Thursday, May 29, 2008

ކަލޯމެން ކެމްޕެއިން ކޮށްދީގެން ހޮވުނު ރކ ކޮމެޓީ ފެއިލްވީތަ؟

ގޮތެއްފޮތެއް ހުރި މީހެއްވިއްޔާ ދެފަހަރު ދެއަނގައިން ވާހަކަ ދައްކަންވީމާ ލަދުގަންނާނެއެވެ. ޖެހިލުންވެސް ވާނެއެވެ. އެކަމަކު މިބައިގަނޑުގެ ތެރޭގައި ލަދުހަޔާތެއްހުރި ހަމައެކަކުވެސް ނެތޭބުނެވެނީ މިކަހަލަ ވާހަކަ ދައްކާތީއެވެ. ފަތަފޮޅީގައި އެކަހަލަ ވާހަކަތައް ޖަހަންކެރޭތީވެސް ދެރަވަމެވެ.


ރކ ކޮމެޓީ އޭއްޗެކޭ މެމްބަރުންނޭ ކިޔާ މިހާރު ވީދޭނިކަމެް ނެތެވެ. މިހާރު އެއްޗެހި ކިޔުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުންނަށް މިއަދު ދޮލޯ ދުއްމާރިއަށް ނުގޮވާ ވާނުވާ ނޭނގޭބައެކޭ ކިޔާނެކަމެއް ނެތެވެ. ރައްޔިތުން ދުނިޔެއަށް ހޭލައްވަނީއޭ ހައްޤުތައް ހޯދައިދެނީއޭ ހޭލުންތެރި ކުރުވަނީއޭ ކިޔައިގެން ރައްޔިތުން ރކ ކޮމެޓީގެ ވޯޓުގައި އަނދަވަޅަކަށް ވައްޓާލާ ގަންބުވާލީ ތިޔަބައިގަނޑެވެ.


ކަލޭމެން އެދުވަހު ކަންތައްކުރީ ކަލޯމެންގެ މައިސޯބު ކުޑަދަށު ޒަޢީމުގެ ވިސްނުމާ އެއްގޮތަށެވެ. ޒައީމު ބޭނުންވި ގޮތަށެވެ. ޒައީމު ނިލަންދޫ ކޮންމެ މީހަކަށ ހިލޭ މާލެ ދެކޮޅު ދަތުރެއްކޮށްދޭނެއޭ ކޔާގެން ރައްޔިތުންގެ ބޮލަށް ސަވާރުވެ ގުއިރީ ކެމްޕޭނު ކޮށްދިނީ އަތޮޅުވެރިޔާގެ މުޢާވިން ޖަލީލު ދޯއެވެ. ދެންތިބި ޒައީމުގެ ބޯއީންތައް ރކ ކޮމެޓީގެ މެމްބަރުކަމަށް ހޮވެންދެކަށް ދުވާލަކު އެއް ފަހަރު ސައިދީނަމޭ ބުނެގެން އެމީހުންނަށް ވޯޓް ހޯދައިދޭން ރައްޔިތުންގެ ފަހަތުން ތެޅިބޭލީ މޫސާ އަޙުމަދު ދޯއެވެ. ކޮންމެ ގެއަކުން ކުނި ބަރޮލެއް އުކާލަދޭނަމޭ ބުނެގެން ރައްޔިތުން ކައިރީ އާދޭސް ދެންނެވީ ނަސިމްބެ ދޯއެވެ. ވޯޓެއް ދީފިނަމަ ފިހާރައިން ޑިސްކައުންޓް ދޭނަމޭ ކިޔާ ބެނާތަކާއި ފޮތިތައް ދެމީ ކަރިމްބެ ދޯއެވެ. ނޫނީ ވިއްޔާ ކަލޯމެންގެ ޒައީމުއާއި ޒައީމުގެ ބޯއީސްތައް ހޮވުމަށް އެދި ކެމްޕެއިން ކޮށްދިނީ ޢަލީ މުޙައްމަދާއި ޝަރީފާއި މީސްމީހުންދޯއެވެ.


