Wednesday, December 26, 2007

ރައްޔިތުން ބައިބައި ކޮއްފަ އެހެން ބައެއްގެ ބޮލަށް ކަނޑާލަން މަސައްކަތް ކުރަނީތަ

ނިލަންދޫ ރައްޔިތުން ބައިބައި ކުރަމުން ދުވާ މީހުންނަކީ ކޮންބައެއްކަން ނޭނގޭ މީހަކު މިހާރު ނުހުންނާނެކަން ހަމަ ޔަޤީނެވެ. އެއީ މިހާރު އޮޅިފައޮތް ކަމެއް ނޫނެވެ. އަދި ހަމަ ސުވާލެއްވެސް އޮތް ކަމެއް ނޫނެވެ
ސާފު ސީދާކޮށް އެއޮތީ ފެންނާށެވެ. އިރުއަރާފަ އޮއްސޭ ކޮއްމެ ދުވަހަކުމެ ކޮންމެވެސް ހާސަރުތަކަކާއިގެން ބަގުޑިލާގެން އުޅޭނެއެވެ. ހަޤީޤަތެއް ބަލާލުމެއް ނެތި ދެކޮޅު ނުބަލާ ކޮންމެވެސް ޗޫކިއެއް ދަމާނެއެވެ
ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ހަސަދަވެރި ކަމެއް އުފެދިފައި އޮތިއްޔާ އޭގެ ބޮޑުބައި ޒިއްމާ ބޮލުގައި އަޅަން ޖެހޭނެ ކަމެއް ހަނދާނެއް ނުހުރެއެވެ. އެހާވެސް ސިކުނޑީގަ ތެތްކަން ހުރެއެވެ
ވަކިވަކި ފަރުދުންނާއި ޢާއިލާތައް މެދުގައި ފިތުނަ ވެރިކަން އަދި ރުޅިވެރިކަން ފަތުރުވޭތޯ މަސައްކަތްތަކެއް ކޮށްފި އެވެ. ރައްޔިތުންނާ ސަރުކާރާ ޖައްސުވޭތީ އެއުޅެނީ ލޮލުފިޔަ ނުޖެހިގެންނެވެ. ނުވީތާކަށް އެންމެފަހުން ނިލަންދޫގައި އުފެދިފައިވާ ޖަމްޢިއްޔާތަކުގެ މެދުގައި ނަފުރަތު އުފައްދަން މަސައްކަތް ފަށައިފިއެވެ
ކަލޯމެންނޭ ބުނަން ހެއްޔެވެ. ތިމާމެން ކޮށްފައިވާ ކަންތައްތައް އެހެން މީހުންގެ ބޮލުގައި ކޮންމެހެން އަޅުވާން ނޫޅޭށެވެ. ދައްކާފައި ހުރިހާ ވާހަކަތަކާއި ލިޔެފައި ހުރި ލިޔުންތައް އެހެން މީހުންގެ ބޮލަށް ކަނޑާލަން މިހާރު އުޅޭނެ ކަމެއް ނެތެވެ. ކުރިން ފިލާ ތިއްބަސް މިހާރު ރައްޔިތުންނަށް ބަރަހަނާ ވުމުން މާ ޞޯލިޙު ބައެއް ކަމަށް ހެދިގެން ނޫޅޭށެވެ

Sunday, December 16, 2007

ފ.އަތޮޅޭ ކިޔާގެން އަނގަ އަރުވަން ތަލަބޯ މީކާކުތަ؟



މިއުޅޭ ތަލަބޯ މުނައްވަރު މީދެން ފ.އަތޮޅުގެ ވާހަކަ ދައްކައި ކޮފި ގަންނަން ކާކު ހެއްޔެވެ. މައުމޫނު ދިނީމާ ކައިގެން ބޮއިގެން އަދި މައުމޫނު ދިނީމާ ލައިގެން އުޅުނު ހަނދާނެއް މިހާރަކު ނުހުންނާނެ އެވެ


ހަތަރު ކަށިމަތި މާލޭ އެތައް ރައްޔިތުންނެއް ގެދޮރު ނެތިފައި ތިއްބާ ސަރުކާރަށް ތޮރުފި ގަނެ ބޮޑު ބިމެއް ހޯދާ ރައްޔިތުންގެ ލާރިގަނޑު ކާލާގެން އެއޮތީ ބޮޑު ގަނޑުވަރެއް ބިނާ ކޮށްފައެވެ. އެހަނދާންވެސް ނެތީތާއެވެ


