Monday, February 25, 2008

އެފްއޯގެ ޑަރޯގާއިން އަމިއްލައަށްޖެހި ގުއިރޯނުގައި ޖެހިއްޖެ

ފއތމ ގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން ފެށި ހިސާބުން ފެށިގެން އެކަން ފާފު އޮބްޒާވާގެ ޑަރޯގާ އިމާމުންނަކަށް ހަޖަމެއް ނުކުރެވުނެވެ. ތިމާމެން އެތާގައި އުޅެއުޅެ އެއްވެސް ކާމިޔާބީއެއް ލިބިފައި ނެތުމާއެކު އެހެން ބަޔަކު ކުރާ މަސައްކަތުންވެސް އެ ސްކޫލަށް ކުރިއެރުމެއް އައުމަކީ މިބައިގަނޑަށް ބަލައިގަންނަން އެހާ ފަސޭހަކަމެއް ނޫނެވެ. އެންމެ ފަހުން އޭލެވެލް ވެސް އުފެދިގެން މިދިޔައީ މިބައިގަނޑުގައި ހިމެނޭ ބައެއް ޑަރޯގާއިން އެތަން ދޫކޮށް ދިއުމަށް ފަހުގައެވެ.

ކޮންމެ އަކަސް ފއތމގައި އޭލެވެލް އުފެދޭތީ މިބައިގަނޑު ކަންބޮޑުވެފައި ތިބިވަރު އެފްއޯގެ 12 ފެބުރުއަރީގެ އާޓިކަލް ކިޔާލުމުން އެނގެއެވެ. މިއާލާތްގަނޑުގެ ބަހުންނަމަ ފއތމގައި އޭލެވެލް ހެދުމަށް ފަށަންވާނީ ހަމައެކަނި ނިލަންދޫގެ ފަސްގަނޑުން އުފެދޭކުދިން ހިމަނައިގެންނެވެ. ރަށުން ބޭރުން އެއްވެސް ކުއްޖަކު ހިމަނައިގެން ނުވާނެއެވެ. ވިސްނުމުގައި އެއްވެސް އުރައްޕެއްނެތްކަން މިއޮތީ ފެންނާށެވެ. އަދި އެހެން ރައްރަށާއި ނިލަންދޫއާއި ދެމެދު ވަރުގަދަކުރުމަށް ރަށުގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތަށް މިއާލާތުން ހުރަސް އެޅުމަށް ކުރަމުންގެންދާ މަސައްކަތް މިލިޔުމުން ވަރަށް ރަނގަޅަށް ދޭހަވެއެވެ. ތިޔަހާ އެކަމަކު ނަސްލީ އިމްތިޔާޒު ގެންގުޅޭކަށް ނުވާނެތާއެވެ. ތަންތަން ކުރިއަރައިދަނީ އެންމެންނާއި ގުޅިގެން ކުރެވޭ މަސައްކަތުންނެވެ. މަރުޙަބާ ގިނަބަޔަކަށް ކިޔައިގެންނެވެ.
މާލޭގައި ހުރި ސްކޫލުތަކަށް ބެލިޔަސް ގިނަވާނީ ރައްފުށުގެ ކުދިންނެވެ. އަދި އެސްކޫލުތަކަކީ އެންމެ ފުރަތަމައިނުން އެންމެ މޮޅު ނަތީޖާ ލިބުނު ތަންތަނެއްވެސް ނޫނެވެ. އުޅެފައިހުރި ސްކޫލުތައް ގިނަކަމުން ކޮއިފުޅުންނަށް މިވަރު ނޭނގިދާނެއެވެ. އެހެންވީމާ މިއިންވެސް ދޭހަވަނި ތިޔައުޅެނީ ކޮންމެ ވެސް އެއްޗެކޭ ކިޔައިގެން އޭލެވެލް އުފެއްދިޔަނުދިނުމަށް މަސައްކަތްކުރާށެވެ. އެންމެ ފުރަތަމަ ފިރުކޭނީއެވެ. ދެން ހިނގައިގަންނާނީއެވެ. އެދުވަސް ފއތމގެ ޢުމުރުން 20 އަހަރުވެގެން ދާއިރުއެވަނީ ގޮސްފައެވެ. މިއަދު އެބަލަނީ ދުއްވައިގަންނާށެވެ. އެފްއޯ އާލާތުންގެ ވިސްނުންކޮށިކަމުން މިވަރުވެސް ނޭނގިދާނެތީ މިބުނެލަ ދިނީއެވެ.

