Thursday, February 28, 2008

އެންޓި އެފް އޯ އަކީ ކާކުކަން ނޭނގިގެން ޖަލީލު އަތްފުނާ އަޅަނީ


މީހަކު ހީހީ ހަލާކު ނުވާނެ ހެއްޔެވެ. އެކަމަކުދެން ޖަލީލުވެސް ތިޔައުޅޭ ވައްތަރެއް ދޯއެވެ. އެންޓި އެފް އޯއަކީ އެވެނި މީހެކޭ މިވެނި މީހެކޭ ކިޔަމުން ތިޔަދަނީ ހަމަ އެނގި ކަށަވަރުވެގެން ތާއެވެ. ތިޔަހުރީ ހާދަވަރެއް ވެފައިތާ ދޯއެވެ.


ޖަލީލުއަކީ ފޮޑި ގްރޫޕްގެ މީހެއް ވިޔަސް ޖަލީލުއާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުޖަހަންތާއެވެ. ދެންތިޔަހެން ފުމެފުމެފައި އުޅެންޖެހޭ އެއްވެސް ސަބަބެއް އެންޓި އެފް އޯ އަކަށް ނުވިސްނުނެވެ. ފަހަރެއްގައި ލަނޑައިންގެ ތެރެއިން ލަނޑައެއްވީމާ އަސަރުކުރަނީ ކަމަށްވެދާނެތާއެވެ.


އެހެން ނޫނަސް އެންޓި އެފް އޯ އަކީ ކާކުކަން ނޭނގިގެން ތިހެން ރެވިތެޔޮ ބޮވިގެން ތެޅޭވަރެއް ނުވޭތާއެވެ. ކަލޯމެންގެ އަޙުމަދު މުޙައްމަދު ވެސް އަންގަނީ އެންޓި އެފް އޯއަކީ ކުރަން ނޭނގި ކުރަންއުޅޭ، ޖަހާފައިއޮތް ސަކަރާތްގަނޑެއް ވިއްޔާއެވެ. އެހެންވީމާ މިވަރުގެ ބްލޮގެއް ހަދައިގެން މީހަކު އުޅުމުން ތިޔާހާވަރަށް އޮށްދާ ނުހިއްލާށެވެ.


އެކަމަކުވާއެވެ. އެންމެފަހުން ޖަލީލު އައިސް ޚުދު އެންޓި އެފް އޯ ގާތުގައި ވާހަކަދެއްކި އިރުވެސް ނޭނގުނު ވިއްޔާއެވެ. މިބްލޮގް ހަދަނީ މިވެނި މީހެކޭކިޔާ ފާޑުފާޑުގެ ވާހަތައް ދެއްކިއިރު އެންޓި އެފް އޯ ހުރީ އެތެރެން ކިރިޔާ ހިނިއައިސްގެން ފަޅާނުގޮސްއެވެ. މިގޮތަށް ކިތައް މީހުންކައިރީ ފާޑުފާޑުގެ ވާހަކަދައްކާނެ ބާއެވެ. ގައިމު ޔަޤީންނުވާ ޙާލު މީހުންގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުމީ ކޮންކަހަލަ ކަމެއްކަން ޤްރުއާން ޓީޗަރަކަށްވިއްޔާ އިނގޭނެކަމަށް ހީކުރަމެވެ.


ކަލޯ ޖަލީލުއެވެ. މަޑުން ހަމަހިމޭންކަންމަތީ ހުރެވޭތޯ ބަލާށެވެ. ވާނުވާ ނޭނގިގެން އެހެން ފޮޑިންތައް ތެޅޭގޮތަށް ތެޅެންޏާ ކަލޯ ކޮށްލާފައިހުރި ކަންތައްވެސް ފަޅާއަރުވާލާނަމެވެ. ނުބެހޭކަންތަކާ ނުބެހުން ބުއްދިވެރިވާނެއެވެ. ކާޅު ކެޔަސް 'ސޮށް' ގޮވަންވާނީ ތިމާޔާ އެކަމަކާ ގުޅުން އޮތިއްޔާއެވެ. އެންޓި އެފް އޯ ވެސް ހަމަތިހެން ތަނަކު މީހަކު ހުއްޓަސް ނުބެހޭނަމެވެ.


Monday, February 25, 2008

އެފްއޯގެ ޑަރޯގާއިން އަމިއްލައަށްޖެހި ގުއިރޯނުގައި ޖެހިއްޖެ

ފއތމ ގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން ފެށި ހިސާބުން ފެށިގެން އެކަން ފާފު އޮބްޒާވާގެ ޑަރޯގާ އިމާމުންނަކަށް ހަޖަމެއް ނުކުރެވުނެވެ. ތިމާމެން އެތާގައި އުޅެއުޅެ އެއްވެސް ކާމިޔާބީއެއް ލިބިފައި ނެތުމާއެކު އެހެން ބަޔަކު ކުރާ މަސައްކަތުންވެސް އެ ސްކޫލަށް ކުރިއެރުމެއް އައުމަކީ މިބައިގަނޑަށް ބަލައިގަންނަން އެހާ ފަސޭހަކަމެއް ނޫނެވެ. އެންމެ ފަހުން އޭލެވެލް ވެސް އުފެދިގެން މިދިޔައީ މިބައިގަނޑުގައި ހިމެނޭ ބައެއް ޑަރޯގާއިން އެތަން ދޫކޮށް ދިއުމަށް ފަހުގައެވެ.

ކޮންމެ އަކަސް ފއތމގައި އޭލެވެލް އުފެދޭތީ މިބައިގަނޑު ކަންބޮޑުވެފައި ތިބިވަރު އެފްއޯގެ 12 ފެބުރުއަރީގެ އާޓިކަލް ކިޔާލުމުން އެނގެއެވެ. މިއާލާތްގަނޑުގެ ބަހުންނަމަ ފއތމގައި އޭލެވެލް ހެދުމަށް ފަށަންވާނީ ހަމައެކަނި ނިލަންދޫގެ ފަސްގަނޑުން އުފެދޭކުދިން ހިމަނައިގެންނެވެ. ރަށުން ބޭރުން އެއްވެސް ކުއްޖަކު ހިމަނައިގެން ނުވާނެއެވެ. ވިސްނުމުގައި އެއްވެސް އުރައްޕެއްނެތްކަން މިއޮތީ ފެންނާށެވެ. އަދި އެހެން ރައްރަށާއި ނިލަންދޫއާއި ދެމެދު ވަރުގަދަކުރުމަށް ރަށުގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތަށް މިއާލާތުން ހުރަސް އެޅުމަށް ކުރަމުންގެންދާ މަސައްކަތް މިލިޔުމުން ވަރަށް ރަނގަޅަށް ދޭހަވެއެވެ. ތިޔަހާ އެކަމަކު ނަސްލީ އިމްތިޔާޒު ގެންގުޅޭކަށް ނުވާނެތާއެވެ. ތަންތަން ކުރިއަރައިދަނީ އެންމެންނާއި ގުޅިގެން ކުރެވޭ މަސައްކަތުންނެވެ. މަރުޙަބާ ގިނަބަޔަކަށް ކިޔައިގެންނެވެ.
މާލޭގައި ހުރި ސްކޫލުތަކަށް ބެލިޔަސް ގިނަވާނީ ރައްފުށުގެ ކުދިންނެވެ. އަދި އެސްކޫލުތަކަކީ އެންމެ ފުރަތަމައިނުން އެންމެ މޮޅު ނަތީޖާ ލިބުނު ތަންތަނެއްވެސް ނޫނެވެ. އުޅެފައިހުރި ސްކޫލުތައް ގިނަކަމުން ކޮއިފުޅުންނަށް މިވަރު ނޭނގިދާނެއެވެ. އެހެންވީމާ މިއިންވެސް ދޭހަވަނި ތިޔައުޅެނީ ކޮންމެ ވެސް އެއްޗެކޭ ކިޔައިގެން އޭލެވެލް އުފެއްދިޔަނުދިނުމަށް މަސައްކަތްކުރާށެވެ. އެންމެ ފުރަތަމަ ފިރުކޭނީއެވެ. ދެން ހިނގައިގަންނާނީއެވެ. އެދުވަސް ފއތމގެ ޢުމުރުން 20 އަހަރުވެގެން ދާއިރުއެވަނީ ގޮސްފައެވެ. މިއަދު އެބަލަނީ ދުއްވައިގަންނާށެވެ. އެފްއޯ އާލާތުންގެ ވިސްނުންކޮށިކަމުން މިވަރުވެސް ނޭނގިދާނެތީ މިބުނެލަ ދިނީއެވެ.