އާދެ މަސާހިބު ކިޔާލަ ކިޔާލާ ދިހަ އަހަރު އުޅުނު އިރު ފ.އަތޮޅު އެއީ އޮންނަ ތަނެއްކަން އެނގުނު ބާއެވެ. ދުވަހަކުވެސް ފ.އަތޮޅުގެ ޙައްޤުގައި އެއްމެ ބަހެއްވެސް ބުނެފައިވޭ ހެއްޔެވެ. ކުޑަ މިނުން ފ.އަތޮޅުގެ ރައްޔިތުން އުޅޭ ޙާލެއް ބަލާލަން ފ.އަތޮޅަށް ޒިޔާރަތެއްގެ މިންވަރު ކުރި ހެއްޔެވެ


ފ.އަތޮޅުގެ ވެރިރަށް ބަދަލު ކުރުމާ ގުޅިގެން ތިޔަބުނާ 'ހުރިހާ ރައްޔިތުން' އިޙުސާސްތައް ތިހާ ރަނގަޅަށް އިނގޭ މީހަކު ބަންޑާރަ ނައިބަކަށް ހުރި ދިހަ އަހަރުގައި އެކަންކަން އިޞްލާހު ކުރަން ނޫޅުނީ ކީއްވެ ހެއްޔެވެ. އެމައްސަލަތަކާއި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިތް ނުތަނަވަސް ކަމަށް ޙައްލެއް ހޯދައިދޭން ނޫޅުނީ ކީއްވެ ހެއްޔެވެ


ރައްޔިތުންނަށް ހެއު އެދިގެން އުޅޭނީ މައުމޫނުގެ ކެބިނެޓުން ބޭނުން ނެތިގެން ބޭރުކޮށްލީމަ އެއް ނޫނެވެ. ރައްޔިތުންނަށް ހެޔޮއެދޭ މީހުން އޭރުވެސް އަދި މިހާރުވެސް ހެޔޮ އެދޭނެ އެވެ


އެހެންވީމާ، މިހާރު ފ.އަތޮޅޭ އެވެނި މީހެކޭ މިވެނި މީހެކޭ ތިޔާހެން ކިޔުމުގެ ބޭނުމެއް ނެތެވެ. ވެރިކަމާ ހެދި ހޭބަލިވެ ބުރާންތި ވިޔަސް ތިޔައީ ތަންފުކެއް ބޮޑު ވަރެކެވެ


