އެންޓި އެފްއޯގެ ފަރާތުން ފާފު އޮބްޒާވަރ ގައި ޖަހަމުންދާ އަދި ޖަހައިފައިވާ ލިޔުންތައް ބަހުގެ ހަމަތަކުން އެއްކިބާވެފައިވާތީ ފާނޑު ކިޔައި ރަގަޅު ކުރުމަށް އެތައް ލިޔުމެއް ހުށަހަޅަމުންދާއިރު ވެސް އަދިވެސް ފާފު އޮބްޒާވަރ ގެ ލިޔުންތަކުން އެކަންކަން ރަގަޅުކުރާ ތަނެއް ނުފެނެއެވެ. މިބުނި އުޞޫލުން ފާފު އޮބްޒާވަރ ގެ ލިޔުންތަކުގެ ބަހުގެ ފެންވަރު ރަގަޅު ކުރުމަށް މަސައްކަތް ނުކުރާކަން އެންމެ ފަހުން ޖަހާފައިވާ ލިޔުމުން ވެސް ފެންނަން އެބަހުރިމެއެވެ. އެހެން ކަމުން މިލިޔުމުގައި މިބަލާލަނީ އެންމެ ފަހުން ފާފު އޮބްޒާވަރ ގައި ''ދިވެހި ރާއްޖެއަށް ފުރިހަމަ އިޞްލާޙު ގެނެވޭނީ މައުމޫނު ޢަބުދުލް ޤައްޔޫމް ވެރިކަމުން ދުރުވެވަޑައިގަތުމުން'' މިސުރުޚީގެ ދަށުން ޖަހާފައިވާ ލިޔުމަށެވެ.

އެންމެ ފުރަތަމަ ލިޔުމުގެ ސުރުޚީގައި މައުމޫނުގެ ނަން ލިޔެފައިވަނީ ''މަޢުމޫނު'' މިހެންނެވެ. ޢަރަބި ބަހުން މައުމޫނުގެ ނަން ލިޔާއިރު އިންނަނީ ''އ'' އެކެވެ. ''ޢ'' އެއް ނޫނެވެ. ވީމާ ލިޔުމުގެ ސުރުޚީ އިން ފެންނަށް އެއޮތީ ބަހުގެ ހަމަތަކާއި ޚިލާފު ބޮޑުކުށެކެވެ.
މިލިޔުމުގައި ހުރި ބަހުގެ ހަމަތަކާއި ޚިލާފް ބައެއް އެހެނިހެން ކަންތައްތަކުގެ ތެރޭގައި ''ވާޙަކަ ދެއްކުން'' މިބަސް ލިޔުމުގައި ތިކިޖެހި ތާނަ ބޭނުންކޮށްފައި ހުރުން، ދުވާލު ލިޔުމަށް ''ދުވާޅު'' ލިޔެފައިވުން،ވެރިކަމުގައި ލިޔުމަށް ''ވަރިކަމުގައި'' ލިޔުން އަދި ސުކުން ވަރަށް ގިނަ ޢަދަދަކަށް ނުބައިކޮށް ޖަހާފައިވާކަން ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް ''ށ'' ސުކުން ޖަހަންޖެހޭ ވަރަށް ގިނަ ތަންތާގައި ބޮލަށް އުދަގޫވާ ދަރަޖައަކަށް ''އ'' ސުކުން ޖަހާފައި ވެއެވެ. ސުކުން ބޭނުންކޮށްފައިވާ ގޮތާއި ގުޅޭ ލިޔުމެއް ފަހުން ހުށަހަޅާނޭ ވާހަކަ ބުނެލަމުން މިލިޔުން ކުރުކޮށްލަމެވެ.
ނިންމާލުމުގެ ކުރިން ބުނެލަމެވެ. ފާފު އޮބްޒާވަރ ގައި އަދި ރިޕޯޓެއްގެ ސިފަޔަށް ލިޔެފައިވާ އެއްވެސް ލިޔުމެއް ނެތޭ ބުނެވިދާނެއެވެ. ހަމަ ދޭއް ތިނެއް ޕެރެގްރާފް ލިޔުމަކުން އެރިޕޯޓަކަށް ނުވަތަ ޚާއްޞަ ރިޕޯޓަކަށް ނުވާނެއެވެ. ނޫސްތަކުގައި ޚާއްޞަ ރިޕޯޓް ފަދަ ތަކެތި ލިޔެފައި ހުއްޓަސް ފާފު އޮބްޒާވަރ ޓީމް އަދި އެފެންވަރަކަށް ނުދެއެވެ. ވީމާ ތިޔަގޮތަށް ދެތިން ޕެރެގްރާފް ލިޔެފައި މިއީ ރިޕޯޓެކޭ ބުނެ އަޑު ފެތުރުން ބުއްދިވެރިއެއް ނޫނެވެ. މިނަޞޭޙަތް އަޑުއަހާނޭކަމަށް އުއްމީދުކުރަމެވެ.