އަދި މަޖާކަމެއް އެނގޭ ހެއްޔެވެ. ނިލަންދެ.ކޮމް ގައި އޭލެވެލް އުފެދޭ ޚަބަރު ހަމަޖެހުމާއެކު މުޢުތަބަރު ފަރާތަކުން ލިބުނު ޚަބަރެކޭ ކިޔާ ސައިޓުގައި ޖަހާ އެއީ ފއތމ ގައި ކުރެވިދާނެކަމެއްކަމަށް ދޭހަވާގޮތަށް ލިޔެފައިވެއެވެ. ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެ، އޭލެވެލް އުފެއްދިޔަ ނުދިނުމަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވިދޯއެވެ.

ނިންމާލަމުން ބުނެލަން އޮތީ، އެ އޮތީ އޭލެވެލް ވެސް އުފައްދާފައެވެ. ތިޔަ ތިޔަ ބައިގަނޑު ތިޔަހެން ތެޅިލަ ތެޅިލަ ތިއްބާ ޑިޕްލޮމާ ވެސް އެތަނުގައި ކިޔަވައިދޭ ފެންވަރަށް ގެންނާނަމެވެ. ތިޔަބީތާއިން ނަށް ތިޔަގޮތަށް ފަހުން ވިސްނުނަސް އެންޓިއެފްއޯއަށް އެންމެ ރަނގަޅެވެ. ތިޔަހެން އުޅެންޏާ އަމިއްލައަށް ޖަހާ ގުއިރޯނުގައިވެސް ޖެހޭނެއެވެ.

15 comments:

Sha@Shi said...

ތިޔަ ބޮލޮގް ހިނގާ ބޭކަލުންނަށް އަޅުގަނޑު ބުނެލަން ބޭނުންވާ ވާހަކައަކީ ތިޔަކަން ތި ކުރަނީ ކޮންބައެއްކަން ވަރަށް ރަނގަޅަށް ހުރިހާ އެންމެންނަށްވެސް އެނގޭކަން. އަދި ބަހުރުވަ ރީތިކުރުމަށްވެސް ގޮވާލަން. މިހާރު ތި ހުންނަނީ އަދަބާއި އަޚްލާގުން ނެއްޓި ގޮސް ހައްދު ފަހަނައަޅާފައި. އެހެންވެ އެކަން ރަނގަޅުކުރުމަށް ހަނދާން ކޮށްދެން. ތޔަ އިއްޒަތް ތެރިޔާގެ އަގު ވައްޓާނުލާ.

Sha@Shi said...

ކޮބާ ތިޔަ ބޭކަލުން ތިބުނާ ތިޔައާލާތުންނަކީ ؟ މިކަން މި ބްކޮގް ކިޔާ ފަރާތްތަކަށް އޮޅުން ފިލުވާލަ ދީބަލަ؟ އޭރުންތާ އެނގޭނީ. އެހެންނޫނިއްޔާ ހުރިހާ އެންމެންނަށްވެސް އެ ލަފްޒު ރައްދުވޭ އެބަ.ކިތަންމެ އިއްޒަތްތެރިއަކަސް ތިޔަ އާޓިކަލް ލިޔުނު ފަރާތަށްވެސް ރައްދުވޭ. އެހެންނަހަދާ.

Anonymous said...

ya mihaaru ethibee revitheyo bovifa. then avahah sanaa kiyan fashaa. kalo mennakah nuvaane ehves kameh. hama thihen thelhila thelhila thiben jeheyneee. bayaku kameh kuranfashaa irah vaane fumen thivaru baeh nethigen

Anonymous said...

dhen A'level ah kiyavadheyn fashaigen, rangalhu fenvaruge teacherun kiyavadhey thibegen furathama batchga A tha hurihaa kudhin hoadhaathan aharumen dheken thibeynan. adhi ekudhin A level ninmaagotha thithanun degree aa masters ah continue kuraathavves aharumen balan thibeynan

Anonymous said...

މި ބުލޮގަށް ހަމަ ސާބަސް. މި ބުލޮގުގައި މި ހުންނަނީ ރަނގަޅުވާހަކަ. އެ ފޮޑި ބަގަވާހަކަ ދައްކާ ބަހުރުވައިން މި ބުލޮގުވެސް މިހުންނަނީ. ފޮޑި ބަގައަށް ދަސްވެފައިހުރި ބަހުރުވައިން ވާހަކަ ދެއްކީމަތާ ދޭހަވާނީވެސް. އެހެންވީމާ، މި ބުލޮގުން ތިކުރާ މަސައްކަތް ރަނގަޅޭ ބުނެވޭނީ.
އެފްއޯގެ މީހުންނަށް މިހާރު ދޭހަވާނެ މިގޮތަށް ދައްކާފައި ހުންނަވާހަކަ.