އެންޓި އެފް އޯއަށް ތިބައިގަނޑުގެ ގޮތްގަނޑު މާކުރިންވެސް އޮތީ އެނގި ދަސްވެ ނިމިފައެވެ. ރައްޔިތުންނަށް ކޮންމެ ގޮތެއްވިޔަސް ހެޔޮތާއެވެ. ކޮންމެ ޙާލެއްގައި އުޅެންޖެހުނަސް އެއީ ތިލުއްޗާތަކަށް މާބޮޑު ކަމަކަށް ނުވާނެއެވެ. ރައްޔިތުންނަށް ނުވިޔަސް ކަލޯމެންނަށް ސިރިޔާ ދެކޮޅު ދަތުރު ހިލޭ ކުރެވޭ ނޫންހެއްޔެވެ. ކުނިވެސް އުކާލެވޭ ނޫންހެއްޔެވެ. ހޮޓާހޮޓަލުން ސައިވެސް ލިބޭ ނޫންހެއްޔެވެ. ތީއަބަދުވެސް ތިގތަށް މީހުންދައްކާ ލާރީގެ ދަޅައަށް ހެއްލިގެން އުޅޭ ބައިގަނޑެކެވެ. ކޮންމެ ގޮތަކުންވިޔަސް ބައިރުފިޔާއެއް ނަމަވެސް ލިބެނިކޮށް ނިމުނީއެވެ.


ކޮންމެއަކަސް ކަލޯމެންގެ ވަސްވާހުގައި ރައްޔިތުންގެ ބަޔަކު އެދުވަހު ޖެހުމުގެ ނަތީޖާއަކީ މިއަދު ގިސްލާ ރޮވުމެވެ. އެކޮމެޓީގެ އެއްވެސް އޮއްޓަރެއް ނެތްކަން މިއަދު އެދަނީ ފެންނަމުންނެވެ. އެއީ ރައްޔިތުންނަށް ހެޔޮއެދޭ ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ އެދުމަށް މަސައްކަތްކުރާ ބައެއކަން އެދަނީ ފެންނަމުންނެވެ. ބަހާއި ޢަމަލާއި ދިމާނުވާ ރައްޔިތުންނަށް ފައިދާ ހޯދައިދިނުމުގެ ބަދަލުގައި ގެއްލުން ދެނިވިގޮތަށް މަސައްކަތްކުރާ ކޮމެޓީއެއްކަން އެވަނީ ސާބިތުވެފައެވެ.


މިކަންކަމާމެދު ދެންފަހަރަކުންވެސް ވިސްނުމަށް ރައްޔިތުންގެ ކިބައިން އެންޓި އެފް އޯ އިޚުލާޞްތެރިކަމާއެކު އެދެމެވެ. ބަޔަކު މީހުން ދައްކާ ދަޅަތަކާއި އަވާގައި ނުޖެހި މޫނަށް ކަނދުރާއަކަށް ބެލުމެއްނެތި ރަށަށް އެންމެ ފައިދާވަނިވި ގޮތަށް ކަންކަން ނިއްމައި، އެންމެހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ވިސްނައި ކުރިމަގުގައި ވޯޓް ދެއްވާށެވެ. ނިލަންދޫ ރައްޔިތުންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ ބައެއްކަމާމެދު އެންޓި އެފް އޯގެ ހިތުގައި އެއްވެސް ޝައްކެއް ވަހުމެއް ނުވެއެވެ.

Sunday, May 25, 2008

ޒުވާނަކަށް ކަތީބުކަން ދީފާނެތީ ބަނޑު ދިޔާވެފައި

ނިލަންދޫގެ ދެވަނަ ކަތީބަކު އައްޔަން ކުރުމަށް އިޢުލާން ކުރުމާއި ގުޅިގެން ކުރިމަތިލާފައިވާ ހަތަރު މީހުންގެ ތެރެއިން ހިތްނުރުހޭ މީހަކަށް ކަތީބުކަން ހަމަޖައްސަފާނެތީ އެއްކަލަ ގަބުޅި ކަތީބުންތައް ބަނޑުދިޔާވެގެން އުޅޭކަމަށް އަޑުއިވިއްޖެއެވެ.