Friday, December 14, 2007

އާ ޤާނޫނު އަސާސީ އަށް ރައްޔިތުން އެލާޓު ކުރުން

ސަތާރަ އަހަރު ދުވަހުން ހަދާފައިވާ ޤާނޫނު އަސާސީ ކަމުނުގޮސްގެން މިހާރު ހަދަމުންދާ އާ ޤާނޫނު އަސާސީނިމި، އާ ޤާނޫނު އަސާސީއަށް ވާޞިލުވާއިރު ރައްޔިތުން ނިކަށް ހުށިޔާރުކަމާއެކު ތައްޔާރީ ޙާލަތެއްގައި ތިބުމަށް އެއްކަލަ މިއުޅޭ ބައިގަނޑު ގޮވާލައިފި އެވެ
އެއީކީ މުޅިޔަކުން ދޮގުވާހަކައެއް ނޫނެވެ. މިހާރުގެ ޤާނޫނު އަސާސީގައި އެވާ ހަޑިތަކާއި މިލަތަކާއި ގެދަނބުޅިތައް ކޮށާ މަށާ ފިލުވާ ނިމި އާ ޤާނޫނު އަސާސީ މިރާއްޖޭގައި ޕްރެކްސްޓިސް ކުރަން ފަށާއިރު ރައްޔިތުންގެ ހޭލުންތެރިކަން ހުރުމީ ކޮންމެހެން މުހިއްމު ކަމެކެވެ
އެކަމަކު މި ބައިގަނޑުގެ ނިޔަތަކީ އެއީ ނޫންކަން އަޅުގަނޑު ރަނގަޅަށްވެސް ދެނަހުރީމެވެ. ވެރިރަށް މާލޭގައި ހިނގަމުންދާ ކަނޑިންނާއި ކަޓަރުން އަދި ކަތިވަޅިތަކުން އިންސާނުން ކަތިލުމާއި، ހާމަކަމާއެކު ޑްރަގު ވިޔަފާރިކޮށް އެތަކެތި ބޮއި ކައި، މަގު ފޭރުމާއި ވައްކަން ކުރުމާއި، ޤާނޫނުތައް މުގުރުމާއި، ޤައުމުގެ އަމަން އަމާންކަން ބަލަހައްޓަން ތިއްބަވާ ބޭފުޅުންގެ ޢަމަލްތަކަށް ހުރަސްއަޅާ ނުކިޔަމަންތެރިކަން ދެއްކުމީ، އެބުނާ ތައްޔާރީ ޙާލަތެކެވެ. ޞުބުޙާނަﷲއެވެ. ދުވަހަކުވެސް ފ.އަތޮޅު އެޙާލަތައް ދިއުމަށް އަހުރެން ނޭދެމުއެވެ
މިނިކާ ޑޮންކީސް ޕާޓީ (އެމް.ޑީ.ޕީ) އޭ މިކިޔާ ބައިގަނޑު އުފެދުނުފަހުން މުޅިރާއްޖެ މިވަނީ އަނދަވަޅަކަށް ވައްޓާލާފައެވެ. ރާއްޖޭއާއި ރާއްޖޭގެ ރައްޔިތުން އިޞްލާޙަށްޓަކައި ރެޔާ ދުވާލު ރޮއި ހޭރެމުންދާއިރު، މިބައިގަނޑަށް އެނގުނީ ހެއްދެވިހާ ނުބައި ޢަމަލުތަކެއް މިޤައުމުގައި ފެތުރުމަށެވެ
ރައްޔިތުންގެ ޙައްޤުގައި އެތައް އެތައް ކަމެއް ރަނގޅުކުރަން ހުރިއިރު ޒަމާނަކުންވެސް ނާރާނެ ކަހަލަ ވަޅުގަނޑަކަށް މިއޮތީ ވައްޓާލާފަ އެވެ. ފ.އަތޮޅުގައިވެސް ތިމާމެން ވަރުނެތިގެން ތެޅިބައިލާ ބައިގަނޑުގެ މަޤުޞަދަކީވެސް މިނޫން ދެވަނަ ކަމެއް ނޫނެވެ

Monday, December 10, 2007

ބުނަން ނުކެރުނު 'ބަސް' އެހެން މީހެއްގެ ޤަލަމުން

މިއުޅޭ ކޮހުންތައް އެގޮތަށް ކޮސް ގޮވާލަ ގޮވާލަ ތިބޭތާ ނިކަށް ދުވަސްވެއްޖެ ދޯއެވެ. ފ.އަތޮޅު އޭއްޗެކޭ މީއްޗެކޭ ކިޔާ ވީދޭތާ ހާދަހާވާ
ދުވަހެކެވެ
ކޮންމެއަކަސް ވިސްނާލުމުން އެނގޭ އެއްޗަކީ އަދާ ހަމައަށްވެސް މިގަބުޅި ކަތީބުންތައް މަސައްކަތް ކުރަމުން ދިޔައީ ވަކި ބަޔެއް ނުވަތަ ވަކި މީހަކު އަންގާ ގޮތަށް، ބޮޑު ސޯބު އެނބުރޭ ގޮތަށް ކުޑަ ސޯބު އެނބުރެމުންދާ ބީދައިންނެވެ
މިދިވެހި ޤައުމުގެ ވެރިކަން ނުލިބިގެން ބަޔަކު އުޅޭތީ އެމީހުންގެ ފަހަތުން ފ.އަތޮޅުގެ ވެރިކަން އަދި ޚާއްޞަކޮށް ނިލަންދޫގެ ވެރިން ލިބޭތޯ ރޯމަހެއް ތެޅޭ ފަދައިން މިބައިގަނޑުވެސް ތެޅޭތާ ލައްކަ ޒަމާން ވެއްޖެ އެވެ. ނޫނީ މިގޮތަށް އުޅުމުގެ ބޭނުމަކީ އެއުޅޭ ބުއްޅަހޮއްކޮ މެންނަ ދުވަހަކުންވެސް ރާއްޖޭގެ ވެރިކަން ލިބޭ ދުވަހަކުން ފ.އަތޮޅާއި ނިލަންދޫގެ ވެރިކަން ލިބޭނެތީ ތޯއްޗެކެވެ
މިހާ ދުވަސްވީ އިރުވެސް ދެކެމުންދާ ހުވަފެނުގައި ކުލަ ޖެހޭ ގޮތެއް ނުވެ އެވެ. އެތައް އެތައް ލިޔުންތަކެއް ޖަހަމުންދާ އިރުވެސް ސީދާ ކޮށް ބުނަން ނުކެރެއެވެ. ފިނޑިން އުޅޭ ފާޑަށް ނުވާކަމު ހެދިގެން ލިޔެ ނަގަނީ އެވެ
އާވެރިކަމެކޭ ކިޔަން ކަރު ކެހިލަ ކެހިލަ ހުއްޓާ ޖަޒީރާ ނޫހުގައި ޖަހާފައިވާ ލިޔުމެއް ފެނިގެން ދެލޯ ބޮޑުވީ ވެއްޔެވެ. އަޅޭ، ކަލޯމެން ހާދަހާވާ ފިނޑީ އެވެ. ތިހާ ހިއްވަރުގަދަ ބަޔަކަށްވާއިރުވެސް އަދިވެސް ބުނަން ބޭނުންވާ އެއްޗެއް ބުނަން ނުކެރޭނީ ހެއްޔެވެ. ނޫނީ ހަމަ ވެރިން ދެކެ ބިރު ގަންނަނީ ތާއެވެ. އަހަރެން ތިޔަށް ކިޔާނީ ހަމަ ފިނޑިވުމެވެ