އަދި މަޖާކަމެއް އެނގޭ ހެއްޔެވެ. ނިލަންދެ.ކޮމް ގައި އޭލެވެލް އުފެދޭ ޚަބަރު ހަމަޖެހުމާއެކު މުޢުތަބަރު ފަރާތަކުން ލިބުނު ޚަބަރެކޭ ކިޔާ ސައިޓުގައި ޖަހާ އެއީ ފއތމ ގައި ކުރެވިދާނެކަމެއްކަމަށް ދޭހަވާގޮތަށް ލިޔެފައިވެއެވެ. ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެ، އޭލެވެލް އުފެއްދިޔަ ނުދިނުމަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވިދޯއެވެ.

ނިންމާލަމުން ބުނެލަން އޮތީ، އެ އޮތީ އޭލެވެލް ވެސް އުފައްދާފައެވެ. ތިޔަ ތިޔަ ބައިގަނޑު ތިޔަހެން ތެޅިލަ ތެޅިލަ ތިއްބާ ޑިޕްލޮމާ ވެސް އެތަނުގައި ކިޔަވައިދޭ ފެންވަރަށް ގެންނާނަމެވެ. ތިޔަބީތާއިން ނަށް ތިޔަގޮތަށް ފަހުން ވިސްނުނަސް އެންޓިއެފްއޯއަށް އެންމެ ރަނގަޅެވެ. ތިޔަހެން އުޅެންޏާ އަމިއްލައަށް ޖަހާ ގުއިރޯނުގައިވެސް ޖެހޭނެއެވެ.

Saturday, February 23, 2008

އެންޓި އެފް އޯ އަޕްޑޭޓް ނުވުމުން ރޮވެނީ

އެންޓި އެފް އޯ އަޕްޑޭޓް ނުވާތީ ހާދަހާ އަސަރެއް އެބަ ކުރޭތާއެވެ. ވަރަށް ދެރަވޭ ދޯއެވެ. ރަނގަޅަށް ނުވެސް ނިދޭދޯއެވެ. ކިޔަވަދޭން ކްލާހަށް ވަދެފަވެސް ބޮލުގައި ހުންނަނީ ހަމަ އެންޓި އެފް އޯ ދޯއެވެ. އޮފީހަށް ދިޔަސް މި އެންޓި އެފް އޯއަކުން ސަލާމަތެއް ނުވޭ ދޯއެވެ.


އެންޓި އެފް އޯގެ ތައުޒިޔާ ހިތުގެ އެންމެ ފުންމިނުން ފޮނުވަމެވެ. ކެއްކޮށްލާށެވެ. މިކަހަލަ ދުވަސް ދުވަސްވެސް އަންނާނެއެވެ. ހަޔާތުގައި އުސްގަނޑާއި އަޑިގަނޑުވެސް އާދޭތާއެވެ.


އެންޓި އެފް އޯއަށް ތިޔަ ހުންނަ ޝައުޤުވެރިކަމަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. އަބަދުވެސް ތިގޮތުގައި ހިފަހައްޓާލާތި އިނގޭއެވެ. އަޕްޑޭޓް ވޭތޯ އަބަދު ބަލަބަލާ ތިބޭށެވެ.


އަސްލުވެސް ކަލޯމެންނަށް އަހުރެން އެންޓި އެފް އޯ ވަރަށް އިންޓަރެސްޓް ދޯއެވެ. އެކަމަކު ދެރަކަމަކީ އެންޓި އެފް އޯ ޖަހާވާހަކަތައް ދޯއެވެ. އެކަމާ ކުރާނެ ހަމަ އެއްވެސް ކަމެއްނެތެވެ. މުޅިންވެސް ހުންނާނީ ތެދު ޙަޤީޤަތެވެ. ކަލޯމެން ކޮށްފައިވާ ކަންކަމުގެ ވާހަކައެވެ. ސިއްރުން ތަންތަނުން ނަގާފައިވާ ތަކެތީގެ ވާހަކައާއި ސިއްރުން ކޮށްފައިވާ ކަންތައްތަކުގެ ވާހަކައެވެ. އަދި ކަލޯމެންގެ ކޮރަޕްޝަނާއި ޚިޔާނަތްތަކުގެ ވާހަކަތަކެވެ.


Saturday, February 16, 2008

ލެޔާއި ޢާއިލީ ގުޅުން

އެންޓި އެފް އޯ ހަމަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ބުނާނެ އެއްޗެއްވެސް ނޭނގެއެވެ. އެކަމަކު މައްސަލައެއް ނެތްތާއެވެ. ކަށީގައި ހިފާފައިހުރި ކަމެއް ނުފިލާނެއޭ ބުނާއަޑު އިވެއެވެ. އަދި ތިމާގެ ފޫކޮޅުގައި އޮތް ފޯލި ފޮރުވާގެންތިބެ ގުދޯގުދޯ ގޮވާ މީހުންވެސް މަދެއް ނޫންވިއްޔާއެވެ.


އެކަމަކު އެންޓި އެފް އޯއަށް ދެރައީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީމައެވެ. މީހުންގެ ތެރެއަށް ނުކުމެ އަނގަ ހުޅުވަން ކެރޭކަމެވެ.


އާއިލާއޭ، މައިންބަފައިންނޭ، އަނބިދަރިންނޭ އަދި އެއްބަނޑު އެއްބަފާ މީހުންނާއި ތިމާގެ މީހުންނޭ ކިޔާ އަނގައަރުވަން ފެށީމާ ތިބައިގަނޑު ލަދު ނުގަތަސް އަހުރެން ލަދު ގަނެއެވެ. ތިކަހަލަ ހަޑި ވާހަކަ ދައްކަން އެންމެ ރަނގަޅީ ހަމަ ތިބަގަތަކެވެ.


