ފާފު އޮބްޒާވަރ ހިންގާ ޓީމަށް އެވެބްސައިޓް އަޕްޑޭޓްކުރުމަށް ލިޔުމެއް ތައްޔާރު ނުކުރެވިގެން އެންމެ ފަހުން ޑަސްބިނުން ހޮވާފައިވާ ލިޔުމެއް ޝާއިޢުކޮށްފި އެވެ. މިގޮތުން އެންމެ ފަހުން 15 ނޮވެމްބަރު 2007 ގައި ފާފު އޮބްޒާވަރ އަޕްޑޭޓްކުރުމަށް ޖަހާފައިވަނީ 2004 ވަނަ އަހަރު ނިލަންދޫގެ މަގުމައްޗަށް އަޅާފައިވާ ނޫހެއް ކަމުގައިވާ ''ސަމުގާ''ގެ ދެވަނަ ޢަދަދުގެ ބޭރުގަނޑުގައިވާ މަޒުމޫނެވެ.
ސަމުގާ ނޫހުގައި އަތޮޅު އޮފީސް ބަދަލުވިތާ ފަސް އަހަރު ދުވަހުގެ ކުލަގަދަ ޚިދުމަތް ތަކުގެ ތެރެއިން މިސުރުޚީ އަށް ލިޔެފައިވާ މަޒުމޫނު ފާފު އޮބްޒާވަރ ގައި ޝާއިޢުކުރި އިރު އޭގައި ހުރި ވާހަކަ ތަކަކީ މިހާރަށް ބަލާއިރު ހަޖަމްކުރަން އުދަގޫ ވާހަކަ ތަކެއްކަން ދަންނަން ޖެހެއެވެ. އަދި މީގެ އެތައް ޒަމާނެއްގެ ކުރިން ހިގާފައިހުރި މިކަންކަން މިއަދު ބަލައިގަންނާނޭ މީހަކު ނުހުންނާނޭކަން ވެސް ވިސްނަން ޖެހެއެވެ.
ހަމަ މީހަކު ލިޔުމެއް މޭލްކޮށްލާއިރަށް އެ ވެބްސައިޓްގައި ޖެހުމުގެ ކުރިން އޭގައިހުރި ތާޒާކަމާއި އޮއްޓަރަށް ބަލައިލަން ޖެހެއެވެ. މާކުރީ ޒަމާނެއްގައި ހިގާފައިހުރި ވާހަކަތައް މިއަދު އަޑުއަހާނޭ މީހަކު ނުވާނެކަން އެގެން ޖެހޭނެއެވެ. އެލިޔުމުގައި ފ.އ.ތ.މގެ ޙާލަތު އެގޮތަށް އޮތްފަހުން ފާއިތުވި އަހަރު ސުކޫލްގެ ދަރިވަރުން ހޯދި ކާމިޔާބީގެ މަތިން ހަދާން ނެތުމަކީ ސަމުގާ ޓީމް އެއްފަރާތަކަށް ޖެހި ހުސްވެފައިވާ ކަމުގެ ފުރިހަމަ ދަލީލެކެވެ. މިހެން ދަންނަވަން ޖެހުނީ ފުރަތަމަ އަހަރު 7 ކުދިން އޯލެވެލް ހަދައިގެން 2 ކުދިންނަށް މަތީ ސާނަވީ މަދަރުސާއަށް ވަނުމުގެ ފުރުޞަތު ލިބިފައި، ޖެހިގެން އައި 2000 ވަނަ އަހަރު ކުއްޖަކަށް ފުރުޞަތު ނުލިބުނު ވާހަކަ ބަޔާންކުރި އިރު 2001 ވަނަ އަހަރު ނިންމި 3 ދަރިވަރަކަށް ވެސް މަތީ ސާނަވީ އަށް ވަނުމުގެ ފުރުޞަތު ލިބުނުކަން ފާހަގަ ކުރެވިފައި ނެތުމެވެ
ވީމާ ތަނަކުން ހަމަ ލިޔުމެއް ފެންނައިރަށް ވެބްސައިޓް އަޕްޑޭޓް ކުރުމަށް އެފަދަ ލިޔުންތައް ޖެހުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ދެން އަޅުގަނޑު މިހެން ބުންޏަސް ތިޔަ ބޭފުޅުންގެ ވެބްސައިޓް އަޕްޑޭޓް ކުރެވޭނެ ގޮތެއް ނެތީމާ އަޕްޑޭޓް ކުރަން ތިޔަ ހޯދީ ވެސް ވަކިން ދެރަގޮތެއް ނޫނެވެ. ކޮންމެ ސިފައެއްގައި ވެސް އަޕްޑޭޓްކޮށްފީމޭ ބުނަން ކުރިކަމެއް ދޯއެވެ. އެންޓި އެފްއޯ އަށް ވަރަށް މުއުތަބަރުކޮށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި''ސަމުގާ'' ނޫހުގެ ފަހަތުގައި ތިބީ ވެސް ހަމަ ފާފު އޮބްޒާވަރ މިހާރު ނެރޭ މީހުންނެވެ. ކަލޭމެންނަށް ތިވަރުން ތިކަން ނުވަންޏާ ތިޔަ ޗާޕްޚާނާ ބަންދުކުރަންވީ ނޫން ހެއްޔެވެ؟
10 comments:
Samuga nerunee FO team ey ki adu maves ehin . dhogeh thedheh neyegey.
