Sunday, November 4, 2007

ފާފު އޮބްޒާވަރ އިން ނެރުނު ނޫސް ބަޔާނުގެ ސަބަބުން ބަޔަކު ބިރުން ފިލައިފި

އެންޓި އެފް އޯ ގައި ''ފާފު އޮބްޒާވަރ އިން މައުމޫނު މަރާލުމަށް ޕޯލްހަދައިގެން ވޯޓްލާފައިވޭ'' މި ސުރުޚީގެ ދަށުން ޖެހި ލިޔުމަކާއި ގުޅިގެން ފާފު އޮބްޒާވަރ އިން ނޫސް ބަޔާނެއް ނެރެފި އެވެ. އަދި މިނޫސް ބަޔާނުގައި އެމީހުން އެފަދަ އިން ކަންތައް ނުކުރާ ކަމަށް ބުނެފައި ވެއެވެ.


ފާފު އޮބްޒާވަރ އިން ކިތައްމެ ދެކޮޅު ހެދި ނަމަވެސް މިއަދު ތިކަން ގަބޫލު ކުރާނޭ މީހަކު ނެތެވެ. ހުރިހާ އެންމެންނަކީ ކަލޭމެން ފަދަ ރޯނުއެދުރުން ކަމަށް ހީނުކުރާށެވެ. އެންޓި އެފް އޯ އިން އެލިޔުން ޖެހީ ހެއްކާއި ގަރީނާ ސާބިތުކޮށްދޭނޭ ފޮޓޯ އަދި ލިންކް ތަކާ އެކުގައެވެ. ނަތީޖާއެއްގެ ގޮތުން އެންޓި އެފްއޯ އަށް ޒިޔާރަތްކުރި ވަރަށް ގިނަ ބަޔަކު އެޕޯލް ބަލާފައި ވެއެވެ.

ފާފު އޮބްޒާވަރ ގެ މީހުންނަށް ނޭގުނަސް ވެބްސައިޓެއްގެ ސާރވަރ އަށް ވަދެވޭނީ އެބަޔަކަށް ޚާއްޞަ ޔޫޒާ ނޭމް އަދި ޕާސް ވޯޑެއް ބޭނުންކޮށްގެން ކަން އަހުރެން ދެނަހުރީމެވެ. ޕޯލް ހަދާފައި އިނީ ފާފު އޮބްޒާވަރ ގެ ސާރވަރ ގައެވެ. މާނައަކީ ފާފު އޮބްޒާވަރ ގެ ފުރިހަމަ އިޚްތިޔާރުގެ ދަށުން ޕޯލް ހަދާފައި ހުރުމެވެ. ފާފު އޮބްޒާވަރ އިން ފޯލް އެގޮތަށް ހަދާފައި ނުވާނަމަ މިހާރު އެލިންކްތައް ތިޔަ ''ނެގީ'' ނުވަތަ ''ނުފެންނަގޮތް''ހެދީ ކީއްވެގެން ހެއްޔެވެ؟ ނުކުރާނަމަ ލިންކްތައް ވެސް ކުރިން ހުރިގޮތަށް ބެހެއްޓި ނަމަ މީހުންނަށް ތިކަން ގަބޫލު ކުރެވުނީހެވެ. ފާފު އޮބްޒާވަރ އިން މިލިންކްތައް ނަގާފައިވަނީ މިއަދު 4 ނޮވެމްބަރު 2007 ގައި 6 ދުވަސް ފަހުން އެސައިޓް އަޕްޑޭޓް ކުރި އިރު އެވެ.


ތިރީގައި މިވަނީ އޭރު ވަދެވޭގޮތަށް ހުރި ދެލިންކް އެވެ. ނަމަވެސް މިހާރު މިދެލިންކް ވަނީ ފާފު އޮބްޒާވަރގެ ސާރވަރ އިން ނަގައިފައެވެ. އެހެންކަމުން މިދެލިންކް ވެސް މިހާރު މަސައްކަތެއް ނުކުރާނެއެވެ.