ކަލޯމެންގެ ބޮއްޅަހޮއްކޮ ޚަލީލު އަކީ ހަމަ އެފަދަ ދެވަނައެއް ނެތް މައިންބަފައިންނަށް ކަމޭހިތުމާއި އަނބިދަރިންނަށް އަޅާލުމާއި އޯގާތެރިވުމުގެ ރިވެތި ނަމޫނާ އެކެވެ. އެއްބަނޑު އެއްބަފާ ކުދިންނަށް އެހީތެރިވުމާއި ލޯތްބާއި ކުލުނު ދެމެހެއްޓުމުގެ ލާމަސީލެކެވެ.


ރކ ކޮމެޓީގެ ދާދާ ހެދިގެން އުޅޭ ދަރަނިބޯ ފުއްޕި ހަކުރަށް ބަލާލާށެވެ. އެކަލޭގެއާ ދެބެންދެދަރި ޙުސައިން ރަޝީދުއަށް ޖެއްސި ހާލު ދެނަހުރީމު ހެއްޔެވެ. އިންޖީނަކާހެދި މަރުކުއްތައްހިފުނަސް ފުކެއް ބޮޑުވަރެކެވެ. އަޑީގައި ހުރެގެން ހުރިހާ ކަމެއްކޮށްފައި ފުލުހުންނާ ހަމައަށް މައްސަލަ ދިއުމުން ކަނޑާލީ ހުސައިންގެ ބޮލަށެވެ. ދާދާގެ އޯގާތެރިކަމުން ހުސޭނު ފުލުހުންގެ ބެލުމުގެ ދަށުގައި ކިތައް ރޭ ކިތައް ދުވަހު ހަމަނިދި ނިދާނުލެވި އާދައިގެ ގޮނޑިއެއްގައި އިށީނދެގެން އިންކަން އިނގޭހެއްޔެވެ. ނޭނގެންޏާ ގޮސް ހުސޭނު ކައިރިން އަހާށެވެ. އެދުވަހު ހުސޭނުގެ ހާލު ފެނިފައި ލޭގެ ގުޅުމެއް ނެތަސް ޔަޤީނުންވެސް އެންޓީ އެފް އޯ ހަމްދަރުދީވީމެވެ. ލޭގެ ގުޅުންހުރި ބޭފުޅާހުރީ މެދުއުޑުގައެވެ.


ދެން ކަލޯމެންގެ އަލްޤާރީ އިބްރާހީމް ހުސައިންކާރީ އަހާލަބަލާށެވެ. މަންމައާއި ބައްޕަ އަދި އެއްބަނޑު އެއްބަފާ ކުދިންނާ ވާހަކަ ނުދައްކާ ހުރީ ކިތައް ދުވަހުތޯއެވެ. އަދި ކިޔެވުމުގެ ނަމުގައި ބޭރު ޤައުމެއްގައި ތެޅުނު ޙާލުގެ އަޑު އެހީމެވެ. އަނބި ދަށުވިޔަސް ތަންކޮލެއް ބޮޑު ވަރެކެވެ.


ދެންވެސް ކަލޯމެންގެ ގްރޫޕުގައި ތިބި ޤާރީ މޫސާ އަޙުމަދު، ޤާރީ ޢަބްދުލް ޖަލީލު، ޙާމިދު ކަރުޒާއީ، އަޙުމަދު މުޙައްމަދު އަދި މިނޫންވެސް ޢިއްޒަތްތެރީންނަށް ނަޒަރު ހިންގާލާށެވެ. މިވާހަކަ ދައްކާދައްކާ ކޮޅުން ނުލާނެއެވެ.


މާތްކަލާކޮށްޓަކައި ދެން އެހެންވީމާ ލޭގެ ގުޅުމޭ އޭއްޗެކޭ މީއްޗެކޭ ކިޔާ އަނގަ ނުހުޅުވާށެވެ. ހަމަ ދުވަނީ ކުނި ވަހެވެ.


ނިއްމާލުމުގެ ކުރިން ލޭގެ ގުޅުން ދެމެހެއްޓުމަށް އަދި ޢާއިލީ ގުޅުން ހަރުދަނާކުރުމަށް ތިޔަކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އެންޓި އެފް އޯގެ ސަލާމް ވަރަށް ގަދައަށް.


Friday, February 15, 2008

ހަނދާނާއި ތާރީޚުގެ ތެރެއިން

ރައްޔިތުން މަޖުލިސްގެ ފ.އަތޮޅު މެމްބަރު ޙަމްޒާ ފ.އަތޮޅުން ގޮނޑިއެއް ހޯދުމަށް އުޅުނު އިރު އަދި ގޮނޑި ހޯދުމަށްފަހުވެސް އެންމެ އަރިސް އެންމެ ގާތް މީހަކަށް ވެފައިވނީ މުޅި ފ.އަތޮޅުގައިވެސް ހުންނެވި އެންމެ ތެދުވެރި ސާފު ސީދާ ކަމަށް ދެވަނައެއް ނެތް އިބުރާހީމް ޚަލީލުއެވެ.


ކުރުގޮތަކަށް ބުނަނީނަމަ ބުނެވޭނީ ޙަމްޒާ ޚަލީލު ހަމަޖައްސާފައިވަނީ އޭނާގެ 'ޤާރޫނު' ގެ ގޮތުގައެވެ. އެހެނީ ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން ޚަޒާނާގެ ތަޅުދަނޑިވެސް ޚަލީލުއާ ޙަވާލު ކޮށްއުޅެއެވެ. އަދި ގެއަށް ކުރަންޖެހޭ ޚަރަދުތަކާއި އެހެނިހެން ޚަރަދުތައް ބަލަހައްތައި ފައިސާގެ މުޢާމަލާތްތައް ސީދާ ޚަލީލުގެ ބެލުމުގެ ދަށުން ކުރިއަށް ދެއެވެ.


އެގޮތަށް އުޅެމުން މިކަލޭގެ ޙަމްޒާއަށް ލަނޑެއް ދިންކަން ދެނަހުރީ ކިތައް ބޭފުޅުން ތޯއެވެ. ޔަޤީނުންވެސް ނިލަންދޫގެ ބެއެއް ބޭފުޅުންގެ ކަންފަތަށް މިއަޑު ވާޞިލްވެފައިވާނޭކަން ކަށަވަރެވެ.


އަޑުއަހާށެވެ. ޙަމްޒާ ދިރިއުޅޭ ގެއާއި ޢާއިލާގެ އެހެން މީހުން އުޅެމުންދާ ގެތަކަށް ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ޚަރަދުތައް ކޮށް ހޯދަންޖެހޭ ކެއިން ބުއިމުގެ ސާމާނާއި އެހެނިހެން ސާމާނު ހޯދުމަށް މިކަލޭގެ އަތަށް ހާހުން ރުފިޔާ ދެއެވެ. ފުރަތަމަ ދުވަސްކޮޅު ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އެކަންކޮށް އުޅެއެވެ. އެކަމަކު ވާނޭގޮތް ތިޔަބޭފުޅުންނަށް އެނގިލައްވާނެ އެވެ. މިކަލޭގެއީ ބޮޑު ލާރިއެއް މާގިނައިން ފެންނައިރަށް އެއަށް ދަމާބާރެއް ހުންނަ ސޮރެކެވެ.


