Thursday, October 25, 2007


ފާފު އޮބްޒާވަރ އިން ދިވެހި ބަހަށް ކުރަފި އަރުވަނީ -1


ފާފު އޮބްޒާވަރ އަކީ އަޅުގަނޑުމެންގެ މާދަރީ ރީތި ދިވެހި ބަހަށް ކުރަފި އަރުވަމުން ދުވާ ވެބްސައިޓެއްކަން ފާހަގަ ކުރެވިއްޖެއެވެ. މިގޮތުން އެމީހުންގެ އެންމެ ފަހު ލިޔުމުންނާއި އަދީ ކުރީގެ ބައެއް ލިޔުންތަކުން ދިވެހި ބަހަށް ކުރަފި އެރުވުމަށް އެމީހުން ކޮށްފައިވާ މަސައްކަތް ތިޔަ ބޭފުޅުންނާއި ޙިއްޞާ ކޮށްލެވޭތޯ ބަލާނަމެވެ. މިގޮތުން ބޭނުންކޮށްފައިވާ ބައެއް އާބަސްތައް ތިރީގައި މިވަނީ އެވެ.


އުޅެނިގެން: މިއީ ދިވެހި ބަހުގައި އޮތް ބަހެއް ކަމަކަށް އެގިފައެއް ނެތެވެ. ހަމަ ޔަގީނުން ވެސް އިންޓަނެޓްގައިވާ ރަދީފް ގައެއް މިބަހެއް ނެތެވެ. ވީމާ މިއީ ފާފު އޮބްޒާވަރ އިން ބަހަށް ކުރަފި އެރުވުމުގެ ތެރޭގައި އުފަންކުރި ކަލިމައެއް ކަމަށް ވެސް ވެދާނެއެވެ.



ހަބަރު: ދިވެހި ބަހުން ހަބަރު ކިޔަނީ ދިވެހި ބޭހުގައި ބޭނުންކުރާ ބާވަތަކަށެވެ. ލަފާކުރެވޭ ގޮތުން ލިޔަން މަސައްކަތްކަތް ކޮށްފައި އެވަނީ ޚަބަރު މިހެންނެވެ. ނަމަވެސް ބަހަށް ކުރަފި އެރުވުމުގެ ތެރޭގައި މިގޮތަށް ލިޔެވުނީ އެވެ.



ތަހުމަތްތަރިޔާ: މިއީ ވެސް ދިވެހި ބަހުގެ ރަދީފް ގައި ހިމެނޭ ބަހެއް ނޫނެވެ. މިބަސް ވެސް ބޭނުން ކޮށްފައިވަނީ ދިވެހި ބަހަށް ކުރަފި އަރުވަން ކުރި ބޭކާރު މަސައްކަތުގެ ތެރޭގައެވެ.



ޙަބަރު: މިއީ ވެސް ދިވެހި ބަހުގެ ރަދީފް ގައި ނެތް ބަހެކެވެ. ދިވެހި ބަހުގެ ރަދީފްގައި ފެންނަށް އޮތީ ޚަބަރު، އަދި ހަބަރު މިދެލަފުޒެވެ. ވީމާ ޙަބަރު މިހެން ލިޔެފައިވަނީ ވެސް ދިވެހި ބަހަށް ކުރަފި އަރުވަން ކުރި ބޭކާރު މަސައްކަތުގެ ތެރޭގައެވެ.


ޤުރުޢާން: މިއީ ވެސް ދިވެހި ބަހުގެ ރަދީފް ގައި ހިމެނޭ ބަހެއް ނޫނެވެ. ދިވެހި ބަހުގެ ރަދީފްގައި މިއުއްމަތުގެ ނަބިއްޔާ މުޙައްމަދުގެ ފާނަށް ބާވައިލެއްވި ފޮތްކަމަށް ލިޔެފައިވަނީ ''ޤުރުއާން'' މިހެންނެވެ. ދިވެހި ބަހުގެ ތިކިޖެހި ތާނައިގެ ހަމަތަކުން ''އ''ގެ ތިރީގައި ތިކި ޖެހުމުން އެއީ އައިނެއް ކަމުގައި ބަލައެވެ. އެހެންކަމަށް ވާނަމަ ފާފު އޮބްޒާވަރ ގައި ވާ ފަދައިން ''ޤުރުޢާން'' މިހެން ލިޔުމުން އޭގެ މާނަ ތަފާތު ވެއެވެ.
މިކުރުކުރު ލިޔުން ކޮޅުން މިފަހަރަށް ފުދޭނެކަމަށް ހީކުރަމެވެ. އެހެން ފަހަރަކުން އަދި ބައްދަލު ކޮށްލާނަމެވެ.

3 comments:

Anonymous said...

FO ga thi ulhenee mulhin ves roanu edhurun.. ehenveema vaanee ves ekahala gotheh. udeh budeh neyngi kanthah kuran ulhenyaa liyeveyneee thiyahaakanhaa varah :)

Anonymous said...

ebai meehunge liyun thakun ebai meehunge fenvaru ingigen dhe'eve. emeehunnee evves thaneh dhoreh nudhanna baekkan inge eve.

Anonymous said...

އެއީ މުޅިންވެސް ސޭކިސްތާނުން އައިސްގެން އުޅޭ ސޭކުންތަކެކެވެ. އެހެންވީއިރު އެމީހުންގެ ފެންވަރު ދެންހުންނާގެ ގޮތް ނިކަން ވިސްނާލާށެވެ. ދޯ