ވަކިމީހަކަށް ކަތީބުކަން ހަމަޖައްސަން އަތޮޅުއޮފީހުން ލިޔެފައިވާކަމުގެ ޚަބަރުގައި ނުލާހިކު ހިތްހަމަޖެހިފައިވަނިކޮށް ފަހަރުގައި ޢަބްދުލް ޙަލީމުއަށް ކަތީބުކަން ހަމަޖައްސައިފާނެކަމުގެ ޚަބަރުތަކެއް މިހާރުވަނީ ލީކުވެފައެވެ. އަދި މިޚަބަރަކީ އޭގައި ކިހާވަރެއްގެ ތެދެއް އަދި ދޮގެއް އޮތް ޚަބަރެއްކަން ސާފުވެފައި ނުވިޔަސް މިބައިގަނޑު ހީވަނީ ރެވިތެޔޮ ބޮވިގެން އުޅޭހެންނެވެ. ތަންތަނުގައި މިނޫން ވާހަކައެއ ނުދެއްކެއެވެ. މިބައިގަނޑުގެ ވާހަކަތައް ހުރިގޮތުން މިބައިގަނޑު ބޭނުންވާ މީހާ ނޫން މީހަކަށް ނިލަންދޫ ކަތީބުކަން ދީގެއް ކަމަކުނުދާނެއެވެ. އަދި އެހެންމީހަކަށް ކަތީބުކަން ދެނިކޮށް ފަހަރުގައި ހައިޖާނު ގަނޑެއްވެސް ހިންގަފާނެކަމުގެ އިޝާރާތްތަކެއް ދަނީ ކުރަމުންނެވެ.


ވާނީވެސް އެހެންނެވެ. އުޑެއްބުޑެއް ނޭނގޭ ރޯނުއެދުރުތަކަކަށް އެނޫންވަރެއް ނުވާނެއެވެ. ހަކުރުދެންޏާ އަބަދުވެސް އޮންނާނީ ބޮޑުބޭބެވެފައެވެ. ހިތުން އެއުޅެނީ ލުއްޗާތައް ބޭނުންވާ މީހާ ވެރިކަމަށް އައުމުން ފިސާރި ނިލަންދޫއަށް އަތްގަދަކޮށްލާނަމޭ ހިތާއެވެ. އޭރުން މިބައިގަނޑުގެ ބާރު މުޅިރަށުގައި ގަދަވެދާނެ ކަމުގެ ހުވަފެނުގައެވެ. އެތިބީ މިހާރު ހިތުން އާސުމާނުގައެވެ.


އަދި ނިކަށް ވިސްނާލަބަލާށެވެ. ނިލަންދޫ ހުރިހާ މީހުން ކަހލަ ގޮތަކަށް ވާހަކަ މިދައްކަނީ ޒުވާނަކަށް ވެރިކަން ހަވާލުކުރާ ވާހަކައެވެ. ޒުވާނުންނަށް ތަންދޭ ވާހަކައެވެ. އެކަމަކު މިބަގަތައް ހިންގާ ފަތަފޮޅި އެކަމާ އަނގަހުޅުވާލަން ނުކެރިފައި އެތިބީ ހަތަރު އުދަރެހު މެދުގައި ތާށިވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ގައިމު ނިލަންދޫއަށް ހެޔޮއެދޭ ބަޔަކުނަމަ މިފަހަރު ޒުވާނަކަށް ތާއީދުކޮށް ކުޑަނަމަވެސް އެއްޗެއް ބުނާނެއެވެ. ހިތްއެދޭ މީހާއަށް ކަތީބުކަން ހަމަޖައްސައި ދިނުމަށް އަތޮޅު އޮފީހުން ލިޔެފައިވުމުން މިފަހަރު އއްކަލަ މުޢާވިން ޖަލީލުވެސް ގޯހެއްނުވި ދޯއެވެ.


