެއް ހިތައްވަނީ ދޯއެވެ. އަތުލި ފައިސާތައް އެމީހުންނަށް އަނބުރާ އަދިވެސް ނުދެއްކޭ ދޯއެވެ. ޝަފީޢުގެ ސްމާޓުކަން ކަލެއަށް ވުރެ އެތަށް ގުނައެއް އިތުރުވުމުން ސައިކަލް ކައްވާ ނުލެވުނުތާގައި އެކަން ފަޅާވެސް އެރީ ދޯއެވެ. އަދި ކަލޭގެ އަމިއްލަ ސައިކަލްވެސް މީހަކަށް ވިއްކާލާ ފައިސާ އަތުލުމަށް ފަހު ފަހުން ސައިކަލް ދޭނަމޭ ކިޔާ ހެދީ ކިހިނެތް ހެއްޔެވެ.
މީސް މީހުންގެ މަސްކާންވާނީ ކެވޭން އޮތްނަމަކަން ކަލޭ ހަނދާން ކުރާށެވެ. ތިމާގެ ސައިޒު އޮޅިގަނެގެން އުޅެނިކޮށް ބޮނޑިއެއް ލިބިދާނެއެވެ. ކަލެޔަކީ ތިފަދަ ބައިގަނޑު ގަނޑާ ގުޅިގެން ދިވެހި ދައުލަތަށް ޚިޔާނާތްތެރިވަމުންދާ އަދި ކޮއްފައިވާ ހުވަޔާ ޚިލާފު ވަމުންތާ މީހެއްކަން ހަނދާންކުރާށެވެ. ކަލޭގެ ތިޔަ ޢަމަލުތަކުގެ އަގު ދައްކަން ޖެހުމަކީ ދުރުގައިވާކަމަކަށްވުރެ ކައިރީގައވާކަމެއްކަން ހަނދާން ކުރާށެވެ.
ނިންމާލުމުގެ ކުރިން އަދި ބުނެލަމެވެ. ޝަބާބުން ބޭއްވި އަލުޙާ ކަޕްގެ ފައިނަލް މެޗުގެ ރިލޭ އެފްއޯ މެދުވެރިކޮށް ގެނައީ ކަލޭކަން ސިއްރުކުރަން ނޫޅޭއްޗެވެ.

Saturday, January 5, 2008

ފ.އަތޮޅުގެ ޞައްޙަ މަޢޫލޫމާތުވެސް ނެތް ޗޯރުންތަކެއް

އޭ މިތިބަ އެފް އޯ ބީތާ އިންނެވެ. ޚަބަރެއް ގެންނަ އިރު އެއީ ތިމާމެން އަމާޒު ކުރާ ބަޔަކަށް ކިހާ މުހިންމު އެއްޗެއްކަން ބާލާލަންވެސް ނޭނގޭ ދޯއެވެ. އިހައްދުވަހު ކަލޭމެން ޖެހި ދިރާގުގެ ޚަބަރު އެހީ ފަހެ ކޮންބޭނުމެއްގައި ޖެހި އެއްޗެއް ހެއްޔެވެ. އަތޮޅުގެ އާބާދީ އޮތްގޮތް ނޭނގޭތީ ދޯއެވެ. ބަލަ މިއަތޮޅުގައި 1500 އަށް ވުރެ އާބާދީ މަތީގައިވަނީ ހަމައެކަނި ނިލަންދޫކަންވެސް ނެއިގޭ ދޯއެވެ. އެރަށުގައި ދިރާގު ވަޔަލެސް އިންޓަނެޓް ލިބެން ހުންނަކަންވެސް ނެއިގޭ ދޯއެވެ. އަތޮޅުގައި ބާކީ ހުރި ހުރިހާ ރަށަކީ ވެސް 1500 އަށް ވުރެ އާބާދީ މަދު ރަށްރަށް ކަމެއް ނެއިގެންޏާ ތިކަހަލަ ދެކޮޅުނުޖެހޭ ޚަބަރު ތައްވެސް ގެނެވޭނެއެވެ. ތިޚަބަރުން ކުރާނެ ފައިދާއެއް ނިކަން ކޮމެންޓެއްގެ ގޮތުގައި މިސައިޓަށް ފޮނުވަދީބަލާށެވެ.

އަޅޭ ހަވާލުވާކަށް ނުކެރޭނެ ހެއްޔެވެ. ތިޔަކަލަ މުހިންމު ޚަބަރުތަކުން އަހަރުމެން މިތިބީ އާޝޯޚު ވެފައެވެ. ޚަބަރެއް ވިއްޔާ އަހާހިތްވާކަހަލަ މުހިންމު އެއްޗަކަށް ވާންޖެހޭނެއެވެ. މިސާލަކަށް 1000 މަތީގެ ރަށްރަށަށް ވަޔަލެސް ޚިދުމަތް ދިނުމަށް ދިރާގުން މަސައްކަތްކުރާނަމަ އެ ޚަބަރު މިއޮތޮޅަށް މުހިންމެވެ.

