Wednesday, October 31, 2007

ފާފު އޮބްޒާވަރ އިން މައުމޫން މަރާލުމަށް ޕޯލް ހަދައިގެން ވޯޓްލާފައިވޭ

ފާފު އޮބްޒާވަރ އިން މައުމޫން މަރާލުމަށް ޕޯލް ހަދައިގެން ވޯޓްލާފައި ވެއެވެ. ފާފު އޮބްޒާވަރ ގެ ފަރާތުން ''ގޮޅާ މައުމޫން ވެރިކަމުގައި ބަހައްޓަން ފެނޭތަ؟'' މިސުރުޚީ ދަށުން ހަދާފައިވާ ޕޯލްގައި އިޚްތިޔާރީ 4 ޖަބާވު ދީފައިވެއެވެ. އެޖަވާބު ތަކަކީ ''އާން''، ''ނޫން''، ''އިސްތިއުފާދީ''، ''އޭނާ މަރާލާ'' މި 4 ޖަވާބެވެ. އެގޮތުން ފާފު އޮބްޒާވަރ އިން ހަދާފައިވާ ޕޯލް ދައްކައިދޭ ފޮޓޯ ތިރީގައި މިވަނީ އެވެ. އަދި ޕޯލް އަށް ވަދެވޭނެ ލިންކް ވެސް ތިރީގައި މިވަނީ އެވެ

http://www.faafuobserver.com/v2/




މިޕޯލްގެ ނަތީޖާ ދައްކާގޮތުން 49 ވޯޓް ލާފައިވާއިރު އޭގެތެރެއިން %80 މީހުން ވޯޓްލާފައިވަނީ މައުމޫން ވެރިކަމުގައި ބަހައްޓަން ފެންނަ ކަމަށެވެ. މައުމޫން ވެރިކަމުގައި ބަހައްޓަން ނުފެންނަކަމަށް %6 މީހުން ވޯޓްލާފައިވާއިރު، އަނެއް %6 މީހުން މައުމޫން މަރާލުމަށް ވޯޓްލާފައި ވެއެވެ. އަދި ބާކީ %8 މީހުން ވޯޓްލާފައިވަނީ މައުމޫން އިސްތިއުފާ ދިނުމަށެވެ. ތިރީގައި މިވަނީ ޕޯލްގެ ނަތީޖާ ފާފު އޮބްޒާވަރ ގައި ވާގޮތަށެވެ. އަލި ޕޯލްގެ ނަތީޖާ ފެންނާނެ ލިންކް ވެސް ތިރީގައި މިވަނީ އެވެ

http://www.faafuobserver.com/v2/index.php?poll=1

ފާފު އޮބްޒާވަރ ޓީމުން މިޙަގީގަތާ ކިތައްމެ ވަރަކަށް ދެކޮޅު ހަދަން މަސައްކަތް ކުރި ނަމަވެސް މިކަން މިއޮތީ ސާފުކޮށް ފެންނާށެވެ. މިއީ އެންޓި އެފްއޯ އަމިއްލަ އަށް ހަދައިގެން ހުށަހަޅައިދޭ ލިޔުމެއް ނޫންކަން މިފޮޓޯ ތަކާއި މިލިންކް ތަކުން ބަލާލި ކޮންމެ މީހަކަށް އެނގޭނެއެވެ

Tuesday, October 30, 2007

އެންޓި އެފްއޯ ގައި ޖެހި ލިޔުމަކާއި ގުޅިގެން ފާފު އޮބްޒާވަރ އިން ބަދަލެއް ގެނެސްފި






އެންޓި އެފްއޯ ގައި ޖެހި ލިޔުމަކާއި ގުޅިގެން ފާފު އޮބްޒާވަރ އިން ބަދަލެއް ގެނެސްފި އެވެ. މިގޮތުން ގެނެސްފައިވާ ބަދަލަކީ 24 އޮކްޓޯބަރު 2007 ގައި އެންޓި އެފް އޯގައި '' ފާފު އޮބްޒާވަރ ގެ ބޭރު ޞަފްޙާގައި ބައެއް ނޫސްތަކަށް ލިންކް ދީފައި ހުރީ ކީއްވެ؟'' މިސުރުޚީގެ ދަށުން ލިޔުނު ލިޔުމަކާއި ގުޅިގެން ގެނެސްފައިވާ ބަދަލެކެވެ.