Sunday, December 9, 2007

ދިވެހި ޤައުމީ ދިދައަށް އިޙުތިރާމް ކުޑަކޮށް ޤަދަރު ކުޑަ ކޮށްފި



މިއުޅޭ ދެބަންދިހާރުވެގެން އުޅޭ ގުރޫޕް ވާނުވާ ނޭނގިގެން މީސް މީހުންގެ މަސް ކަމުން ސަރުކާރުގެ އިދާރާތަކާ ބެހެމުން ގޮސް އެންމެފަހުން އަޅުގަނޑުމެންގެ މިލޮބުވެތި ދިވެހި ރާއްޖޭގެ ދިދައާވެސް ބެހިގަތީއެވެ. ދިވެހީން އެމާތް ދިދައަށް ދީފައިވާ އިޙުތިރާމާއި ޤަދަރު ކުޑަ ކުރީ އެވެ

ހަޔެއް ޑިސެމްބަރ ގައި ޝާއިޢު ކޮށްފައިވާ ލިޔުމުގައި ޖަހާފަ އިން ދިދައަށް ރަނގަޅަށް ބައްލަވާ ލައްވާށެވެ. އެދިދަ ފަރުމާ ކޮށްފައިވާ ގޮތާއި ދިދައިގެ ކުލަތައް އަތުރާފައިވާ ގޮތް ނިކަށް ދެކެބަލާށެވެ. ދިދައިގެ މެދުގައި އިންނަ ހަނދުފަޅި އޭނީ ރީނދޫ ކުލައަށް ބަދަލު ކޮށްފައެވެ. ދިދަ ދަނޑިޔާ ވީފަރާތުން ބޮޑު ހުދު ރޮނގެން ދަމާފަ އެވެ
ގައިމު އިންޓަނެޓް އިނގޭ މީހަކަށް ސަރޗް ކޮށްލައިގެން ރާއްޖޭގެ އަޞްލު ދިދަ އެއޮތީ ބޭނުން ވަރަކަށް ބޭނުން ސައިޒަކަށް ލިބޭށެވެ. އެކަމުވެސް ބަލާބަލާށެވެ. މި ރޯނު އެދުރުންތަކައް ބޭނުންވީ ދިދައަށް ބަދަލު ގެނެސްގެން ޖަހާށެވެ
އެކަމަކުވެސް މި ދެބޯގެރިންތަކަށް އެގޮތް ކަމުނުދިޔައީތާ ދޯއެވެ. އައްޑޫ މެމްބަރު ތިހުރީ ހަމަ ރަނގަޅަށްވެސް ތިޔަ ގަބުޅި ސިކުނޑިތައް ދޮވެލާފައެވެ. އެންމެ ފަހުން މަޖުލީހުގައިވެސް ދިވެހި ޤައުމީ ދިދަޔާއި ވެރިރަށް ބަދަލު ކުރަން އުޅުނު ގޮތަށެވެ
ދެބޯގެރި ދުއްވަން އުޅުނަސް ތިޔައީ ތަންފުކެއް ބޮޑު ވަރެކެވެ. ޤައުމީ ލޯތްބެއްވެސް ތިޔަ ހިތްތަކުގައި އަށަގެންފައި ނެތީތާއެވެ. އަދަބު އަޚުލާޤުގެ ކަންފުޅެއްވެސް ނެތީތާއެވެ. އިޙުތިރާމާއި ޤަދަރު ކުރުމުގެ ޒައްރެއްގެ މިންވަރެއްވެސް ނެތީތާއެވެ

