ފާފު އޮބްޒާވަރ އަކީ އަޅުގަނޑުމެންގެ މާދަރީ ރީތި ދިވެހި ބަހަށް ކުރަފި އަރުވަމުން ދުވާ ވެބްސައިޓެއްކަން ކުރިންވެސް ވާނީ ބަޔާންކޮށްފައެވެ. މިގޮތުން މިފަހަރު މިބަލާލަނީ 9 އޮކްޓޫބަރު 2007ގައި ކޮލަމް ޞަފްޙާގައި ''ނުބައި ފާފަތަކުން އަޅަމެންގެ ނަފުސުތައް ތާހިރު ކުރައްވާނދޭވެ'' މިމައުޟޫޢަށް ލިޔެފައިވާ މަޒުމޫނުގައި ދިވެހި ބަހަށް ކުރަފި އެރުވުމަށް ފާފު އޮބްޒާވަރ އިން ކޮށްފައިވާ މަސައްކަތަށެވެ.
......................

ނަފްޞް: މިއީ ދިވެހި ބަހުގައި އޮތް ބަހެއް ނޫނެވެ. ދިވެހި ބަހުގެ ރަދީފްގައި މިބަސް ލިޔެފައިވަނީ ނަފުސު މިހެންނެވެ. އަދި އޭގެ މާނައިގެ ގޮތުގައި ލިޔެފައި ހުރީ ފުރާނަ، ހަށިގަނޑު، އަމިއްލަ ޒާތު މި 3 ބަހެވެ. އެހެން ކަމުން ދިވެހި ބަހުގައި ނަފްޞް މިއީ އޮތް ބަހެއް ނޫނެވެ. އަދި ނަފުސު ލިޔާއިރު ސީނުގެ ބަދަލުގައި ޞާދުގައި ތިކި ޖެހުމުން އޭގެ މާނަ މުޅިން ބަދަލުވެގެން ދާނެއެވެ.
އެހެންމީޙުންނާއި: ދިވެހި ބަހުގައި އެހެން މީހުން ލިޔާއިރު ''ހ'' ގެ ތިރީގައި ނުކުތާ ޖަހައިގެން ތިކިޖެހި ތާނައިގެ އަކުރެއްގެ ގޮތުގައި ލިޔެއެއް ނޫޅެއެވެ. ސަބަބަކީ މީހުން މި ބަހަކީ ޢަރަބި އަދި އިގިރޭސި ބަހުން ވެސް ނެގިފައިވާ ލަފުޒަކަށް ނުވާތީ އެވެ.

އަޙްވަންތަކަން/ އުޙްތުން/ އަޙުން: މިއީ ވެސް ތިކިޖެހި ތާނައިގެ އުޞޫލުތަކާ ޚިލާފަށް ލިޔެފައިވާ ދެބަހެވެ. ދިވެހި ބަހަށް ޢަރަބި ބަހުން ނެގިފައިވާ މި ދެބަސް ލިޔާއިރު އޮންނާނީ ''އަޚްވަންތަކަން''،''އަޚުން'' އަދި އުޚުތުން'' މިހެންނެވެ. ވީމާ ފާފު އޮބްޒާވަރ ގައި ލިޔެފައިވާ ގޮތަށް ލިޔުމުން އޭގެ އަސްލު މާނަ ގެއްލެއެވެ.
ތާޙީރު: މިއީ ވެސް ދިވެހި ބަހުގައި އޮތް ބަހެއް ނޫނެވެ. ރަދީފްގައި މިބަސް އޮތީ ''ތާހިރު'' މިހެންނެވެ. ވީމާ ''ތާޙީރު'' މިހެން ލިޔެފައިވަނީ ހަމަ ގަސްދުގައި ދިވެހި ބަހަށް ކުރަފި އެރުވުމަށެވެ.
ތަޢުފީގް: މިއީ ވެސް ތިކިޖެހި ތާނައިގެ އުޞޫލުތަކާ ޚިލާފަށް ލިޔެފައިވާ ބަހެކެވެ. ދިވެހި ބަހަށް ޢަރަބި ބަހުން ނެގިފައިވާ މި ދެބަސް ލިޔާއިރު އޮންނާނީ ''ތައުފީގު'' މިހެން ކަމަށް ލަފާކުރެވެއެވެ. ކޮންމެ ސިފައެއްގައި ނަމަވެސް ''ޢ'' އުބުފުލި ޖަހައިގެން ނުލިޔެވޭނެ އެވެ. ސަބަބަކީ ޢަރަބި ބަހުން ''ތައުފީގު'' ލިޔާއިރު ބޭނުންކޮށްފައިވަނީ ''ވ'' އެއް ކަމަށްވާތީ އެވެ