Saturday, May 17, 2008

ގާނޫނާއި ގަވާޢިދު މާނަކުރަންވެސް ހާދަ މޮޅޭ... ވައިސަރީރީރީ

ތިމާމެންނަކީ ހަތަރެސްކަން ހަމަ ތެދު މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދޭ ބައެކޭ ކިޔާ ދެދުވަހުން އެއްދުވަހު ކޮންމެވެސް ހާސަރުތަކެއް ދަމާނެއެވެ. އެހެން ވިއްޔާ ނިކަށް ބުނެބަލާށެވެ. ފ.އަތޮޅު އޮފީސް މިވަގުތު ހިންގެވުމާ ޙަވާލުވެ ހުންނެވި މުޢާވިން ޖަލީލު ހިންގަވަމުން އެގެންދަވަނީ ދިވެހި ސިވިލް ސާރވިސްގެ ގާނޫނާއި ގަވައިދާ ޚިލާފަށްކަމަށް ސިވިލް ސަރވިސް ކަމިޝަނުން ހާމަކުރެއްވީ ކޮން އިރަކު ހެއްޔެވެ. އަދި ޖަލީލު ޚިލާފުވި ގޮތަކާއި، ޚިލާފުވިކަން ސިވިލް ސާރވިސްއިން ހާމަ ކުރެއްވީ އެތަނުން ނެރުނު ނޫސް ބަޔާނަކުން ނުވަތަ އިޢުލާނކުން ހެއްޔެވެ. ނޫންނަމަ ޚާއްޞަ ދެއްނެވުމަކުން ނޫނީ އެންގެވުމަކުން ހެއްޔެވެ.


ނޫނީވިއްޔާ އެކަން ހާމަ ކުރައްވާފައިވަނީ ދުނިޔޭގެ ކޮން ޓީވީ ރޭޑިއޯ ސްޓޭޝަނެއް މެދުވެރިކޮށް ހެއްޔެވެ. އަދި ނޫހެއް ނުވަތަ އިންޓަރނެޓް ވެބްސައިޓެއް މެދުވެރިކޮށް ވިއްޔާ އެނޫހެއްގެ ނުވަތަ ވެބްސައިޓް އެޑްރެސް ބުނެދީބަލާށެވެ. ސިވިލް ސަރވިސް ކަމިޝަނުން އެކަން ހާމަ ކުރެއްވީ ހަމައެކަނި ކަލޯމެންގެ 'ފަތަފޮޅި' މެދުވެރިކޮށް ކަމަށް ވެދާނެދޯއެވެ.


އަދި ގާނޫނު މާނަ ކުރަންވެސް ހާދަހާވާ މޮޅެވެ. ވާވާ... އެންޓި އެފް އޯގެ ސަލާމެވެ. މިހާރު ތައްޔާރު ކުރެވެމުންދާ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ މާނަ ކުރަންވެސް ގެންދަންވީ ތިޔަ ބަގަތަކެވެ. އެހެންޏާފަހެ ސިވިލް ސަރވިސްގެ ގާނޫނާއި ގަވާޢިދުތައް މާނަކުރިލެއް މޮޅުކަމާއިއެވެ.