ވާނުވާ ނޭނގި ލިޔާނެ ނުލިޔާނެ އެއްޗެއް ނޭނގުނީމާ ތިހެންވެސް ވާނެއެވެ. ދެބޯގެރި ދުއްވަމުން ދުއްވަމުން ގޮސް ބުއްދި ފިލައިދިޔައީތާއެވެ. ނޫނީވިއްޔާ އަނެއްކާ މަސްތުބުއްދީގެ މަސްތުގައި ޖެހުނީ ހެއްޔެވެ. އާދޭސް ކޮއްފައި އޭގައި ނުޖެހެއްޗޭ ބުނަމެވެ. ނިލަންދޫއަށް މަސްތުވާތަކެތިން މިންޖުވެފައިވާ ރަށްރަށަށް ދޭއިނާމު ބޭނުންވެއެވެ.

ކަލޭމެންގެ ދެބޯގެރި ޕާޓީއަށް ތާއީދު ހޯދުމަށް ވިޔަސް ތިޔައީ ބޮޑުވަރެކެވެ. ހަމަ ބުއްދި ފިލައި ތިމާމެންގެ ބޭނުންތައް ޙާޞިލް ނުވުމުން ތިކަހަލަ ދިއުޅިއެއްނުވާ އެތައްކަމެއް ކުރެވޭނެއެވެ. ވެރިކަމުގެ ކުފޫ ހަމަ ނުވުމުން އެކަންވެސް ނުލިބުނެވެ. ނިލަންދޫގައި ދިވެހިންގެ މިނިމަސްކާ ޕާޓީ (އެމްޑީޕީ)ގެ އެންމެ ގޮތްޕެއް ވިޔަސް ނުހެދުނެވެ.

މިލިޔުމާ ގުޅޭގޮތުން އަނެއްކާ ނޫސްބަޔާނެއް ނުނެރުނިއްޔާ އަހަރުމެން ނިކަން އުފާވާނެއެވެ. އެއީ އެންމެ ފަހުންވެސް ކަލޭމެން ނެރުނު ނޫސްބަޔާނަކުން އެންޓިއެފްއޯ ކުއްވެރިވީމައެވެ. އަޅޭ ފައްކަޑާކަށް ނުކެރޭނެހެއްޔެވެ. ކިކިކިކިކިކިކިކި