http://www.faafuobserver.com/v2
http://www.faafuobserver.com/v2/index.php?poll=1


މިހާ ގިނަ ދުވަސް ކޮށްފައި ލިންކްތައް ނެގުމުން ފާހަގަވި އެހެން ކަމެއް ވެސް އެބައޮތެވެ. އެއީ ފާފު އޮބްޒާވަރ އަށް ލިޔާ މެންބަރުންނަށް އެސައިޓް ކޮންޓްރޯލް ކުރުމުގެ އިކްތިޔާރެއް ނެތްކަމެވެ. ސަބަބަކީ އެންޓި އެފްއޯގައި ޕޯލްޖެހިތާ އެއް ދުވަސްފަހުން އެފްއޯގެ މެންބަރަކާއި ނެޓުން ދިމާވެފައިވާތީ އެވެ. އަދި އެއީ ދޮގެއްކަން ބަޔާންކުރުމަށް މިހާ ގިނަ ދުވަސް ނެގީ ކީއްވެގެން ހެއްޔެވެ؟ ކިތައްމެ ބޭނުމަސް ސައިޓް އަޕްޑޭޓް ކުރެވެނީ ބަޔަކަށް ރޮއި އާދޭސް ކޮށްގެން ކަމަށްވާތީ ވާނީ ވެސް މިހެން ނޫން ހެއްޔެވެ؟ ބަޔަކު ކުށްވެރިކޮށްފައި ނޫސް ބަޔާން ގަނޑެއް މިނެރެލެވުނީ ތިމާމެން ރާޑިވެ، އެންމެންގެ ތެރޭގައި ބޭޒާރުވެ ދިޔަ ފަހުންނެވެ. ތިމާގެ ހަގީގީ ޞޫރަ ހުރިހާ އެންމެންނަށް ފާޅުވެ ނިމުނު ފަހުންނެވެ.

އެންޓި އެފްއޯގެ މަގްޞަދަކީ ފަހަރެއްގައި ފާފު އޮބްޒާވަރ ވަޅު ޖައްސާލުމެއް ނޫނެވެ. ބޭނުންވަނީ ފާފު އޮބްޒާވަރ އިން ކުޅެމުންގެންދާ ނުބައި ކުޅިވަރު ރައްޔިތުންނަށް ހާމަކޮށްދޭށެވެ. ފާފު އޮބްޒާވަރ އިން ކުރާ ދެކޮޅު ނުޖެހޭ ކަންތައްތައް ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ހެއްކާއެކު ގެނެސްދޭށެވެ. އެންޓި އެފްއޯ އިން ޕޯލްއޭ ކިޔައިގެން ޖެހި ޚަބަރަކީ ދޮގެއް ނަމަ އެފޮޓޯ ވެސް އަދި ލިންކެއް ވެސް ނުހުރީހެވެ. މިހާރު ބިރުން ލިންކް ތިޔަ ނެގީ އެއީ ހަމަ ބޮޑު ތެދަކަށް ވާތީ އެވެ. މާފު އެދެން ޖެހޭ ފަދަ ކަމެއް އެންޓި އެފްއޯ އަށް ކުރެވިއްޖެ ނަމަ ވަގުތު ޖެހުމުން މާފަށް ވެސް އެދޭނަމެވެ. އެކަމަކު އެންޓި އެފްއޯ ގައި ފާފު އޮބްޒާވަރ ގައިވާކަމަށް ޝާއިޢުކުރީ ހަމަ ތިޔަ ވެބްސައިޓްގެ ސާރވަރ ގައި އެގޮތަށް ޕޯލްހަދާފައިވާތީ ކަމަށް ކެރިހުރެ ސާބިތުކަމާއެކު އަދިވެސް ބުނަމެވެ

ފާފު އޮބްޒާވަރ އިން ނެރުނު ނޫސް ބަޔާނުގެ ސަބަބުން މިހާރު އެންޓި އެފްއޯގެ އެޑިޓަރު މިހުރީ ޖެހިލުންވެ އިތުރަށް ލިޔާނެ އަދި ކިޔާނެ އެއްޗެއް ވެސް ނޭގިގެން ބިރު ފިލައެވެ. ފެންވަރު އޮޅިގެން ބަޔަކު ނެރޭތީ އަދިވެސް ވައްތަރު ވައްތަރުގެ ބަޔާން ނުނެރި މައިތިރިކަމާއެކު ތިބުން ބުއްދިވެރިކަމަށް ބުނެ އަންގަމެވެ. ބަޔާންތައް ނެރޭނީ ވެސް އޭގެ އަޑުއަހާނެ ބަޔަކު ތިބިނަމައެވެ. ހިތް ހަމަޖައްސާލުމަށް ތިފަދަ މީހުންނަށް ތިޔައީ ވެސް ރަގަޅު ކުރިވަރަކަށް ވެދާނެއެވެ..

12 comments:

Anonymous said...

asluves mihaaru mi sitetha kiyaa meehaka veetheeve suvaalu markeh jehijje. thimeehun thibunany server ah vannan user name akaa password ehves beynunvaaney. e hingaa bayaka dho ingayny. anekka FO antiFO vegentha miulheny????
konme gothakun viyasves aharumen kiyaa meehuna neygey echisthake eba ingay
thikura masakatha hiyvaruge aiythilabadiye

Anonymous said...