ސިވިލް ސާރވިސްގެ ގާނޫނު ބުނާގޮތުން ރައީސްގެ ފަތްކޮޅަކުން ވަޒީފާ ދެއްވާ ހުވާކުރައްވާ އެއްވެސް މުވައްޒަފަކު ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ގޮތުގައި ނުހިމެނޭނެ ކަމަށާއި، ސިވިލް ސަރވިސްގެ މުވައްޒަފަކަށް އެއިން މަގާމެއް އަދާނުކުރެއްވޭނެކަން، މިވަރު އެނގިއްޖެ ދޯއެވެ. އެހެންވިއްޔާ ބުނެބަލާށެވެ. ޖަލީލުއަށް އަތޮޅުވެރިޔާކަމުގެ ލަގަބު ދީގެން ތިއުޅެނީ ކޮން އިރަކު ހެއްޔެވެ. ބަލަ މިތިބަ ބުރާންތިތަކާ ޖަލީލު އެއީ އަދިވެސް ހަމަ އަތޮޅުވެރިޔާގެ މުޢާވިންއެވެ. އަދި ރާއްޖޭގެ ޤާނޫނާއި ޤަވާޢިދު ބުނާގޮތުން ސަރުކާރުގެ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާ މަރުވެއްޖެނަމަ، ނުވަތަ ހާލަތު ނިޔާކުރާގޮތުން ވަޒީފާ އަދާ ކުރުމަށް ނުކުޅެދިއްޖެނަމަ އަދި ވެރިޔާ ޣައިރު ހާޒިރުވެއްޖެނަމަ އެމުއައްސަސާއެއްގެ ހުރިހާ ޒިއްމާއެއް 'އިސްތިސްނާ ޙާލަތެއްގައި މެނުވީ' އުފުލަން ޖެހޭނީ ދެންހުރި އިސްވެރިޔާއެވެ. "މިވަގުތު ފ.އަތޮޅު އޮފީސް ހިންގެމުވާ ޙަވާލުވެ ހުންނެވި" މި ޢިބާރާތްކޮޅު ޖަލީލުގެ ނަމުގެ ކުރިޔަށް ކަލޯމެންގެ ފަތަފޮޅީގައިވެސް ތިޔަގެނައީ އެހެންވީމަ އެވެ. އޭގެ މާނައަކީ އަތޮޅުވެރިއެއް ނެތުމުން، ވަގުތީގޮތުން އަތޮޅު އޮފީސް ހިންގެވުމާއި މުޢާވިން ޙަވާލުވެ ހުންނެވި ވާހަކައެވެ. ކޮންމެ މީހަކު އެތާނގައި ހުއްޓަސް ކަންހިގާނީ މިގޮތަށެވެ. ޚުދު މާމޮޅު ކަމަށް ހެދިގެން ތިޔަ ލިޔުންލިޔުނު ގަބުޅިކަތީބު ހުއްޓަސް މިނޫންގޮތަކަށް އެކަން ނުވާނެކަން ދަންނަން ޖެހޭނެއެވެ.


އަދި 'އެހެން ގާނޫނަކުން ހުއްދަކުރާ' ނުވަތަ 'އެހެން ޤާނޫނަކުން މަނާކުރާ' މިހެން ލިޔެފައިވާ މާއްދާތަކެއް ގާނޫނު އަސާސީގައި ހުރިކަން ކަލޯމެންނަށް ނޭނގޭދޯއެވެ. އެހެންވިއްޔާ އަދި ރަނގަޅަށް ގޮސް ދިރާސާ ކުރާށެވެ. އޭގެ ފަހުން ޤާނޫނޭ ޤަވާޢިދޭ ކިޔާ އަނގަ ކޮފާށެވެ.


ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ރުޅިވެރިކަން އުފައްދަން ބޭނުންވިޔަސް ތިޔަވަރު ތަންކޮޅެއް ބޮޑެވެ. އަދިވެސް ބުނަމެވެ. އަތޮޅުވެރިއެއް ހަމަޖައްސާފައި ނެތުމީ ޖަލީލުގެ މައްސަލައެއް ނޫނެވެ. ރައްޔިތުންނަށް މާހެޔޮއެދޭ ބަޔަކަށް ވެގެނޭކިޔާ ތިޔަކަހަލަ ފިތުނަވެރި ލިޔުން ނުލިޔެ ސަރުކާރުގައި އަތޮޅުވެރިއެއް ހަމަޖައްސަވާ ދެއްވުމށްއެދި ދަންނަވާށެވެ.

Wednesday, May 7, 2008

ވަގު ބުއްދިއަށް ވެރިކަން ދޭންޖެހޭ ސަބަބުތައް – އިޙްސާންތެރިކަމުގެ ބާބު

އޭ ވަގުބުއްދި އިބްރާހިމް ޚަލީލުއެވެ. ކަލޭ ތިޔާހުރީ މޫސާ އަޙްމަދު ވެރިކަމުން ވަކިކޮށްފައި ކަލެއަށް ވެރިކަން ދޭނެކަމަށް ހެވި ދިލިފައި ދޯއެވެ. އެކަމަކު އެހެން ހުއްޓައި އެއޮއްވީ ގޮތަކުން ތިޔާހުރީ މިހާރު ހިތަށް ތީރެއް ހެރިފައިތާއެވެ.