Tuesday, December 4, 2007

ފިނޑި ކަމުން އަމިއްލަ ނަމުގައިވެސް ރަޖިސްޓްރީ ކުރަން ނުކެރުނީ ދޯ

ފ.އޮބްޒާވަރގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަ ކޮށްދިނުމުގެ ގޮތުން އެންޓި-އެފް އޯގެ ފަރާތުން މިދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން މީގެ ކުރީގައި އެބައި މީހުންނާއި އެބައި މީހުންގެ މަޤުޞަދާއި އަދި މަސައްކަތާ ބެހޭގޮތުން ތަފާތު ކުރު އަދި މުހިއްމު ލިޔުންތަކެއް ގެނެވިފައިވާނެ އެވެ
އެބައި މީހުންގެ ސިއްރު އެޖެންޑާތަކާއި ޕްލޭންތައް ފަޅާއަރުވާލާފައި ވާނެއެވެ. މިގޮތުން މިފަހަރު އެންޓި-އެފް އޯގެ ފަރާތުން މިގެނެސްދެނީ ކިޔުންތެރިން އެންމެ ޝައުޤުވެރިވާނެ އަދި ފ.އަތޮޅުގެ ކޮންމެ ރައްޔިތަކުމެ ކޮންމެހެން އިނގެން ބޭނުންވާނެ މަޢުލޫމާތެކެވެ
owner: Mohamed Ramiz
organization: Venture
address: Bennety
city: Male
postal-code: 2006
country: MV
phone: +960.7771724
މަތީގައި އެވަނީ ފ.އޮބްޒާވަރ ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ފުރިހަމަ މަޢުލޫމާތެވެ. ފ.އޮބްޒާވަރ ޓީމުން ކިތަންމެ ވަރަކަށް ސިއްރު ކޮށްގެން ފޮރުވާގެން އުޅުނަސް އަދި ދުވަހަކުވެސް އެއްވެސް މީހަކަށް ނޭނގޭނެ ކަމަށް ހީކޮށްގެން ތިއްބަސް އެންޓި-އެފް އޯ ޓިމުން މިއޮތީ މިއަދު ފަޅާ އަރުވާލާފަ އެވެ. ބަޔަކަށް މަދު ލާރި ކޮޅެއް ދީގެން ހިތުން ތިޔަ ތިބީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ފޮރުވާގެން ދޯ އެވެ
ހާދަހާވާ ފިނޑި އެވެ. ބިރުން އަމިއްލަ ނަމުގައިވެސް ރަޖިސްޓްރީ ކުރަންވެސް ނުކެރުނު ދޯ އެވެ. އެކަމަކު ތިހާ މާތް މަސައްކަތްތަކެއް ކުރާ ބަޔަކު ތިހާ ފިނޑިވީމަ ހާދަހާ ހިންޔެއް އާދެ އެވެ
އެފް އޯ ރަޖިސްޓްރީ ކޮށްފައިވާ މުޙައްމަދު ރާމިޒު އާއި އެފް އޯ ޓީމާއި އޮތް ގުޅުމާ ބެހޭގޮތުން މައުލޫމާތު ސާފު ކޮށްލުމަށް ރާމިޒުގެ މޮބައިލް ފޯނަށް ގުޅާށެވެ. ރާމިޒުގެ ފަރާތުން އެންޓި-އެފް އޯ އަށްވަނީ ސިއްރު އެތައް މައުލޫމާތުތަކެއް ލިބިފައެވެ. މަޑު މަޑުން އެމަޢުލޫމާތުތައްވެސް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނަމެވެ
އެފް އޯ ޓީމު ދެން އަމިއްލަ ދުލުގައި ދަތް އަޅާގެން ތިބޭށެވެ. މިކަހަލަ އެތައް ސިއްރުތަކެއް ބޭޒާރުވާން ކުރިއަށް އެބަ ހުއްޓެވެ. ރަނގަޅަށް ރާޑި ކޮށްލާނަމެވެ. އަނެއްކާވެސް ނޫސް ބަޔާނަކުން ފުއްދާލާށެވެ