FO meehun ebunanee emeehunneh nooney ekan kureee. dhogey thihadhanee. ekamaku keevvebaa e poll FO server ge thereyga innanveee.

Anonymous said...

aaan ebunee thedheh. fo meehun dhogekey bunyas kihineh gaboolu kureveyneee. hama gaimuves fo ge server there ah ehen meehakah vadheveyneekee noon. e ee emeehunge user name aa password ehen bayaku beynun kuraane kamakahnufeneyy. fo akee v sirrun hingan masakkai kuraa vayakah vaatheee mihen mi buneeee

Anonymous said...

Kiyaathee Adu ivey FO meehunah mi khabaru libigen vvv kadavefa thibi kamah! dhen kada viyas kuraane kameh nei ! FO hageegee sura aslu mihaama V

Anonymous said...

kada ves vaane. ehen kanthah ves vaane. konme meehehge ves hageegai ingeynee dhuvas kolhakun.

Anonymous said...

ekamak dhen vv hevva Fo in noos bayaaneh neruneema! hadha bireh ganeyey dhoa !

Anonymous said...

އެފްއޯގެ ވެރިންނަކީ ސަރުކާރުދެކެ އެއްވެސް ބިރެއްނުގަންނަ ބައެއްކަމަށް ހެދިގެން އުޅޭ އުޅުން ފަޅާއަރައިފި. އަޅެ މިސައިޓުން އެހާމަކުރި ކަންތައް އެއީ ދޮގެއްނަމަ ކީއްކުރަން ވައްތަރެއްގެ ބަޔާނެއްނެރެން. އެހެންމީހުން ހަމަގައިމުވެސް ދޮގުހަދާ. އެކަންކަމާ އަޅާލާމީހަކު ނެތް. އެކަމަކު ތެދެއްވީމަ ތިގޮތަށް ތި ތެޅިގަތީ. އަދި ބުނަން ތިހާ ވަރުތިވީވެސް ސަރުކާރުގެ ހެޔޮފުޅުކަމުން ދެއްވާފައި އޮތް ވަޒީފާ ގެއްލިދާނެތީ. ތިމީހުން ފިޔަވައި ތިމާގެ އަމިއްލަ ވެރިންނަށް ހަރާންކޯރު ވާބަޔަކު މިދުނިޔޭގައި އުޅޭތަ؟ ސަރުކާރު ގޯހޭ، މައުމޫނު ގޯހޭ ކިޔާ އަނގަތަޅާއިރު ތިކަހަލަ ދެފުއްކެހެރިން މިސަރުކާރުގައި ތިބޭތީ އިސްލާޙު ނުވެގެން މިއުޅެނީ. ސަރުކާރުގައި ތިބެ ސަރުކާރު ބަދުނާމު ކުރަނީ. ތިޔައީ ތިކަހަލަ މީހުންގެ ވައްތަރު. ހެއުނުވާނެ، މިކޮމެންޓާއިމެދު އިތުރު ބަޔާނެއް ދެން ނުނެރޭތި. އިތުރު ފަޟީހަތެއް ވެދާނެ އެހެންނޫނީ.

Anonymous said...

ފާފު އޮބްޒާވަރ އަށް މިޖެހުނު ޙާލާމެދު ޙަމްދަރުދު ވާނޭ މީހަކު ވެސް ނެތީބާ؟ ހާދަ ދެރައޭ ! ދެން ވެސް ފާފު އޮބްޒާވަރ ގެ މީހުން އިސްލާހު ވާކަން ނުވޭތަ؟

Anonymous said...

asluves thimeehuntha FO hingany. username aa password neygi eyga huri eche nubeleyne ennu dho. nooney anneka FO hack kohlaigentha thiulheny. ehenvejjiya vara gadha ingay

Anonymous said...

ehenveema thimeehun dhefuh keherintha sarukaarun beyru kureveytho ulhen fashanveenun. thimeehunves hama hus angaey thalhany. mashekey thimeehunekey emeehunekey thafaathe neiy dhoooo

Anonymous said...

އެންޓި އެފް އޯ އަކީ ސަރުކާރުގައި ތިބި ދެފުށްކެހެރިން ވަކިކުރަން މަސައްކަތްކުރާ ބްލޮގެއް ނޫން! މިއީ ފާފު އޮބްޒާވަރ އާއި ދެކޮޅަށް މަސައްކަތްކުރާ ބްލޮގެއް

Anonymous said...

ehenveema islaaha ulhey bayeh noon dho theeves. dhefuhkeheri, hiyaan aiytheri meehunves sarukaaruga baithibbanvy. thihen baithibaane bayaku thibeniyya ehen thibenves meehun beynunvaane ennu
ehenveema meega mi bog ah kureveyne hama ekani kamaky FO down down
hehehe