ދުވަސްކޮޅަކުން ޙަމްޒާ ޢާއިލާގެ މެމްބަރުންނަށް ފާހަގަވެގެން ދިޔައީ ގެއަށް ގެންނަ ސާމާނުތަކުގެ ޢަދަދު މަދުވުމާއި ކޮލިޓީދަށް ސާމާނު ގެތަކަށް ސަޕްލައި ކުރާ ކަމެވެ. ގިނަ ދުވަސްދުވަހު ގެންނަނީ ހަލާކުވާން ކައިރިވެފައިވާ އެއްޗިއްސެވެ.


މިކަން ގޭމީހުންނަށް ފާހަގަވެގެން މިކަލޭގެ ކައިރީ އެހުމުން ބުނިކަމަށްވަނީ ތަކެތީގެ އަގުބޮޑުވަނީ ކަމަށާއި ޙަމްޒާދޭ ލާރިކޮޅުން ހަމަޖެއްސުމަށް އެނޫންގޮތެއް ނެތްކަމެވެ. މިގޮތަށް ދެތިން ފަހަރަކު ވުމުން ޙަމްޒާވަނީ ދެތިން ފަހަރަކު ގެތަކަށް ކުރަންޖެހޭ ޚަރަދުތައް ބެލެހެއްޓުމަށް މީނާއަތަށް ދޭ ލާރިބޮނޑި ބޮޑުކޮށްދީފައެވެ.


އެކަމަކު ވީއޭ ގެ ދެވަނައަށް އެއްމެ އިސްމީހެއްގެ ގޮތުން މަސައްކަތްކުރާ ޙަމްޒާގެ އަންހެން ކޮއްކޮއަށް މިކަންތަން ގޯސްކޮށް ދާކަމަށް ހީވެ، ޔަޤީން ކުރުމަށް ބޭނުން ވެއްޖެއެވެ. ޙަމްޒާގެ ކޮއްކޮއަށް ޝަބާބުއަށް ދިން ލާރިކޮޅު ކާލި ދުވަހުން ފެށިގެން މިކަލޭގެގެ ގޮތް ރަނގަޅަށް އެނގެއެވެ. އެހެންވެ މިކަންތައް ދާނުދާއެއް ބެލުމަށް މިކަލޭގެއާއި އެންމެ އެއްކޮށް އުޅޭ މީހުންގެ ތެރެއިން ސިއްރު ކޮމެޓީއެއް ނަގައި ވާނުވާ ބަލަން އެންގިއެވެ.


ހުރިހާ ކަމެއް ފަޅާއެރިއިރު މިވާގޮތަކީ މިކަލޭގެ އަތަށް ދޭ ހާސް ރުފިޔާގެ ތެރެއިން ދުއިސައްތަ ރުފިޔާގެ ސާމާނު ކޮންމެ ދުވަހަކު ގަނެފައި ބާކީ ލާރިކޮޅު މިކަލޭގެ ޖީބަށްލައި ފޮރުވަނީ އެވެ. މިކަލޭގެ މިގޮތަށް ކަންތައް ކުރަން ޖެހުނީ ލިބޭ އެތިކޮޅުން ދެކޮޅު ނުޖެހި ގެކުލި ނުދެއްކޭ ހިސާބަށް ދިއުމުން ކަމަށް، ޙަމްޒާގެ ކޮއްކޮ އެކުލަވާލި ސިއްރު ކޮމެޓިގެ އިސް މެމްބަރުގެ ހައިސުއްޔަތުން ޙަރަކާތްތެރިވި ޢަބްދުލްޢަލީމު ޙުސައި އެންޓި އެފް އޯ ކައިރީ ބުންޏެވެ.


ކަލޯ އިބްރާހީމް ޚަލީލު މީވެސް އަޅެފަހެ ދޮގެއްތަ؟ ޝަބާބުގެ ލާރިކޮޅު ކާލުމުން ޙަމްޒާގެ ކޮއްކޮ ކަލެއަށް ހަބޭހަށް ދިންގޮތަށް މިފަހަރުވެސް ނުދެއޭ ނިކަށް ބުނެބަލަ!


Monday, February 11, 2008

އަޅޭ ޖަލީލުގެ ނަން ރީތިކަމުން.... އަބަދު ގޮވެނީ ޖަލީލު، ޖަލީލު، ޖަލީލު

އަޅޭ ފޮޑި ބަގަޔަށް ތިޔާތިބީ ފިސާރި ވަރެއް ވެފައިތާއެވެ. ހުރިހައި ކަމެއްގައި ވެސް ތިޔަތިބީ ޖަލީލު ވެފައިތާއެވެ. މި މޮޔައިންނަށް ވެފައިތިބިވަރު މިސައިޓުގެ ކިޔުންތެރިޔަކު "ޚަލީލުއަށް ސާބަސް" މިލިޔުމަށް ފޮނުވާފައިވާ ބައެއް ޚިޔާލުން ވަރަށް ރަނގަޅަށް އެނގެއެވެ. ބައެއް ޚިޔާލުތައް މިތާގައި އެ ފޮނުވި ފަރާތްތަކުގެ އިޒުނައާއިއެކު މިތާގައި ނަކަލުކޮށްލާނަމެވެ.

" އޭ ތިއާލާތުންގެ ކަމަކީ ޖަލީލު، ޖަލީލު، ޖަލީލު، ޖަލީލު ދޯ. އެހެންވީމާ މަށަށް ފެންނަނީ ތިބަގަ ބޯބުއިމަށް ޖަލީލު، ބަތަށްވެސް ޖަލީލު، ގޭގެ ނަމަކަށްވެސް ޖަލީލު، ރަށަށް ދާންވިޔަސް ޖަލީލު ކައިރިއަށް ދާން، ކުލާހުގައި ކިޔަވައިދެމުން ދާއިރުވެސް ކުދިންނަށް ޖަލީލު، ޖަލީލު، ޖަލީލު، ހަމްޒާގެ ނަންވެސް ޖަލީލު، އޭއޭއޭ އަށްވެސް ޖަލީލު."

އަނެއް ޚިޔާލުގައި ވަނީ "އެހެންވީމާ މީގެ ފަހުން ކިޔާނީ އިބުރާހީމް ޚަލީލު ޖަލީލު، މޫސާ އަޙްމަދު ޖަލީލު، ކުޑަ ދަޅޭ ޖަލީލު، އަޙްމަދު މުޙަންމަދު ޖަލީލު، ޢަބުދުލް އަލީމު ޖަލީލު، ހާމިދު ކަރުޒާއީ ޖަލީލު، ޢަބުދުލް މަޖީދު ޖަލީލު، ކުޑަ ސޮރު ޖަލީލު ... މިގޮތް ކިހިނެތް ވާނެ. ސަޅި ދޯ. އެހެންވީމަ މީގެ ފަހުން ފޮޑި ޓީމުގެ އެންމެންގެ ފަހަތަށް ޖަލީލު. ފޮޑި ޓީމުގެ ފަތަފޮޅިއަށް ވެސް ކިޔާނީ މީގެފަހުން އެފްއޯ ޖަލީލު... ހިހިހިހި"