Monday, December 3, 2007

ކަލޯމެންނޭ ގޮތް ހުސްވީތަ؟

މިހާރު ދެން މިކަން ވެސް މިއޮތީ ޖޯކަކަށް ވެފައިތާ ދޯއެވެ. މީހަކު އަޅެފަހެ ހީހީ ހަލާކު ނުވާނެ ހެއްޔެވެ. އަމިއްލައަށް ފޭނުހު އިލޮށިތައް އަމިއްލަ ލޮލަށް ވަންނަން ފެށީމާ ދެންވާނީ ހަމަ ތިހެންނެވެ
ކުރަން ހުރި ހުރިހާ ކަމެއް ހުއްޓާލާފައި ދެން މިފެށީ އާކުޅި އެކެވެ. ކުރިން ކުޅުނު ކުޅިތައް ކުޅެކުޅެ ފޫހިވެ ރާޑި ވީމައި ވާނީވެސް ތިކަހަލަ ގޮތެކެވެ

ކުށްވެރިކުރިލެއް ބޮޑު ކަމުން ޖަލީލުއަށް އެއުޅެނީ ހަމަ ނޭވާވެސް ނުލެވިގެންނެވެ. ރަށުގެ އެހެން ވެރިންގެ ހާލަކީވެސް މިއެވެ. ކަލޭމެން ބުނާގޮތުން ރކ ކޮމެޓީ ތިއޮތީ އަތްދަށުލާފައު ނޫން ހެއްޔެވެ. އެތާންގައި ތިބީ ކަލޯމެން ރެޔާ ދުވާލު ކުރި މަސައްކަތުން ހޮވާފައިތިބި ކަލޯމެންގެ މީހުންނެއް ނޫން ހެއްޔެވެ

ގައިމު ކަލޯމެން ޢީދު ކުޅިވަރުތަކުން ބޭރުކޮށްލާނީ ހަމަ އެކަނި ޖަލީލުއެއް ނޫނެވެ. ނިލަންދޫ ރައްޔިތުންނަށް މިހާރު ދެން ތިއީ ބޮޑު މުސީބާތަކަށްވެ ނުބައި ބައްޔެއްގެ ވައިރަހަކަށް ވެއްޖެއެވެ. ތިބަގަތަކަށް އަދި ތިކޮށްލި ވަރު ކުޑަ އެވެ. ރަށުން ބޭރު ނުކޮށްލާކަން ނަސީބެކެވެ

ދެންވެސް ނަމަނަމަ ޑޯން ޖަމިއްޔާގެ ނަމުގައި ފާޑު ފާޑުގެ ވާހަކަތައް ނުފަތުރައި ނުކޮފި މައިތިރި އަރާގެން ތިބެވޭތޯ ބަލާތި އިނގޭ އެވެ
އަދި ބުނަން ހެއްޔެވެ. ނިލަންދޫ ރައްޔިތުންގެ 'ލޭ ނާރު' ކަމުގައިވާ ޑޭލައިޓް ކުލަބާ ކުޅެން ނޫޅޭއްޗެވެ. ނުބެހޭ މީހުންނާ ނުބެހި ތިބުން ރީތި ވާނެއެވެ. އެހެން ނޫނީ އަމިއްލައަށް ރާޑިވެ ބޮލާ ފޮށާ އަޅަން ޖެހުނީމާ މަންޒަރު މާކަ ރީއްޗެއް ނުވާނެތާ ދޯއެވެ
ކިޔުންތެރިންގެ ސަމާލުކަމަށް: އެފް އޯގެ ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު މިހަފްތާ ތެރޭގައި ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމުގެ ޔަޤީންކަން އަރުވަމެވެ