ބަޔާން ކުރެވުނު ލިޔުމުގައި ފާފު އޮބްޒާވަރ ގެ ބޭރު ޞަފްޙާގައި ނޫސްތަކަށް ލިންކް ދީފައިވާއިރު އެމްޑީޕީގެ މީޑިއާގެ މައިގަނޑު ދެމަޞްދަރެއް ކަމަށްވާ ''މިނިވަން'' ނޫސް، އަދި ''ދިވެހި އޮބްޒާވަރ''އަށް ލިންކް ކޮށްފައިވާ ކަމަށް ލިޔެފައިވާ ނެއެވެ. ނަމަވެސް މިހާރު ފާފު އޮބްޒާވަރ އިން ވަނީ މިދެންނެވި ދެލިންކް ގެ ތެރެއިން ''މިނިވަން'' ނޫސް އަށް ދީފައިވާ ލިންކް ބަދަލު ކޮށްފައެވެ. އެގޮތުން މިހާރު އެތަނުން ލިންކް ދީފައި ހުރީ ރާއްޖޭގައި ނެރޭ ދުވަހު ނޫހެއް ކަމުގައިވާ ''ޖަޒީރާ'' އަށެވެ.



ފާފު އޮބްޒާވަރ އިން މިގެނައި ބަދަލުން ދޭހަކޮށްދެނީ އެންޓި އެފްއޯ އިން ލިޔުނު ލިޔުން ފާފު އޮބްޒާވަރ އިން ބަލައިގެންފި ކަމެވެ. އަދި ކިތައްމެ ރުޅި އަޔަސް އެންޓި އެފްއޯގައި ފާފު އޮބްޒާވަރ އޭ ކިޔައިގެން ލިޔެފައިވަނީ ޙަގީގަތްކަން މިއިން ވަރަށް ރަގަޅަށް ދޭހަކޮށްދެއެވެ.
ނޯޓް: މިލިޔުމަކީ ތެދުކަން ސާބިތުކޮށްދޭނެ ފޮޓޯތައް މަތީގައި އެވަނީ އެވެ.

Friday, October 26, 2007

ފާފު އޮބްޒާވަރ 19 އޮކްޓޫބަރުގައި ބަންދު ބޯޑް ހަރުކޮށްފައި
ފާފު އޮބްޒާވަރ 6 ދުވަސް ފަހުން ބަންދު ބޯޑް ނަގައިފި



ފާފު އޮބްޒާވަރ ބަރާބަރު 6 ދުވަސް ވަންދެން ބަންދު ބޯޑް އަޅުވާފައި ބެހެއްޓުމަށްފަހު ބަންދު ބޯޑް ނަގައިފި އެވެ. މިގޮތުން ބަންދު ބޯޑް ނަގާފައިވަނީ މިއަދު 26 އޮކްޓޫބަރ 2007 ގައެވެ. ފާފު އޮބްޒާވަރ އިން އަމިއްލަ އަށް ބަންދު ބޯޑް އެވެބްސައިޓްގެ ބޭރުގައި ހަރުކުރީ އެމީހުންނާއި އަވަށްޓެރި ވެބްސައިޓެއް ވަގުތީ ގޮތުން 2 ދުވަހަކަށް މެދުކެނޑުމުން ތިމަންނަމެން ވެސް ޗުއްޓީ ނަގާނީ އޭ ކިޔާފައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ފާފު އޮބްޒާވަރ އަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިއަކަށް ސަލާން ޖަހައިގެން ހިންގަމުން ގެންދާ ވެބްސައިޓެކެވެ

Thursday, October 25, 2007


ފާފު އޮބްޒާވަރ އިން ދިވެހި ބަހަށް ކުރަފި އަރުވަނީ -1


ފާފު އޮބްޒާވަރ އަކީ އަޅުގަނޑުމެންގެ މާދަރީ ރީތި ދިވެހި ބަހަށް ކުރަފި އަރުވަމުން ދުވާ ވެބްސައިޓެއްކަން ފާހަގަ ކުރެވިއްޖެއެވެ. މިގޮތުން އެމީހުންގެ އެންމެ ފަހު ލިޔުމުންނާއި އަދީ ކުރީގެ ބައެއް ލިޔުންތަކުން ދިވެހި ބަހަށް ކުރަފި އެރުވުމަށް އެމީހުން ކޮށްފައިވާ މަސައްކަތް ތިޔަ ބޭފުޅުންނާއި ޙިއްޞާ ކޮށްލެވޭތޯ ބަލާނަމެވެ. މިގޮތުން ބޭނުންކޮށްފައިވާ ބައެއް އާބަސްތައް ތިރީގައި މިވަނީ އެވެ.


އުޅެނިގެން: މިއީ ދިވެހި ބަހުގައި އޮތް ބަހެއް ކަމަކަށް އެގިފައެއް ނެތެވެ. ހަމަ ޔަގީނުން ވެސް އިންޓަނެޓްގައިވާ ރަދީފް ގައެއް މިބަހެއް ނެތެވެ. ވީމާ މިއީ ފާފު އޮބްޒާވަރ އިން ބަހަށް ކުރަފި އެރުވުމުގެ ތެރޭގައި އުފަންކުރި ކަލިމައެއް ކަމަށް ވެސް ވެދާނެއެވެ.