ކިޔުންތެރިން ބުނެފައިވާހެން ކަލޯމެންނަށް ވެފައި ތިޔަތިބީ ހާދަވަރެއްތާއެވެ. މުޅި ދިރި އުޅުމުގައި ޖަލީލުއެވެ. މޮޔަގެރި ބަލިޖެހުނީމާ މީސްމީހުންގެ ގައިގާ ތިޔާހެން އަޅައިގަނެޔޯ ކިޔާތީ އަޑުއިވެއެވެ. ދެން ހެވެވެ. މަށަށް ފެންނަނީ ފާފުއޮބްޒާވަރުގެ ނަންވެސް ޖަލީލު އޮބްޒާވަރަށް ބަދަލުކޮށްލާށެވެ. އަނެއްކާ އަމިއްލަ ނަމުގެ ފަހަތަށް ޖަލީލުގެ ނަން އިތުރުކުރަންޏާއި އަންގާލައްޗެވެ. ތިޔައީ ދަރަނި ބޯތަކެއްވީމާ އެއިގެ ޙައްގުވެރިންނަށް އޮޅިދާނެތީއެވެ.

އަޅޭ ޖަލީލުގެ ނަން ރީތިވެގެން އުޅުނަސް ތިޔައީ ބޮޑުވަރެއްތާއެވެ. ޖަލީލުގެ ދަރިޔަކާއި ތީގެ ހިޔަޅެއް އިންނާން މަރުދިނީވެސް ޖަލީލުގެ ނަމުންވެސް ޝަޚްޞިއްޔަތު ދައްކުވައިދޭތީ ކޭކުން ބައެއް ކައިލާންކަން އަދިކިރިޔާ ފަޅާމިއެރީތާއެވެ. މަކަރާއިޖަހައިގެން ނޫނީ އެއްވެސް އެއްޗެއް ކެއުމުގެ ގާބިލްކަމެއް ނެތްތާއެވެ.

Friday, February 8, 2008

ބައިކޮޅަށް ޖެހުނު ގޯލުގެ ސަބަބުން ފޮޑިބަގަ ތެރޭގައި ގަޑުބަޑު އުފެދިއްޖެ

ބުނާކަށް މިއޮތީ ކަމެކެވެ. މިއުޅޭ ފޮޑިޓީމަށް ބައިކޮޅަށް ޖެހުނު ގޯލުގެ ސަބަބުން އެއިގެ އެއްގޮލާ އަނެއް ގޮލަޔާއި މޫނާއި މޫނު ދިމާކުރަން ނުކެރޭ ދަރަޖައަށް ކަންކަން ހިނގައްޖެ ކަމަށް އެތެރެކޮއިލުން ލީކުވެގެން އަންނަ ޚަބަރުތައް ބުނެއެވެ. މިކަމެއް ދިމާވީ ވަރަށް ވަރުގަދަ ތަހުގީގަކަށްފަހު، މިގުރޫޕަށް ވާގިވެރިވާ ފަރާތްތަކުން ރައްޔިތުންގެ ފައިސާއަށް ވި 3000 ރުފިޔާގެ ޚިޔާނާތް ކަތީބުގެ ބޮލުގައި އަވަސްއަވަހަށް އެޅުވި އެޅުވުން މިބްލޮގުން ފަޅާއަރުވާލުމުންނެވެ.



އަދި މިކަމުގެ ސަބަބުން މިބައިގަނޑުގެ ފޮޑި އޮބްޒާވަރުގެ އަގު އިންތިހާއަށް ރައްޔިތުންގެ ކުރިމަތީގައި ވެއްޓިގެން ދިއުމަކީ އެސައިޓުގެ "ޖާންދޭނީ ޖަނާދަން" އަޙުމަދު މުޙައްމަދު ފަދަ ބުއްޅަހޮކުންނަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. މިކަމުގެ ސަބަބުން ވަގުބުއްދި އިބްރާހީމް ޚަލީލު އާއި އިންތިހާއަށް މައްސަލަޖެހި ފޮޑި އޮބުޒާވަރަށް މަޢުލޫމާތު ދިނުމުގެ ސަބަބުން ކޮއިލުތެރޭގައި ވަސްގަދަ ޒުވާބު ގަނޑެއްވެސް ހިނގިކަމަށް ވެއެވ. ވަގުބުއްދިއަކީ ކަތީބުކަމުގެ ދަހިވެތި ކަމުގައި އޮފީހުގެ ލިޔުމެއްކަމަށް ބުނާ ލިޔުމެއް ވަގަށް ނެގުމުގެ ފިކުރު ނެރުނު ބަޚީލެވެ. އޮފީހުގެ ލިޔުން ވަގަށްނެގި ފަރާތް ސެކިއުރިޓީ ސަބަބުތަކަށްޓަކައި އަދި އެންޓި އެފް އޯ އިން މިވަޤުތަށް ސިއްރުކޮށްލާނަމެވެ.


އަޙުމަދު މުޙައްމަދެއްކަމަކު ރުޅިއަންނާނެތާއެވެ. މިކަލޭގެއަކީ އެލިޔުން ތައްޔާރު ކުރަން އިންއިރު ގުއިލަވައިގަތުމުން ހިތަށް އަރާހާ އެއްޗެހި ހަންދާންނެތިދާނެތީ ބުރި ފިއްތައިގެން އިންނަން ހަދައިގެން ގޮނޑިމަށްޗަށް ރެވުނު އެދުރެވެ. ލިޔުނު އެއްޗެހި ދެކޮޅު ނުޖެހުމުން ރުޅިވެސް އަންނާނެތާއެވެ.


އެކަމަކު ވަގުބުއްދި ކަލޭވެސް ރަނގަޅުތާއެވެ. ކަލޭގެ އެންމެ ގާތްކަމު ހަދައިގެން ތިޔަ ގެންގުޅޭ ޑަރޯގާއިންނަށްވެސް ފަހުވަގުތުގައި ތިޔަ އޮޅުވާލީ ހާދަހާވާ މޮޅަށެވެ. އެސޮރުމެންނަށް އެހެން ހަދާކަށްވެސް ނުވާނެތާއެވެ. ކަލޯ ޕްރޮމޯޓް ކުރަން ރެޔާދުވާލު މަސައްކަތްކުރާއިރުވެސް، ކަލޭގެ ގައިގާ މަކަރާއި ހީލަތް ހެދުން ކަށީގައި ހިފާފައި ހުރުމުން އެހެން ހެދުނީ ދޯއެވެ.


އެންމެފަހުން ރައްޔިތުންގެ ކުރިމަތީގައި އިރުބާރުގެއްލި ގަތްލަދެއްގެ ބޮޑުކަމުން އެކަކު އަނެކަކާ ހިފާ ޝަހީދުވާން ޖެހުމުން އެއްކަލަ ފޮޑީ އޮބުޒާވަރުގަނޑުވެސް އަޕްޑޭޓް ކުރާނެ މީހަކު ނުވިއެވެ.


