މިހާރު ދެން މިކަން ވެސް މިއޮތީ ޖޯކަކަށް ވެފައިތާ ދޯއެވެ. މީހަކު އަޅެފަހެ ހީހީ ހަލާކު ނުވާނެ ހެއްޔެވެ. އަމިއްލައަށް ފޭނުހު އިލޮށިތައް އަމިއްލަ ލޮލަށް ވަންނަން ފެށީމާ ދެންވާނީ ހަމަ ތިހެންނެވެ
ކުރަން ހުރި ހުރިހާ ކަމެއް ހުއްޓާލާފައި ދެން މިފެށީ އާކުޅި އެކެވެ. ކުރިން ކުޅުނު ކުޅިތައް ކުޅެކުޅެ ފޫހިވެ ރާޑި ވީމައި ވާނީވެސް ތިކަހަލަ ގޮތެކެވެ
ކުށްވެރިކުރިލެއް ބޮޑު ކަމުން ޖަލީލުއަށް އެއުޅެނީ ހަމަ ނޭވާވެސް ނުލެވިގެންނެވެ. ރަށުގެ އެހެން ވެރިންގެ ހާލަކީވެސް މިއެވެ. ކަލޭމެން ބުނާގޮތުން ރކ ކޮމެޓީ ތިއޮތީ އަތްދަށުލާފައު ނޫން ހެއްޔެވެ. އެތާންގައި ތިބީ ކަލޯމެން ރެޔާ ދުވާލު ކުރި މަސައްކަތުން ހޮވާފައިތިބި ކަލޯމެންގެ މީހުންނެއް ނޫން ހެއްޔެވެ
ގައިމު ކަލޯމެން ޢީދު ކުޅިވަރުތަކުން ބޭރުކޮށްލާނީ ހަމަ އެކަނި ޖަލީލުއެއް ނޫނެވެ. ނިލަންދޫ ރައްޔިތުންނަށް މިހާރު ދެން ތިއީ ބޮޑު މުސީބާތަކަށްވެ ނުބައި ބައްޔެއްގެ ވައިރަހަކަށް ވެއްޖެއެވެ. ތިބަގަތަކަށް އަދި ތިކޮށްލި ވަރު ކުޑަ އެވެ. ރަށުން ބޭރު ނުކޮށްލާކަން ނަސީބެކެވެ
ދެންވެސް ނަމަނަމަ ޑޯން ޖަމިއްޔާގެ ނަމުގައި ފާޑު ފާޑުގެ ވާހަކަތައް ނުފަތުރައި ނުކޮފި މައިތިރި އަރާގެން ތިބެވޭތޯ ބަލާތި އިނގޭ އެވެ
އަދި ބުނަން ހެއްޔެވެ. ނިލަންދޫ ރައްޔިތުންގެ 'ލޭ ނާރު' ކަމުގައިވާ ޑޭލައިޓް ކުލަބާ ކުޅެން ނޫޅޭއްޗެވެ. ނުބެހޭ މީހުންނާ ނުބެހި ތިބުން ރީތި ވާނެއެވެ. އެހެން ނޫނީ އަމިއްލައަށް ރާޑިވެ ބޮލާ ފޮށާ އަޅަން ޖެހުނީމާ މަންޒަރު މާކަ ރީއްޗެއް ނުވާނެތާ ދޯއެވެ
ކިޔުންތެރިންގެ ސަމާލުކަމަށް: އެފް އޯގެ ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު މިހަފްތާ ތެރޭގައި ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމުގެ ޔަޤީންކަން އަރުވަމެވެ
8 comments:
haha raadi vee ey. hehe
aaan hama ethibee raadivefaa dho. hehe
"އަހަރުމެން ގޮތް ހުސްވާނެތަ؟ ތިކަހަލަ ކަންކަމުން އަހަރުމެން ކައިރިއަށް އަންނަނީ ހިތްވަރު" މިއީ އެފްއޯ ޓީމުގެ މެންބަރެއްގެ ބަހެވެ. އެހެންވީމާ އެފްއޯ ޓީމު ބިރުގަންނަ ބަޔަކު ފ.ނިލަންދޫ ކީއްކުރަން އަތޮޅުގައިވެސް ތިބޭނެ ހެއްޔެވެ؟
އެކަމަކު ބުނަން، އެފްއޯގެ ޓީމަކީ ތިހާ ގަދަ ބަޔަކަސް، ޖަލީލު ތިކުއްވެރި ކުރީއަކީ މާ ބޮޑަށެވެ. ތިހަދައިލި ގޮތަކުން މިހާރު އަތޮޅުގެއިންވެސް ޖަލީލު ބޭރުކޮށްލައިފިއެވެ. ކާއްޗެއްދޭނެ ޔާރެއް ވާރެއް ނެތެވެ. ޖަލީލު ނިކަމެތި ކޮށްލައި މުޅިއް މަރައިފިއެވެ. ތިބޭކަލުން ޖަލީލު ކުއްވެރިކޮއްފިޔޭ މީހަކު ބުނުމުން އެފްކިޔާފައި މަވެސް ހުޅުހުޅުން ވާގިދޫވެގެން ކިލާފަންޏެއް ކޮޅަށް ބެހެއްޓީމާ ވެއްޓޭފަދައިން ވެއްޓިއްޖެއެވެ. ތިޔާ ކުއްވެރި ކުރުމުގެ ބާރުގަދަކަން ހިތަށް ވެރިވެފައެވެ.
ސަހަރޯއެވެ. ޖަލީލުއަށް އެހެން ހަދައިލެވޭއިރު އަހަރުމެންކަހަލަ ނިކަމެތީންގެ ޙާލަކީ ކޮބައިބާއެވެ؟ މާތްކަލާއްކޯ ފ.އަތޮޅުގެ އިތުރު މީހަކު ކުއްވެރިކުރަން ދެންނަހަދައްޗެވެ.
haadha vaanuvaa neygey luhchaa thakekey mi blog gadu mihinganeee. websiteh rajistry kohggen hingaahaa fenvaruves neiy alaathunthakehkaneyge meee.
Luhcha akahthaa emme rangalhah aneh luhcha vakikuran engeynee. thiyaee haadha muhsandhi luhchaeh hen heeveyey. accountugai dollaru huree millionuntha nooney billiyanun tha? ehenveemaa mi blog hinga thi bunaa alaathunthakah faisaa kolheh dheegen viyas wesite registry koh dheynveenu dhoa. adhi nuvithaakah nilandhooge komme rahvehsakahves dollareh dheychey. thi huri gadhakan ishthihaaru vaanee eyrunthaa.
neiy fenvarun mees meehun kaaree salaam jahaagen kameh kurumahvure mi goi ves rangalhu tha. gaimu dharani veri eh nuvaane.
thi gothah luchaa govaa meehunge bithu fangi negeema ingeyneee. thimaage luchaa kan huri minvaru.
kon irakunthoa mi blog hingany konbayehkan ingaykahala reporteh meega jahaany. eyrun aharumen mikiyaa meehunah rasha heyo edhey meehuna, haraankoaruvaa meehunas, vaanegothe vaankamah dhookohlaigen thibey meehun vakikuran ingayny
mikan kuraa baeh adhives neygeytha? bala kithahfaharu mi ee FO ah sympathy hoadhan vegen FO Teamun hinga sitekey bunaanee. bala meegeves editor in chief akee ahmed mohammad ey. producer akee ibrahim khaleel. reporteh noonas mivarun fudheyne ehnu dhoa.
www.bithufangi.com
Post a Comment