ހަބަރު: ދިވެހި ބަހުން ހަބަރު ކިޔަނީ ދިވެހި ބޭހުގައި ބޭނުންކުރާ ބާވަތަކަށެވެ. ލަފާކުރެވޭ ގޮތުން ލިޔަން މަސައްކަތްކަތް ކޮށްފައި އެވަނީ ޚަބަރު މިހެންނެވެ. ނަމަވެސް ބަހަށް ކުރަފި އެރުވުމުގެ ތެރޭގައި މިގޮތަށް ލިޔެވުނީ އެވެ.



ތަހުމަތްތަރިޔާ: މިއީ ވެސް ދިވެހި ބަހުގެ ރަދީފް ގައި ހިމެނޭ ބަހެއް ނޫނެވެ. މިބަސް ވެސް ބޭނުން ކޮށްފައިވަނީ ދިވެހި ބަހަށް ކުރަފި އަރުވަން ކުރި ބޭކާރު މަސައްކަތުގެ ތެރޭގައެވެ.



ޙަބަރު: މިއީ ވެސް ދިވެހި ބަހުގެ ރަދީފް ގައި ނެތް ބަހެކެވެ. ދިވެހި ބަހުގެ ރަދީފްގައި ފެންނަށް އޮތީ ޚަބަރު، އަދި ހަބަރު މިދެލަފުޒެވެ. ވީމާ ޙަބަރު މިހެން ލިޔެފައިވަނީ ވެސް ދިވެހި ބަހަށް ކުރަފި އަރުވަން ކުރި ބޭކާރު މަސައްކަތުގެ ތެރޭގައެވެ.


ޤުރުޢާން: މިއީ ވެސް ދިވެހި ބަހުގެ ރަދީފް ގައި ހިމެނޭ ބަހެއް ނޫނެވެ. ދިވެހި ބަހުގެ ރަދީފްގައި މިއުއްމަތުގެ ނަބިއްޔާ މުޙައްމަދުގެ ފާނަށް ބާވައިލެއްވި ފޮތްކަމަށް ލިޔެފައިވަނީ ''ޤުރުއާން'' މިހެންނެވެ. ދިވެހި ބަހުގެ ތިކިޖެހި ތާނައިގެ ހަމަތަކުން ''އ''ގެ ތިރީގައި ތިކި ޖެހުމުން އެއީ އައިނެއް ކަމުގައި ބަލައެވެ. އެހެންކަމަށް ވާނަމަ ފާފު އޮބްޒާވަރ ގައި ވާ ފަދައިން ''ޤުރުޢާން'' މިހެން ލިޔުމުން އޭގެ މާނަ ތަފާތު ވެއެވެ.
މިކުރުކުރު ލިޔުން ކޮޅުން މިފަހަރަށް ފުދޭނެކަމަށް ހީކުރަމެވެ. އެހެން ފަހަރަކުން އަދި ބައްދަލު ކޮށްލާނަމެވެ.

Wednesday, October 24, 2007

އެނގޭ ހެއްޔެވެ؟

ފާފު އޮބްޒާވަރ ހިންގާ ބައިގަނޑު މިއީ އެއްވެސް ކަހަލަ އަމިއްލަ ބާރެއް ސައިޓްގެ މައްޗަށް އޮންނަ ބައެއް ނޫނެވެ. ސައިޓްގެ ހުރިހާ ބައިތަކެއް ހަދާފައި ހުރީ ބަޔަކަށް ލާރިދީގެން ދަރައި ވިކިގެންނެވެ. އެޓޯލް ޓެކް އިން ވެބްސައިޓް ހަދައިފައި ހުރި އަޅެ އަޕްޑޭޓް ކުރުމުގެ ކުރިން ރަގަޅަށް ޗެކް ކޮށްލިނަމަ ވެސް ރަގަޅުވީސް ދޯއެވެ.

މިބުނި އުޞޫލުން ޗެކް ނުކުރުމުގެ ނަތީޖާ އަކަށްވީ ފޮޓޯ ގެލެރީ އަޕްޑޭޓްކުރި އިރު އަތޮޅުގައި ނުހިމެނޭ ރަށްރަށުގެ ފޮޓޯތައް ވެސް ގެލެރީގައި ހިމެނުމެވެ. އެގޮތުން ރީތި ފ.އަތޮޅު މި ނަމުގައި ހަދާފައިވާ ގެލެރީގައި ދ.އަތޮޅުގައި ހިމެނޭ ވިލުރީފްގެ ދެތިން ފޮޓޯއެއް ކުރިން އިނެވެ. މިކަން އެފޮޓޯ ގެލެރީ ކުރިން ރަގަޅަށް ބެލި ފަރާތްތަކަށް އެގޭނެއެވެ.