samuga nerumuga iskoh ulhunu ekakeee male' aithaa 2dhuvas nuvanees adhi fain dhonveli nuhikenees ma vareh nethigen KUHLHAVAH hedhigen eulhey Viludholhi majeed. then eygai baiverivaa meehunves mithaanga nujehiyas majeed kaaree ahaalumun ingeyne.
then balama FO team ga mi ulhenee kon baeh tho. hama ekkala mi KENA thah mi ulheneee.
ތިޔައީ ލިބުނު މެއިލެއް ނޫން! ތިޔައީ މަޖީދު ނެރުނު ނޫހެއް! މަޖީދު އަކީ މިހާރު އެފްއޯ ޓީމްގެ މެންބަރެއް! ތިމާއަށް ތިމާފެނިފާ ހުންނަ މީހެއް މަޖީދަކީ
aanmu usoolun balaneenama CHSE ah vadhevunu kama beleveyny emeehunge e inna furathama dharajain vadheveyn kudhinna. emeehunge liyumuga egothun balaa iru othy rangalha. 2000 vana aharuga kujjaka nuvadhevey. 2001 vana aharu furathama dharajain kudhin hama nuvegen 2vana dharaja ah hulhuvaalaigen 2 kudhinnah fursathu libunu. 2002ga 1 kujjaka furathama dharajain furusathu libunu. 2003ga dhevana dharajain kujjaka libuny. 2004 n 2005ga kujjaka chse aka nuvadhevey dho.
ehenveema emeehun e dhakaafa huri vaahakatha hamajeheyey buneveyny
hmmmm haaadha vaanuvaa neygey baeh hen heeveyey dho
ey mifahar hama Nooos bayaaneh nunereny tha FO in .. hadha kada ey ingey !
hehe, noos bayaaneh keehkuan ehen ehchehves then nukereyne nereykah. kurin 1 fharaku nerefi ennu. ekamaku rayyithunnah mihaaru ingijje noos bayaanaa ehchehi nereneeves hama ithuru dhogu thakeh hadhan kan. mihaaru hedhey dhogu ves madu kamun.
antiFO in hurihaa kameh falhaa aruvaalee viyya. ehenveema mihaaru thibeynee konmeves varakah size ga. alhey kaireega ulhey meehun thimaamen ekaku anekakah oriyaan kuraa iruves neynge viyya. then keekey bunaanee.
އެންޓި އެފްއޯ އިން ފާފު އޮބްޒާވަރގެ ޙަގީގަތް ހާމަ ކުރުމުގެ ގޮތުން ތިޔަ ކުރަމުން ގެންދާ މަސައްކަތަށް އައްސަރިބަހާ ސާބަސް ދެން!
thimeehun mihaaru FO promote kuraagotha emeehunge namuga noos bayaanves nereneenun dho. ehenveema emeehuna nujeheyne ennu noos bayan neren ulheykah. mihaaru emeehun haadha fasyehaey.
rayyithunnah mihaaru FO ge sababunves neygey haadha echiseh engijjey dho
Post a Comment