12 comments:
anti Fo ves haadha hevva ey dho. balga ebayakah engifa oiy gothakah noon tha liyaanee. bahuge fenvaru hunnaanee kiyevifa huri gothashey. efenvarah hama.
ekamaku antiFO ves bunanee mulhiakun dhogu vaahaka eh noon viyya. thiki jehi thaana aa sukun mi hunnaneee dhimaa indhikolhah.
vaanee ves ehentaa dho.
meega faadukiyaairu jahaafa meeny anneka rangalhabba
ދިވެހި ބަހުގަ ހުސްނޫނުވެސް ބޭނުން ކުރަން ޖެހޭ ހާލަތްތަކެއް އާދޭ އިނގޭތޯ
ބައްލަވާލައްވާ ރަގަޅު ޖަހާފަ އޭނީ ރަނގަޅަށްތޯ!
ދިވެހި ބަހުގަ ހަރާމް މިބަހެއްވެސް ނީދޭ. ރަނގަޅު ގޮތަކީ ޙަރާމު
މީ ހަމައެކަނި ސުރުހީ ކިޔާލުމުން ފެނުނު ކުށްތައް. ހަތް ގުދު އޮތް މީހާ އެއް ގުދު އޮތް މީހާއަށް ގުދޯ ގުދޯ ގޮވުމެކޭ އެއްފަދަ ދޯ
faadu dhegothah ves beynun kurevey ! hus noon laigenves nulaaves
ހެލޯ! ދިވެހި ބަހުގައި ހުސްނޫނު ޖެހެނީ ބގދޑ މި 4 އަކުރުގެ ކުރިއަށް އެހެންވީމާ ޑ ގެ ކުރިއަށް ހުސްނޫނު ލެވިދާނެ ކަމަށް ފެނޭ!
e hatharu akuruge kuriyah hus noonu levun eyge maana eky eyge konme akureh anna irah kuriya husnoon lumeh noon dho.thimeehun refernece eh kamuga balamun anna www.radheef.com ga in radheef ga innany husnoonu laafa eh nun.
konme thaakavves levidhaane ekamu laathanehge kothun kurafi ereema vara hadiyennu
mihaaru anti FO meehunekey FO meehunekey masha hama evvaru vejje. emeehunves baha kurafi aruvany, thimeehunves baha kurafi aruvany. emeehunves olhuvaalany thimeehunves hama olhuvaalany. balaaba mihaaru suruhee eyny mulhin badhalukohlaafaey.
ekeevetha faadu kiyaa iru hus noon jehey iru ethan badhalukohfa eyny. haraam kandaalaafa ethan neiy ah badhalukohfa eyny.
mithaaga nujehiyas screen shot ebahuri ingay. hehe
ޢާއްމުކޮށް ލިޔާ ލިޔުންތަކުގައި އަކުރު ނުވަތަ ފިލީގެ ކުށް ހުރެދާނެ. އެއްވެސް މީހަކަށް އެހާ ފުރިހަމަކޮށް ލިޔުމެއް ނުލިޔެވޭނެ.
އަޅުގަނޑު ހިތުން އެންޓި އެފް-އޯ މީހުންގެ މަސައްކަތް ރަނގަޅު. އެހެނީ އެމީހުންގެ މަޤުޞަދަކަށް ވެފައިވަނީ ފ.އަތޮޅު އިޞްލާޙު ކުރުމަށް ރެޔާ ދުވާލު މަސައްކަތް ކުރަމުންދާ ބައެއްގެ 'އާދައިގެ' ކުށްތައް ރަނގަޅު ކޮށްދިނުން.
މާނައަކީ އެފަދަ ބަޔަކު ލިޔެ ކިޔުމުގައި ދިވެހި ބަހަން ރަނގަޅު ނޫން ގޮތުގައި ބޭނުންކުރުމުން، ފާޑު ކިޔުމުން ރަނގަޅު ގޮުގައި ބަލައިގަނެ އެކަން ތަކުރާރު ނުކުރުން.