ދެން އެންމެ ރަނގަޅެވެ. ކަލޭގެ އިޙްސާންތެރިކަމުގެ ބާބުން ތަންކޮޅެއް މިތާނގައި ލިޔެލާނަމެވެ. ފ. ފީއަލީގައި ހުރި އަތޮޅު މަދަރުސާގައި ކިޔަވައިދޭން އުޅުނުއިރު އެ މަދަރުސާގެ އަންހެން ކުއްޖަކު ކަލޭގެ އެދުންވެރިކަން ފުއްދައިނުދީގެން ކަނައަތްމަތީ ޖެހިޖެހީނުން އަދިއަދަށްދާންދެންވެސް އެކުއްޖާ އެއަތަށް ބޭސްކުރަން ޖެހޭކަން އެނގޭ ހެއްޔެވެ؟ އަދި ކަލޭ ސ.އަތޮޅުގެ ސްކޫލަކަށް ބަދަލުކުރުމުން އެރަށުގައި ހުރީ ވަރަށް ގާތްރައްޓެއްސެއް ގާތުގައި ދޯއެވެ. އެ ރައްޓެހި މީހާއަށް ދިންކޮޅުކެހީގެ ވާހަކަ ދައްކާލަން ކެރިދާނެ ހެއްޔެވެ. އެހާގާތްކޮށް ކަމޭ ހިތުމުން އޭނާގެ ކުޑަ އަންހެން ދަރިފުޅާއި ބެހެމުން ދިޔަކަން އެންޓި އެފްއޯއެއް ނުބުނާނަމެވެ. އެންމެ ފަހުން ފަޅާއަރައިގެން ރައްޓެހި މީހާ ވަރެއްކޮއްލި ދޯއެވެ.

އޭކަލޭ ނުއިނދެ އަންބެން (ނިލަންދޫގެ އަންހެނެއް) ގެންގުޅެން ދޯއެވެ. ހަފުތާއަކު ކިތައްރޭ އޭނާގެ ކައިރިއަށް ޖައްސަމު ހެއްޔެވެ. އަދި އެ ކަމުގެ ސަބަބުން ކަލޭގެ ޙަލާލު އަނބިމީހާ ރޯ ރުއިން ކަލެއަށް އިޙްސާސްވޭ ހެއްޔެވެ؟ ކަލޭތީ ހާދަހާ ގަދަ ވެސް މީހެކެވެ. ދަރިންކޮޅު ތިހާ މޮޅަށް ތަރުބިއްޔަތުކުރަން ދަސްކުރީ ކާކުގެ ކައިރިންކަން ބުނެދޭށެވެ. އެކުދިން އެއުޅެނީ ކަލޭ ދައްކާމަގުންކަން އަހަރުމެންނަށް އެނގެއެވެ. ދަރިންކޮޅު ލައްވައި ބްލޫ ފިލްމު ތިޔަކުޅުވަނީ އާމްދަނީ ހޯދުމަށް ހެއްޔެވެ؟ ނުދައްކައި އޮތް މަސްމަހުގެ ގޭގެކުލި ދައްކާނެ ފައްކާމަގެއް ހޯދަނީ ދޯއެވެ. ދެވަނަ ދަރިފުޅުވެސް އެފަދަ ކަމެއް ކޮށްގެން އުޅޭވާހަކަ އަޑުއިވެއެވެ. އެއީ ތެދެއް ބާއެވެ؟ ކަލޭގެ ދަރިންކޮޅު ވިއްކައިގެން އެއްފަހަރާ 50،000ރ މީހަކު އަތުން ނެގިވާހަކަވެސް އަޑުއިވުނެވެ. މިކަމުގެ ޙަޤީޤަތް އެފްއޯގައި ޖަހާލަ ދެއްޗެވެ. އަދި އެމީހަކުގާތުގައި ބައްޕަ ފައިސާ ނެގިޔޭ ދަރިފުޅުކައިރީ ނުބުނާށޭވެސް ބުނެވުނު ހަނދާން ހުރިނަމަ އެވާހަކަވެސް ޖަހާލައްޗެވެ.