އަދިވެސް މާއެނގޭ ބަޔަކަށް ހެދިގެން ތަންތަނަށް ނޭނގޭހާލުވެސް އަނގަ ކޮފަން އެޅެއްޗެވެ. ނިއްމާލަމުން ތިބައިގަނޑަށް އެންޓި އެފް އޯގެ ސަލާމް. ހެހެހެ


Friday, February 1, 2008

ޚިޔާނާތްވެ، މަކަރާއި ޙީލަތްހަދާ މީހުން ފާފު އޮބްޒާވާގެ ޑަރޯގާ އިމާމުން (ފޮޑިން) ނަށް އެނގޭތަ؟


ކުއްލި ޚަބަރު


ފޮޑި ޓީމުގެ ފަތަފޮޅި އާއި ރކ ކޮމެޓީއަށް ޣައްދާރުވާ ބައެއް ކަންޖޫސް މެމްބަރުން ގުޅިގެން، ރކ ކޮމެޓީގެ ސިއްރުތަކާއި ލިޔުންތައް ބޭނުންކޮށްގެން، ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލުމުގެ ގޮތުން ރޭވި ރޭވުންގަނޑު އެންޓި އެފް އޯ އިން ބޭޒާރުކޮށް އަދި އެބައިގަނޑު ހީކުރި ގޮތާއި ޚިލާފަށް ބަރަހަނާކޮށް މިޝަން ޗޮކުން ދުއްވާލުމުން، މުޅިން ރާޑިވެފައިވާ ކަމަށް ދާދި ދެންމެއަކު އެންޓި އެފް އޯއަށް ޚަބަރު ލިބިއްޖެ އެވެ.


މިމައްސަލާގައި އެންމެން ރޭރުވެ ފޮޑިންތަކުގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ، ފަތަފޮޅިއަށް މަޢުލޫމާތު ފޯރުކޮށްދިން ރކ ކޮމެޓީގެ މެމްބަރުގެ ސަބަބުން ފަތަފޮޅީގެ އަގުވެސް ވެއްޓިފައިވާ ކަމަށް ބުނެ އެކަކު އަނެކަކުގެ ބޮލުގައި އަޅުވަމުން ދާކަމަށް އެނގިފައި ވެއެވެ. އަދި ފޮޑިންތަކުގެ މެދުގައި އަރާރުން ބޮޑުވުމުގެ ސަބަބުން ފަތަފޮޅިވެސް މިދުވަސްކޮޅުވަނީ ހުއްޓިފައިކަމަށް އެތެރެ ކޮއިލުން އެންޓި އެފް އޯ އަށް މަޢުލޫމާތު ލިބިފައި ވެއެވެ.


އަވަސް ޚަބަރު ނިއްމާލުމުގެ ކުރިން ރކ ކޮމެޓީގެ ސިއްރުތަކާއި ލިޔުންތައް ބޭރުކޮށް ފަތަފޮޅިއަށާއި އެހެނިހެން ފަރާތްތަކަށް ބޭރުކޮށްދޭ މެމްބަރުންނަކީ ކޮބައިކަނ ދާދި އަވަހަށް އެންޓީ އެފް އޯގެ ކިޔުންތެރިންނަށް ބުނެލަދޭނަމެވެ.



ޚިޔާނާތްވެ، މަކަރާއި ޙީލަތްހަދާ މީހުން ފާފު އޮބްޒާވާގެ ޑަރޯގާ އިމާމުން (ފޮޑިން) ނަށް އެނގޭތަ؟


އެންމެ ފަހުން މިހަޤީޤަތްވެސް އޮޅުން ފިލުވައިދޭން ޖެހުނީތާއެވެ. ފޮޑި ޓީމުގެ އަހުލުވެރިން މިވަރަށް ދުލުގައި ހިފާ ދަމަންޏާ ބޭޒާރުކޮށްލުން ނޫން އެހެން ގޮތެއް ނޯންނާނެތާއެވެ. ރައްޔިތުންގެ ފައިސާއިން ކަތީބު ޚިޔާނަތްތެރި ވެފައިވާ ލިޔުމާ ބެހޭގޮތުން ބުނެއަންގަމެވެ.


ބަނދަރު ކޮންނަން އައިސްތިބި މީހުންނަށް 3000 ރުފިޔާ ދިންކަން އެނގިއްޖެ ދޯއެވެ. މިތިބަ ފާސިދުންތަކާއެވެ. 3000 ރުފިޔާ އެއީ އެންމެ މީހަކަށް ދިނުމަށް ރކ ކޮމެޓީން ކަނޑައަޅާފައިވާ ޢަދަދެވެ. އިތުރު ހަތަރު މީހުންނަށް 5000 ރުފިޔާ ވެސް ދީފައިވާކަން ސާބިތު ހެއްކާއެކު ރކ ކޮމެޓީގެ ލިޔުންތަކުން ފެންނަން އެބަ ހުއްޓެވެ.


މިކަންތައްގަނޑު ހިނގާދިޔަ ގޮތް ރަނގަޅަށް ކިޔާދޭނަމެވެ. ކަނުލައި އަޑުއަހައިގެން ތިބޭށެވެ. ނަހަމަ ގޮތެއްގައި ރައްޔިތުންގެ ފައިސާ ބަނދަރު ކޮންނަ މީހުންނަށް ދިނުމަށް، ރަށްމެދު ހޮޓަލުގެ ކުޑަދޮށު ގްރޫޕުން ފާސްކޮށް ކަތީބު ގާތުގައި އެވާހަކަ ބުނުމުން، ރައްޔިތުންގެ ފައިސާ ތިޔަބުނާ ގޮތަށް ހޭދަ ނުކުރެވޭނެ ކަމަށް ބުނެ ކަތީބު ކުޑަދޮށު ގްރޫޕަށް ޖަވާބު ދިނެވެ. އޭގެ ފަހުން ކުޑަދޮށު ގްރޫޕަށް ކަންކަން ފަހިކޮށްދޭ ކުޑަ ކަތީބުގެ ޚުޝިޔާރުކަމާއެކު، ރކ ކޮމެޓީގެ ޖަލްސާއެއް އޮތް ރެޔަކު ކުއްލި މައްސަލައެއްގެ ގޮތުގައި، ބަނދަރު ކޮމެޓީގެ ފަރާތުންނޭ ކިޔާފައި، މިބައިގަނޑު އެމައްސަލަ ރކ ކޮމެޓީއަށް ހުށައެޅިއެވި. އަދި ކޮމެޓީގެ އަޣުލަބިއްޔަތުން ކުޑަދޮށު ގްރޫޕު އެދުނު ގޮތަށް އެމީހުންނަށް އެފައިސާ ދިނުމަށް ފާސްވިއެވެ.