Wednesday, January 2, 2008

މަސްތު ބުއްދީގެ ބުއްދިވެސް މަސްތުގައި

ނިލަންދޫގައި މާގަދަ ކަމަށް ހެދި އެއުޅޭ ދިއުޅިއެއްނުވާ މަސްތުބުއްދީ (އަހުމަދު ޝިޔާމު)ގެ ބުއްދިވެސް މަސްތުވެއްޖެއެވެ. މިކަމެއް ފަޅާއަރާއިގެން މިދިޔައީ އިއްޔެރޭގައި ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގައެވެ. އަދި މި ބައްދަލުވުމުގައި މަސްތުބުއްދީގެ ވާހަކަތަކުން އަމިއްލައަށް ބޭޒާރުވުން ނޫން އިތުރު އެއްވެސް ކަމެއް ނުވިއެވެ. އަމިއްލައަށް ފަލީހަތްވެ ހުރިތަނަށް ދެކަމު ހާޖަތަށް ނުދެވިހުރީ ހަމަކިރިޔަ ކިރިޔާއެވެ.
ވާނީވެސް އެހެންތާއެވެ. ވިސްނާވިސްނާފައި ޖަލްސާގައި ބަޣާވާތް އުފެއްދުމަށް ބަޔަކު އެއްކުރުމަށް ކުރިހާ މަސައްކަތެއް ވަރަށް ފޮނިވާނެކަމަށް ހުއްޓައި މަސްތުބުއްދީގެ މަސްތު ވިސްނުމާ ޚިލާފަށް އެކަންކަން ދިއުމެވެ. ބުނާކަށް އެސޮރު ދެރަފަށެއްވިއެވެ. ވީދެރައިން ހޯލުން ނިކުމެ މީސްމީހުނައި ގުޅައިގެން ގެންނަން މަސައްކަތްކުރި ކަމަށްވެސް ވެއެވެ. ގުޅާކޮންމެ މީހަކުވެސް ފަސްފޫޓުބައިގެ މި މިސްތުގަނޑު އިންޗިއެއްގެ ސައިޒަށް ތިރިކޮށްލައެވެ. އެންމެ ފަހުން ޖަލްސާ ނިމުމުން ރާޑިވެ ގޮތްހުސްވެފައި ހުރިކަހަލަ ގޮތަކަށް ކަ.ކަ.ކަތީބު އިސުތިއުފޭ އޭ ބުނިއަޑު އެހިކަމަށް ބައެއް މީހުން ބުނެލިއެވެ.
އަދި މި މަރުމޯލުގެ މަޢުލޫމާތުގެ ޚަޒާނާއިން ކަތީބު އިތުރުގަޑި ލިޔެ ފައިސާ ނަގާވާހަކަވެސް ރައްޔިތުންނަށް އިއްވާލިއެވެ. މަސްތުބުއްދިގެ ގަމާރުކަމުން ރަށުގެ އިސްވެރިޔަކީ ލިޔުނަސް ނުލިޔުނަސް އިތުރުގަޑި ފުލްކޮށް ލިބޭ މީހެއްކަން ނޭނގުނެވެ. އަދި ކަތީބު އެލިޔެފައިއެވަނީ ކަތީބުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރިޕޯޓު ކުރުމަށްކަން މި މަސްތޭއަކަށް ނުވިސްނުނެވެ. ވާނީވެސް އެހެންތާއެވެ. މަސްތު ބުއްދީގެ މުޅި ޢުމުރު އެހޭދަކުރަނީ ސަރުކާރުގެ އިސްވަޒީފާތަކުގައެވެ.
އަދި ހެއްވާކަމެއް އެނގޭ ހެއްޔެވެ. މިކަލޭގެ އެންމެ ބޮޑަށް ރުޅިއައީ މަސްތު ވާހަކަކޮޅެއްދައްކަން މީނާގެ އައުވާނުން ރާވައިގެން ޕޯޑިއަމް ދޮށުގައި މޮޔަ ގޮވަން ވިޔަސް އެރޭގައި ލިބެން އޮތް ފުރުޞަތު ކަޓުވާލީމައެވެ. ވާހަކަ ދައްކަން އެރިނަމަ ގޮވާނެ މޮޔައިން މުޅިރައްޔިތުން ލަދުން މެރިސްތާއެވެ. މިކަލޭގެ މިއޮތް މާތް އަޚުލާގެއްވެސް ފެނިފައި ހީހީ ހަލާކެވެ.
އޭ މަސްތޫއެވެ. ކަލޭ މީހަކު އިސްލާޙުކުރަން ބޭނުންނަމަ އެންމެ ފުރަތަމަވެސް ބޮސް އިސްލާޙު ކުރާށެވެ. އަދި ކަލޭ އަމިއްލައަށް އިސްލާޙުވާށެވެ. ކަލޭ ކަތީބުދެކެ، ޖަލީލުދެކެ ރުޅި ތިއަންނަނީ ރައްޔިތުންގެ ސިމެންތިތަކަކަށް ވައްކަންކުރުމުން އެކަން ޝަރީޢަތަށް ފޮނުވާފައިވާތީކަން އަހަރުމެންނަށް ނެއްއިގެނީ އެއްނޫނެވެ. ކަލޭގެ ބޮސް ކަލޭ އަޅަކަށް ހަދައި ގަނެލާފައި ތިހިރީ ޑްރައިވަރެއްގެ ފެންވަރުގައެވެ.
އަދި ބޮސްކައިރީ ބުނެލާށެވެ. ރައްޔިތުންގެ ތެއުގެއަށް ވެފައިވާ ޚިޔާނާތްތައް ތިހެން އުޅެންޏާއި ފަޅާއަރުވާލާނަމެވެ. އަދި ޢީދުކުޅިވަރަށް ބޭނުންވާ ތަކެތި ހަދަންށޭ ކިޔައިގެން ރައްޔިތުންގެ މުދާ ގޯތިގެދޮރު ހެދަން ބޭނުން ކުރުމަށް މިހާރުވެސް ގެންގޮސްފައި އެބަހުރިކަން އަހަރުމެންނަށްވެސް އެނގެއެވެ. އަހަރުމެން ކަލެއާއި ކަލޭގެ ބޮސް މަޅިދަށުލާނެނަމަ މިހާރު އެކަންކޮށް ނިންމައިފީމުސްއެވެ. އެހެންމީހުންނާއި ބެހެންވާނީ ތިމާގެ ފަރާތުން މިކަހަލަ ޚިޔާނާތް ނުވެހުރިނަމައެވެ.
މެކުނު ފުމުނަސް ގާހަކަޔަކަށް ނުފުމެވޭނެކަން ކަލޭގެ އައުވާނުން، އެފްއޯގެ ލަޓޯފަޓޯއިންވެސް ބުނޭތާއެވެ. އެކަން ތިޔަ މަސްތު ބުއްދީގެ ހަނދާނުގައި ބަހައްޓާށެވެ. ކަލެޔަކީ ޗާބީދީފައިހުރި ބުދެއްފަދަ އިން މީހަކު ފީޑު ކުރިއެއްޗެއް އަނގައިން ނިކުންނަ ބޮޑު މޮޔައެއްކަން މިހާރު ނިލަންދޫގެ ކުދިބޮޑު އެންމެންނަށް ހާމަވެގެން ހިނގައްޖެއެވެ. ހަމަ ފައްކާ މަސްތުބުއްދިއެކެވެ.
މަސްތުބުއްދިއަށް މަގޭފަރާތުން ސަލާމެވެ.
ނޯޓް: މިއީ ކިޔުންތެރިއެއްގެ ފަރާތުން ލިބިފައިވާ އީމެއިލްއެއް އޭގެ އަސްލަށް އެއްވެސް ބަދަލެއްނުގެނެސް ޝާއިރުކޮށްގައިވާ ލިޔުމެކެވެ.