Anonymous said...

Thimeehunnah miahvure reethi bahuruva akun liyaakah neygeyne. liyaa liyumehge fenvaru ran'galhu kureveyneeves liyaameehaage huri fenvarakunnun. ehcheh reethi bahuruvain liyaane fenvareh nuhunnaane. iyyege liyumugaives koment koffaioth mikolhugai miulhey kujjehge athaku sanadheh setufiketeh nethey. enme gina sanadhaai setufiketu huree anti FO ge " DHAADHAA " jaleelu athuga. mi teemugai mulhinves thibeynee mifenvaruge dhaadhaain.

Anonymous said...

hehe DHAADHAA. thihen keema alhey aharumen ladhu ganei. thanthanuga dhaadhaa hedhigen ulhei meehun ulheine. ekamaku dhaadhaa hedhen ulhe ekan ves ehen kamen ves nuvaane. mulhin ves vai fodi thalhaala thalhaala thibeiny.
magei salaam mi ulhei Ravaboli edhurun thakan. FIDI Team hope hope.

Anonymous said...

mi FODI alaathun thibey thanun ves dhuvanee kuni FODI vas. ahcheedi.

Anonymous said...

thibunee hama thedhen. 1 reyga iskander school ga oi mi meehunge meeting akan maves diyain bunegen. meeting thereyga ves heevanee ehenfadha kamen hen. enmenves evaru. adhi vakin bodan viyaa nudhaaa moosa aa eulhey jaleel. purupurooos kiyaafa thalhaalaneee. ladhen ves nuganey egothan meehun thibey thanthaanga ekahala hadi kanthan kuran.
edhi bunaakan eulhey randufaaden. ethiba bodethi firihenunthan ves ulhey goin fenifa ladhun halaaku.

Anonymous said...

Kudinney mi daroaga immamunnai ehchihi nukiyaa... e ee varah akhlaaq rangalhu baeh. evves kusheh ney saafu thohiru baeh. emeehun fenijjiyya isjahaa. athugai bosdhee. Eyga himeney emmennakee 'Noorul Ameen' fadha meehun. e ee fandu vumeh ney voh thakeh. e ee mulhi faafu atholhu fakhuru verivaa fadha molhukameh libifaivaa baeh. e ee thauleemuge emme us harufai giraakoffa vaa baeh.
emeehun nah fennathaakun salaam govaa. e ee varah gadha baeh. emeehun thalhaa FODIn ves dhuvaanee zaithooni lakudeege meeruvas.
E meehun nuhadhaane dhogeh. Ehen meehunge mas koshai mashaigen keyas e ee rangalhu kuran dhahkaavaahaka. randukoh ulhe firihen kulhi kulhunas e ee mai kamehge gothugai emeehun kuranyai balaa.

Anonymous said...

F.A.E.C dhookoh thibunaa meehun dhiyaee fenvaru netheemaa. Jaleelu dhaadhaa bunee mi marukazuge mathee gureydu thakah kiyavai dhinumuge fenvareh emeehungai nethoa. emeehun thibegenoa marukazu kurinaaraigen eulhenee. ehenve fenvaru hurimeehunnah furusathu dheefaa emeehun dhiyaee. emeehun than dhookoffaa dhiyaimaa. thanah libey kurierun balaabala. e bunee ran'galhah, e hedhee ran'galhah. kihaa gaddaa Jaleelu dhaadhaa.

Anonymous said...

Thiyaabunee mulhin ran'galhu vaakakaeh noon. thibunaa hurihaa sifaeh emeehunnahvure mahchah huree anti FO meehunge gaigai. khaassakoh eyge dhaadhaa Jaleelugaigai.

Anonymous said...

antifo in liyaaliyunthakuge sababun FODI baigandu varah bodah reyruvegen ulhey khabareh ebalibey. emeehun ge haqeeqai falhaa aruvaathee vaanuvaaneygigen ulheykamuge mauloomath libenee. salhi dhoa.
antifo akee kaakutho magey kaireeves ehi bunaakah. antifo ai dhimaa vejjiyya landeh dheynamo bunee.
e marukohunthah heekurananee mee jaleelu hinga siteh kamah. hehehe. ekamaku majakamakee jaleelu ahves neygey kanneyge antifo eh.
FODI baga ah ehenveema antifoge faraathun ma salaam bunan

Anonymous said...

jaleel akah neyegeyne Antifo Akee kaak kameh. Antifo Dhiriulheny Henveiru Sosun magaa kairi hisaaabegga. dhen hoadha antifo akee kaaku kan ?

Anonymous said...

kekeke