ދެން ކަންތައް ވެގެން ދިޔަގޮތްވެސް ދެލޯ ބޮޑުކޮށްގެން ތިބެ ކިޔާށެވެ. އެމީހުން ބޭނުންވާ ގޮތަށް އެފައިސާ ހޭދަ ކުރުމަށް ފާސްވުމުން، ކަތީބަށް އެންގުމަކާނުލައި، އަދި މިކަމުގައި އަތޮޅު އޮފީހުގެ ބަހެއްވެސް ހޯދުމަކާ ނުލައި، ކުޑަކަތީބު އެބުނާ 3000 ރުފިޔާ ޝަރީފްއަށް ދޭން އުޅުނެވެ. މިހުރިހާ ކަމެއް ކުރުމުގައި އިސްވެ ހަރަކާތްތެރިވީ ކަލޭމެންގެ ފޮޑި ޓީމުގެ އަދި ރކ ކޮމެޓީގައި ދާދާ ހެދިގެން އުޅޭ އެސްޖެހި ރައްޒާޤު އެވެ. އެންޓި އެފް އޯ ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެފައިސާ ހޯދަން އުޅުނީ، މިފަހަރުގެ ޢީދު ކުޅިވަރުތަކަށް އެހެން ފަހަރުތަކާ ޚިލާފަށް ރަށު އޮފީހުން ރައްޔިތުންގެ ފައިސާތައް މިފަހަރު އެމީހުން ހިތުހުރި ގޮތަކަށް ހޭދަ ނުކުރުމުން ކަމަށް އެނގިފައި ވެއެވެ. ކަލޯ ރައްޒާޤާ މީދޮގެކޭ ބުނެ ނިކަށް އަނގަ ހުޅުވާލަ ބަލާށެވެ. ވާގޮތް އެނގިދާނެތާއެވެ.


ޝަރީފުއަށް ހަމަ ސާބަސްދޭ ވަރުވެއެވެ. ރކ ކޮމެޓީ އެގޮތަށް ނިއްމުމާއެކު ހަތަރު މީހަކަށް 5000 ރުފިޔާ ދީ އެފައިސާތައް އެހަތަރު މީހުންވަނީ ބޭނުންވެސް ކޮށްފައެވެ. އެކަމަކު ކުޑަކަތީބު 3000 ރުފިޔާ ޝަރީފަށް ދޭން އުޅުމުން، އެފައިސާތަކަކީ ރައްޔިތުންގެ ފައިސާ ކަމަށާއި އޭނާއަށް އެފައިސާ ޙައްޤުނޫން ކަމަށްބުނެ އެފައިސާއާ ހަވާލުވުމަށް އުޒުރުވެރި ވީއެވެ. އަދިވެސް އެއްފަހަރު ޝަރީފަށް ސާބަހެވެ. ކުޑަދަށުގައި ޝަރީފު ނުވިކަން ތިޔައީ ޝަރީފުގެ ސަލާމަތެވެ.


ކަލޯމެންގެ ފަތަފޮޅީގައި ޖަހާފައި އިން ޗިޓަށް ނިކަށް ރަނގަޅަށް ދެލޯތާފަނާ ފެންފޮދަކުން ފޮހުލާފައި ބޮޑުވާ ބިއްލޫރިގަނޑެއްވެސް އަޅައިގެން އިނދެ ކިޔާށެވެ. ފަތަފޮޅީގައި ލިޔެފައިވާ ގޮތަށް އެޗިޓަކީ ރކ ކޮމެޓީން އެފައިސާ ދިނުމަށް ނިއްމައިފާ ވުމުން، ރކ ކޮމެޓީގެ ފައިސާ ޚަރަދު ކުރާ ފޮތުގައި ލިޔެ ޗިޓް ނަމްބަރު ޖަހާފައިވާ ޞައްޙަ ލިޔުމެއްކަން ސާބިތުވޭ ދޯއެވެ. އެކަމަކީ ކަތީބަށް ނޭނގި އެސްޖެހި ރައްޒާގުގެ ރޭވުމުގެ މަތިން ޝަރީފުއަށް ފައިސާ ދިނުމުގެ ނަމުގައި ތައްޔާރުކޮށްފައިވާ ޗިޓެކެވެ. އަދި އެޗިޓުގައި "ސޮއި" މިހެން ޖަހާފައި އިންތަން އެބަ ފެނޭދޯއެވެ. އެއީ ކީއްކުރަންކަން ކަލޯމެންގެ ގަމާރުކަމާހުރެ ނޭނގުނު ދޯއެވެ. "ސޮއި" މިހެން ޖަހާފައި އިންތަނުގެ މަތީގައިވާ ޖުމްލައަށް ބަލާލުމުން އެއީ އެފައިސާ ލިބުނު ކަމަށް ޝަރީފު ސޮއިކުރަން އިންތަންކަން އެނގެއެވެ. އެކަމަކު އޭނާގެ ސޮޔެއް އެތާނގާއި ނެތް ދޯއެވެ. ދެބަންދިހާރަ ވެފައިތިބި ވަރުން އެވީގޮތެއްވެސް ނޭނގުނު ދޯއެވެ. ދޭހަވާ ވަރަށް ބުނެދޭނަމެވެ. އެއޮތީ ޝަރީފު އެފައިސާ ބަލައި ނުގެންފައެވެ. އެހެންވީމާ އޭނާގެ ސޮޔެއްވެސް ނޯންނާނެ ދޯއެވެ. ކަތީބަށް އެންގުމަކާނުލައި ޤަވައިދާ ޚިލާފަށް އެފައިސާ ޚަރަދު ކުރަން ނިއްމުމުން ޝަރީފު އެފައިސާއާ ޙަވާލުނުވެ ސޮއިވެސް ނުކުރީއެވެ. މިތިބަ ބީތާތަކާ މިހާރު އިނގިއްޖެ ހެއްޔެވެ. މިވަރުންވެސް ނޭނގެންޏާ އަލުން ގޮސް ޝަރީފް ކައިރީ އަހާ އޮޅުން ފޮލުވާށެވެ. ކަލޭމެންގެ ފަތަފޮޅީގައި އަމިއްލައަށް ކޮމެންޓްކޮށްފައި އެއީ ޝަރީފު ކުރި މެއިލެކޭ ކިޔާ ރއްޔިތުންނަށް އޮޅުވާލާ ވައިވެއްދޭނެ ކަމަށް ހީނުކުރާށެވެ. އެންމެންނަކީ ތިޔަ ހީކުރާކަހަލަ ގަމާރުންނެއް ނޫނެވެ. އަމިއްލައަށް ކޮމެންޓް ކޮށްފައި އެއީ ޝަރީފުކުރި މެއިލެކޭ ކިޔާ ތިޔަޖެހި ސަކަރާތްގަނޑުވެސް އެންޓި އެފް އޯ ރަނގަޅަށް ދެނަހުރީމެވެ.


ޝަރީފު އެފައިސާ ބަލައިނުގަނެ އަދި ޗިޓުގައި ސޮއިވެސް ނުކުރުމުން ކަތީބު ޚިޔާނާތްތެރިވީއޭ، ޗިޓުގައި ސޮޔެއް ނެތޭ ނަމެއް ނެތޭ، އެކަމަކީ ރކ ކޮމެޓީގެ މެމްބަރުންނާ ދެކޮޅަ ކަތީބު ކުރި ކަމެކޭ ބުނެ އަނގައަރުވަން ފެށީމާ ވަރަށް ތާހިރެވެ. އަމިއްލައަށް އޮރިޔާންވެ ބަރަހަނާ ވާއިރުވެސް ނޭނގޭތާއެވެ. އެކަމަކީ ރކ ކޮމެޓީގެ ބައެއް މެންބަރުން އިސްވެތިބެ ރކ ކޮމެޓީއެއްގެ ޖަލްސާއެއްގައި ކުއްލި މައްސަލައެއްގެ ގޮތުގައި ނަގައިގެން، ކޮމެޓީގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ކޮށްފައިވާ ކަމެއްކަން ރކ ކޮމެޓީގެ ޖަލްސާގެ ޔައުމިއްޔާއިން ރަނގަޅަށް ފެންނަން އެބަ އޮތެވެ. ކަތީބު ރކ ކޮމެޓިގެ މެމްބަރުންނާ ދެކޮޅަށް ކުރި ކަމެއްނަމަ އެޖަލްސާގެ އަޣުލަބިއްޔަތުން ފާސްވާންވީ ކީއްވެ ހެއްޔެވެ. އަދި އެޖަލްސާގެ ޔައުމިއްޔާގައި އެގޮތަށް އޮންނަންވީ ކީއްވެކަން އެންޓި އެފް އޯގެ ކިޔުންތެރިންނަށް އަލުން އިތުރު ތަޙުޤީޤެއް ކޮށްފައި އަންގާލަ ދީބަލާށެވެ.