ދެން އެންޓީ-އެފްއޯ ގައި 'ހަރާމް' މިގޮތަށް ޖެހުމީ މައްސަލައެއް ކމަކަށް ނުދެކެން. އެހެނީ ބޭރު ބަސްތަކުން ދިވެހި ބަހަށް ވަދެފައިވާ ބައެއް ބަސްތައް ބޭނުން ކުރުމުގައި ތިކި ޖެހި ތާނަ ބޭނުން ކުރިޔަސް ނުކުރިޔަސް އެންމެ ރަނގަޅު ކަމެއް ކަމުގައި ފެންނަނީ. އަދި ބޭރު ބަހެއް ދިވެހި ބަހަށް ބަދަލު ކުރުމުގައި އަޞްލު އަކުރު ނޫން އެހެން އަކުރަކަށްވެސް ބަދަލު ވެގެންދާ ޙާލަތްތައް އާދޭ.
ތިޔަ ބުނީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. ބައެއް ޙާލަތްތަކުގައި ތިޖި ޖެހިތާނައިން ލިޔުމީ މަޖުބޫރު ކަމެއް ނޫނެވެ. އަދި ހުސް ނޫނު ވެސް ބައެއް ޙާލަތް ތަކުގައި ބޭނުން ކުރާކަށް ނުޖެހެއެވެ. އެކަން އޮންނަނީ ލިޔުންތެރިޔާގެ އިޚްތިޔާރަށް ދޫކޮށްލެވިފައެވެ.
އެފް އޯ އަކަސް އަދި އެންޓި އެފް އޯ އަކަސް އަދި އެހެން ބަޔަކަސް ތިކިޖެހި ތާނައިން ލިޔާ ކަމުގައި ވަނީނަމަ ދިވެހި ބަހުގެ ޤާވާޢިދަށް ޙުރުމަތްތެރިކޮށް ހިތަން ޖެހޭނެ އެވެ. އޮތްނަ ގޮތް ނޫން އެހެން ގޮތަކަށް ލިޔާނަމަ މީސް މީހުންގެ މަލާމާތް ރައްދުވާނެއެވެ.
އެންޓީ އެފް އޯގައި ފާހަގަކޮށްފައިވާ އެހެން ނުކުތާއެއްވެސް ފާހަގަ ކޮށްލާނަމެވެ. އެފް އޯގައި ސުކުން ޖަހަނީ ހަމަ ހިތު ހުރި ގޮތަކަށެވެ. ބައެއް ފަހަރު އަހަރުމެން ކިޔުންތެރިންވެސް ލަދު ގަނެއެވެ. ބައެއް ފަހަރު އެލިޔުންތަކކީ ބޭރު މީހަކު ދިވެހި ބަހުން ލިޔެފައިވާ ލިޔުންތަކެކޭވެސް ހިތަށް އަރާ ފަހަރު އާދެއެވެ
mihaaru mi vaanuvaa eh neygey anti fo ge kuh dhkkairah bodu noos bayaaneh nunerunas baraabarah rahddhu demun hdaakan faahagakurevey mi in dheyha kohdhenee thimaamen ves ulhenee thimaamen varuge baeh neiykamah hedhenvegen hen. thimaamenge liyumuge kuh dhkkaairah thimaamennakeee bahuge hamathah hifahahttan nikume ulhey baeh nooney bunaairu anti Fo ga liyaa liyunthakun heeevanee Faafu Observer akee dhivehi bas kuriaruvaa bahuge hamathah hifahahttan ulhey baeh hen. ekamaku kan othy mihen kamaamedhu alhugaduge hithugai suvaalu ufedhey.
meehun liyaa liyunthakuga kuh hunnaane kama gaboolu kurevey dho mihaaru. miyo hurihaa dhuvahu bayakaa malaamaiy kuri iru neygunu dho emeehun ei furihama bayeh noonkan.
dhen thibunefa othy thikijehi thaanaige akuruthakuge vaahaka. emeehunge liyunthakugaves anti FO in ginvain faahaga kohfa hury ekahala lafztha. emeehun egotha beynun kureema dho hama nujehey kamuga fennany.
dhen anekaku bunefa e othy FO ga aadhayaa hilaafah sukun gina vaahaka. mihaaru dhivehi bahuge gothuga varah gina beyru bastha beynun kurevemun dhey, natheejaa eky konme akurehgaives mihaaru sukun kurevidhaane.hama ekani alif, seenu, thaa, noonu, shaviyani mi akuruthakugaeh nun sukun kureveny
މައްސަލައަކީ ކަނޑައެޅިގެން ށ ސުކުން ހުންނަތާ ވެސް އ ސުކުން ޖަހާތީ! މިސާލަކަށް އިތުރަށް މިލަފުޒު ލިޔެފައި ހުރީ އިތުރައް މިހެން! މަށަށް ހީވަނޭ އިތުރަށް އިތުރަށޭ މިގޮތަށް ހެން ކިޔަނީ އިތުރެކޭ ނޫންކަން ނޭގޭ ދޯ
Post a Comment