.
އަދި ހަމަ މިމަޒުމޫނުގައި ބަހުގެ ހަމަތަކާއި ޚިލާފަށް ބޭނުންކޮށްފައިވާ އެހެން ބައެއް ބަހެއް ބަސްތަކުގެ ތެރޭގައި ''ޤުރުޢާން''، އަދި ''ރުޙިވޮޑިގަތުން'' ފަދަ ބަސްތައް ހިމެނެއެވެ.
އަދި ހަމަ މިމަޒުމޫނުގައި ބަހުގެ ހަމަތަކާއި ޚިލާފަށް ބޭނުންކޮށްފައިވާ އެހެން ބައެއް ބަހެއް ބަސްތަކުގެ ތެރޭގައި ''ޤުރުޢާން''، އަދި ''ރުޙިވޮޑިގަތުން'' ފަދަ ބަސްތައް ހިމެނެއެވެ.
11 comments:
kurafi araifai thibi bayakah enoon ehen ehcheh eruvidhaanetha? neyfathugaives kurafi, lolugaives kurafi, sikundeegaives kurafi, mulhi hasheegai kurafi.
dhen bunefaane anekkaves mives anti fO in hadha hadhaigenney .. alhe hih vareh huriyya mibas thakaa gulheygothun noos bayaaneh neri bala !
hehe anti FO kihiney thi hadhanee. bayaku oriyaan kolleenu thi. bala heyo nuvaane thiyan hadhaakan esoru mennah. e ee islaahu kuran nukume ulhey bayekeyy. islaahah masakkai kuraa meehunah thiyafadha furassaara kuraakah nuvaane ennu.
point jahaalaafa anekka vesmolhu vaahaka eh jahan v. hehe
ekamaku evs molhu edhurun thakeko mithibeee. bodethi shcool madharusa thakuga kiyavaadhey soadhube ah dhoonukuraaa meehunno. mihaaru FO meehunge sababun nilandhoo ahves huthuru. aharumen FAEC kiyevi meehunnah ves huthuru. yageenun ves aharun kiyavan ulhunu iru rashun viyas adhi ehen thanakun viyas dhivehi kiyavaadhineee thigothakah noon. thiyahaa fenvaru dhakkoshehh noon.
then buney anekkaa mee thimanna menge massala eh nooney. kiyavaa dhin meehunge massala ekey. emeehun kiyavaa dhin gothey. anga eh dhevvaafa ove ennu. konmeves ehchekey bunan jeheyne.
furathama thimeehun amilla ah liyefa hunna echeehun baha kurafi araathoaves balaafa dho jahanvaany. masha engifa onna gothun vejjiya dhebas gulhuvan beynunkuraa bastha hurey e liyaa bahaa ekugai gulhuvaigen liyan jehey basthavves. vedhaane masha nubaikoh heevaneekamaves. mashaky soadhube ehves noon. dhivehi baha maamolhu meehakeeves noon. ekamu masha heevany thi jahaafa inna 'observer in' dhivehi bahun liyaa iruga innaany enme bahakah hen.
konmes meehaku mi olhun araigen ulhey thankolhu saafukohla dheefaanantha
soadhube bunee vakinno innaanee
soadhube bunee vakinno innaanee
ތިދެއްވި ކޮމެންޓަށް ޝުކުރިއްޔާ! އަޅުގަނޑަށް ހީވަނީ ''އޮބްޒާވަރ'' އަދި ''އިން'' ވަކިން ލިޔާނަމަ ވަކިވަކިން ލިޔެވިދާނެ ހެން! ނަމަވެސް އެދެބަސް ގުޅުވާނަމަ އެއްކޮށް ލިޔެވިދާނެހެން! އަދި އޭރުން އެބަސް ލިޔާނީ އޮބްޒާވަރުން މިހެން ކަމަށް ލަފާކުރެވޭ! އަޅުގަނޑަކީ ވެސް ޞޯދުބެއެއް ނޫން!
kalo kaleymen haadha varekey thivaneee f.atholhuge rayyithun heyluntheri vaavaru fenifa dhekamu ekee revigen ulheyhen heevaneee hiyvaru kohllaathi kiyevun huttalaafaves thikan kureveytho bala eyruntha kaloamenge verikan dhemehehteyneee
hehe. kalo, varu vefa thibi meehun thiohgen fennanee ennu. bayakuvaa eba kiyava ennu. kiyavaigen heyluntheri dhuniye ah hurihaa loleh hulhuvifa thibi meehun thithibeenu. bayaku meehun kiyavaathee kalo J nuvaathi. kaley ves hama kiyavan v. hurihaa enmen ves kiyavan v. kiyavaigen molhu bayakah vegen nukunnan v rashah khidhumai kuran.
nukiyavaa roanu edhurun thakakah vegen thibe thihen laithelhunas reehcheh nuvaane. ehen meehun kurimathee hama Oriyaanvun noon kameh nuvaane. heenukuraathi kalow nilandhoo meehunnakee thiyakahala vaanuvaa neyngey bayekey. nilandhoo hageegee rayyithun thibeynee vaanuvaa ingigen.
nubaikoh heevefa oiy eche rangalhukohdhineetheeve vara boda shukuriyya
Post a Comment