އަޅޭ ކަންކަން ތަހުގީގު ކުރނީއޭ ކިޔާފައި މަރުކުއްތަން ހިފޭކަށް ނުކެރޭނެ ހެއްޔެވެ. މިހާ ކުދިކުދި ކަންކަންވެސް ނޭނގޭހާ ގަމާރީތާއެވެ. ނޫނީ ދޭހަ ވުމުގައި މައްސަލަ އުޅެނީތާއެވެ. ޓީޗަރުންގެ ގޮތުގައި އުޅޭ ތީގެތެރޭގެ ރޯނު އެދުރުން ފއތމ ގައި ނޫޅޭކަން ހަމަ ނަސީބެކެވެ. ނިލަންދޫ މުޅި މުސްތަޤުބަލް ޚަރާބު ކުރީހެވެ. އަދި ތީގައިތިބި އެހެން ޑަރޯގާއިންގެ ހާލަކީ ކޮބައިބާއެވެ. ޗީޗީޗީ....


ކަތީބަކީ ކަލޯމެން ފަދައިން ކުޑަދަށު ގުރޫޕުން އުފައްދާ ހިޔާނާތާއި މަކަރުވެރިކަމުގެ ދަލުގައި ނުޖެހޭނެ މީހަކަށްވާތީ ކުޑަކަތީބުގެ ސިކުނޑި ބޯލައިގެން ކަންކަން ކޮށްލާފައި ކަތީބު ބަދުނާމު ކޮށްލުމަކީ ތި ގުންޑާއިންގެ އަސާސްކަން ނޭނޭ ކުޑަކުއްޖަކުވެސް ނިލަންދޫއަކު ނެތެވެ.


އެންމެ ރަނގަޅެވެ. ބަނދަރުގެ ތޮށި ޖެހުމުގެ މަސައްކަތަށް ބޭނުންވާ ސިމެންތި ފިޔަވައި އެހެންތަކެތި ގަތުމަށް ކަލޭމެންގެ ރޫހާނީ ލީޑަރުގެ އެހީތެރިޔާ އެސްޖެހި ރައްޒާޤު އާއި ހަވާލުކުރި ފައިސާ ކޮބާތޯ ނިކަން އެގޮލާ ކުރެން އަހާލަން ކެރޭނެ ހެއްޔެވެ. ނިކަން ރީތި ނަލަނަލަ ލަވައެއް އޭރުންވެސް އިވޭނެއެވެ. ރައްޔިތުންގެ މަސައްކަތް ކުރުމަށް އެސްޖެހި ރައްޒާޤާއި ފައިސާ ހަވާލުކުރަނީ ރައްޔިތުންނަށް ޚަރަދު ކުޑަކުރަން މާލެއިން ތަކެތި ގަތުމަށެވެ. އެކަމަކު އެފައިސާއިން އެސްޖެހި ސްޓޯރަށް އެތަނުގައި ވިއްކަންނެތް ގޯންޏާއި ދަގަނޑާއި ދަނގަޑު ހޮޅި ކަހަލަ ތަކެތި ގެނެސް ދެގުނަ ފައިދާ ލައިގެން އެތަކެތި ވިއްކީ ރައްޔިތުންގެ މަސައްކަތަށް ރައްޔިތުންނަށެވެ. ގެނައި ގިނަތަކެތި ހުރީ ހަލާކު ވެފައެވެ. ބާކީ ފައިސާއިން އަމިއްލަ ވިޔަފާރި މުދާ ގަނެގެން ރައްޔިތުންގެ ފައިސާއިން ހިންގީ އަމިއްލަ ވިޔަފާރިއެވެ. އަދި އެތާގައި ނެތްތަކެތި އެހެން ފިހާރަތަކުން ޖެހުނީ އެންމެ ފަހުވަގުތު ގަންނާށެވެ. ކަލޯމެންގެ ބަހުންނަމަ މިގޮތަށް ރައްޔިތުންގެ ފައިސާ ބަޑުއަޅާ ބައިގަނޑު (ވަގުބުއްދި ފަދަ) އެއީ އިޚުލާލާލާލާސްތެރިންނެވެ. (ލ އަށް ފިސާރި ދަމާލާފައި). ކޮންމެއަކަސް އެއްކަލަ ދެލައްކަ ރުފިޔާއަށް ގެނައި ތަކެތީގެ ތަފްސީލް އަދިވެސް އޮފީހަށް ނުދީ އެހުންނަނީ ތިއާލާތުން ފަދައިން ނޫރުލް އަމީނަށް ވީމަދޯއެވެ.


ބުނަން ހެއްޔެވެ. ކަތީބު ދުވަހަކުވެސް މިކަންކަމަށް މަރުޙަބާއެއް ނުކިޔާކަން ކަލޯންނަށްވެސް އެނގޭނެއެވެ. މިކަންކަން ބަލައި ކަލޯމެން ފިސާރި ރާޑި ކޮށްލާނެތީ މިހާރުވެސް ތުރުތުރު އަޅަން ފަށާފި ދޯއެވެ. މިއީ އަދި ކަލޯމެންގެ ކުޑަދަށު ގްރޫޕުގެ ޚިޔާނާތުގެ ކުޑަ މިންވަރެކެވެ. ތިބައިގަނޑު ރާޑިވެ ދެމިޔަ ކަނުން ލޮނދިގަނޑެއް ދެމޭހެން ސޮނިފައިބާވަރަށް އަމާނާތްތެރިންނާއި ޚިޔާނާތްތެރިން ވަކިކޮށްދޭނަމެވެ.


ވީނުވީގޮތެއް ނޭނގިގެން ތިޔައުޅޭ 3000 ރުފިޔާއަށް ވީގޮތް މީހާރު އިނގިއްޖެ ދޯއެވެ. އެފައިސާ ކާންއުޅުނީ ކޮން ބައެއްކަމާއި ކިހިނެތްކަން އެނގިއްޖެ ދޯއެވެ. އަދި ނިލަންދޫ ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ ހަރާންކޯރުވަނީ ކޮންބައެއްކަން އިނގިއްޖެ ދޯއެވެ. ދެން ކުޑަވާ އިނގިލީގައި ދަތް އަޅާގެން ލަލަލާ ކިޔާލަ ކިޔާލާ ތިބޭށެވެ.