ތިޔަހާ ތަރުބިއްޔަތު ރަނގަޅު ތެދުވެރިޔަކު ނިލަންދޫގެ ވެރިކަމަށް ކޮންމެހެންވެސް އަންނަންވާނެއެވެ. ވެރިކަމަށް އަންނަން ތިއުޅޭ މައިގަނޑު ސަބަބަކީ ރައްޔިތުންގެ އެކައުންޓުގައި ދެމިލިޔަނާ ގާތަށް ފައިސާހުރުމުން އެކައްވާލާނެ ގޮތެއް ރާވަންދޯއެވެ.

އަޅޭ ބުރި ހޯދަން އުޅޭށެވެ. ނިލަންދޫގެ ވެރިކަން ކައިގެން ހުންނާށެވެ.

ބުނަންހެއްޔެވެ. ބިތުފަންގި ނެތް މީހެއްގެ ނަގާނެ ބިތުފަންގިއެއް ނޯންނާނެއެވެ. ވަގުބުއްދީގެ މިކަހަލަ އެތައް ފަންގިއެއް އަހަރުމެން ނަގައިދީފާނަމެވެ.

Thursday, May 1, 2008

އެފްއޯއިން ޚިޔާނާތްތެރިންނަށް ސަޕޯޓުކުރާކަމަށް އިއުތިރާފުވެއްޖެ

ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ހަމަހަމަކަމާއި، އަދިވެސް އޮތްހާ ރީތިވި ސިފަތަކެއްގެ ނަމުގައި ތެދުވެ ރައްޔިތުންގެ ޙައްޤުތައް ދިފާޢުކުރުމުގެ ނަމުގައި ވާހަކަ ދައްކާ ޚާއިނުންގެ ސޫރަ އަމިއްލައަށް ރައްޔިތުންނަށް ދައްކުވައިފިއެވެ. މިކަން އޮޅިގެންނަމަވެސް ދެއްކިފައިވަނީ ފ. ފީއަލީގެ ކުރީގެ ކަތީބަށް ކޯޓުން ޙުކުމްކުރި ވާހަކަ ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމަށް ލިޔެފައިވާ ލިޔުމެއްގައެވެ.


މަހާ ޗޯރުންގެ ލިޔުމުގައި ޒާހިރުގެ މައްޗަށް ޖިނާޢީކޯޓުން ޚިޔާނާތުގެ ޙުކުމެއް އިއްވާފައިވެއެވެ. ހަމަ އޭގެ ފަހަތުން ޒާހިރުގެ މާތްކަމާއި ޚުލްގު ހެޔޮކަމާއި ރައްޔިތުންނާއި ގުޅޭކަމުގެ ވާހަކަވެސް ދައްކާފައިވެއެވެ. ކޯޓުން އެކުރި ޙުކުމަކީ ޒާތީގޮތުން ބަޔަކު ޖައްސާލި ޖައްސާލުމެއް ކަމަށްވެސް ލިޔެ ރައްޔިތުންގެ މިފަދަ ބަތޮލެއްގެ ސަލާމަތަށް ރޮއިހޭރި އާދޭސް ކޮށްފައިވެއެވެ. އަދި ޒާހިރު ކޮށްފައިވާ ޢަމަލަކީ ރައްޔިތުންގެ ހެވާއި ލާބަޔަށް ކޮށްފައިވާ ކަމެއްކަމަށް ބުނެ މުޢާވިން ޖަލީލު ކުއްވެރިކޮށް އަމިއްލައަށް ކޮމެންޓުކޮށްފައިވެސް ވެއެވެ. އަދި ކޯޓުގެ އެޙުކުމަކީ ސީދާ ޖަލީލުކުރި ޙުކުމެއްކަމަށް ލިޔެފައިވެއެވެ.