ނަމަވެސް ދާދިފަހުން މިބައިގަނޑަށް ކޮންމެވެސް ގޮތަކުން މިކަމުގެ އިޝާރާތެއް ވެގެން އެފޮޓޯތައް ވަނީ ގެލެރީ އިން ނަގާފައެވެ. ރޯނާވެފައި ތިއްބަސް ތީ ދެން ބޮޑުވަރު!


ފާފު އޮބްޒާވަރ އުފެދުނީ ކޮން އަހަރަކު؟

ފާފު އޮބްޒާވަރ އުފެދުނު ކަމަށް އެފް އޯގެ ތަޢާރަފްގައި ލިޔެފައި އިނީ 24 މާރޗް 2006 ކަމަށެވެ. އެހެންކަމަށް ވާނަމަ ފާފު އޮބްޒާވަރ ގެ ތިރީގައި ކޮޕީރައިޓްސް ފާފު އޮބްޒާވަރ 2005-2007 މިހެން ޖަހާފައި އިނީ ކީއްވެގެން ހެއްޔެވެ؟ ދިމާއެއް ނުވޭދޯ އެވެ. މިވާގޮތަކީ އަމިއްލައަށް މިހޭވެނީ ކޮންކަހަލަ ހަޑިއެއް ކަން ވެސް ނޭގެނީ އެވެ. ނޫނީ ފަހަރުގައި ތިރީގައި މިހެން ޖަހާފައި މިވަނީ ފާފު އޮބްޒާވަރ އަކީ ވަަރަށް ދުވަސްވީ ވެބްސައިޓެއްކަން އަންގަން ކަމަށް ވެސް ވެދާނެ ދޯއެވެ. ނޫނޭ! މަކަރު ގަދަޔަސް ތިވަރު ކަމެއް އަހުރެން ނުދެކެން.


ފާފު އޮބްޒާވަރ ގެ ބޭރު ޞަފްޙާގައި ބައެއް ނޫސްތަކަށް ލިންކް ދީފައި ހުރީ ކީއްވެ؟

ފާފު އޮބްޒާވަރ ގެ ބޭރު ޞަފްޙާގައި ރާއްޖޭގައި ނެރެވޭ ބައެއް ނޫސްތަކަށް ލިންކް ދީފައި ހުރެއެވެ. މިގޮތުން ހަވީރު، މިނިވަން މިދެ ނޫހަށް ލިންކް ދީފައި ހުރެއެވެ. އަދި ނޫރުލްއިސްލާމް.ނެޓް އާއި، ދިވެހި އޮބްޒާވަރ އަށް ވެސް ލިންކް ދީފައި ހުރެއެވެ.

މިގޮތުން މިތަނުގައި ދީފައި ހުރި ލިންކް ތަކަށް ވިސްނުން ހިންގާލާއިރު ފާފު އޮބްޒާވަރ ނެރޭ މީހުންނަކީ އެމްޑީޕީއާއި ގުޅުންހުރި ބައެއްކަމަށް ބެލެވެން އެބަހުރި އެވެ. އެއީ އެމްޑީޕީ އާއި ގުޅުންހުރި މައިގަނޑު މީޑިއާގެ ދެމަސްދަރަކަށް ލިންކް ދީފައި ހުރީތީ އެވެ. އާދެ ދުވަހު ނޫސް މިނިވަން އަދި ދިވެހި އޮބްޒާވަރ އަކީ މިދެންނެވި ދެމަސްދަރެވެ. މިނިވަން އަކީ އެމްޑީޕީގެ ނޫހެކެވެ. އަދި ދިވެހި
އޮބްޒާވަރ އަކީ އެމްޑީޕީގެ ސިޔާސަތު ފަތުރައި ހާމަކޮށްދޭ މައިގަނޑު އިންޓަނެޓްގައިވާ އެންމެ ބޮޑު އެއް މަސްދަރެވެ.
މިތަނުގައި ހަވީރު ނޫހުގެ ލިންކް ބަހައްޓާފައިހުރީ ނަމަކަށް ކަމަށް ފާހަގަ ކުރެވެއެވެ. އެއީ ތިމަންނަ މެންނަކީ އެމްޑީޕީ އާއި މުޅިން
ގުޅުންހުރި ބައެއް ނޫންކަން މަތިންމަތިން ދައްކަން މަސައްކަތް ކުރުމުގެ ނިޔަތުގައި ކަމަށް ފެނެއެވެ. އަދި ނޫރުލް އިސްލާމް.ނެޓްގެ ލިންކް ބަހައްޓާފައި ހުރީ ހިތުން ތިމާމެންނަކީ މާދީންވެރި ރަގަޅު ބަޔެއްކަމަށް ދައްކަން ވެގެންނެވެ.