މި ލިޔުންކިޔާފައި ބުނާކަށް މިބައިގަނޑުގެ ގަމާރުކަން ހިތަންއަންނަވަރުން މި އިނދެވެނީކީ ނޫނެވެ. އަދިވެސް އެތިބީ މީގެ މީގެ މިލިޔަން އަހަރުކުރީގެ ޖާހިލުންގެ ޒަމާނުގައި ވިއްޔާއެވެ. ސަރުކާރާއި އިނދިކޮޅަށް މިއަދުގެ ކޯޓުތަކުން ޙުކުމް އިއްވާކަން މި އާލާތުންނަށް ފަހެ އަޑުއިވިފައި ނުވަނީ ތޯއްޗެކެވެ. އިންފޮމޭޝަން މިނިސްޓްރީ އެޓޯލްސް މިނިސްޓްރީ ހެލްތް މިނިސްޓްރީއާއި އިނދިކޮޅަށް ކޯޓުތަކުން ޙުކުމް އިއްވާފައިވާކަން އިވިފައިވިޔަސް ތިބަގައަށް ވާނުވާ ނޭނގިދާނެކަން އެންޓިއެފްއޯއަށް އެނގެއެވެ. ޖަލީލު ބޭނުން ގޮތަކަށް ޒާހިރުގެ މައްސަލަ އެނިމުނީ އެތަންތަނުގައި ތިބި މީހުންވެސް ޖަލީލުއަށްވުރެ ބާރު ދަށީތާއެވެ. ޖަލީލުގެ އަންބޮޑިއަށް އެވަރަކުން ކަލޭމެން ވަންނަން ތިއުޅޭ ސަބަބު މިހާރު ވިސްނިއްޖެއެވެ.


އަދި މަޖާކަމަކީ އެޒާހިރު ސަރުކާރުގެ ވަޒީފާގައި ހުރިއިރު ބެވި ބެވުންތައް ހަނދާންނެތުނީމައެވެ. އޭރުގައި ޒާހިރުއަށްވުރެ ނުލަފާ ރައްޔިތުންނާއި ނުގުޅޭ، ޚިޔާނާތްތެރި މުޅި ފ.އަތޮޅުގައިވެސް ނެތޯލައެވެ. ޚިޔާނާތްވެގެން ކޯޓުން ޙުކުމް ކުރާއިރަށް ޒާހިރުގެ ޖީބަށް ވަތްލެއް ކިހާ އަވަސް ހެއްޔެވެ؟ ރައްޔިތުންގެ ފައިސާކައި ހުސްކުރުމަށް ހިތްވަރުދޭކަން އެއޮތީ ސާބިތުވެފައެވެ. ކަލޭމެންގެ އައުވާނުންނަށް ބެލިޔަސް އެކަން އެއޮތީ ފެންނާށެވެ. އިބްރާހީމް ޚަލީލު، އެސްޖެހި ރައްޒާގު ފަދަ މީހުންނަކީ އޭރުވެސް މިހާރުވެސް ރައްޔިތުންގެ މުދަލުން ކައިއުޅުނު ބަޔެކެވެ. ދެން އަލީމު، ކުޑަދަޅޭ މި މީސްމީހުން އެކިމީސްމީހުންގެ ފައިސާކެއިވަރެއް ނުވެސް އެނގެއެވެ. ލަނޑަޔާ ހަމަވާނީ ލަނޑަޔާއެވެ.


ޚިޔާތުން ފުރިފައިވާ މަކަރުވެރިޔަކު ހުރިއްޔާ އަވަހަށް ޓީމަށް ވައްދާނެކަން ތިއޮތީ ސާބިތުވާށެވެ. ދެން ގޮސް އަންނި ފުލުގައި ދޫލާށެވެ. އެއީ ނިލަންދޫ ރައްޔިތުންގެ އިންޖީނެއް ކައްވާލަން މަސައްކަތްކުރީތީއެވެ. ގުއިއެދުރުންނަށް ތިޔަހެން ތިބެ ކިޔޭނުކިޔޭ އެއްޗެއް އެނގޭ ހެއްޔެވެ.